އައިނާ (2) 3

- by - 42- June 27, 2020

ތިންވަނަބައި

“އަހަރެން މިއުޅެނީ އަރުޝް ގޮވައިގެން.. ހިޝާންބެ ދާންވީނު އެކަނި!!!؟؟” އަޝްހާ މޫނުމައްޗައް ހިނިތުން ވުމެއް ގެންނަމުން ބުނެލިއެވެ.\

***

ހިޝާން އުޅުނީ ދެކޮޅު ހަދާށެވެ. ނަމަވެސް އަނީލް ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިޝާން އަށް އަށާރަ އަހަރު ވުމާއެކު ސައިކަލާއި ކާރުގެ ލައިސަންސް ވެސް ވަނީ ނަގާފައެވެ. ހިޝާން ދަމުން ދިޔައީ އަޝްހާގެ ކަންފަތް ދަށުގައި ކޮންމެވެސް އެއްޗެކޭ ބުނެފައެވެ.

އެކަމުން އަޝްހާގެ މޫނުމަތީ ކުލަވަރަކަށް އެއްވެސް ބަދަލެއް ނައެވެ. ހިޝާން ގޮސްނެރުނީ ކާރެވެ. ކާރު މަޑު މަޑުން ދުއްވާލައިފައި ހިޝާން އެގޭގެ ދޮރުމައްޗައް މަޑު ކޮށްލިއެވެ. ކާރުން ހިޝާން ފައިބާފައި ގޭތެރެއަށް ވަނެވެ. އެއީ އާންމު ކޮށް އަންނާތީވެ އެގެއަށް ވަންނަން ޖެހިލުމެއް ނުވެއެވެ. އޭރު އޭނާގެ ހިތް ތެޅޭ އިރު ހީވަނީ ރޯމަހެއް މަރަށް ތެޅޭ ހެންނެވެ.

ހިޝާން ގޮސް އައިނާ އުޅޭ ކޮޓަރީ ޓަކި ޖަހާލިއެވެ. ނިދި ޖެހިއޮތް އައިނާ އަށް މިއަޑު އިވުމުން މަންމަ ކަމަށް ހީކޮށް އަވަހަށް ދޮރު ހުޅުވާލިއެވެ. ފެންވަރައިގެން ނިކުތް ގޮތައް އިސްޓަށި ގަނޑު ހިތްކަން ހުރި އައިނާ އިނީ ބާތުރޯބް ގައެވެ.

އޭނާ ދޮރުހުޅުވާލީ މަންމާ އޭ ކިޔަމުންނެވެ. “މަން…….” ނަމަވެސް ކުރިމަތިން ހިޝާން ފެނުމުން އޭނާގެ ކަރުގައި ބުނަން އޮތްބަސްވެސް ތާށި ވިއެވެ.

ހިޝާން އަށްވެސް އައިނާ ފެނުމުން ކުރަން އައި ކަންތަކުގެ މަތިން މުޅިންހެން ހަނދާން ނެތިގެން ދިޔައެވެ. އަދި އައިނާގެ ފައިން ފެށިގެން ބޮލާއިހަމައަށް ބަލާލިއެވެ. ކަކުލަށް ވުރެއް ތިރިކޮށް އިން ރޯބްގައި އޭނާ ފެންނަނީ ނުހަނު ތާޒާ ކޮށެވެ.

ކުޑަކޮށް ތެތޮކޮށް އޮތް ބުޅި އިސްތަށިގަނޑު އޮތީ ނުވެސް އައްސައެވެ. ކުރުއިސްތަށިތައް މޫނުމައްޗައް ފައިބައިފައި ހުއްޓެވެ. ދެންމެ ފެންވަރައިގެން ނިކިތްކަން ހިޝާން އަށް އިނގުނެވެ.

ހިޝާން އައިނާގެ ފައިން ފެށިގެން ބޮލައް ބަލާލުމުން އައިނާ އަށް ހަނދާންވީ އޭނާއަށް ހުރެވުނު ގޮތެވެ. އަވަހަށް ދޮރު ލައްޕާލިއެވެ. އަވަހަށް ހަރުވާޅަކާއި ގޭތެރޭގައިލާ ދޫޓީޝާޓެއް ލައިގެން ނިކުތީ އިސްތަށިގަނޑު އަތުން ފުނާ އަޅާމުންނެވެ.

އޭރު ހިޝާން ދެވަނަބައިގައި އިން ކުޑަ ލިވިންގ ރޫމްގެ ސޯފާގައި އިށީންދެލައިގެން ކަކުލުގައި އަތް ވިއްދައިލައިގެން ނިތްކުރީގައި ހިފަހައްޓައިލައިގެން އިނެވެ. “ހި.. ހިޝާން.. ކަމަކުތަ؟” އައިނާ ދެއަތް ދެއަތާ މޮޑެމުން އަހާލިއެވެ.

“މީ.. އަނެއް.. ދޮންބެ ބުނީ.. ދޮންބެގެ ލެޕްޓޮޕް ދޭށޯ… އައިނާ އަށް އެނގޭނެ އޯ..” ހިޝާން ކުއްލިއަކަށް ގޮނޑިސެޓިން ތެދުވަމުން ބުނެލިއެވެ. އައިނާ ދިޔައީ އަނީލްގެ ސްޓަޑީ އާއި ދިމާލަށެވެ. ލެޕްޓޮޕް ދަބަސް ހިފައިގެން އައިނާ އައީ ކުޑަ އިރުކޮޅެއް ފަހުންނެވެ.

އައިނާ އިސްޖަހައިގެން އިނދެ ލެޕްޓޮޕް ދަބަސް ދިއްކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އައިނާގެ ދެލޯ ބޮޑުވީ ހިޝާން ކުރި ކަމަކުންނެވެ. އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައިފައި ކައިރިއަށް ދަމާލިއެވެ. އެގޮތައް އެގޮތައް އިރުކޮޅަކު އިނދެފައި ހިޝާން އައިނާ ދުރައް ޖައްސާލައިފައި ބާރު ހިނގުމެއްގައި ނިކުމެގެން ދިޔައެވެ.

އައިނާ އިނީ އަތަކަށް ގުޑާލަން ނުކެރިފައެވެ. މޭޣައި އަތް އަޅާލައިގެން އިނދެ ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިވި ނަމަވެސް އޭނާ އެކަން ފޮރުވާލައިފައި އަވަހަށް ކޮޓަރިއަށް ވަނެވެ.

މިމަންޒަރު ބަލަން އިން ހިޝާންގެ ތުންފަތް މައްޗައްވެސް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އޭނާ އެކަން ކުރީ އޭނާގެ ގަސްތަކު ނޫނެވެ. އިޚުތިޔާރުން ބޭރުގައި ނަމަވެސް ކުރެވުނީކީ ރަނގަޅު ކަމެއް ނޫނެވެ.

ހިޝާން އަވަހަށް ކާރަށް އަރައިގެން ދުއްވާފައި ގޮސް ގެއައް ވަތް އިރު އޭނާ ނައިސްގެން އުޅެއެވެ. “ހާދަ ލަސްވީ..” އިޔާޒު ހިޝާން ކުރެއް އެހިއެވެ.

“އާނ.. އެއީ.. މި.. ލެޕް.. ލެޕްޓޮޕް ނުފެނިގެން.. އެހެންވެ.” ހިޝާން މިހެން ކިޔަފއި ލެޕްޓޮޕް ދީފައި މައްޗައް އަރައިގެން ދިޔައެވެ. ކޮޓަރިއަށް ވަތް އިރު އަޝްހާ އިނީ އެނދުގައި އިށީނދެލައިގެން މޫނުމައްޗައް ހިނިތުން ވުމެއް ވެރިކުރުވައިގެންނެވެ.

“ކިހިނެތްވީ މާހެވިފައި ތިއިނީ..” ހިޝާން އަޝްހާ ކުރެން އަހާލީ ވާނުވާ ނޭނގުމުންނެވެ. “ހަމަ އެކަނި ލެޕްޓޮޕް ހިފައިގެންތަ ތިއައީ..” އަޝްހާ ކޮޅައް ތެދުވަމުން ބުނެލިއެވެ. “އަ.. އާނ.. ކިހިނެތްވީ..” ހިޝާން އަޅައިގަންނަމުން ބުނެލިއެވެ.

އޭރުވެސް އަޝްހާ ހުރީ ހިނި އައިސްފައެވެ. ހަޝަން ބަނދެލަމުން އަޝްހާ ހިޝާން އަށް ބަލާލިއެވެ. އަދި ފޯނު ހާވާފައި ހިޝާން އާއި ދިމާލަށް ފޯނު އަނބުރާލިއެވެ. އޭޣައި ފެނުނު އެއްޗަކުން ހިޝާންގެ ދެލޯ ބޮޑުވިއެވެ.

“ކިހިނެތް މިލިބުނީ؟؟” ހިޝާން ފޯނު ޖައިގަންނަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެކަމަކު އަޝްހާ އެއަށް ވުރެ ހުޝިޔާރެވެ. “ނުލިބޭނެ ފޯނެއް.. މީތި ހަމަ އިންޓަގްރާމަށް ލާނީ..” އަޝްހާ ފޯނު ހާވަމުން ބުނެލިއެވެ.

އޭގައި އިނީ ހިޝާން އާއި އައިނާގެ އެންމެ ފަހުބައްދަލު ވުމުގައި ނަގާފައި އިން ފޮޓޮއެކެވެ. “ތި ދެމީހުން ކުރާކަމެއް ބަލާލަން ވެގެން އަހަރެން ދިޔައީ ފަހަތުން އަނެއް ކާރުގަ.. އަވަހަށް ނިކުންނަން ހަދައިގެން އަނެއްކާރު ލޮލުގައިވެސް އަޅައެއް ނުގަތެއްނު؟” އަޝްހާ އޮޅުން ފިލުވައިދިނެވެ.

“ކޮންކަމެއް ކޮއްދޭން ވީ؟؟” އަޝްހާ އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “ބުނާ ކޮންމެ ކަމެއް ކޮށްދޭން.. އެކަމު އިސްޓަގްރާމަށް ނުލާތި..” ހިޝާން އިތުރު ކޮށްލިއެވެ. “ކޮންމެ ކަމެއްވެސް ކޮށްދޭނަން ތަ؟” އަޝްހާ އުފާވެލާފައި ބުނެލިއެވެ. “ހޫމްމް..” ހިޝާން ކުރު ޖަވާބަކުން ފުއްދާލިއެވެ.

“ބައްޕަ އެއްބަސް ކޮށްދީބަ އަހަރެން ގައިޑް އައުޓިންގް އަށް ވާންޏަށް ދާން..” އަޝްހާ އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ. “ވާޓް!!! ނޫން.. ނުވާނެ.. އައިނާ ކައިރީ ބުނެބަލަ..” ހިޝާން ވަގުތުން ދެކޮޅު ހެދިއެވެ. އެހެންޏާވެސް އެކަހަލަ ކަންކަމަށް އިޔާޒު އެއްބަސް ކުރުވަނީ އައިނާއެވެ.

“ނޫނެކޭ.. އައިނާ އެއް މިފަހަރު ބައްޕަ އެއްބަހެއް ނުކުރާނެ.. އޭނަ ހުރީ އެއްކަލަ ފޮޓޯ ގަނޑު ނަގައިގެން އަހަރެން ދެކެ ރުޅި އައިއްސަ.. އަހަރެން ޖެހޭނީ އަދި އޭނަގެ ރުޅިގަނޑު ފިނިކުރަން.. އެކަމަށް ދެދުވަސް ނަގާނެ.. މާދަން އެއީ ފޯމުލުން ހަމަވާ ދުވަސް.. އަޅެ ޕްލީސް ހިޝާންބޭ.. އެހެން ނޫނީ ފޮޓޯ ހަމަ މިވަގުތު ލާނީ..” އަޝްހާ ފޯނު ނަގަމުން ބުނެލިއެވެ.

“ބްލެކްމެއިލް ކުރަނީތަ..؟” ހިޝާން ލޯކުޑަ ކޮށްލަމުން ބުނެލިއެވެ. “އާން..” އަޝްހާވެސް ގޮތް ދޫނުކުރަން ބުނެލިއެވެ. “އޮކޭ ފައިން.. ކުޑަބެ އެއްބަސް ކުރުވާނަން… އެކަމު އަޝޫ ޖެހޭނެ ތީތި ޑިލިޓް ކޮށްލަން.. ދޮންތަ ކައިރީ ބުންޏަސް ހަނދާން ކުރާތި ކުޑަބެ އަޝޫ އެއް ނުފޮނުވާނެ..” ހިޝާންގެ މިޝަރުތައް އަޝްހާ ބޯޖަހާލިއެވެ. އަދި ނިކުމެގެން ދިޔައެވެ.

“އާހް.. ކިހިނެތްތަ މިވަނީ..؟ އަހަރެންނަށް މިވާގޮތް ނޭނގޭ އިރު އަނެއްކޮޅުން އަޝްހާ އަށް މިކަންތައް ފަޅާ އަރާތީ..! އާޚް.. ބޮޑުކަމެއް..” ހިޝާން އެނދައް ވެއްޓި ގަންނަމުން ބުނެލިއެވެ. “ދޮންތަ ކައިރީ އެ އަނގަ ގަދަ މިތުރު ނުބުނެ ފިއްޔާ ކިތަންމެހާ ވެސް ރަނގަޅު..” ހިޝާން ލޯމަރާލަމުން ބުނެލިއެވެ.

***

އައިނާ އެނދުމަތީގައި އޮތީ ޚިޔާލަކަށް ގެއްލިފައެވެ. އިސްރާ އެކޮޓަރިއަށް އައިކަންވެސް ނޭނގެއެވެ. “އައިނާ.. ދަރިފުޅު ނަމާދު ކޮށްފިންތަ..؟” އިސްރާ އައިނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އޭނ.. ކި.. ކީކޭ މަންމާ..” އައިނާ އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ބުނެލިއެވެ.

“މަންމަ މިއަހަނީ ނަމާދު ކޮށްފިންހޭ..؟” އިސްރާ އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. “ލައްބަ.. މަންމަ ގެއަށް އައީ ކޮން އިރަކު..؟” އައިނާ އިސްރާގެ އުނގުގައި ބޯއަޅާލަމުން ބުނެލިއެވެ. “އިރުކޮޅެއް ވެއްޖެ.. ފިލާވަޅުތައް ހަދައިފިންތަ..؟” އިސްރާ އައިނާގެ ބުޅި އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން ބުނެލިއެވެ.

“ނޫން.. އަދި ނުހެދޭ.. ފެންވަރައިލައިގެން ޖައްސާލި ތަނުން މަންމަ ތިއައީ.. ކޮބާ މަންމަމެން ދިޔަ ކަންތައް ނިމިއްޖެ ތަ..؟” އައިނާ ދެލޯ މަރާލަމުން ބުނެލިއެވެ. “ހޫމް އެކަންތައް ނިންމާލައިފިން.. ކޮން ޚިޔާލެއްގަ ތަ ދަރިފުޅު ތިއޮންނަނީ..؟” އިސްރާ ބުނެލިއެވެ.

“ކޮން އިރަކުންތަ ބޭބީ އަންނާނީ.. މަންމަ މެން ނުދައްކަންތަ  ޑޮކްޓަރަކަށް.. ފައިވް ވީމައި ޖެހޭނެ އެއްނު ދައްކަން..” އައިނާ އިސްރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“އާނ.. ޖެހޭނެ.. މަންމަމެން މިއުޅެނީ މިފަހަރު މާލެ ދާން ކަމަށް.. އެވާހަކަ ދައްކަންށޭ މަންމަ މިއައީ ވެސް.. މިރޭ ވެސް ޖެހިދާނެ ފުރަން.. އާދެވޭ ވަރު ވަނީ ޓޫ ވީކްސް ވަރު ފަހުން.. އެއީ ބައްޕަ ބިސްނަސް ކަމަކު އާއި އެއްކޮށްދާތީވެ..” އިސްރާ ބުނެލީ ދެރަވެފަ އެވެ.

ވަނީވެސް އެހެންނެވެ. ލޯބިވާ ދަރިފުޅު އެހެން މީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ރަށުން ބޭރައް ކުރާ ފުރަތަމަ ދަތުރު ވިއްޔާ އެވެ. އައިނާ ވެސް މަންމަ އާއި ވަކިން އުޅޭނެ ގޮތެއް ވިސްނާލަން ވެސް ނޭނގެއެވެ. ނަމަވެސް އެއީ ވެސް ކުރަން ޖެހޭ ކަމެކެވެ. ކިޔަވަން ފުރީމައި މަންމައެއް ނީންނާނެއެވެ.

“ވާޓްޓް!! އެގެއަށް! ދެން މަންމާ އަހަންނަށް ވެސް އިނގެއޭ ކައްކަން.. އިސްތިރިރ ކުރަންވެސް އިނގެއެއް ނޫންތަ.؟ ދެން ކީއްކުރަންތަ ދަނީ.. އަނެއްކާ މިގޭގަ އުޅެންށޭ އަޅުގަނޑައްވެސް ފަސޭހައީ..” އައިނާ ބޮޑާހާކާ ރާގަކަށް ބުނެލިއެވެ.

“ނޫން.. އެކަންޏަކު ނީންދެވޭނެ މިގެއަކު.. އަނެއްކާ އަނާ ތީ އަންހެން ކުއްޖެއް.. އެގެއަށް ދާން ޖެހޭނެ.. އަނެއްކޮޅުން މާގިނަ ދުވަހަކަށް ނޫނޭ.. އިނގޭ..” ދޮރުން ވަދެގެން އައި އަނީލް އަށް މިއަޑު އިވުމުން ބުނެލިއެވެ. ހުރި ހަމަ އެކަނި ދަރިފުޅު އެކަނި ބަހައްޓަން އޭޏާގެ ހިތް ހަމަ ނުރުހުނީ އެވެ. އެއަށް ވުރެއް ސްކޫލަށް ނުގޮސް އައިނާ އެދެމީހުންނާއެކު ގެންދިޔަސް މާހިތައް ހަމަޖެހުން ލިބޭނެއެވެ. އަނީލްގެ މިބުނުމަކަށް ދެކޮޅު ހަދާކަށް އައިނާ އަކަށް ނުކެރުނެވެ.

އެދުވަހު ހެނދުނު ފްލައިޓުން އަނީލް އާއި އިސްރާ ދާގޮތައް ހަމަ ޖެހުނެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އައިނާ ސްކޫލަށްވެސް ދާކަށް ނުޖެހެއެވެ. އެހެން ކަމުން އިސްރާ އާއި އަނީލް ފުރުވަން ހަމަޖެހިލައިގެން ދެވޭނެއެވެ.

***

ފަތިހު ފަތިހާ އައިނާ ބަދިގެއަށް ވަނެވެ. ރޮށި ފިހެފައި ބޭކެޑް ބީންސް ހެދިއެވެ. އިސްރާ އާއި އަނީލް ބަދިގެއަށް ވަތް އިރު ސައިހަދާފައި ހުރުމުން ހައިރާން ވިއެވެ. ގައިމު ހުކުރު ދުވަހަކީ ގޭގެ ނޯކަރު މީހާ އަށްވެސް ޗުއްޓީ ދުވަހެކެވެ.

އެހެން ކަމުން އިސްރާ އާއި އަނީލް ހައިރާން ވެފައި ދެމީހުންގެ މޫނަށް ބަލާލިއެވެ. ބަދިގެއިން ފެން އޮހޮރޭ އަޑު އިވޭތީވެ އިސްރާ އެދިމާލަށް ހިނގައި ގަތެވެ. ބަދިގެ އޮތް ޙާލު ފެނި އިސްރާގާތައް ހިނި އައެވެ.

މުޅި ތާގައި ހުސް ފުށެވެ. ކަޓިން ބޯޑުގެ އަރިމަތީގައި ފިޔަ އާއި ލޮނުމެދުވެސް ހުއްޓެވެ. އައިނާ އުޅޭނީ ބަދިގެ ސާފު ކޮށެވެ. އިސްރާ އެތާގައި ހުރިކަންވެސް އެކުއްޖާ އަށް ނޭނގެއެވެ. އިސްރާ އައިނާ އަށް ނޭނގޭ ގޮތައް ނިކުމެގެން ވެސް ދިޔައެވެ.

އަދި އަނީލް ކައިރީ މިވާހަކަ ބުނުމުން ދެފަރާތައް ބޯހޫރުވާލީ އައިނާގެ އެކަން ކުރި މަޤސަދު އިނގުމުންނެވެ. އެއީ އެގެއިން ނުދާން ވެގެން އައިނާ އެދުނު ހުއްދައެކެވެ. އެކަން އެދެމީހުންނަށްވެސް ވަރަށް ރަނގަޅައް އެނގެއެވެ.

އެކަމަކުވެސް އަނީލް ހުރީ އައިނާ ފޮނުވާށެވެ. އިރުގަނޑެއް ފަހުން އައިނާ ނިކުމެފައި ސައިބޯން އަންނާށޭ ބުނެލިއެވެ. ރޮށި ފިހެފައި ހުރީ ވަށްކޮށެވެ. އިސްރާ ވަނީ އައިނާ އަށް އެކަން ކަން ދަސްކޮށްދީފައެވެ. ބޭކަޑް ބީންސް ވެސް ވަރަށް މީރެވެ.

ނަމަވެސް މަސައްކަތް ފުރިހަމަ ކުރަން ވަގުތު ނަގާފައި އަދި އެހާވަރަށް ތަށި އެއްޗެހިވެސް ހަޑި ކުރާނެއެވެ. ނަމަވެސް ސާފު ކުރާނެއެވެ.

***

ތައްޔާރުވެގެން އެއާޕޯޓައް ދެވުނު އިރު ޗެކިން ނިމެން ދިހަމިނިޓު ހުއްޓެވެ. ޗެކިން ވެގެން ބޯޑިން އަށް ގޮވުމުން އެދެމީހުން ވަންނަން ދިޔައެވެ. އެމީހުން ފުރުވަން އިޔާޒު އާއި އާޝިޔާގެ އިތުރުން ޚަދީޖާ އާއި އަޝްހާވެސް އައެވެ. ހުމައިދު ދިޔައީ އޮފީހަށެވެ. ގޭތެރެ ބަލަހައްޓަން މަރިޔަމް މަޑު ކުރީއެވެ. ހިޝާން އުޅުނީ ސްކޫލުގައި ބަޔޮލޮޖީ އެކްސްޓްރާގަ އެވެ. ނަސީބެކޭ އައިނާގެ ހިތައް އެރިއެވެ.

***

ކާރަށް އަރައިގެން އެންމެން ނައްޓާލިއެވެ. އިޔާޒު ސައިކަލުގައި އޮފީހަށް ދިޔައިރު އައިނާ އާއި އަޝްހާ ފޭބީ އައިނާގެ ގެއަށް ދަބަސް ޕެކް ކުރާށެވެ. ޚަދީޖާ އާއި އާޝިޔާ ކާރުގައި ގެއަށް ދިޔައެވެ.

“އަނާ.. އަހަރެން ދެކެ އުޅި އައިސް ފަތަ..؟” އަޝްހާ އައިނާގެ ފަހަތުން އެކޮޓަރިއަށް ވަންނަމުން އަހާލިއެވެ.

“ކިހިނެތްވީ ތިހެން ތިއެހީ..؟” އައިނާ އަލަމާރި މަތިން ހެދުންތައް އަޅާނެ ކުޑަ ފޮއްޓެއް ނަގަން ގޮނޑިއަކަށް އަރަމުން އަހާލިއެވެ.

“ހިޝާންބެ އާއި އަނާގެ އެއްކަލަ ފޮޓޯ ހައި ދައްތަ ނެގީމައި ޑިލިޓް ކުރާށޭ ނުބުނުމުން.. އެކަމާ..؟” އަޝްހާ މިހެން ބުނެ ނިމުނު ތަނާ އިވުނީ އެއްޗެއް ބިންމައްޗައް ވަރަށް ބާރަށް ވެއްޓުނު އަޑެވެ. އޭރު އަޝްހާ އިނީ އައިނާ އަށް ދޮރުން ބޭރުން ލިވިންގ ރޫމް ތެރެއަށް ނަޒަރު ހިންގައިލައިގެންނެވެ.

_ނުނިމޭ

42

A aaR

i am a girl who loves to read n write dhivehii stories☺.... luv to read comments frm readers..❤ Accepting positive and negative comments tooo... study in dh.a.e.c gr. 8... dh. Kudahuvadhoo.. age 14.. can contact via my insta acc @a.s.n.a.03______... My short stories: Myra, Dhonmanma, Maizal, Erey, Edhathuru.. My long stories: Aina, Kaamiyaabu, Aharenge Vaahaka... My on going story: Aina S2.. _A aaR

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.