Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފު (ހަތަރުވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
June 16, 2024 5 Mins Read
8 Comments

“ކަމެއް ވެއްޖެ.. ރޭގަ އެހެން ކަހަލަ ހުވަފެނެއްވެސް ފެނުން.” ފޯނު ކަންފަތާ ދުރުކޮށްލަމުން ޔަޒްދާން ބުނެލިއެވެ. އެމޫނުމަތީ އޭރު ހުރީ ސީރިއަސްކަމެވެ.

އިރުކޮޅެއް ވަންދެން އަތަށް ފެންއަޅަން މަންހަލް ހުއްޓެވެ. ކަމެއް ހަނދާންވީ ފަދައަކުން އޭނާ އަވަސް އަވަހަށް އިސްކޫރު ބަންދުކުރިއެވެ. އެއަށްފަހު އޭނާ އުޅުނީ މުރުޝިދާއަށް ކޮފީ ގިރައިދޭށެވެ. ނިކަން ފަރުވާތެރިކަމާއެކު އޭނާ ހުރިހާ ކަމެއް ކުރީ ދެންމެ ތަހައްމަލް ކުރި ކަންތައް އަލުން ތަކުރާރު ވުމަށް ނޭދޭތީއެވެ. މުރުޝިދާއަށް ކޮފީތަށި ދިނުމަށްފަހު މަންހަލް ސިޓިން ރޫމުން ނުކުންނަން ދިޔައެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ބެލް އަޅާލި އަޑު އިވުމާއެކު، ޝަފްނާ އޭނާ ގާތުން ދޮރު ހުޅުވަން ދާން ބުނުމުންނެވެ.

ދޮރުގެ ކުރިމަތީ ހުއްޓިލުމަށްފަހު މަންހަލް ބުރުގާ ރަނގަޅު ކޮށްލިއެވެ. ރަތްވެ، ފިހިފައި ހުރި އަތް ފުރަގަހަށްލާ ފޮރުވަމުން އޭނާ ދޮރު ހުޅުވާލިއެވެ. ކުރިމަތީ ޔަޒްދާންއާއެކު ތިބީ ނުވެސް ދަންނަ ދެ ފިރިހެނެކެވެ. ރޭގެ ހުވަފެން ހަނދާންވުމާއެކު މަންހަލްގެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލިހެންވެސް ހީވިއެވެ. ޖެހިލުންވެފައި ހުރެ އޭނާ ޔަޒްދާންއަށް ބަލައިލިއެވެ. ބަހެއް ބުނުމެއްނެތި ޔަޒްދާން އުޅުނީ އެތެރެއަށް ވަންނާށެވެ. އެހެނަސް މަންހަލް ދޮރުމަތީގައި ހުރުމުން އޭނާ މަޑު ޖެހިލީއެވެ.

“މޭމް އެބަ އުޅޭ. ބުނެލާފަ އަންނާނަން..” އެމީހުންނަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އޭނާ ދޮރު ޖެހިއެވެ. ހަމަ ގައިމުވެސް އޭނާގެ އެޢަމަލުން ޔަޒްދާން ހުރީ ހައިރާންވެފައެވެ.

ސިޓިން ރޫމުގެ ދޮރު ކައިރިއަށް ގޮސް މަންހަލް އިރުކޮޅަކު ހުއްޓެވެ. ޝަފްނާއަށް ގޮވާލަން ނުކެރިފައެވެ. ޒިއާމްއަށް މަންހަލް ފެނުމުން އޭނާ ޝަފްނާއަށް ލޮލުގެ އިޝާރާތުން މަންހަލް ދައްކާލިއެވެ. ފޫހިވެފައި ހުރެ ޝަފްނާ ހޫމް އަޑެއް ލައްވާލިއެވެ.

“އެބަ ތިބި ޔަޒްދާންމެން އައިސް..” މަޑުމަޑުން މަންހަލް ބުނެލިއެވެ. ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވިހެން ޝަފްނާ ތެދުވިއެވެ. ކައްސާލައިގެން ބިންމައްޗަށް ނުވެއްޓުނީވެސް ކިރިޔާއެވެ.

“ތިމީހުން ދޭ އަހަރެންގެ ރޫމަށް ވަންނަން..” މުރުޝިދާގެ އަތުގައި ހިފާ ތެދުކޮށް ކޮޓަރި ހުރި ދިމާއަށް އިނގިލި ދިއްކުރަމުން އޭނާ ބުންޏެވެ. ޝަފްނާގެ ހަރަކާތް ހުރިގޮތުން ޒިއާމްވެސް އޭރު ހުރީ ކޮޅަށް ތެދުވެއެވެ.

“އަހަރުމެން ދާންވީނު އެހެންވީ އިރު.. މާގިނައިރު ތިބެވިއްޖެ. ބެކް ސައިޑުން ނިކުމެވޭނެ ގޮތެއް ނީންނާނެތަ؟” ވީގޮތެއް ނޭނގުނަސް، ޝަފްނާގެ ހަރަކާތްތަށް ހުރިގޮތުން ގެއަށް އައި ބަޔަކަށް އެމީހުން ފެންނަން ނޭދޭކަން ޒިއާމް ދެނެގަތެވެ.

“ނޫން އިންނާނެ.. އަވަސް ދޭބަލަ ދެން..” ޒިއާމްގެ އަތަށް ދަމަމުން، މުރުޝިދާގެ ބުރަކަށީގައި ހިފާ ގޮތަކަށް ކޮށްޕާލަމުން ޝަފްނާ ދެންވެސް އެދުނެވެ. ޒިއާމްއާ މުރުޝިދާ ނިކުމެގެން ދަންދެން ޝަފްނާ ތަސްބީހައެއްހެން އަވަސްކުރާށޭ ކިއެވެ.

“ދޭ ވައްދަން.. ތި އަތް ދައްކައިގެން ނުވާނެ. ހަނދާންކުރާތި! އޭނާ އެންމެ ފަހަރަކު ސުވާލުކުރިއަސް ދެން ތިއަތުން އެއްވެސް ކަމެއް ނުކުރެވޭ ވަރު ކުރާނަން..” ޝަފްނާ އަމުރުކޮށްލިއެވެ. މަންހަލް ދިއުމުން ސޯފާގައި އިށީނދެ ހަމަޖެހެން މަސައްކަތް ކުރިއެވެ.

“ވަދޭ..” ހެދުމުގެ އަތްކުރިއަށް ދަމާލުމާއެކު މަންހަލް ދޮރު ހުޅުވާލިއެވެ. ޔަޒްދާންގެ ފަހަތުން ދެން ތިބި ދެމީހުންވެސް ވަނެވެ. ފެންޑާގެ ތެރެއަށް ވަދެފައި ޔަޒްދާން ފަހަތަށް އެނބުރި މަންހަލްއަށް ބަލައިލިއެވެ.

“ކޮންތާކަށް ދާންވީ؟ އަދި އަލަށް މިގެއަށް މިއައީ..” ޔަޒްދާން ސުވާލުކުރިއެވެ. ޖަވާބެއް ނުދީ މަންހަލް އެރީ އެމީހުންގެ ކުރިއަށެވެ. ކުރިއަށް ހިނގައި ނުގަނެވިގެން އުޅެނިކޮށް ޔަޒްދާން އޭނާގެ އަތުގައި ހިފާ ފަހަތަށް އަނބުރާލިއެވެ.

“ހާދަ ތަފާތުގޮތަކަށް ތިއުޅެނީ.. ޝަޔޫ ކޮބާ؟” ސީދާ މަންހަލްގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ ޔަޒްދާން ވާހަކަދެއްކިއެވެ. އަތަށް ވަމުން ދިޔަ ތަދާއެކު މަންހަލް އުޅުނީ މޫނުމަތިން އެއަސަރު ނުދައްކާވޭތޯ ބަލާށެވެ. އެހެނަސް އެތާ ދިގުކޮށް ހުރި ޒުވާނާއަށް އެމަންޒަރު ފެނިއްޖެއެވެ. މަންހަލް އަތް ދަމައިގަންނަން އުޅެނިކޮށް އެޒުވާނާ ޔަޒްދާން ގާތު އެވާހަކަ ބުނެފިއެވެ. ދެވަނަ ފަހަރަށް މަންހަލްގެ އަތަށް ބަލައިލި ޔަޒްދާންއަށް ފިހިފައި ހުރިތަން ފެނިއްޖެއެވެ. އެއާއެކު، ޔަޒްދާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“ކް.. ކިހިނެއްވެފަ.. މިހުރީ؟” އެތަނަށް ފަރުވާތެރިކަމާއެކު ނަޒަރު ހުއްޓާލަމުން ޔަޒްދާން ސުވާލުކުރިއެވެ. ކިތަންމެ ތަދުވިއަސް ހެޔޮކަމަށް މަންހަލް އޭނާގެ އަތް ޔަޒްދާންގެ އަތުގެ ތެރެއިން ދަމައިގަތެވެ.

“ޝަޓް އަޕް ޔަޒްދާން..” އަޑަށް ހަރުކަށިކަމެއް ވެރިކުރުވަމުން މަންހަލް ބުނެލިއެވެ. އެމީހުންނަށް ފުރަގަސްދީ ސިޓިން ރޫމަށް ދެވެން އޮތް ހަނި މަގުގެ ތެރެއިން އޭނާ ހިނގައިގަތީ ޔަޒްދާން ސުވާލުކުރުމުގެ ފުރުސަތެއް ނުދީއެވެ. “އެއީ މިއަދު ރޮށި ފިހަން އުޅެނިކޮށް ހޫނުފެން ވެރިފަ.. ސާފު ވެއްޖެދޯ..”

ނަސީބަކުން ޔަޒްދާންވެސް އިތުރު ސުވާލެއް އޭނާއާ ނުކުރިއެވެ. މަޑުމަޑުން މަންހަލްގެ ފަހަތުން ހިނގާފައި އައީއެވެ.

“ދާން..” ޔަޒްދާންގެ މޫނު ފެންނަން ވީއިރު ނިކަން ދިގުކޮށް ޝަފްނާ އޭނާއަށް ގޮވާލައިފިއެވެ.

“ނުބައި ކޮޅަކުން އިރުއެރި ދުވަހެއް ތޯއްޗެއް.. ވަރުގެ ކޮޅަށް ނަލަހެދިގެން އަށެއް ޖަހަން ވީއިރު..” ފޫޅަށް އިވޭހާ މަޑުން ޔަޒްދާން ބުނެލި ޖުމްލަތައް އަޑުއިވުނު މަންހަލްގެ ގާތަށް ހިނިއައެވެ. އައިޒިންއާ ފައުޒާންވެސް ޒާތަކަށް ހިނިއައި ނަމަވެސް، ނުހަނު އަވަހަށް އެހިނިތުންވުން ފޮރުވައިފިއެވެ.

“ފަހަރީ..” ނިކަން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޔަޒްދާން ގޮސް ޝަފްނާއާ އަތާއަތް ޖޯޑުކޮށް ސަލާމްކޮށް ލިއެވެ.

‘ކިހިނެތް ހާލުކޮޅު؟” ހެވިފައި ހުރެ ޝަފްނާ ސުވާލުކުރިއެވެ.

“ރަނގަޅު ރަނގަޅު، ފަހަރި ކިހިނެތްތަ؟” ޔަޒްދާންގެ މޫނުމަތިން ފާޅުވާން ހުރީ ލާނެތްކަމެވެ.

“އަޅެ ދާން ނޫނިއްޔާ އަދިވެސް ފަހަރި ކިޔާ މީހަކުނެތް. ދެން ހުއްޓާލަން ވެއްޖެއްނު ދޯ.. ދޮންބެއާ ޑިވޯސްވިތާ ކިހާ އަހަރެއް މިވަނީ..” ސޯފާގައި އިށީންނަން ތަން ދައްކަމުން ޝަފްނާ ބުނެލިއެވެ. “މަންނު ދޫނި، މިކުދިންނަށް ކޮފީ ގިރައިގެން ގެނެސްދީބަލަ..”

“އަހަރެން ނޫނީ ފަހަރި ކިޔާނެ މީހަކުވެސް ނުހުންނާނެ ދޯ.. ލޯބިންނޭ އެހެން ކިޔަނީ..” މަންހަލް ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ޔަޒްދާން ޖަވާބު ދިނެވެ.

“ކޮން ކުދިންނެއް ގޮވައިގެން ތިއައީ އަނެއްކާ؟ ލަދުން ނުތިބެ ސޯފާގައި ޖައްސާލަބަލަ..” ޝަފްނާގެ ފުށުން މިހާރު ފެންނަނީ މުޅިން ތަފާތު ކުލައެކެވެ. ދެ ޒުވާނުން ސޯފާގައި އިށީންނަމުން ވަރަށް ފަރުވާތެރިކަމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. އަވި އައިނު އަޅައިގެން ތިބުމުން އެމީހުންގެ ލޮލެއް ޝަފްނާއަކަށް ނުފެނެއެވެ.

“މިއީ އައިޒިން. ދެން އެއިނީ ފައުޒާން. އަހަރެންނާއެކު ވޯކްކުރާ ކުދިން މިއީ..” ޔަޒްދާން ޝަފްނާއަށް އޮޅުން ފިލުވައިދިނެވެ. ޝަފްނާއަށް ބަލައިލަމުން ދެމީހުންވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

“ޝަޔޫ ނޫޅޭތަ؟ އޭނާ ހޯދަންވެގެންނޭ މިއައީ..” އަހަން ނާހަން ހުރެފައިވެސް އެންމެ ފަހުން ޔަޒްދާން ސުވާލުކުރިއެވެ. ޝަފްނާގެ މޫނުމައްޗަށް އެރި ކުލަވަރު ފަރުވާތެރިކަމާއެކު ބަލަން އިން ދެޒުވާނުން ނޯޓު ކުރިއެވެ. ޔަޒްދާން އިނީ އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިގެންނެވެ. ޝަފްނާ ކުޅޭހާ ޑްރާމާތަކަށް ހެއްލިގެންނެވެ.

“އޯހް ޝަޔޫ ދޯ.. އޭނާ މިއަދު އެދިޔައީ މާލެއަށް. ކޮލެޖަށް ވަންނަން ހިނގާށޭ ކިޔާކިޔާ އާދޭސް ކުރީމައި އެންމެ ފަހުން ދާން އެއްބަސް ވެއްޖެ.. ނުބުނޭތަ ދާން ކައިރީ؟” ނުތަނަވަސްކަން ފޮރުވާ ހިނިތުންވެލަމުން ޝަފްނާ ބުނެލިއެވެ.

“މިއަދު ދާ ވާހަކައެއް ނުބުނޭ. އެކަމަކު ބުނި މަންމަ ވަރަށް އެބަކިޔައޭ ކިޔަވަން ދާން..” ހިނިގަނޑަކާއެކު ޔަޒްދާން ބުންޏެވެ.

“ވަރަށް އަވަހަށް ދަތުރުގެ ކަންތައް ހަމަޖެހުނީ. އެހެންވެ ނުބުނެވުނީ ކަމަށް ވާނީ..” ޝަފްނާގެ ވާހަކ ނުނިމެނީސް މަންހަލް އައިސް މޭޒުމަތީގައި ތިން ކޮފީތަށި ބެހެއްޓިއެވެ. ތިން ޒުވާނުންވެސް ކޮފީތަށި ނަގަމުން ޝުކުރުއަދާކުރިއެވެ.

“މަންނު ނުދޭތަ ކިޔަވާކަށް؟ އޭލެވެލް ނަތީޖާވެސް ވަރަށް ރަނގަޅު ދޯ..” ޔަޒްދާން މަންހަލްއަށް ދޯ ދިނެވެ. އޭނާ ގަދަކަމުން ހިނިތުންވެލަމުން ސިޓިންރޫމުން ނިކުމެގެން ދިޔައީއެވެ.

“މަންނުވެސް ފޮނުވާނަން. މިވަރަށް ކިޔަވާފަ ހުއްޓާކަށް އެއްގޮތަކަށް ވެސް ދައްތަ ހިތްހަމައެއް ނުޖެހޭ.. ކޮންމެސް ސެޓްފިކެޓެއް އޮންނަން ވާނެ މިޒަމާނުގަ އަންހެން ކުއްޖަކަށް ވިއަސް.” ޝަފްނާގެ ވާހަކަތަކުން އެއަށްވުރެ ބޮޑަށް އެހެންމީހަކު މަންހަލްއަށް އަޅާލާހެނެއް ހިޔެއްނުވެއެވެ. މަންހަލްގެ ވާހަކަދައްކާއިރު އޭނާ އެވަރަށް އަކުރުތަކުގައި މާޖަހައެވެ.

އެތަށް އިރެއްވަންދެން އެމީހުން ވާހަކަދައްކަން ތިއްބެވެ. ބޮޑަށް ދެކެވުނީ ޝަޔަމްއާ މަންހަލްގެ ކިޔެވުމުގެ ވާހަކައާ ޔަޒްދާންގެ ވަޒީފާގެ ވާހަކައެވެ. ޝަފްނާ ގަޔާނުވިއަސް ޔަޒްދާން ދަންދެން ޕުލާސްޓިކު ހިނިތުންވުމެއް ވެރިކުރުވައިގެން އިނެވެ. ޔަޒްދާންމެން އެގެއިން ދިޔައީ މަންހަލް ސައި ހެދުމުން އެންމެން އެއްކޮށް ހެނދުނުގެ ނާސްތާވެސް ކޮށްގެންނެވެ.

“ޝަޔޫގެ ވާހަކައެހީމަ އޭނާއަށް ކިހިނެއްތަ ވީ؟” އެގެއިން ނިކުމެ ސައިކަލަށް އަރަމުން ޔަޒްދާން އައިޒިންމެން ގާތުން ސުވާލުކުރިއެވެ.

“ހަމަ ރަނގަޅަށްވެސް އޭނާ ބިރުގަތް. ކަލޭ ފެނުނީއްސުރެ އޭނާ އިނީ ހާސްވެފަ.” ފައުޒާން އައިޒިންގެ ސައިކަލު ފަހަތަށް އަރަމުން ޗޮކެއް ކަނޑާލިއެވެ. ޔަޒްދާން ޖަހާލީ ހިނގަނޑެކެެވެ.

“ރަނގަޅު ކަމެއް ކުރާކަށް ނޫން އެއުޅެނީ. ޝަޔޫ މާލެ ފޮނުވާފަ އަހަރެންނަށް ނުގުޅޭ ގޮތް ހަދާފަ އެހުރީ.” ސައިކަލުގައި އެމީހުން އައިސް މަޑުކުރީ ގެސްޓް ހައުސް ކައިރިއަށެވެ. އެންމެން އެއްކޮށް އެތެރެއަށް ވަންނަން ދަމުން ޔަޒްދާން ވާހަކަދެއްކިއެވެ.

“ކަލެއަށް ހީވޭތަ އޭނާ އަމިއްލަ ދަރިއަށް ގޮތެއް ހަދާފާނެހެން..” ޔަޒްދާންގެ ކޮނޑުގައި އައިޒިން ބޮނޑިއެއް އަލާލިއެވެ.

“ކަލޭ ތިހީކުރަނީ އެސޮރު ބިރުގަންނަނީ ޝަޔަމްއަށް ގޮތެއް ހަދާފާނެތީހެންތަ؟ އެސޮރު އެއުޅެނީ ރީތި މަންޖެ ކުރިމަތިން ގެއްލިދާނެތީ. ދީވާނާ ބަލި ޖެހިފައޭ އެހުރީ އޭނާއަށް.” ފައުޒާން ހުންނާނީ މީހަކާ ދިމާކުރާނެ ފުރުސަތެއް ނުލިބިފައެވެ. “ރަށަށް ދިޔައީމަ އެމަންޖެއާ ގުޅޭނީ ޝަޔަމް ހުރެގެން ދޯ. ރީތިމަންޖެ އަތުގަ ފޯނެއް ނޯންނާނެއޯ..”

“މޭބީ އަހަރެން މި ކަންތައް ކުރަނީ..” އަމިއްލަ ނަފްސަށް ކަހަލަ ގޮތަކަށް ބުނެލުމަށްފަހު ޔަޒްދާން ކޮޓަރިއަށް ވަނެވެ. އައިޒިންއާ ފައުޒާން އަތާ އަތް ޖަހާލުމަށްފަހު ކޮޓަރިއަށް ވަތްއިރު ޔަޒްދާން ހުރީ ކޮންމެސް މީހަކަށް ގުޅައިގެންނެވެ.

“ކާކު ފޯނު ބާއްވާފަ ތިއައީ؟” ޔަޒްދާން އޭނާގެ ފޯނު ކަންފަތާ ދުރުކޮށްލަމުން ސުވާލުކުރިއެވެ. ފައުޒާން އޭނާގެ ޖިންސް ޖީބުން ފޯނު ނަގާ ދައްކާލިއިރު އައިޒިން އުޅުނީ ފޯނު ނުފެނިގެންނެވެ. އައިޒިންގެ ފަރުވާކުޑަކަމަށް ކުދިކިޔަމުން ޔަޒްދާން އަނެއްކާވެސް ބޭރަށް ނިކުތީ ފޯނު ބަލައިދާށެވެ.

އިރުކޮޅެއް ފަހުން ޔަޒްދާން އައިސް ކޮޓަރިއަށް ވަނެވެ. ފަރުވާކުޑަ ގޮތަކަށް އައިޒިންއަށް ފޯނު އެއްލުމަށްފަހު ޔަޒްދާން އައިސް އެނދަށް ވެއްޓިގަތެވެ. އެނދުމަތީ ދެފައި ވަށްކޮށްލަމުން އައިޒިން ފޯނު ހުޅުވާލިއެވެ. މަތީ އެނދުގައި އޮވެފައި، ފައުޒާން އެނދުން ފުންމާލައިގެން އައިސް އައިޒިން ކައިރީގައި އިށީނދެ ފޯނަށް ބޯދިއްކޮށްގެން އޮތެވެ.

“ކަލޭ ބޯ ދުރުކުރީމަ ދޯ މަށަށް އެއްޗެއް ފެންނާނީ.” ފައުޒާންގެ ބޮލުގައި ޖަހާ ދުރަށް ކޮށްޕާލަމުން އައިޒިން ބުންޏެވެ. ދެމީހުންވެސް އުޅުނީ ފޯނުން ކޮންމެސް އެއްޗެއް ބަލަން ވެގެންނެވެ.

“ތި އަވަސް ކޮށްބަލަ. މަގޭ އަޑުއަހާ ހިތްވެއޭ އެމަންޖެގެ އަޑު.. އެ ޖާދުވީ އަޑު. މަގޭވެސް ދީވާނާ ކޮށްފިއޭ..” ފައުޒާން އައިޒިންގެ ފޯނާ ކައިރިވެލަމުން ކިޔާލިއެވެ. ދެމީހުން މަންހަލްގެ ވާހަކަ ދައްކަމުން ދިޔަހެން ހީވެ ޔަޒްދާން ބޯ ހިއްލާ އެދެމީހުންނަށް ބަލައިލިއެވެ.

“ތިއައީ މަންނުގެ ފޮޓޯ ނަގައިގެންތަ؟” ޔަޒްދާންގެ އަޑު އެދެމީހުންނަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އެމީހުން ތިބީ ފޯނަށް ގެއްލި ހުސްވެފައެވެ. ޕިސްޕިސް ކިޔާލަމުން ޔަޒްދާން އަނެއްކާވެސް ބާލީހުގައި މޫނު ފޮރުވާލިއެވެ.

“އޮޅާލަބަލަ..” އަނެއްކާވެސް ފައުޒާން ބުނެލި އަޑު އިވުނެވެ. އައިޒިން މަޑުކޮށްބަލާށޭ ކިޔެވެ.

ކުއްލިއަކަށް އިވުނީ އަންހެން ކުއްޖެއްގެ ބާރު ހަޅޭކެއްގެ އަޑެވެ. ވޭނާއި ކެކުޅުން އެއަޑުގައި ވިއެވެ. ޔަޒްދާން އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

މަގޭ މާއިލް 24

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…39

Next
June 16, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…39

Previews
June 16, 2024

މަގޭ މާއިލް 24

8 Comments!

  1. Lily says:
    June 17, 2024 at 12:22 pm

    Heyyyyy Aayaa
    Mi part ves vrh vrh reethi Masha Allah <3
    Comment eh nukohlevunas kiyaalan ingeyy😭

    1. Aayaa Aayaa says:
      June 17, 2024 at 5:37 pm

      Heii Lily..
      Thank you so much, your comment means a lot to me! ☺️🤍

  2. Cutie girl says:
    June 18, 2024 at 10:45 am

    Mi part ves v reethi masha Allah
    Can’t wait for next part

    1. Aayaa Aayaa says:
      June 19, 2024 at 10:35 am

      Thank you cutie girl. In sha Allah miadhu part 5 upload kollanan! ☺️🤍

  3. Someone says:
    June 18, 2024 at 10:57 am

    Hiii. Vv reethi vhk eh. Comment nukurevey ehaa ginainneh cuz handhaaneh nuhurey. But abadhuves kiyan. And Insha Allah abadhuves kiyaanan
    Btw, I’m thinking of writing a story esfiya ga. Would you mind giving me some tips 😂
    Love ur storiess

    1. Aayaa Aayaa says:
      June 20, 2024 at 3:57 pm

      Thank you Someone! 😁
      Tips dww..🤭😅 Furathama rangalhu plot eh nagaa. Dhen timeline eh hadhafa rangalhah vaahakaige vaane kanthah tharuthybu kolla.. Mivaru okay?
      All the best! 🥰🤍

  4. No one says:
    June 22, 2024 at 8:54 pm

    Nice story 😍
    I love your storys so much 🥰❤️

    1. Aayaa Aayaa says:
      June 24, 2024 at 6:32 am

      Thank you!😊🤍

Comments are closed.

Next Episodeއިންސާފު (ފަސްވަނަ ބައި)←


All Right Reserved!