Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ތޭރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 8, 2024 5 Mins Read
4 Comments

ދެވަނަ ފަހަރު ޓަކި ތަކުރާރު ވުމާއެކު އޭނާ ތެދުވެލާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިތެރޭ އަލިކަމެއް ނެތެއްކަމަކު ގިނައިރު އެއަނދިރިކަމުގެ ތެރޭގައި އޮންނަންވީމާ އޭނަގެ ލޯވަނީ އެކަމަށް ހޭނިފައެވެ. ދޮރުގެ ތަޅުގައި ހިފާ އެއްއަތުން އަނބުރާލަމުން އަނެއްއަތުން އޭނާ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ކުރިމަތީ ހުރި އިންސާނާގެ ސޫރަފެނި އޭނާގެ ނޭވާ ކަރު ބުޑުގައި ތާށިވިފަދަ އިހުސާސެއް ކުރެވުނެވެ.

“ހައި..” ނުހަނު ހެވިފައި ހުރެ ޒިއާމް ބުނެލިއެވެ. ހާސްވީވަރުން މަންހަލްއަށް ފަހަތަށް ޖެހިލެވުނީއެވެ.

“ނިކުމޭ..” ޒިއާމް އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު މަންހަލްއަށް ތުރުތުރުއަޅާ އަޑަކުން ބުނެވުނެވެ. ނުހަނު އަވަހަށް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އޭނާ އުޅުނީ ދޮރު ލައްޕާށެވެ. އެހެނަސް ހުށިޔާރުވެ ހުރި ޒިއާމް އެދޮރު ލެއްޕުނަނުދީ ހިފެހެއްޓިއެވެ.

“އަމިއްލައަށް ދޮރު ހުޅުވީމަ ނުބުނެވޭނެއްނު ގަދަކަމުންނޭ ވަނީ..” ޒިއާމް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

“ނިކުންނާށޭ..” ހަރުއަޑުން މަންހަލްއަށް ބުނެވުނެވެ.

“ނިކުންނާނަމޭ..” ބޮކި ނިއްވާލަމުން ޒިއާމް ބުނެލި އަޑު އިވުނެވެ. ޒިއާމް ކައިރިއަށް އަންނަކަން އިހުސާސްވާ ވަރަކަށް މަންހަލްއަށް ފަހަތަށް ފިޔަވަޅެއް އެޅެއެވެ.

“ކައިރިނުވާތި.. ޕްލީޒް.. ނޫން.. ނޫން..” ބިރުންހުރި ވަރުން އޭނާއަށް ރޮވެން ފެށުނެވެ. އެހެނަސް އެރުއިމާއި އާދޭހުގެ އަޑު ޒިއާމްއަށް އިވުނުހެންނެއް ހިޔެއް ނުވެއެވެ. ހައިވެފައިވާ މިނިކާ ޖަނަވާރެއްހެން އޭނާ މަންހަލްއާއެކު އެނދުމައްޗަށް ޖެހިގަތީއެވެ.

ދޮރު ހުޅުވާލުމަށްފަހު ދެމީހުން މަޑުމަޑުން ކޮޓަރިތެރެއަށް ވަނެވެ. އެކޮޓަރީގައިވާ އަނދިރިކަން ނައްތާލާފައިވަނީ ދެމީހުން ގެނގުޅުނު އަލިގަދަ ބައްތިންނެވެ.

“ނެތެއްނު..” ފައުޒާން ބުނެލިއެވެ. އެކޮޓަރިއަކީ އެމީހުން އެންމެފަހުން ވަތް ކޮޓަރިއެވެ.

“އެހެންވީމަ ޝަޔޫ ބުނީ ރަނގަޅަށް ދޯ..” ޔަޒްދާންއަށް ބުނެވުނެވެ. އޭނާ އަނބުރާލާފައި ދިޔައީ ގެއިން ނިކުންނާށެވެ.

“ވަޓް.. ބަލާބަ..” ފައުޒާންގެ އަޑަށް އޭނާ އެނބުރި ބަލައިލިއެވެ. އެއްއަތުން ރަބަރުގަނޑެއް ނަގައި އަނެއްއަތުން ހުސްވެފައިވާ އިންޖެކްޝަންއެއް ހިފައިގެން ފައުޒާން ހުއްޓެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާގޮސް އެއެއްޗެހި އަތުލަން އުޅުނެވެ. އެހެނަސް ފައުޒާން އަތް ފަހަތަށް ދަމާލުމުން އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

“ކަލޭ ތިހުރީ އަންގި ނާރުވާ..” ޗޮކެއް ކަނޑާލަމުން ފައުޒާން ބުންޏެވެ.

ގެއަށް ވަންހާ މަޑުމަޑުން ދެމީހުންވެސް އެގެއިން ނިކުތެވެ. ޔަޒްދާންހުރީ މަޑުންނެވެ. ފައުޒާން ދެތިން ފަހަރަކު އެއްޗެއް ބުނަން އަނގަހުޅުވާލާފައިވެސް ލައްޕާލީ ބުނަން ނުކެރިގެންނެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނާ ޖިންސްގެ ޖީބުން ފޯނު ނެގީ އައިޒިންއަށް މެސެޖް ކުރާށެވެ. އޭނައާ އެކުއެކީހެން ޔަޒްދާންވެސް ފޯނު ނެގުމުން އޭނާ ހުރިހާ ސަމާލުކަމެއް ޔަޒްދާންއަށް ދިނެވެ. އޭނާ ބަލަންހުއްޓާ ޔަޒްދާން ފޯނުނަގާ ދޮންބެ ޖަހާފައި އިން ނަންބަރަކަށް ޑަޔަލް ކޮށްލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ.

“ސަލާމް ދޮންބެ.. ޝަޔޫއާ ދިމާވީމަ އޭނާ ކައިރީ ބުނައްޗޭ ފްރެންޑް ގެއަކު ނޫޅެއޭ..” ޔަޒްދާން ބުނެލިއެވެ.

“އޯކޭ.. އެހެންވެ މި ގުޅާލީ..” އެކޮޅުން ދިން ޖަވާބަކަށްފަހު ޔަޒްދާން ބުންޏެވެ.

“ނޯ ލަކް..” ޔަޒްދާން ފޯނު ކަންފަތާ ދުރުކޮށްލާ އޭނާއަށް ބަލައިލުމުން ފައުޒާން އޭނާގެ ފޯނަށް ނަޒަރެއްދެމުން ލިޔެފައި އިން މެސެޖް އައިޒިންއަށް ފޮނުވާލިއެވެ.

އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ކޮލެޖް ނިންމާލުމަށްފަހު ގެއަށް އައިސް ޝަޔަމް އުޅުނީ ބަދިގޭގައި ފޮނި އެއްޗެއް ހަދާށެވެ. އޮފީސް ނިންމާލުމަށްފަހު ޝަފްނާ އަންނަތަން ފެނުނީ އޭނާ މަސައްކަތް ނިމެނިކޮށެވެ.

“ހާއި ޝަޔޫ.. ކޮންއެއްޗެއް ހަދާލަނީ..؟” ނިކަން ހިނިއައިސްފައި ހުރެ ޝަފްނާ ބުނެލިއެވެ.

“ހާއި މަމްމްމް.. މިއުޅެނީ އޯރިއޯ ޗީސްކޭކްއެއް އަޅަން އެނގޭތޯ..” ޝަޔަމްވެސް ހިނިތުންވަމުން ބުނެލިއެވެ.

“އޯހް.. މަންމައަށްތަ؟” ކާމޭޒުމަތީގައި އޮތް ބިސްކޯދު ބޮނޑިން ބިސްކޯދެއް ނަގަމުން ޝަފްނާ އަހާލިއެވެ.

“މަންމައަށްވެސް ދޭނަމޭ.. އަސްލު ބައްޕައަށް ފޮނި އެއްޗެހި މީރުކަމުން..” ދެލޯ ބޮޑުކޮށް މައްޗަށް އަރުވާލަމުން ޝަޔަމް ބުނެލިއެވެ.

“ކަމްއޯން ޝަޔޫ.. މިހާރު ބައްޕަ އެހުރީ މުސްކުޅިވެފަ. ގިނަމީހުން އެއުމުރަށް ދާއިރު ހުންނާނީ ހަކުރު މައްޗަށްގޮސް ފޮނި އެއްޗެހި ކެއުން މަނާވެފަ.. ބައްޕަ ޝަޔޫ ހެދީމަ ދެރަވެދާނެތީ ނުބުނެދާނެ..” މޫނުމަތިން ފޫހިކަން ފާޅުވެލުމާއެކު ޝަފްނާ ބުންޏެވެ.

“ކަމްއޯން މައި ޑިއާރ މަމީ.. ބައްޕަ ޓެސްޓުތަކުގެ ރިޕޯޓް އަހަންނަށް ފެނުނޭ.. ހުރިހާ އެއްޗެއްވެސް ހުރީ ނޯމަލްކޮށް. އަނެއްކާ ބައްޕަ އެހުރީ ނުލާހިކު ފިޓްކޮށް ހޭންޑްސަމްކޮށް އަދިވެސް. ކޮންމެދުވަހަކު ދުވަންވެސްދޭ. އެންމެފަހަރަކުވެސް މަންމަ ބަލައިލާނަމައެއްނު އެނގޭނީ..” ލާނެތް ގޮތަކަށް ޝަފްނާ ބުނެލި ރާގުގައި ޝަޔަމް ވާހަކަދެއްކިއެވެ. ޝަޔަމްއަށް ލޯ އަޅާލަމުން، އަނގައާ ދިމާކުރި ބިސްކޯދު މޭޒުމަތީގައި ބާއްވާ ޝަފްނާ ހިނގައިގަތީ މައްޗަށްދާށެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާ ފަހަތް ބަލައިލީ ޖާވިދުގެ އަޑުއިވުމުންނެވެ.

“ޖޭމުގަނޑު..” ތަށިތައް ދޮވުމުގައި އުޅެމުން އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް އޭނާ ކިޔާލިއެވެ.

“މޭމް.. ނީނާ އައިސްފި..” ޝަފްނާ އެނބުރިލުމުން ޖާވިދު ބުންޏެވެ.

“އެތެރެއަށް ވައްދާ.. އަހަރެން މިއަންނަނީ..” ޖާވިދަށް ކަންކުރަންވީ ގޮތް ބުނެދެމުން އޭނާ ސިޑިން އަރައިގެން ދިޔައެވެ.

“ޝަޔަމް.. ޝަޔަމް ބައްޕަވެސް އަތުވެއްޖެ..” ޝަޔަމްގެ ނަން ކިޔާލި އަޑަށް އޭނާ ސިހިފައި ފަހަތް ބަލައިލިއެވެ. މޫނު ކުނިކޮށްގެން ހުރެ އޭނާ ބޯ ޖަހާލިއެވެ. ޖާވިދު ދާން ހިނގައިގަތުމާއެކު އޭނާއަށް ޖާވިދުއަށް ގޮވާލެވިއްޖެއެވެ.

“ކޮން ނީނާއަކާއި ސީނާއެއްތަ ތިގެނައީ؟ ބިޓުތަ؟” ޖާވިދުގެ ކައިރިއަށް އަވަސް ފިޔަވަޅުތަކާއެކު ދެވުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

“ތިހާ އެނގެން ބޭނުމިއްޔާ މަންމަ ކައިރީ އަހަންވީނުން..” އޭނާގެ އަޑުގައިވީ ފަރުވާކުޑަކަމެވެ.

“އަހަރެން ހަނދާން ނެތުނީއޭ ތިކަހަލަ މީހުންނަށް ރައްޓެހިވާނެ ކުއްޖެއްވެސް ނުވާނެކަން ބުނަން.. ޓޫ ބޭޑް..” ލާނެތް ކަމާއެކު ބުނެލަމުން އޭނާ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. އެހެނަސް އެ ފިޔަވަޅުތައް މަޑުޖެހުނީ ޖާވިދު އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ ދަމާލުމުންނެވެ.

“ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ..” ޝަޔަމްގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލަމުން ޖާވިދު ބުނެލިއެވެ.

“ތިނޫން އެއްޗެއް ބުނާކަށް ޖޭމަކަށް ނޭނގެއެއްނު..” ހިތަށް އައި ޖުމްލަ ދުލުން ބޭރުކުރަން ޝަޔަމްއަށް ނުކެރުނީ ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިއުމުންނެވެ. ފުން ކަނޑެއްފަދަ އެދެލޮލުން ޝަޔަމްއަށް ނަގައިގަންނަންވީ ކީކޭކަމެއް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ ޖާވިދުގެ އެފަދަ ހަރަކާތްތަކުން އޭނާގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާކަމެއްކަމެވެ. ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެހިނދުކޮޅަށް ނިމުމެއް އައީ ނުހަނު ކައިރިން މީހަކު ކަރުކެހިލި އަޑު އިވުމުންނެވެ.

“ބައްޕަ..” ނުހަނު އަވަހަށް ޖާވިދާއި ދުރުވެލަމުން ޝަޔަމް މަޑުމަޑުން ކިޔާލިއެވެ. އޭރު އޭނާގެ ދެކޮލަށް ރަތްކަން ވެރިވެފައިވެއެވެ.

“ހުމް، ބައްޕަ..” ދެމީހުންނަށް ފަރުވާތެރިކަމާއެކު ނަޒަރެއް ދެމުން އަޒީމް ބުނެލިއެވެ. އެނަޒަރުން ނުތަނަވަސްކަން ލިބިގެން ކަންނޭނގެއެވެ. ބޯ ކަހާލާފައި ޖާވިދު ވައި ސޫރިއެއްހާ ބާރު މިނުގައި އެތަނުން ދުރަށް ދިއުމަށް ހިނގައިގަނެފިއެވެ.

“މް.. މިއަންނަނީ ކޭކު ހިފައިގެން..” އަޒީމްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.

“ދަރިފުޅު..” މަޑުމައިތިރި ކަމާއެކު އަޒީމް ގޮވާލުމުން ޝަޔަމް ފަސް އެނބުރި ބަލައިލިއެވެ. އަޒީމް ނިތް އަރުވާލުމާއެކު ޝަޔަމް ތުންފަތުގައި ދަތްއަޅާލިއެވެ.

“ސޮރީ.. މިބުނީ.. އަސްލު ދަބަސް.. އުމްމް.. ފޯނު ހިފައިގެން އެބަ އަންނަމޭ..” މޫނުމަތީގައި މަޑުމަޑުން އަތުން ޖަހާލަމުން އޭނާ އަނެއްކާވެސް ހިނގައިގަނެފިއެވެ. ޝަޔަމްއަށް ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު ލުއި ގޮތަކަށް ހީލަމުން އަޒީމް ކާރަށް އެރިއެވެ.

“ޔަޒްދާން ބައްޕައަށް ގުޅި..” ޝަޔަމް ކާރަށް އެރުމާއެކު ދުއްވާލަމުން އަޒީމް ބުންޏެވެ.

“ކީކޭ ބުނީ؟” ނިކަން ޝައުގުވެރިކަމާއެކު ޝަޔަމް އަހާލިއެވެ.

“ފްރެންޑެއްގެ ވާހަކަ-..” އަޒީމްއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކެތްތެރިކަމެއް ނެތް ޝަޔަމް ވާހަކަދައްކަން ފެށީއެވެ.

“އޭނާ. އޭނާ ގޭގަ އުޅޭތަ؟”

“ނޫޅެއޯ ބުނީ..” ޝަޔަމްއަށް ނަޒަރެއް ދެމުން އަޒީމް އަހާލިއެވެ. “ކޮން ފްރެންޑެއްތަ؟”

“އެއީ މަންހަލް.. ބައްޕައަށް އެނގެއެއްނު އޭނާ.” ޝަޔަމް އޮޅުން ފިލުވައިދިނެވެ.

“އެކުއްޖާ މިހާރު ވަރަށް ބޮޑު ވެއްޖެދޯ. ކިހިނެއްތަ އޭނާ؟” އަޒީމްގެ އަޑުގައިހުރި ޝައުގުވެރިކަން ޝަޔަމްއަށް ފާހަގަވިއެވެ.

“ހުމް. މިއަހަރު އޭލެވެލް އެނިންމާލީ. ޝަޔޫ އައިއިރު ރަނގަޅަށް ހުރީ..” ހިނިތުންވުމެއް ބަދަލުކޮށްލަމުން ޝަޔަމް ބުނެލިއެވެ.

އާދައިގެ މަތިން އިރު އޮއްސުމުގެ ކުރިން ޝަޔަމްއާ އަޒީމް ގެއަށް އައެވެ. އަޒީމް އެގެއިން ދިޔައީ ޝަޔަމް އަޅައިދިން ކޭކު ކައިގެންނެވެ. އެގޭގައި އަޒީމް އުޅުން އިރު އެންމެ ފަހަރަކުވެސް ޝަފްނާ ބޭރަކަށް ނުނިކުމެއެވެ. ކާމޭޒުމަތީގައި ހުރި ތަށިތައްނަގާ ދޮވެލުމަށްފަހު ޝަޔަމްގޮސް ވަނީ އޭނާގެ މަންމަގެ ކޮޓަރިއަށެވެ.

އިޝާ ނަމާދުކޮށް ނިންމާލުމަށްފަހު ޝަޔަމް ތައްޔާރުވީ ބޭރަށް ދާށެވެ. ނުހަނު އަވަސްއަވަހަށް ތިންކަނު ބުރުގަލެއް އަޅާލަމުން ކޮލެޖަށްދާ ދަބަހަށް ދެތިން ފޮތެއް ލައިގެން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޖާވިދުއާއެކު ކާރަށް އަރާ ދުއްވާލުމާއެކު އޭނާ އަވަސް ކުރުމަށް ޖާވިދު ކައިރިން ކިޔަން ފެށިއެވެ. މަންޒިލަށް ކާރު މަޑުކުރުމުން ޝަޔަމް ކާރުން ފައިބައިގެން ގޮސް ދިހަބުރިއަށް ނަގާފައިހުރި ގެއަށް ވަދެގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު އޭނާ ލިފްޓުން ފައިބައިގެން ގޮސް ފުރަތަމަ ޖެހުނު ދޮރުގައި ޓަކި ޖަހާލިއެވެ.

“ޝަޔަމް..” ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި އަންހެން ކުއްޖާ ބުނެލިއެވެ. “ކީއްކުރަނީ؟”

“މިއައީ މަންމަގެ ކައިރިން އާދޭސްކޮށްގެން ޕްރޮޖެކްޓް ވޯކްއެއް ހަދާށޭ ކިޔާފަ.” އޭނާއަށް ވަދެވޭ ވަރަށް ދޮރު ހުޅުވާލުމާއެކު ޝަޔަމް އެތެރެއަށް ދެމިގަތެވެ. “އައި ނީޑް ޔުއަރ ހެލްޕް.”

“ކިޔާބަލަ. އަސްލު ކިހިނެއްވީ؟” ސިޓިންގ ރޫމް ސޯފާގައި އިށީންނަން ތަންދައްކަމުން ޒާރާ ބުނެލިއެވެ. އޭނާއަކީ ޝަޔަމްއާއެކު ކޮލެޖްގައި ކިޔަވާ ކުއްޖެކެވެ.

“ފޯނު ދެވިދާނެތަ؟ މީހަކަށް ގުޅަން..” ޝަޔަމްގެ ދޫ ހަލުވިކަމުން އޭނާ ކިޔާ އެއްޗެއް ސާފުވަނީވެސް ކިރިޔާއެވެ.

“މިއޮތީ..” އިސްތިރިމޭޒުމަތީގައި އޮތް ފޯނުނަގާ ޝަޔަމްއަށް ދިއްކޮށްލަމުން ޒާރާ ބުނެލިއެވެ.

“ޕްލީޒް ގިވް މީ ވަން މިނުޓް..” އާދޭހާއެކު ޝަޔަމް ބުނެލުމުން އޭނާ ބޯޖަހާލާފައި ގޮސްވަނީ ކޮޓަރިއަށެވެ.

ޝަޔަމް އަންނަންދެން ކާރުގައި މަޑުކޮށްގެން އިން ޖާވިދު ސިހިފައި ބޭރު ބަލައިލީ ކާރުގެ ބިއްލޫރިގަނޑުގައި މީހަކު ތަޅައިގަތް އަޑަށެވެ. ހައިރާންކަމާއެކު ގަޑި ބަލައިލަމުން އޭނާ ތަޅުލާފައި ހުރި ކާރުގެ ދޮރު ހުޅުވާލިއެވެ.

“ދިހަ މިނެޓުން ޕްރޮޖެކްޓް ނިމެނީތަ؟” މަލާމާތުގެ ރާގުގައި ޖާވިދު ބުނެލިއެވެ.

“ޖޭމާ ބެހޭ ކަމެއް ނޫން.” ބޭރުން ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލަމުން ޝަޔަމް ޖަވާބު ދިނީ ނިކަން ހަމަޖެހިލާފައެވެ.

ޔަޒްދާންއާ ޒަހީނާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ސްޓޭޝަންގެ ކޯލެއް ޔަޒްދާންއަށް އައީ އޭނާ ކާންއިން ބަތްތަށި ހުސްވަނިކޮށެވެ. ބަތްތަށި ބެހެއްޓުމަށްފަހު ޔަޒްދާން ތެދުވި ގޮތުން ޒަހީނާވެސް އޭނާއާ އެކުއެކީހެން ތެދުވިއެވެ.

“ވަރަށް އަވަހަށް ދާން ޖެހިއްޖެ. ރަށުން ބޭރަށް ދާންޖެހެނީ. އަހަރެން އަންނަންދެން މަޑުނުކޮށް މަންމަ ނިދާތި..” ފޯނު ޖީބަށްލަމުން އޭނާ މަންމައަށް އޮޅުން ފިލުވައިދިނެވެ.

“ދަރިފުޅު.. ކުރިން ދުވަހު އަދި ރަށަށް އައީ.. އަނެއްކާވެސް..” ޒަހީނާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ.

“މަންމަ ނުރޮއެބަލަ.. އަހަރެން އަންނާނަމޭ..” އަތްދޮވެލައިގެން އައިސް ޔަޒްދާން އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. “ލަވް ޔޫ މަންމާ..”

މަންމަގެ ނިތުގައި ބޮސްދެމުން ޔަޒްދާން ނިކުމެގެން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން ޒަހީނާ މަޑުމަޑުން ގޮނޑީގައި އިށީނދެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 3

Next

މީސްމީޑިޔާ

Next
August 8, 2024

މީސްމީޑިޔާ

Previews
August 8, 2024

ޙަޤީޤަތް ހޯދުމޭ 3

4 Comments!

  1. Cutie girl says:
    August 8, 2024 at 6:45 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Yazdhaan and manhal gulhuvachey
    They both are made for each other
    Sayoo and javidh ves gulhuvachey
    Love you ❤️😍

    1. Aayaa Aayaa says:
      August 9, 2024 at 9:32 am

      Thank you Cutie girl! 😊🤍

  2. Yashmin says:
    August 8, 2024 at 10:22 pm

    Lovely part ❤️
    Next part please 🥰😭

    1. Aayaa Aayaa says:
      August 9, 2024 at 9:33 am

      Thank you Yashmin!
      Next part on Monday In Sha Allah! 😊🤍

Comments are closed.

Next Episodeއިންސާފް (ސާދަވަނަ ބައި)←


All Right Reserved!