Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 25

Aishasha Level 310 Stories100 Login
November 25, 2019 4 Mins Read
1 Comment

ހަފްތާއެއް ފަހެވެ. އަނާނީ އެންމެ ފަހު އިމްތިހާން ނިންމާފައި ގެއަށް އައީ ވަރަށް ހަމަޖެހިލައިގެންނެވެ. ދެން އޮތީ ނަތީޖާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ. އެއަށްފަހު ސެޓްފިކެޓު ލިބުމުން ބޭރަށް ކިޔަވަން ދިޔުމުގެ ފޮނި އުއްމީދު ވެސް އެބައޮތެވެ. ލޫކަސް ކުރިން ދުވަހަކު ބުނީ ރަނގަޅު ވާހަކައެކެވެ. އެ ދަރިފުޅު މި ދުނިޔެއަށް އުފަން ނުވުމަކީ ވަރަށް ބޮޑު އިބްރަތެކެވެ. އެންމެ އުފާވަނީ ބަލިވެ އިންކަން ރަށުގައި ތިބި ދޮންބެމެންނަށް ނާންގަނީސް އެކަން ހިނގައިދިޔައީތީއެވެ. އެހެން ނޫންނަމަ ދަރިފުޅު ދުނިޔޭގެ އަލިކަން ނުދެކި މި ދުނިޔެއާ ޢަލްވަދާއު ކީއީ ހަބަރު ލިބުންނަމަ އެމީހުންނަށް ވެސް އިތުރު ހިތާމައަކަށް ނޫނީ އެކަން ނުވީހެވެ. ފަހަރި މަލީހާގެ ދަރިފުޅު ބައިގެން ދިޔަތާ ވެސް އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

މެންދަމަށް އެޅިތަނާ ވައިގަދަވެ، ވިއްސާރަ ބޯ ކޮށްލައިފިއެވެ. ކުޑަ ދޮރުތަކަށް ފެންތިކީގެ ހަމަލާ އަމާޒު ވެގެން ދާ އަޑު ވަރަށް ބާރަށް އިވެން ހުއްޓެވެ. ނަމަވެސް އެ އަޑު އަނާނީގެ ކަންފަތަށް މަޑު ވަމުންގޮސް، އެއްކޮށް ފޭދިގެން ދިޔައީ، އޭނާ ފުން ނިންޖަކަށް ގަންބާލަމުންނެވެ. ބޯ ރަޖާގަނޑުގެ ދަށުގައި އޭނާ އޮތީ ވަރަށް އަރާމުކޮށެވެ. އެތައް އިރެއް ވަންދެން ފިކުރު ތަކުގައި، ނުނިދި އޮވެ އޮވެފައި އެންމެ ފަހުން އެ ނިދުނީ ވާރޭ ވެހެން ފެށުމުންނެވެ.

އިރުކޮޅެއް ފަހެވެ. އަނާނީގެ ގައިމަތީގައި އޮތް ރަޖާގަނޑު ކެހެމުން ދިޔަ އިޙުސާސް ކުރެވުނީ، އާދަޔާ ޚިލާފަށް ފަޔަށް ފިނިވާތީއެވެ. އޭނާ ނިދަން އޮތީ ކުރު ސޯޓެއް ލައިގެންނެވެ. ހަމަ އެއާއެކު، މަޑުމަޑުން ފައިތިލައިން ފައްޓައިގެން ފަލަމަސްގަނޑާ ހަމައަށް މީހަކު ފިރުމާލިހެން ހީވިއެވެ. އަނާނީ އޮތީ ދެބަނިދީ ތެރޭގައެވެ. ދެލޯ ހުޅުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

“މައި ސްވީޓްހާޓް.” ކަންފަތް ކައިރީގައި މީހަކު ވައި އަޑުން ބުނެލިއެވެ. އެ އަޑަށް އަނާނީގެ ބަރުވެފައިވާ އެސްފިޔަތައް އޭނާ ގަދަކަމުން ހުޅުވައިލިއެވެ. އަނދިރީގެ ތެރެއިން އެމީހެއްގެ މޫނު ނުފެނުނަސް އެއީ ލޫކަސްގެ އަޑެވެ. އަނާނީ ބޭނުންވީ ފުންމައިގެން ތެދުވާށެވެ. ލޫކަސް ދުރަށް ލާށެވެ. ނަމަވެސް އުޅެއުޅެ ވެސް އަތްފައި ހަރަކާތެއް ނުކުރެވުނެވެ.

“ވަރަށް ޒަމާން ވެއްޖެ މި ފުރުސަތު ނުލިބިގެން އުޅޭތާ.” އަނެއްކާވެސް ވައި އަޑުން ބުނެލި އަޑު އިވުނެވެ. އަދި ލޫކަސްގެ ތުންފަތް އަނާނީގެ ކަންފަތުގައި ޖައްސައިލިއެވެ. އަނާނީއަށް ހީވީ މުޅި މީހާ ފިނިވެގެން ދިޔަހެނެވެ. އެއާއެކު ލޫކަސް އަނާނީގެ ޓީޝާޓު މަޑުމަޑުން މައްޗަށް ކަހައިލިއެވެ. ދެން ކުރެވުނީ ކޮންކަހަލަ އިހުސާސެއް ކަމެއް އަނާނީއަށް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ގަދަ ހެދުމެއް އަނާނީގެ ކިބައަކުން ނުފެނެއެވެ. އޭނާ އޮތީ ދެލޯ މަރައިގެން، ލޫކަސްއަށް ފުރުސަތު ދީގެންނޭ ބުނެވިދާނެއެވެ.

އަނާނީގެ ދެފައި ކޮޅަށް ޖެހިގެން ދިޔައީ ބާރު ގުގުރިއެއްގެ އަޑަށެވެ. އަނދިރީގެ ތެރެއިން ހޯދައި ބަލައިލި އިރު ލޫކަސްގެ ހިލަމެއް މިހާރަކު ނެތެވެ. ހައިރާންވެފައި ހުރި އަނާނީ ގޮސް ކޮޓަރީގެ ބޮކި ދިއްލައިގެން ވެސް ބެލިއެވެ. ނަމަވެސް ލޫކަސް ފެންނާކަށް ނެތެވެ. ވީ ގޮތެއް އަނާނީއަކަށް ނޭނގުނެވެ. ލޫކަސްގެ ބޭނުން ފުދުމުން އޭނާ ދިޔައީ ހެއްޔެވެ؟ ނޫނީ އެއީ އޭނާއަށް ފެނުނު ލާނެތް ހުވަފެނެއް ހެއްޔެވެ؟ ހުވަފެނެއް ނަމަ އެއީ އޭނާއަށް ފެނުނު އެންމެ އަސްލާ އެއްގޮތް ހުވަފެނެވެ. ނުވަތަ މިއީ ރޫޙާނީ ކަމަކަށް ވެދާނެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން އަނާނީގެ ބޯ ހާސްކޮށްލިއެވެ. ދެން ނިދަން އުޅެ އުޅެ ވެސް އެކަމެއް ނުވިއެވެ. އެހެން އޮވެފައި، ފަތިސް ނަމާދަށް ބަންގި ގޮވުމުން ތެދުވިއެވެ.

އޭގެ ފަހުން ލޫކަސް ފެންނަ ކޮންމެ ފަހަރަކު އަނާނީއަށް ބޭއިޚްތިޔާރުގައި އިސްޖަހައިލެވެއެވެ. އެރޭގެ ހާދިސާގެ ޙަޤީޤަތް އޮޅުން ނުފިލި ކަމުގައި ވީ ނަމަވެސް، އެރޭ އަނާނީއަށް އޮވެވުނީ އެ ހަރަކާތްތަކާ ވަރަށް ގަޔާ ވެވިގެންނެވެ. މިކަމާ އަނާނީ ވިސްނައިލިޔަސް ލަދުވެތި ވެއެވެ. އަދި އެރޭ ލޫކަސް ހުއްޓުވަން ނޫޅެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރަން މަސައްކަތް ކުރެއެވެ. އެރޭގެ ޙަޤީޤަތް ކިތައްމެ އެނގެން ބޭނުންވިޔަސް، ލޫކަސް ކައިރިން ހޯދާކަށް ލާހިކެއް ނޫނެވެ. އެއީ ހަމައެކަނި ހުވަފެނަކަށް ވެއްޖެ ނަމަ، ބޭކާރު ކަމެއްގައި ލޫކަސްއަށް ރުޅި ބާލައިގެން ލިބޭނީ އެއަށްވުރެ ބޮޑު ލަދެކެވެ. އެހެނަސް، ލޫކަސް ފެންނަނީ އަބަދުވެސް ފެންނަ ގޮތަށެވެ. އެއްވެސް ތަފާތެއް އޭނާގެ މިޒާޖަކުން ފާހަގައެއް ނުވެއެވެ. ވީމާ އެއީ ހުވަފެނެއް ކަން އަނާނީއަށް ޔަޤީނާ ގާތެވެ.

ދުވަހަކަށް ވުރެ ދުވަހެއް ލޫކަސް އަނާނީއާ ގިނައިން ވާހަކަ ދެއްކޭތޯ ބަލައެވެ. އެއް ގެއެއްގައި އުޅޭ ދެ ބީރައްޓެހިންނަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން، މަދުން ނަމަވެސް ހީނ ސަމާސާ ކުރެވޭތޯ އުޅެއެވެ. ނަމަވެސް އަނާނީ ފެންނަނީ ކުރިއަށް ވުރެ ވެސް ބީރައްޓެހި ކޮށެވެ. ލޫކަސް ބުނާ އެއްޗަކަށް ބޯ ޖަހައިލަފާނެއެވެ. ސުވާލެއް ކުރިޔަސް ޖަވާބު ދެނީ، ދެވެން އޮތް އެންމެ ކުރުކޮށެވެ. އަދި ބައެއް ފަހަރު އަނާނީ ލޫކަސްއާ ހަތަރު ކަޅި ހަމަ ނުކުރަން އުޅޭހެން ވެސް ހީވެއެވެ. ވީ ކީއް ކަމެއް ލޫކަސް އަކަށް ނޭނގެއެވެ.

އަނާނީގެ އެ ހުވަފެން އޭގެ ފަހުން ތަކުރާރެއް ނުވެއެވެ. ނަމަވެސް ބައެއް ރޭރޭ ނިދަން އޮންނަ އިރު، ވަރަށް ތަފާތު އެއްޗެހި ހިތަށް އަރައެވެ. ފިނި ވެއްޖެ ނަމަ ހިތަށް އަރައިފާނެއެވެ. ލޫކަސް އެރޭ އައިހެން އައިސް ބައްދާލާނެ ނަމައެވެ. ނަމަވެސް މިކަހަލަ އެއްޗެއް ހިތަށް އެރިޔަސް، ދެވަނަ ސިކުންތުގައި އަނާނީ އޭނާގެ ނަފްސަށް ރުޅި ބާލައެވެ. އަދި އެއީ ޝައިޠާނީ ވަސްވާސް ކަމަށް ނަފްސަށް ވިސްނައިދެއެވެ. އަނާނީ ބަލަނީ ގިނަ ގިނައިން ލޫކަސްގެ ކުރީގެ ނުބައި އަމަލުތައް ހަނދާން ކުރެވޭތޯއެވެ. މާޒީގައި ލޫކަސް ވަނީ އަނާނީއަށް އެތައް ޖެއްސުމެއް ކޮށްފައެވެ. ނަމަވެސް ހަމަ އެއާ އެއްވަރަށް ހަނދާނަށް އަންނަނީ ލޫކަސް އަނާނީއަށް ވެދިން ބޮޑު އިޙުސާންތެރިކަމެވެ. މިނެ ކިރައިފި ނަމަ، ތިލަފަތް ބަރުވާނީ މިކޮޅަށެވެ. ލޫކަސް އަނާނީ ނެރެދިނީ ވަރަށް ބޮޑު މުސީބާތަކުންނެވެ. ހަމަ ގައިމުވެސް ލޫކަސް މިހާރު އެ ވަނީ ބަދަލު ވެފައެވެ. އެއީ މިހާރު މާތް އިންސާނެކޭ ބުނެވިދާނެއެވެ. ލޫކަސްއަށް އަނާނީގެ ލޯތްބާއި އަޅައިލުން ޙައްޤު ނުވާންވީ ކީއްވެ ހެއްޔެވެ.

ދުވަސް ގަަނޑަކަށް ފަހު ޔާނިއު އަނާނީގެ ފޯނަށް ގުޅިއެވެ. ބައްދަލުވާން ބޭނުން ކަމުގައި ބުނުމުން އަނާނީ ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ނަމަވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޔާނިއު ބުނީ މުޙިއްމު ވާހަކައެއް ދައްކަން އޮތް ކަމެވެ. އެ ވާހަކައެއް ކޮންމެހެން ވެސް އަޑު އަހަން ޖެހޭނެއޭ އަނާނީގެ ހިތް ބުނަމުން ދިޔައެވެ.

ޔާނިއު އަނާނީ ބަލައި އަންނަން ބުނުމުން އެކަމަށް އަނާނީ ދެކޮޅު ހެދިއެވެ. އަދި އަމިއްލައަށް ގޮސްދާނަން ކަމަށް ބުނެފައި، ދާންވީ ތަން އޮޅުންފިލުވައިލިއެވެ. ފުރަތަމަ ޔާނިއު ބުނީ އެގެއަށް އައުމަށެވެ. ނަމަވެސް އަނާނީ ވަގުތުން އިންކާރު ކުރިއެވެ. “ޔާންގެ ގެއަކަށް ނުދެވޭނެ. ސޮރީ. ޕަބްލިކް ޕްލޭސް އެއް ރަނގަޅު ވާނެ. ހަވީރު ގަޑި އޯކޭ ދޯ؟” ކުރިއާ ޚިލާފަށް އަނާނީގެ ޝަރުތުތައް ވެސް ގިނައެވެ. ޔާނިއު އެއިން ކޮންމެ ކަމަކަށް އެއްބަސް ވުމުން ދޭހަވަނީ، ބައްދަލު ކުރަން ބޭނުންވެފައި ހުރި ވަރެވެ. އެ ފޯނު ކޯލު ނިންމާފައި އަނާނީ ބެލްކަނިން ނުކުތް އިރު ލޫކަސް އެތަނުން ހުރަސްކޮށްފައި ދިޔަތަން ފެނުނެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު، އަނާނީ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން، ތައްޔާރު ވެގެން ނުކުތް އިރު ލޫކަސް އިނީ ސޯފާގައެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ އަނާނީގެ ލޭ ކުލައިގެ ރަތް ތުންފަތަށެވެ. އެ ކުލައިގެ ލިޕްސިޓްކެއް ޖައްސާފައި ހުއްޓައި އަނާނީ އެ ފެނުނީ ވަރަށް ދުވަސް ކޮށްފައެވެ. “ޔޫ ލުކް ޕްރިޓީ.” ލޫކަސް ބުނެލިއެވެ. “ވަރަށް ސްޕެޝަލް ތަނަކަށް ދާން އުޅޭހެން ހީވޭ. އަހަރެން ލައިދޭން ދަންތަ؟” ޖަވާބު އެނގި ހުރެވެސް ލޫކަސް އަހައިލީ ހިނިތުންވުމަކާއެކުގައެވެ.

“ނޫން.” އަނާނީ ވެސް ގަދަކަމުން ހިނިތުންވެލިއެވެ. އަދި ލޫކަސް ބަލަބަލައި ހުއްޓައި ގެއިން ނުކުންނަން ދިޔައެވެ. އަނާނީ ތިރިއަށް ފައިބައިގެން ޓެކްސީއެއް ހޯދަން އުޅުން އިރު ވެސް ލޫކަސް ބެލްކަނިން ބަލަހައްޓައިގެން ހުއްޓެވެ. އަނާނީ ލޯ ކުރިމަތިން ގެއްލިގެން ދިޔަ އިރު ލޫކަސްއަށް ހީވީ ހިތުގައި ހުސްކަމެއް އުފެދުނު ހެނެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 24

Next

ފުން އިހުސާސެކޭ 26

Next
November 25, 2019

ފުން އިހުސާސެކޭ 26

Previews
November 25, 2019

ފުން އިހުސާސެކޭ 24

One Comment

  1. Yan says:
    November 28, 2019 at 7:43 pm

    Nice

Comments are closed.

Next Episodeފުން އިހުސާސެކޭ 26←


All Right Reserved!