Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ތިންވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 14, 2022 5 Mins Read
2 Comments

ނާއިކް އަހަރުގެ އެންމެ ފަހު އިމްތިޙާނަށް ތައްޔާރުވަމުން ދިޔައިރު ނާހިލްވެސް ދިޔައީ އެއަހަރުގެ ބޮޑު އިމްތިޙާނަށް ތައްޔާރުވަމުންނެވެ. ޒުނާމްވެސް އެގެއަށް އައުން މަދުވީ އޭނާ މިހާރު ކިޔަވަމުންދާ މާރކްޓިން ކޯހުގެ އިމްތިޙާންތައްވެސް ކުޑަތަން ވަމުން ދިޔައިތީއެވެ. ނާއިކް ޓެސްޓުގެ ނަތީޖާ ބަލަން ދިޔަ ދުވަހަކީ ނާހިލް ރާއްޖެ އަންނަން ފުރި ދުވަހެވެ. ގްރޭޑް ނުވައެއްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ނާއިކްއަށް ލިބުނުކަން އިއުލާން ކުރި ވަގުތު އޭނާއަށް އަމިއްލަ ނަފްސަށް ފަޚުރުވެރި ވެވުނީ، އޭނާއަށް އެނިޢުމަތް ދެއްވި މާތްﷲގެ މަތިން ހަނދާން ނައްތާލަމުންނެވެ. އެތަނުން އޭނާއަށް ޙަސަދަވެރި ލޮލެއް އަމާޒުވިކަންވެސް އޭނާއަކަށް ނޭނގެއެވެ.

އެޗުއްޓީ ވެގެން ދިޔައީ ނާއިކްއަށް އައި އެންމެ ފޫހި ޗުއްޓީއަށެވެ. ގޭގައި އެކަނި އިންނަން ޖެހުމުން އޭނާ އިތުރަށް ފޫހިވެއެވެ. ނާހިލް ނާއިކްއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވެއެވެ.

“ނާއީ ކީއްވެތަ މިޗުއްޓީގައި މަޖާ ކަމެއް ނުކޮށް ތިހުންނަނީ؟” ހެނދުނުގެ ނާސްތާއަށް ކާމޭޒު ދޮށަށް އައިސް ގޮނޑި ދަމާލި ނާއިކްއާ ނާހިލް ސުވާލުކޮށްލިއެވެ.

“ދޮންބޭ. ނާއީ ކާކާ އެއްކޮށްތަ ދާނީ؟ ނާއީ އަކީ އެލޯން ބޯއީއެއް. ނާއީގެ ފްރޭންޑަކީ ކޮޓަރި. ވަރަށް ފޫހިވެސް ވޭ މިގޮތަށް އުޅެން. އެކަމަކު އެއްކަލަ ދުވަހުގެ ފަހުން ނާއީ އަބަދުވެސް އެކަނި އުޅެނީ.” ދެރަވެފައި ނާއިކް ވާހަކައެއް ބުނެލި އަޑު ނާހިލްއަށް އެއިވުނީ ހަތް އަހަރު ފަހުންނެވެ.

“ނާއީ ގާތު ދޮންބެ މިހުރީނު. ކީއްވެ ނާއީ އެލޯން ބޯއީ އަކަށް ވާންވީ. ދޮންބެ އަބަދުވެސް ބުނަން ދޮންބެ މިހުރީ ނާއީ ގާތުއޭ. ހިނގާ މިޗުއްޓިގައި މަޖާ ނަގަން. އެހެންނޫނީ ނާންނާނެ ކަންނޭނގެ ނާއީއާ ދޮންބެ އެކަނި މަޖާ ނެގޭނެ އަހަރެއް. ހެހެހެ.. އުޅޭ މިއަދު މޫދަށް ދާން.” ނާހިލް ފުރުޞަތުގެ ބޭނުން ހިފަމުން ބުނެލިއެވެ.

“އޯކޭ. ނާއީއަށް މިހާރު ފަތަންވެސް ނޭނގޭނެ ކަންނޭނގެ. މިހާރު ކިހާ ދުވަހެއް މޫދަށް ނުދާތާ ވެސް. ބޯވާ ނަގަން ދާހިތްވަނީ. ދެން ދޮންބެ އަންނަ އަހަރުގެ ފަހުން މިރަށުގަތަ އުޅޭނީ؟ އޭރަށް ނާއީ އަނެއްކާވެސް ދާން ޖެހޭނެ އެހެން ތާކަށް ކިއަވަން..” ނާއިކް އޭނާއާ ލޯބިން ވާހަކަދައްކާލި އަޑު އިވުމުން ނާހިލްގެ ހިތް އުފާ ވިއެވެ.

“އޯހް ނޯ. ނާއީ އަށް ފަތަން ނޭނގޭތީ ދޮންބެ ހާދަ ޝޮކް ވެއްޖޭ. ދެން މިއަދު ބޯވައެއް ލިބޭތޯ ވެސް ބަލަން ވާނެ ދޯ. މިހާރުވެސް ކުޅުދިޔާ ވެއްޖެ. ނާއީއާ ހެދި ދެން މިތަށްޓަށް ސޮނި އެޅިގެން ނުވެސް ކެވުނިއްޔާ.” ނާއިކްއަށް ލޯ އަޅާލަމުން ނާހިލް ބުނެލިއެވެ. ނާއިކް ހެވެމުން ގޮސް ކޮށި އަރައިގަތުމުން ނާހިލް ދެބުމަ އަރުވާލިއެވެ.

“ދޮންބެގެ.. ކުއްހު ކުއްހު.. ކަންތަކޭ މީ.” ކެއްސުމުގެ ތެރެއިން ނާއިކް ބުނެލިއެވެ.

އެތަށް ދުވަހަކަށް ފަހު ނާއިކްއަށް ހިތްހަމަ ޖެހުމެއް ލިބުނީ އެދުވަހުއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު އަމާންކަން މަތީއެވެ. ނާއިކް ނާހިލްއާއެކު މަސްބާނަން ގޮސް މަޖާ ކުރިއެވެ. އެމަޖާތަކުގައި ޒުނާމްވެސް ބައިވެރިވެއެވެ. ނާހިލް ދެމުން ދިޔަ ނަޞޭޙަތްތައް ނާއިކް އަޑުއަހާ ހިތެއް ނުވެއެވެ.

ޗުއްޓީ ނިމި ދިޔައީ ނާއިކްގެ ހިތަށް ހަމަ ޖެހުމެއް ލިބިގެންނެވެ. ދީނާމެދު މާބޮޑަށް އެނގެން ބޭނުން ނުވިއަސް ފަރުޟު ފަސް ނަމާދު ކުރަން އޭނާގެ ހިތުގައި ޢަޒުމު ކަނޑައެޅިއެވެ.

އާއަހަރު ފެށުން ދުވަހު ނާއިކް ދިޔައީ ނުހަނު ފޮނި އުންމީދު ތަކާއެކުއެވެ. އޭނާގެ ކިޔެވުމުގެ އެންމެ ފަހު އަހަރު މަންމައާ ދޮންބެ ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމުގެ ޢަޒުމުގައެވެ. ކުލާހުގައި އެކަނި އިންނަން ޖެހުނު ނަމަވެސް އޭނާގެ ކިޔެވުމަށް ބުރައެއް ނުދޭން ހިތުގެ އަޑިން ވަޢުދުވިއެވެ. ޓޮޕް ޓެން އެއްވަނައިގައި އަޙްމަދު ނާއިކްގެ ނަން ގޮވުމުން އޭނާ ގޮސް ތަށީގައި ހިފާ މަންޒަރު ލޮލަށް ސިފަވެގެން ދެއެވެ.

ސުކޫލު ހުޅުވުން ފަހުން ހަފްތާއެއް ވަންދެން ރަށުގައި ހުރުމަށްފަހު ނާހިލް އެނބުރި ސަޢުދީއަށް ކިޔަވަން ދިޔައެވެ. ނާހިލްގެ ހިތުގައިވެސް ވަނީ މަންމަ ފަޚުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ނެރުމެވެ. ކިޔެވުމަށްޓަކައި ބުރަ މަސައްކަތް ކުރަން ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.

ނާއިކް ގައިގައި ބައްދާލުމަށްފަހު ނާހިލް ބޯޓަށް އެރީ އޭނާގެ ކޮއްކޮގެ ބޯމައްޗަށް ބަރުކުރަމުން ދިޔަ ކަޅު ބޯ ވިލާތައް ނުފެންނަ ހާލުއެވެ. އެންމެ ފަހުން ނާއިކް އޭނާ ގާތު ބުނެލި ލަފުޒުތަކުން އޭނާގެ ހިތުގައި ކޮއްކޮއަށް ޓަކައި ޙަމްދަރުދީއެއް އުފެދުނެވެ.

“އަނެއްކާވެސް ނާއީ އެކަނިވީ ދޯ.” ދެރަވެލާފައި ނާއިކް ބުނެލިއެވެ.

ނާއިކްއަށް ނޭނގޭ އެކަނިވެރިކަމެއް އެދުވަހު އިޙުސާސް ކުރެވެމުން ދިޔައެވެ. ގެއަށް އައިސް އަޞުރު ނަމާދުކޮށްގެން ފިލާވަޅު ހަދަން އިއްތާލުމަށް ފަހުވެސް ފޫހިވެގެން މަންމަ ގާތުން ފޯނު ހޯދިއެވެ. އަދި ނާހިލްއަށް ގުޅަން ފެށިއެވެ.

“ސަލާމް. ކިހިނެއްވީ؟ މާވަރަކަށް ގުޅަނީ؟ މަންމަ ބަލީތަ؟” ނާއިކް ހަލޯއޭ ބުނުމުން ނާހިލް ބުނެލިއެވެ.

“ނޫން. ނާއީ ފޫހިވާތީއޭ. އެސައިމެންޓު ހަދާ ހިތްވެސް ކެނޑިއްޖެ. މާދަން ސުކޫލަށް ދާއިރަށް އެބަޖެހޭ ބަޔޮލޮޖީ ފިލާވަޅުވެސް ހަދަން. އަދި އެބޮތް ދިވެހިން ދުއިސައްތަ ބަހާއި ތިން ސަތޭކަ ބަހާއި ދޭތެރޭގެ އާރޓިކަލްއެއްވެސް ލިޔަން ޖެހޭ.” ފުން ނޭވައެއް ދޫކޮށްލަމުން ނާއިކް ބުނެލިއެވެ.

“ދެން ދޮންބެ ހެލްޕްވާނަން ނާއީއަށް. އިށީނދެބަލަ ފިލާވަޅު ހަދަން. ކޯޗެއްތަ ނޭނގިގެން ތިއުޅެނީ؟” ނާހިލް ބުނެލިއެވެ.

މަޣްރިބް ނަމާދަށް މިސްކިތަށް ދިޔަ ގޮތަށް ނާއިކް ގެއަށް އައީ އިޝާ ނަމާދު ފަހުންނެވެ. އެވަގުތު ޒުނާމްވެސް ގެއަށް އައުމުން ނާއިކް ފޫހި ފިލާ ގޮތްވިއެވެ. ދެމީހުން އެކީ ވަގުތު ހޭދަ ކުރުމަށްފަހު ޒުނާމް ގެއަށް ދިޔައީ ނާއިކް ނިދަން އެރުމުންނެވެ.

ޖެހިގެން އައި ހަފްތާގައި ނާއިކް އުޅުނީ ބުރަކޮށެވެ. ކެމިސްޓްރީ ޓެސްޓަކަށް ތައްޔާރުވާށެވެ. ނާހިލްގެ ޔުނިވާސިޓީ ހުޅުވުނީ ވެސް އެހަފްތާގައެވެ.

***

“ޑޭޑް. އަދިވެސް ނުނިމޭތަ؟ އެ ނާއިކް އަދިވެސް އުޅެނީ އެއްވަނައިގަ. ކުރިން ދުވަހު ނެގި ޓެސްޓަކުން ވެސް އޭނާ ފުލް މާކްސް ހޯދި. ހިޝާމްއަށްވެސް ގޮތެއް ހަދަން އަހަރެންނަށް ފެންނަނީ. އޭނާވެސް އަހަރެންނަށް ވުރެ މޮޅު ވިއްޔާ..” ރަޒާން އޭނާގެ ބައްޕަގެ ޙާއްސަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ބުނެލިއެވެ.

“ދަރިފުޅު ހާސް ނުވޭ. ޑޭޑް މިހުރީނު. ދަރިފުޅު ބުނާ ކޮންމެ ކަމެއް ޑޭޑް ކުރާނަން. ތި ހިޝާމްގެ ކަންތައްވެސް މި ފެށުނީ. ހަހަހަ..” ބާރު ހިނިގަނޑަކާއެކު ރަމީޒު ބުނެލިއެވެ. ރަޒާން އޭނާގެ ބައްޕަގެ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ.

****

މަޣްރިބް ނަމާދަށް ފަހު މިސްކިތުގައި ޤުރުއާން ކިޔަވަން އިން ނާހިލް ސިހިގެން ދިޔައީ މީހަކު ފަހަތުން އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ނާހިލް ފަހަތް ބަލައިލި އިރު އެތަނުގައި މެދު އުމުރެއްގެ ފިރިހެން މީހެއް އިއްތާލަނީއެވެ. ކުޑަކޮށް ފަޅާފައި ހުރި ތުނބުޅީގައި ނުރަ ޖަހާފައި ހުރިއިރު އެމީހާގެ ބޮލުގައިވެސް ނުރަ ހުއްޓެވެ. ކަޅު ކުލައާ އަޅި ކުލައިގެ ގޮޅި ޖެހި ގަމީހަކާއެކު ކަޅު ފަޓުލޫނެއް ލައިގެން ހުރި އެމީހާގެ ހަށިގަނޑުގެ ކުލަ ފުދޭވަރަކަށް އައްޔެވެ.

“ނާހިލް ދޯ. ބޭބެ ދަންނަން ތަ އަނެއްކާ؟” ލުއި ހީލުމަކާއެކު އެ ފރިހެން މީހާ ބުނެލިއެވެ. އެމީހާ ދިވެހި ބަހުން ވާހަކަދެއްކުމުން އެއީ ދިވެއްސެއްކަން އޭނާއަށް އެނގުނެވެ. ޔުނިވާރސިޓީގެ ތެރެއިން އެމީހާ ފެނުނު ހަނދާން ވާން ފެށިއެވެ. އެމީހާ ފެންނަނީ ކޮން ތަނަކުންކަން ހަނދާންވި ވަގުތު ނާހިލްގެ އަތް ފައި ފިނިވިއެވެ.

“ހް.. ހެހެ.. ލައްބަ ނާހިލް. ޔުނިވާރސިޓީ އިން އަޅުގަނޑަށް ވަރަށް ގިނައިން ފެނޭ.” މީހާ ހަމައަކަށް އަޅުވާލަމުން ނާހިލް ބުނެލިއެވެ.

“ދަރިފުޅާ. އެކޮޔަށް ބޭބެ ފެންނަނީ ހަމަ އެކަނި މިތާ ތެރެއިން ތަ؟” އެމީހާ ކޮށްލި ސުވާލުން ނާހިލް ސިހިގެން ދިޔައެވެ. އެމީހާ އެހެން ތާކުން ފެނުނީ ކޮން ތަނަކުން ތޯ ވިސްނެން ފެށިއެވެ.

“ދަރިފުޅުމެން ރަށު ޔޫސުފްބެ އެއްނު މީ. އަނެއްކާ ދަރިފުޅަށް ރީތި ކުއްޖެއް ގޮވައިގެން ބޭބެއަށް އުޅެވޭތީ ތަ ޔުނިވާސިޓީއިން އެކަނި ފެންނަ ހަނދާން ވަނީ.” ޔޫސުފްގެ ޖުމްލަ އަޑު އިވުނު ނާހިލް މިފަހަރު ދެލޯ ބޮޑުވެގެން ދިޔައެވެ. ޔޫސުފްއަށް އޭނާގެ ހިތް އެނގެނީ ތޯ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.

“ކް.. ކިހިނެއްވީ؟” ނާހިލްއަށް ވާހަކަދެއްކުނީ އިހުތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“ހެހެ. ބޭބެއަށް ވަރަށް ގިނައިން ދަރިފުޅު ފެނޭ ބޭބެމެންނަށް ބަލަނިކޮށް.” ޔޫސުފް ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ހިތް އާދާޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. “އަސްލު ބޭބެ މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން. ބޭބެ މާދަމާ ރާއްޖެ ދާން ފުރަންވެސް ޖެހޭ.”

“ކޮން ވާހަކައެއް؟” ނާހިލްއަށް އަހާލެވުނެވެ.

“ހާދަ ވަރަކަށް އެނގެން ބޭނުންވެފަ. ހެހެ. ވަރަށް ބޮޑު އެދުމެއް. ދަރިފުޅު ވަރަށް އުފާވާނެ ކަންނޭނގެ. އެއީ.. ބޭބެގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅާ ދަރިފުޅު ކައިވެނި ކުރުން..” ޔޫސުފްގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އޭނާއަށް ސިހިފައި ޔޫސުފްގެ މޫނަށް ބަލައިލެވުނެވެ.

“ނައުޝާ..” ނާހިލް އަށް ނައުޝާގެ ނަން ކިޔާލެވުނެވެ.

“ހްމްމް. ކިހިނެއްވީ؟ މިއީ ނައުޝާގެ އެދުމެއް. އެއްގޮތަކަށް ވެސް ބޭބެ ބުނިއްޔެއް ނޫން ނައުޝާ ގާތު ނާހިލްއާ ކައިވެނި ކުރަން. އެކަމަކު ނައުޝާ ބޭބެ ގާތު ބުނީ ނާހިލް ގާތު އަހާލަ ދީބަލާށޭ.” ޔޫސުފް ނާހިލްގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

“އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑުގެ ކިޔެވުމުގެ އެންމެ ފަހު އަހަރު މީ. އެހެންވެ ކައިވެނި ކުރަން ބޭނުމީ ކިޔެވުން ނިންމާ ވަޒީފާއަކަށް ގޮސްފަ..” ނާހިލް އޭނާގެ ހިނިތުންވުން ފޮރުވާ ސީރިއަސް ވެލަމުން ބުނެލިއެވެ.

“ހެހެ. އެންމެ ރަނގަޅު. ނައުޝާވެސް ކިޔަވަން މިތާ އުޅޭ އެންމެ ފަހު އަހަރު މީ. އޭނާވެސް ބޭނުންވަނީ މިއަހަރު ކިޔަވާ ނިންމާލުމަށް ފަހު މިކަން ކުރަން.” ޔޫސުފް ނާހިލްގެ ކޮނޑަށް އަތް ލިއެވެ. ނާހިލް ލުއި ގޮތަކަށް ހީލިއެވެ. “ބޭބެ ގޮސްލީއޭ މިވަގުތަށް. ދިއުމުގެ ކުރިން އެބަ ޖެހޭ ފިހާރައަކަށްވެސް ވަދެލަން. ދަރިފުޅުގެ ނަންބަރު ބޭބެއަށް ދެވިދާނެތަ؟”

ނާހިލް އޭނާގެ ނަންބަރު ޔޫސުފްއަށް ދިނުމުން ޝުކުރު އަދާކުރުމަށްފަހު އޭނާ ދިޔައެވެ. ޔޫސުފް ދިޔަ މަންޒަރު ބަލަން އިން ނާހިލްހެ މޫނުމައްޗަށް ވެރިވީ ދުވަހަކު ފިލައިގެން ނުދާނެ ފަދަ އުޖާލާވީ ހިނިތުންވުމެކެވެ.

ނަމަވެސް އޭނާއަށް އެހިނިތުންވުން އުމުރު ދުވަހަށް ދެމެހެއްޓެން އަންނަނީ އަޑި ގުޑަން ތަކެއް ހުރަސްކުރުމަށް ފަހުގައެވެ. އެކަން އަދި އޭނާއަށް ރެއަކާ ނުލައެވެ.

އެސެމްބްލީ ނިންމާލުމަށްފަހު ކުދިންތައް ކުލާހަށް ވަންނަމުން ދިޔައެވެ. ފިރިހެން ކުދިންގެ ލައިނުގެ އެންމެ ފަހަށް ހުންނަނީ ނާއިކް ކަމަށް ވުމުން އޭނާއަށް ކުލާހަށް ވަދެވުނީ އެންމެ ފަހުންނެވެ. ކުލާހަށްވަދެ ގޮނޑީގައި ހަމަޖެހިލުމަށް ފަހު ނާއިކް ކުލާސްތެރެއަށް ނަޒަރު ހިންގާލިއެވެ. ދެކުދިން ތިންކުދިން ގުރޫޕު ހަދައިގެން އެކި ވާހަކަ ދައްކަމުން ދިޔަ އިރު އެކަނި އިނީ އޭނާއެވެ. އެވަގުތު ކުލާހުގައި ޓީޗަރެއް ނެތުމުން ކުލާސްތެރެ ވަކިން ފޯރި ގަދަވެފައި ވިއެވެ. ނާއިކްގެ ކަޅި ބޭރަށްދަތުރު ކުރިއެވެ. ބޭރުން ފެންނަމުން ދިޔަ ފުނަ ގަހުގެ ކައިރީގައި ކާޅުތައް ގޮވަމުން ދިޔައިރު އެތަނުގެ ހިތްގައިމުކަން ފެނި މީހަކު އާޝޯހު ވާނެއެވެ. ނާއިކް އެމަންޒަރު ބަލަން އިނީ އެތަނުގެ ހިތްގައިމުކަން ފެނިފައެވެ. އެފަދަ މަންޒަރު ބަލަން ނާއިކް ނުހަނު ޝައުޤުވެރިވެއެވެ.

“ނާއީ..” ނާއިކް ސިއްސައިގެން ދިޔައީ ފަހަތުން ކުއްޖަކު އޭނާގެ ކޮނޑުގައި ޖަހާލަމުން ކައިރީ ހުރި ހުސް ގޮނޑީގައި އިށީނުމުންނެވެ. އެއަޑު ޖެހުނު ވަގުތު އެއަޑުގެ ވެރިއަކީ ކާކުކަން އޭނާ ނަގައިގަނެފިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އެދުވަހު ލޯބިން 10

Next

ހިތުގައި ވޭ ތިޔަ ނަން…3

Next
August 14, 2022

ހިތުގައި ވޭ ތިޔަ ނަން…3

Previews
August 14, 2022

އެދުވަހު ލޯބިން 10

2 Comments!

  1. Nayaa Nayaa says:
    August 14, 2022 at 1:07 pm

    Masha Allah haadha reethi story ekey.. U are very talented Aayaa.. Curiously waiting for the next episode 🤗🤗❤️❤️❤️

    1. Aayaa Aayaa says:
      August 15, 2022 at 3:30 pm

      Thank you so much nayaa..🥰❤️
      Will upload next episode soon in Sha Allah..🧡🧡

Comments are closed.

Next Episodeޙާލަތު (ހަތަރުވަނަ ބައި)←


All Right Reserved!