ފުން އިހުސާސެކޭ 27
ޖެހިގެން އައި ދުވަހު އެރި އިރާއެކު އަނާނީއަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ލޫކަސްއާއި ސާރާ ގައިގޯޅި ވެލައިގެން ސޯފާގައި ތިބި އިރު ހީވަނީ ހަމަ އަނާނީއަށް ދައްކަންވެގެން ތިބި ހެންނެވެ. އަނާނީ ސިހުނެއް ކަމަކު، އެކަމެއް މޫނުމަތިން ނުދައްކައެވެ. އަދި އެދެމީހުންނަށް ބަލާލާފައި ހިނިތުންވެލީ ހަމަ އާދައިގެ މަތިންނެވެ. ނަމަވެސް އަލުން ކޮޓަރިއަށް ވަން އިރު ހުރީ ސުވާލު ތަކުން ބޯ ހާސްކުރުވާފައެވެ. މިއީ ލޫކަސް ގަސްދުގައި ކުރި ކަމެއް ހެއްޔެވެ؟ ރޭގައި ޔާނިއުއާ އެކީ އަނާނީ ފެނުމުން، އެކަމުގެ ބަދަލު ހިފައިލީ ހެއްޔެވެ؟
ސާރާގެ ނަޒަރު މުޅިން ތަފާތެވެ. އޭނާ ހިތުން އޭނާ ހެދުވި ސިހުރު ކާމިޔާބުވީއެވެ. ލޫކަސް އަލުން އޭނާގެ މިލްކަކަށް ވީ އެވެ. ލޫކަސް އަނާނި ވަރި ނުކުރަން އެ ހުންނަނީ، ގޭ މީހުން ކިޔައިފާނެ އެއްޗަކަށް ބަލައިގެންނެވެ. ނަމަަވެސް މާ ގިނަ ދުވަހެއް ނުކޮށް، ލޫކަސް އެކަން ވެސް ކުރާނެއެވެ. އަދި އޭނާ ސާރާއާ އިންނާނެއެވެ. ސާރާގެ ހިތް އުފަލުން ނަށަމުން ދިޔައީ، އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ކާމިޔާބުވީ ކަމަށް ހީކޮށެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގެ ހިނގައިދިޔަ އެއްވެސް ކަމެއް އޭނާއަށް ރޭކާ ނުލައެވެ.
ޙަޤީޤަތުގައި، އޭނާ ސިހުރު ހަދުވަން ހަވާލު ކުރި ފިރާގަކީ އެކަން ދަންނަ މީހެއްވެސް ނޫނެވެ. އޭނާ ކުޑަމިނުން، ސިހުރު ކިޔަވާފައި ފެންފުޅިއެއް ވަރުވެސްް ސާރާ އަތަކަށް ނުދެއެވެ. ސާރާ އެކި ގޮތް ގޮތުން މަސައްކަތް ކޮށްގެން އަނާނީގެ ވަނަވަރާއި، ފޮޓޯ ގަނޑެއް ހޯދައިގެން ދިނުމުން، އެ ތަކެތީގައި ހިފާފައި ފިރާގު ބުނީ މިހެންނެވެ. “ދެން މިކަން މި ނިމުނީ ކަމުގައި ބަލާށެވެ.” އެފަހުން ސާރާއަކަށް ފިރާގުގެ ހަބަރެއް ވެސް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ސިހުރު ހަދަން ނިކަން މޮޅު މީހަކަށް ވެގެން ފިރާގު ކުރާ ކަމަކީ، މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމެވެ. އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ވެސް އެއެވެ. ދުވަހެއްގެ ކޮޅުން ވެސް ސިހުރާ ބެހޭ ފޮތެއްގެ މިންވަރު ވެސް އޭނާއަށް ފެނިފައެއް ނުވެއެވެ. ނަމަވެސް، އޭނާ ކައިރިއަށް އަންނަ މީހުން މަދެއް ނޫނެވެ. ސަބަބަކީ، އޭނާ ގެންގުޅޭ އެޖެންޓުންނެވެ. އެމީހުންގެ މަސައްކަތް އެމީހުން ވަރަށް ފުރިހަމައަށް ކޮށްގެން، ކަސްޓަމަރުން ހޯދައިދެއެވެ. ބަދަލުގައި، ފައިދާއިން ވަކި ޕަސަންޓެއް އެމީހުންނަށް ލިބެއެވެ. ސާރާ ގޮވައިގެން ފިރާގު ކައިރިއަށް ދިޔަ ރައްޓެއްސަކީ ވެސް އެކަހަލަ “އެޖެންޓެކެވެ”. ސާރާއަށް އެ މަޅީގައި ޖެހެވުނީ ހަމަ އިއްތިފާގަކުންނެވެ. އޭނާ ހުރީ ވެސް ފަހުން ފިރާގުގެ ހަބަރެއް ނުވުމުން ޝައްކުވެފައެވެ. ނަމަވެސް، އެކަން ފިލައި ދިޔައީ، ލޫކަސް ކުއްލިއަކަށް ގުޅައިގެން މާ ލޯބިން ވާހަކަ ދައްކައި، އެގެއަށް އަންނަން ދަޢުވަތު ދިނުމުންނެވެ. އެހެންކަމުން ސާރާ މިހާރު ނިންމައިގެން އެހުރީ، ފިރާގަށް ދޭން ޖެހޭ އުޖޫރައިގެ ފަހުބައި އެންމެ އަވަހަކަށް ދޭންދާށެވެ.
ޔާނިއު ކޮންމެ ދުވަހަކުހެން އަނާނީއަށް ގުޅައި ހާލު ބަލައެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކުވެސް ކުރާ އެއް ސުވާލު ތަކުރާރު ކުރެއެވެ. އެއީ ލޫކަސް ކައިރީގައި ވަރީގެ ވާހަކަ ދެއްކިއްޖެތޯ އެވެ. ނަމަވެސް އަނާނީ އަދިވެސް މާ އަވަސް ކަމުގައި ކިޔައިލަ ކިޔައިލަ ހުންނަނީއެވެ. އެހެން ގޮސް ދެ ހަފްތާ ފާއިތުވެގެން ދިޔައެވެ. ފަހަކަށް އައިސް ޔާނިއުގެ ކޯލު ތަކަށް އަނާނީއަށް ފަރުވާ ކުޑަ ކުރެވެން ފެށުނެވެ. އަދި، ޔާނިއު ދިމާވާން ބުނެބުނެ ވެސް އެއްބަހެއް ނުވެއެވެ. ނަމަވެސް، އަނެއް ކޮޅުން ލޫކަސްއާއި ސާރާގެ ލޯބީގެ ކުޅިގަނޑު ގޮސްފައި ވަނީ މުޅިން އެހެން ހަރުފަތަކަށެވެ. ސާރާ އެގެއިން ފެނުން އާންމު ވެއްޖެއެވެ. އަދި ބައެއް ރޭރޭ ނިދަން ވެސް ލޫކަސް ކައިރިއަށް އާދެއެވެ. މި ހުރިހާ މަންޒަރެއް ގާތުން ފެންނަމުން ދިޔަ އިރު، އަނާނީގެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވަމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވެން ފަށާފައި ވިއެވެ. އެހެން ވާންވީ ސަބަބެއް އަނާނީ އަކަށް ނުވިސްނުނެވެ. ނަމަވެސް ލޫކަސްގެ ފަރާތުން އެއްވެސް ކަހަލަ ސަމާލުކަމެއް ނުލިބެން ފެށުމުން، އަނާނީގެ މިޒާޖަށް ބަދަލު އަންނަން ފެށިއެވެ. އަބަދުހެން އޮންނަނީ ކޮޓަރި ތެރޭގައެވެ. ގޭގައި ކެއްކުން ވެސް އަނާނީ ހުއްޓާލައިފިއެވެ. އެއް ދުވަސް އެއްކޮށް ވެސް ނުކައި ހުރުން މާ ބޮޑު ކަމަކަށް މިހާރު ނުވެއެވެ. މާ ބޮޑަށް ބަނޑުހައި ވެއްޖެނަމަ، ފިހާރައިން ކުދި ސާމާނު ގެނެސްގެން ކައެވެ. ނުވަތަ ބޭރުން އެއްޗެއް އޯޑަރު ކޮށްގެން ގެނެސްފާނެއެވެ.
އެދުވަސްވަރަކީ ލޫކަސް ވިޔަފާރިއެއް ފެއްޓި ދުވަސްވަރެވެ. އެހެންކަމުން އޭނާ އުޅެނީ ވަރަށް އަވަދިނެތިއެވެ. ގިނަފަހަރު ބޭރުގައި އުޅެފައި ގެއަށް އަންނަނީ ވަރަށް ދަން ކޮށްފައެވެ. އަންނަ އިރު ވެސް އަންނާނީ ސާރާ ގޮވައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ ދެމަފިރިންނަކީ އެއީ ހެންނެވެ. އަނާނީ އަކީ މިހާރު “ބޭކާރު” މީހެއް ކަމަށް އޭނާއަށް އިހުސާސްވެއެވެ. ލޫކަސް އެއްގޮތަކަށް ވެސް އަނާނީއަކާ އަނގައިންނެއް ނުބުނެއެވެ. އެންމެ ކުޑަމިނުން ކައިފިންތޯ ވެސް އަހައިނުލައެވެ. ނަމަވެސް އޭނާ ކޮންމެ މަހަކު އަނާނީގެ އެކައުންޓަށް މަދު ނުވާނެ ވަރަށް ފައިސާ ފޮނުވައެވެ. އެކަން އަދިވެސް އޮންނަނީ އެގޮތަށެވެ. ކުރިން ފައިސަލްމެން ފޮނުވިޔަސް، އެދެމީހުން ކައިވެނި ކުރުމަށްފަހު އެކަން ހުއްޓައިލީ، މިހާރު އަނާނީއަކީ ލޫކަސްގެ ޒިންމާއެއް ކަމަށް ބަލައިގެންނެވެ.
އަނާނީ ޔާނިއުގެ ކޯލު ތަކަށް ޖަވާބު ނުދޭތާ ދެދުވަސް ވުމުން ޔާނިއު އަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން އަނާނީ ކޮބައިތޯ ބަލަން އެގެއަށް އައެވެ. އެވަގުތަކީ ކަން ދިމާކުރި ގޮތުން ލޫކަސް ނިދައިހޭލި ވަގުތެވެ. ސޯފާގައި ކޮފީއެއް ބޯން އިންދައި، މީހަކު ބެލް ޖެހުމުން ގޮސް ހުޅުވައިލި އިރު ޔާނިއުއެވެ. ނަން ނޭނގުނަސް، އެއީ އަނާނީގެ ލޯބިވެރިޔާއޭ ހިތަށް އެރިއެވެ. އެ މޫނު ފެނިފައި ލޫކަސް ނިތްމައްޗަށް ރޫ އަރައިގެން ދިޔައެވެ. ޔާނިއުއަށް ވެސް ވީ ދާދި އެކަހަލަ ގޮތެކެވެ. “ކޮޓަރީގަ.” ފަރުވާކުޑަ ގޮތަކަށް ލޫކަސް މިހެން ބުނެފައި ގޮސް ސޯފާގައި އިށީނެވެ.
ޔާނިއު ވަދެގެން އައިސް އަނާނީގެ ކޮޓަރި ކަމަށް ހީވާ ދޮރުގައި ޓަކި ދިނެވެ. އަނާނީ ފުންމައިގެން އައިސް ދޮރު ހުޅުވި އިރު ހިތް ބާރަށް ތެޅެއެވެ. އަނާނީގެ ހަބަރު ބަލަން އެންމެ ފަހުން ލޫކަސް އައީބާއޭ ހިތަށް އެރިއެވެ. ނަމަވެސް ދޮރު ހުޅުވައިލި އިރު ފެނުނީ މުޅިން ހީވެސް ނުކުރާ މީހެކެވެ. ވަގުތުން އަނާނީގެ މޫނުގެ އުޖާލާކަން ގެއްލުނެވެ. މިކަން ޔާނިއުއަށް ފާހަގައެއް ނުވިއެވެ. ޔާނިއު އެތެރެއަށް ވަނުމުން، ދޮރު ލައްޕާކަށް ވެސް އަނާނީ ފަރުވާލެއް ނުބެހެއްޓިއެވެ.
“ޔާން. ކީއްކުރަން މިގެއަށް؟” ހައިރާންވެފައި ހުރެ އަނާނީ އެހިއެވެ.
“އަންނާނެ ދޯ މަގޭ ކޯލު ތަކަށް ޖަވާބު ނުދެންޏާ!” ޔާނިއުގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. “އަސްލު އަނާނީ ކޮން ގޮތެއްތަ ބޭނުންވަނީ؟ މަ ދެކެ ފޫހި ވީތަ؟ އެ ފިރިހެން ގޮލައާ އެކީގަ އުޅެންތަ ބޭނުންވަނީ؟”
ޔާނިއު ކުރި ސުވާލު ތަކާއެކު އަނާނީ އިސްޖަހައިލިއެވެ. އަދި އިރުކޮޅެއް ފަހުން، ވަރަށް މަޑުމަޑުން ނޫނެކޭ ބުނެލިއެވެ. ހީވަނީ މަޖުބޫރު ވެގެން ބުނި އެއްޗެއް ހެނެވެ. އެއާއެކު، ޔާނިއު އިތުރަށް ރުޅިގަދަވިއެވެ. އަނާނީގެ ދަތްދޮޅީގައި ހިފެހެއްޓީ ފުދޭވަރަކަށް ބާރަށެވެ. އަދި ގަދަކަމުން، އޭނާގެ މޫނު ފެންނާނެ ހެން އިސްއުފުލުވައިލިއެވެ. “ޑިޑް ހީ.. އެވާ ޓަޗް ޔޫ؟؟؟ ޑިޑް ޔޫ ގައިސް…” ޔާނިއު ދަތްތަކަށް ބާރު ލައިގެން ހުރެ އަހައިލިއެވެ. އަނާނީ ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. “ހާޑް ޓު ބިލީވް. ތިހެންވިއްޔާ، ޑޫ ޔޫ ސްޓިލް ލަވް މީ؟” ޔާނިއުގެ މި ސުވާލާއެކު އަނާނީގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހީވަނީ ޔާނިއުގެ އަމަލުތަކުން ބިރުގަނެފައި ހުރި ހެނެވެ. އަނާނީ މަޑުމަޑުން ބޯ ޖަހައިލުމުން ޔާނިއު އަނާނީގެ ދަތްދޮޅިން އަތް ނައްޓައިލިއެވެ. އަދި ބުންޏެވެ. “ގުޑް. ޔޫ އާ މައިން. މިހާރު އެންމެ ހަފްތާއެއް ބާކީ އޮތީ. އަހަރެން މިތަނުން ނުކުންނަ ހިސާބުން އަނާނީ ޖެހޭނެ އޭނަ ކައިރީގަ ބުނަން. ހަނދާން ކުރާތި.”
ޔާނިއު ނުކުމެގެން ދިޔުމުން އަނާނީއަށް ރޮވުނެވެ. އޭނާގެ ކިބައިން މިއަދު އެ ފެނުނު ތަފާތު މިޒާޖުން، އަނާނީއަށް ކަމެއް ޔަޤީން ވެއްޖެއެވެ. އެއީ އޭނާގެ ހިތުގައި ޔާނިއުއަށް ކުރިން އޮތް އިހުސާސެއް ނެތް ކަމެވެ. އޭނާ މިހާރު ޔާނިއު ދެކެ ފޫހިވާން ފަށައިފިއެވެ. އަދި ހާއްސަކޮށް މިއަދު އެ ހިނގި ކަންތަކުންނެވެ. ނަމަވެސް، ލޫކަސްއާ އިނދެގެން އުޅުމަކުން ވަކި ހިތަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ހަމަ އެކަނި ނަމެއްގައި އޮތް ކައިވެންޏެއް ދެމެހެއްޓުމުގެ ބޭނުމެއް އެބޮތް ހެއްޔެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Anaany yaaniu mathin foohi kuruvy dhw.. bt mashah salhi vaany anaany aa yaan gulhifa saaraa aa lukas gulhuvyma.. mashah mi vaahaka enme furathama vx reethi v anaany aa yaan ge love story dhiya goeh salhi kamun.. i love how she fell in love with the bad boy ekan engi hure vx.. if he changes for her anaany yaan change vaan helpve dhy and saaraa confess and becomes a great person then this will be nice.. thats what i want.. but u are the writer so ofcourse aishahsha ah ingeyny story kuriah gendhaane gotheh kaakaa kaaku kan gulhuvaany.. anon beynun goeh faalhu kohly
Varah ♥️♥️♥️ reethi♥️♥️♥️….. Curiously waiting for the next part
Lahun up kuraathe v dhera ve… Anaanee n loon gulhuneema rangalhee shaafee ah.. Hrhhe anon bunihen aishahasha ahbfhw ingeynee kihineikan storybkuriah gendhaaneee..
When next part..
Dhina dhuvas nukoh genes dhehcheyyyy
Ananee and yoon gulhuvaba dhw dhn edhemyhun dhuru noukoh vhk kuriah gengossiya v salhi vaane…
Varah Varah reethi????..maa sha Allah??? waiting for the next part..???
Look aa anaany gulhuvaa bala dhw..Eyrun varah reethi vaane..Yan eulheni hama loabin hen hee nuvanii..Look aa maa gulhey.Anyways mi part habeys
anaanee ah hama nuvisneny thr
ekam Dhen yaaniu rangalhu kofffa mihen hadhaakah nu vaane ennu
vv reethi mi part v
when next part
Anaany and yaaniu gulhuvabala dhw they both are perfect just hiyaaleh ingey for me they suites more together btw the story is so beautiful? good luck….all the best ?
Waiting
Plsss avahah up kohdhyybaaa
So curious to read the next part
Alheyy..yaan and anaany gulhuvaba…Lucas and anaany ehaa gulheyheneh hyeh nuvey
Dhn varah dhera ma hykury anaanee aa loocus aa kamah but ekam hyeh nuvey yaan and anaanee akuvaaneheneh ekam varah reethi Masha Allah ♥️♥️♥️??
alhey .. sad … anaany yaan dheke loabi nuvanyaa …
Mi meehunnah hama haadha faseyha ey furathama loaning mathin hadhaan nahthaalan.
Koba tha next part? Kon irakun tha upkuraany.. kyve tha reply nukurany ehenve dhen aishasha kamu nudhany
Dhen annanee aa look gulhuneema varah reethi waane ???
Alhey.. Yaan ah ehen nuhadhaathi ?
Alhey yaan ah ehen nuhadhaba . anaanee and yaan gulhuvaba . ehennooee vaahaka foohi vaane . 🙁