Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 26

Aishasha Level 310 Stories100 Login
November 25, 2019 6 Mins Read
9 Comments

ޖިސްމޭ ގުޅިފާވަނީ                                                            ތި ރީތި ސޫރަ ފެނުމުން                                                        މިހިތަށް އަސަރޭ ކުރީ                                                        ކަލާގެ ހިނިތުންވުން ފެނުމުން                                                      މިއީ މަގޭ ހިތުތެރޭގާ، އުފެދޭ އިހުސާސެކޭ                                              ބަޔާން ކުރަން، ދަތިވާހާ ފުން އިހުސާސެކޭ

އަނާނީ ކޮފީ ހައުސްއަށް ވަދެގެން އައި އިރު، އެތަނުގައި މަޑު މަޑު މިއުޒިކެއް ހެން ޖަހާފައި ހުރީ އެ ލަވައެވެ. އޭގެ ކޮންމެ ކަނޑިއަކާ، އަނާނީއާ ގުޅުމެއް ވާ ކަހަލައެވެ. މީހަކު ގަސްދުގައި އޭނާއަށް ޙާއްސަކޮށްގެން އެ ލަވަ ޖަހާފައި ހުރީއޭ ހިތަށް އަރާފައި ހެވުނެވެ.

މިއަދު އަނާނީއަށް ވުރެ ކުރިން ޔާނިއު އައިސްފައި އިނުމުން އަނާނީ ހައިރާންވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާންވީ ޔާނިއުގެ ސިފައަށް އައިސްފައި ހުރި ބަދަލު ފެނުމުންނެވެ. އެންމެ ފަހުން އަނާނީއަށް ޔާނިއު ފެނުން އިރު ހީވަނީ ކަމީނާ ވެފައި ހުރި މީހެއް ހެނެވެ. ނަމަވެސް މިއަދު ފެންނަނީ، މަސް ޖަހާލާފައި، ކުރިއަށްވުރެ ވެސް ފަލަވެފައި ހުއްޓައެވެ. ނަމަވެސް ބަލައިބެލުމަށް ރީއްޗެވެ. ކުރިން ހުރި ކަސްރަތީ ހަށިގަނޑު ފާޅުވާން ނެތަސް، ފިރިހެންވަންތަ ކަމަކަށް ބަދަލެއް ނާދެއެވެ.

“ހައި. އަމާނީ.” އަނާނީ ގޮނޑީގައި އިށީނުމުން ޔާނިއު ވާހަކަ ފެށީ ސަމާސާ ކޮށްލަމުންނެވެ. “ރިމެމްބާ ވެން އައި ޔޫޒްޑް ޓު ކޯލް ޔޫ ދެޓް؟” އެއާއެކު އަނާނީއަށް ވެސް ހެވުނެވެ. “ތި ކުއްޖާ އަދިވެސް ހާދަ ރީއްޗޭ. ހަމަ ސޭމް އޯލްޑް.” ޔާނިއު އަނާނީއަށް ތަޢުރީފު ކޮށްލިއެވެ. ރައްދުގައި އަނާނީ ހަމައެކަނި ހިނިތުންވެލީއެވެ.

“އެކަމަކު ކިހިނެއް…؟ އަނާނީ ބަނޑުބޮޑު..” ޔާނިއުގެ ހަނދާނަށް ކުއްލިއަކަށް އައީ އެކަންތަކެވެ. މޫނުގެ ކުލަވަރު ވެސް ކުއްލިއަކަށް ބަދަލުވެފައި ސިހުނެވެ.

“އަހަރެން ވިހައިފިން. ބޭބީ ދެކިލަން ޔާން ނުވެސް އަންނަމެންނު. ބަޓް ޝީ އިޒް ޔޯޒް..” އަނާނީ ބޭނުންވީ ޔާނިއުއަށް ވާގޮތެއް ބަލައިލާށެވެ.

“ވަޓް؟ ޝީ އޭ ތިބުނީ އަންހެން ކުއްޖެއް ދޯ. އޭނަ ވައްތަރީ ކާކާތަ؟ އަނާނީގެ ރީތިކަން ލިބިފަ ހުރިއްޔާ އެ ނިމުނީ އެއްނު!” ޔާނިއުގެ އަޑުގައި ޖޯޝެއް އުފެދިގެން ދިޔައެވެ. “ދައްކަބަލަ ފޮޓޯއެއް!”

އަނާނީ ފޯނު ނަގަން އުޅޭ ކަމަށް ހަދާފައި، ފޯނުގައި އަތެއް ނުލިއެވެ. އަދި ޔާނިއުއާ ހަތަރުކަޅި ހަމަކޮށްލާފައި ބުންޏެވެ. “ޝީ އިޒް ނޯ މޯ. ބަނޑުގައި ނިޔާވީ.” އަނާނީގެ މޫނުމަތިން މިހާރު ފެންނަނީ ހިތާމައެވެ.

“ނޯ!” ޔާނިއުއަށް ބާރަށް ބުނެވުނެވެ. “ކިހިނެއް ވީ ކަމެއް؟؟” އޭނާގެ މޫނު ވެސް އުދާސްވެގެން ދިޔައެވެ. އެއާއެކު އަނާނީ، ވީ ގޮތް ރީތިކޮށް ކިޔައިދިނެވެ. ޔާނިއު އަނާނީގެ އަތުގައި ހިފައިލީ އަނާނީ މާ ދެރަވެފައި އިނުމުންނެވެ. އަނާނީއަށް ވަގުތުން އަތް ދަމައިގަނެވުނެވެ.

“ސޮރީ..” ޔާނިއު މަޑުމަޑުން ބުނެލިއެވެ. އެއަށްފަހު އެދެމެދަށް ވެރިވީ ހަމަހިމޭން ކަމެވެ. ދެން ޔާނިއު ވާހަކަ ފެށީ އޯޑަރު ކުރި އެއްޗެހި އައުމުންނެވެ.

“އަހަރެން އަނާނީ މިތަނަށް މި ގެނައީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން. މިކަންތައް އަހަރެންގެ ހިތުގައި ފޮރުވައިގެން ނުހުރެވޭ ވަރު ވީމަ. އިނގޭ އީވާ އޮތީ މީގެ ސުރުހީ އަޅައިދީފަ ކަން. އެހެންވީމަ އަނާނީއަށް މިހާރު އިނގޭނެ ކަންނޭނގެ..” ޔާނިއު ވާހަކަ ދެއްކީ ލަސްލަހުންނެވެ. އޭނާގެ ރާގުން ހީވަނީ ކުށްވެރިއަކު ކުށަކަށް އިޢުތިރާފު ވާހެނެވެ. އަނާނީއަށް ހުރިހާ އެއްޗެއް ނަގައިގަނެވުނެވެ. ނަމަވެސް، ޔާނިއުގެ އަނގައިން ބުނާ އަޑު އަހަން ބޭނުންވިއެވެ.

“މަށަކީ ވަރަށް ގޯސް މީހެއް. ވިޔާނުދާ ގޮތްގޮތަށް އުޅޭ ފިރިހެނެއް. މިކަމުގެ ތެރެއަށް ވަދެވުން ގޮތް ނުބުންޏަސް، އަހަރެން މިއީ މަސްތުގެ ދުނިޔެއަށް ދެވިހިފާފަ ހުރި މީހެއް. މަސްތުގެ ދުނިޔެއޭ މިބުނީ ޑްރަގް ބިޒްނަސް. އައި އޭމް އަ ޑީލަރ. އެކަމަކު.. އަނާނީ އަހަރެން މިކަމުން ނުކުތުމަށް މަޖުބޫރު ކޮށްފި. ދޮގެއް ނޫން މިބުނަނީ، އަހަރެން މިހާރު ބޭނުމެއް ނޫން މި ލައިފެއް. އަނާނީ..” ޔާނިއު އަނާނީގެ ދެލޮލަށް ބަލައިލިއެވެ. “އަހަރެން އަނާނީއާ ދިމާލަށް ދަމައިގަތް ފުރަތަމަ އެއްޗަކީ ތި ދެލޯ. މައުސޫމް ކަމުން ފުރިފަވާ ދެލޯ. އައި ކާންޓް ރެޒިޒްޓް ދޯޒް. އަހަރެން އަނާނީއަށް އޮޅުވާލައިގެން، އަނާނީގެ ކިބައިން އުފާ ހޯދާކަށް ބޭނުމެއް ނުވި. އަހަރެންގެ މުޅި ހިތާއި ހަށިގަނޑު އެކަމަށް ދެކޮޅު ހެދި. އެކަމަކު އިނގޭތަ؟ އަންހެން ކުދިންގެ ކައިރިން އުފާ ހޯދުމަކީ އަހަރެންގެ އާދައެއް. ދެން އަދި ތިކަހަލަ ރީތި ކުއްޖެއް އަހަރެން ދޫކޮށްލާނެތަ؟ އެކަމަކުވެސް އަހަރެން ބޭނުމެއް ނުވި. އޭރު އެއީ ކީއްވެގެން ކަމެއް ނޭނގުން. އިނގޭތަ އަހަރެން އެންމެފަހުން އަނާނީއާ އެކީ އެކަމަށް އެއްބަސް ވީ ކީއްވެގެން ކަން؟” ޔާނިއު ދައްކަމުން ދިޔަ ވާހަކަތަކުން އަނާނީ ހީބިހިނަގައިގެން ދިޔައެވެ.

“ބިކޯޒް އައި ސޯ ލަވް އިން ޔޯ އައީޒް. އެއީ ހަމައެކަނި ލަސްޓު ނޫންކަން އަހަންނަށް ދެނެގަނެވުން. އެހިސާބުން އަހަންނަށް އިނގިއްޖެ، އަހަންނަށް ވެސް އަނާނީއާ ދޭތެރޭ މި ކުރެވެނީ ތަފާތު އިޙުސާސެއް ކަން. އަހަރެން ބޭނުންވީ އަނާނީ އަހަރެންގެ މިލްކަކަށް ހަދަން. އެކަމަކު، ޙާލަތު ހުރި ގޮތުން އެކަން ކުރާނެ ފުރުސަތެއް ނުލިބުން. އެހެން ގޮސް އަނާނީ އަހަންނަށް ގެއްލުނީ..” ޔާނިއުގެ އަޑު މަޑު ވަމުން ގޮސް ހުއްޓުނެވެ. ހީވީ އޭނާގެ ކަރުބެދުނެ ހެނެވެ.

“އަހަރެން އެންމެ ސުވާލެއް ކޮށްލަންތަ؟” އަނާނީ އެދުނެވެ. އަދި ޔާނިއު ބޯ ޖަހައިލުމުން ކުރިއަށް ގެންދިޔައެވެ. “އަހަރެން ޔާންއަށް ގުޅާފަ އަހަންނާ އިންނަން އެއްބަސް ވީސް ހޭ އެހީމަ ނޭނގެޔޭ ބުނީ ކީއްވެ؟” އަނާނީގެ އަޑު ކުރެހުނެވެ. އޭނާގެ ހިތަށް އެތައް އިޙުސާސެއް އަރައި ފައިބަމުން ދިޔައެވެ. “ތެދު ތެދަށް ބުނަންޏާ ދެޓް އިޒް ވެން ޔޫ ލޮސްޓް މީ. ޔާން ކުޑަމިނުން އާނއެކޭ ބުނި ނަމަ އަހަރެން ކޮންމެވެސް ގޮތަކުން ޔާން ކައިރިއަށް އައީސް. އެންމެންނާ ފައިޓް ކޮށްގެން ވިޔަސް..”

“އަހަންނަކަށް ހިއެއް ނުވޭ އަހަރެން މިކިޔާ އެއްޗެއް އަނާނީއަށް ވިސްނޭހެނެއް. ހައު ކެން އައި މެރީ ޔޫ؟ އަހަރެން މި އުޅޭ އުނދަގޫ ދިރިއުޅުން އިނގޭނީ އަހަންނަށް. އެހެން އެންމެންނަށް ފެންނާނީ އަހަރެންގެ އަގުބޮޑު ގެއާ، މުދާތަކާ، މި އެއްޗެހި. ބަޓް ނޯ ވަން ނޯސް މައި ސްޓްރަގަލް. އަބަދުވެސް ހުންނަން ޖެހެނީ ބިރުވެރި ކަމެއްގަ. ކޮން އިރަކުން ބާއޭ އަހަންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނީ. މިހާ ހާސްކަން މަތީ އުޅެމުން ކިހިނެއް އަނާނީ އުފަލުގަ ބެހެއްޓޭނީ. އެހެންވެ އަހަރެން ބޭނުންވީ، ފުރަތަމަ މަޑުމަޑުން މިކަމުން ނުކުންނަން. މީކީ ޓަސްލާފަ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަމެއް. މިހެން ބުންޏަސް އަދި ނޭނގޭނެ.” ޔާނިއު އިތުރަށް އަނާނީއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ދެން ކީއްވެތަ ހުރިހާ އެއްޗެއް ތެދު ތެދަށް ކިޔައިނުދިނީ؟” އަނެއްކާވެސް އަނާނީ ކޮށްލީ ސުވާލެކެވެ.

“ޔެސް. ދެޓް އިޒް ވެއާ އައި ވެންޓް ރޯންގް. އެއީ އަހަރެންގެ މިސްޓޭކެއް ކަން ޤަބޫލު ކުރަން. އެންޑް އައި ރިގްރެޓް އިޓް އެވްރީ ފިރިކިންގ ޑޭ. އޭގެ ފަހުން އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ވިސްނާ ވިސްނާ މީހާއަށް އައިސް ހުރި ބަދަލު އެބަ ފެނޭ ދޯ. އެއީ އަހަރެން ސްޓްރެސް ރިލީވް ކުރަން ކުރާ ކަމަކީ ކެއުން. ހެސްކިޔާފަ ކާލެވޭ. އިތުރު އެއްވެސް ކަމަކަށް ފަރުވާއެއް ނުބެހެއްޓޭ. ޖިމަށް ދިޔުން ވެސް ހުއްޓާލައިފިން.” ޔާނިއު ކިޔައިދެމުން ދިޔައެވެ. “އަހަރެން މިއީ ކުރިން ކިހިނެއް އުޅުން މީހެއް؟ މަންމަމެން ވެސް އަބަދު ދައްކަނީ އެވާހަކަ. އަނާނީ. ޕްލީޒް ކަމް ބެކް ޓު މައި ލައިފް. ޑޭމް އިޓް، އައި ލަވް ޔޫ..” ޔާނިއުގެ އަނގައިން އެންމެފަހުން އެ ޖުމްލަ ނުކުތެވެ. އަނާނީ އިނީ ކަޅިޖަހައި ނުލައި ޔާނިއުގެ މޫނަށް ބަލަހައްޓައިގެނެވެ.

“އަދި އެއްފަހަރު ބުނެބަ..” އަނާނީއަށް އެވަރުން ނުފުދުނެވެ.

“ވަރަށް ލޯބިވޭ. ތި ނޫން ކުއްޖެއް ބޭނުމެއް ނޫން. އިނގޭތަ؟ އަންހެން ކުއްޖަކާ މިހެން ވާހަކަ ދެއްކުމަކީ އަހަންނަށް ވަރަށް ޖޯކު ކަމެއް ކުރިން. ގާރލްސް ވާރ އޮބްޖެކްޓްސް ޓު މީ. އަހަރެން ރައްޓެހިންނަށް ވެސް މަލާމަތް ކުރިން އަންހެން ކުދިން ފަހަތުން ލޯބިވެގެން، މޮޔަ ވެގެން އުޅެންޏާ. އައި ޑިޑިންޓް ބިލީވް އިން ލަވް އޯ ރޮމޭންސް ބިފޯ. އެކަމަކު މިއަދު ހުރިހާ ކަމެއް ބަދަލު ވެއްޖެ. ވަރަށް ފިލްމީ ދޯ މިހެން ބުނާ އިރު. ހެހެ.” ޔާނިއު އިސްތަށިގަނޑު ތެރެއަށް އަތް މަހައިލަމުން ބުންޏެވެ. “އަނާނީ! ލޫކަސް ކައިރިން ވަރިވޭ. ޔޫ އާ މައިން.” ޔާނިއު އެދުނެވެ.

“އެކަމަކު.. ކިހިނެއް..” އަނާނީ އިނީ ހަދާނެ ގޮތް ނޭނގިފައެވެ.

“އަހަރެން މި ދެނީ އެއް މަސް. ލޫކަސް ކައިރިން ވަރި ވެގެން އަހަރެން ކައިރިއަށް އާދޭ. އޭރުން އަހަރެން ހުންނާނީ ހުރިހާ ކަމެއް ދޫކޮށްލާފަ. އައި ވިލް މެރީ ޔޫ. އައި ޕްރޮމިސް.” ޔާނިއު ޔަޤީންކަން ދިނެވެ. އަނާނީ ބުނާނެ އެއްޗެއް ނޭނގިގެން ބޯ ޖަހައިލިއެވެ. ނަމަވެސް ޙަޤީޤަތަކީ، ޔާނިއު އެ ބުނި ކަމަކަށް ހިތުގެ އަޑިން އެއްބަސް ނުވެވޭ ކަމެވެ. ސަބަބެއް އަނާނީއަކަށް ނޭނގެއެވެ.

ޔާނިއު ކުރު ނުކޮށް ކިޔުމުން، އޭނާގެ ސައިކަލު ފަހަތުގައި ގެއަށް ދާން އެއްބަސް ވިއެވެ. ދިޔަ މަގުމަތީގައި އެކަކު ވެސް އަނގައިންނެއް ނުބުނެއެވެ. ނަމަވެސް ގެއާ ހަމައަށް ދެވުމުން، ލޫކަސް ފެނުމުން އަނާނީގެ ހިތް ބާރަކަށް ތެޅިގަތެވެ. އޭރު ލޫކަސް ވެސް ސައިކަލުގައި އެ އައީ ރައްޓެހިން ތަކަކާއި އެކީ އުޅެފައި ގެއަށެވެ. ލޫކަސްއަށް އަނާނީ ފެނުނު ކަމުގައި ވިޔަސް، ނުފެންނަ ކަމަށް ހަދާފައި ގެއަށް ވަނެވެ. އަނާނީގެ މޭ ފިނިވެފައި ވީ، ގެއަށް ގޮސް ލޫކަސް އަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. ހިލޭ ފިރިހެނެއްގެ ސައިކަލު ފަހަތުގައި އިންދައި، ފިރިމީހާއަށް ފެނުމަކީ ލަދުވެތި ކަމެކެވެ.

“ވަން މަންތް. އައި އޭމް ވެއިޓިންގ ފޯ ޔޫ.” އަނާނީ ސައިކަލުން ފޭބުމުން ޔާނިއު ހަނދާން ކޮށްދިނެވެ. އަނާނީ އަނެއްކާވެސް ބޯ ޖަހާލައިފައި، އަވަސް އަވަހަށް ގެއަށް ވަނެވެ. ޔާނިއު ސައިކަލު ދުއްވައިލި އިރު، އުދާސްކަން އެ ހިތަށް ވެރިވިއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ދުވަސްކޮށްފައި ފެނުން އިރު، އަނާނީގެ ކިބައިން ހީކުރި ކަހަލަ އުފާވެރި ކަމެއް ނުފެނުނެވެ. އެކަމުގެ ފަހަތުގައި ސިއްރެއް ވަނީ ހެއްޔެވެ؟ އަނާނީ މިހާރު ޔާނިއު މަތިން ފޫހިވީ ހެއްޔެވެ؟ ނަމަވެސް ޔާނިއުގެ ހިތުގައި އަދިވެސް އުއްމީދު އެބައޮތެވެ. އެއް މަސް ވަންދެން އަނާނީއަށް އޭނާ އިންތިޒާރު ކުރާނެއެވެ. ކެތްތެރިކަމާއެކުގައެވެ.

އަނާނީ ގެއަށް ވަން އިރު ލޫކަސް މާ ކުރިން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ނަމަވެސް އަނާނީ ގޮސް ތަޅުގައި ހިފައިލި ތަނާ ހުޅުވިގެން ދިޔައެވެ. އޭރު އޭނާގެ ހަތަރެސްފައި ފިނިވެގެން ގޮސް ހީވަނީ އެހެން ކަމެއް ހެންނެވެ. ލޫކަސް ހުރީ ގަމީހުގެ ގޮށްތައް ނައްޓާށެވެ.

“އޯހް! އަހަންނަށް ތަޅު ނުލެވޭ ދޯ! ޓިޕިކަލް މީ!” ލޫކަސްގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރި ތަނެވެ.

“ލުކް.. އައި އޭމް ސޮރީ.” އަނާނީ މަޑުމަޑުން ބުންޏެވެ.

“ތިއީ ދެން އެވަރު ކަމެއް ނޫނެއްނު. މާ ބޮޑު އެއްޗެއް ނުވެސް ފެނޭ ވިއްޔަ އަދި!” ލޫކަސް ސަމާސަކޮށްލިއެވެ.

އަނާނީ ކޮޓަރި ތެރެއަށް ވަދެގެން އައެވެ. އަދި ބުންޏެވެ. “ނޯ. ދެންމެ ތިރިން ފެނުން ކަންތައް. އެއީ ވަރަށް އެހެން ގޮތަކަށް ވީ ކަމެއް. ކުރުކޮށް ބުނަންޏާ، އެއީ އަހަރެންގެ ދަރީގެ ބައްޕަ. އައި މީން.. ބިފޯ..”

“އޯހް! ކުރިން ފެނުން ހަނދާނެއް ވޭ. އެނީވޭ، ރީތި މީހެކޭ ދޯ. އައި ސީ ވައި އިޓް އޯލް ހެޕަންޑް އިން ދަ ފަސްޓް ޕްލޭސް ހަހަހަ” ލޫކަސް އަދިވެސް ހުރީ ސަމާސާކުރަން ހިފާލާއިގެނެވެ.

“ލޫކަސް.. އޭނަ ބޭނުންވީ ދިމާވާން، ވީ ގޮތް ކިޔައިދޭން. ހީ ވޯންޓެޑް ޓު ގިވް އެން އެކްސްޕްލެނޭޝަން. އިތުރު އެއްވެސް ކަމެއް ނުހިނގާ.” އަނާނީ ހުރީ ކުށްވެރިކަން އިހުސާސްވެފައެވެ.

“ކިހިނެއްތަ ވީ؟ އަހަރެން ބުނެފިންތަ އެއީ މައްސަލައެކޭ؟ ޔޫ އާ ފްރީ ޓު ބީ ވިތު ހޫއެވާ ޔޫ ޑިޒަޔާ. އެހެން ނޫނަސް މިއީ ނަމެއްގަ ކުރި ކައިވެންޏެއްނު. ދޯ؟” ސީދާ އަނާނީގެ މޫނަށް ބަލައިލަމުން ލޫކަސް ބުނެލިއެވެ. އޭރު ލޫކަސްގެ މޫނުމަތިން ފެނުނު ހިނިތުންވުމަކީ މަސްނޫއީ އެއްޗެއްކަން އަނާނީއަކަށް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ލޫކަސްގެ ވާހަކަ ހުރި ގޮތުން، އިތުރު އެއްޗެއް ބުނަން އަނާނީ ނުކުޅެދުނެވެ. އެހެންކަމުން އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 25

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ – 16

Next
November 25, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ – 16

Previews
November 25, 2019

ފުން އިހުސާސެކޭ 25

9 Comments!

  1. Shafee says:
    November 25, 2019 at 7:06 pm

    Haaadha dhuvahei dahun thi ul kohleee.. V v v reethi mi vaahaka.. Stry kiyamun dhaairu roveyy… Anaanee kaakahbaa libeynee….. Look vx rangalhu yaaniu vx rangalhuvefa ahureee mihaaru.. Alhe dhera gothei nahdhahchey ameehunan…
    Dhn bai kn dhuhaakun tha up koaaanee…
    Alhe maadhn kolladheyveyne tha..
    Adhi vx bunelan stry v v v rythi…
    Kiyaaa iru loa mathin sifa vey hama…????????

  2. Shafee says:
    November 25, 2019 at 7:09 pm

    Knme part ehga vaki hisaaabei indhey ebah indhikolhah..
    Shafee ge phone massala tha or esfiya massalatha …??? Alhr adhi vx eh part up kohlla dheyn v nun….

  3. Shafee says:
    November 25, 2019 at 7:15 pm

    When next part eh kohlla dheyneee…
    Rply kohlaba miyah…kiriyaaan vx vaan othiyyaaa…
    Stry reethi v hama nuhurevigen..

    Ekm up kohdheyne dhuhei buneeema adhuhaaakah wait kohllaaanan… ??

  4. Yanaa says:
    November 25, 2019 at 9:04 pm

    Haadha inthizaarakah fahu ga ey dhw….Anyways mi part thah varah varah reethi????? maa sha Allah.waiting for the next part.????

  5. shaai says:
    November 25, 2019 at 10:41 pm

    wow… haadha dhuvaheh kohffa thi up Kohlee…
    haadha reychey mi story
    …
    when next part?

  6. Lim says:
    November 27, 2019 at 7:42 am

    Oh my goodness.. so happy nidhikokhu vx ekkoh filaifi mi vaahaka fenunyma.. thanks v bodah kon irakun ehen baeh genesdheyny

  7. Un ... says:
    November 27, 2019 at 3:33 pm

    Story varah salhi … masha allah … anaany aa yaan aa gulhihjehyaa adhi vakin furihama vaane …

  8. ®@@ñ! says:
    November 27, 2019 at 5:51 pm

    Kn irakun next part….. V v reethi ♥️♥️♥️ inthixaaruga mihunnanee .. ….

  9. Anon says:
    November 27, 2019 at 9:27 pm

    I am so happy that u are finally back..vv inthizaaru kirevijje.. Ishasha ge faraathun rangalhu kollan edhey ehen kameh eba oeh.. kituntheringe comments thakah replyv kohla dhinun not imdividuallh okay hama overall koh emmen edhey kanthah thakuge javabu 1 comment in dhinas.. dhen kon irakun next part upkohdheyny

Comments are closed.

Next Episodeފުން އިހުސާސެކޭ 27←


All Right Reserved!