ޔަޒްދާން އޮތް އެނދާ ޖެހިގެން ދެ އެނދު ދޫކޮށްފައި ހުރި ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލެވުނު ހިނދު މިފަހަރުވެސް މަންހަލްއަށް ފެނުނީ ބުޅި އިސްތަށިގަނޑެއް އޮންނަ ކުއްޖަކު ކުޑަދޮރު ކައިރިން ދުރަށް ދަނިކޮށެވެ. އޭނާ މިފަހަރު ކުޑަކޮށް ބިރުގަނެއްޖެއެވެ. ޔަޒްދާންގެ އަތުގައި ހިފާލާފައި އޭނާގެ މޫނަށް ބަލައިލިއިރު އެމޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. މަންހަލްއަށް ބަލަން އޮވެފައި ޔަޒްދާން އެއްލޯ މަރާލިއެވެ. “ހޯލްޑް މައި ހޭންޑް ފޯރެވާ..” ޔަޒްދާން މަންހަލްގެ އަތަށް ބާރުކޮށްލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް […]
މެލޭޝިޔާގެ މައި އެއާޕޯޓުން އެދެބަފައިން ބަހެއްގައި ދިޔައީ އެގައުމާއި ސިންގަޕޫރާ ދެމެދުގެ ބޯޑަރުގެ ކައިރިއަށެވެ. އެއަށްފަހު ޓެކްސީއެއްގައި މެލޭޝިޔާއިން ސިންގަޕޫރަށް ދަތުރު ކުރިއެވެ. ފާއިތުވި ބާރަ އަހަރުތެރޭގައި ސާހިލް އުޅުނީ ބެންކޮކްގައެވެ. އެއްދަރި ގެއްލުމުން އަނެއް ދަރިފުޅު ސަލާމަތްކުރަން ކުރި ދަތުރުގައި އޭނާއަށް އެދަރިފުޅުވެސް ގެއްލުނީއެވެ. ނުހައިކް ބޮޑުވެގެން އައީ ހަރުކަށި މީހެއްގެ ގޮތުގައެވެ. އެންމެފަހުން އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލި ހަނދާނެއް ސާހިލް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް މަންހަލް ހަނދާންކުރުމުގައި ސާހިލް ހޭދަކުރެއެވެ. […]
ރޭގަނޑު އަށެއް ޖެހިއިރު ގޭގެ ދޮރު ހުޅުވާލުމަށްފަހު ޢައިޝާ މަންމައާއެކު ބޭރަށް ނިކުތެވެ. އޭރު މުޅި ރަށް އޮތީ ފަޅުވެފައެވެ. ދެމައިންގެ މިސްރާބު ހުރީ ރަށުގެ ބަނދަރު ފަރާތާ ދިމާއަށެވެ. ބަނދަރާ ގާތްވަމުން ދިޔަވަރަކަށް އެދިމާލަށް އެކިވަރުގެ މީހުން ދާތަން ފެންނަން ފަށައިފިއެެވެ. ބަނދަރުގައި ޖަހާފައިހުރި މަދަހައިގެ އަޑުވެސް މަޑުމަޑުން އިވެން ފަށައިފިއެވެ. “މަންމާ، ދެން ކީއްވެތަ ކޮންމެ އަހަރަކުވެސް ރޯދަމަސް ކައިރިވީމާ ދަރުސް ބާއްވަނީ؟” ޢައިޝާ ދަރުހަށް އައީ އަންނަ ހިތުން ހެންނެއް ހިޔެއް ނުވެއެވެ. […]
“އަހަންނަކަށް މިހެނެއް ނޫޅެވޭނެ ދެން ސާހިލް.. އޭނާ ސާހިލްދެކެ އެހާ ލޯބިވާއިރު އޭނާއާއެކު ދިރިއުޅުމެއް ފަށާ. އެކުދިންނަށްވެސް ވިސްނޭނެ. ދެމީހުން ވަކިވިއަސް ކުދިންނަށް އެއްވެސް ކަމެއް އުނިވިޔަ ފުރިހަމަ ކޮށްދެވިދާނެއްނު.. ސާހިލްދެކެވެސް ލޯބިވާ މީހަކާއެކު އުޅެން ފަސޭހަވާނެއްނު..” ގިސްލަމުން މިޝްޔާ ވާހަކަދެއްކިއެވެ. “ސާހިލް.. އަހަރެން.. މިނިވަން ކޮށްދީ.” ލޮލުން އައި ކަރުނަތައް ފުހެމުން މިޝްޔާ އޮފީހުން ނިކުމެގެން ދިޔައީއެވެ. މެންދުރު އޮފީސް ނިންމާލާފައި ގެއަށް އައުމާއެކު މަންމަ ނެތިގެން ދެކުދިން ޝަކުވާކުރީ ބައްޕަގެ ގާތުގައެވެ. އޭރު ސުހައިލްގެ […]
“މިޝްޔާ.. ކީއްވެ އަހަރެން ދޫކޮށްފަ ދިޔައީ؟ އާދެބަލަ އަހަރެންގެ ގާތަށް. ބުނެބަލަ ސާހިލް ނުރޯށޭ، އަހަރެން މިހުރީ ސާހިލްއާއެކުއޭ.” ގިސްލުމުގެ ތެރެއިން އޭނާގެ ހިތުގެ ޝަކުވާތައް ބޭރުކުރިއެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮރުވަން މޫނުގައި ދެއަތް އަޅާލުމާއެކު އޭނާގެ ލޯ ކުރިމަތިން ފެންނަން ފެށީ ކަޅާހުދުގެ މަންޒަރުތަކެވެ. އެއާއެކު އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ އުފާވެރި އަދި ހިތާމަވެރި އެތައް ހަނދާންތަކެއް އެކުވެފައިވީ މާޒީއެވެ. ** “މަންމާ..” ގެއަށް އައިސްވަނީ އުމުރުން އަށާރަ އަހަރުގެ ސާހިލްއެވެ. […]
“ތިއީ ސާހިލްތަ؟” އެބެންޗުގައި އިން ހުސްޖާގައެއްގައި އިށީންނަމުން އެމީހާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެމީހާ މިފަހަރު ބޯ ޖަހާލީއެވެ. ދެލޯވެސް ހިސާބަކަށް ބޮޑުވެގެން ދިޔައެވެ. “މިއީ ކާކުކަން އެނގިއްޖެތަ؟” ހީވަނީ އިންވެސްޓިގޭޝަން އަކަށް ގެންގޮސްފައި އިން މީހެއް ހެންނެވެ. ސުވާލަކަށް ފަހު ސުވާލެކެވެ. “ތިއީ.. ތިއީ ހަމްދާންދޯ؟” ސާހިލްގެ ދެލޮލުން ވިދުމެއްގެ އަސަރު ފާޅުވާންހުއްޓެވެ. “ހުމްމް. ތިއީ އެހެންވީމަ މިޝްޔާގެ ފިރިމީހާ ދޯ؟ އަހަރެން ސުކޫލު ދައުރުގެ ރަހުމަތްތެރިޔާ؟ އަހަރެން ހާދަ ހޯދީމޭ […]
“ޝަޔަމް..” ޖާވިދުގެ އަޑުގައި ތަފާތު ޖަޒުބާތެއް ވިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޝަޔަމް ފަހަތް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ފުނިޖެހިފައިވިއެވެ. ޖަޒުބާތުގައި ޖެހިފައި ތިބެ ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ގާތަށް ދެވުނީ ނުހަނު އަވަހަށެވެ. އެދެހިތްވެސް ލޮތްބަށް އެދި ފެންބޮވައިގަނެފައިވަނީ މާބޮޑަށެވެ. “އަހަރެން ޝަޔަމްއަށް ނަފްރަތެއް ނުކުރަން.” ޝަޔަމްއާ ހަތަރުކަޅި ހަމަކޮށްލަމުން މަޑު އާހެއް ފަދައިން ޖާވިދުގެ ބުންޏެވެ. ޝަޔަމްގެ ވާހަކައިން އޭނާއަށް އަޅައިގެން ތަންކޮޅަކީ އެއީއެވެ. ޝަޔަމްއަށް ކެތްވީ އެހާވަރަށެވެ. އޭނާއަށް މޫނުގައި […]
އެމީހުން އަސްލު އެތި ހިފައިގެން ރަށަށް ދިޔައީމަ؟ އާހް. ވީ ހޭވް ޓު ޑޫ ސަމްތިންގް.” ކާރުގެ ހުންގާނުގައި ތަޅައިގަންނަމުން ޝަފްނާ ބުންޏެވެ. ޝަފްނާގެ ބަސް ގަބޫލުކޮށް އަލުން އޭނާ ގޮވައިގެން ފިރާޝް ހިނގައިގަތީ އެގެއަށް ވަންނާށެވެ. ހެނދުނު ހަތްގަޑި ބައިގައި ރަށަށް ލެފި ލޯންޗުން މަންހަލްއާއި ޔަޒްދާން ފޭބިއެވެ. އެމީހުންގެ އިސްތިގުބާލުގައި ޒަހީނާއާއި އަފީފާ ތިއްބެވެ. “މަންމަގެ ދަރިފުޅު.” މަންހަލްގެ ގައިގައި ބައްދާލާފައި އޭނާގެ ކޯތާފަތުގައި ޒަހީނާ ބޮސްދިނެވެ. “މަންމަ މިހާރު އަހަރެންނަށްވުރެ މަންހަލް ދެކެ […]
“ބުނަންތަ ވާހަކައެއް؟ މަންހަލްއަށް އޯކޭ އަގުބޮޑު ތަންތަނަށް ގެންގޮސް އަގުބޮޑު ހަދިޔާ ނުދިނަސް. ލޮތްބާ، އިހުތިރާމާ، އަޅާލުމާއި ވަގުތު ދެނިކޮށް ނިމުނީ. ޝަކުވާއެއް ނުކުރާނަން.” ސީރިއަސްވެލާފައި މަންހަލް ބުންޏެވެ. “އަހަރެންނަށްވެސް އޯކޭ މަންހަލް އަބަދު ހެޕީކޮށް ހުންނަންޏާ.” މަންހަލްއަށް ބަލައިލާފައި ޔަޒްދާން ބުނެލިއެވެ. ދޮންބެއާއި ދޮންބެދައްތަގެ ގައިގައި ބައްދާލާފައި މަންހަލް ޓެކްސީއަށް އަރަން ދިޔައެވެ. ނުރޯން ގަދަދެއްކިއަސް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ލޮލުންއައި ކަރުނަތައް ފުހެމުން އޭނާ ސީޓުގައި ހަމަޖެހިލިއެވެ. އިމާރާތުގެ ކުރިމަތީގައި ފެންކަޅިވެފައި ހުރި ދޮންބެއާއި ދޮންބެދައްތައަށް […]