Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 48

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 12, 2020 4 Mins Read
15 Comments

ޔޫސުފްމެންނާ އެއްކޮށް ސަކަރާތް ޖަހަން އުޅެފައި އަލްޔަސް ކޮޓަރިއަށް ވަނީ ބާރަވެސް ޖެހިފަހުންނެވެ. އަލައިކާ ނިދި އައިއްސި ކަމަށްބުނެ ނުވައެއް ޖަހަނިކޮށް ކޮޓަރިއަށް ވަދެފިއެވެ. އަލްޔަސް ކޮޓަރިއަށް ވަން އިރުވެސް ހެވެމުން ދިޔައީ ޒެވިޔަން ކީ އެއްޗިހި ހަނދާންވުމުންނެވެ. ނަމަވެސް އޭނާ މޫނުގައިވި ހިނިތުންވުން އެކީ ފިލައިގެން ދިޔައީ އެނދުގައި އިށީންދެގެން ރޯން އިން އަލައިކާ ފެނިފައެވެ.

ދުވެފައި އަލްޔަސް ގޮސް އަލައިކާ ގާތު އިށީނެވެ. އޭނާގެ މޫނު މަތީގައި އިންތީހާއި ދަރަޖައިގެ ކަންބޮޑުވުންވިއެވެ. އަލްޔަސްއަށް ސުވާލެއް ނުކުރެވިގެން އުޅެނިކޮށް އޭނާގައިގައި ބައްދާފައި ކުރިއަށް ވުރެ ބޮޑަށް އަލައިކާ ރޯންފެށިއެވެ. “ލައި ކިހިނެއްވީ؟” ކަންބޮޑުވުމާއި އެކު އަލްޔަސް އެހިއެވެ. “އަޅެ ލައި ނުރޮއެ ވީގޮތެއް ބުނެބަ. އަހަރެން ވަރަށް ބިރުގަނޭ އެނަ. ލައި!” އަލައިކާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަލްޔަސް ބިރުގަތެވެ. އަލައިކާ އޭނާ ގަޔާ ދުރުކޮށްފައި މަޑު ދެއަތްތިލައިގައި ހިފައިލިއެވެ. އަލައިކާ ފުންނޭވައެއް ލާފައި ހަމަޖެހިލިއެވެ. ރުއިމުގެ ސަބަބުން އެ ދޮން މޫނު އެކީ ވަނީ ރަތްވެފައެވެ. އަލްޔަސްއަށް ބަލައިލައިފައި އަލައިކާ ހިނިތިންވެލިއެވެ. އަލައިކާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް އުނދަގޫވިއެވެ. “އަލްޔަސް….އަހަރެން..” ޖުމުލަ ފުރިހަމަނުކޮށް އަލައިކާ އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ. އަލައިކާ އެބުނީ ކީކޭކަން އެނގުމާއެކު އަލްޔަސް ވަގުތުން ހުއްޓުން އަރައިގެން ދިޔެވެ. ދުނިޔޭގެ ހިންގުން ހުއްޓުނުހެންވެސް އޭނާއަށް ހީވިއެވެ. ބުނަންވީ ކީކޭ ކަމެއް އިހްސާސްވާންވީ ކިހިނެއްކަމެއް އަލްޔަސްއަކަށް ނޭންގުނެވެ. އަލައިކާ އަތުން ދޫކޮށް އޭނާ ކޮޅަށް ތެދުވިއެވެ. އެއްޗެއް ބުނުމެއް ނެތި އޭނާ ކޮޓަރިން ނިކުތެވެ.

އަލްޔަސްއަށް ވީ ގޮތުން އަލައިކާ ހިތިގައި ބިރުވެރިކަމުގެ ރާޅުބާނީއެއް ދަތުރު ކުރިއެވެ. ކުރިން އޭނާއަށް ރޮވުނީ އުފަލުން ކަމުގައިވިއަސް މި ފަހަރު ދެލޮލުން ނީރާލީ ހިތާމައިގެ ކަރުނައެވެ. އަލްޔަސް ހެދި ގޮތުން ހިތުގައި ޖެހި ކުރިއަށްވުރެ ބޮޑަށް ރޮވުނުވެ. އުމުރަށް އަލްޔަސް ގެއްލިދާނެކަމުގެ ބިރު ހިތުގައި އަށަގަތެވެ.

ބެލްކަނީގައި އައިރާއާއި ޔާޒް ތިއްބެވެ. މަތިން މަތިން ޖެކެޓުލައިގެން އައިރާ އިނީ ފިނިގަދަކަމުންނެވެ. އާވި އަރައަރާ ކޮފީ ތަށްޓެއް އޭނާ އަތުގައި އިން އިރު މަދު މަދުން އެބޮމުން ދިޔައެވެ. އައިރާއާއި ޖެހިގެން ޔާޒްވެސް އިނެވެ. އޭނާ އަތުގައިވެސް ހޫނު ކޮފީތަށްޓެއް އިނެވެ. އެފަދަ ހިތްގައިމު މާހައުލެއްގައި އެކަނި ތިބުމުގެ ފުރުސަތު އެދެމީހުންނަށް ވަރަށް ނުލިބެއެވެ. މިރޭ ޔަޒަންވެސް އަވަހަށް ނިދުމާއެކު އެ ދެމަފިރިންނަށް އެކަނިވެލުމުގެ ފުރުސަތު ލިބުނީއެވެ.

އިސްތަށިގަނޑު ތެރެއަށް ދެއަތް މަހައިގެން އަލްޔަސް ގޮސް ވަނީ ބެލްކަންޏަށެވެ. ޔާޒްއާއި އައިރާ ތިބިކަން އޭނާއަކަށް ނޭންގެއެވެ. އެއޮށް ފިނި އިރުވެސް އަލްޔަސް ހުރީ މުޅިން ދާ ހިއްލާ ފޯވެފައެވެ.
“އަލްޔަސް؟” ޔާޒް ގޮވާލުމާއެކު އަލްޔަސް ސިހިގެން ދިޔައެވެ. ބިރެއް ފެނިގެން ފަހަތަށް ޖެހޭ ހެން ފަހަތަށް ޖެހުނެވެ. އަލްޔަސްއަށް ކަމެއް ވެއްޖެކަން ޔާޒް އަދި އައިރާއަށްވެސް އެނގުނެވެ. “މިއީ ލައި” ވީ ގޮތް އެހުމުން އަލްޔަސް ބުނީ ހަމައެކަނި އެހެންނެވެ. ޔާޒްއަށް ބަލައިލައިފައި އައިރާ ތެދުވީ އަލައިކާއަށް ވީ ގޮތެއް ބަލާށެވެ. އަލްޔަސް ހަމައަކަށް އަޅުވަން ޔާޒް މަޑުކުރިއެވެ.

އައިރާ ދިޔައިރުވެސް އަލައިކާ އިނީ ރޯށެވެ. އައިރާގޮސް ވީ ގޮތް އޮޅުންވިލުވިއެވެ. އަލައިކާ ޖަވާބު ދިނުމެއްނެތި ރުއީއެވެ.

ޔާޒް ގާތުވެސް ވީގޮތެއް އަލްޔަސް ނުބުނެއެވެ. އިރުކޮޅަކު މަޑުކޮށްފައި ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ދިޔައެވެ. ޔާޒްވެސް ފަހަތުން ދިޔައެވެ. ރޯން އިން އަލައިކާފެނި ޔާޒްގެ ދެބުމަ ގޮށްޖެހުނެވެ. އައިރާ އޭނާ ގާތަށް އައުމުން ވީ ގޮތް އެހުމުން އައިރާ ބުނީ ނޭންގޭކަމަށެވެ.

އަލްޔަސް ފެނުމުން އަލައިކާ އިސްޖަހައިލީއެވެ. ހިތަށް ތަދުވުމާއެކު ހިތައި ދިމާލުގައި އަތް އަޅާލިއެވެ. އަލައިކާ އުނގުމަތީ އޭނާގެ އަތް ބާއްވަމުން ޓައިލްމަތީ އަލްޔަސް އިށީންދެލިއެވެ. ކަކޫ ޖައްސައިފައި ހަށިގަނޑު ސީދާކޮށްލަމުން އަލައިކާ ނިއްކުރީގައި ބޮސްދިނެވެ. “ލައި. ވަރަށް ބޮޑަށް ސޮރީ. އަހަރެން އެ ގޮތަށް ރިއެކްޓް ކޮށްގެން ނުވާނެ. ލައި އަހަރެން ވަރަށް އުފާވެއްޖެ. ޝްޝްޝް ލައި ދެރަކުރެވުނީތީވެ ވަރަށް ބޮޑަށް ސޮރީ!” އަލައިކާ ހިތުގައި ޖެއްސުނީތީވެ އަލްޔަސް ދެރަވިއެވެ. އޭނާއަށް އަމަލު ކުރެވުނު ގޮތާމެދު އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.

“އޯކޭ ވަޓަސް ހެޕަނިން؟” ވާނުވައިގައި ތިބި ޔާޒްއާއި އައިރާ އަހާލިއެވެ. ވެގެން އުޅޭގޮތް ނޭންގޭތީ އެދެމީހުން ތިބީ ކަންބޮޑުވެފައެވެ. އަލްޔަސް އިންތަނުން ތެދުވެފައި އަލައިކާއަށް ބަލާލިއެވެ. އަލައިކާ ލޯ ފުހެލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. އަލްޔަސްއަށް ބަލައިލައިފައި ލަދުން އިސްޖަހާލިއެވެ.

“ލައި ޕްރެގް” ފުޅާ ހިނިތުންވުމަކާއެކު އަލްޔަސް ބުނެލިއެވެ. “އޯވްން ކޮންގްރެޓްސް އަލް” އައިރާ ގޮސް އަލައިކާ ގައިގައި ބައްދައިލިއެވެ. އެރޭ ލަސްވެފައި ހުރުމުން އަވަހަށް ނިދަން ބުނެފައި އައިރާއާއި ޔާޒްވެސް ނިދަން ދިޔައެވެ.

ނިދުމުގެ ކުރިންވެސް އެތައް ފަހަރަކު އަލްޔަސް ލޯބިވާކަން ހާމަކުރިއެވެ. މިއަދުން ފެށިގެން ދަރިފުޅު ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދާކަމަށް ބުންޏެވެ. “ދެންވެސް އެ ގޮތަށް ނުދައްޗޭ އަހަރެން ބިރުން ހަލާކު ނުވީ ކިރިޔާ. ހީކުރީ އަލްޔަސް ބޭބީ ބޭނުން..” އަލައިކާ ބުނަން އުޅުނީ ކީކޭކަން އެނގުމާއެކު އަލައިކާ ތުންފަތުގައި އަލްޔަސް އޭނާގެ އިނގިލި ޖައްސައިފައި އިތުރަށް ވާހަަކަ ނުދެއްކުމަށް ބުންޏެވެ.

އަނެއް ދުވަހު ހެނދުނު ގޭތެރޭގަ ފަޅުކަން ފިލައިގެން ދިޔައީ އަލައިކާއާއި އަލްޔަސް އެންމެންނަަށް ދިން ޚަބަރަކުންނެވެ. ހީވީ ގޭތެރޭގައި ދެޢީދު އެއްފަހަރާ ލައިގަނެގެން އުޅުނުހެންނެވެ. ހުރިހާ އެންމެން އަލައިކާ އަދި އަލްޔަސްއަށް މަރުހަބާ ކިޔެވެ. އަލްޔަސް ގުޅާފައި ޝިއުރާއަށްވެސް އެ ޚަބަރު ދިނެވެ. ހުރި ހަމައެކަނި ދަރިފުޅަށްޓަކައި ޝިއުރާ އުފަލުން ފޮޅުނެވެ.

“އަލޫކާ މަގޭ ޕާޓީގެ މަޖާ ގެއްލުވާލަން ދޯ މިދުވަސްކޮޅަށް ޕްރެގް ވީވެސް. އެކަކުވެސް މިހާރު މަގޭ ވެޑިންއަކަށް ނުވިސްނާ. އެންމެން އުޅެނީ އަލްގެ ބޭބީއާ ހެދި ވިއްޔާ!” އެންމެން އަލައިކާއާއި ހެދި އުޅޭވަރުން ޔޫސުފް ބުނެލިއެވެ. ކުޑަކުއްޖެއް ފަދައިން ޔޫސުފް ބުނި ގޮތުން އެންމެންނަށްވެސް ހެވުނެވެ. ލަދުގަތް ވަރުން ރައްދުގައި އެއްޗެއް ބުނާކަށް އަލައިކާއަކަށް ނުކެރުނެވެ.

އަލްޔަސް އަލައިކާއާއި ވެގެން އުޅޭ ގޮތް ބަލަން ހެވިފައި ޔާޒް އިނެވެ. އަލައިކާއަށް ޚިދުމަތް ކުރުމުގައި ފަސްނުޖެހި އަލްޔަސް އުޅުނެވެ. “ކީއްވެ މާ ވަރަކަށް ތި ބަލަނީ އެދެކުދިންނަށް؟” ޔާޒް އަތުގައި އައިރާ ހިފައިލިއެވެ. ޔާޒް އައިރާ ގެނަސް އޭނާ މޭގައި ޖައްސައިލައިފައި ނިތުގައި ބޮސްދިނެވެ. “ސޮރީ!” ޔާޒްގެ އިހްސާސްތައް ދެނެގަނެވުމާއެކު އައިރާ މާފަށް އެދުނެވެ. އޭނާ ބަނޑުބޮޑު އިރު ޔާޒްވެސް ލޯބިން އުޅެން ބޭނުންވިއެވެ. އައިރާގެ ޚިދުމަތުގައި ކޮންމެ ކަމެއް ކޮއްދޭންވެސް ތައްޔާރަށް ހުއްޓެވެ. ޔާޒްއަށް އެ ފުރުސަތު ނުދިނީ އައިރާއެވެ. އެންމެ ކުޑަ މިނުން އޭނާ ބަނޑުބޮޑުވި ކަންވެސް ނުބުނެއެވެ. ޔާޒްއަށް އެނގުނީ ނަވްޔާގެ ފަރާތުންނެވެ. އެ ވަގުތު ޕެރިހުގައި ހުރުމުން ޔާޒް އެތައް ދުވަހަކު އޭނާއާއި ބައްދަލު ކުރަން ދިޔައެވެ. މާފަށް އެދި އާދޭސްވެސް ކުރިއެވެ. އެ ހުރިހާ ކަމަކަށް އައިރާ ދިނީ ބީރު ކަންފަތެކެވެ. މިއަދު އެކަމާ އޭނާ ދެރަވިއެވެ. އެހެން ނުހެދުނު ނަމައޭ ހިތަށް އަރައެވެ.

ކައިވެނި ކުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ނަވާރް ހިތްނުތަނަވަސް ވަމުން ދިޔައެވެ. އޭނާގެ އުމުރު ހަގުވެފައި ކުރިއަށް ވާނެ ގޮތެއް ނޭންގޭތީއެވެ. ދީނާ އުޅޭ ގޮތުން މާ ހާސްވެގެން އުޅޭ ހެންނެއް ހިޔެއްނުވެއެވެ.

ހާސްވެފައި ހުރުމުގެ ސަބަބުން ހެނދުނުގެ ނާސްތާވެސް ރަނގަޅަށް ނަވާރްއަށް ނުނެގުނެވެ. ބޯ އަނބުރާ ހޮޑުލަވާ ގޮތްވަނީއެވެ. އޮރެންޖް ޖޫސްތަށްޓަކާ ބިސްގަނޑެއް ކައިގެން ނަވާރް ގޮސް ސިޓިންރޫމް ސޯފާގައި އިށީންދެފައި ދެލޯ މަރާލިއެވެ. “ޔޫ އޯކޭ؟” ނަވާރް އުނގުގައި ބޯއަޅާލަމުން ޔޫސުފް އަހައިލިއެވެ. ޔޫސުފް އައިސް އެ ގޮތަށް އޮށޯތުމުން ނަވާރްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މީހަކަށް ފެނިދާނެތީ ބިރުގަތެވެ. “އޭއީ. ތިހާ ބިރުނުގަނެބަ. އެކަކުވެސް ނާންނާނޭ! ޔޫގެ ބައްޕަ ވެއްޖެ ދޮންބެއާ ދޮންތަބެއާ އެކީ ބޭރަށް ގޮސް. މަންމަމެން ޝޮޕިންއަށް ގޮއްސި. އަހޫބެއާ ބައްޕަ ބިޒްނަސް ކަމަކު ބޭރަށް ގޮސްވީ. ހީވޭތަ އިވާންބެ ގޭގަ އަޅުނިކޮށް މިހެން އޮންނަން މަށަށް ކެރޭނެހެން؟” ޔޫސުފް އެހާ ހަމަޖެހިލައިގެން އޮތީ އެއްވެސް ބޮޑު މީހަކު ގޭގައި ނެތުމުންނެވެ. އިވާންދެކެ ޔޫސުފް ޖެހިލުންވާކަން އިނގުމުން ނަވާރް ގާތަށް ހިނިއައެވެ.

“ބަލާބަ މި ސޮރު މެރީ ނުކޮށް އުޅޭއިރުވެސް ނަވާ ގާތުން ދުރަށް ނުދޭ. މެރީ ކުރީމަ އަދި ކިހާވަރެއް ވާނެ!” ޔަޒަން ގޮވައިގެން ސިޓިން ރޫމަށް އައި ޔާޒްއާއި އައިރާ ޔޫސުފްެއާއި ދިމާކުރިއެވެ.

ހެނދުނު ހޭލީން ސުރެ ނަވާރްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ހަވީރު ހަތަރެއް ޖަހާއިރު އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާނެއެވެ. ވިސްނިވަރަކަށް އޭނާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައެވެ. ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމުން ވަނުމަށް ނަވާރް ބުންޏެވެ. އޭނާގެ ކައިވެނި ހެދުން ހިފައިގެން މާނީ ވަނެވެ.

ބޮޑު އަލަމާރީގައި ހެދުން އަޅުވައިފައި މާނީ ނަވާރްއަށް ބަލާލިއެވެ. ނަވާރްގެ މޫނު މަތިންވެސް ބިރުގަނެފައި ހުރި ވަރު އެނގެއެވެ. މާނީ ކުޑަކޮށް ހިނިތުންވެލައިފައި ގޮސް ނަވާރް ގޮވައިގެން އެނދުގައި އިށީނެވެ. “ވަރަށް ބިރުން ދޯ ތީނީ؟ މަންމަވެސް އާރާޝްއާ މެރީ ކުރިދުވަހު ތިހާ ބިރުގަތް. ހިތަށް އެރި ދެން ކިހިނެއްބާއޭ ވާނީ؟ އުފާވެރި ހަޔާތެއް ލިވޭނެބާއޭ. އިރާދަކުރެއްވީތީ މަންމަ ބޭނުންވި ހުރިހާ އުފަލެއް ލިބުނު. މިހެން ބުންޏަށް މައްސަލަޖެހޭ ކަންކަންވެސް ބައެއް ފަހަރު ދިމާވޭ. އެކަމި ވާހަކަ ދައްކައިގެން ހައްލު ކުރަނީ!” މާނީ އޭނާ ދިރިއުޅުމުގެ ބައިވަރުކަން ކަން ނަވާރްއާއި ހިއްސާކުރިއެވެ. ނަވާރްއާއި މެދު މާނީ ދެކެނީ އަމިއްލަ ދަރިއެެއްހެންނެވެ. ނަވާރްއާއި ވާހަކަ ދެއްކީ މިންހާއާއި ވެސް ވާހަކަ ދައްކާނެ ފަދައިންނެވެ. މާނީގެ އެ ގާތްކަން ފެނި ނަވާރްއަށް ރޮވުނެވެ. އަމިއްލަ މަންމަ މަތިން ހަނދާންވީއެވެ. އަލައިކާއާއި އައިރާ ކައިވެނި ކުރި ދަވަހު އިސްރާއާއި އިޝްމާ ނަޞޭހަތް ދިންތަން އޭނާއަށް ވަނީ ފެނިފައެވެ. “މަންމަ މެރީ ކުރިދުވަހުވެސް ހިތަށް އެރި މަންމަ ހުންނާނެ ނަމައޭ. ނަވާރްގެ ޕެއިން އަންޑަސްޓޭންޑްވޭ.” ނަވާރްެއަށް ވީ ގޮތް ދެނެގަންނާކަށް މާނީއަށް އުނދަގުލެއް ނުވިއެވެ. ނަވާރް ގައިގައި ބައްދާލައިފައި ލޮތްބާއެކު ނިއްކުރިއަށް ބޮސްދިނެވެ.

އަލްޔަސްއާއި ޔާޒްވެގެން ޔޫސުފްއާއި ޒެވިޔަންއާއި ދިމާކުރިއެވެ. ރައްދުގައި ޒެވިޔަންއާއި ޔޫސުފް ވެސް އެދެމީހުންނާއި ދިމާކުރަމުން ދިޔައެވެ. އެމީހުން ކިޔައި ބައެއް އެއްޗިހިން ޔޫސުފް ރަކިވަމުން ދިޔައެވެ. ރަކިވާ ކޮންމެ ފަހަރަކު މޫނުއެކީ ރަތްވެއެވެ. ވަކި ހިސާބަކުން ލިވަޕޫލްގައި އުޅޭ ޔޫސުފްގެ އެންމެ ގާތް އެކުވެރިޔާވެސް އެމީހުންނާއި ބައިވެރިވެގެން ދިމާ ކުރަން އުޅުނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…19

Next

ހީވޭ ހިތް ބުނާހެން 20

Next
March 12, 2020

ހީވޭ ހިތް ބުނާހެން 20

Previews
March 10, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…19

15 Comments!

  1. Gaaal says:
    March 12, 2020 at 3:11 pm

    This story is awesome……can’t wait for next part…..when next ?

  2. Maya says:
    March 12, 2020 at 3:29 pm

    V loabi vhk
    . Kiyaa mi part v Kuru plx vvv avahah up kohba v kehmadhu vefa mi hunnanii ☺️..

  3. Messi ⚽? says:
    March 12, 2020 at 4:30 pm

    Congrats alyash and alaika ??????????

    Stry nice ingeyyyyy ❤️❤️❤️❤️

  4. Kairaa says:
    March 13, 2020 at 9:28 am

    Varah reethi mi part vx….whn nxt…waiting…

  5. Kaileen says:
    March 13, 2020 at 9:58 am

    Raasthaa2 nimaalanee dhw?????raasthaa3 vess genes dhehchey ???♥️♥️

  6. Yanaa says:
    March 13, 2020 at 12:24 pm

    Varah varah varah reethi????
    maa sha Allah ❤❤❤❤❤❤❤
    waiting waiting ???????
    ❤❤❤❤❤ly sis❤❤❤❤❤❤

  7. eeeeeesh says:
    March 17, 2020 at 9:00 am

    alhey when next part…btw varah salhi vaaahaka

  8. laiko says:
    March 18, 2020 at 8:21 am

    vahaka avaha upload kohla dheeba plz
    can’t wait

  9. Pakaaaas says:
    March 18, 2020 at 9:05 pm

    Kobaa next part…?

  10. mannu says:
    March 21, 2020 at 4:10 pm

    when is next part bruhhh…mifaharu haadha gina dhuvasvehjje ey….I cant wait to read t

  11. LAZY_QUEENY says:
    March 22, 2020 at 9:55 pm

    Alheyy Kiyaa kn irakun tha next part up kohdheny…Curiously waiting for next part ngey…. Veehaavx avahah up kohdheny tho balahchey….hope U read this comment…. N avahah up kohdhehchey…… Pls pls pls…. Can’t wait ???????

  12. Blah blah says:
    March 23, 2020 at 4:32 pm

    Alheyyy kobaathrr next partttt.. Haadha las vany

  13. Kiyaa says:
    March 24, 2020 at 9:37 am

    Alhey haadha lahey vaahaka up vaale … Kameh dhimaa viyas angaalaa Nama .. curiously waiting ❤️

  14. Messi⚽? says:
    March 24, 2020 at 10:44 am

    Haadha lahey Kiyaaaaaaaaaaara dhooni???

  15. Orchid says:
    March 25, 2020 at 2:16 pm

    Alheyy haadha Gina dhuvaheh vejje ey vaahaka ah inthixaaru kuraathaa… Kiyaa v gotheh vx bunelyma ehnu ingeyny… Knmes kameh v ma kan ingey vaahaka up nukurevign ulheny but knmes gothakah kiyunthaerinnah angaaliyya rangalhu vaane kanneyge… Frnd eh through Koh viyas… Anyways vaahaka reethi kamun kiyaa hithun mihaavarah vx mi kiyeny… At least v gotheh angaaladheyne kamah unmeedhu kuran….???

Comments are closed.


All Right Reserved!