ދިހަވަނަބައި ނަޝްވާގެ މިސްރާބު ހުރީ ހިޝާން އާއި ދިމާއަށެވެ. ނަޝްވާ ގޮސް ހިޝާން އާއި އެއްފޫޓު ދުރުގައި އިށީންދެލިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލި ހިޝާން އަށް ނުދަންނަ އަންހެން ކުއްޖަކު ކައިރީގައި ހުރުމުން ހައިރާވިއެވެ. އަދި ވަގުތުން ތަންކޮޅެއް ދުރުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތަކީ އައިނާ ވެސް ހިޝާން އަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވިއެވެ. *** އެވަގުތު ކޮޅު އެތައް ގަރުނަކަށް […]
އެނދުގައި އަރާމް ކޮށް ނިދާލާފައި އޮތީ އުމުރުން ގާތް ގަނޑަކަށް ފަނަރަވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. މަޑު މުށިކުލައެއްގެ ހަންގަނޑެކެވެ. ބޯއެސްފިޔަ ތަކެވެ. މަޑު ފިޔާ ތޮށި ކުލައަރާ ތުނި ތުންފަތެކެވެ. ހިތިފަތު ބުމައެވެ. ރާޅު ބާނި އިސްތަށިގަނޑި އޮތީ މަޑު ފެހިކުލައިގެ ބާލީސް މަތީ ފަތުރާލެވިފައެވެ. ކަޅުކަން ގަދަކަމުން ރޭގަނޑެއް ފަދަ އެވެ. ގައިމަތީ ރަޖާލައިގެން އޭނާ އޮތީ ހިނިތުން ވެލައިގެންނެވެ. ނަމަވެސް އެއީ ހިދުކޮޅަކަށެވެ. އޭނާގެ ނިތްކުރިމަތިން ބޮޑެތި ދާތިކިތައް ވިދަން ފެށިއެވެ. “ނޫން… […]
ނުވަވަނަބައި ކިތަންމެ އަނގަ ތަޅާފައި މަޖާ ނަގައިގެން އުޅުނަސް މިކަންވީ އަޝްހާ އަށް ސިއްރުކުރަން މަޖުބޫރު ކަމަށެވެ. އެހެނީ އެއީ އެދެމީހުންގެ އަތްމައްޗައް އެކަން ދޫކޮށްލައިގެން އަޝްހާ އިނީ މާތްﷲގެ ކިބަފުޅަށް ވަކީލު ކޮށްލައިގެންނެވެ. ވާން އޮތް އެންމެ ރަނގަޅަކަށް އެކަން ވާނެތާއެވެ. *** އައިނާ އާއި ހިޝާން އަށް ހޭވެރިކަމެއްވީ އާޝިޔާ ގޮވާލުމުންނެވެ. އަދި އަނެއްކާވެސް ހަމަ އެފޯރިގަނޑު އެންމެންގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އައިނާ އާއި ހިޝާން އިނީ ކުޅޭހިތް ކެނޑިފައެވެ. ނަމަވެސް ދެމީހުންގެ […]
އަށްވަނަބައި ދުވަމުން ގޮސް މަޑުޖެހުނީ އަޑެއް އިވުނުހެން ހީވެގެންނެވެ. ރަނގަޅައް އެއަދައް ސަމާލުވުމުން އެނގުނީ އެއީ އަންހެއް ކުއްޖެއްގެ ރުއިމުގެ އަޑުކަމެވެ. ނަމަވެސް ފަނޑު ކޮށް އިވެން ފެށުމުން އަޑު އަންނަނީ ވަކި ކޮންދިމާލުން ކަމެއް ބުނާކަށް ހިޝާން އަކަށް ނޭނގުނެވެ. *** ވަރަށް ވަރުން އަޑު އަންނަ ދިމާ ފާހަގަކޮށް އެދިމާލަށް ހިޝާން ހިނގައި ގަތެވެ. ރަނގަޅު ދިމާ އަށްކަން އިނގުނީ ފަހަރަކަށް ވުރެ ފަހަރެއް އެއަޑު ބާރުވަމުން އަންނާތީވެއެވެ. ވަކިހިސާބަކަށް ދެވުނު ތަނާ އެއަޑު […]
ހަތްވަނަބައި އައިނާ ލޯޝަން އުނގުޅާލައިފައި ފުޅި ދަބަސް ތެރެއަށް ލިއެވެ. އަދި އަވި އައިނު ނަގާ ލޮލުގައި ހެޔޮވަރު ކޮށްލާފައި ފޯނު އަތައް ހެޔޮވަރު ކޮށްލީ ރަށުގެ ރީތި ފޮޓޯ އެއް ނަގާށެވެ. ފޯނު ނަގާފައި ފަރާތް ފަރާތައް ބަލާލީ ލޯ ދުށުމަށް އެދޭ ފަރާތް ފެނޭތޯއެވެ. *** ތަންކޮޅެއް ދުރުގައި އިން ގަހަކަށް އަރައި އޮތް ހިޝާން އައިނާ އަށް ފެނުނެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާއި ކަނޑޫ ނޫކުލައިގެ ޓީޝާޓިގައި ހިޝާން ފެންނަނީ ވަރަށް […]
ހަވަނަބައި އިސްރާ މިހެން ބުނުމުން ހިޝާން ބަލާލީ ދުރުގައި ރީތި ހިނިތުން ވުމެއް ދީގެން އިން އައިނާ އަށެވެ. “ނޭނގޭނެ..” ހިޝާން ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. ހުރިހާ ވާޙަކައެއްވެސް ކިޔައިދިން އިރު ވެސް އެކުއްޖެއްގެ ނަން ހިޝާން ނުބުނެއެވެ. އެއީ އައިނާ އޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ. *** އިސްރާ ހިޝާންގެ ބޮލުގައި ފިރުމާލައިފައި ތެދުވެގެން ދިޔައެވެ. އިސްރާ އެތަނުން ތެދުވީ ފިކުރު ބޮޑުވެފައި އިނދެއެވެ. އެތަނުން އިސްރާ ދިޔައީ ޔަޤީން ކޮށްފައެވެ. […]
“ނޫން.. އެއޯކޭ ވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާ އެއް ހޯދާލި އެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލި އިރު އައިނާގެ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތީ ހިޝާން އެވެ. *** ޝަހާދަތް އިނގިލީގައި ކާރުގެ ތަޅުދަނޑި އަނބުރަމުން ނިކުތް ހިޝާން މަޑު ޖެހިލެވުނީ އާޝިޔާ ގޮވާލުމުންނެވެ. އައިނާ އަށް ދެލޯ މަރާފައި “ޑޭމިޓް” އޭ ބުނެލެވުނީ ވާން މިއުޅޭ ގޮތް ފަހުމު ވުމުންނެވެ. “ދޭބަލަ […]
“ހިޝާންބެ އާއި އަނާގެ އެއްކަލަ ފޮޓޯ ހައިދައްތަ ނެގީމައި ޑިލިޓް ކުރާށޭ ނުބުނުމުން.. އެކަމާ..؟” އަޝްހާ މިހެން ބުނެނިމުނުތަނާ އިވުނީ އެއްވެއް ބިންމައްޗައް ވަރަށް ބާރަށް ވެއްޓުނު އަޑެވެ. އޭރު އަޝްހާ އިނީ އައިނާގެ ކޮޓަރީގެ ދޮރުމަތީގައި ލިވިންގ ރޫމަށް ކުރިމަތި ލައިގެންނެވެ. *** އެނބުރި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ވެއްޓި ޖެހުނު ގޮތަކުން އުނަގަނޑައް ތަދުވެގެން ނުތެދުވެވިފައި އޮތީ އައިނާ އެވެ. “އަނާ.. ކިހިނެތް ތަ ތިހެދީ..؟” އަޝްހާ ހާސްކަމާއެކު އައިނާ ކައިރިއަށް ގޮސް […]
ތިންވަނަބައި “އަހަރެން މިއުޅެނީ އަރުޝް ގޮވައިގެން.. ހިޝާންބެ ދާންވީނު އެކަނި!!!؟؟” އަޝްހާ މޫނުމައްޗައް ހިނިތުން ވުމެއް ގެންނަމުން ބުނެލިއެވެ.\ *** ހިޝާން އުޅުނީ ދެކޮޅު ހަދާށެވެ. ނަމަވެސް އަނީލް ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިޝާން އަށް އަށާރަ އަހަރު ވުމާއެކު ސައިކަލާއި ކާރުގެ ލައިސަންސް ވެސް ވަނީ ނަގާފައެވެ. ހިޝާން ދަމުން ދިޔައީ އަޝްހާގެ ކަންފަތް ދަށުގައި ކޮންމެވެސް އެއްޗެކޭ ބުނެފައެވެ. އެކަމުން އަޝްހާގެ މޫނުމަތީ ކުލަވަރަކަށް އެއްވެސް ބަދަލެއް ނައެވެ. ހިޝާން ގޮސްނެރުނީ ކާރެވެ. […]