Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 29

Aishasha Level 310 Stories100 Login
December 7, 2019 4 Mins Read
7 Comments

ފޯމު ފުރާފައި އަނާނީ ގޮސް ބޭއްވީ ހަމަ ކުރިން އޮތް ތާނގައެވެ. ދެން އެއަށް ކަންތައް ކުރަން ޖެހޭ ގޮތް އެނގޭނީ ލޫކަސްއަށެވެ. ވާން އޮތް ކަމެއް ވާން ދޫކޮށްލުން ނޫން ގޮތެއް ނެތެވެ. އަނެއްކޮޅުން ޔާނިއު އިރު އިރުކޮޅާ ގުޅައިގެން ވަރީގެ ވާހަކަ އަހާވަރުން އަނާނީ ހުންނަނީ ބޯ ގޮވައިފައެވެ. ނަމަވެސް މިހާރު ޔާނިއު ބުނި ކަންތައް ވެސް އަނާނީއަށް ފުރިހަމަ ކުރެވިއްޖެއެވެ. ދެން އިތުރަކަަށް ބޮލެއް ނުގޮއްވޭނެ ތާއެވެ.

ކޯހުގެ ފަހު ސެމިސްޓާގެ ނަތީޖާ ލިބި، ސެޓްފިކެޓު ދޭ ދުވަސް އައިސް ޖެހުނެވެ. އަނާނީ ހުރީ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހިފައެވެ. އޭނާއަށް ދިމާވި ގޮންޖެހުންތަކާ ބަލާފައި، ލިބުނީ ހަމަ އެންމެ ރަނގަޅު ނަތީޖާއެކެވެ. ނަމަވެސް ސެޓްފިކެޓު ހަވާލު ކުރާ ރަސްމިއްޔާތަކަށް އަނާނީ ނުދެއެވެ. އެއީ އޭނާއާ މާ ގާތް ބަޔަކު އެތާ ނޫޅޭނެތީއެވެ. އެހެންކަމުން، ވަކިން ސެޓްފިކެޓު ބަލައި އަނާނީ ދިޔައީ، ކޮލެޖުން ގުޅުމުން އެތަނަށެވެ. ދިޔަ އިރު ކައުންޓަރު ކައިރިން ދިމާވީ ރީޝާއެވެ. ރީޝާ ވެސް ހުރީ ސެޓްފިކެޓު ނަގަން ގޮހެވެ.

“އަނާނީ.” އަނާނީ ނުދަންނަ ކަމަށް ހަދައިގެން ހުއްޓައި، ރީޝާ ފަހަތުން ގޮވައިލިއެވެ. ހައިރާންވެފައި އަނާނީ އެނބުރި ބަލައިލިއެވެ. ރީޝާގެ މޫނުމަތިން، ޖެހިލުންވެފައި ހުރިކަން ފެނެއެވެ. “އައި ޑޯންޓް ނޯ ހައު ޓު ސޭ ދިސް. ބަޓް އައި އޭމް ސޮރީ.” ރީޝާ ހުރީ އިސްޖަހައިގެނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ދޭކަށް އަނާނީ ބޭނުމެއް ނުވިއެވެ.

ކައުންޓަރުގައި އިން ކުއްޖާ ދިން ފޯމުގައި ސޮއި ކޮށްފައި، ސެޓްފިކެޓު ނަގައިގެން އަނާނީ ހިނގައިގަތެވެ. އެންމެ ހައިރާންވީ ރީޝާ ވެސް ފަހަތުން އަންނަން ފެށުމުންނެވެ. “އަހަންނަށް އިނގޭ ވަރަށް ކަޑަކޮށް ކަން އަނާނީއާ ދޭތެރޭ ކަންތައް ކުރެވުނީ.” ރީޝާ އަނެއްކާވެސް ފެށިއެވެ. އެ ވާހަކަތައް އަޑުއަހަން ވެގެން އަނާނީ ހިނގުމުގެ ދުވެލި މަޑުކޮށްލިއެވެ. އޭރު ރީޝާ ހަމަ އެވަރަށް ހިނގަމުން އާދެއެވެ. “ހުރިހާ ކަމެއް ޒުހާ ބޮލަށް ޖަހައިގެން ނިންމައެއް ނުލެވޭނެ ކަން އިނގޭ. މަށަކީ ވަރަށް ކަޑަ ރައްޓެއްސެއް ދޯ. ސޮރީ، އަނާނީގެ ރައްޓެއްސެއްވެސް ނޫން ދޯ މީކީ މިހާރު. އެކަމަކު އަހަރެން ބޭނުން މާފަށް އެދެން. މިއަދު އަހަންނަށް މި ވިސްނުނީ އަހަންނަށް ވެސް ވަރަށް ބޮޑު ލަނޑެއް ލިބުނީމަ. ޒުހާ ފަރާތުން. ޒުހާ އަކީ އެއްވެސް މީހަކަށް ބަލާ މީހެއް ނޫންކަން އިނގިއްޖެ. މޭބީ އައި ޑިޒާވް ދިސް. ބަޓް އައި އޭމް ރިއަލީ ސޮރީ! ހީކުރަން މާފު ކުރާނެ ކަމެއް..” ރީޝާގެ ވާހަކަ ނިމުން އިރު ދެމީހުންނަށް ތިބެވުނީ ކޮލެޖުން ބޭރުގައެވެ. ރީޝާ ހަނާ އަޅާލައިފައި ދާން ހިނގައިގަތް ތަނާ އަނާނީ ގޮވައިލިއެވެ.

“ވެއިޓް. ޒުހާ ކީއް ކުރީ؟” އަނާނީ ހުރީ ތަފްސީލު އެނގެން ބޭނުންވެފައެވެ. އެހެންކަމުން، އެއްޗެއް ބޯލަން ކައިރި ތަނަކަށް ހިނގާށޭ ކިޔާފައި ރީޝާ ގޮވައިގެން ހިނގައިގަތެވެ.

“މި ވާހަކަ ދައްކަން ވަރަށް ލަދުގަނޭ، އެކަމަކު އަނާނީއަށް އިނގެން ޖެހޭނެ ކަންނޭނގެ ހަޤީޤަތް..” އައިސްކްރީމް ތަށްޓަށް ސަމްސާ ކޮށްޕައިލަމުން ރީޝާ ފެށިއެވެ. “ހަނދާން ވޭތަ އެފްބީގަ ވައިރަލް ވި ފޮޓޯ؟ އަނާނީގެ ނަން ޖަހާފަ އިނެއްނު؟ ކޮލެޖު އެންމެން ވަރަށް ދިމާ ކުރިއެއްނު އެދުވަސްކޮޅު؟” އަނާނީ ބޯ ޖަހައިލިއެވެ. “އެއީ އަސްލު.. މަ. މަގޭ އޭރުގެ ބިޓަށް ފޮނުވި އެއްޗެއް އޭނަ ލީކު ކޮށްލީ. އެކަމަކު އަހަރެން ބަދުނާމުވެދާނެތީ އަނާނީއޭ ބުނީ ޒުހާ ކައިރީ. ދެން އިނގޭނު ޒުހާއަށް ވާނެ ވަރު އަނާނީއޭ ބުނެފިއްޔާ! އޭނަ އެ ޕޭޖަށް މެސެޖު ކޮށްފަ އަނާނީގެ ނަން ޖަހަން ވެސް ބުނީ.”

ރީޝާ ކިޔަދޭން ފެއްޓި ވާހަކަތަކުން އަނާނީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަމުގައި ޒުހާގެ އަތެއް ވާނެކަން ކުރިން ވެސް އެނގުނެވެ. ނަމަވެސް އެއީ އެގޮތަށް ހިނގައިދިޔަ ކަމެއް ކަން މި އެނގުނީ އަދިކިރިޔާއެވެ. ރީޝާ އިތުރަށް ކިޔައިދިން ގޮތުގައި، އެދެމީހުންގެ މެދުގައި މައްސަލަ ޖެހުނީ ޒުހާ ބުނާ ކޮންމެ ކަމަކަށް ރީޝާ އެއްބާރުލުން ނުދޭން ފެށުމުންނެވެ. އެގޮތުން އެންމެ ބޮޑު މައްސަލަ ޖެހުނީ، ޒުހާ ޓެސްޓު ޕޭޕަރެއްގެ ސުވާލުތައް ހޯދަން، ލެކްޗަރާއެއްގެ އަތުން ޓެސްޓު ޕޭޕަރު ވަގަށް ނަގަން ވެގެން ރީޝާގެ އެހީއަށް އެދުމުން، ރީޝާ ދެކޮޅު ހެދުމުންނެވެ. އެ ލެކްޗަރާ އަކީ ރީޝާގެ ތިމާގެ މީހެކެވެ. އެހިސާބުން، ޒުހާ ނިންމީ ރީޝާގެ ނިތްކުރީގައި ދުޝްމިން ކަމުގެ ތަތްގަނޑު ޖަހާފައި، ގުޅުން ކަނޑާލާށެވެ. އަދި އެވަރުން ނިންމައިލީކީ ނޫނެވެ. ރީޝާ “ޣައްދާރު” ވީ ކަމަށް ބުނެ، ރީޝާ ފަޟީހަތް ނުކޮށް ދޫކޮށްލާކަށް ޒުހާ ބޭނުމެއް ނުވިއެވެ. އެހެންކަމުން، އެއްކަލަ ފޮޓޯތައް ރީޝާގެ ގާތް އެންމެންނަށް ފޮނުވާފައި، ހުރިހާ ކަމެއް ފަޅާއަރުވައިލިއެވެ. ޙަޤީޤަތުގައި، އެއީ ރީޝާ ކަން ޒުހާއަށް އެންމެ ފުރަތަމަ ދުވަހުވެސް އެނގުނެވެ. ނަމަވެސް އަނާނީގެ އަގު ވައްޓާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން، އެކަން ނޭނގޭ ކަމަށް ހަދާލައިގެން ހުރީއެވެ.

ވާހަކަ ނިންމައިލަމުން ރީޝާ ބުނީ، އަނާނީ ދެކެ ކުރިން އެހައި ރުޅި އާދެވުނަސް، އަނާނީ ޒުހާ ކުރި ވަރާ ގާތް ކުރާ ވަރުގެ ކަމެއް ވެސް ރީޝާއަށް ކޮށްފައި ނެތް ކަމެވެ. އެކަމުން އެކަނި ވެސް، އަނާނީ އަކީ އެވަރުގެ ރުޅިވެރި ކަމެއް ޙައްޤުވާ ފަރާތެއް ނޫންކަން ސާފު ކަމަށެވެ. އަދި، އަރީންއާ ގުޅުވައިގެން ޖެހުނު މައްސަލައަކީ، ކަމުގެ ދެކޮޅު ނުބެލުމުން ރީޝާއަށް ކުރެވުނު ކަމެއް ކަމުގައި ބުނެ، އެކަމަށް ވެސް މާފަށް އެދުނެވެ. އަނާނީ އެ ހުރިހާ ކަމަކަށް ރީޝާއަށް މާފު ކުރިއެވެ. އަދި މީގެ ފަހުން، ދެމީހުން ވާހަކަ ދައްކައިގެން އެކުވެރިކަން އިތުރަށް ބަދަހި ކުރަން ވާނެ ކަމުގައި ބުނެލުމުން، ރީޝާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ނަމަވެސް ކުރިން ބޭއްވި ކަހަލަ ގާތް ކަމެއް ނުބޭއްވޭނެކަން އަނާނީ ހުރީ ހިތުގެ އަޑިން ޔަޤީން ކޮށްގެނެވެ. އޭނާއަށް ދިމާވި އެއްވެސް ކަމެއް ރީޝާއާ ހިއްސާކުރާކަށް ވެސް ތައްޔާރެއް ނޫނެވެ. އެއަށްވުރެ، އެ ދެމެދުގައިވާ ދުރުކަން ފުޅަލެވެ.

ސެޓްފިކެޓު ލިބުމުން އަނާނީ ހުރީ ރަށަށް ދާން ނިންމައިގެނެވެ. ދޮންބެދައްތައާއި، ރަށުގައި އުޅޭ އެހެން އެކުވެރިންނާ ބައްދަލުކޮށްލަން އޭނާ ހުރީ ބޭނުންވެފައެވެ. ނަމަވެސް، އެންމެ ބޮޑު ސަބަބަކީ، ގޭތެރެއިން ފެންނަ މަންޒަރުތައް އިތުރަށް ބަލަން ބޭނުން ނުވުމެވެ. ވަގުތެއް ވާ އިރަށް، ސާރާ ހީވަނީ އަނާނީއަށް ދެއްކެން ވެގެން ލޫކަސް ގައިގައި ބައްދަ ބައްދާފައި އުޅޭހެނެވެ. އަނާނީ ހުރީ އެ ކަންތައްތައް ފެނި ފެނި ފޫހި ވެފައެވެ. އެންމެ ފޫހި ވަނީ، ލޫކަސް ނުހުންނަ ތަންތާނގައި ސާރާ އަނާނީއަށް ޖެއްސުމަށް އެއްޗެހި ބުނާތީއެވެ. ވަރިކުރި ފުޅު އަދިވެސް މިގެއިން ދާން ނޫޅެނީ ހޭ ކިޔާފައި އެތައް މަލާމާތެއް ކުރެއެވެ. ނަމަވެސް ޙަޤީޤަތުގައި، އަދި ވަރި ސާބިތެއް ވެސް ނުވެއެވެ. ލޫކަސް ފޯމު ލީ ކަމެއް ވެސް އަނާނީއަކަށް ޔަޤީނެއް ނޫނެވެ. ގައިމުވެސް ކޯޓަށް ދާކަށް އަދި ނާންގައެވެ.

ރަށަށް ދާން ވެގެން ފޮށްޓަށް އެއްޗެހި އަޅާފައި އަނާނީ ތައްޔާރު ކުރަން ފެށިއެވެ. އޭނާ ނިންމައިގެން ހުރީ، ސްކޮލަޝިޕްތަކަކަށް ލާފައި، އޭގެން އެއްޗެއް ހަމަޖެހިއްޖެ ނަމަ އެނބުރި މާލެ އަންނާށެވެ. އެކަން ނުވެއްޖެ ނަމަ، ލިއުޝާމެން ބުނުމުން ލަންކާއަށް ފުރަން ތައްޔާރު ވާން އަންނާނީއެވެ. ކޮންމެ އަކަސް، އޭނާ ހުރީ ބްރޭކަކަށް ބޭނުންވެފައެވެ. ރަށް ކަހަލަ އަމާން ތަނެއްގައި، ކުޑައިރުގެ އެކުވެރިންނާ އެކީ އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލާ ހިތުން ކެތްމަދުވެފައެވެ. ލަންކާއަށް ފުރުމުގެ ކުރިން، ކޮންމެވެސް އުފާވެރި ހަނދާންތަކެއް ރައްކާކުރަން އެބަޖެހެއެވެ. ނޫންނަމަ އިތުރަށް ބޯ ހާސްކުރުވަފާނެއެވެ. މިހާރުވެސް ހީވަނީ ސިކުނޑި ސުމަކަށް ގޮސްފާނެހެނެވެ. ނަމަވެސް ޔާނިއުގެ ހަބަރެއް ނުވާތާ ދެތިން ދުވަސް ވެއްޖެއެވެ. އަނާނީ މެސެޖު ކުރިޔަސް ޖަވާބެއް ނުދެއެވެ. ބޮޑަށް ހީވަނީ ކަމެއްގައި މާ ބުރަކޮށް އުޅޭތީ ހެނެވެ. އެންމެފަހުން ވާހަކަ ދެކެވުނު ދުވަހު، ވަރަށް ބޮޑު މަސައްކަތެއް އޮތް ކަމަށް ބުނެފައި ވެއެވެ. ކޮންމެއަކަސް، ރަށަށް ގޮސްފައި ގުޅާލަން އޭނާ ހުރީ ނިންމައިގެނެވެ. އޭގެ ކުރިން ގުޅައިފި ނަމަ، އަނާނީ ރަށަށް ނުފޮނުވާން ވެސް އުޅެފާނެއެވެ. ޔާނިއު ހުންނަނީ އަނާނީއާ ހެދި މޮޔަވެފައެވެ. ބައެއްފަހަރު އުޅޭ ގޮތުން އަނާނީ ބިރު ވެސް ގަނެއެވެ. ޔާނިއު ގުޅައިގެން އަނާނީއަށް ޖަވާބެއް ނުދެވިއްޖެ ނަމަ އެގެއަށް އައިސްފާނެއެވެ. ބޭރަށް ދާ ވާހަކަ ބުނެފިއްޔާ ދާ ތަންތަނާއި، ދާ އެންމެގެން ފަތިފުށް ހޯދާނެއެވެ. ފިރިހެނެއް ދާ ތަނެއް ނަމަ ނުދިޔުމަށް ބުނާނެއެވެ. ލޫކަސްއާ އެއްވެސް ގޮތަކަށް ވާހަކަ ނުދެއްކުމަށް ހުވާ ވެސް ކުރުވިއެވެ. އަދި އެއް ރެޔަކު އަނާނީ ނިދާފައި އޮށްވައި ގުޅައިގެން ހޭލައްވައިލާފައި ބުނީ، ޔާނިއުއަށް ހުވަފެނަކުން އަނާނީއާ ލޫކަސް އެއްކޮށް ނިދާފައި ތިއްބައި ފެނުނީ ކަމަށެވެ. އޭގެ ފަހުން ވެސް ދެތިން ރެޔަކު އެހެން ކިޔާފައި ގުޅިއެވެ. އޭނާ ހީކުރާ ކަހަލަ ކަމެއް ނުހިނގާ ކަމަށް ޔަޤީންކުރަން ބޭނުން ކަމުގައި ބުނެއެވެ.

ރަށަށް ދާ ވާހަކަ ލޫކަސް ކައިރީގައި ބުނެލަން އަނާނީ ބޭނުންވިއެވެ. ލޫކަސްގެ ގެއެއްގައި އުޅޭ އިރު، އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ދެކިގެންނެވެ. އެހެންކަމުން، އެއް ދުވަހަކު ލޫކަސް ސޯފާގައި ލެޕްޓޮޕުން އެއްޗެއް ހަދަން އިންދައި އަނާނީ އައިސް މަޑުކޮށްލާފައި ފުރާ ދުވަސް ބުނެލިއެވެ.

“ޔޫ ކާންޓް ގޯ. އަނާނީ ނުދައްޗޭ.” ލޫކަސް ވަގުތުން ބުންޏެވެ. އެ އަަޑަށް އަނާނީ ހުރީ ސިހިފައެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ވެވުނީ ލޯތްބޭ ޔާރު ހުވާ – 2

Next

އެނދުމަތި

Next
December 7, 2019

އެނދުމަތި

Previews
December 7, 2019

ވެވުނީ ލޯތްބޭ ޔާރު ހުވާ – 2

7 Comments!

  1. Anon says:
    December 7, 2019 at 8:42 am

    Hurihaa vahakaeh therein vx mi vaahakaige parr furathama mi kee.. v reethi waiting for the next part.. yaaniu aa anaaany gulhuvahche

  2. Izabell says:
    December 7, 2019 at 10:25 am

    Mi part vx varah salhi. Masha Allah ❤❤❤❤ But heevani kuda kon kuru hen adhi. Ahaha, vedhaane maa kiyaa hithun inyma kamah vx. When is next part

  3. Yan says:
    December 8, 2019 at 4:43 pm

    Varah reethi Masha Allah ? waiting for the next part thankolheh dhigukohlajey

  4. yoom says:
    December 13, 2019 at 6:26 pm

    kyve thr mi liyuntheriyaa kudhin ge msg thakah rply nukurany…mi vaahaka upload vaane dhuvas ves nubune….

  5. Blondiee says:
    December 16, 2019 at 12:57 am

    when will you upload the next part..?! ? can’t wait to read it..! Please don’t make me wait too long..! I’ve been checking for updates everyday the past week..!!!!! Just LOVE THIS STORY..!! ❤️❤️

  6. Shiv says:
    December 18, 2019 at 9:23 am

    Dhen mihaa hisaabun mi vahaka genes dheee nimuneee tha… ???
    Kurin vx thihen dhw hedheee.. Vaki varakah up kohladheefa dhen huree kithan years vandhen mi vaahaka up nukohdheee…
    Why????

  7. Yan says:
    December 21, 2019 at 6:49 pm

    Kobaa next part varah kiyaahithun meeny thankolheh avas kohlaa plxxx???????????

Comments are closed.

Next Episodeފުން އިހުސާސެކޭ 30←


All Right Reserved!