“ހަލޯ! ހަމްނާ ދޯ؟ މިއީ…” އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާއަކީ ކާކުކަން އެނގޭވަރެއް ނުވިއެވެ. ހަމްނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެން ވާހަކަދައްކަން ފެށީ އެހެން މީހެކެވެ. “މިއީ ރައްޔާން! ފޯނު ބާއްވަން ހިތަށް ވެސް ނާރުވާތި. އެހެންނޫނީ ހަމްގެ ހުރިހާ ފޮޓޯއެއް ލީކުކޮށްލާނަން!” ރައްޔާންގެ އިންޒާރު އިވުމުން ހަމްނާ ސިހުނެވެ. އެކަމަކު ދެން ހިތަށް އެރިއެވެ. ހަމްނާގެ އެބުނާ ކަހަލަ ފޮޓޯއެއް ރައްޔާން އަތަކު ނުހުންނާނެއެވެ. ގުޅުމަށް 5 އަހަރު ވީއިރުވެސް ހަމްނާ ވަކި މިންގަނޑުތަކެއް ގެންގުޅުނެވެ. […]
“ހަމް އަށްވުރެ ދޮށީ މީހެއް، ހަމަ ތަނަކުން ދިމާވެގެން ތިހާ ފްރެންޑްލީ ވީމަ އެއްޗެއް ފީލް އެއް ނުވޭތަ؟ އަހަންނަށް ވަރަށް ކްރީޕީ ތި ވާހަކަ…” އަރޫޝާ ދެކޭގޮތް އޭނާ ފާޅުކޮށްލިއެވެ. އެއާއެކު ހަމްނާގެ ސިކުނޑި އެސުވާލު ތަކުރާރުކޮށްލުމާއެކު އެކަމާމެދު ވިސްނައިލަން މަޖުބޫރުވިއެވެ. “އާނ، އަނެއްހެން ބަލަންޏާ ވަރަށް ވިއާޑް ކަމެއް ދޯ. އެކަމަކު އޭނަގެ ކިބައިން ތިބުނާ އެއްވެސް ކްރީޕީ ކަމެއް ނުފެނޭ”، ވިސްނަން އިނދެފައި ހަމްނާ ބުންޏެވެ. “ތިބުނީ އަދި ޑޮކްޓަރެކޭ. ޑޮކްޓަރުންނަކީ ނުލާހިކު […]
ކާއެއްޗިއްސަށް އިންސާފުކުރަމުން ދިޔައިރު މާހައުލު ވަނީ ބަދަލުވެފައެވެ. ހަމްނާ، އޭނާގެ ބޭވަފާތެރި ލޯބިވެރިޔާއާ ރުޅިވި ވާހަކަ ކިޔައިދެމުންދިޔައީ ނިކަން ޖޯޝާއެކުގައެވެ. މިފަހަރު އެވާހަކަ ކިޔައިދިން އިރު ހަމްނާގެ ހިތުގައި ރައްޔާނާ މެދު އެއްވެސް އިހުސާސެއް ނެތްކަން އެނގެނީ އޭނާ ހީނހީނފައި އެވާހަކަ ކިޔައިދިން ގޮތުންނެވެ. ކޮންމެއަކަސް، އާޒާދުގެ “ވަދާއީ ކެއުން” ނިމިގެންދިޔައީ ދެމީހުންގެ މޫނުމައްޗަށް ވެސް ހިނިތުންވުން ގެނުވަމުންނެވެ. އެނބުރި ގެއަށްދާން ކާރަށް އަރަމުން ހަމްނާ މިބުރުވެސް ފަހަތަށް އަރަން އުޅުމުން އާޒާދު އެންމެފަހުން ކުރީ ސީޓަށް […]
ފޯނު ބޭއްވިތާ މާގިނައިރުތަކެއް ނުވަނީސް ރިންގުވާން ފެށުމުން ހަމްނާގެ ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ. މަޑުމަޑުން ފޯނު ނަގާފައި ސްކްރީނަށް ބަލައިލިއިރު ވައިބާއިން އެ ގުޅަނީ ބައްޕައެވެ. ބައްޕައާ އިރުކޮޅަކު ވާހަކަދައްކައިލަން އިނދެފައި ފޯނު ބޭއްވިއިރުވެސް އާޒާދުގެ އެއްވެސް ހަބަރެއް ނެތެވެ. ހަމްނާގެ ހިތަށް އެރިއެވެ. ޔަގީނުން ވިއްޔާ އޭނާ މިހާރު ހަމްނާގެ މަތިން ހަނދާނެއް ވެސް ނުހުންނާނެއެވެ. ކޯޓޭ ކިޔައިގެން މެސެޖުކުރިޔަސް ނުދަންނަ ނަންބަރަކަށްވުމުން އަޅާނުލީ ކަމަށްވުން އެކަށީގެންވެއެވެ. އެކަމަކު ކީއްވެކަމެއް ނޭނގެއެވެ. ހަމްނާއަށް އިރުއިރުކޮޅާ […]
“ބުނާނެ އެއްޗެއް ނޭނގިފަތަ ތިހުރީ؟ މިއީ އާޒާދު އިނގޭ. ކޮން ނަމެއް ކިޔަނީ؟” ދެންވެސް ވާހަކަ ދެއްކީ އާޒާދެވެ. “ހަމްނާ…” ހަމްނާގެ އަޑު ކުރިއަށްވުރެ މަޑެވެ. ދިވެއްސެއްކަން އެނގުމުން މާބޮޑަށް ލަދުގަތީ ކަންނޭނގެއެވެ. “ރީތި ނަމެއް”، އާޒާދު ބުނެލިއެވެ. ހަމްނާ ޝުކުރިއްޔާއޭ ބުނަން އުޅެނިކޮށް، ޔުނިވާސިޓީއިން އޭނާގެ ކްލާސް ކުދިންތަކެއް ނުކުމެގެން އަންނަތަން ފެނިފައި އެދިމާއަށް ބަލަން ހުރެވުނެވެ. އެވަގުތު އެތަނުން ކުއްޖަކަށް ހަމްނާ ފެނިގެން ހަނާއަޅައިލިއެވެ. “ކްލާސް ކެންސަލްޑް!” އެކުއްޖާ އަޑުބާރުކޮށް އެންގިއެވެ. އެކަން ޔަގީންކޮށްލަން […]
“ޑޮކްޓަރ.. އާޒް.. އާޒާދް އަލީ!” ސަމަން އެ ގަނޑުކޮޅު ކިޔައިލީ އަޑުގެ ކޮޅަށެވެ. “އޯއެމްޖީ! ހީ އިޒް އަ ޑޮކްޓަރ!” ސަމަން ފުންމަން ފެށިގޮތުން ހީވަނީ އެއްފަހަރާ ބައިވަރު ފައިސާތަކެއް ލިބިގެން އުޅޭހެނެވެ. “ވަޓް؟!؟” ހަމްނާ ސަމަންގެ އަތުން އެ ގަނޑުކޮޅު ޖަހައިގަތެވެ. އެއީ ކޮންމެވެސް ބަލިމީހަކާ ބެހޭ މަޢުލޫމާތުތަކެއް ލިޔެފައި އޮތް ނޯޓެކެވެ. މަތީގައި ޑޮކްޓަރުގެ ނަން ޖަހާފައި އޮތްއިރު، ތިރިއަށް ދިޔަހެން އޮތީ ފެންޖެހި ކިޔަން ނޭނގޭ ވަރަށް ފޮހެވިފައެވެ. “މީގެން އަދި ނޭނގެއެއްނު […]
މިއީ ހަމްނާ މެލޭޝިއާއަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާގެ ތިމާގެ ކުއްޖަކު އެތާ ކިޔަވަން ހުންނާތީ، ޗުއްޓީތަކަށް އާއިލާއާއެކު ޒިޔާރަތްކުރެއެވެ. މިފަހަރު ހަމްނާ ޑޮކްޓަރަކަށްވުމުގެ އުންމީދު ފުރިހަމަކުރަން އައީ ސަމަން ކައިރީގައި މަޑުކުރާ ގޮތަށެވެ. މަންމައާއި ބައްޕަ، އެމީހުންނާ އެހާ ދުރަށް ހަމްނާ ފޮނުވަން ހިތްހަމަނުޖެހިގެން އުޅުނަސް، އެންމެފަހުން އެއްބަސްވީ ހަމްނާގެ ހުވަފެންތަކަށް ހުރަސްއަޅަން ބޭނުންނުވާތީއެވެ. އެހެންނޫނަސް، އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ޑޮކްޓަރަކަށްވެގެން އެނބުރި ރާއްޖެ އައުމުން، އެއީ އެމީހުންނަށްވެސް ލިބޭނެ ފަޚުރެކެވެ. ދިގު […]
5 އަހަރުގެ ގުޅުމެއް ކަފުންކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ހަމްނާ އެކަންވެސް ކޮށްފިއެވެ. ކިތަންމެ ލޯބިވި ކަމުގައި ވިޔަސް، ބޭވަފާތެރިޔަކާއެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ ލައްކަ ދުވަސް ހޭދަވިޔަސް، ހަމްނާގެ ހިތުން ރައްޔާންގެ ނަން ފޮހެލާނެއެވެ. ފުރަތަމަ ލޯބިވެރިޔާ ކަމުގައި ވިޔަސް ހަމްނާގެ ހަޔާތުން ދެން ރައްޔާނަކަށް ދޭނެ ޖާގައެއް ނެތެވެ. ރައްޔާންގެ ޙަޤީޤަތް ހާމަވެގެން ދިޔަރޭ ކަންތައް ހިނގީ ވެސް މަޖާ ގޮތަކަށެވެ. އެއީ ހަމްނާގެ 22 ވަނަ އުފަންދުވަހެވެ. ހަމްނާ ޑިއުޓީ ނިމިގެން ގެއަށް […]
މީހުން ބުނާތީ އަހަމެވެ. މީހެއްގެ ގޮތް އެނގޭނީ އެމީހަކާ އެކީ އެއް ތަނެއްގައި ދިރިއުޅެން ފެށުމުންނެވެ. މި ބުނުމަށް އަހަރެން މާބޮޑު ސަމާލު ކަމެއް ނުދެމެވެ. އަހަރެން އުޅެ ބޮޑުވީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ ގޮތުގައެވެ. ހަމަ އެހެންމެ، އަހަރެމެންނާ އާއިލާގެ އެހެން މީހުންނާ މާ ބޮޑު ގުޅުމެއް އެއް އިރެއްގައިވެސް ނޯވެއެވެ. އެކި މީހުން އެކި ތަންތާނގައި އުޅޭ އިރު ވާނީ ވެސް އެކަހަލަ ގޮތެކެވެ. ކޮންމެއަކަސް ބުނަން މިއުޅޭ ވާހަކައަކީ، އަހަރެން […]