އަނާނީ ކޮލެޖަށް ދިޔަ އިރު ވަރަށް ވިއްސާރައެވެ. ލޫކަސް އޮފީހުގައި މާ ބިޒީ ވުމުން އާދެވޭ ގޮތް ނުވުމުން އަނާނީ ދިޔައީ އެކަނި ހިނގާފައެވެ. ކުޑައެއް ހިފަހައްޓައިގެން ހުރި އިރު ވައި ގަދަ ކަމުން ކުޑަ އެއްލާލައިފާނެހެން ހީވާ ފަހަރު އައެވެ. މަގުތަކުގައި ފެން ބޮޑުވެ ހިނގަން އުނދަގޫ ވެފައި އޮތުމުން، އަނާނީއަށް ކޮލެޖަށް ދެވުނީ ވެސް ތަންކޮޅެއް ލަހުންނެވެ. އަނާނީ ކްލާހަށް ދާން ވެގެން އަވަސް އަރުވާލާފައި ސިޑިން އަރަން ފެށީ ލަސްވެފައި ހުރުމުންނެވެ. ލިފްޓު ވެސް ހުރީ މައްސަލަ ޖެހިފައެވެ. ވަކި ހިސާބަކަށް އެރުން ތަނާ ފަހަތުން މީހަކު […]
އަނާނީ ކޮލެޖުން ގެއަށް އައިސް ވަން ތަނާ ފޯނު ކޯލެއް އައެވެ. ކާކުގެ ނަންބަރެއްކަން އެނގުމުން ނުނަގަން ހުރެފައި ވެސް ނެގީ ވީ ގޮތެއް ބަލައިލާށެވެ. ފޯނު ނެގުމާއެކީ މާ ގިނަ ވާހަކަތަކެއް ނުދައްކާ އީވާ ބުނެލީ ޔާނިއުގެ ހަޤީޤަތް އެނގެން ބޭނުން ނަމަ އެރޭ 9 ޖަހާ އިރު ރެސްޓޯރެންޓަކަށް އައުމަށެވެ. އަނާނީއަށް ޖަވާބެއް ވެސް ނުދެވި އުޅެނިކޮށް އީވާ ފޯނު ކަނޑައިލިއެވެ. ދެން ގުޅާފައި ނުދެވޭނެ ވާހަކަ ބުނަން އުޅެފައި ވެސް އަނާނީގެ ހިތް […]
ޖެހިގެން އައި ދުވަހު ޢަލީއާއި މަލީހާ ފުރައިގެން ރަށަށް ދިޔައެވެ. އަނާނީމެން އެތައް ގޮތަކުން ވިސްނައިދޭން އުޅުމުން ވެސް، މަލީހާ މާލޭގައި އިތުރަށް މަޑު ކުރާކަށް އެއްބަހެއް ނުވިއެވެ. ވީ ގޮތް އޮޅުން ފިލުވަން ޑޮކްޓަރަށް ދައްކަން ބުނުމުން ވެސް ދެކޮޅުހެދީއެވެ. ހަޤީޤަތުގައި މަލީހާ ހުރީ މާ ބޮޑަށް ވެސް ހިތް ހަލާކު ވެފައެވެ. އިތުރަށް ޑޮކްޓަރަށް ދައްކައިގެން ތަޤުދީރު ބަދަލެއް ނުވާނެ ކަމަށް މަލީހާ ބުންޏެވެ. އަނެއްކޮޅުން، މަލީހާއަށް މަޖުބޫރު ކުރާކަށް ޢަލީ ބޭނުމެއް ނުވިއެވެ. […]
އަނާނީ ގެއަށް ދިޔަ ގޮތަށް ތާޒާ ވެލައިގެން މަޣްރިބު ނަމާދު ކުރަން ފެށިއެވެ. ނަމާދު ކުރަންވީމައި އަނާނީ ދަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ނަމާދަށްފަހު އާދައިގެ މަތިން ދުޢާއަށް އިނެވެ. މިފަހަރު ދުޢާގައި އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދުނެވެ. އަދި ޔާނިއުއާމެދު އުފެދިފައިވާ ބާރުގަދަ އިހުސާސް ނައްތައިލުމަށް އޭނާއަށް ވާގިވެރިކަން ދެއްވުމަށް މާތްﷲގެ ކިބައިން ދެންނެވިއެވެ. އިރުކޮޅަކު ޤުރުއާން ކިޔަވާލަން އިނދެފައި އަނާނީ ނުކުތް އިރު މަލީހާ ވަރަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްގެން އުޅޭކަން އެނގުނީ […]
ޔާނިއުއާ މިހާރު ދިމާވާނެ ކަމަށް އީވާ ބުނުމުން އަނާނީ ކުއްލިއަކަށް ލޫކަސްއާ ކައިވެނި ކުރުމުގެ ޚިޔާލު ބަދަލުވިއެވެ. ކައިވެންޏަށް ދެކޮޅު ހަދަން ހިތް ގޮވަން ފެށިއެވެ. މިހާރު ޔާނިއު އޭނާއަށް އެހީތެރިވެދޭނެ ނޫން ހެއްޔެވެ. އޭރުން މި ބޭކާރު ކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ. އަނާނީއަށް މި ޚިޔާލުތަކުން ބޭރު ވެވުނީ މަލީހާ އޭނާއާ ވާހަކަ ދައްކަން ފެށުމުންނެވެ. މޭކަޕް ހަޑި ވެފައި ތިހުރީ ކީއްވެހޭ އަހައިލުމުން އަނާނީ ޖަވާބެއް ނުދީ ހުރުމުން އެތަން ފޫބެއްދީ ލޫކަސްއެވެ. ލޫކަސް ބުނީ އެއޮއް އަވިގަނޑުގައި މާ ގިނައިރު ހުންނަން ޖެހުމުން […]
ޖެހިގެން އައި ދުވަހު ލޫކަސް ފައިސަލްއަށް ވައިބާއިން ގުޅީ އަނާނީ ވެސް އިންދައެވެ. ލަންކާގެ ގެ ކިހިނެއް ހޭ ކިޔާފައި ލޫކަސް ފެށި ވާހަކަ ކުއްލިއަކަށް މިސްރާބު ބަދަލުވެ، އަނާނީއާ ކައިވެނި ކުރަން ބޭނުން ކަމަށް ބުންޏެވެ. ފައިސަލްއަށް ލިބުނު ހައިރާންކަން، އޭނާގެ އަޑަށް އައި ބަދަލުން އެނގުނެވެ. އޭނާ ފުރަތަމަ ހީކުރީ ސަމާސާއެއް ކަމަށެވެ. އެހެންވެ ޤަބޫލު ނުކުރަން އުޅެފައި ވެސް ލޫކަސް މާ ސީރިއަސް ކޮށް އެ ވާހަކަ ދައްކަން ފެށުމުން ޤަބޫލު ކުރަން […]
އަނާނީއަށް ފެރީ އިން ފޭބުނީ ލޫކަސްގެ ފަހަތުންނެވެ. އެކަމަކު އޭރު ސާރާގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. އެހާ އަވަހަށް ސާރާ އެ ދިޔައީ ކޮންތާކަށް ބާއޭ އަނާނީ ހިތަށް އެރިއެވެ. ފެރީ ތެރޭގައި ލޫކަސްއާ ދެމީހުން މައްސަލައެއް ޖެހުނީ ހެއްޔެވެ. މިހެން ހިތަށް އަރާފައިވެސް އަނާނީ މާ ބޮޑަކަށް އަޅައެއް ނުލިއެވެ. އޭނާއާ ބެހޭ ކަމެއް ނޫނޭ ހީކޮށް، އަވަހަށް ގެއަށް ދާން ޓެކްސީއެއް ހުއްޓުވިއެވެ. އޭރު ލޫކަސް އޭނާގެ ސައިކަލުގައި ނައްޓައިލީ އަނާނީއަށް ބަލަން […]
އަވަސްއަރުވާލާފައި ދުވާރުމަތިން ހިނގާފައި ދިޔައިރު މީހަކާ މުޑި އެރި އިރުވެސް އަނާނީއަށް ރޭކާނުލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އެއަށްވުރެ ބޮޑު ނުތަނަވަސްކަމެކެވެ. މޫނުމަތީގައި ދާތިކިތައް ގިނަވެފައި ހުރި އިރު ހީވަނީ ކަމަކާ ހާސްވެ ބިރުން ހުރިހެނެވެ. އަނާނީ ވަން ބޭސްފިހާރައިގައި އިން ބިދޭސީ މީހާއަށް ވެސް އޭނާގެ މޫނަށް ބަލާފައި ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. އަދި އަނާނީ ގަންނަން އައީ ކޯއްޗެއް ކަން އޭނާއަށް ރަނގަޅަށް ނުވެސް ބުނެވި އުޅެނިކޮށް، އެ ނަގައި ކައުންޓަރު މަތީގައި ބާއްވައިލިއެވެ. […]
އެންމެފަހުން އަނާނީއަށް ނޯވެވިގެން ޔާނިއުގެ ނަންބަރަށް ގުޅަން ފެށިއެވެ. ވަރަށް ގިނައިރު ފޯނު ރިންގުވެފައި، ކެނޑެން އުޅޭހެން ހީވެ، އަނާނީ ކަރުއެލުވާލާފައި ވަނިކޮށް އެކޮޅުން “ހަލޯ”އޭ ބުނެލި އަޑު އިވުނެވެ. އެ ބަރު އަޑު ޖެހުމުން އަނާނީގެ ހިއްސުތައް އެކީ ހޭލައްވާލައިފިއެވެ. “ޔާން ނިދަނީ ދޯ..” އެއްޗެކޭ ބުނަން ނުކެރިފައި އޮވެ ވެސް، ވަރަށް ހިތްވަރު ކޮށްފައި އަނާނީ ވާހަކަ ދައްކަންފެށިއެވެ. “ކާކު؟” ޔާނިއުގެ އަޑުން ހީވަނީ ނިދާފައި އޮވެފައި ފޯނު ރިންގުވުމުން ހޭލެވިގެން އުޅޭހެނެވެ. “އަނާނީ […]