Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުޑަކުދިންގެދީނީ

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (އެއްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 17, 2022 2 Mins Read
0 Comments

“ކޮބާތަ މަންމިގެ ދޮންދޫނި. ކޮބާހޭ ކޮބާހޭ މަންމިގެ ރަންދޫނި.” ކަބަޑު ތެރެއަށް ފިލަން ވަދެ އޮތް ޢަބްދުﷲއަށް މަންމަގެ އަޑު ކައިރިން އިވުމުން ދެލޯ މަރާލިއެވެ. ހަމަ އެވަގުތު އެކަބަޑުގެ ދޮރުފަތް ހުޅުވުމުން ޢަބްދުﷲ ދެލޯ ހުޅުވާ މައްޗަށް ބަލައިލިއެވެ. އެވަގުތު ޢަބްދުﷲގެ މަންމަ ބާރަށް ޕޮއް ކިޔާލިއެވެ.
“ނޯ. މަންމި މާ އަވަހަށް ކޮއްކި ތި ހޯދީ..” ޢަބްދުﷲ ކަބަޑުތެރެއިން ފައިބަމުން ބުނެލިއެވެ.
“އެހެންތަ؟ އެކަމަކު މަންމި މިހުރީ ލޮޑުވެފަ.” ޢަބްދުﷲގެ ގައިގައި ބައްދާލަމުން އޭނާގެ މަންމަ ބުނެލިއެވެ. “މިހާރު ބަންގި ގޮވީ. އަވަހަށް ހިނގާ ނަމާދުކޮށްލަން. ޤުރުއާން ކިޔަވާލާފަ ސައިންސް ވެސް ދަސްކޮށްލަން ޖެހޭނެ. ކޮއްކި ބުނީމެއްނު މިސް ބުންޏޭ މާދަން ޓެސްޓު އޮންނާނޭ.”
“އުހުން. އަދި މެތްސް ޓެސްޓުވެސް އޮވެޔޭ އޭގެ އަނެއް ދުވަހު. ކޮއްކޮ ޖެހޭނެ ފިލާވަޅު ދަސްކުރަން. ނަމާދު ނުކުރެވޭނެ.” ބޮޑާ ހާކާލަމުން ޢަބްދުﷲ ބުނެލިއެވެ.
“ދަރިފުޅު ގާތު މަންމަ އަބަދުވެސް ބުނަމެއްނު ސުވަރުގެ އާ ނަރަކަގެ ވާހަކަ. ބަސްނާހާ ކުދިން ނަރަކައަށް ދާނީ. ބަސްއަހާ ކުދިން ސުވަރުގެ އަށް ދާނީ. ދަރިފުޅަށް އެނގޭތަ ބަސްއަހަން؟” ޢަބްދުﷲގެ ބޮލުގައި ފިރުމާލަމުން ލޮތްބާއެކު ޢަބްދުﷲގެ މަންމަ ބުނެލިއެވެ.
“ޖެހޭނީ މަންމިއާ ބައްޕިގެ ބަސްއަހާފަ ސްކޫލުގަ މޮޅު ކުއްޖަކަށް ވާން.” ޢަބްދުﷲ ވިސްނާލަމުން ޖަވާބުދިނެވެ.
“އަދި ޖެހޭނޭ މާތްﷲއާ އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް އުޅެން. ދަރިފުޅަށް އެނގޭތަ ﷲ ލޯބިވެ ވޮޑިގެންވާނެ ފަސްވަގުތު ބަރާބަރަށް ނަމާދު ކުރާ ކުދިން ދެކެ. އަދި އެކަލާންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ލޯބިވެ ވޮޑިގެން ވާނެ. އޭރަށް ދޫންޏަށް މަންމަގެ ބަސްވެސް އެހޭނެއްނު ދޯ.” ޢަބްދުﷲއަށް ވިސްނައިދޭން ޢަބްދުﷲގެ މަންމަ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޢަބްދުﷲ ހުރީ ނަމާދުނުކުރާން ވެގެންނެވެ.
ނަމާދު ވަގުތު ފާއިތުވި ފަހުން ހުރިހާ ފިލާވަޅެއް ހަދާ ނިންމާލުމަށްފަހު އައިސް މަންމައަށް ފޮތްތައް ދައްކާލިއެވެ. ނަމަވެސް ޢަބްދުﷲގެ މަންމަ ޢަބްދުﷲއަށް ބަލައިވެސް ނުލިއެވެ. އެކަމާ ޢަބްދުﷲ ނުހަނު ދެރަވެއްޖެއެވެ. އަދި މަންމަގެ މޫނުގައި ޢަބްދުﷲގެ ދެއަތުން ހިފަހައްޓާލުމަށްފަހު މަންމާއޭ ކިޔާ ގޮވާލިއެވެ.
“ދަރިފުޅަށް އެނގޭތަ؟ މަންމަ ވަރަށް ދެރަވެފަ މިއިނީ. އެއީ ދަރިފުޅު ނަމާދު ނުކުރީމަ. މާތްﷲ ލޯބިވެ ވޮޑިގެންވާ ކުދިންދެކެ މަންމަވެސް ލޯބިވަނީ. އެކަލާނގެ ނުރުއްސަވާ ގޮތަށް އުޅުނީމަ މަންމަ ވަރަށް ދެރަވާނެ.” ޢަބްދުﷲގެ ދެއަތުގައި ހިފަހައްޓާލަމުން މަންމަ ބުނެލިއެވެ. ޢަބްދުﷲ ބޯޖަހާލީ މަންމަ ދެރަނުކުރާން ވެގެންނެވެ. މަންމަ ބުނެގެން ޢަބްދުﷲ ޢިޝާ ނަމާދު ކުރިއެވެ. ނަމަވެސް ނަމާދުގައި ކިޔާ އެއްވެސް ދުޢާއެއް ނުކިޔައެވެ. އެއް މިނެޓު ވީއިރު ނަމާދުކޮށް ނިންމާލިއެވެ.
އެރޭ ރޭގަނޑު ކައިގެން ފިލާވަޅު ދަސްކުރުމަށްފަހު ޢަބްދުﷲ ނިދީ އަނެއް ދުވަހު ސުކޫލުގައި ނަގާ ސައިންސް ޓެސްޓުން ފުލްމާކްސް ލިބޭނެ ކަމުގެ އުންމީދުގައެވެ. އަނެއް ދުވަހު ސުކޫލަށް ދާން ހޭލުމަށްފަހުވެސް އެއްފަހަރު ފޮތް ކިޔާލުމަށްފަހު ސުކޫލަށް ދާން ތައްޔާރުވިއެވެ.
ދުވަހުގެ ގަޑިތައް ފާއިތުވަމުން ގޮސް ޢަބްދުﷲ ސުކޫލުން އަންނަ ވަގުތު ޖެހިއްޖެއެވެ. ޢަބްދުﷲގެ މަންމަ ދިޔައީ ސުކޫލު ނިންމާލާފައި ޢަބްދުﷲ ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ކުއްލިއަކަށް ވަރަށް ބާރަށް ދޮރު ހުޅުވާލުމަށްފަހު ދޮރު ޖަހައިފިއެވެ. ޢަބްދުﷲގެ މަންމަ އަވަސް އަވަހަށް ގޭގެ ދޮރު ކައިރިއަށް ގޮސް ބަލައިލިއެވެ. އޭރު ޢަބްދުﷲ ރުޅި މޫނު ހަދައިގެން ހުރެ ކުރިއަށް އަންނަނީއެވެ. ޢަބްދުﷲގެ މަންމަ އަވަސް އަވަހަށް ގޮސް ޢަބްދުﷲ ކައިރިން ސުވާލުކޮށްލިއެވެ. ނަމަވެސް ޢަބްދުﷲ އޭނާގެ މަންމަ އަތް ފޮޅުވާލުމަށް ފަހު ކުރިއަށް ދިޔައެވެ.
“ސައިންސް ޓެސްޓުގަ އެންމެ ސުވާލަކަށް ޖަވާބު ދެވުނީ. ދެން ސުވާލުތަކުގެ ޖަވާބު ނޭނގުނު.” މުޅި ގޭތެރެއަށް އަޑުއިވޭ ވަރަށް ޢަބްދުﷲ ހަޅެއް ލަވައިގަތެވެ.
“މަންމަ އަބަދުވެސް ހަނދާންކޮށްދެމެއްނު ދުޢާ ކިޔަން. ނަމާދުކޮށް ނިންމާލުމަށް ފަހުވެސް ވާނެ ދުޢާ ކުރަން. މިއަދު ޓެސްޓުން އެހެން ވިއަސް މާދަން ހިސާބު ޓެސްޓުން އިންޝާ ﷲ ފާސްވާނެ. ދަރިފުޅު ދުޢާ ކުރައްޗޭ. މަންމަވެސް ދުޢާ ކުރާނަން. އަދި ބައްޕައަށް ގުޅާފަ ބުނެދޭނަން ކޮއްކޮއަށް ދުޢާ ކޮށްދެއްޗޭ.” ޢަބްދުﷲގެ މަންމަ ޢަބްދުﷲ އަށް ނަޞޭޙަތްތެރިވިއެވެ. ޢަބްދުﷲ އައިސްފައި ހުރި ރުޅިގަނޑު ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ވަގުތުން ހިނިތުންވުމާއެކު ބޯޖަހާލިއެވެ.
އެދުވަސް ޢަބްދުﷲ ހޭދަކުރީ ފިލާވަޅު ކިޔުމުގައެވެ. އަދި ﷲއަށް ދުޢާ ދެންނެވުމުގައި ދެމިހުއްޓެވެ. ޖެހިގެން އައި ދުވަހު ސުކޫލުން އައިސް ޢަބްދުﷲ އަށް ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދެވުނު ވާހަކަ ބުނުމުން ޢަބްދުﷲ މަންމަ ވަރަށް އުފާވިއެވެ. އެދުވަހު ޢަބްދުﷲއަށް ދުޢާ ކުރުމުގެ މުހިންމުކަން ވިސްނުނެވެ. އަދި ކޮންމެ ކަމެއް ކުރާއިރުވެސް އެކަލާނގެއަށް ދުޢާ ކުރަން ޖެހޭނެކަންވެސް އިނގުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ލޯތްބައް އެދެމޭ 7

Next

ޙާލަތު (ހަތަރުވަނަ ބައި)

Next
August 17, 2022

ޙާލަތު (ހަތަރުވަނަ ބައި)

Previews
August 17, 2022

ލޯތްބައް އެދެމޭ 7



All Right Reserved!