“ބައް…ޕް..ޕަ..” މަންހަލްގެ އަޑުއައީ ކެނޑި ކެނޑިގެންނެވެ. ޔަޒްދާންއަށް އެހިސާބަށް އާދެވުނީ އެހިނދުގައެވެ. މަންހަލްގެ ކޮނޑުގައި ހިފާލަމުން އޭނާ ކުރިމަތީ ހުރި މީހާއަށް ބަލައިލިއެވެ. ޔުނިވާސިޓީއަށް ދިޔަ ދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭންކަމާއެކުއެވެ. ޝަޔަމްއާއި ޖާވިދުވެސް ބަހެއް ނުބުނެއެވެ. އިއްޔެގެ ހޫނު ޒުވާބަށްފަހު އެކަކުވެސް އިސްވެ ވާހަކަދައްކަން ބޭނުންނުވީއެވެ. ދޭތެރެ ދޭތެރެއިން ޝަޔަމްގެ ނަޒަރު ޖާވިދަށް ހުއްޓެއެވެ. ޖާވިދުގެ ހާލަކީވެސް އެއީއެވެ. ކާރު ޔުނިވާސިޓީ ކައިރިއަށް މަޑުކޮށްލުމާއެކު ޝަޔަމް ދޮރުގައި ހިފާލީ އަވަހަށް ފައިބަންވެގެންނެވެ. އެއްފަހަރު ނުހުޅުވިގެން ދެތިން […]
މަންހަލް ލަދުގަނެފައި އެސްފިޔަތައް ތިރިކޮށްލީއެވެ. ލުއި ހިނިތުންވުމެއް ޔަޒްދާންގެ ތުންފަތަށް ވެރިވިއެވެ. މަންހަލްއާއި ގާތަށް ފިޔަވަޅެއް އަޅާލާ އޭނާގެ ނިތުގައި ޔަޒްދާން ބޮސްދިނެވެ. މަންހަލްގެ އުނަގަނޑުގައި އަތް އަޅުވާ ދަމާލުމާއެކު އޭނާގެ ގައިގައި ބައްދާލައިގެން ޔަޒްދާން ހުއްޓެވެ. ދުރުކޮށްލަން ބޭނުންނުވެފައެވެ. ޓެރަސްގައި ހުރި ސަންބެޑުގައި ޖައްސާލައިގެން ޝަފްނާ އޮތެވެ. ވާރޭ ވެހި ހުއްޓާލާފައި ވުމުން އެހެން ރޭތަކާއި ޚިލާފަށް އެރޭ މާފިނިގަދައެވެ. އޭނާގެ އަތުގައި އޮތް ފޯނުން ވައިބާއަށް ވަދެ ނަންބަރެއް ސާޗުކޮށްލާފައި ޑަޔަލް ކޮށްލިއެވެ. “ހެލޯ.” […]
“އޭގެ މާނައަކީ އަހަރެމެންނަށް އެކުގައި ވަގުތު ހޭދަކުރެވޭނޭ، އަހަރެމެންނަށް އެކަކު އަނެކަކު ދަސްކުރެވޭނޭ. އޭގެ މާނައަކީ އަހަރެމެންނަށް އެކަކު އަނެކަކުދެކެ އިތުރަށް ލޯބި ވެވޭނެ!” މަންހަލްގެ ލޮލުގެ ތެރެއަށް ގެނބިހުރެ ޔަޒްދާން ބުންޏެވެ. މަންހަލް ޔަޒްދާންއަށް ބަލަން ހުއްޓާ ޔަޒްދާން ފާހަނައަށް ވަދެގެން ދިޔައީ އޭނާގެ ކޯތާފަތަށް ބޮސްދީފައެވެ. އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ކަނާއަތް ޖައްސާލެވުނީ ބާރު ބާރަށް ތެޅެމުން ދިޔަ މެއާ ދިމާލުގައެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މަންހަލްއާއި […]
“ގުޑް މޯނިން ބަޓަފްލައި، މަކަރު ނަހަދާ ދެން ތެދުވަން އުޅޭ!” މޯޅިއަކަށް ދެމިލަމުން ޔަޒްދާން މަންހަލްއަށް ބުނެލިއެވެ. ވަގުހިފީމާ މަންހަލްވެސް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ޔަޒްދާންގެ ނަޒަރު އަމާޒުވެފައި ވަނީ މަންހަލްއަށެވެ. އެނދުމައްޗަށް ރަޖާގަނޑު ގުޅައަކަށް ޖަހާފައި ޔަޒްދާންއައީ އެނދުން ތެދުވާށެވެ. ފާހަނާއަށް ދަމުން މަންހަލްއާއި ގާތްވެލާ އޭނާ ދެން ކޮށްލި ކަމަކުން މަންހަލްގެ ވިންދު އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ޔަޒްދާން ފާހަނައަށް ވަނީމާ މަންހަލް އެނދުން ތެދުވެގެން ގޮސް ލޯގަނޑުން އަމިއްލަ ނަފްސަށް […]
“އަނބި ގަބޫލުކޮށްފިން.” ޔަޒްދާންގެ އަޑު މިފަހަރު ސިޓިންރޫމުގައި ތިބި އެންމެންނަށްވެސް އިވުނެވެ. މަންހަލްގެ ކަންފަތަށް އެއަޑު ފޯރުމާއެކު މުޅި މީހާގެ ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ކައިވެނީގެ މަޖިލިސް ނިންމާލުމަށްފަހު އެންމެން އެކުގައި ތެދުވިއެވެ. ޔަޒްދާން މަންހަލްއަށް ރަން ހަވާލުކުރުމާއެކު ދެމީހުންގެ ގާތަށް އާއިލާގެ މީހުން އެއްވެއްޖެއެވެ. ޒަހީނާ އައިސް ޔަޒްދާންގެ ގައިގައި ބައްދާލިއިރު އޭނާގެ ލޮލުން ކަރުނަ އައިސްފިއެވެ. “ޔަޒްދާން ބައްޕަހުރިނަމަ ވަރަށް އުފާވާނެ.” ޒަހީނާއަށް ބުނެވުނެވެ. އެވާހަކަތައް އިވުމުން މަންހަލްގެ ލޮލުންވެސް […]
“މުހައްމަދު ޔަޒްދާން!” ސުހައިލް ގޮވާލިއެވެ. “މަންހަލް ގޮތެއް ނިންމައިފި.” ކައިރިހުރި ފެންތަށި ނަގާ އޭނާ ފެންފޮދެއް ބޯލިއެވެ. އެންމެންނަށްވެސް ނޭވާ ހިފަހައްޓާލެވުނެވެ. ސުހައިލް ބުނާނެ އެއްޗެއް ބެލުމަށް އެންމެންވެސް ތިބީ ކެތްމަދުވެފައެވެ. އިތުރަށް ވާހަކަދައްކަން އަނގަހުޅުވާލި ތަނުން ސުހައިލް ކޮށިއެރީއެވެ. ޖަވާބު ލަސްވެގެން ދިޔަ ކޮންމެ ހިނދެއް ޔަޒްދާންގެ ހިތުގެ ތެޅުން އިތުރުކުރުވިއެވެ. ސުހައިލްގެ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ އިނީ އެތެރެއަށް ދަމާލި ނޭވާ ދޫކޮށްލުމެއްވެސް ނެތިއެވެ. “ޔަޒްދާންއާއި ކައިވެނިކުރަން މަންހަލް އެއްބަސްވެއްޖެ.” ސުހައިލްގެ އަނގައިން […]
ދެމީހުންގެ ގިސްލުމުގެ އަޑު ސިޓިން ރޫމުގައި ގުގުމާލުމާއެކު ޔަޒްދާންއާއި ޒަހިނާގެ ދެލޯވެސް ފެން ކަޅިވިއެވެ. ސޯފާގައި އިން އަންހެންމީހާ ތެދުވެގެން އައިސް މަންހަލްގެ ފަހަތުން ބައްދާލިއެވެ. “ދޮންބެ.” ދެމީހުން ދުރުވެލުމާއެކު މަންހަލް ގޮވާލިއެވެ. “މަންހަލް.” ފަހަތުގައި ހުރި ނަސްރާ އައިސް މަންހަލް ގައިގައި ބައްދާލިއެވެ. “ކިިހިނެއް ދޮންބޭބެގެ ކުޑަދޫންޏާ؟ ކޮންތާކު މިހުރިހާ ދުވަހަކު ތިއުޅުނި؟” މަންހަލްގެ ބޮލުގައި ފިރުމާލަމުން ސުހައިލްއަށް ހުރިހާ ސުވާލުތަކެއް ކޮށްލެވުނީ އެއްފަހަރާއެވެ. “ބައްޕައާއި ދޮންބެ ކޮބާ؟” ކަރުނަތަކުގެ ތެރެއިން މަންހަލްއަށްވެސް ސުވާލުކުރެވުނެވެ. ނަސްރާއާއި […]
ޔަޒްދާން އޭނާއަށް ބަލައިލުމާއެކު ނުކެރިފައި ހުރެ އޭނާ ބޯޖަހާލިއެވެ. މިއީ އޭނާ ޔަޒްދާންގެ ސައިކަލު ފަހަތަށް އަރާ ފުރަތަމަ ފަހަރަށް ނުވިއަސް އޭނާ ހިތް އަވަސްވާ ގޮތްވިއެވެ. ވާރޭގެ ތެރެއަށް ނިކުމެ އޭނާ ޔަޒްދާންގެ ފަހަތުން ހިނގައިގަތެވެ. ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ގެއަށް ވަދެވުމާއެކު ކޮނޑުގައި އަޅުވައިގެން އައި ދަބަސް ބިންމައްޗަށް ދޫކޮށްލިއެވެ. ބޫޓު އެއްކައިރިއެއްގައި ބެހެއްޓުމަށްފަހު ލައިގެން ހުރި ޖެކެޓް ބާލާފައި އެއްލީ ޖާވިދަށެވެ. ކަންނެތް ހިނގުމެއްގައި […]
“އެއީ ކޮންބައެއް؟” ހިތްނުރުހިފައި ހުރުމުން ޝާނީގެ ގާތުން މަންހަލްއަށް އަހާލެވުނީވެސް ނުރުހިފައިހުރި ރާގެއްގައެވެ. “ބަސްއަހާ ނަރުސްއާ ބަސްނާހާ ނަރުސް.” ޝާނީ އޭނާގެ ޅައަޑުން ބުނެލިއެވެ. “ކީކޭ؟” މަންހަލްއަށް ބުނެވުނެވެ. “އެއްދުވަހު ޝާނީ ބަލިވެގެން ދިޔައީ ޑޮކްޓަރަށް ދައްކަން. ދެން ޑޮކްޓަރ ބުނީ ޝާނީ އަތަށް ކައްޓެއް ޖަހާށޭ ޖެހޭނީ. ދެން ބަސްނާހާ ނަރުސް އައިސް ޝާނީ އަތަށް ކަށި ޖަހަން އުޅެ އުޅެ ނުޖެހުން. ހަމަ ޝާނީ އަށް އައްދޮ ކުރަނީ. އެއްފަހަރު ޖަހާފަ އަނެއްކާވެސް ނައްޓަވާލަނީ. […]