އެނބުރި ލަންޑަންއަށް އައިސް އެރިކް ފުރަތަމަ ވެސް ދިޔައީ އިޝަލް ބުނެގެން އެގެއަށް އިޝަލްއާ ބައްދަލު ކުރާށެވެ. އެ ދުވަހު އިޝަލްގެ ދެބެއިންގެ ދެދަރި ހުރިހާ ކުދިންނާ އެރިކްއާ ބައްދަލުވިއެވެ. މެޗަކުން ނޫން ގޮތަށް ޔޫސުފްއާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ފުރަތަމަ ފަހަރަށް އެރިކްއަށް ލިބުނެވެ. ޔޫސުފްގެ ފަރާތުން އޭނާއަށް ތަޢުރީފުގެ ބަސްތައް ލިބުމުން އެރިކްއަށް އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވެވުނެވެ. ****** ގިނަ ދުވަސް ތަކެއް ކޮށްފައި ލައިޝާ ފެނުމުން މިންހާ އެކުއްޖާ ދޫނުކުރެއެވެ. ތިން އަހަރުގެ […]
އަހަރެއްހާ ދުވަސް ތެރޭ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދިނުމުން އިޝަލްއަށް އުފަލުން ގޮސް ރޮވުނެވެ. އެރިކްއަށްވެސް ވީ އެވަރެވެ. ސޯޝަލް މީޑިއާގައި އިޝަލްގެ ސަޕޯޓަރުން އުފާފާޅު ކުރަމުން ދިޔައެވެ. އިޝަލް ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާކަމަށް ސަޕޯޓަރުން ބުނަމުން ދިޔައެވެ. **** ހަފްތާ ބަންދުގައޖ ޔާޒް އާއި އައިރާވެސް ލަންޑަންއަށް އައެވެ. އެމީހުންނާ އެއްކޮށް އަހާންވެސް އައެވެ. ޔޫސުފްވެސް އަންނަން ބޭނުންވެފައި […]
ހެދުނު ގޯސްތަކަށް ސަޕޯޓަރުންގެ ކިބައިން އެރިކް މާފަށް އެދުނެވެ. ކުރިއަށް އޮތް މެޗުތަކުގަައި އޭނާގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނަން ކަމުގައި އޭނާ ވައުދުވިއެވެ. އަދި އާސެނަލްއަށް ލީގު ހީދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަޕޯޓަރުން އަދި އެކުވެރިޔާ އިޝަލްއަށްޓަކައި ކޮށްދޭނަން ކަމުގަައި ބުންޏެވެ. **** މެޗުން ބަލިވުމާއެކު ލިބުނު ހިތާމާގައި އެރޭ އިޝަލް ގާތަށް އެރިކް ދިޔައެވެ. އެރޭ އިޝަލް ގާތު މަޑުކޮށްގެން ތިބީ އަލައިކާ އާއި އަލްޔަސްއެވެ. އެރިކް އައުމުން ކޮނޑުގައި […]
މުޅި ސްޓޭޑިއަމް އެކީ ވަނީ ހިމޭންވެފައެވެ. ދެޓީމުގެ ސަޕޯޓަރުންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ދަނޑުމަތީ އަދި ބެންޗުގައި ތިބި ކުޅުންތެރިންގެ މޫނު މަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ. އެއްބައި ކުޅުންތެރިން މޫނުގައި ޖާޒީ އަޅައިގެން ތިއްބެވެ. ބެންޗުގައި ކުޅުންތެރިންނަށް އިރުޝާދު ދޭން ހުރި އަކްމަލްގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ދަނޑުމަތީގައި އާސެނަލް ޓީމުގެ މެޑިކަލް ޓީމުން ފަރުވާދެމުން އެދަނީ އޭނާގެ ފިރިހެން ދަރިފުޅަށެވެ. ޑޮކްޓަރުންގެ ހަރަކާތްތަކުން އިޝަލްގެ ހާލު […]
********** އެއްލި ކަޅިއަކުން ރުއްބުޑެއްގައި އިށީންދެލައިގެން އަހަރުމެންނަށް ބަލަން އިން ޔުއާން ލޮލުގައި އަޅައިގަތެވެ. ވަގުތުން ބައިސްކަލްގެ ކޮންޓްރޯލު އަހަރެން އަތުން ދޫވިއެވެ. އަހަންނަށް އެނގުމުގެ ކުރިން ގުޅަޔަކަށް ވެލިގަނޑުމައްޗަށް ބައިސްކަލާ އެކީ އަހަރެން ޖެހުނެވެ. ގަޔަށް ތަދުއެރިއެއް ކަމަކު ޔުއާން ބަލަން ހުރުމުން އަވަހަށް ތެދުވަން އަވަސްވެ ގަތީމެވެ. ނަސީބު ހުރީ އަހަންނާ އިދިކޮޅަށެވެ. އަހަރެން ލައިގެން ހުރި ކަޅު ހެދުމުގެ ފަސްބައި އޮތީ ބައިސްކަލުގެ ޗޭނުގަނޑުގައި އެޅިފައެވެ. އަވަހަށް ނައްޓަށް އުޅެނިކޮށް ހެދުމުގެ […]
ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. […]
ޑއުމުރުން ވިހި އަހަރުގެ އިޝަލް އަކީ އަރަމުން އަންނަ ޒުވާން ގޯލް ކީޕަރެކެވެ. ރިއަލްމެޑްރިޑް އަދި ބާސެލޯނާ ފަދަ ބޮޑެތި ކުލަބުތަކުން އިޝަލްއަށް ހުށަހެޅުންތައް ލިބެމުން އައި ނަމަވެސް އާސެނަލްއަށްޓަކައި ހިތުގައިވި ލޮތްބެއް ބޮޑުކަމުން އެ ކުލަބު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. އާސެނަލްއިންވެސް އިޝަލް ދޫކޮށްލަން ބޭނުން ނުވެއެވެ. އާސެނަލް ސަޕޯޓަރުންގެ ލޯބިވެސް އިޝަލް ވަނީ ހޯދާފައެވެ. ގިނަ މެޗުތަކެއްގައި މޮޅު ސޭވްތަކެއް ކޮށްގެން އާސެނަލް ބަލިވިޔަނުދީ އިޝަލް ވަނީ ހިފަހައްޓާފައެވެ. އޭނާގެ އުމުރުން ނަވާރަ […]
“ކީކޭ ހިތަށް އަރައިގެންތަ ކައިލާން ފަހަތުން އުޅެނީ؟ ނޭންގެތަ އެއީ ބޭބެއެއް ކަމެއް؟ ކައިލާންއާ އަހަރެން ކިހާ ރަނގަަޅަކަށްތަ ކައިރާއާ މެދު ކަންތައް މި ކުރަނީ؟ އަމިއްލަ ކޮއްކޮއެއް ފަދައިން އަހަރުމެން ކަައިރާ މި ބަލަނީ. ދެން ކީއްވެތަ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަން ތި މަސަައްކަތް ކުރަނީ؟” ރުޅި އައިސްގެން ވާހަކަ ފެށިނަމަވެސް ޔާނާއަށާ ރޮވުނެެވެ. އެ ލޮލުން ފެންނަމުން ދިޔައީ ކައިރާއާ މެދު ޝަކުވާއެވެ. ޖެހިފައި ހުރި ޝޮކެއްގެ ބޮޑު ކަމުން އަމިއްލަ ނަފްސުގެ […]
ސްކޫލް ގޯތިތެރޭ ތިބި ހުރިހާ ކުދިންގެ ނަޒަރު ކައިރާއަށް ހުއްޓިގެން ދިޔައެވެ. ކަކުލާ ހަމައަށް އަންނަ ގަޔަށް ދޫ ގަދަ ފެހި ކުލައިގެ ހެދުމާއެކު ކަޅު ޖިންސެއް ލައިފައި ހުރިއިރު އޭނާގެ ބްލޮންޑް އިސްތަށިގަނޑު އޮތީ ކަޅު ޝޯލަކުން ނިވާކޮށްފައެވެ. އާންމުކޮށް އަރާ އުޅޭ އުސްފައިވާނުގެ ބަދަލުގައި ކަޅު ކުލައިގެ ރީތި ބޫޓަކަށް އަރައިފައި ހުރިއިރު ފައިތިލަ ވެސް ވަނީ ކަޅު އިސްޓާކީނަކުން ނިވާކޮށްފައެވެ. އަބަދުވެސް މޭކަޕްކޮށްފައި ހުންނަ މޫނުގައި އަނދުން ފިޔަވާ އިތުރު މޭކަޕެއް ބޭނުން […]