Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ސާދަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 12, 2024 5 Mins Read
14 Comments

މަންމަގެ ނިތުގައި ބޮސްދެމުން ޔަޒްދާން ނިކުމެގެން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން ޒަހީނާ މަޑުމަޑުން ގޮނޑީގައި އިށީނެވެ. ޔަޒްދާން އެފަދައިން ގެއިން ނިކުމެގެން ދިއުން އާދައަކަށް ވިއަސް ހުރި ހަމައެކަނި ދަރިފުޅު ލޮލުން ގެއްލިގެންދާ ކޮންމެ ފަހަރަކު މައި މީހާގެ ހިތުގައި ވޭން އަޅާނެތާއެވެ. އެދަރިފުޅަށް ދެރަގޮތެއް ވެދާނެތީ އެހިތް އަބަދުވެސް ބިރުގަނެއެވެ.

ޒޭކްއާ ވާނު ތިބީ އަތިރި މައްޗަށް ނިކުމެއެވެ. ދެމީހުންވެސް އަތުގައި އޮތް ސިނގިރޭޓު ބޮއެފައި ދުންތައް ހަވާގެ ތެރެއަށް ދޫކޮށްލައެވެ. މުޅި އެހިސާބުގަނޑު އެއްވަސްވެފައި ވަނީ އެމީހުން ބޮމުން ދިޔަ ސިނގިރޭޓުގެ ވަހުންނެވެ. ވާނު ދެތިން ފަހަރަކު ޒޭކްއަށް ގޮވާލާފައި ޖަވާބެއް ނުލިބިގެން ޒޭކްއަށް ބަލައިލިއެވެ. ސާދަ ވިލޭރޭގެ ހަނދުގެ އަލިކަން އެޅިފައިވާ މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ ހިޔާލުތަކަށް ގެނބިފައެވެ.

“ބްރޯ..” ވާނު ތަންކޮޅެއް ބާރަށް ގޮވާލުމާއެކު ސިހިފައި ޒޭކް ބަލައިލިއެވެ. “ކައެ ރަނގަޅުތަ؟”

“މަށަކަށް ދެން މިކަމެއް ނުވާނެ..” ދެފަރާތަށް ބޯހޫރާލަމުން ހިމޭން އަޑަކުން އޭނާ ބުނެލިއެވެ.

“މިހާ ހިސާބަށް އައިސްފަ ދެނެއް ނުވެއް ދެވޭނެ އެނގޭ..” ވާނު އިންޒާރު ދިނެވެ. “އެނީވޭސް.. މަގޭ މިދަނީ ގެއަށް ދާންވެގެން.”

“އޯކޭ.. މަ ދާނީ ތަންކޮޅެއް ފަހުން އަދި..” ވާނު ތެދުވެ އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވައްޓާލިއެވެ. ހިނގައިގަނެފައި އޭނާ ފަސްއެނބުރި ބަލައިލުމާއެކު ޒޭކް ބުންޏެވެ. ގަސްތަކުގެ ތެރެއިން ދެވެން އޮތް މަގުންގޮސް ލޮލުގެ ކޮޅަށް ވާނު ގެއްލެންދެން އޭނާ ބަލަން ހުއްޓެވެ. އެއަށްފަހު އޭނާ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

“އޯކޭ.. އާދޭ!” ޒޭކް ފޯނު ކަނޑާލަމުން ހިނގައިގަތީ މޫދާ ދިމާއަށެވެ. އޭރު ދުރުން އަންނަ ޑިންގީ އޭނާގެ ލޮލުގައި އަޅައިގަނެފިއެވެ.

އެމޫނުމަތި ވަނީ މިލާފައެވެ. ރޮއެރޮއެ ދެލޯ ވަނީ ދުޅަވެފައެވެ. އޭރުވެސް ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އޭނާގެ އަނގައިން ނިކުމެގެން އަންނަ ހިމޭން ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރުތެރެއަށް ގެނބިގެންދަނީއެވެ. މަޑުމަޑުން އެނދުން ތެދުވެ އޭނާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން ރޭގަނޑު ނުވަގަޑި ބައި ވަނީއެވެ. އެދުވަހު ނުކައި ހުރުމުން އޭނާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. އެނދުގެ ކައިރީހުރި ކުޑަމޭޒުމަތީގައި އެކި ވައްތަރުގެ މޭވާ އަޅާފައި ހުރި ތައްޓަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އެއްޗެއް ނަގަން އަތް ހިއްލާލާފައިވެސް އޭނާ މިސްރާބުޖެހީ ފާހަނައަށް ދިއުމަށެވެ. ފާހަނައިގެ ދޮރާ ހަމައަށް ގޮސްފައި އޭނާ ފަސްއެނބުރި އެނދާ ދިމާއަށް ބަލައިލިއެވެ.

އެނދުމަތީގައި ތެޅެމުން ދިޔަ އަންހެން ކުއްޖެއް އޭނާއަށް ފެނުނެވެ. ދުރުން އައި ހަރު ފިރިހެން މީހާ އެއަންހެން ކުއްޖާގެ ގައިމައްޗަށް ވެއްޓިގަތީ އޭނާ ބަލަން ހުއްޓައެވެ. ލޮލަށް ސިފަވެގެން ދިޔަ މަންޒަރުތަކުން އަނެއްކާވެސް މަންހަލްއަށް ގަދައަށް ރޮވެން ފެށުނެވެ. ކަންފަތުގައި ގުގުމާލީ އޭނާގެ އާދޭހާއި ރުއިމުގެ އަޑެވެ. ޒިއާމްގެ ނޭވާ ކަންފަތް ކައިރިން އިވޭ ގޮތާއި އޭނާގެ ބާރު ހުނުމުގެ އަޑެވެ. ކަންފަތުގައި ބާރަށް ދެއަތް އަޅަމުން އޭނާ ދޮރުގައި ލެނގިލިއެވެ. ދެފައިގައި ވަރުނެތް ފަދައިން މަޑުމަޑުން ބިންމައްޗަށް ތިރިވިއެވެ.

ސިޓިން ރޫމުގައި ދެފަރާތައް ހިނގަން ޒިއާމް ހުއްޓެވެ. އަތުގައި އޮތް ފޯނުން މީހަކަށް ގުޅޭތޯ އޭނާ މަސައްކަތް ކުރަނީއެވެ. ކަންފަތުގައި ފޯނު ޖައްސާލާފައި އަނެއްކާވެސް ފޯނު ކަންފަތާ ދުރުކޮށްލިއެވެ.

“ނަގާބަލަ. އާޖެންޓްއޭ..” އަމިއްލަ ނަފްސާ އޭނާ ވާހަކަދެއްކިއެވެ. އެފަހަރު ފޯނު ރިންގުވެފައި ކެނޑުނީއެވެ. އަނެއްކާވެސް އޭނާ އެނަންބަރަށް ގުޅަން ފެށިއެވެ. މިފަހަރު ދެތިން ރިންގާއެކު ފޯނު ނަގައިފިއެވެ.

“ރިޕޯޓް ކޮށްފި.. މަންހަލް. ޕޮލިހުން އެބަދޭ. ފުރައިފި.” ހާސްވެފައި ހުރެ ޒިއާމްއަށް ކިޔެނީ ކޮންއެއްޗެއްކަން ހުދު އޭނާއަށްވެސް ނޭނގެއެވެ.

“ވަޓް؟!” ޝަފްނާގެ ބާރު އަޑުޖެހުމާއެކު އޭނާ ފޯނު ކަންފަތާ ދުރުކޮށްލިއެވެ. “ޒިއާމް ތިކިޔޭ އެއްޗެއް އެބައެނގޭތަ؟ އެއްވެސް މީހަކަށް ނުވެސް އެނގޭނެއޭ.”

“ކޮންމެސް މީހަކު އަށްގަޑި ބައިގަ ގުޅީ ސްޓޭޝަނަށް.” ޒިއާމް އޮޅުން ފިލުވައިދިނެވެ.

“ޒާކިން؟ އަލްވާން؟” ޝަފްނާ ހީކުރީ އެމީހުންކަމަށެވެ.

“ނޫން. އަންހެނެކޯ.. މަ ބުނެގެން މިއުޅެނީ އެއީ ކާކުކަން ބަލައިދޭށޭ..” ޒިއާމް ބުންޏެވެ.

“މޮމްމް. އައިމް ބެކް.” ދުރުން ޝަޔަމް ގޮވާލިއަޑު ޒިއާމްއަށް އިވުނެވެ. މަޑުކުރާށޭ ޝަފްނާ ބުނެލިއަޑު އިވުނެވެ.

“ބުނީމެއްނު ދިހަގަޑި ބައިވާއިރަށޭ އާދެވޭނީ. ކިހިނެއްވީ ހާދަ އަވަހަށް ތިއައީ؟ ނިމުނީތަ؟” ޝަފްނާ ވާހަކަދެއްކީ ޝަޔަމްއާއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރީމާ ޒިއާމްއަށް އެއަޑު އިވެއެވެ.

“ނޫން. ޒާގެ ކޮއްކޮ ބަލިވެގެން ކުއްލިއަކަށް ޖެހުނީ ހޮސްޕިޓަލަށް ދާން..” ޝަޔަމް ކިޔައިދިނެވެ. “ގުޑްނައިޓް މަންމާ.. ޝަޔޫ މިދަނީ ނިދަން.”

ޝަޔަމް ސިޑިން އަރައިގެން ދަމުން މައިދޮރު ކައިރީހުރި ޖާވިދުއަށް ބަލައިލާފާ އެއްލޯ މަރާލިއެވެ. ތުން ދަމާލަމުން އޭނާ ގޭގެ ދޮރު ލައްޕާލިއެވެ. ހީނލާފައި ޝަޔަމް އަނެއްކާވެސް ސިޑީގެ ހަރުފަތްތަކަށް އަރައިގެން ދިޔައެވެ.

“މަށަށްވެސް ރިކޯޑިން ފޮނުވައިދެއްޗޭ.” ޝަޔަމް ކޮޓަރިއަށް ވަތްކަން ޔަގީންވުމުން ޝަފްނާ ބުނެލިއެވެ. “ދެން އެކަން ބާއްވާ. މަންހަލްއަކަށް ނުކެރޭނެ އެތަނަށް ގެންދިޔައީ މަށޭ ބުނާކަށް. އަނެއްކާ އެތަނަށް އޭނާ ގެންދިޔަ ކަންތައްވެސް ވެއްޖެ.. އެހެންވީމަ މަށަށް ވާނެ ދެރައެއް ނޯންނާނެ.”

“ޝަފްނާ. އެކަމަކު.. އަހަރެން ރޭގަ އެރަށަށް ދިޔައިމޭ.. މަގޭ ވާހަކަ ބަސްޓް ކޮށްލައިފިއްޔާ..” ޒިއާމްގެ ވާހަކަތައް މެދުކަނޑާލީ ޝަފްނާއެވެ.

“ހައު ޑެއަރ ޔޫ ޓަޗް ހާރ!” އަޑުގެ ނެތްތަނަށް އޭނާ ބުނެލިއެވެ. ދެން އިވުނީ ޝަފްނާ ފޯނު ކަނޑާލިއަޑެވެ.

“ބަލަ ތީނަ އަމިއްލައަށް ދޯ ބުނީ މަގޭ އޭނާ ގެންދާށޭ..” އަނގައިން އަޑެއް ލައްވާލަމުން އޭނާ ދެން ގުޅަން ފެށީ ވާނުއަށެވެ. ފުރަތަމަ ރިންގާއެކު އޭނާ ފޯނު ނަގައިފިއެވެ.

“މަންހަލް މަރާލާ. ޕޮލިހުން ތިރަށަށް އެބަދޭ. ކަލޭ ފަތާފަ ތިތާއޮތް ފަޅުރަށަށް ދޭ! މަ އެތަނަށް ލޯންޗް ފޮނުވާނަން..” އެއްނޭވާ މަތިން ޒިއާމް ބުނެލިއެވެ.

“ޕްލޭން ބީ-”

“ޕްލޭން ބީއެއް ނޯންނާނެ.” ޒިއާމް ހަޅެއް ލަވައިގަތެވެ. އޭނާވެސް ހާސްވެ ރުޅިގަދަވީއެވެ.

ޒިއާމްގެ ފޯނު ކޯލު ނިންމާލުމަށްފަހު ވާނު މަސައްކަތް ކުރީ ޒޭކްއަށް ގުޅާށެވެ. ފުރަތަމަ ފަހަރު ރިންގުވެފައި ކެނޑުނެވެ. ދެވަނަ ފަހަރު ގުޅަން ފެށުމުން އަންގަން ފެށީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމެވެ. ޒޭކްއަށް ނުބައި ބަސްތަކެއް ރައްދުކުރުމަށްފަހު އޭނާ ކޮޓަރީގެ އަރިމަތީގައި ހުރި ކަބަޑު ކައިރިއަށް ޖެހިލާ އޭގެ ދޮރުފަތް ހުޅުވާލިއެވެ. ފުންޏަކަށް އަޅާފައި ހުރި އަންނައުނުތައް އެއްފަރާތަކަށް އުކާލަމުން އޭނާ ކަބަޑުގެ ތެރެއިން ނެގީ ކަޅު އަންގިއެކެވެ. އެއަންގި އަތަށް މަހާލަމުން ކުރިމަތިން ފެންނަން އޮތް ފިސްތޯލާއި ވަޅި ނެގިއިރު އެމޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ހީވަނީ އޭނާގެ ދުވަސްވީ އުންމީދެއް ހާސިލްވާން އުޅެނީހެންނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ހުޅުވާލީ މަންހަލްގެ ކޮޓަރިއެވެ. ފަޅުކަމާއި ކަޅުކަން ވެރިވެފައިއޮތް އެ ކޮޓަރީގެ ބޮކި ދިއްލާލުމާއެކު އެނދުމަތިން މަންހަލް ފެންނަ ގޮތެއް ނުވިއެވެ. ދެވަނަ ވިސްނުމެއްނެތި އޭނާގޮސް ހިފާލީ ފާހާނައިގެ ދޮރުގައެވެ. ތަޅުނުލާ ހުރުމުން އެދޮރު ނުހަނު ފަސޭހައިން ހުޅުވިއްޖެއެވެ. ފާހާނައިގެ ތެރެއިންވެސް މަންހަލްގެ ހިލަމެއް ނުވުމުން އޭނާ އަވަސްއަވަހަށް ކޮޓަރިން ބޭރަށް ނިކުންނަމުން ގުޅަން ފެށީ ޒޭކްއަށެވެ.

ޕޮލިސް ލޯންޗު އެސް.އެމް.ޒީގެ ރަށާ ކައިރި ކުރީ ގަޑިން ނުވަގަޑި ސާޅީސް ވާން ގާތްވެފައި ވަނިކޮށެވެ. ޓީމްގެ މެންބަރުން ރަށުގެ ތެރެއަށް އެރުމާއެކު ދިހަ މީހުންގެ ޓީމް ތިން ބައަކަށް ބެހިލިއެވެ. ހަ މީހުންގެ ދެޓީމާއި ހަތަރު މީހުންގެ ޓީމެކެވެ. ޔަޒްދާންއާއި އައިޒިން ހިމެނުނީ ހަތަރު މީހުންގެ ޓީމްގައެވެ. ދެޓީމް ރަށް ވަށައިގެން ބެލުމަށް ހިނގައިގަތުމާއެކު ޔަޒްދާންއާއި އައިޒިން ޓީމާއެކު ހިނގައިގަތީ ވަލުތެރެއިން ރަށުގައި ހުރި ގެއާއި ހަމައަށް ދިއުމަށެވެ.

“ސާރ. އަހަރެމެން ވަންނަނީ.” ޔަޒްދާން ބުންޏެވެ. އޭނާގެ ގާތުގައި އައިޒިން ހުއްޓެވެ. ދެންތިބި ދެފުލުހުން ދިޔައީ ގޭގެ ބިއްދޮށް ފަރާތަށެވެ.

“އަހަރެމެންވެސް.” އެކޮޅުން ބުނެލި އަޑު އިވުނެވެ.

ސްޓޭޝަންގައި ހުރި ފުލުސްމީހާ ވާހަކަދައްކަން ފެށުމާއެކު އެމީހުން އެތެރެއަށް ވަންނަން ގޮސްފައި ހުއްޓުނެވެ. ދެވަނަ ކޯލެއް ސްޓޭޝަނަށް އައިކަން އޭނާ ބުނެދިނެވެ. ދެމީހުންގެ ވާހަކަތައް އެއްކޮށް ދިމާނުވިއަސް ބުނެފައިވަނީ އެއްވާހަކައެއްކަން ފާހަގަކުރިއެވެ. އަދި މައުލޫމާތު ދިން މީހާ ބުނާގޮތުންނަމަ ރަށުގައި ވިކްޓިމްއާއެކު ވަނީ އެންމެ ފިރިހެނެއްކަން ބުންޏެވެ.

ޔަޒްދާންއާއި އައިޒިން ގޭތެރެއަށް ވަނެވެ. ބިއްދަށް ފަރާތުން އަނެއް ދެމީހުންވެސް ވަނެވެ. އެންމެ ފަހު ކޮޓަރި ބެލުމަށްފަހު ޔަޒްދާންމެން ނުކުތް ވަގުތު ފަހަތުން މީހެއްގެ އަޑު އިވުނެވެ. ނުހަނު އަވަސް ހަރަކާތަކާއެކު ފަހަތް ބަލައިލުމާއެކު ފެނުނީ އެމީހުންނާއެކު އައި ދެފުލުހުންނެވެ.

“އެއްވެސް މީހަކު ނެތް.” އައިޒިން ބުންޏެވެ. ދެންތިބި ދެމީހުންނަށްވެސް އެއްވެސް މީހަކު ނުފެނުނުކަން ބުންޏެވެ. ދެޓީމް ގޭތެރެއިން ނުކުތެވެ. ގޮނޑުދޮށާ ނުހަނު ކައިރިވެފައި ވަނިކޮށް ފިރިހެނެއް ފެނުނުކަން އެއްޓީމުން އިއުލާން ކުރިއެވެ. ދެވަނަ ޓީމަށް އަންހެން ކުއްޖާ ފެނުނުކަންވެސް ބުނީ އެވަގުތެވެ.

“އަންހެން ކުއްޖާ ރަށުތެރެއަށް ވަންނަން އަންނަނީ. އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ދަނީ.” އެކޮޅުން ވާހަކަދެއްކި މީހުން ޔަޒްދާންމެންނަށް އޮޅުން ފިލުވައިދިނެވެ.

“އަހަރުމެންނަށް އަންހެން ކުއްޖާ އެބަފެނޭ.” ޔަޒްދާން ބުންޏެވެ.

“އޭނާގެ އަތުގައި ފިސްތޯލެއް އެބައޮތް.” ހާސްވެފައި ފުލުހެއް ބުނެލި އަޑުއިވުނެވެ. ދެން ކަންކުރަންވީ ގޮތް ކިޔައިދިނީ ސްޓޭޝަންގައި ހުރި ފުލުހެވެ.

ޔަޒްދާންމެން ތިބީ ގަސްގަނޑުގެ ތެރޭގައި ފިލައެވެ. މަގުގެ އެއްކައިރިން އައި މަންހަލް އެމީހުންނާއި އަރާ ހަމަވުމާއެކު ޔަޒްދާން ތެދުވެ މަންހަލް ގައިގައި ހިފާ ގަސްތަކުގެ ތެރެއަށް ދަމައިގަތެވެ. އޭރު މަންހަލް ހަޅެއް ލަވައިގަތް އަޑު މުޅި އެހިސާބުގައި ގުގުމާލައިފިއެވެ.

“ޕޮލިސް..” ގަސްތަކުގެ ތެރޭގައި ތިބި ފުލުހުންނާއި ދެފަރާތުން އައި ފުލުހުން އެއްފަހަރާ ނުކުތެވެ. ވާނު ދެލޯ ބޮޑުކޮށްގެން އިރުކޮޅަކު ހުއްޓެވެ. ބަލި ގަބޫލުކޮށް އޭނާ ބިންމައްޗަށް ފިސްތޯލު ވައްޓާލިއެވެ. ދެން އެއަށްފަހު މަޑުމަޑުން ދެއަތް މައްޗަށް ނެގިއެވެ.

މަންހަލްގެ އުނަގަނޑުގައި އަތް ވަށާލައިގެން ޔަޒްދާން ހުއްޓެވެ.

“ދޫކުރޭ.. އަތް ނުލާތި.. ދުރަށް ދޭ!” ރޮވިފައި ހުރެ މަންހަލް އެއަތުގެ ތެރެއިން ދުރަށް ދިއުމަށް ތެޅިގަތެވެ.

“ޝްޝް.. އަހަރެންނޭ މިއީ.. ޔަޒްދާންއޭ.. މަންހަލް ބިރުނުގަނޭ! ވީ ކޭމް ޓު ސޭވް ޔޫ.” ޔަޒްދާން މަޑުމަޑުން ބުނެލީ މަންހަލްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ.

“ދޫކުރޭ.. ނޫން.. އަހަރެން ގައިގައި އަތްނުލާތި. ތީނަ ބުނި ހުރިހާ ކަމެއްވެސް ކުރާނަން. އެކަމަކު އަހަރެން ގައިގައި އަތްނުލާ. ހެޔޮނުވާނެ. އާދޭސްކޮށްފަ ބުނަން.” މަންހަލްއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ދެލޯ މަރައި ބާރުކޮށްގެން ހުރެ އަނެއްކާވެސް އޭނާ ރޯން ފެށީއެވެ.

“މަންހަލް.. މިއީ ޔަޒްދާންއޭ.. ޝަޔަމްގެ ކަޒިންއޭ..” ތަންކޮޅެއް ބާރަށް ޔަޒްދާން ބުނެލުމުން މަންހަލްގެ ހަރަކާތްތައްވެސް މަޑުޖެހުނެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ކޮކާ ހަނދުވަރުގެ ތެރެއިން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނު ފާހަގަކުރަން އެނގެއެވެ. ދެމީހުންގެ ލޮލާ ލޯ ގުޅިގެން ދިޔަ ހިނދު މަންހަލް އޭނާގެ އަތް އުފުލާލައި ޔަޒްދާންގެ ކޮލުގައި ޖައްސާލިއެވެ.

“ޔަޒްދާން.. ޔަޒްދާން..” މަންހަލްގެ ލޮލުން އަނެއްކާވެސް ކަރުނަތައް ފައިބައިގެން އައެވެ. “ދިސް އިޒް ރިއަލް. ހުވަފެނެއް ނޫން.. ޕްލީޒް. ޕްލީޒް ސޭވް މީ..”

ރޮއެގަންނަމުން މަންހަލް ޔަޒްދާންގެ މޭގައި ބޮނޑިވެގަތެވެ. ހަގީގަތެއްކަން ގަބޫލުކުރަން ޔަޒްދާންއަށް އުނދަގޫވީ ކަންނޭނގެއެވެ. ހުއްޓުން އަރާފައި އޭނާ އިރުކޮޅެއް ވަންދެން ހުއްޓެވެ. ދެންއެއަށްފަހު އަނެއްކާވެސް މަޑުމަޑުން އޭނާގެ އަތް މަންހަލްގެ އުނަގަނޑުގައި ވަށާލިއެވެ. މަންހަލް އަޅައިގެން ހުރި ބުރުގަލުގެ މަތިން އޭނާ މަންހަލްގެ ބޮލުގައި ދަތްދޮޅި ޖައްސާލިއެވެ. އެރުއިމުގެ ސަބަބުން ހިތަށް ތަދުވެފައިވާ ފަދައިން އޭނާ މަޑުމަޑުން ލޯމަރާލީއެވެ. މަންހަލް ހިތްހަމަ ޖެހޭވަރަށް ރޮއެލަން ފުރުސަތު ދީގެން ޔަޒްދާން ހުއްޓެވެ.

ކުރިމަތިން މީހަކި ކަރުކެހިލި އަޑަށް އޭނާ ލޯ ހުޅުވާލިއެވެ. ލާނެތް ހިންޏެއް އައިސްފައި އައިޒިން ހުއްޓެވެ. އޭނާގެ ކައިރީގައިހެން ހަތަރު ވަރަކަށް ކުދިން ތިއްބެވެ. ވާނުގެ އަތުގައި ބިޑިއަޅުވައިގެން ދެންތިބި ދެފުލުހުންވެސް އޭނާއާ ދިމާލަށް ބަލަން ހުއްޓެވެ. ލަދުގަތްވަރުން އޭނާ އުޅުނީ މަންހަލް ގަޔާ ދުރުކޮށްލާށެވެ. އޭރު މަންހަލްގެ ގިސްލުންވެސް ހުއްޓިފައި ވުމާވެސް އެކީއެވެ. އެހެނަސް އޭނާގެ ގަޔާއި މަންހަލް ދުރުކޮށްލުމާއެކު މަންހަލް ވެއްޓެން ދިޔައެވެ. ޔަޒްދާންއަށް މަންހަލްގެ ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ފިނި ހިތް 7

Next

ލޯބި

Next
August 13, 2024

ލޯބި

Previews
August 12, 2024

ފިނި ހިތް 7

14 Comments!

  1. Cutie girl says:
    August 12, 2024 at 6:24 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yazdhaan and manhal gulhuvachey
    They both are made for each
    Mi part kiyaafa rovijje and happy ves vejje
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Love you ❤️😍

    1. Aayaa Aayaa says:
      August 13, 2024 at 1:41 pm

      Cutie girl thi dhevva ehbarulumah hithuge enme funminun Shukuru adhaa kuran! 😭😊🤍

  2. Cutie girl says:
    August 12, 2024 at 6:26 pm

    , javid and shayoo ves gulhuvachey
    Yazdhaan haadha rangalhey
    Yazdhaan deserves better

    1. Aayaa Aayaa says:
      August 13, 2024 at 1:43 pm

      Will think about that! 😉🤍

  3. Someone says:
    August 13, 2024 at 3:10 pm

    Oh my godddd. That is soon freaking cute. Ur stories are so inspirational. I should write sometime too. Lol. Anyways Masha Allah vrh reethi. May God bless U and Ur family

    1. Aayaa Aayaa says:
      August 13, 2024 at 8:54 pm

      Haha, Thank you so much Someone! 😄🤍
      Are u the ‘Someone’ who told me that you will upload a story to esfiya soon? Am looking forward to read a story written by you!

  4. Zai says:
    August 13, 2024 at 4:59 pm

    Nice part as well 😍
    Best story ever
    You are my fav author 🥰
    Love you ❤️

    1. Aayaa Aayaa says:
      August 13, 2024 at 8:56 pm

      Thank you Zai! I appreciate your support! ☺️🤍

  5. Manhal says:
    August 14, 2024 at 5:40 pm

    nice story!

    1. Aayaa Aayaa says:
      August 16, 2024 at 11:54 am

      Thank you Manhal! 😅🤍

  6. Someone says:
    August 14, 2024 at 8:09 pm

    Yes lol I was that ‘someone’ but I changed my mind lol. Aslu vaguthu nuvaathee. Vaahaka ves ehbai liyefa onnane. Vaki hisaabakun I literally forgot. IA varah avahah upload kuraanan. Will u read it??

    1. Aayaa Aayaa says:
      August 16, 2024 at 11:57 am

      Of course dearr! 😊🤍

  7. Someone says:
    August 25, 2024 at 3:01 pm

    Awwee thankssss. Next month ga school term tests nimuneema vaahaka liyan fashan mi visnanee…

    1. Aayaa Aayaa says:
      August 29, 2024 at 3:44 pm

      Remember to stay positive and best of luck, you will absolutely ace these exams!😊🤍

Comments are closed.

Next Episodeއިންސާފް (ފަނަރަވަނަ ބައި)←


All Right Reserved!