ނަވާރަވަނަބައި “އެއީ.. އަހަރެން ހަމަ މިއަދު ކުއްލިއަކަށް ލާހިތްވީ..” އައިނާ ވާހަކަ އެއް ހަދާލިއެވެ. ނަމަވެސް އިސްރާ އަށް ހިނުތުން ވެވުނީ އައިނާގެ އިސްޖެހިފައި އިން މޫނު ފެނިފައެވެ. އަތުގެ އިނގިލި އަކާއި ކުޅެން އިން އައިނާ އަށް އިސްއުފުލާލަން ނުކެރުނީ އިސްރާ އަށް އެއްޗެއް އެނގިއްޖެކަން އޭނާ އަސްވެސް އެނގުމުން ލަދުގަތް ވަރުންނެވެ. އައިނާ ލަދުގަތް ކަން އިސްރާގެ ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. *** އިސްރާ މަޢުޟޫ ބަދަލުކޮށްލަންވެގެން އެތަނުން ހެދުމެއް ނެގިއެވެ. “މިހެދުން ކިނިނެތްވަނީ..” […]
އަށާރަވަނަބައި ހިޝާން އެނދުގައި އޮށޯވެލައިގެން އޮތީ އައިނާގެ ޚިޔާލުގައެވެ. އެއީ ފަހަކަށް އައިސް އާދަ އެވެ. މި ހަފްތާ ތެރޭގައި ނަޝްވާގެ އުދަގުލެއް ނުވާތީވެ ހިޝާން ހުންނަނީ ހިސާބަކަށް ހަމަ ޖެހިފައެވެ. ހިޝާން ނިންމައިގެން ހުރީ ދެން ނަޝްވާގެ އުނދަގުލެއް ނުޖެހޭނެ ކަމަށެވެ. އެކަމާ ހިތްހަމަ ޖައްސާލައިގެން އޮށްވާ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކުކަމެއްވެސް ހިޝާން އަކަށް ނޭނގެއެވެ. *** ސްކޫލު ދައުރުގެ ކިޔެވުން ނިމި އޭލެވެލްވެސް ހިޝާން އާއި ހިޝާންގެ އެއްކުލާހެއްގައި ކިޔެވިކުދިން ނިންމާލިއެވެ. […]
ސަތާރަވަނަބައި ކުއްޖާ އާއި ސަމާސާ ކުރުމުގައި އައިނާ އިނެވެ. ކައިރީގައި އަޝްހާވެސް އަރުޝް އުނގަށް ލައިގެން އިނެވެ. އަރުޝް އަށް ބޭބީ ކުޑަކަމުން އަތްލަން ނުކެރިގެން އަޝްހާގެ އުނގުގައި މަޑުމަޑުން އިނެވެ. *** ‘އަރިން’ ގެ ނަމުން އެކުއްޖާ އަށް ނަން ކިއީ ބޯބޭލުމަށްފަހުއެވެ. ފެންވަރާ ނަލަ ކޮށްލައިފައި އެކުއްޖާ ބޭރަށް ނެރުމުން ތުއްތު އަރިން ކައިރިން އެކަކުވެސް ނުފިލައެވެ. ލޯބި އަރިން އުރައިގެން ހަވީރުގަޑީގައި އައިނާ އިނީ އެކުއްޖާ ހޭލައިގެން އެވަގުތު އޮތީމައެވެ. އިސްރާ އުޅުނީ […]
ސޯޅަވަނަބައި ދެމީހުން ކޮފީ ބޮއެގެން ގެއިން ނިކުތް އިރު ނުވައެއް ޖަހަނީ އެވެ. އައިނާ އާއި ހިޝާން ގޮސް ކްރިސްޓަލްގެ އަށް ވަތްއިރު ގޯތިތެރޭގައި ކުނިތައް ހޮވުމަށާއި ސާފުކޮށް މީހުން އުޅެއެވެ. *** އެތެރެއަށް ވަތްއިރު އާޝިޔާ އާއި އިޔާޒު ހެނދުނުގެ ސައި ހިފައިގެން އިސްރާ ކައިރިއަށް ދާން ނިކުންނަނީ އެވެ. އޭރު އަޝްހާ އަދި ނުތެދުވެއެވެ. ހިޝާން ކޮޓަރިއަށް ވަދެ ފެންވަރައި ރީތިވެގެން ނިކުތްއިރު އަދިކިރިޔާ އަޝްހާ ފާހާނަ އަށް ވަނީ އެވެ. އަޝްހާ އަށް […]
ފަނަރަވަނަބައި އައިނާ ލާން ވެގެން ދިޔައީ ހިޝާން އެވެ. ކާރުގައި އަޝްހާވެސް ގެއަށްލައިފައި އެދެމީހުން ދިޔައެވެ. ބޭބީ ނެރުމުގެ ކުރިން އާޝިޔާ ދިޔައީ އަރުޝް އެކަނި ގޭގައި ނިދާފައި އޮތީމައެވެ. އާޝިޔާ އާއި އިޔާޒު އައީ ހެނދުނު ދައިހިފައިގެން ދާނަމޭ އޭކިޔައިފައެވެ. މަރިއަމް އާއި ހުމައިދުވެސް ބޭބީ ނެރުނު ތަނާހެން ގެއަށް ދިޔައެވެ. އެކަކުވެސް ހައިފާ އާއި ނޫހް ކައިރީ ނުބުނީ އެދެމީހުން ކައިވެނީގެ ފުރަތަމަރޭ ޚަރާބު ކޮށްނުލުމަށެވެ. އިސްރާގާތު މަޑުކޮށްގެން ތިބީ ޚަދީޖާ އާއި އަނީލް […]
ސާދަވަނަބައި “އޯކޭ އޯކޭ.. ނުބުންޏަސް.. އެހެން އަހާލި ކަމައްޓަކާ މިހާލު ލަދުން ތިއޮއް މޯޅިވީ.. ދެން ނާހާނަން.. އެކައްޗެއްވެސް.. ކީޕް ދެޓް މޮމެންޓްސް އިން ބިޓްވީން ޔޫ ބޯތް.. އިނގޭ.. ދެން ހިނގާ ދާން.. މިހާރު ފޮޓޯ ނަގަން އެއުޅެނީ..” ކޭތަށި ޑަސްބިނަށް ލުމަށް ފަހު އައިނާ އާއި އަޝްހާ އެންމެން ކައިރިއަށް މިސްރާބު ޖެހިއެވެ. *** އައިނާ އާއި އަޝްހާ އާއި ހިޝާން އެދެމީހުންގެ ފޮޓޯ ނަގައި ނިންމާލައިފައި އަވަހަށް ހައިފާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. […]
ތޭރަވަނަބައި ސިޑިން އަރައިގެން އައިސް ވާތް ފަރާތައް ވީދިމާ އަށް އައިނާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އައިނާ ސިއްސައިގެން ދިޔައީ އައިނާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު އެންމެ ކައިރީގައި އިން ކޮޓަރިއަށް ވެއްދުމުންނެވެ. *** ހަޅޭއް ލަވައިގަންނަން ހުޅުވާލި އަނގަ މަތީގައި އެމީހަކު އަތް އެޅުމުން އައިނާ އިތުރައް ބިރުގަތެވެ. އަވަހަށް ސަލާމަތް ވާންވެގެން ތެޅި ފޮޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހިޝާންވެސް އައިނާގެ ގައިން ދޫކޮށްލީ އައިނާ ބިރުގަނެފައި ހުރިކަން އިހުސާސް ވީމައި […]
ބާރަވަނަބައި އަދި އޭގެ އިތުރުން އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައި ފިނި ބުއިން ތައްވެސް އެތާހުރި ވަށް މޭޒެއްގެ މަތީގައި އަތުރާލެވިފައި ހުއްޓެވެ. ކޯކާއި، އޮރެންޖާއި، ޗެރީ އާއި ސްޕްރައިޓް އެވެ. އެއާއި އެއްކޮށް ނިއުޓްރޯ ބިސްކޯދާއި ލެމަން ޕަފް އާއި ޗޮކްލެޓް ޕަފް އެވެ. *** މެނދުރު އަތައް އެޅިއިރު ހުރިހާ އެއްޗެއް ގާތް ގަނޑަކަށް ކޮށާނިމި ދެން އޮތީ އުނދުނުން ކުރަންޖެހޭ ކަމެވެ. މަރިއަމް އާއި އާޝިޔާ އާއި ޚަދީޖާ އެތަނުން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް […]
ޖެހިގެން އައި އާދިއްތަ ދުވަހެވެ. ސްކޫލަށް ވަދެގެން އައި އަންހެން ކުއްޖާ ފެނި ހުރިހާ ޒުވާ ފިރިހިން ކުދިންގެ ތަލިން ކުޅުހިކުނު ފަދައެވެ. މާދޮން ނޫނަސް އޮމާން މޫނެކެވެ. ހިތިފަތު ބުމައަކާއި ހެޔޮވަރުގެ ތުންފަތެވެ. ބައްޓަން ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެވެ. އެކުއްޖަކު ގޮސް އެތާގައި އިން އެހެން އަންހެން ކުއްޖަކު ކައިރީގައި މަޑު ކޮށްލިއެވެ. “ނަޝް.. އަލުން ޖޮއިން ވީމަ އަހަރެން މިހުރީ ވަރަށް އުފަލުން…” *** ނަޝްވާ ގާތުގައި އިން އީޝާ ބުނެލިއެވެ. “ހޫމްމްމް.. […]