“އެހެންވެދޯ އެހާ ފާޑަކަށް އެހުރީ. މަންމަ ހަވީރު ދައްޗޭ އޭނާ ގޮވައިގެން ހިނގާލަން. މާމަގެއަށް ގޮސް ޝާނީމެންނާ ދިމާވަނިކޮށް ރަނގަޅުވާނެ. އެއީ ބޮޑު އަނގައެއްވިއްޔަ.” ޒަހީނާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަޒްދާން ހުރިހާ ކަމެއްވެސް ޕްލޭންކޮށްލިއެވެ. އެކަމާ ގުޅޭގޮތުން އޭނާ އެއްޗެއް ބުނަންވީއިރު ޔަޒްދާން ދެންފެށީ މެންދުރު ކާންހުރި އެއްޗެހީގެ ވާހަކައެވެ.
ހަވީރުވަގުތު މަންހަލް ޔަޒްދާންގެ މަންމައާއެކު ދިޔައީ އެމީހުންގެ މާމަގެއަށެވެ. ޔަޒްދާންމެންގެ ގެ ފަދައިން އެއީވެސް ބޮޑުގެއެކެވެ. ބައިވަރު ބިޔަ ގަސްތަކެއް ހައްދާފައި ހުރިއިރު ޔަޒްދާންމެން ގެއަށްވުރެ އެގެ މަންހަލްއަށް މާކަމުދިއައެވެ. ކުރީ ޒަމާނުގެ ވައްޓަފާޅިއަށް އެގެ ހުރުމުން މަންހަލްއަށް އެގެއާމެދު ނުހަނު ގަޔާވެވުނެވެ. ފުރަތަމަ ބީރައްޓެހިކަމާއެކު ހުރެވުނު ނަމަވެސް ގެއާމެދު އުފެދުނު ޝައުގެއްގެ ބޮޑުކަމުން އޭނާއަށް ޒަހީނާގެ ގާތުން ސުވާލުކުރެވުނެވެ. އުފަންވީއްސުރެވެސް އޭނާ މާލޭގައި އުޅުމުން ރަށްފުށުގެ މީހުންގެ ދިރިއުޅުން އެހާބޮޑަށް އޭނާއަށް އެނގިފައެއް ނެތެވެ. ޝަޔަމްއާއެކު އެރަށުގައި އޭނާ އެތައް ދުވަހަކު އުޅުނު ކަމުގައިވިއަސް ބޭރަށް ނުނިކުމެ އަބަދު ގޭގައި އުޅޭތީއާއެކު އޭނާއަށް އެހާބޮޑަށް އެރަށުގައި މީހުން އުޅޭގޮތެއްވެސް ނޭނގެއެވެ.
ކުޑަ އިރުކޮޅެއްނުވެ ޔަޒްދާންގެ ތިއްތަ އޮފީސް ނިންމާފައި އޭނާގެ ދަރިފުޅު ގޮވައިގެން ގެއަށް އައުމުން އެގޭތެރޭގައި އޮތް ފަޅުކަން ފިލާ ދިޔައެވެ. ތިންއަހަރުގެ ޝާނީއަށް މަންހަލް ފެންނަންވީއިރު އައިސް އެދުވަހުވި ހުރިހާ ކަމެއް ކިޔައިދޭން ފެށިއެވެ. ޔަޒްދާންގެ ތިއްތަ ކައިރީހުރި ހޮޓަލަކުން ހެދިކާ ހިފައިގެން އައިސް އޭނާއަށް ސައިދިނެވެ.
“ދެން މިރަށަށް އައިސް ކީއްކޮށްލަނީ؟” ތިއްތަ އަހާލިއެވެ.
“ނޭނގެ އަދި. ހިތަށް އަރަނީ ޖޮބެއް ހޯދަން.” މަންހަލް ބުނެލިއެވެ.
“ޝާނީ ބަލައިދޭންވީނު އަހަރެން އޮފީހަށްދާ ގަޑީގަ. މަންހަލްއަށް މުސާރަ ދޭގޮތަށް.” ތިއްތަ އޭނާގެ ގާތުން އެދުނެވެ. މަންހަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ގެއަށްގޮސް ޔަޒްދާން ކައިރީ ބުނާތި ތިމަންނަ ދިޔަ ހާއިރުން ތިއްތަ މަސައްކަތެއް ހަވާލުކޮށްފިއޭ. މަންހަލްއަށް ކިތައް އަހަރު؟”
“ނަވާރަ.” މަންހަލް ޖަވާބުދިނެވެ. “ތިއްތައަށް ކިހާވަރެއް.؟”
“މިވީ ބާވީސް.” މަންހަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“އެހެންވިއްޔާ.” އޭނާ ބުނަން އުޅުން ޖުމްލަ ނުބުނެ ހުއްޓާލިއެވެ.
“އާނ. އަހަރުން ހޭބަލިވެގެން އަށާރަ އަހަރުގައި ކައިވެނިކުރީ.. މިހާރު މިއީ އުޅެން ޖެހޭ ހާލު. ދަރި ލިބުނީމަ އޭނާ ފިލައިގެން ގޮސްފި. ދެން ވަޒީފާއަކަށް ގޮސްގެންނު ޝާނީ ބެލޭނީ.” މަޖާވެލާފައި ތިއްތަ ބުނެލިއެވެ. “ދެން ތިއްތަ ކިޔަން ހަދާނެކަމެއް ނެތް. ހަމަ އަހަރެންގެ ނަމުން ކިޔާ. މަރިޔަމް. މިއީ މަރިޔަން. އެޔަޒްދާންވެސް އައިސް ގޮވާލާނެ މަރިޔަނބާއޭ ކިޔާފަ.”
މަރިޔަންގެ ވާހަކަތައް ނިމުނުތަނާހެން މުސްކުޅި އަންހެނެއް ދަނޑިއެއްގެ އެހީގައި ގެއަށް ވަދެގެން އަންނަތަން ފެނުނެވެ.
“މަންމަ ކޮންތާކުން ތިއައީ؟” ޒަހީނާ އަހާލިއެވެ.
“މިއައީ އައިސާފުޅުމެންނާއެކު ވާހަކަދައްކާލަން އިނދެފަ. މުސްކުޅިވިއަސް މިހެން އަބަދަކު ގޭގައެއް ނުއިނދެވޭނެ. ތި ޝާނީއަކާ ހެދި އަހަރެން އިންނަނީ ބޯގޮވާ ވަރުވެފަ..” ޔަޒްދާންގެ މާމަ ބުނެލިއެވެ.
“މަންމާ. މިއިނީ އަހަރުމެންގެ ޔަޒްދާން އިންނަންވެގެން ގެނައި މަންޖެ.” މަޖާވެލާފައި މަރިޔަން ބުނެލިއެވެ.
ޔަޒްދާންގެ މާމަ އޭނާއަށް ބަލާލައިފައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ދެން އޭނާގެ އަތުގައި ހިފައިގެން ގެނެސް ބޭންދީ ބޮޑު އުނދޯލީގައެވެ. ދުފާތަށި އުނގައްލައިގެން އިނދެ އޭނާއާ އެތައް ސުވާލެއް މާމަ ކުރިއެވެ. މާމަ ހިތްހަމަޖެހޭ ވަރަށް ސުވާލުކުރުމަށް ފަހު ދެން ފަށައިގަތީ ޔަޒްދާންގެ ވާހަކައެވެ. ކުޑައިރު ކުރި މަޖާ ކަންތަކާއި ބޮޑުވެގެން އައިއިރު އުޅުން ގޮތެވެ. އެރަށުގެ ކުރީގެ ތާރީޚާއި މާމަމެންގެ ކުޑައިރުގެ ވާހަކަތަކެއްވެސް ކިޔައިދޭން ފެށިއެވެ. ޝާނީއަށާއި މަރިޔަންއަށްވެސް ލިބިފައި މިހުރީ މާމަގެ ބޮޑު އަނގަތާއޭ އޭނާ ހިތަށް އަރައެވެ.
“ބައްޕާ. ހަމަ އަސްލުވެސް މިކޮޅަށް އަންނަނީތަ؟” ޝަޔަމްގެ މޫނުމަތިން އުފާވެރިކަން ފާޅުވެލިއެވެ.
“އާނއެކޭ، ބައްޕަ ބުނީމަ ގަބޫލުނުކުރަނީތަ މިހާރު؟” މަޖާވެލާފައި އަޒީމްވެސް ވާހަކަދެއްކިއެވެ.
“އައިމް ސޯ ހެޕީ ބައްޕާ. ޔޫ އާރ ދި ބެސްޓް.” ހެވިފައި އިނދެ ޝަޔަމް ބުނެލިއެވެ. “އޯކޭ ބައްޕާ. ޝަޔޫ މިދަނީ މެންދުރު ނަމާދުކުރަން. ފަހުން ގުޅާނަން އިނގެ.”
ދެމީހުންވެސް ވަދާޢުގެ ސަލާން ކޮށްފައި ފޯނު ބޭއްވިއެވެ. އެނދުމައްޗަށް ފޯނު އެއްލައިލުމަށްފަހު ޝަޔަމް މޯޅިއަކަށް ދެމިލިއެވެ. އޭނާގެ ދެލޯ ހިމަވެފައިވީ ގޮތުން ނިދާހޭލީ ދެންމެކަން އެނގެއެވެ. ދެލޯ އުނގުޅަމުން ހާފުރެމުން އޭނާވަނީ ފާހަނައަށެވެ. މޫނުދޮވެ ވުޟޫކޮށްލާ ހަދައިގެން ނިކުމެ އޭނާ މެންދުރުގެ ނަމާދުކޮށްލިއެވެ. ހައިކަން އިހުސާސްކުރެވުމާއެކު އޭނާ ކޮޓަރިން ބޭރަށް ނިކުތީ ކާއެއްޗެއް ހޯދާށެވެ. ކަންދިމާކުރި ގޮތުން އޭނާއާ ޖާވިދަށްވެސް ނިކުމެވުނީ އެކުއެކީއެވެ. ނުރުހުމުގެ ނަޒަރެއް ދެމުން އޭނާ ޖާވިދަށްވުރެ ކުރިން ސިޑިން ފައިބައިގެން ތިރިއަށް އައެވެ.
“އަހަރެން ފޮލޯ ކުރަނީތަ؟” އޭނާގެ ފަހަތުން ޖާވިދު އަންނާތީ ޝަޔަމް ސުވާލުކުރިއެވެ. އެހެނަސް އޭނާ ޖަވާބެއް ނުދިނެވެ. ޝަޔަމް ކުރިކަނޑާފައި ބަދިގެއަށް ވަދެ ކަބަޑުތައް ހާވަންފެށީއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ޝަޔަމްވެސް ބަދިގެތެރެއަށް ވަދެ ހުޅުވާލީ ފްރިޖެވެ. ފިނިކުރާ ބައިގައި ހުރި ޕާން ބޮނޑިއެއް ނަގައިގެން އައިސް އޭނާ ބެހެއްޓީ ކާމޭޒު މަތީގައެވެ. އޭރު ކަބަޑުތަކުގެ ތެރެއިން ޖޭމާއި ކްރަމްޕީ ފުޅިއެއް ނަގައިގެން ޖާވިދުވެސް އެނބުރިލީއެވެ.
“ރާއްޖެއަށް މިހާރު ކިހާއިރެއްވާނީ؟” ސިންކު ކައިރީ ހުރި ތަށިތައް ހިފައިގެން އަންނަމުން ޝަޔަމް އަހާލިއެވެ.
“ރޭގަނޑު އަށެއް ޖަހާނީ.” ޖާވިދުގެ ޖަވާބު އަވަހެވެ.
“ޔަގީންތަ؟”އެއްފަރާތަކަށް ތުންފަތް ދަމާލަމުން ޝަޔަމް ބުނެލިއެވެ.
“އަހަރެންގެ ބަސް ގަބޫލުނުކުރެވެންޏާ ކީއްކުރަން އެހީކީ؟ އަމިއްލައަށް ގޮސް ގޫގްލް ސާޗްކުރަންވީ ނުން.” ޖާވިދުގެ އަޑުގައި ނުރުހުން ވިއެވެ.
“ޖޭމު ރުޅިއައިމަ ވަރަށް މަޖާ.” ހިނިގަނޑެއް ޖަހާލާފައި ޝަޔަމް ބުންޏެވެ.
“ތިކަހަލަ ފޮނިބޮޑު މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ.” ކްރަމްޕީ ފުޅި ކަނޑާލާފައި ޖާވިދު ބުންޏެވެ. އޭރު ޝަޔަމް ތަށި ކައިރިކޮށްލާފައި މޭޒު ދޮށުގައި އިށީންނަނީއެވެ.
“ހައު ޑެއަރ ޔޫ ކޯލް މީ ފޮނިބޮޑު!” އަތުގައި އޮތް ޑިނާ ނައިފް ޖާވިދާއި ދިމާކޮށްލާފައި ޝަޔަމް ބުންޏެވެ. އެއަށް ޖަވާބެއްނުދީ ޖާވިދު އުޅުނީ ޕާންބޮނޑި ކައިރިކޮށްލާށެވެ. އެހެނަސް އެއަށްވުރެ ކުރިން ޝަޔަމް އެޕާންބޮނޑި ކައިރިކޮށްލާފައި ދޫ ދިއްކޮށްލިއެވެ.
“މަށަށް ވުރެ ކުރިން ނުކެވުނިއްޔާ މަރުވަނީތަ؟” ހިނިގަނޑެއް ޖަހާލާފައި ޖާވިދު ބުންޏެވެ. ތުންގަނޑު ނެރެލާފައި ޝަޔަމް ޕާނުގައި ކްރަމްޕީ ޖެހިއެވެ.
“ޖޭމު އުނގުޅާނީ ޖޭމުގެ ނަމުން ނަންދީފާ ތިބި މީހުން.” ގޮނޑިން ތެދުވެފައި ޝަޔަމް ބުންޏެވެ. އޭނާ އެރީ މައްޗަށެވެ. އިރުކޮޅެއް ފަހުން އެނބުރި އައީ ފޯނު ހިފައިގެންނެވެ. އޭރު ޖާވިދު ދެކޮފީ ތަށި ހިފައިގެން އައިސް މޭޒު މަތީގައި ބަހައްޓައިފިއެވެ.
“ކޮބައި އަހަރެންގެ ޕާންފޮތި؟” ޝަޔަމް އަހާލިއެވެ.
“ކޮން ޕާން ފޮއްޗެއް؟” އަނގަ ފުރައިގެން ހުރެ ޖާވިދު ވާހަކަދެއްކިއެވެ.
“މިތާ ބޭއްވީ. ޔޫ. ޔޫ ނެގީ ދޯ.. އާ..” ޝަޔަމްގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވިއެވެ.
“އަހަރެންނަކަށް ނޫންތަ ހަދައިދިނީ؟ އެހެންވެ ކާލައިފިން. މިހުރީ ޝަޔަމްއަށް ކޮފީ ގިރައިދީފަ. ޝަޔަމް ކޮށްދިން ކަންތަކުގެ ބަދަލެއްގެ ގޮތުން.” މަޖާވެފައި ޖާވިދު ބުންޏެވެ.
“އަހަރެން އެބައުޅޭ ވިއްޔަ ތީނަ ގިރާ އެއްޗެހި ނުބޮވިގެންނެއް.” ޖާވިދު ދިއްކޮށްލި ކޮފީތަށި ހިފައިގެން އޭނާ ހިނގައިގަތީ ސިންކު ކައިރިއަށެވެ.
“އިސްރާފުކުރުމަކީ ގޯސްކަމެއް.” ޖާވިދު ބުނެލިއެވެ. އަނގައިން އަޑެއް ލައްވާލާފައި ޝަޔަމް އަނބުރާ ކޮފީތަށި ހިފައިގެން އައެވެ. ޖާވިދާއި ބަހުގެ ހަމަލާތައް ރައްދުކުރަމުން އޭނާ އެހެން ޕާންފޮއްޗެއްގައި ކްރަމްޕީ ޖެހިއެވެ. އޭނާ ކާންވެގެން ތައްޔާރުކުރި އެއްޗެހި ކައިރިކޮށްގެން އިނދެ ފޯނު ނަގާ ގުޅީ ޔަޒްދާންއަށެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި ފޯނު ބޭއްވީ މަންހަލް އާއި ވާހަކަދެއްކޭނެ ގޮތެއް ހޯދަން ޔަޒްދާން ލައްވާ އެއްބަސްކުރުވާފައެވެ.
“އަހަރެން އަސްލުވެސް ފޮނީތަ؟ ދާންވެސް ބުނެފި.” މައުސޫމް ކަމާއެކު ޝަޔަމް ބުނެލިއެވެ.
“އެއްފަހަރުވެސް ލޯގަނޑުން އަމިއްލަ މޫނު ބަލައިލިންތަ؟ ޔަގީން އަމިއްލައަށްވެސް މޫނުމައްޗަށް ބަލައިލީމަ ފެންނާނެކަން އަމިއްލަ މީހާގެ ފޮނިކަން.” ޝަޔަމްގެ މައުސޫމް މޫނާއި އޭނާގެ މޫނު ކައިރިކޮށްލާފައި ޖާވިދު ބުނެލިއެވެ.
“އަސްލުވެސްތަ؟ އަހަރެން މަސައްކަތްކުރާނަން ރަނގަޅުވާން.” ޝަޔަމްގެ މޫނުމައްޗަށް ވެރިވި ހިތާމައިގެ ކުލަވަރު ޖާވިދަށް ސިއްރެއް ނުވިއެވެ. “ތެންކްސް. ފޯ ޓެލިން މީ ދި ޓްރުތް.”
“އައި ވޯޒް ޖަސްޓް ޖޯކިން.” ހިނިގަނޑެއް ޖަހާލާފައި ޖާވިދު ބުނެލިއެވެ.
ބޭރުގައި އުޅެފައި ދިހައެއް ޖަހަން ކައިރިވެފައި ވަނިކޮށް ޔަޒްދާން ގެއަށް އައެވެ. އޭރު މުޅި ގޭތެރެ އޮތީ ހަމަހިމޭން ވެފައެވެ. އާދަވެގެން ނުވަގަޑި ބައިގައި މަންމަ ނިދަން ވަންނާނެކަން ޔަޒްދާންއަށް އެނގެއެވެ. މަންމަ ނިދަންވަންނާނީ ގޭގެ ގިނަ ބޮކިތަކެއް ނިއްވާލާފައެވެ. ނޫނީ އަލިމަޑު ބޮކިތައް ދިއްލާފައެވެ. ގޭތެރެއަށް ވަންނަން ގޮސްފައިވެސް އޭނާ ޖަނބުރޯލު ގަސްކައިރިއަށް ދިޔައީ އުނދޯލީގައި މީހަކު އިންހެން ހީވެގެންނެވެ. ކަޅު އަނދިރިކަން ވެރިވެފައި އޮތް އެތަނަށް ނަޒަރު ހިންގާލައިގެން އިރުކޮޅަކު ހުރުމުން އުނދޯލީގައި އިން މަންހަލް އޭނާއަށް ފާހަގަވިއެވެ.
“އަހަރެން، ޔަޒްދާން މިއީ.” އުނދޯލި ކައިރިއަށް ދަމުން ޔަޒްދާން ވާހަކަދެއްކިއެވެ. އުނދޯލީގައި އޮށޯވެގެން އޮވެފައި މަންހަލް ތެދުވިއެވެ. އޭނާ އުނދޯލި މަޑުޖައްސާލައިގެން އިނީ ޔަޒްދާންއަށް ބަލާށެވެ. މަޑުހިނގުމެއްގައި އައިސް ޔަޒްދާން އިށީނީ މަންހަލްއާއި ޖެހިގެން އެންމެ ކައިރީގައި އެލުވާފައި އިން އުނދޯލީގައެވެ.
“ކިހިނެއް؟” އުނދޯލި ހެއްލާލަމުން މަޑު އަޑަކުން ޔަޒްދާން އަހާލިއެވެ.
“ރަނގަޅު. ޔަޒްދާން ކިހިނެއް؟” މަންހަލްވެސް ހިމޭން އަޑަކުން ބުނެލިއެވެ.
“ރަނގަޅު.” ދެން ބުނާނެ އެއްޗެއް ޔަޒްދާންއަށް ނޭނގުނީ ކަންނޭނގެއެވެ. އިތުރުސުވާލެއް އޭނާ ނުކުރެއެވެ.
“ސޮރީ. މެންދުރު ގަޑީގަ-” ހިމޭންކަމުގެ ސުކޫތަކަށްފަހު މަންހަލް ބުނަން ފެށިއެވެ. އެހެނަސް އޭނާގެ އަޑުކެނޑުނީ ޔަޒްދާން ވާހަކަދެއްކުމުންނެވެ.
“މަންމަ ބުނި. އެވާހަކަ ދެން ނުދައްކާ. އެކަމާމެދުވެސް ދެން ނުވިސްނާ. އަހަރެން މަންހަލްއަށް ދެރަގޮތެއް ވިޔަނުދޭނަން.” ޔަޒްދާންގެ އަޑުގައި ކުލުނުވިއެވެ.
“ޔަޒްދާން މާމަގެއަށް ދިޔައިން މިއަދު ހަވީރު. ޝާނީ ވަރަށް މަޖާ. އަހަރެން ހަމަ ފެނުންއިރަށް ރައްޓެހި ވެއްޖެ. ވަރަށް ވާހަކަހުރި. އަދި އަމިއްލައަށް ޝާނީ ކިޔައިދިނީ އޭނާކުރާ ކަންތައްވެސް. މަންމަ ނޫޅޭ ގަޑީގައި ފާހަނައިން ސައިބޯނި ފުޅި ނެރެގެން އެނދުމައްޗަށް އަޅާލިވާހަކައާ. ތިއްތަވެސް ވަރަށް ރަނގަޅު. އަހަރެން ދިޔައީމަ ސައިދީފަ. އޭނާ ވަރަށް ހެވިފަ ޕާސްޓްވެސް ކިޔައިދިނީ. އެކަމަކު އޭނާ އަސްލު ދެރަވާނެ ދޯ.” މަންހަލް ހަވީރުވީ ކަންތައްތައް ޔަޒްދާންއަށް ކިޔައިދެމުން ދިޔައެވެ. “އަޑުއަހަންތަ ތިއިނީ؟”
“ހޫމް. ކުރިއަށް. ދެން ކިހިނެއްވީ؟ މާމައާ ދިމާވިތަ؟” ޔަޒްދާން އޮތީ މަންހަލްގެ ވާހަކަތައް އަޑުއަހާށެވެ.
“މާމަ އައީ ސައިބޮއި ނިންމާލި ތަނުން. ވަރަށް ވާހަކަހުރި. އެކަމަކު ގިނައިން ކިއީ ޔަޒްދާންގެ ވާހަކަ. ހިތުން ވަރަށް މޮޅެތި ކަންތައް ކޮށްފަ އުޅޭ މީހެއްނު ތިއީ. ކުޑައިރު.” ހެވިފައި އިނދެ މަންހަލް ވާހަކަދެއްކިއެވެ.
“މާމަ އަކީ ވާހަކަފޮށްޓެއް. ޝީ އިޒް ދި ބެސްޓް.” ޔަޒްދާން އޭނާގެ މާމަދެކެވާ ލޯބި ހާމަކުރިއެވެ. “މަރިޔަން ނުކިޔާތަ އެއްވެސް އެއްޗެއް؟ އޭނާއަށް ކިޔައިދޭން އެނގޭނީ ވަރަށް އެމްބެރަސިންގ ސްޓޯރީތައް.”
“އާނ. މަރިޔަން ބުނީ އޭނާ އޮފީހަށް ދާގަޑީގައި ޝާނީ ބަލައިދޭށޯ. ވަޒީފާއެއް ގޮތަށް.” މަންހަލް ބުނެލިއެވެ.
“މަންހަލް ކީކޭ ބުނީ؟” ޔަޒްދާން އަހާލިއެވެ.
“އެއްވެސް އެއްޗެއް ނުބުނަން. އެކަމަކު މިގޮތަށް ޔަޒްދާންމެންގެ ގޭގައި އެއްވެސް އެއްޗެއް ނުދީ ހުންނަން އަހަރެން ލަދުގަނޭ. އެހެންވެ ހިތަށް އަރަނީ އާނއެކޭ ބުނަން.” އޭނާ އެދޭގޮތް ޔަޒްދާންއަށް ކިޔައިދިނެވެ.
“އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އެކަމަކު މަންހަލް ބޭނުމިއްޔާ ކުޑަ އެއްޗެއް ދެވިދާނެ. ކުލި ދައްކައިގެން ހުންނަންޏާ އެކަމާގުޅޭ ގޮތުން މަންމައާއި ވާހަކަދައްކާ.” ޔަޒްދާން ބުނެލިއެވެ. މަންހަލް މަޑުމަޑުން ‘ހޫމް’އެކޭ ބުނެލިއެވެ.
ދެންވެސްދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
“މިޝްޔާއަކީ ކާކު؟” ޔަޒްދާން އެންމެފަހުން އެސުވާލުކޮށްލިއެވެ. މަންހަލްގެ ފަރާތުން ޖަވާބެއް ނުލިބި ހިމޭންކަން ވެރިވެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Long time no see
How are you
Keep it up
Yazdhaan and manhal marry kuruvaa
They both are made for each other
Shayoo and javidh ves
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
I appreciate your support Cutie girl! ☺️🤍
Masha Allah vrh reethi 😘🥰🥰🥰
Thank u Someone! ☺️🤍
Is this the Someone who commented on my story “Aharenge hayaathun: fahuruverivi dhuvaheh”? You said u know me dhw? If yes then may I know which grade you are in? Or can u tell me if we are from same atoll?
I’m asking bcz there are lot’s of Someone’s commenting.. 😅
Very good part
I love your story’s ❤️
Thank you Maya! ☺️🤍
wow………curiously waiting for the next part…………..vvv reethi ……….thankolheh avahah update koh dhehche mi holidays ga
Thank you Repanzil! ☺️🤍
Yesss, Week aku 3 part nereveytho balaanan, In Sha Allah!