Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 31

Aishasha Level 310 Stories100 Login
January 6, 2020 3 Mins Read
10 Comments

“މެރީ؟” ރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫ ޓޫ؟”

ރީޝާ ގެއަށް ލައިދޭން ދާން ލޫކަސް އެދުނީ އަނާނީގެ އައު ވާހަކައެއް ހޯދޭތޯއެވެ. އަދި އަނާނީ އެދެމީހުންގެ ކައިވެނީގެ ވާހަކަ ރީޝާ ކައިރީގައި ބުނެފައި ނެތުމުން، އެކަމުގެ ފަހަތުގައި ވާ ސަބަބު އެނގެން ބޭނުންވިއެވެ. ރީޝާ ލޫކަސްގެ ސައިކަލު ފަހަތަށް އަރައި ހަމަޖެހިލިއެވެ.

ރީޝާ ފެއްޓީ އެދެމީހުންގެ މެދުގައި މައްސަލަ ޖެހުނު ހިސާބުންނެވެ. އެއަށްފަހު ހިނގައިދިޔަ ކަންކަމުގެ ތަފްސީލަށް ނުދިޔަސް، އޭނާގެ ފަރާތުން އަނާނީއަށް ވަރަށް ދެރަ ދެވިފައި ހުންނާނެ ކަމަށް ބުނެލީ ލަދުވެތިވެފައި އިނދެއެވެ. ނަމަވެސް ވަރަށް ފަހުން މާފަށް އެދުނު ކަމާއި، އެއަށްފަހު އެދެމީހުންގެ ގުޅުން ކޮންމެވެސް ވަރަކަށް ބަދަހިވެފައި ވާކަމަށް ބުންޏެވެ. “އެކަމަކު އަހަންނަށް ހީވަނީ އަނާނީ މިހާރު އެހާ ގާތްކޮށް ނުދެކޭ ކަންނޭނގެ އަހަންނެއް. އެހެންވެގެންނެއްނު ތިވަރުގެ ބޮޑު ކަމެއް ސިއްރު ކުރާނީ. އޭނަގެ ޕާސަނަލް ވާހަކަތައް ކިޔައިދޭ ހާ ކްލޯޒް މީހެއް ނޫން ކަންނޭނގެ މިހާރު މަށަކީ. ބަޓް އައި އަންޑަސްޓޭންޑް ދެޓް. އަހަރެން ނަމަވެސް އެގޮތަށް ހަދާނީ.” ރީޝާ އަށް އެކަން މާ ބޮޑު މައްސަލައަކަށް ނުވިއެވެ. ނަމަވެސް ލޫކަސް ދެކެ ކުރިން އެހާ ރުޅި އަންނަ އަނާނީ، އެންމެފަހުން ލޫކަސްއާ ކައިވެނި ކުރި ކަން އެނގުމުން ވަރަށް ހައިރާންވިއެވެ. އެހެނަސް އެކަން ހިނގައިދިޔަ ގޮތް ލޫކަސް ކިޔައެއް ނުދިނެވެ. ހަމައެކަނި ބުނީ އާއިލާއިން ބާރު އެޅުމުން ކުރި ކަމެއް ކަމުގައެވެ. އަދި އެކި ސަބަބުތަކާ ހުރެ މިހާރު ދެމީހުންގެ ގުޅުން ހީނަރުވެފައިވާ ވާހަކަ ވެސް ބުންޏެވެ.

“އެންމެފަހުން އަނާނީއާ ދިމާވި ދުވަހު ބުނީ ސްކޯލަޝިޕް ތަކަކަށް އެޕްލައި ކޮށްގެން އުޅޭ ވާހަކަ. މެލޭ އިންނާ އޮސްޓްރޭލިޔާ އިން. އެތަނުން ކޮންމެވެސް އެއް ތަނަކަށް ކިޔަވަން ދާން ވަރަށް ބޭނުމޭ ބުނީ. ވަރަށް ބޮޑު ހުވަފެނެކޯ އެއީ.” އައު ކަމަކަށް ރީޝާގެ ފަރާތުން އެނގުނު ކަމަކީ އެއެވެ. އެވާހަކައަށް ލޫކަސް ޝައުޤުވެރިވެސް ވި މެއެވެ. އަދި އޮސްޓްރޭލިޔާގެ ކޮން ޔުނިވާސިޓީއެއް ކަން އެނގޭތޯ އެހުމުން، ރީޝާ ބުނީ ހަނދާނެއް ނެތް ކަމުގައެވެ. ނަމަވެސް އަނާނީ ކައިރީގައި އަހައިލެވިދާނެ ކަމަށް ބުނުމުން ލޫކަސް އެދުނީ އެކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށެވެ.

އަނާނީގެ ރަށު ދަތުރު ހަރާބު ވެގެން ދިޔައީ ޔާނިއުގެ ހަބަރު އިވުނު ދުވަހުން ފެށިގެންނެވެ. ކިތަންމެ ވަރަކަށް މޫނުމަތިން އެކަން ފޮރުވަން އުޅުނަސް، ރައްޓެހިން ޖަހާ އެއްވެސް ސަކަރާތެއްގައި ބައިވެރިއެއް ނުވެވެއެވެ. އެކަން ފާހަގަ ކުރެވިގެން އެމީހުން އަހަން ވެސް އަހައެވެ. ނަމަވެސް އަނާނީ ތެދު ތެދަށް އެއްވެސް މީހަކަށް ކިޔައެއް ނުދެއެވެ. އެންމެ މީހެއް ފިޔަވައެވެ. އަނާނީގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޔަޝްފާއެވެ.

އެދުވަހު އެންމެން ތިބީ ކައްކައިގެން މޫދަށް އެރެން ގޮހެވެ. އަނާނީ އެންމެންނާ ދުރުގައި އެކަނިމާ އެކަނި ރާޅު ނާންނަ ފަށު ވެލިގަނޑުމަތީގައި އިންތަން ފެނިގެން ޔަޝްފާ އައިސް ސުވާލު ކުރިއެވެ. މާ އެކަނިވެރިފައި ތީނީ ކީއްވެގެން ހޭ އެހުމުން އަނާނީ ފުރަތަމަ އުޅުނީ ނުކިޔައިދޭށެވެ.

“ނާނީ! ކިހިނެއްތަ ތި އުޅެނީ؟ ތިހެން އުޅޭތީ އެންމެން ވެސް ތިބެނީ ފޫހިވެފަ. ތިހާ ދުވަސްކޮށްފަ މިކޮޅަށް އައީމަ އަހަރެމެން ބޭނުންވޭ ކުރިންހެން މަޖާކޮށް އުޅެން. އެންމެންވެސް އެތިބެނީ ނާނި މުނިފޫހި ފިލުވައިދޭން. އެކަމަކު ތިހެން މޫނު ހަދާފަ އެންމެންނާ ދުރުން އުޅެންޏާ ކޯއްޗަކަށް ވާނީ؟ އަހަރެމެން މަތިން ފޫހިވަނީތަ މިހާރު؟” ޔަޝްފާ އިނީ ހިތްހަމަޖެނުޖެހިފައެވެ. ވާނީ ވެސް އެހެންތާއެވެ. އެއް އަހަރު ފަހުން އެންމެ ގާތް އެކުވެރިޔާ އައުމުން އޭނާ ވެސް ހުރީ އުފާ ވެފައެވެ. ނަމަވެސް އެކުވެރިޔާގެ މޫނުމަތިން އެ އުފާވެރިކަމެއް ނުފެނެއެވެ.

ޔަޝްފާގެ ވާހަކައިން އަނާނީ ދެރަވިއެވެ. އޭނާ މިހެން އިންނަން ޖެހެނީ އެކުވެރިން ދެކެ ފޫހި ވާތީ ނޫން ކަމަށް ބުނަން ކިތަންމެހައި ވެސް ބޭނުމެވެ. އެ އެކުވެރިން ދެކެ އޭނާވެސް ނުލާހިކު ލޯބިވެއެވެ. އަދި އޭނާ ރަށަށް އައީއްސުރެ އެންމެ ވަގުތަކު ވެސް ފޫހިވިޔަ ނުދީ ހިތްހަމަޖައްސައިދޭން އެމީހުން ތިބޭތީ އެކަމަށް ޝުކުރުވެރިވެސް ވެއެވެ. އެންމެފަހުން އަނާނީ ބޭނުންވީ ޙަޤީޤަތް ޔަޝްފާއަށް ހާމަކުރާށެވެ.

“ނޫން ޔަޝް.. ތި ހީކުރަނީ މުޅިން ގޯސްކޮށް. ތިމީހުން މަތިން އަހަރެން ދުވަހަކުވެސް ފޫއްސެއް ނުވާނެ. އަހަރެން ކިތަންމެ އުފާވިޔަސް އެކަން މޫނުމަތިން ނުދެއްކެނީ ލައިފްގެ އެހެން ކަންކަން ގޯހުން ގޯހަށް ދާތީ. އެކަން ކަމާ ހަމަ ވިސްނެނީ.” އަނާނީ އިސްޖަހައިލީ، ފެންކަޅިވެފައިވާ ދެލޯ ފޮރުވުމަށެވެ.

“ކީކޭ؟ ނާނިގެ ލައިފްގެ ކޮންކަމެއްތަ؟” ޔަޝްފާ އަނާނީގެ އަތުގައި ހިފައިލީ ހިތްވަރު ދިނުމަށެވެ. “ނާނިގެ ކޮންމެ ވާހަކައެއް ވެސް އަހަންނަށް ކިޔައިދެވޭނެކަން އިނގޭ ދޯ. އަނެއްކާ އަހަންނަށް އިތުބާރު ނުކުރަނީތަ މިހާރު؟”

އަނާނީ ދެފަރާތަށް ބޯހޫރުވައިލިއެވެ. “ދެން؟ ކިޔައިދީބަލަ. އަނެއްކާ އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟ ލޫކަސް ނާނިއަށް ގޯސްކޮށް ކަމެއް ކުރަނީތަ؟” އެންމެންނެކޭ އެއްފަދައިން ޔަޝްފާއަށް ވެސް ފުރަތަމަ ހީކުރެވުނީ އެހެންނެވެ. “އެކަމަކު ނާނިގެ ދޮންބެމެން އަބަދު ދައްކާ ލޫކަސްގެ ރަނގަޅު ވާހަކަ. ނާނި ވަރުގެ ނަސީބުގަދަ ކުއްޖެއް ނުހުންނާނެޔޭ ކިޔާނީ.”

އަނާނީ އިސްއުފުލާލައިފައި ޔަޝްފާއަށް ބަލައިލިއެވެ. އެއާއެކު ހުރިހާ ކަމެއް ފެށުނު ހިސާބުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ކިޔައިދޭން ކިތަންމެ އުނދަގޫ ވާހަކަތަކެއް ހުއްޓަސް، ޔަޝްފާ އަކީ އިތުބާރު ކުރެވޭ މީހެކެވެ. އެއަށްވުރެ ހެޔޮ ރަޙްމަތްތެރިއެއް މިހާ ތަނަށް އަނާނީއަށް ލިބިފައެއް ނެތެވެ. އެންމެ ކުޑަ އިރުވެސް ޔަޝްފާ އަނާނީގެ ކޮންމެ ކަމެއްގައި އެހީވެދޭން ހުރެއެވެ. ޔަޝްފާއަށް މޮޅު އެއްޗެއް ލިބިއްޖިއްޔާ އަބަދުވެސް ބަލާނީ އަނާނީއަށް ގެނެސް ދެވޭތޯއެވެ. މީރު ކާ އެއްޗެއް ލިބިއްޖިއްޔާ އަނާނީއަށް ނުދީ ނުވެސް ކާނެއެވެ. މާލެ ދެވުމުން ޔަޝްފާގެ މަތިން ހަނދާން ނައްތައިލެވުނީ އަނާނީ އަށެވެ. އެހެނަސް ޔަޝްފާ ބަރާބަރަށް މެސެޖުކޮށް ހަދައެވެ. އަނާނީ އިސްވެ ޔަޝްފާގެ ހާލު ބަލައި ނުލިޔަސް ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. އެކަމުން ވެސް ޔަޝްފާގެ އެކުވެރިކަމުގެ މާތްކަން އެނގިގެން ދެއެވެ.

އަނާނީ އެހާ ތަފްސީލުކޮށް އެ ވާހަކަތައް ކިޔައިދިން އިރު ލޮލުން ކަރުނަ ނައިސް ހިފަހައްޓައެއް ނުލެވުނެވެ. އެ މަންޒަރު ފެނިފައި ޔަޝްފާގެ ވެސް ފެން ކަޅިވިއެވެ. އަދި އަނާނީގެ ގައިގައި ބައްދާލާފައި ބުނީ ހުރިހާ ކަމެއް ވެސް އަދި ރަނގަޅު ވާނެ ކަމަށެވެ.

“މިއީ ހަމަ އަހަރެންގެ ނުބައި ކަމުގެ ސަޒާ. އެވަރުގެ ބޮޑު ފާފައަކަށް އަރައިގަނެވުނީމަ…” އަނާނީއަށް އަދިވެސް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ.

“ނޫން! ނާނި ތިހުރީ ތަޢުބާވެގެންނެއްނު! ކިތައް މީހުން އެއުޅެނީ ރެޔާ ދުވާލު ފާފަ ކުރަމުން، ހިތަށް އެކައްޗެއް ވެސް ނާރާ. ތިއީ މިހާރު އެންމެން ވެސް ކުރާ ކަމެއް. އެހާ އާއްމުވެފަ އޮތް ކަމެއް މިތާ ވެސް. އެކަމަކު އެމީހުންނަކަށް ނުވިސްނޭ ކިތައްމެ ގިނަ ބަޔަކު ކުރިޔަސް ހަރާމް ކަމެއް ނުވާނެ ކަން ހުއްދަ ކަމަކަށް. އަހަރެން ވަރަށް އުފާ ވެއްޖެ ނާނިއަށް ވިސްނުނީމަ. އިރާދަކުރެއްވިއްޔާ އެފަރާތުން ނާނިގެ ތައުބާ ޤަބޫލު ކުރައްވާނެ.” ޔަޝްފާގެ ހެޔޮ ބަސްތަކުން އަނާނީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

“ހްމްމް. އެކަމަކު އަދިވެސް މި ހުންނަނީ ހަދާނެ ގޮތެއް ނޭނގިފަ. ލޫކަސް ކައިރިން ވަރިވާންވީ ކަމެއް ވެސް ނޭނގެ. އޭނަ އެކަމު މިހާރު ފޯމު ލައިފި ހެން ހީވަނީ. އަނެއްކޮޅުން ޔާން.. ވަރަށް މިސް ވާނެ.” އަނާނީ އިނީ ބޯ ގޮވާ ވަރުގައެވެ.

“އަހަންނަށް ފެންނަ ގޮތެއް ބުނަންތަ؟” ޔަޝްފާ އަހައިލިއެވެ. އަނާނީ ވަގުތުން ބޯ ޖަހައިލީ، އެހެން މީހެއްގެ ލަފާއަކަށް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އަނެއްކޮޅުން ޔަޝްފާއަކީ އެ އުމުރުގައި ވެސް ވަރަށް ވިސްނޭ ކުއްޖެކެވެ. އޭނާ ބުނާ ގޮތެއް ހަދައިގެން ދެރައެއް ލިބޭނެ ހެނެއް ހިއެއްނުވެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ދުރުވާނެބާ – 1 , 2

Next

އެހެނަސް 10

Next
January 6, 2020

އެހެނަސް 10

Previews
January 6, 2020

ދުރުވާނެބާ – 1 , 2

10 Comments!

  1. shaai says:
    January 6, 2020 at 3:15 am

    alhey kehvetha ehalahun upload thikohlli… haadha ginadhuvas kohlaafa ..
    alhey eyoh kiyahithu indha e nimuni… story vvvvvvvvvv rythi ?

  2. Reader says:
    January 6, 2020 at 4:07 pm

    Haaadha kiyaa hihveeyey ekam maa lahun ul cany ;(

  3. yoom says:
    January 6, 2020 at 5:19 pm

    ehaa lahun upload kuraairuves ehaa kurukoh genesdheny…vaahaka upload kuraairu vaahakaige kury baiga vaagoii ves hunnany hadhaan nethifa…atleast upload kuraa dhuvaheh bunelaafa baihdhaba…kiyun therin balan beynuh vaane ehnu…hama gaimu ves liyun theriyaa cmnts thah kiyaane kahneyge..

  4. Readerss says:
    January 7, 2020 at 1:11 pm

    Alhe ehaa gina dhuvas kohffa up kuri iru ehaa kuda thankolheh…. sis pleeaasee thihen nahdhaba
    Varah kiyaa hithun indhaa nimunyy

  5. Rimoo says:
    January 9, 2020 at 10:16 pm

    Kobaa Next part. Haadha lahey up kuraalhe

  6. Habeys says:
    January 10, 2020 at 5:08 pm

    story nimey iru anaany lucas aa gulhunyma aslu ehme reethi vaany, ekm midhaa gothun adhi ehcheh bunan neygifa myny,waiting for the next,keep going??

    1. Pop says:
      January 10, 2020 at 5:42 pm

      Noooooo.. yaan aa anaany aa gulhunyma reethi vaany

  7. Readers says:
    January 15, 2020 at 3:49 pm

    Alhe kobaatha storyy

  8. ? queen ? says:
    January 17, 2020 at 4:33 pm

    When you are going to up next part plx , avas koh up kohba

  9. Sumone says:
    January 25, 2020 at 2:26 am

    Heyyoh nuwaane thihaa varunn vaahaka nuliyan v nu thaahiru waane vaahaka nukiye athaa kulhunas

Comments are closed.

Next Episodeފުން އިހުސާސެކޭ 32←


All Right Reserved!