Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ވިހިވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
September 23, 2024 7 Mins Read
10 Comments

“މިޝްޔާއަކީ ކާކު؟” ޔަޒްދާން އެންމެފަހުން އެސުވާލުކޮށްލިއެވެ. މަންހަލްގެ ފަރާތުން ޖަވާބެއް ނުލިބި ހިމޭންކަން ވެރިވެގެން ދިޔައެވެ. ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތެއް ޔަޒްދާންގެ އުންމީދުގެ ހުޅުކޮޅު ކުޑަކޮށްލައެވެ. މަންހަލްގެ ފަރާތުން ޖަވާބެއް ނުލިބޭނެހެން ހީވި ވަގުތު އޭނާ ވާހަކަދެއްކި އަޑު އިވުނެވެ.

“ޔަޒްދާން ހީކުރީ ކީކޭ؟ އަހަރެން މަންހަލްއޭ ކިޔައިގެން ނަން އޮޅުވާލީއޭތަ؟” ލުއި ހުނުމަކާއެކު މަންހަލް ބުންޏެވެ.

“ފާޑަކަށް. ހަމަ އަސްލުވެސް އަހަރެންނަށް އޮޅުވާލީތަ؟ މިޝްޔާއަކީ ތިއީތަ؟” ކެތްތެރިކަން ކުޑަވެފައި ޔަޒްދާން ސުވާލުކުރިއެވެ.

“ނޫން. މިޝްޔާއާއި މަންހަލްއަކީ މުޅިން ދެމީހުން.” މަންހަލް ވާހަކަދައްކަން ފެށިއެވެ. “މަންހަލްއަކީ އަހަރެން. މިޝްޔާއަކީ އަހަރެންގެ މަންމަ.”

**

“މިޝްޔާ. މިޝީ.. މިޝްޔާ..” މަންހަލް މަގުހުރަސްކުރަން ދަނިކޮށް މަގުގެ އެއްފަރާތުން މީހަކު ގޮވާ އަޑަށް އެދިމައަށް ބަލައިލިއެވެ. އޭރު ދުރުގައި ހުރި އަންހެން މީހާ ހަނާއަޅަމުން އަންނަނީ އެދެމީހުންނާއި ދިމާއަށެވެ. ޔަގީންނުވެފައި ހުރި ފަދައަކުން މަންހަލް ހުއްޓި ހުރީއެވެ. އަންހެން މީހާ އައިސް ބައްދައިގަތީ މަންހަލްގެ ގައިގައެވެ.

“އަޅޭ އަހަރެން މިހިރީ މިޝީ ދެން ނުފެންނާނެކަމަށް ނިންމައިގެން. ކިހާ ދުވަހެއް މިވީ މިޝީ ހޯދަން އުޅޭތާ؟ ހަމަ އަހަރެން މަތިން މިސް ނުވަނީތަ؟” މަންހަލްގެ ގައިގައި ބައްދައިގެން ހުރެ އެއަންހެން މީހާ ވާހަކަދެއްކިއެވެ. “ހާދަ ޒުވާނޭ އަދިވެސް. ހީނުވޭ އުމުރުން ސާޅީސް ހައެއް ވީހެންވެސް.”

“މިއީ މިޝްޔާއެއް ނޫން.” މަޑުމަޑުން މަންހަލް ބުންޏެވެ.

“އެކަމަކު ތިއީ ހަމަ މިޝްޔާގެ ކޮޕީ. އަހަރެންނަށް މިޝްޔާއެއް ނޯޅޭނެ. ދެން ބުނެބަލަ. ތިއީ  މިޝްޔާގެ ކާކު؟” އަންހެން މީހާގެ އަޑުގައި ވަރަށް ޔަގީންކަންވިއެވެ.

“މިޝްޔާ އެއީ އަޅުގަނޑުގެ މަންމަ.” އިސްޖަހާލާފައި މަންހަލް ބުނެލިއެވެ. އެދައްތަގެ މޫނަށް ބަލަން އޭނާއަށް އުނދަގޫވިއެވެ.

“އެހެންވިއްޔާ މަންމަ ކޮބާތަ؟ ގޭގަ އެބައުޅޭތަ؟ އެކޮއެ ދިޔައަސް ދައްތައަށް އެނގޭނެ ގެއަށް ވަންނަން. އަދިވެސް އެންމެ މަތީބައިގައި ދޯ ތިއުޅެނީ؟” އޭނާގެ މަންމައާއި ބައްދަލުކޮށްލަން އެދައްތަ އެދޭވަރު އޭނާގެ އަޑުން ހާމަވާން ހުއްޓެވެ.

“މަންމަ. މަންމަ ނިޔާވެއްޖެ.” ހިމޭންކަމާއެކު ދުރުބަލައިލަމުން މަންހަލް ބުންޏެވެ.

“އޭނ؟” ދައްތަގެ މޫނުން ހިތާމައިގެ ކުލަވަރު ފެނުނެވެ. މަންހަލް ދެއްކި ވާހަކަތައް ގަބޫލުކުރަން އޭނާ ބޭނުންނުވާފަދައިން އެމޫނަށް ބަލަން އޭނާ ހުއްޓެވެ.

“މީގެ އެގާރަ އަހަރު ކުރިން.” މަންހަލް އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އެކޮޔަށް ކިޔަނީ މަންހަލްތަ؟” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން އޭނާ ބުނެލިއެވެ. ބަސްބުނުމެއް ނެތި މަންހަލް ބޯޖަހަލީއެވެ.

” އެއީ މިޝްޔާ ސްކޫލު ދައުރުގައި ކިއީ އެއްޗެއް. ތިމަންނައަށް އަންހެން ކުއްޖެއް ލިބިއްޖެއްޔާ ކިޔާނީ މަންހަލްއޭ.” އޭނާއަށް އެނަން ދިމާކުރަން އެނގުނީ ކިހިނެއްކަން ބުނެދިނެވެ.

“ދައްތައަށް ކިޔަނީ ބަސްމާ. މަންމަގެ ސްކޫލް ދައުރުގެ ބެސްޓް ފްރެންޑް.” ސަލާމަށް އަތްދިއްކޮށްލަމުން ބަސްމާއްތަ ބުނެލިއެވެ. އެއަތުގައި ހިފާ މަންހަލް ސަލާންކޮށްލިއެވެ “އެއީ ވަރަށް ހެޔޮ އެކުވެރިއެއް. ސުކޫލުގައި ހުރިހާ ކުދިން ދައްތަ ބާކީކޮށްލި އިރު މިޝްޔާ އިންނާނީ އަބަދުވެސް ދައްތައާއެކު. ފަހުން ދެމީހުން މަތީ ތަޢުލީމް ހާސިލްކުރަން ބޭރަށް ދިޔައީ. ދައްތަ މެލޭޝިޔާއަށް ގޮސް އެތަނުން މީހަކާ އިނދެގެން ދިރިއުޅުމެއް ފެށީ. ދައްތަގެ ކައިވެނިން ދިމާވި ފަހުން އޭނާއާ ބައްދަލެއް ނުވޭ ފަހަކުން. ރާއްޖެ އަންނަ ކޮންމެ ފަހަރަކު ވަރަށް ހޯދަން. އެކަމަކު ދެން ނުފެންނާނެތާ ދޯ.”

މަންހަލް ދައްތަގެ ބަހަށް ބޯޖަހާލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް އޭނާއަށް ނޭނގުނެވެ.

“ދެން ދަނީ އިނގޭ. ވަރަށް އުފާވެއްޖެ މިޝީގެ ދަރިފުޅާވިއަސް ބައްދަލުވީމަ. މަންމަހެން ބަސްއަހައިގެން އުޅެއްޗޭ.” މަންހަލްގެ ގައިގައި ބައްދާލުމަށްފަހު ބަސްމާއްތަ ދާން ހިނގައިގަތެވެ.

**

“އައިމް ސޮރީ.” ޔަޒްދާންއަށް ބުނެވުނެވެ.

“އިޓްސް އޯކޭ.” ތުންފިއްތާލާފައި މަންހަލް ބުންޏެވެ.

“ތިއީ އަހަރެންހެން ހަމައެކަނި ކުއްޖާތަ؟” މަންހަލްއާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވީވަރުން އޭނާއަށް އަހާލެވުނެވެ.

“އުހުން. ހުންނާނެ ދޮންބެ، ހަތަރު އަހަރު ބޮޑުވާނެ.” ދޮންބެގެ މަތިން ހަނދާން ކޮށްލާފައި އޭނާ ބުނެލިއެވެ.

“އަހަރެންނަށް ވުރެ ބޮޑުވާނެ ދޯ އެހެންވީމަ؟” ހިތުހިސާބު ހަދާލާފައި ޔަޒްދާން ބުންޏެވެ. ޔަޒްދާންގެ ސުވާލަށް މަންހަލް ހޫނ ލައްވާލިއެވެ. “ދެން ބައްޕަ ކޮބާ؟ ބައްޕަވެސް ނިޔާވީތަ؟” އަހަން ނާހަން ހުރެފައި ޔަޒްދާން އަހާލިއެވެ.

“ނޫން.” މަންހަލްގެ ޖަވާބު އަވަހެވެ. އިރުކޮޅަކު އިނދެފައި އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ. “ނޭނގެ.”

“އެހެން ސުވާލެއްވެސް އަހަންތަ؟” ނުކެރިފައި އިނދެ ޔަޒްދާން މަންހަލްގެ ގާތުން ހުއްދައަކަށް އެދުނެވެ. އަނދިރީގެ ތެރެއިން މަންހަލް ބޯ ޖަހާލިތަން އޭނާއަށް ފެނުނެވެ. “މަންމަ ބަލިވެގެންތަ ނިޔާވީ؟”

“ކިޔައިދޭން އުނދަގުލިއްޔާ އޯކޭއޭ. އަޅައިނުލާ ދެން. ޝަޔޫ މިއަދު ގުޅި. އޭނާއަކަށް ނޭނގޭނެ މަންހަލް އުޅެނީ މިގޭގައި ކަމެއް.” މަންހަލް ޖަވާބެއް ނުދޭނެކަން ޔަގީންވުމުން ޔަޒްދާން ދެންފެށީ އެހެން ވާހަކައެކެވެ.

“އޭނާ ކޮބާ؟ ރަނގަޅުތަ؟” ދުވަސްވީ އެކުވެރިޔާގެ މަތިން ހަނދާންވުމާއެކު އަވަސްއަވަހަށް މަންހަލް ސުވާލުކުރިއެވެ.

“ޔޫކޭއަށް ގޮސްފި މިހާރު. އަހަރެންގެ ގާތު ބުނި މަންހަލް ހޯދާފަ އޭނާއަށް ގުޅާށޯ.” ހެވިފައި އިނދެ ޔަޒްދާން ބުނެލިއެވެ. “އިނގެއެއްނު އޭނާގެ ބޮޑުއަނގަ. ޝަޔޫ ވާހަކަދައްކާ މަޖާކޮށް ބުނާކަށް އަހަރެންނަކަށް ނޭނގޭނެ.”

މިފަހަރު މަންހަލްއަށްވެސް ހެވުނެވެ. ޝަޔަމްގެ ހަލުވި ދުލާއި ވާހަކަދެއްކުމުގައި ހުންނަ މަޖާގޮތްގަނޑު އޭނާ ހަނދާންވީއެވެ.

“ހޫމް، އޭނާއާއި ވާދަޖެހޭނެ އެހެންމީހެއް ނުހުންނާނެ. ސުކޫލުގައި އުޅުންއިރު ކޮންމެ ބަހުސް މުބާރާތަކުން އެއްވަނަ ގެންނާނީވެސް އޭނާ.” މަންހަލްއާ އެކު އެހުނުމުގައި ޔަޒްދާންވެސް ބައިވެރިވިއެވެ. “ވަރަށް ލަސްވެދާނެތަ މިހާރު ޔޫކޭއަށް؟”

“ހަތަރު ގަޑިއިރު ފަހަތުގައި އުޅޭނީ. އެހެންވީމާ. ނުވައެއް. އަށެއް. ހަތެއް. ހައެއް. ހައެއް ޖަހާނީ.” އިނގިލި ބިންދައިގެން ގުނާފައި އޭނާ ބުންޏެވެ.

“ގުޅިދާނެތަ؟” ޔަޒްދާންގެ ގާތުން މަންހަލް އެދުނެވެ.

“ލަސްވެއްޖެއްނު މިހާރު. ނިދަން ދާނީ ކޮންއިރަކުން؟” ޔަޒްދާން އަހާލިއެވެ.

“އޯކޭވާނެ. މިރޭ ވާހަކަދައްކާފަ ނިދަން ދާނީ.” ގޮތްދޫނުކުރާ ރާގަކަށް މަންހަލް ބުންޏެވެ.

“ޔޫ ނޯ ޝަޔަމްގެ ބޮޑު އަނގަ. ދެމީހުން އެކަނި. މިގަޑީގަ. ޔަޒްދާންގެ ގޭގަ. އޭނާ އަނގައެއް ނުހުއްޓާނެ އިނގޭ.” ފޯނު ނަގަމުން ޔަޒްދާން އިންޒާރު ދިނެވެ.

“އޭނާއަކަށް ނޭނގޭނެއްނު މިއީ އަދި ޔަޒްދާންމެންގެ ގެ ކަމެއް. އަނެއްކާ އެހާގިނައިރު ވާހަކަ ދައްކާކަށް ނޫނޭ މިގުޅަނީ.” ދެންވެސް ގޮތްދޫކުރާކަށް މަންހަލް ބޭނުމެއް ނޫނެވެ.

“އަހަރެންނަށް އޯކޭ. އެކަމަކު މަންހަލްގެ މޫނު އިނގޭ ރަތްވަނީ ސިކުންތުކޮޅެއްގެ ތެރޭގަ. އަހަރެންގެ އެއްނޫން.” ލާނެތް ކަމާއެކު ޔަޒްދާން ބުނެލިއެވެ.

“ދެން ޔަޒްދާން.” އަކުރުތަކަށް ދަމާލަމުން މަންހަލް ގޮވާލިއެވެ.

ޝަޔަމް އުޅުނީ ފާރުގައި ތަތްކޮށްފައި ހުރި ޕޯސްޓަރުތައް ނައްޓަވާށެވެ. ފާރުގައި މީހުންގެ ފޮޓޯ ހަރުކޮށްފައި ހުރުމަކީ އޭނާ މާ ގަޔާވާ ކަމަކަށް ނުވާތީއެވެ.

“އަފްރާ. އަފޫ. އަފްރާ.” ޕޯސްޓަރުގެ ފަހަތް ބަލަމުން އޭނާ ކިޔެވެ. “ހުރިހާ އެއްޗެއްގެ ފަހަތުގަ ލިޔެފަ. ގައިމު ކުރިމަތީގައި ލިޔެފަ ހުރިނަމަ މިކޮޓަރިއަށް ވަތްގޮތަށް މަށަށް އެނގުނީހެއްނު މިތާ އުޅުނީ ތިޔަ އަފްރާކަން.”

ޖަސްޓިން ބީބާގެ ޕޯސްޓަރު ނައްޓަވާލާ ފަހަތް ބަލައިލި އިރު ފެނުނު ކުޑަކުޑަ ޕާސްޕޯޓް ސައިޒް ފޮޓޯ ނަގާ އޭނާ ބަލައިލިއެވެ. ގަދަ މުށިކުލައިގެ ބުޅި އިސްތަށި ގަނޑެއް ލިބިފައިވާ އެއަންހެން ކުއްޖާގެ މޫނު އިނީ ބިސްބުރެއްގެ ބައްޓަމަށެވެ. މޫނުގައި މޭކަޕްކޮށްފައި ހުރިވަރުން އޭނާގެ އުމުރަށްވުރެ މުސްކުޅި ކަމަށް ދައްކައޭ ޝަޔަމްގެ ހިތް ބުނެލިއެވެ.

“ޑިއަރ އަފްރާ އަފޫ، އައި ޑޯންޓް ލައިކް ޔޫ ސްވީޓްހާޓް.” އަފްރާގެ ފޮޓޯ ޑަސްބިނަށް ލަމުން ޝަޔަމް އަމިއްލައަށް ވާހަކަދެއްކިއެވެ. “ފަހަތުގައި އެފޮޓޯ ނުބައިންދާ ގައިމު މިތާ ހަރުކުރިނަމަ ދޯ. އޭރަށް ފޮޓޮއިން މިމީހާ ކައިރީ އިނދެވިދާނެއްނު. ރިއަލް ލައިފްގައި ނުވިއަސް.”

ހުރިހާ ޕޯސްޓަރުތަކެއް ޑަސްބިނަށް އަޅާލުމަށްފަހު އޭނާ އުޅުނީ ޑަސްބިން ކޮތަޅު ހިފައިގެން ބޭރަށް ދާށެވެ. އެހެނަސް އެނދުމަތީ އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ދިޔައީ ފޯނު ކައިރިއަށެވެ. ޔަޒްދާންގެ ނަން އަރާފައި އިނުމުން ކޯލް ރިސީވްކޮށްލަމުން އޭނާ ނިކުތީ ކޮޓަރިން ބޭރަށެވެ.

“ޖޭމާ. މި ޑަސްބިން ކޮތަޅު ނެރެދީބަލަ.” ޝަޔަމްގެ ބާރު އަޑުން ގޮވާލުމާއެކު ޔަޒްދާންއާއި މަންހަލްވެސް ދިޔައީ ސިހިގެންނެވެ.

“ޔަޒްދާން ކައިރީ އަހަރެން ބުނިން ދޯ މަންހަލް ހޯދައިގެންނޭ އަހަރެންނާ ދެން ގުޅަން ވާނީ.” ފޯނަށް ބަލައިލަމުން ޝަޔަމް އަނެއްކާވެސް ބުނެލިއެވެ.

“ހެލޯ ޝަޔޫ.” އުނދޯލިން ތެދުވެގެން މަންހަލް ޔަޒްދާންގެ ކައިރިއަށް ޖޯއްޔަށް އައެވެ. ޔަޒްދާން ދިއްކޮށްލި ފޯނުގައި ހިފާ މަންހަލް ހެވިފައި އިނދެ ގޮވާލިއެވެ. ދެލޯ ބޮޑުކޮށްލާފައި ޝަޔަމް ފޯނު އެއްލީ އެނދުމައްޗަށެވެ. ދެން އޭނާ ފޯނު ނެގިގޮތަށް ކޯލް ކަނޑާލައިފިއެވެ.

“މިހާރު؟” މަންހަލްއަށް އަހާލެވުނެވެ. ޔަޒްދާންއަށް ޖަވާބެއް ނުދެވެނީސް ޝަޔަމް ގުޅަންފެށިތަން ފެނިއްޖެއެވެ.

“އަހަރެން ހޭލާ ހުއްޓާ ހުވަފެނެއް ފެނިއްޖެ ޔަޒްދާން.” ފޯނު ނެގިއިރަށް ޝަޔަމް ބުނި އަޑުއިވުނެވެ.

“ހުވަފެނެއްގަ ނޫނޭ ތިއުޅެނީ. މިއީ މަންހަލްއޭ.” މިފަހަރުވެސް ވާހަކަދެއްކީ މަންހަލްއެވެ. ޔަޒްދާން އިނީ ފޯނަށް ބޯދިއްކޮށްގެން ދެމީހުން ދައްކާ ވާހަކަތައް އަޑު އަހާށެވެ.

“ޔަޒްދާން އެހާ އަވަހަށް މާލެ އައީތަ؟” މަންހަލްގެ ގާތުން ޝަޔަމް އެހިއެވެ. ދޭނެ ޖަވާބެއް ނޭނގިގެން މަންހަލްއަށް ބަލައިލެވުނީ ޔަޒްދާންއަށެވެ. އެހާ ކައިރިން ދެމީހުންނަށް އެކަކު އަނެކަކުގެ މޫނު ފެނުމާއެކު ހުއްޓިފައި ތިބެވުނީއެވެ. ޔަޒްދާންގެ ލޮލާ ލޯ ބައްދަލުވި ވަގުތު އެދެލޮލުން ފެނުނު އަސަރުތަކުން މަންހަލްގެ ނޭވާ ކަރުގައި ތާށިވި ފަދަ އިހުސާސެއް ކުރެވުނެވެ.

“ހޫނ. ކަލޭމެން ދެމީހުންގެ ރޮމޭންސް ދައްކަންތަ އަހަރެންނަށް ގުޅީ؟ ތިކަހަލަ ކަންތައް ނުކުރައްޗޭ. އަހަރެން އަދިވެސް ސިންގަލް.” ޝަޔަމް ވާހަކަދެއްކި އަޑަށް ދެމީހުންގެ ނަޒަރު އަނެއްކާވެސް ފޯނަށް ހުއްޓުނެވެ.

“އަމްމް.. މީ…” ހިތުގެ ތެޅުން އޭރުވެސް މަޑުނުޖެހޭތީ މަންހަލްއަށް ވާހަކަދައްކަން އުނދަގޫވިއެވެ.

“ތި ތަންކޮޅެއް އަލި ތަނަކަށް ދޭބަލަ. މަންހަލްގެ މޫނު ސާފުކޮށެއް ނުފެނެއޭ މަށަށް. ޔަޒްދާން މަންހަލްގެ ވޮއިސް އަޅާފަ ޕްލޭ ކުރިއަސް އަހަރެންނަކަށް ނޭނގޭނެ ދޯ.” ޝަޔަމް ޝަކުވާ ކުރިއެވެ.

“މި. މިދަނީ ބޮކި ދިއްލަން.” ބޮތްކަށް އިނގިލި ދިއްކޮށްފައި ޔަޒްދާން ހިނގައިގަތެވެ.

“އޭ.. ކޮންތާކު ތިއުޅެނީ؟ ބުނެބަލަ.” ވައި އަޑަކުން ޝަޔަމް ބުންޏެވެ. މަންހަލްއަށް ޖަވާބު ނުދެވެނީސް ޔަޒްދާން ބޮކި ދިއްލުމުން އެތަނަށް އަލިވެގެން ދިޔައެވެ. “އަހަރެންނަށް އެނގޭ ތިތަން. އެ ދަރު ބަދިގެ. ވަރަށް ދަންނަ ގޮތެއް އެބަހުރި.”

މަންހަލް މިފަހަރު އެއްޗެއް ނުބުނީ އެއީ ކޮންތަނެއްކަން ޝަޔަމްއަށް ދިމާކުރެވޭތޯ ބަލާށެވެ. ޝަޔަމް ވިސްނަން އިނދެ ވާހަކަދެއްކި އިރު ޔަޒްދާން އައިސް އަނެއްކާވެސް މަންހަލްގެ ގާތު އިށީނެވެ.

“އެނގިއްޖެ. އޯ މައި- މަންހަލްލްލް. ދޮންތަމެން ގެއަށް ގޮސްގެން ތިއުޅެނީ؟ ޔަޒްދާން މަންހަލް ގެންދިޔައީ؟” ފޯރި އަރައިގަތް ވަރުން ޝަޔަމްގެ އަޑުވެސް ބާރުވެގެން ދިޔައެވެ. މަންހަލްއާއި ޔަޒްދާންއަށްވެސް ހެވުނެވެ. “ލުކް. ދެން ގުޅާ ފަހަރަކުން ދެމީހުން މިއުޅެނީ މެރީ ކުރާށޭ ބުންޏަސް އަހަރެން ގަބޫލުކުރާނަން އެނގޭ.”

“ޝަޔަމްމް..” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އަނެއްކާވެސް އެކަކު އަނެކަކަށް ބަލައިލެވެން އުޅުނު ހިނދު ޝަޔަމް ‘ހޯހޯ’ ލައްވަން ފެށިއެވެ.

“ޝަޔޫ ކިހިނެއް ހާލު؟” މަންހަލް ވާހަކައޮޅުވާލުމުގެ ނިޔަތުގައި އަހާލިއެވެ.

“އަހަރެން ވަރަށް ރަނގަޅު. ތިދެމީހުން ތިހެން ތިބިތަން ފެނުނީމަ ވަކިން ހާލު ރަނގަޅު ވެއްޖެހެން ހީވަނީ.” އެންމެ ފަހަރަކުވެސް އެއަޑުން ލާނެތްކަން ފިލާ ނުދެއެވެ. “ކަމަނާ ކިހިނެއް؟”

“އަހަރެންވެސް ހަމަ ރަނގަޅު.” ހިނިތުންވެފައި އިނދެ މަންހަލް ބުނެލިއެވެ.

“އާނ ދެން ރަނގަޅުވާނެތާ ދޯ! ގާލް. އައި ސްޓިލް ކާންޓް ބިލީވް ޔޫ. ބަލައްޗޭ. ދެން ދާން މަންނު ގާތުން އަހާނީ މެރީ ކުރަން. އަހަރެންގެ ބަހެއް އަހަންޏާ މިހާރުން ފެށިގެންވެސް ދާންއަށް ދޭނެ ޖަވާބަކާމެދު ވިސްނާ.” މަންހަލްއަށް އެއްލޯ މަރާލާފައި އޭނާ ބުންޏެވެ. “ހީ އިޒް ސޯ އިން ލަވް ވިތް ޔޫ. މައި ފިއުޗާރ ފަހަރީ..”

“ޝަޔަމް. މިހާރު މަންހަލްއާ ވާހަކަ ދެއްކިއްޖެއްނު. ހާލުވެސް އެނގިއްޖެ. މިހާރު މިކޮޅަށް ވަރަށް ލަސްވެއްޖެ. މަންހަލް އިނީ ވަރަށް ނިދި އައިސްފަ. މާދަން ތެދުވެފަ މަންމަ ކައިރީ ޝަޔޫ ސަލާން ފޮނުވި ވާހަކަވެސް ބުނާނަން. ބަސް އަހައިގެން އުޅޭތި. ބަ ބާއި.” ޔަޒްދާން މަންހަލް އަތުން ފޯނު އަތުލިއެވެ.

“ޔަޒްދާން. އޭ، މަޑުކޮށްބަލަ. ޕްލީޒް..ވެއިޓް-” ޝަޔަމް ގޮވަނިކޮށް ޔަޒްދާން ފޯނު ކަނޑާލިއެވެ.

ފޯނު ނިއްވާލާފައި މަންހަލްގެ ގާތު އެއްޗެއް ބުނަންވީއިރު އޭނާ ނުހަނު އަވަސް އަވަހަށް ހިނގާފައި ގޭތެރެއަށް ދާން ހިނގައިގަނެފިއެވެ. މަންހަލް ލަދުގަނެފައި ހުރިތަން އޭނާއަށް ފެންނަންވާ އިރު އަވަހަށް ދިޔައީކަން ޔަޒްދާންއަށް އެނގުނެވެ. މަންހަލް ދިޔަދިމާއަށް ބަލަން އިން ޔަޒްދާންއަށް ހިނިތުންވެވުނީ އިހްތިޔާރުން ބޭރުގައެވެ.

“ބިހޭވް ޔަޒްދާން. ކޮންޓްރޯލް ޔުއަރސެލްފް ޔަޒްދާން. ޔޫ އާރ ނޮޓް އިން ލަވް.” ނުހަނު އަވަހަށް ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލާފައި އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

“މުޅިން އައު ދުވަހެކެވެ. އައު ފެށުމެކެވެ. ކޮންމެ ދުވަހަކީ އައު ތަޖުރިބާތަކެއް ކުރެވޭނެ ދުވަހެކެވެ. އައު ކަންތައްތަކެއް ދަސްވާނެ ދުވަހެކެވެ. މުސްލިމަކަށް ވީހިނދު ދުވަސް ބާއްޖަވެރިކުރުމަށް ޓަކައި އޭނާ ދުވަސް ފަށާނީ ފަތިސް ނަމާދުންނެވެ. އެއީ މުޅި ދުވަހުވެސް ތިބާގެ ހިތަށް ހަމަޖެހުން ގެނުވާނެ ކަމެކެވެ.”

ފަތިސް ނަމާދުން ފައިބައިގެން އަލަމާރީގެ ތިރީބައިގައި ހުރި ކަބަޑުތައް ހާވަނިކޮށް ފެނުނު ގަނޑެއްގައި މަންހަލް ލިޔުނެވެ. އަމިއްލަ ލިޔުމަށް ބަލަން އިނދެ އޭނާ ހިނިތުންވެލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލި އިރު ބަރާބަރު ހައެއް ޖެހީއެވެ. އެގަނޑު ފަތްޖަހާލާފައި އޭނާ އެގަނޑުކޮޅު ބޭއްވީ ޑްރެސިން ޓޭބަލް މަތީ ބާއްވާލިއެވެ. ދެން ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.

ފަތިސް ނަމާދުކޮށް ހެނދުނުގެ ޒިކުރު ކުރުމަށްފަހު ޒަހީނާ އިނީ ޤުރުއާން ކިޔަވާށެވެ. ބޭރުން ކުނިކަހާ އަޑުއިވިގެން އޭނާ ބޭރަށް ނިކުތެވެ. އޭރު މަންހަލް އިލޮށިފައްޗެއް ހިފައިގެން ޖަނބުރޯލު ގަސްދަށް ކެހުމުގައި އުޅެއެވެ.

“ދައްތަ ކުނިކަހާނަމޭ މަންހަލް. އިލޮށިފަތި ބާއްވާފަ ދޭބަލަ އެއްޗެއް ބޯލަން. ހުސްގޮހޮރާ ހުރެގެން މަސައްކަތް ތިފެށީ.” ބުރުގާ ބޮލަށް މަހާލަމުން ޒަހީނާ ގޮވާލިއެވެ.

“މިއީ އަޅުގަނޑު ކޮންމެދުވަހަކު ކުރާ ކަންތަކޭ ދައްތާ.” މަންހަލް ހުރީ އެކަން ހުއްޓާލާކަށް ނޫނެވެ. މަންހަލް އެކަނި ގޭތެރެ ކުނިކަހަން ދޫނުކޮށްލަން ޒަހީނާ އެހެން އިލޮށިފައްޗެއް ހިފައިގެން ނިކުތީ މަގުމަތި ކަހާށެވެ. އެހެނަސް އޭރު މަގުމަތި އޮތީ ކުނިކަހާފައެވެ.

“އަޅެ ތިވަރު ނުކުރިއަސް ރަނގަޅޭ މަންހަލް. ދޭ ބަދިގެއަށް ގޮސް ކޮފީ ގިރަން. ދައްތަ މިތަން ކަހާނަން.” މަންހަލްގެ ކައިރިއަށް ގޮސް ޒަހީނާ ބުނެލިއެވެ.

“ދެން އެހާ ބޮޑުތަނެއް ކުނިކަހާކަށް ނެތެއްނު. އަޅުގަނޑު މިދަނީއޭ މިތަންކޮޅު ކަހާލާފަ.” ދެންވެސް މަންހަލް ހުއްޓާނުލިއެވެ. އެކަން ވިސްނި ޒަހީނާ އައިސް ހިފީ މަންހަލްގެ އިލޮށިފަތީގައެވެ.

“އަވަހަށް ދޭ. ބަދިގެއަށް ގޮސް ކޮފީ ގިރައިގެން ބޯލާ. ދައްތަ ދާއިރަށް ސައި ހަދަން ތައްޔާރުވެގެން ހުންނާތި. އަވަސް.” ލޮލުން ބަދިގެއަށް ދިއުމަށް އިޝާރާތްކޮށްފައި ޒަހީނާ ބުންޏެވެ. ތުންފިއްތާލާފައި މަންހަލް ޒަހީނާއަށް އިލޮށިފަތި ދިނެވެ. ކައިރީ ހުރި އިސްކުރުން އަތް ދޮވެލައިގެން އޭނާ ދިޔައީ ބަދިގެއަށެވެ.

ޒަހީނާއާއެކު ބަދިގޭގައި މަންހަލް އުޅުނެވެ. ރޮށިފިހަން ފުށް މޮޑުނީ މަންހަލްއެވެ. ޒަހީނާ ރޮށި ދެމިއިރު މަންހަލް ރޮށި ފިހެދިނީ ފިޔާ ކޮށަމުންނެވެ. ހެނދުނުގެ ނާސްތާއަށް އެދުވަހު ތައްޔާރުކުރީ ބޭކެޑް ބީންސްއެވެ. ސައި ކައްކާ ތަރަމޯޒަށް އަޅާފައި އޭނާ މޭޒުމައްޗަށް ތަށިތައް ނެގިއެވެ. ޒަހީނާގެ ގާތަށް އެވަގުތު މީހެއް އައުމުން މަންހަލް ވަނީ ކޮޓަރިއަށެވެ. ފެންވަރާ ތާޒާ ވެލައިގެން ކޮޓަރިން ނިކުމެވުނު އިރު ހަތްގަޑި ސާޅީސް ވަނީއެވެ. ޖެހިގެން ހުރި ދޮރު ހުޅުވާލުމަށްފަހު އެތެރެއިން މީހަކު ނިކުންނަ އަޑު އިވުމުން އޭނާ އެދިމައަށް ބަލައިލިއެވެ. އޭރު ފުލުހުންގެ ރަސްމީ ޔުނީފޯމުގައި ހުރެ ޔަޒްދާން ކޮޓަރިން ނިކުންނަނީއެވެ. ކުރުކޮށް ކޮށާލާފައި އޮތް އިސްތަށިކޮޅުގައި ފުނާ އަޅާލާފައި ތުނބުޅި މަތިމަސް ކުރިއަށް ވުރެ ކުރުކޮށް ހުރިކަން މަންހަލްއަށް ފާހަގަވިއެވެ. އެއްވެސް ރުލެއް ނެތް އެޔުނީފޯމު ޔަޒްދާންގެ ގަޔަށް ހެޔޮވަރުކޮށް ހުރުމުން އޭނާގެ ފިރިހެންވަންތަކަށް އިތުރުކޮށްދެއެވެ. އޭނާ ޖަހާފައި ހުރި ސެންޓުގެ ވަސް މަންހަލްގެ ނޭފަތަށް ފޯރުމާއެކު ފުން ނޭވާއެއް ދަމާލެވުނެވެ. ދެލޯ މަރާލުމަށްފަހު އޭނާ ނޭވާ ދޫކޮށްލި އިރު އެމޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ކޮންމެ ދުވަހަކު ޔަޒްދާން އެފަދައިން ފެންނަންޏާ ކިތަންމެ ނޫޅޭކަމަށް ހެދުނަސް އޭނާގެ ހިތް ދޫވެދާނޭ މަންހަލްގެ ހިތަށް އެރިއެވެ.

“ގުޑް މޯނިންގް ބަޓަފްލައި.” ޔަޒްދާން ގޮވާލި އަޑަށް އޭނާއަށް ދެލޯ ހުޅުވާލެވިއްޖެއެވެ. އޭނާގެ ނަޒަރު މަންހަލްއަށް ސީދާވެފައި ހުރުމުން އޭނާ ރަކިވެއްޖެއެވެ. އަމުދުން ޔަޒްދާން އޭނާއަށް ‘ބަޓަފްލައި’އޭ ކިޔާ ގޮވާލުމުން އެހިތަށް ނޭނގޭ ގޮތެއްވިކަން މަންހަލްއަށްވެސް ގަބޫލުކުރެވުނެވެ.

“ސައި ހެދިފަ ހުރީ.” ބަދިގެއާއި ދިމާއަށް ހިނގައިގަންނަމުން އޭނާ ބުންޏެވެ.

“އަހަރެންނަށް މޯނިންއެއް ނުކިޔާނަންތަ؟” ޝަކުވާގެ ރާގެއްގައި ޔަޒްދާން ބުންޏެވެ.

“މޯނިންގް.” ބަދިގެއަށް ވަދެފައި މަންހަލް ޔަޒްދާންއަށް ބުނެލިއެވެ.

ސައިބޮއެގެން އަށެއް ޖަހަންވީއިރު މަންހަލް ދިޔައީ ޔަޒްދާންގެ މާމަ ގެއަށެވެ. އޭރު މަރިޔަން އޮފީހަށް ދާން ނިކުންނަނީއެވެ.

“ޔޯގަޓް ނޫނީ ނުކާން އެބައިން ބޮޑާހާކާފަ. ދަބަހުގައި އިންނާނެ ފަންސާސް ރުފިޔާ، ދަމުން ފިހާރައަކަށް ވަދެ ޔޯގަޓް ތައްޓެއް ގަނެލާ. ޝާނީއަށް އިނގޭނެ ފިހާރަ ހުންނަތަން.” ސައިކަލަށް އަރަމުން އޭނާ މަންހަލްއަށް ބުންޏެވެ.

މަންހަލް އެގެއަށް ވަތްއިރަށް ޝާނީ އައިސް އޭނާ ގައިގައި ބައްދާލައިފިއެވެ. ޔޯގަޓް ބޭނުންވާކަން މަންހަލްގެ ގާތު އޭނާ ބުންޏެވެ. މަރިޔަން ޝާނީއަށް ތައްޔާރުކޮށްފައި ހުރި ދަބަސް ހިފައިގެން މަންހަލް ނިކުތެވެ. ޝާނީ ކިޔައިދިން މަގުތަކުން އޭނާ ފިހާރައަށް ދިޔައެވެ. ފިހާރައަށް ވަދެފައި ޔޯގަޓް ހުންނަ ހަރުކައިރިއަށް އޭނާ ގެންދިޔައީވެސް ޝާނީއެވެ. ޔޯގަޓް ތަށިތައް ބަލަނިކޮށް އޭނާގެ ސަމާލުކަން އަތުލައިގަތީ އެހަރުގެ އަނެއްފަރާތުގައި ތިބި އަންހެން ކުދިންތަކެއް ދައްކަމުން ދިޔަ ވާހަކައެވެ.

“ފިރޫއަށް އިނގޭތަ، ޔަޒްދާން އެބައުޅޭ އެގެއަށް އަންހެން ކުއްޖެއް ގެނެސްގެން. ޒަހީންތައާއެކު އަފީފަދައިތަމެން ގެއަށް ދަނިކޮށް ފެނުން ބައިވަރު މީހުން އެބަ އުޅޭ.” އެއްކުއްޖަކު ބުނެލި އަޑުއިވުނެވެ.

“ތިހެން ކިޔައިގެން އަހަރެންގެ ހިތް ހަލާކުކޮށްލަންތަ ތިއުޅެނީ؟” އެހެންކުއްޖެއް ބުނި އަޑުއިވުނެވެ.

“ނުލިބޭނެކަން އެނގޭއިރަށް ފިރޫއެއްނު ތިއުޅެނީ އަމިއްލަ ހިތަށް ހޯޕް ދީގެން. އާން. އަދި މިއަދު އަހަރެންގެ ބައްޕަ ފަތިސް ނަމާދުން ގެއަށް އައިސް ބުނި ބައްޕައާއި އަހުމަދުބެ އެގެ ކައިރިން ލާފައި ދިޔައިރު އެކުއްޖާ ކުނިކަހަން އުޅުނޯ. އޭރު އަދި ހަގަޑި ބައިވެސް ނުވެޔޯ.” ކުރިން ވާހަކަދެއްކި ކުއްޖާ ބުންޏެވެ.

“ޔަޒްދާން ކައިރީ އަހާނަމޭ.. އޭނާއަކީ ހަމައެކަނި އަހަރެންގެ ހައްގެއް. ރަށަށް މިއައީވެސް ހާދަ އުންމީދެއް ކޮށްގެންނޭ.” ޔަޒްދާންދެކެ ‘ލޯބިވާ’ ކުއްޖާ ބުނެލި އަޑުއިވުނެވެ. ޝާނީ ޔޯގަޓް ތަށި ނަގައިގެން ކައުންޓަރު ކައިރިއަށް ދިއުމުން އެމީހުންގެ ވާހަކަތައް މަންހަލްއަށް އިވުނީ އެވަރަށެވެ.

ރުފިޔާ ދައްކާފައި ސޭޓު ބާކީ ދޭން އުޅުނު ގަޑީގައި ޝާނީ އެދެއަންހެން ކުދިން ތިބި ހަރު ކައިރިއަށް ދިޔަ ގަޑީގައި އެމީހުން ޝާނީއަށް ގޮވާލި އަޑު މަންހަލްއަށް އިވުނެވެ.

“އެއީ ކޮންބައެއް؟” ހިތްނުރުހިފައި ހުރުމުން ޝާނީގެ ގާތުން މަންހަލްއަށް އަހާލެވުނީވެސް ނުރުހިފައިހުރި ރާގެއްގައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙަތޫބު

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 2

Next
September 23, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 2

Previews
September 23, 2024

ޙަތޫބު

10 Comments!

  1. Repuzil says:
    September 23, 2024 at 9:24 pm

    Huh … Finallyyyyyy..😍🤩…vvvv reethi …pls dhaan and manhal gulhuvabala……..they are so cute together…. curiously waiting for the next part……mi holidays ga thankolheh often koh genes dhehche

    1. Aayaa Aayaa says:
      September 26, 2024 at 4:18 pm

      Thank you Repuzil!
      Yes, In Sha Allah. test nimun fahun ves v busy koh ulhunyma midhia dhuvas kolhu gavaidhun vaahaka upload nukurevuny.

  2. Cutie girl says:
    September 24, 2024 at 4:12 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Dhaan and manhal gulhuvachey
    They both are made for each other
    Shayoo and javidh ves gulhuvachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Aayaa Aayaa says:
      September 26, 2024 at 4:29 pm

      Thank you so much Cutie girl! You are one of the best supporters!

  3. Someone says:
    September 25, 2024 at 2:04 pm

    Masha Allah vrh vrh vrhh reethi mi baii ves

    1. Aayaa Aayaa says:
      September 26, 2024 at 4:31 pm

      Someone ah v v v v bodah Shukuriyya!

  4. No-one says:
    September 25, 2024 at 6:40 pm

    Ma sha allah 😘 varah reeethi yazdhaan and manhal gulhuvaalahchey
    Waiting for next part

    1. Aayaa Aayaa says:
      September 26, 2024 at 4:37 pm

      Thank you No-one!
      21st part is now uploaded!

  5. Maya says:
    September 26, 2024 at 5:23 pm

    nice part 😄
    Keep going

    1. Aayaa Aayaa says:
      September 26, 2024 at 7:32 pm

      Thank you Maya!

Comments are closed.

Next Episodeއިންސާފް (އެކާވީސްވަނަ ބައި)←


All Right Reserved!