އަށާވީސްވަނަބައި އައިނާ އެފޮތް ހުޅުވާލިއ އިރު ފުރަތަމަ ގަނޑުގައި ވެސް ވަނީ ހިޝާންގެ ނަން ހިތެއްގެ ތެރޭގައި ލިޔެފައެވެ. *** އޭގެ ތިރީގައި އައިނާ އާއި ހިޝާން ދެމީހުން ނަގާފައި އިން ދެލްފީ އެއް އިނެވެ. އެފޮޓޯގަނޑު އިނީ ދެފަޅިވެފައި އިން ހިތެއްގެ ތެރޭގައެވެ. ދެން އިން ޞަފްޙާ ތަކުގައި ހުރީ ހުސް ހިޝާން ދެކެ ވާލޯބި ބަޔާން ކޮށްފައި ހުރި އިބާރާތް ތަކެވެ. އައިނާ ގަލަމެއް ނެގިއެވެ. އޭގައި އެތަކެއް ވާހަކަ އެއް ލިޔުނެވެ. މިހައަހަރު […]
ހަތާވީސްވަނަބައި ލޯކައިރީގައި އަނދުން އަޅާ ފަވާލައިފައި ހުރުމުން އިތުރަށް ނުރައްކާތެރި ކަމަށް ދައްކައެވެ. ހީވަނީ ބިރުވެރި މޭކަޕެއް ކޮށްލައިގެން ހުރިހެންނެވެ. މަގުމަތިން ދާހައި މީހަކު އޭނާ އާއި ދިމާއަށް ބަލާލަނީ ޖެހިލުންވެ ހުރެއެވެ. *** ގޭތެރެ އަށް ވަދެގެން އައި ހިޝާން ދިޔައީ ސިޓިންގ ރޫމްގައި ތިބި އެއްވެސް މީހަކަށް ބަލައި ނުލައެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައިރު ހީވަނީ މީހަކު އޭނަ އާއި ވާހަކަ ދައްކަފާނެތީވެ ދިޔަހެންނެވެ. ދައްކާނެ ވާހަކަ ވެސް އިނގޭނެއެވެ. ހިޝާން […]
ސައްބީސްވަނަބައި އަރިން އާއި އިސްރާ ކުރީސީޓައް އަރުވާފައި އަނީލް މިސްރާބުޖެހީ ޑްރައިވާ ސީޓަށެވެ. ކާރަށް އަރައި ހަމަ ޖެހިލައިފައި އެތިން މީހުން މިސްރާބު ޖެހީ އައިނާ ބަލައި އެއާޕޯޓަށެވެ. *** އެމީހުންނަށް ދެވުނުއިރު އެހެން އާއިލާ ތަކުގެ މީހުންތައްވެސް އެމީހުންގެ މީހުން ބަލައި އައިސް ތިއްބެވެ. މުޅި އެއާޕޯޓު އޮތީ ތޮއްޖެހިފައެވެ. ހިފާލައިފައިވަނީ އުފާވެރި ރާގެކެވެ. މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލައެވެ. އަނީލްމެންވެސް އެތާގައި އިން ބެންޗެއްގައި އިށީނެވެ. އަނީލްގެ އުނގުގައި އަރިން އިނީ މުޅިމާޙައުލަށް […]
ފަންސަވީސްވަނަބައި ބޯޑިން ޕާސް ދިއްކޮށްލައިފައި އަދިވެސް އެއްފަހަރު ހިޝާން އެދޮރާއި ދިމާއަށް ބަލާލީ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ހުރުމުންނެވެ. *** ސެކިއުރިޓީ ބޯޑިން ޕާސް ދިއްކޮށްލައި އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން ހިޝާންގެ ބައްތީގެ ހުޅުކޮޅު ނިވެން ކައިރިވިއެވެ. ދެލޯ މަރައި ބާރު ކޮށްލީ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ހުރުމުންނެވެ. އަދި ވެސް އެއްފަހަރު ދޮރާއި ދިމާ އަށް ބަލައިލީ އައިނާ އަންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް، ހިޝާން އެތެރެއަށް ވަދެގެން ދިޔައިރުވެސް އައިނާ އެއް […]
ސައުވީސްވަނަބައި ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އޮތް އައިނާ އަށް ހޭވެރިކަމެއްވީ ގޭގެ ފޯނު ރިންގް ވި އަޑަށެވެ. އެކަކުވެސް ފޯނު ނުނެގުމުން އައިނާ އޭނާގެ ކޮޓަރީގައި އިން ފޯނުން އެކޯލް ނެގިއެވެ. *** “ހަލޯ.. އައިނާ ވާހަކަ ދައްކަނީ..” އައިނާ އެއްވެސް އަސަރެއްނެތި ބުނެލިއެވެ. އެއް ދުވަސް ތެރޭގައި އައިނާގެ އަޑައް އައިސްފައި ހުރި ބަދަލު ހިޝާން ދެނެގަތެވެ. “ހަ.. ހަލޯ.. ލަވް؟؟” ހިޝާން ޖެހިލުންވެ ހުރެ ނަމަވެސް ގޮވާލީ އޭނާ އަބަދުވެސް ލޯބިން ގޮވާލާ ނަމުންނެވެ. […]
ތޭވީސްވަނަބައި އިސްރާ ބަދިގެއަށް ގޮއްސައި ދެން އައީ ރޮއްޓައި މަސްހުނި ހިފައިގެންނެވެ. އިސްރާ އައިނާ އަށް އެދެއަތުން ކާން ދިން އިރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. އައިނާ ވެސް ދެރަވީ ލޯބިވާ މަންމަ އެގޮތައް އޭނަ އާއިހެދި ރޯތީވެއެވެ. އެމަންމަ އަށް ޓަކައި ނަމަވެސް އައިނާ ހިތްވަރު ކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. އިސްރާ ތަށި ހިފައިގެން ނިކުތުމުން އަނީލްވެސް އަރިން ގޮވައިގެން ނިކުމެ ދޮރުލައްޕާލިއެވެ. “ޓެލްމީ.. ތިދެމީހުންގެ ދޭތެރޭގައި ކިހިނެތްވީ..؟” އަޝްހާ ސުވާލު ކުރިއެވެ. *** […]
ބާވީސްވަނަބައި އެރޭ ހަތަރު ދަމު އައިނާ އަށް އޮވެވުނީ ރޯށެވެ. ފަތިސް ވާން ކައިރި ވަނިކޮށް ވަރުބަލިވެގެން އައިނާގެ ދެލޯ މެރުނެވެ. އޭރުވެސް މުޅި ކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ކައިރީގައި ތާޒާ ކަރުނަ ނުހިކި ހުއްޓެވެ. *** ހިޝާން އަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދިތައް ބެލްކަނީގެ ދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އައިސް މޫނަށް އެޅުމުންނެވެ. ދެލޯ ހުޅުވާލިހާ އަވަހަށް ލައްޕާލަން ޖެހުނީ ދެލޮލުން ނަގައިގަތް ދިލައަކުންނެވެ. ރޭގައި އެތާގައި އިށީން ގޮތައް […]
އެކާވީސްވަނަބައި “އިނގޭ އަހަރެން ބުނީމައި ގަބޫލު ނުކުރެވޭނެ ކަން.. އެކަމު އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އެއް އަޑު އަހާބަލަ.. ހިޝާން އަކީ ދެފަހަރު ދެއަންހެން ކުދިން ގެން ގުޅޭ މީހެއް.. އަހަރެންގެ ވާހަކަ އެއް ގަބޫލު ކުރަންޏާ ޓެރަސް އަށް ގޮސް ބަލާބަލަ.. ގައިމުވެސް އޭރުން އެނގޭނެ..” ޔުއާލް ނިކަން ކުޅަދާނައެވެ. ތުންފަތް މައްޗައް ވެރިވި ވިހަ ހިނިތުންވުން އައިނާ އަށް ނުފެނުނީ އޭނާ ފުރަގަސް ދިނުމުންނެވެ. *** އައިނާ މިސްރާބުޖެހީ ޓެރަސް އަށެވެ. […]
ވިހިވަނަބައި “ހާސްނުވޭ.. ބޭނުންވަނީ އައިނާ އެއްނު.. އަހަރެން ބުނާ ގޮތައް ކަން ކުރޭ…” ނަޝްވާ ހަރަމް ބަނދެލިއެވެ. *** “ކޮންކަމެއް..؟؟” ޔުއާލް ބުނެލީ އައިނާ ހާސިލް ކުރަންވެގެން އެހިތް އެދި ގޮވަމުން ދާތީވެއެވެ. *** “އައި ލަވް ޔޫ..” އައިނާގެ ކަންފަތް ދަށައް ގުދުވެލަމުން ހިޝާން ބުނެލިއެވެ. ވަގުތުން އައިނާ ލަދުން ގޮސް މަލެއްހެން މިލާ މޯޅިވިއެވެ. ކޯވެސް ޗެރީ ކޮޅެއްހާ ރަތްވިއެވެ. އައިނާގެ ލަދުވެތި މޫނަށް ބަލަން ގެއްލިފައި ހިޝާން އަށް ހުރެވުނީ އާޝޯހު ވެފައެވެ. […]