އަނާނީ އަނބުރާ މާލެ އައީ މަހެއް ފަހުންނެވެ. އޭރު އޭނާގެ ހުރިހާ ހާސްކަމެއް ފިލައި، އުއްމީދު އާވެފައި ވިއެވެ. ރަށުގައި މި ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ކިތައްމެ ހަނދާން ވާނެކަން އެނގުނަސް، އޭނާގެ މުސްތަޤުބަލު ބިނާ ކުރުން އޮތުން މާލެއަށް އައިސްގެނެވެ. ދިގު ލޯންޗު ދަތުރަށް ފަހު، ޓެކްސީގައި ގެއަށް އައިސް ވަން އިރު ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. ނަމަވެސް ދޮރުން އެތެރެއަށް ވަން އިރު ފުރަތަމަ ފެނުނު މޫނާއެކު، ވަރުބަލިކަން މަތިން ހަނދާން […]
“މެރީ؟” ރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫ ޓޫ؟” ރީޝާ ގެއަށް ލައިދޭން ދާން ލޫކަސް އެދުނީ އަނާނީގެ އައު ވާހަކައެއް ހޯދޭތޯއެވެ. އަދި އަނާނީ އެދެމީހުންގެ ކައިވެނީގެ ވާހަކަ ރީޝާ ކައިރީގައި ބުނެފައި ނެތުމުން، އެކަމުގެ ފަހަތުގައި ވާ ސަބަބު އެނގެން ބޭނުންވިއެވެ. ރީޝާ ލޫކަސްގެ ސައިކަލު ފަހަތަށް އަރައި ހަމަޖެހިލިއެވެ. ރީޝާ ފެއްޓީ އެދެމީހުންގެ މެދުގައި މައްސަލަ ޖެހުނު ހިސާބުންނެވެ. އެއަށްފަހު ހިނގައިދިޔަ ކަންކަމުގެ ތަފްސީލަށް ނުދިޔަސް، އޭނާގެ ފަރާތުން އަނާނީއަށް ވަރަށް ދެރަ […]
“ވައި..” އަނާނީއަށް ޤަބޫލު ނުކުރެވިގެން އަހައިލެވުނެވެ. “އެއީ ވަރީގެ ފޯމު ލާފަ އޮތީމަ. ކޯޓުން ގުޅާފާނެ އެއްނު.” ލޫކަސް ހަމަޖެހިފައި އިނދެ ބުންޏެވެ. އެއާއެކު އަނާނީގެ ހިތް ގެނބުނުހެން ހީވިއެވެ. ލޫކަސް ހަމަ އަސްލުގައި ވެސް އެ ފޯމު ލީތާއެވެ. “އޯހް..” ރަކިވެފައި ހުރިކަން ނުދައްކަން ވެގެން އަނާނީ އިސްތަށިގަނޑާއި ކުޅެލިއެވެ. “ގުޅީމަ އަންނާނަން. މިހާރު ޓިކެޓު ވެސް ނަގާފަ އޮންނާނީ ދާން. ސޯ އައި ނީޑް ޓު ގޯ.” އަނާނީ ގޮސް ކޮޓަރިއަށް ވަދެ ދޮރު […]
ފޯމު ފުރާފައި އަނާނީ ގޮސް ބޭއްވީ ހަމަ ކުރިން އޮތް ތާނގައެވެ. ދެން އެއަށް ކަންތައް ކުރަން ޖެހޭ ގޮތް އެނގޭނީ ލޫކަސްއަށެވެ. ވާން އޮތް ކަމެއް ވާން ދޫކޮށްލުން ނޫން ގޮތެއް ނެތެވެ. އަނެއްކޮޅުން ޔާނިއު އިރު އިރުކޮޅާ ގުޅައިގެން ވަރީގެ ވާހަކަ އަހާވަރުން އަނާނީ ހުންނަނީ ބޯ ގޮވައިފައެވެ. ނަމަވެސް މިހާރު ޔާނިއު ބުނި ކަންތައް ވެސް އަނާނީއަށް ފުރިހަމަ ކުރެވިއްޖެއެވެ. ދެން އިތުރަކަަށް ބޮލެއް ނުގޮއްވޭނެ ތާއެވެ. ކޯހުގެ ފަހު ސެމިސްޓާގެ ނަތީޖާ […]
އެރޭ ފަހުން ޔާނިއު ގުޅައިފައި މާފަށް އެދުނެވެ. އޭނާއަށް އެހައި ރުޅި އާދެވުނީ، އަނާނީ އޭނާ ދެކެ ލޯބި ނުވަނީ ކަމަށް ހީކުރެވުމުން، ނަފްސު ކޮންޓްރޯލުން ނައްޓައިގެން ދިޔުމުން ކަމުގައި ބުންޏެވެ. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުވާނެ ކަމުގެ ޔަޤީންކަން ދިނެވެ. އަނާނީ އެ ހުރިހާ ވާހަކައެއް ޤަބޫލު ކުރިއެވެ. އެއާއެކު އޭނާގެ ހިތަށް އެރިއެވެ. ޔާނިއު އަކީ ގޯސް މީހެއް ނޫނެވެ. އެއީ އެއް އިރެއްގައި އަނާނީގެ ހިތުގެ ތެޅުމޭ ބުނެވިދާނެއެވެ. އެހެންކަމުން، ލޫކަސް […]
ޖެހިގެން އައި ދުވަހު އެރި އިރާއެކު އަނާނީއަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ލޫކަސްއާއި ސާރާ ގައިގޯޅި ވެލައިގެން ސޯފާގައި ތިބި އިރު ހީވަނީ ހަމަ އަނާނީއަށް ދައްކަންވެގެން ތިބި ހެންނެވެ. އަނާނީ ސިހުނެއް ކަމަކު، އެކަމެއް މޫނުމަތިން ނުދައްކައެވެ. އަދި އެދެމީހުންނަށް ބަލާލާފައި ހިނިތުންވެލީ ހަމަ އާދައިގެ މަތިންނެވެ. ނަމަވެސް އަލުން ކޮޓަރިއަށް ވަން އިރު ހުރީ ސުވާލު ތަކުން ބޯ ހާސްކުރުވާފައެވެ. މިއީ ލޫކަސް ގަސްދުގައި ކުރި ކަމެއް ހެއްޔެވެ؟ ރޭގައި ޔާނިއުއާ އެކީ […]
ހަފްތާއެއް ފަހެވެ. އަނާނީ އެންމެ ފަހު އިމްތިހާން ނިންމާފައި ގެއަށް އައީ ވަރަށް ހަމަޖެހިލައިގެންނެވެ. ދެން އޮތީ ނަތީޖާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ. އެއަށްފަހު ސެޓްފިކެޓު ލިބުމުން ބޭރަށް ކިޔަވަން ދިޔުމުގެ ފޮނި އުއްމީދު ވެސް އެބައޮތެވެ. ލޫކަސް ކުރިން ދުވަހަކު ބުނީ ރަނގަޅު ވާހަކައެކެވެ. އެ ދަރިފުޅު މި ދުނިޔެއަށް އުފަން ނުވުމަކީ ވަރަށް ބޮޑު އިބްރަތެކެވެ. އެންމެ އުފާވަނީ ބަލިވެ އިންކަން ރަށުގައި ތިބި ދޮންބެމެންނަށް ނާންގަނީސް އެކަން ހިނގައިދިޔައީތީއެވެ. އެހެން ނޫންނަމަ […]
އަނާނީ ލަސްލަހުން މޫނު އަނބުރައިލި އިރު ކަރުނައިގެ ރޮނގެއް ލޮލުން ފައިބައިފައި ހުރި ތަން ފެނުނެވެ. ލޫކަސް މަޑުމަޑުން އައިސް އަނާނީއާ ކައިރި ވެލިއެވެ. އަދި ބުންޏެވެ. “އަނާނީ.. ކީއްވެ ތި ރޮނީ؟ ތިހެން އަބަދު ރޯ އެއްޗެއް ނޫނޭ. ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ބުނެ އެއްނު.” “ކީއްވެތަ؟ ކީއްވެތަ އަބަދު އަހަންނަށް މިކަހަލަ ގޮތް ގޮތް ވަނީ؟” އަނާނީ ކޮށްލީ ސުވާލެކެވެ. އަނާނީގެ ސުވާލުގެ ޖަވާބެއް ލޫކަސް އަތަކު ނެތެވެ. އެހެނަސް ލޫކަސް […]