Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 45

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 4, 2020 5 Mins Read
11 Comments

ގެއަށް އައި މަގުމަތީގައިވެސް ގެއަށް ވަދެފައިވެސް އިވާން އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. ނަވާރްއަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ގެއަށް ވަން ގޮތަށް އިވާން ސޯފާގައި އިށީންދެ މޫނުގައި އޭނާގެ ދެއަށް އަޅައިލިއެވެ. މީހާ ހަމަޖެހިލުމަށްފަހު އަތުގެ އިޝާރާތުން އޭނާއާއި ގާތަށް އައުމަށް ނަވާރްއަށް އިޝާރަތްކުރިއެވެ. އެ ހުރިހާ އިރު ވީއިރުވެސް ގުޑިލަން ނޭންގިފައި އިން ނަވާރް އިވާން އަތުން އިޝާރާތް ކުރުމާއެކު ލަސް ލަހުން ހިނގައިފައި ދިޔައެވެ. އޭރު މުޅި ކުއްޖާ ބިރުން ތުރުތުރު އަޅައެވެ. އަތްވެސް ހީވަނީ ގަނޑުފެން ފޮދެއްހެންނެވެ.
****
މާނީމެން އެނބުރި ގެއަށް އައި އިސްރާމެން ގެއިން ރޭގަނޑު ކައިވެސް ހަދައިގެންނެވެ. ފަހުން އެކަކުވެސް ޔޫސުފްއާއި ސުވާލެއް ނުކުރެއެވެ. ޔޫސުފްވެސް ހަމަޖެހިލައިފައި ކަމެއް ވީހެންވެސް ހަދާނުލައި އުޅުނެވެ.
ކޮޓަރިއަށް ވަދެފައި ޔޫސުފް ނަވާރްއަށް ގުޅާލީ ހިތަށް ކެއްނުވެގެންނެވެ. ހިތަށް މާޔޫސްކަން ލިބުނީ ނަވާރްގެ ފޯނު ނިއްވާލާފައި އޮތުމުންނެވެ. “އަޅޭ ދެން. މީ ކިހާ ދެރަކަމެއް!” އެނދުމައްޗަށް ފޯނު ހޫރާލައިފައި ޔޫސުފްވެސް ވެއްޓިގަތެވެ. އޭނާގެ ބޮލަށް ވަނީ ވަރަށް ބަރުވެފައެވެ. ބޮލުގައި އަތް އަޅައިގެން އޮއްވައި ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭންގުނެވެ.

ދެދުވަސް ފަހުން އެނބުރި ލިވަޕޫލަށް ދިޔައިރުވެސް ނަވާރްގެ ޚަބަރެއް ޔޫސުފްއަކަށް ނުވިއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ވަނީ ފުން ޒަޚަމުތަކެއް ލިބިފައެވެ. ނަވާރްގެ ހިލަމެއް ވޭތޯ ގޭ ސިޑި މަތީ އެނބުރެވުނީ ކިތައް ފަހަރުކަމެއްވެސް ނޭންގެއެވެ. އެ ބަޔަށް ގޮސް ނަވާރްގެ ޚަބަރެއް ބަލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ނުކެރުނެވެ.
ޕްރެކްޓިސްތަކުގައިވެސް ޔޫސުފްއަށް ރަނގަޅަށް ކުޅެވޭ ގޮތެއް ނުވިއެވެ. ކޯޗާއި ކުޅުންތެރިންނަށްވެސް އެކަން ފާހަގަވިއެވެ. އާއިލާ މައްސަލައެއް ޖެހުނީތޯ ކޯޗު އޭނާ ވަކިން ގެންގޮއްސައި ވެސް އެހިއެވެ. ޔޫސުފް ނޫނެކޭ ބުނެފައި އަންހެން ކުއްޖެއްގެ މައްސަލަކަމަށް ކޯޗު ގާތު ބުންޏެވެ. ލިވަޕޫލްގައި ހޭދަވި ދުވަސްތަކުގައި ކޯޗު ފިރްމިނޯއާއި އޭނާގެ ގުޅުންވަނީ ވަރަށް ރަނގަޅުވެފައެވެ. ދަނޑުތެރެއިންނާއި ދަރު ބޭރުގައިވެސް މެއެވެ.

އެއް މަސް ފާއިތުވެގެން ދިޔައިރުވެސް ޔޫސުފްއަށް ނަވާރްގެ ޚަބަރެއް ނުވިއެވެ. ހިތްދަތިވީ ނަމަވެސް ޔޫސުފް އޭނާގެ ކުުޅުމަށް އެކަމުން އަސަރު ނުކުރޭތޯ މަސައްކަތް ކުރިއެވެ. ކޮންމެ ދުވަހަކު މަންމައާއި ބައްޕައަށް ގުޅާއިރުވެސް އެއިން އެކަކުވެސް ނަވާރްގެ ނަންވެސް ނުގަނެއެވެ. އަލައިކާމެންވެސް ސުވާލެއްހާ ހިސާބުވެސް ނުކުރެއެވެ. ނަވާރް އޭނާގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއްވެސް ބޭނުމެއް ނުކުރެއެވެ. މާޔޫސްވެ ދެރަވި ނަމަވެސް ޔޫސުފް ކެއްކުރިއެވެ. އޭނާގެ ކެރިއަރުގައި ކުރިއަށް ދާން މަސައްކަތް ކުރިއެވެ.
އެ އަހަރުގެ ޕްރިމިއާރ ލީގު ލިބުނީ ލިވަޕޫލަށެވެ. އެއީ އެތައް އަހަރަކަށް ފަހު ލިވަޕޫލަށް އަނެއްކާވެސް ލީގު ލިބުނު ފުރަތަމަ ފަހަރެވެ. ހުރިހާ ގޮތަކުންވެސް އެ އަހަރުގެ ތަށި ލިވަޕޫލަށް ޚާއްސަވިއެވެ. އެއީ ލިވަޕޫލްގެ ތާރީޚުގައިވެސް ކުޅުންތެރިއެއް އަދި ކޯޗެއް ގޮތުގައި އެ ތަށި ނެގި ފުރަތަމަ މީހަކަށް މިހާރުގެ ކޯޗު ފިރްމިނޯވުމެވެ. އެންމެ ފަހުން ލިވަޕޫލް ލީގު ނެގިއިރު ފިރްމިނޯއަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިއަދު އޭގެ އަހަރުތަކެއް ފަހުން އޭނާ މިވަނީ ކޯޗެއްގެ ގޮތިގައި ލިވަޕޫލަށް ލީގު ކާމިޔާބުކޮށްދީފައެވެ.
ކޯޗު ފިރްމިނޯގެ އިތުރަށް ޔޫސުފްއަށްވެސް އެ ތަށި ޚާއްސަވިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާ އެވަނީ އެލީގިމު ކާމިޔާބުކޮށްފައެވެ. ލިވަޕޫލުން ލީގު ހޯދަން އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާއެވެ. ސީޒަންގެ މެދު ތެރެއިން އޭނާ ބަދަލު ވިއިރު ލިވަޕޫލް އޮތީ ދެވަނައިގައެވެ. ނަމަވެސް އޭނާ ޓީމާއި ގުޅި ޕްރިމިއާރ ލީގުގައި ލިވަޕޫލް ކުޅުނު ކޮންމެ މެޗެއްގައި ވަނީ ލަނޑުޖަހައިފައެވެ. ސީޒަންގެ އެއްބައިގައި ކުޅެ އޭނާ އެވަނީ ރަންބޫޓު ހޯދާފައެވެ. ޕްރިމާއާރ ލީގު ތާރީޚުގައި ރަންބޫޓު ލިބުނު އެންމެ ހަގު ކުޅުންތެރިޔާއަށް ޔޫސުފްވިއެވެ. އެއީ ނަވާރަ އަހަރެވެ.
އޭނާގެ ޓީމަށް ލީގު ލިބި އޭނާއަށް ރަންބޫޓު ލިބުމުންވެެސް ޔޫސުފްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އަބަދުހެން ހިތުގައި ރިހުމެއްވެއެވެ. އޭނާއަށް ލިބުނު ކާމިޔާބީ އެކުވެރިން އުފަލާއެކު ފާހަގަ ކުރަމުން ދިޔައެވެ. ނަމަވެސް އޭނާ އެކަމަށް މާ ބޮޑު ޝައުޤުވެރިކަމެއް ނުބެހެއްޓިއެވެ. ނޫސްވެރިންގެ ސުވާލަށްވެސް އޭނާ ޖަވާބު ދިނީ ވަރަށް ފަރުވާ ކުޑަކޮށެވެ.

ލީގު ތަށި އުފުލާލިތާ ދެ ހަފްތާ ފަހުން ޗެމްޕިއަންސް ލީގު ފައިނަލު ކުޅެން ލިވަޕޫލުން މެޑްރިޑްއަށް ދިޔައެވެ. މެޑްރިޑްގެ ސަންޓިއާގޯ ބާރނާބޫގައި ކުޅޭ ފައިނަލު މެޗުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެން ނިކުންނަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްއެވެ. ލަލީގާ ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އެތްލެޓިކޯގައި އޮތީ ވަރުގަދަ ސްކޮޑެކެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ސްކޮޑެކެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކުރީ އެތްލެޓިކޯ މެޑްރިޑް އަދި ބާސެލޯނާގެ ތަރި ގްރީޒްމަންއެވެ. ކޯޗިން ކެރިއާރގައި ގްރީޒްމަންވަނީ އެތްލެޓިކޯއަށް ފަސް ތަށި ހޯދައިދީފައެވެ. އަދި އޭނާގެ ކޯޗިން ކެރިއާރ ފެށި ފްރާންސްގެ ޕީއެސްޖީއަށް ޖުމްލަ 13ތަށި ހޯދައިދީފައެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގައި ސުޕާރކަޕް ހިމެނެއެވެ.

ފައިނަލު މެޗަށް ދެ ޓީމު ނުކުތްއިރު ވަކި ބައެއްގެ ކޮޅަށް ބުރަވެވޭކަށް ނެތެވެ. ދެކޮޅުގައި ވެސް ތިބީ ވަރުގަދަ ކުޅުންތެރިންނެވެ. އެއް ބަޔަކަށް ދޫ ކުރާނެ އަނެއް ބަޔަކު ނެތެވެ. އެންމެ ބޮޑަށް ދެކެވެމުން ދިޔައީ ޔޫސުފްގެ ވާހަކައެވެ. ލިވަޕޫލްގައި އޭނާ ދެއްކި މޮޅު ކުލިމާއި ޕްރިމީއާރ ލީގު ރަންބޫޓު ލިބުނު ވާހަކައެވެ.
މެޗު ފެށުމުގެ ކުރިން އޮތް ޕްރެސްގައިވެސް ގްރިޒްމަންވެސް ޔޫސުފްގެ ނަން ފާހަގަކުރިއެވެ. އެތްލެޓިކޯއިން ޔޫސުފްއާއި މެދު ޖެހިލުން ވާކަން ހާމަ ކުރިއެވެ. ޔޫސުފްއަކީ ލިވަޕޫލަށް އޮތް އެޑްވާންޓޭޖެއް ކަންވެސް ގްރިޒްމަން ފާހަގަ ކުރިއެވެ. އަދި އޭނާގެ ޓީމުން ޔޫސުފް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.

ޔޫސުފްގެ ޚާއްސަ މެޗު ބެލުމަށްޓަކައި އާރާޝްމެން އެންމެން ސްޕެއިންއަށް ދިޔައެވެ. އެ މުޅި އާއިލާއަށް ވީ އައި ޕީގައި މެޗު ބެލުމުގެ ފުރުސަތު ލިބުނެވެ. އާރާޝް، އަކްމަލް، މާއިޒް އަދި އަހުސަމް އެއްކޮށް މެޑްރިޑުން ފެނުމުން ސަޕޯޓަރުން މޮޔަވިއެވެ. ދަނޑަށް ވަނުމުގެ ކުރިން ގިނަ ސަޕޯޓަރުން އެކުޅުންތެރިންގެ ސޮއެ ހޯދިއެވެ.

މުޅު އާއިލާ އެއްކޮށް ކަހަލަ ގޮތަކަށް ދަނޑުން ފެނުމުން ޔޫސުފްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. މަންމައާއި ބައްޕައަށްޓަކައިވެސް އެ މެޗުން މޮޅުވާން ބޭނުންވިއެވެ.

މެޑްރިޑްގައި މެޗު އޮތުމުން މަޓެއޯ މެސީއާއި ކްރިސްޓިއާނޯ ޖޭއަރުވެސް މެޗު ބަލަން އައެވެ. ވީ އައި ޕީ ބައިން އެ ދެކުޅުން ތެރިން ފެނުމުން އަލައިކާ ބާރަށް އަލްޔަސް އަތުގައި ވިކައިގަތެވެ. “އޯ މައި މައި. އެ ތިބީ މަޓެއޯ އާއި ޖޭއާރ” އަލައިކާ ފުންމައި ގަތް އިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ. “އޭ ބްރޯ ކައޭ ޖޭއެއް ނުވޭތަ އަލޫކާ އެހެން ފިރިހެނުން ފެނުނީމަ މިހެން އުޅޭތީ؟” އަލައިމާ އުޅުނު ގޮތް ފެނި މަޖާ ވެފައި ޔާޒް އެހިއެވެ. “ބައެއް ފަހަރުވޭ. އެކަމް މަށަށް އިނގޭ ލައި މަ ދެކެ އެ މީހުންނަށް ވުރެ ލޯބިވާކަން. އެހެންނޫނަސް އެ މީހުންދެކެ ވާ ލޯބިއާއި އަހަރެންދެކެ ވާ ލޯބި އެއީ ތަފާތު ދެ ލޮތްބެއް” އަލްޔަސް އޭނާގެ އަތުތެރެއަށް އަލައިކާގެ އަތްލިއެވެ. އަލައިކާގެ ލޮލަށް ބަލަހައްޓައިގެން ހުރި ގޮތުން ލަދުން އަލައިކާއަށް އިސްޖަހައިލެވުނެވެ. އަލްޔަސް އޭނާދެކެ ވާ ލޯބި އިތުރު މީހަކަށް އޭނާދެކެ ނުވެވޭނެއެވެ. އަދި އޭނާ އަލްޔަސްދެކެ ވާ ލޮތްބާއި އެހިތުން އަލްޔަސްއަށް ދެވިފައިވި ޖާގަ އެހެން މީހަކަށްވެސް ނުދެވޭނެއެވެ. “އޯނ ލޯބިކަން. އަހަރެން އަސްލު ވަރަށް އުފާވޭ އަހަރެންގެ ކޮއްކޮއަށް އަލްޔަސް ކަހަލަ ރަނގަޅު ފިރިއެއް ލިބުނީތީ!” އަލްޔަސް ކޮނޑުގައި ޔާޒް ޖަހައިލިއެވެ. “ދެން ޝުޝް މެޗު ފެށެން އެ އުޅެނީ!” އަލައިކާ އައިސް ޔާޒްއާއި ޖެހިގެން އިށީންނުމުން ޔާޒް ފުންމައިގެން ތެދުވެ އެއް ގޮނޑި ދޫކޮށްފައި އިށީނެވެ. ޔާޒް ހީވީ ފުރޭތައެއް ފެނިގެން ދިޔަހެންނެވެ. އައިރާ ޔަޒަން ގޮވައިގެން އައިސް އަލައިކާއާއި ޖެހިގެން އިން ގޮނޑީ އިށީންނުމުން ޔާޒް ވަގުތުން ޔަޒަން އޭނާ ގާތަށް ގެނައެވެ. “މި އަލްކޮ ފަހެއް ނުޖެހޭނެ މި ކުއްޖާ އެއްލާލަންވެސް!” އަލައިކާއާއި އައިރާއަށް އެއް ފަހަރާ ހީގަނެވުނެވެ.

ދެ ޓީމު ކުޅުންތެރިން ދަނޑަށް ނުކުތުމުން ސަޕޯޓަރުންގެ އަޑު ގަދަވެގެން ދިޔައެވެ. ލިވަޕޫލް ސަޕޯޓަރުންގެ އަޑު ގަދަހެން ހީވަމުން ދިޔައެވެ.

ޔޫސުފް ހިތް ބިރުގަންނަން ފެށިއެވެ. ހާސްވާ ގޮތްވެ ނޭވާވެސް ކުރުވަމުން ދިޔައެވެ. ޔޫރަޕުގައި ކުޅެން އައި ފުރަތަމަ ސީޒަންގައި އޭނާއަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުމުގެ ފުރުސަފު އެވަނީ ލިބިފައެވެ. ގޯހެއް ހެދި ޓީމަށް ތަށި ނުލިބިދާނެތީ ބިރުގަތެވެ. ސަޕޯޓަރުންނާއި ކޯޗު އަދި ކުޅުންތެރިންވެސް އެ ތިބީ އޭނާއަށް ބަރޯސާވެގެންނެވެ. މެޗުގެ ޕްރެޝަރު ޒުވާން ޔޫސުފްއަށް ބޮޑުވިއެވެ.

ފުރަތަމަ ހާފްގެ ކުޅުންފެށީ އެތްލެޓިކޯއިންނެވެ. ދެ ޑިފެންޑަރުން ތިބެނީ ޔޫސުފްގައި ޖައްސާފައެވެ. އޭނާ ބޯޅައިގައި ފައި ޖެއްސިޔަވެސް ނުދެއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ބޯޅަ ހޯދައެވެ. ގްރިޒްމަން ބުނި ފަދައިން އޭނާގެ ކުޅުންތެރިން ހުށިޔާރު ކަމާއެކު ޔޫސުފް ހުއްޓުވަމުން ދިޔައެވެ. މެޗުގެ ކުރިން އެތްލެޓިކޯއިން ޔޫސުފް ވަރަށް ރަނގަޅަށް ދަސްކޮށްފައި ހުރިކަން އެނގެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން މުޅިންވެސް ގެންގުޅުނީ އެތްލެޓިކޯއިންނެވެ. އެހެނަސް ލިވަޕޫލްގެ ގޯލު ތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް އެމީހުންނަކަށް ނުވިއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ލިވަޕޫލަށް ހާސްކަން ވެރިކުރުވަމުންނެވެ.
ނުކުޅެވުމުގެ ސަބަބުން ޔޫސުފްވަނީ ރުޅިގަދަވެފައެވެ. ޓީމު ބަލިވެއްޖެޔާ އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ޤަބޫލު ކުރެވުނެވެ. ރުޅިއާއި އެއްވަރަށް އޭނާގެ ހިތް ނުތަނަވަސްވިއެވެ. ލޮލުން ކަރުނަ އަންނަކަން އިނގުނީ އެހެން ކުޅުންތެރިއަކު އައިސް ބުނުމުންނެވެ. “ޑޫޑް. ތިހާ ހާސް ނުވެބަ. އެކަކުވެސް ނުބުނާނެ ޔޫސުފްގެ ސަބަބުންނޭ ބަލިވީކީ. އަހަރުމްނެނަށް އަދި އެއްހާފް އެބައޮތް. މަށަށް ޔަޤީން ކޯޗުވެސް އެކަމާ ވިސްނާނެކަން. ފައިނަލުގަ ކުޅެން ލިބުމަކީވެސް އަހަރުމެންނަށް ޝަރަފެއް. މިހާ ހިސާބަށް އާދެވުނީތީ ޝުކުރުވެރި ވާން ޖެހޭނެ. އަމިއްލަ ނަފްސަށް އެހާ ބުރަ ނުކުރޭ” އެކުވެރިޔާ އޭނާގެ ހިތްހަމަ ޖައްސައިދޭން ކުރި މަސައްކަތް ކާމިޔާބުވިއެވެ. ހިތަށް ލުއެެއް ލިބި ހަމަޖެހުން ލިބުނެވެ.

ދެވަނަ ހާފަށް ލިވަޕޫލް ނުކުތީ ކުޅެމުން ދިޔަ ގޮތަށް ބަދަލު ގެނަސްގެންނެވެ. އެންމެ ކުރިއަށް ޔޫސުފް ކުޅުވުމުގެ ބަދަލުގައި މެދުތެރެއަށް ލައިގެންނެވެ. މެދު ތެރެއަށް ކުޅެން ފެށުމުން ޔޫސުފްއަށް ބޯޅަ ހޯދަން ފަސޭހަވިއެވެ. ލިވަޕޫލްގެ އަރި މައްޗަށް ކުޅެމުން ދިޔަ ހަލުވި ކުޅުންތެރިޔާއަށް ޔޫސޫފް ބޯޅަ ދޭން ފެށިއެވެ. އެތްލެޓިކޯގެ ފަހަތަށް ބާރު ކުރަން ފެށިއެވެ. ލިވަޕޫލް ކުޅުންތެރިއަކު ހުސްކޮށް ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއެކު ކީޕަރު ދިފާއު ކުރިއެވެ. އެތްލެޓިކޯ ކީޕަރުގެ މޮޅު ހުއްޓުވުމަށް އެންމެން ތައުރީފު ކުރިއެވެ.
ދެވަނަ ހާފު އެއްކޮށްހެން މޮޅަށް ކުޅެމުން ދިޔައީ ލިވަޕޫލިންނެވެ. ގިނަ ހަމަލާތައް އުފައްދަމުން ދިޔައެވެ. ލިވަޕޫލް ކުޅުންތެރިންނަށް ލަނޑުޖަހަން ހިތްވަރު ލިބުނެވެ. ސަޕޯޓަރުންގެ އަޑު ގަދަވާން ފެށިއެވެ.

ލިވަޕޫލްގެ ފަހަތަށް ކުޅޭ ކުޅުންތެރިޔާ މުޅިން ހުސްކޮށް ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ހަލުވަކަމާއެކު ބޯޅަ ހިފައިގެން ދެމިގަތެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލާ ދިމާއަށް ބޯޅަ ފޮނުވާލަން އުޅުނު ވަގުތު ސަޕޯޓަރުން ތެރޭގައި ހުރި ނަވާރްފެނި ޔޫސުފް ގަނޑުވިއެވެ. ފެންނަމުން ދިޔައީ ހުވަފެނެއް ކަމަށް ހީކޮށް ޔޫސުފް އެސްފިޔަޖަހައިފައި ހުޅުވާލިއެވެ. އޭރުވެސް އެ އިން ގޮތަށް ނަވާރް އިނެވެ. ޔޫސުފް އެއިން ގޮތަށް އައިސް ފަހަތުން ދަތި އަޅުވާ އޭނާ ވައްޓާލިއެވެ. އެއާއެކު ލިވަޕޫލް ސަޕޯޓަރުން ހަޅޭއްލަވައިގަތެވެ. ރެފްރީ ފައުލު ނުދެއްކުމާއެކު ކުޅުންތެރިންނާއި ސަޕޯޓަރުން ރަތަށް އެރިއެވެ.
ތެދުވިއިރު ޔޫސުފްއަށް ހީވީ އެހެން ބާރެއް ލިބިފައި ހުރި ހެންނެވެ. އެއް ފަހަރު ނަވާރްއަށް ބަލާލާއިފައި އަނެއް ފަހަރު ބޯޅައަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުން ފެންނަމުން ދިޔައީ ބަނޑުހައިވެފައި ހުރި ސިންގާއެއް ކާއެތިކޮޅަށް ބަލާއިރު ފެންނަކަހަލަ ވިދުމެކެވެ. ލަނޑު ޖަހަން ކެއްމަދުވެފައި ހުރި ކަމެވެ. ބާރު ސްޕީޑްގައި ދުވެފައި ގޮސް ޔޫސުފް ބޯޅަ އަތުލިއެވެ. އެއަށްފަހު ޕެނަލްޓީ އޭރިއާ އަރިމަތިން ތަންކޮޅެއް ބޭރަށް ޖެހިލިއެވެ. އޭރު އޭރިއާ ތެރޭ ހުސްކޮށް ކުޅުންތެރިއަކު އިނެވެ. އަދި އަރިމަތިން އެއް ކުޅުންތެރިއެއް ހުސްކޮށް އޮތެވެ. އެކުޅުންތެރިޔާ ގާތު ކުރިއަށް އަރަން ބުނެފައި އޭރިއާ ތެރޭގައި ހުރި ކުޅުންތެރިޔާއަށް ބޯޅަ ފޮނުވާކަމަށް ހެދިއެވެ. ހުރިހާ ޑިފެންޑަރުން އެކުޅުންތެރިޔާއަށް ދިޔަ ވަގުތު ބަލައިފައި އަރި މަތީ ހުރި ކުޅުންތެރިޔާއަށް ބޯޅަ ދިނެވެ. ހަލުވި ކަމާއެކު ގޮސް އެކުޅުންތެރިޔާ އަރިމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލިއެވެ.
ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ރާސްތާ2 44

Next

ކީއްވެ ހެއްޔެވެ؟

Next
March 5, 2020

ކީއްވެ ހެއްޔެވެ؟

Previews
March 3, 2020

ރާސްތާ2 44

11 Comments!

  1. Kiyara says:
    March 4, 2020 at 1:28 pm

    Salam hurihaa kudhin miothy vaahakaigem 45 vana bai. Reyge bai kurukoh genesdhevunyma miadhu aa bayeh mi gemes dhiny. Hurihaa kudhinahves kamudhaane kamah ummedhu kuran

  2. Lalalaa says:
    March 4, 2020 at 1:42 pm

    Wowwwww???

  3. Naj says:
    March 4, 2020 at 1:50 pm

    Hey kiyaa. Me first dhw. Aslu mi story mi naj he favourite. Varah Gina meehun last part aa dheytherey hinhama nujehuneema dhw Aslu mihàa avahah thi up kolli. Don’t worry naj he full support is with you.LYSM

  4. Jann says:
    March 4, 2020 at 3:56 pm

    SAABAHEY Yoosuf. Yoosuf kahala kulhuntherin raahjjeyge gaumee team ah beynunvey. Yoosuf ah navaar adhi libeyne. Good luck ?. Kiyaa ge story eh adhi alah kiyan fesheemi. Rasthaa s1 and 2ge mihaa hisaabah kiyaafin.. v reethi.. maasha allah. Allah kiyaa ge massaikathugai barakaai lahvvaashi. Aameen

  5. juma says:
    March 4, 2020 at 5:06 pm

    maa bodah football kohfa inyma ehaa reehcheh noon

  6. Ziyaa says:
    March 4, 2020 at 5:07 pm

    V foohi me vaahaka

  7. Yanaa says:
    March 4, 2020 at 5:31 pm

    Varah varah varah reethi????
    ?????????????
    maa sha Allah ❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    waiting for the next part????????????????

  8. Kairaa says:
    March 4, 2020 at 8:21 pm

    Varah reethi mi part vx……Maashaa Allah…..Yoosuf thivarah dhera kuraakah nuvaane….hehe…Waiting for the nxt part…lysm kiyaa

  9. .. says:
    March 4, 2020 at 9:16 pm

    Saabahey kiyaa thikuraa hiyvarakah…aslu kurin ves bunihen story varah reethi ekm eyru i ah rulhi aadhevuny maa kurukoh inyma and varah bodah thanks dhigukoh up kohdhineema curiously waiting for next part…so sorry kiyaa

  10. Guarl says:
    March 4, 2020 at 10:45 pm

    Meehaku kithanme rangalhah kamehkuriyas ekamah faadu kiyaa meehun ulheyne…just ignore itt..kiyaa..I just love this partt and other parts too..dear readers, I understand lahun up kuryma nuwatha kurukoh up kuryma foohivaanekan…ekm Hama gaboolu kuranvaane authors thibeny Hama ekani vaahaka liyan noonkan…they are also human being like us..they also be busy and ehn kanthahthavx dhimaa vaanekan.. thimaa amilla ah vx mistakes hedheyne…ein konme faharaku meehun ehchehi kiyanya ekan kuraa hihvaanethr?? Adhi v huthurukoh….that’s the reason most of authers stoped writing stories…….miee mi mujuthamaun fenna v hithaaama huri kameh…atleast kiyaa up kuraathy dhw kiyan libeny….just learn to appreciate her….huhhh….my intention wasn’t to write this cmnt soo long…..konme faharaku cmnt kiyaafa hithah araa cmnt eh kuran ekm v keikohfa nukoh hunnany…plx plz plz try to understand for humanity ???…kiyaa don’t worry we are with you…kurukoh up viyas ok…lahun up viyas okk….take your time and write…I just lo e this stry

  11. Anonymous says:
    March 5, 2020 at 7:35 am

    Please yoosuf ah navaar libibala
    Hehe waiting for the next part
    This story is awesome because it is football story
    I love football even though I am a girl
    And those who don’t like the story….. Just leave it
    Don’t read and don’t give that much negative comments
    Btw kiyaa love this story
    Waiting for next ❤️❤️

Comments are closed.


All Right Reserved!