“ކާކު ތި ހޯދަނީ؟” އަރީނަށް ފާހަގަ ކުރެވިގެން އަހައިލިއެވެ. “ނޯ ވަން!” އަނާނީ އަވަސް އަވަހަށް ޖަވާބުދިނެވެ. އަދި އަރީންއާ ކޮންމެވެސް ވާހަކައެއް ދައްކަން ފެށީ މަޢުލޫ ބަދަލުކޮށްލުމުގެ ގޮތުންނެވެ. އޭރު އަނާނީއަށް ފެނުނު މީހަކީ ޒުހާއެވެ. ޒުހާ ހުރެއްޖެނަމަ ޔާނިއު ހުންނާނެކަމަށް އޭނާއަށް ހީކުރެވުނީއެވެ. އެހެނަސް، ކަންވީކީ އެހެނެއް ނޫނެވެ. ޔާނިއުއެއް ފެންނަގޮތެއް ނުވިއެވެ. އަނާނީ ކުޑަކޮށް މާޔޫސްވިއެވެ. ނަމަވެސް ޔާނިއު އޭނާގެ ފްރެންޑު ރިކުއެސްޓު އެކްސެޕްޓު ކޮށްފައިވާކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، ގެއަށް ގޮސް […]
ލޫކަސް ބާރަށް ހޭންފެށީ އަނާނީގެ މޫނުމައްޗަށް އައިސްފައި ހުރި ކުލަވަރު ފެނިފައެވެ. “ކިހިނެއްވީ؟” “ޑިސްގަސްޓިންގ!” ބާރު ވައިރޯޅިއެއް ހެން އަނާނީ އެތަނުން ނުކުމެގެން ދަމުން މިހެން ބުނެލީ ލޫކަސްއަށް އިވޭނެ ވަރަށެވެ. އަދި އެއައްފަހު، ސޯފާގައި އިން އަޒްކާ ކައިރީ އިށީނދެ، އޭނާއަށް ބުށްތަށި ބޯންދޭންފެށީ، ފަހަތުން އައި ލޫކަސްއަށް ބަލައިވެސް ނުލައެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަ ވެފައެވެ. އޭނާ ހުންނަ ގޭގެ ވެރިމީހާގެ ކޮއްކޮއަށްވިޔަސް، އޭނާއާ އެގޮތަށް ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެއެވެ. އަމުދުން […]
ހުކުރު ދުވަހުގެ ހެނދުނު އަނާނީއަށް ހޭލެވުނު އިރު ތުނިތުނިކޮށް ވާރޭ ވެހެމުންދިޔަ ތަން ކުޑަދޮރުން ފެންނަން ހުއްޓެވެ. ވަރަށް ކަންނެތް ގޮތަކަށް އެނދުން ތެދުވީ، ކޮންމެހެން ތެދުވާ ހިތަކުންނެއް ނޫނެވެ. އަދިވެސް ނިދަން އޭނާ ބޭނުމެވެ. ރޭގައި މާ ދަންވަންދެން ފޯނާ ކުޅެން އޮވެވުމުން، ނިދުނީ ވަރަށް ލަހުންނެވެ. އެހެންކަމުން، އަދިވެސް އެ ދެލޮލުން ނިދީގެ އަސަރު ނުފިލައެވެ. ނަމަވެސް، ހުކުރު ދުވަހަށްވުމުން، ގޭގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަވާނެއެވެ. އަދި، ލިއުދައްތައާއި އަޒްކާ ހޭލަން ވާއިރަށް […]
ޖެހިގެން އައި ދުވަހު އަނާނީ ކޮލެޖަށް ގޮސް މާ މަޑުމަޑުން އިނުމުން ރީޝާއަށް މިކަން ފާހަގަކުރެވުނެވެ. ފަހަކަށް އައިސް އަނާނީ ވަރަށް ސަކަރާތް ޖަހައެވެ. ނަމަވެސް މިއަދު އެގޮތަށް އިނުމުން ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި، ވެގެން އުޅޭ ގޮތް އަހައިލާނެ ދަނޑިވަޅަކަށް ބަލަބަލާ އިނެވެ. “އޭއް! ކިހިނެއްވެފަ ތީނީ؟ ގޭތެރޭގަ ކަމެއް ހިނގީތަ؟ ލިއުދައްތަ އެއްޗެކޭ ބުނީ ދޯ!” ލެކްޗާރ ނިމުންތަނާހެން ރީޝާ އަނާނީއާ ވާހަކަ ދައްކައި، ވީގޮތް އޮޅުންފިލުވަން އުޅުނެވެ. “ނޯ، ނަތިންގ!” […]
މިއަދަކީ އަނާނީ ކޮލެޖަށް ދާ ފުރަތަމަ ދުވަހެވެ. އެކަމާ ހިތް ނުތަނަވަސްވެފައި ހުރިލެއް ބޮޑު ކަމުން، އޭނާއަށް ރޭގައި ރަނގަޅަކަށް ނުވެސް ނިދުނެވެ. އަނާނީ މާލެ ބަދަލުވިތާ މަހެއް ވަނީއެވެ. ނަމަވެސް މާލޭގެ މާޙައުލަށް އަދިވެސް ރަނގަޅަށް ހޭނޭގޮތެއް ނުވެއެވެ. އަނެއްކާ ކޮލެޖުގައި ތިބޭނީ ކޮންކަހަލަ ކުދިންނެއް ހެއްޔެވެ؟ އެކުދިން އަނާނީ އެކަނި ކޮށްލާނީ ބާއެވެ؟ މިކަހަލަ އެތައް ސުވާލު ތަކަކުން އަނާނީގެ ސިކުނޑިވަނީ ފުރާލެވިފައެވެ. ފަތިހު ހޭލެވުނީއްސުރެ، ހިތްވެސް ހުންނަނީ އަވަސްވެފައެވެ. އަނާނީ އޯލެވެލާ ހަމައަށް […]