އަހަރެންގެ ދެފައިގައި ހީވަނީ ކަސްތޮޅުއަޅާފައިވާ ހެންނެވެ. އަހަރެންގެ ދެލޮލުން ކަރުނަ އަންނަން ފެށީ އިވުނު ވާހަކަ އަކުންނެވެ. އަހަރެންނަށް ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އަހަރެންނަކަށް ނޭނގުނެވެ. *** “ސަމީ.. އަހަރެން މިއުޅެނީ އާޝާ އޭނާގެ މަންމަ ގާތައް ފޮނުވާލަން ވެގެން.. އޭނާ ފޮނުވާލީމައި އަހަރެމެންނައް އޭރުން ހަމަޖެހިލައިގެން އުޅެވޭނެއެއްނު؟” ބައްޕަގެ ވާހަކަ ހުރިގޮތުން ހީވަނީ އަހަރެންނަކީ އޭނާ އަށް ހުރި ބޮޑުމުސީބާތެެއް ހެންނެވެ. ނަމަވެސް އެއީ އަހަރެންގެ ހުރި ހަމައެކަނި ބައްޕައެވެ. އެބައްޕަ އަހަރެންދެކެ ރުޅިއަންނަން […]
ބައްޕަ އައި ގޮތައް އައިސް އަހަރެންގެ އަތުގައި ހިފާ ދޮންމަންމަގެ އަތުން އަހަރެންގެ އަތް ދަމައި ގަތެވެ. އަހަރެން ހީކުރީ ބައްޕަ އެނުލަފާ އަންހެނާގެ އަތުން އަހަރެން ސަލާމަތް ކުރަން އުޅެނީ ކަމަށެވެ. އަދި ދޮންމަންމަގެ މޫނުމަތިން އެކަމުގެ ޖެހިލުންވުމާއި، ސިހުމާއި، ބިރުވެރިކަން ފެންނާނެކަމަށެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އޭރުގައި ހުރި ނުލަފާ މަކަރުވެރި ހިނިތުން ވުމެކެވެ. އެހެންކަމުން އަހަރެންގެ މޫނުމަތިން ފެންނަން އުޅުނު ކުޑަ ހިނިތުންވުންވެސް ފިލައިގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް ބައްޕަ އަހަރެންގެ އަތުން ދޫކޮށްލި ގޮތުން އަހަރެން ތަޅުން މައްޗައް ވެއްޓި ތިރީ މެދު ދެދަތް މަތީ ތުންފަތައް ހެރި ތުންފަތް ފަޅައިގެން ދިޔައެވެ. އޭގެ ދެތިން ލޭތިކިން އެހުދު ތަޅުން ކަޅި […]
އާދައިގެ މަތިން އަހަރެން ލޯހުޅުވާލީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މިސްކިތް އިންނަނީ ނުލާހިކު ކައިރީގައި ކަމުން އެހަމަހިމޭން ފަތިސް ގަޑީގައި ހީވަނީ ކަންފަތް ބުޑުން ބަންގި ގޮވާލާހެންނެވެ. މުޅި ފަޒާގައި އެއަޑު ދިޔައީ އެކޯ ވަމުންނެވެ. ނަމާދު ކޮށްލައިގެން ޖައްސައިލީ މިއަދުގެ ކަންކަން ކުޑަކޮށް ރާވާލައިފައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ކުދަ ހިލަމެއް ވިނަމަވެސް އަހަރެން އެނދުގައި އަރާމުކޮށް ނިދާފައެއް ނޯންނާނަމެވެ. ނަމަވެސް ‘ނަމަ’ އަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ. *** އަށެއްޖަހާއިރު އަހަރެން ތެދުވީ […]
އާދުވަހަކަށް އިރު އަރައިފި އެވެ. މިއަދުމީ ދެމަސް ދުވަހަށް ފަހު އަހަރެންގެ ބައްޕަ ރަށައް އަންނަ ދުވަހެވެ. އަހަރެންނަށް އުފަލުގެ ކޮޅެއްވެސް ނެތެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އަހަރެން ހުރީ އަހަރެންގެ އަނިޔާވެރި ކަމުގެ ދުވަސްތައް ނިމުމަކަށް އަންނަ ކަމުގެ ޚިޔާލީ ފޮލާ ކައްކާށެވެ. އަހަރެން ހުރީ ބައްޕަގެ ގާތުގައި ދައްކާނެ ވާހަކަތައް ހިތުގައި ރާވައިލައިގެންނެވެ. *** އިރު އޮއްސުނު ވަގުތު އަހަރެން އޮތީ ލިވިންގް ރޫމް ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އެކިޔާށެވެ. ބުނަން ހެއްޔެވެ. […]
ސަމިއްތަ އަހަރެންނާއި އެކު ވަގުތު ހޭދަކޮށް ހަދައެވެ. އަހަރެންނަށް ކާންދީ ހަދައެވެ. ނިދެނީ ސަމިއްތަ ކައިރިގައި އޮއްވައެވެ. އެދުވަސްތަކުގައި ސަމިއްތަގެ ހިތްހެޔޮކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެގޮތުގައި ބޮޑު ޗުއްޓީ ހޭދަވި ގޮތްވެސް ނޭންގުނެވެ. އެއި އަހަރެންގެ ބައްޕަ ޗުއްޓީ ނިންމާފައި ރިސޯޓައް ދާން، ފުރި ދުވަހެވެ. *** ބައްޕަ ފުރުވާފައި، ސަމިއްތަ އާއި އެކު އަހަރެން ގެއައް އައީ މޮޅިވެރި ކަމާއި އެކުއެވެ. ސަމިއްތަ ހުރުމުން ދެން ބައްޕަ އަންނާނީ ވަރަށް ގިނަ ދުވަސް ކޮށްފައިއެވެ. ގާތް […]
ނޯޓް: މިއީ އެއްވެސް އިރަކު ހިނގި އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކަ އެއް ނޫނެވެ. މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗައް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ، ބިރުވެރި، ކުރުވާހަކަ އެކެވެ. *** “އާނާ….. އާނާ…..” ކުއްލިއަކަށް އާނާ އަށް ތެދުވެވުނީ މީހަކު އޭނާގެ ކަންފަތް ދޮށުގައި ވައި އަޑުން އޭނާގެ ނަމުން ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. އޭރު އޭނާގެ ނިދިވަނީ އެއްކޮށްހެން ފިލައިގެން ގޮސްފައެވެ. އާނާ އެކި ފަރާތް ފަރާތައް […]
އެއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިއެވެ. އަހަރެން މަންމަ އާއި ބައްޕަ އާއި އެކު އުޅުނީ ވަރަށް އުފަލުގައި އެވެ. ނަމަވެސް އެއީ ހަމަ އެކަނި އަހަރެންގެ އުމުރުން ދިހަ އަހަރު ވާން ދެނެވެ. މަންމަ އާއި ބައްޕަ އާއި ދެމެދު ޖެހުނު މައްސަލަ އަކާއި ގުޅިގެން އެދެމީހުން ވަކިވީ އެވެ. އަހަރެންގެ މަންމަ، އަހަރެން ބައްޕަ ކައިރީގައި ބަހައްޓާފައި ރަށުން ފުރައިގެން ދިޔައީ އެވެ. އަހަރެންގެ ހިތް ޝަކުވާއިން ފުރުނު ނަމަވެސް، މައިންބަފައިންގެ ނިންމުމަށް […]
މިމުބާރާތުން ވާނީ ކިހިނެތް ބާވައެވެ. *** ސްލައިޑްތައް އަޅުވާފައި ހުރިއިރު ފެންނަން އިނީ ވިހި ސުވާލެވެ. އޭގެ ތެރެއިން ފަހު ހަތަރު ސުވާލު އިނީ ބޯނަސްގެ ބައިގަ އެވެ. ސުވާލުކުރާ ޓީޗަރު މުބާރާތް ކުރިއަށް ދާނެ ގޮތް ކިޔައިދިނެވެ. “ތިކުންދިންގެ ކުރިމަތިން ތި ފެންނަ ސޯޅަ ސުވާލަކީ މިމުބާރާތުގެ އަސްލު މާކްސް.. ބާކީ އިން ހަތަރު ސުވާލާ ލައިގެން މާކްސްތައް އެއްކޮށްލައިގެން ވަނަވަނަ އަށްދާ ގުރޫޕެއް ހޮވާނީ.. މުބާރާތުގައި ކުރިއަށް ދާނީ ދެރައުންޑެއް.. ފުރަތަމަ ރައުންޑްގައި އެގުރޫޕަކަށް […]
އެދުވަހު ހުރިހާ ކުދިން އައީ ނިހާންގެ ގެސްޓް ހައުސްއަށް ފަރިތަކުރުންތަށް ކުރިއަށް ގެންދަން ނިންމައިގެންނެވެ. އެހެންކަމުން ކާގަޑިއަށް ފިލާވަޅުތައް ނިންމާލައިފައި ނާރާ އަވަހަށް ދިޔައެވެ. *** އޭރު ނިހާން އާއި ނައިރާވެސް ތިއްބެވެ. ނަރާން އޭރުވީ ސްކޫލުގައި އެވެ. ނާރާ އޭނާ އާންމުކޮށް އިށީންނަ ގޮނޑީގައި ހަމަ ޖެހިލާވައި ނިހާންގެ ސަމާލުކަން ހޯދިއެވެ. “ބައްޕާ!.. އަޅުގަނޑުވާނެ މުބާރާތެއްގައި ބައިވެރިވެފައި.. ދެން އަޅުގަނޑުމެން ގުރޫޕު ކުދިން ބޭނުން ދަނސްކޮށްލަން ހިތްހަމަ ޖެހޭކަހަލަ މާޙައުލެއް….” ނާރާ، ވާހަކަ އެހާ ދުރުން […]