****** އަނާނީ ދެލޯ ހުޅުވައިލިއެވެ. ސީލިންގުގައި ހުރި ފަންކާ އެނބުރެމުންދަނީ އޭގެ އެންމެ މަޑު ދުވެލީގައެވެ. ނަމަވެސް އޭސީގެ ފިނިހޫނުމިން ހުރީ އެންމެ ދަށުގައެވެ. ފިނިވެގެން ގޮސް ތުރުތުރުލާވަރުން އަނާނީއަށް ރަޖާގަނޑުގައި ހިފައި ދަމައިލެވުނެވެ. އެއާއެކު ޖެހިގެން އޮތް ޔާނިއު ކުޑަކޮށް ހަރަކާތްކޮށްލިއެވެ. އެހެނަސް އޭނާ އޮތީ ފުން ނިންޖަކުން ނިދާފައެވެ. ރަޖާގަނޑުގެ އެއްބައި އޭނާގެ ގައިގައި ވެސް އަޅާފައި އޮތުމުން އޭނާއަށް ފިނި ނުވާ ކަހަލައެވެ. އަނާނީ ޔާނިއުއާ ދިމާއަށް އެނބުރުނެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު އެ މޫނަށް ބަލައިލިއެވެ. ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ބޯ ބުމައިން ފެށިގެން ކަތުރުކަށިގަނޑާ ހަމައަށްވެސް އެ ރީތިކަން […]
ލޫކަސް އަނާނީއާ ދިމާއަށް ފިޔަވަޅު އަޅަންފެށުމުން އަނާނީއަށް ކުއްލިއަކަށް ތެދުވެވުނެވެ. އަދި އެވީ ވަގުތުކޮޅު އެނދާ ކައިރިވެފައި، އަވަސްއަވަހަށް އެތާ އޮތް ފޯނު ދަމައިގަތެވެ. ލޫކަސް ކަރުބުޑުން ފާޑެއްގެ އެއްޗެހި ތަކެއް ކިޔަމުންދިޔައެވެ. ނަސީބަކުން އޭނާ ހަމަގައި ނެތުމުން އަނާނީއަށް ސަލާމަތްވާން ފަސޭހަވާނެއެވެ. ސަބަބަކީ މިހާރުވެސް އޭނާގެ ހަރަކާތްތައް ހުރިގޮތް ނުލާހިކު ލަހެވެ. އަނާނީ އެތާނގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން، އޭނާ ފޯނު ނެގި ގޮތަށް އަވަސްއަވަހަށް އެންމެ އަވަހަށް ގުޅެން އޮތް ނަންބަރަށް ގުޅައިލިއެވެ. އަނާނީ ގުޅި އިރު އީވާ އޮތީ ނިދާފައެވެ. ނަމަވެސް އޭނާއަކީ ނިދި މަޑު މީހަކަށް ވުމުން، ދެފަހަރަކު ވައިބްރޭޓު ވާން ފެށުމުން ހޭލެވިގެން ފޯނު ނެގިއެވެ. “ހަލޯ؟” އީވާގެ އަޑުގައި ވަނީ ކަންނެތްކަމެވެ. “ޕްލީޒް އަހަރެން މިތަނުން ގެންދެބަ.” އަނާނީ ވަރަށް އާދޭހާއެކު އެދުނެވެ. އެ އަޑު ޖެހުމުން އީވާ […]
“ހަހަހަ.. ކައެ ހަމަޖެހިލަބަ” ޔަރުހަމް އެ ފުޅި އަނެއްކާވެސް ޔާނިއު އަތަށް ދިއްކޮށްލަމުން ބުންޏެވެ. “މޫޑު ކަޓައިފި! އެކަމަކު މަށަށް ހީވަނީ އޭނަ އެހުރީ ކޮންމެވެސް ކަމަކާ ވިސްނާ ވިސްނާ ބޯބުރާންތި އަރާފަހެން. އެހެންވެ އުޅުން ގޮތެއް ކަންނޭނގެ. އެހެންނޫނީ ވަރަށް މަޑުމަޑުން އިންނަ ބަސްއަހާ ކުއްޖެއް އެއީ.” އަނާނީއާ ބެހޭގޮތުން ޔާނިއު ކިޔައިދިނެވެ. ޔަރުހަމް ދެފަރާތަކަށް ބޯހޫރުވާލާފައި ހިނިގަނޑެއް ޖަހައިލިއެވެ. މިއީ ޔާނިއު އެހެންޏާ އަންހެން ކުއްޖަކާ ބެހޭގޮތުން ބުނެއުޅޭ އެއްޗިއްސެއް ނޫނެވެ. އެ އަނާނީއަކާ […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދިވެސް އަނާނީއަކާ ރީޝާ ވާހަކައެއް ނުދައްކައެވެ. ކޮލެޖުން ފެނުމުން ބީރައްޓެހި ގޮތަކަށް ހިނިތުންވެލާކަން އެކަންޏެވެ. އެވެސް މަދު ފަހަރަކުއެވެ. މިކަމާ އަނާނީ ކިތައްމެ ދެރަވިޔަސް، އަދިވެސް އިސްވެ ވާހަކަ ދައްކަން ޖެހުލުންވެއެވެ. އަރީން ބުނިހެން، ރީޝާއަށް އަމިއްލައަށް ވިސްނުނީމާ އައިސް ވާހަކަ ދައްކަން ފަށާނެ ކަމުގެ އުއްމީދުގައި ހުރީއެވެ. ނަމަވެސް އެހެން ވާ ތަނެއް އަދި ނުފެނެއެވެ. އަނެއްކޮޅުން އެދުވަހަށްފަހު އަރީންއަކާވެސް ދިމައެއް ނުވެއެވެ. ހަޤީޤަތުގައި އަރީންގެ ނަންބަރު އަދިވެސް އިނީ ބްލޮކު […]
އަނާނީ ކިތަންމެ މަޑުން ބުނިކަމުގައި ވީ ނަމަވެސް، ލޫކަސްގެ ތޫނު ކަންފަތަށް އެ ދެ ލަފުޒު އިވޭކަށް އުނދަގުލެއް ނުވިއެވެ. އަޑު އިވުމާއެކު ހެން ފުންމައިގެން ކަހަލަ ގޮތަކަށް އައިސް އަނާނީގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ހަތަރުކަޅި ހަމަކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ. “ނޯ ޕްރޮބްލަމް. އެކަމަކު މިކަމުގެ ބަދަލުގަ މަށަށް ވެސް އަނާނީ ކަމެއް ކޮށްދޭން އެބަޖެހޭ.” ލޫކަސް ކަރުކެހިލިއެވެ. އަނާނީއަށް ދެލޯ އަޅައިލެވުނީ ލޫކަސްގެ ފަހު ޖުމްލަ އިވުމުންނެވެ. ލޫކަސް މިއީ ހާދަ އަމިއްލަ […]
ލޫކަސް ލުތްކެއް ޖަހާފައި އަނާނީ އޭނާއާ ދިމާއަށް އަނބުރައިލި ވަގުތު، އެ ބާރުމިނުގައި އަނާނީ އައިސް ތަތްވީ ލޫކަސްގެ މޭމަތީގައެވެ. އަނާނީ ބަލާކަށް ނުހުރެ ލޫކަސް އޭނާއާ ދުރަށް ކޮއްޕައިލިއެވެ. “ކިިހިނެއް ވެގަނެގެންތަ ތިއުޅެނީ؟” ދަތްކުނޑި ވިކާލައިގެން ހުރެ އަނާނީ ކިޔައިލިއެވެ. އޭރު އޭނާގެ ދެލޯ، ރުޅި އައިސްގެން ގޮސް މިނިކާވަގެއްގެ ދެލޮލެކޭ އެއްފަދައެވެ. “އެހެން ފިރިހެނުން އަތްލީމަ ކަމަކަށް ނުވޭ ދޯ! ހަމަ މަ ވީމަ” ލޫކަސް ބުނެލިއެވެ. “ކޮން އެހެން ފިރިހެނުންނެއްތަ؟” އަނާނީ ސުވާލުކޮށްލީ […]
“އޭ މިއީ އަދި އެކުއްޖާއެއް ނޫން! މިއީ މިއަދު ދިމާވި ކުއްޖެއް.” ހިނިގަނޑެއް ޖަހައިލަމުން ޔާނިއު ބުނެލިއެވެ. އަނާނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް، މި މީހުން މި ދައްކަނީ ކޮން ކުއްޖެއްގެ ވާހަކައެއް ހެއްޔެވެ؟ ޔާނިއު ލޮލުގެ އިޝާރާތުން، އެތާ ތިބި އެންމެން ކައިރީ އަނާނީއަށް ބެލުން ހުއްޓައިލުމަށް އަންގައިލިއެވެ. މިކަމެއް އަނާނީއަކަށް ނޭނގެއެވެ. އެހެނަސް، އެންމެންގެ ނަޒަރު އޭނާއާ ވަކިވުމުން ހިތަށް ފުދޭވަރެއްގެ ހަމަޖަހުމެއްލިބުނެވެ. “އަމާނީ! ހިޔެއް ނުވޭ އަވަހަށް ވާރޭ ހުއްޓާލާނެ ހެނެއް. މިތާތަ ތިބޭނީ، […]
ޔާނިއުގެ ލޮލުގައި، އެކަނިމާއެކަނި އިން އަނާނީ އަޅައިގަންނާކަށް މާ ވަގުތެއް ނުނެގިއެވެ. އޭނާ ދުރުން އަނާނީއަށް ހަނާއަޅާލައިފައި، މަޑު ހިނގުމެއްގައި އައިސް އަނާނީގެ ކުރިމައްޗަށް ހުރި ގޮނޑީގައި ޖައްސައިލިއެވެ. “ލަސްވެއްޖެ ދޯ. އިރުއޮއްސުނު ގަޑީ ނިދުން ގޮތަށް ދެންމެ ހިއްލައިލެވުނީ.” ޔާނިއުގެ މޫނުމަތީގައި ވަނީ ކަންނެތް ހިނިތުންވުމެކެވެ. “ހްމްމް އޯކޭ ވާނެ.” ހާސްވެފައި ހުރި ވަރުން ދައްކާނެ ވާހަކައެއް އަނާނީއަކަށް ނޭނގުނެވެ. ކުރިމަތީގައި މީނީ ހަމަ ހަގީގަތުގައިވެސް ޔާނިއުކަން އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ހުވަފެނެއްބާއޭ ވެސް […]
ލޫކަސް ވަދެ ދޮރުވެސް ތަޅުލި އަޑު އިވިފައި އަނާނީއަށް ތެޅިގަނެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހުރީ ލޫކަސްގެ އަތުތެރޭގައި ހައްޔަރުވެފައެވެ. އަނާނީ ފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް، އެ ބާރުގަދަ އަތުތެރެއިން ސަލާމަތްވުމަކީ ކިތަންމެ އުނދަގޫ ކަމެއްކަން އެނގިހުރެ ވެސް، ހަރަކާތްކުރަން ފެށީ ސަލާމަތްވާށެވެ. އޭރު އޭނާ ގަނެފައި ހުރި ބިރަށްވުރެ ބޮޑަށް އައިސްފައި ހުރި ރުޅި މާގަދައެވެ. އޭނާގެ ބާރު ހުރި ނަމަ ލޫކަސް ގައިގައި ތަޅައިގަތް ގަތީނުން ނުވެސް ތެދުވެވޭ ވަރު ކޮށްލީހެވެ. […]