ދެވަނަބައި އައިނާ ސިޑިން ފައިބަނިކޮށް މީހެއްގެ ގައިގައި އަޅައިގަމެފައި ވެއްޓެން ދިޔައެވެ. ދެލޯމަރާ ތަގުޅި ކޮށްލެވުނީ ވާނެ ތަދު ލަފާކޮށްލެވުމުންނެވެ. ނަމަވެސް، ބާރުގަދަ ދެއަތަކުން ހިފެހެއްޓިކަން އައިނާ އަށް އިޙުސާސްވިއެވެ. އައިނާ އެއްލޯހުޅުވާލައި ބަލީލީ އެމީހެއްގެ މޫނަށެވެ. އަދި އެލޯހުޅުވިހާ އަވަހަކަށް އަނެއްލޯވެސް ހުޅުވާލިއެވެ. “ޑިންޑިން.. ޑިންޑިން..” އައިނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެއަޑު އޭނާ ހިފަހައްޓައިގެން އޮތް މީހާ އަށް ނީވުނިއްޔާ ރަނގަޅެވެ. އޭނާއަށް ހީވަނީ ދުނިޔޭގެ ހިނގުން ވެސް ކުޑައިރުކޮށްކަށް މަޑު ޖެހިލިހެންނެވެ. އައިނާ […]
ނޯޓް: އައިނާ ސީޒަން ދޭއްގައި ހާނިމްގެ ނަން ވާނީ ހިޝާންގެ ނަމަށް ބަދަލުކޮށްގެން ގެނެސް ދީފައެވެ. ކްރިސްޓަލްގެ ބޮކިފަތި ތަކަކުން ދިއްލާލެވިފައިވާއިރު ހީވަނީ ސަހަރެއްގެ މެދުތެރޭގައި އިން ގަނޑުވަރެއް ހެންނެވެ. މީޑިއާ ތަކުންނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް މިޕާރޓީ އަށް އައިސް ތިއްބެވެ. ޚަދީޖާ އާއި މަރިއަމް ތިބީ ޕްލެއިން ކަޅު ދިގުހެދުމެއް ލައިފައި ލައިމް ކުލައިގެ ބުރުގަލެއް އަޅައިގެންނެވެ. މަރިއަމްގެ ހެދުމުގައި އެކުލައިގެ މިނާ ކޮންމެވެސް ވަރަކަށް ހަރުކުރެވިފައި ހުއްޓެވެ. އައިނާ، އަޝްހާ، އަދި ހައިފާ ތިބީ ލައިމް ކުލައިގެ ވަށްތިރިކޮށް ހުންނަ ހެދުމެއްލައިފައި އެވެ. ހީވަނީ ޑިސްނީ ޕްރިންސެސް ‘ސިންދަރެއްލާ’ […]
ޖެހިގެން އައި ދުވަހަށް އިރުއެރިއެވެ. މިއަދަކީ އަހަރެމެންގެ ޕްލޭންގެ ފުރަތަމަ ފިޔަވަޅު އަޅާ ދުވަހެވެ. ކާމިޔާބު ވެއްޖެ ނަމަ ދެން އޮންނަ ފިޔަވަޅު އަޅާން ނިކަން ހިތްވަރު ލިބި ފަސޭހަ ވާނެއެވެ. *** ފަތިސް ނަމާދު ކުރަން ތެދުވިގޮތައް އަހަރެންނެއް ނުނިދަމެވެ. ހޮނިހިރު ދުވަސްކަމުން މިއަދުމީ ސްކޫލުތައްވެސް ބަންދު ދުވަހެކެވެ. އާންމުކޮށް އަހަރެން ނިދާނީ އެވެ. ނަމަވެސް މިއަދު އަހަރެން ނުނިދީ ވަރަށް މުހިންމު ކަމަކު އެވެ. ނުނިދާ އަހަރެން އިނީ ބެލްކަނީގައެވެ. ސައިގަޑި ޖެހެންދެން ބެލްކަނީގައި […]
ދުވަހަކީ ހުކުރުދުވަހުގެ މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ބައްޕަ ފަރާތު ބޮޑު އާއިލާ ތައްޔާރުވަމުން ދިޔައީ ކައިރީގައި އޮތް ފަޅުރަށަކަށް ދަތުރު ދާށެވެ. ދަތުރުދަނީ އަނެއްދުވަހު އަންނަ ގޮތަށެވެ. އަނެއްހެން ބުނާނަމަ އޯވާނައިޓަކަށެވެ. އަހަރެމެން ނައްޓާލީ ތިނެއްޖަހަނިކޮށެވެ. ދޮންތަބޭގެ ދޯނީގައި އިންނަ ގެގަނޑުގެ މަތީގައި އަހަރެމެން އެންމެން ތިބީމެވެ. ރޭކުރަން ދާތީވެ ގެންދަން ބައިވަރު އެއްޗެހި ހުއްޓެވެ. “މާލޭން ގެންނަ މުދާތެއްވެސް މިއަށް ވުރެ މަދުވާނެ..” ގެންދިޔަ އެއްޗެހި ގިނަކަމުން ބައްޕަ ކިޔާނެއެވެ. ކިޔަނީ […]
“ކޮބާ މަންމި..؟” ނިދި އަޑުން އަހަރެން އާއިޝް އާއި ސުވާލު ކުރީމެވެ. “ނޭނގެ.. މާމަ އަށް އިނގޭނެ..!” މިހެން ކިޔާފައި އާއިޝް ނިކުމެގެން ދިޔައެވެ. އަހަރެން ވެސް ފެންވަރާ ރީތިވެލައިގެން ތިރިޔައް ފޭބީމެވެ. ސައި ބޮއެގެން ނިކުތް އިރު މަންމަ ގެޔައް ވަންނަނީއެވެ. *** މަންމަ ލައިގެން އިނީ ގަޔަށް ދޫކޮށް އިން ހެދުމެކެވެ. ކަކުލާ ހަމައަށް ނާރާ ދެއިންޗި ވަރު އިނެވެ. ބޮޑު މަލެއް މޭމަތީގައި އިން އިރު މޭމަތީގައި ކުދި ބައިވަރު ރޫތަކެއް ޖައްސާފައެވެ. […]
އިރު މެދު އުޑުގައި މުޅި ދުނިޔެއަށް އަލިކަން ކުރަމުން ދިޔައެވެ. އިރުގެ ރަންއަލިން މުޅި ދޮންވެލި ފަސްގަނޑު ދިޔައީ ވިދާ ބަބުޅަމުންނެވެ. ދޮންވެލި ގަނޑު މަތީގައި ރާޅުޖަހާ ފަށުގައި ހިނގަމުން އަހަރެން ދިޔައީ އަހަރެންގެ ކުދި ފިޔަވަޅުތައް ފަހަތައް ދޫކުރަމުންނެވެ. ކުދި ރާޅުތައް މަޑު މަޑުން އައިސް އަހަރެންގެ ފައިތިލައިގައި ބޮސްދީފައި އެނބުރި މޫދުގެ ތެރެއަށް ގެއްލިގެން ދެއެވެ. އެރާޅުތައް އަހަރެން ފަހަތައް ދޫކުރަމުން އައި ފިޔަވަޅުތައް ފުހެލަމުން ގެންދިޔައެވެ. އަހަރެންވެސް ބޭނުންވަނީ އެގޮތައް އަހަރެން ފަހަތައް […]
މިވާހަކަ އަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ސިލްސިލާ އައިނާ ގެ ދެވަނަ ސީޒަން އެވެ. މިވާހަކައިގެ ސީޒަން އެކެއްގެ ކުޑަ ތަޢާރަފެއް: އައިނާ އަކީ ސްކޫލުގައި ކުދިންގެ މަލާމާތް ރައްދުވާ ކުއްޖެކެވެ. އެކަމަކު އެންމެ ގާތް އެކުވެރިޔާ އަޝްހާ އައިނާ އާއި އެކު އުޅެއެވެ. ފަހުން މަލާމާތް ކުރުން ހުއްޓާލަނީ ރީމާގެ ސަބަބުންނެވެ. ރީމާ އާއި އައިނާ އާއި އަޝްހާ އަކީ ފަހުން އެންމެ ގާތް ތިން އެކުވެރިންނެވެ. އައިނާގެ ބައްޕަ އަކީ ކާކުކަމެއް އައިނާ އަކައް […]
އާއިޝް ގޮވަގެން ދާން ހެދުމުން އޭނާ ފުއްކުނޑި ދައްކަން ފެށިއެވެ. އާއިޝް ބޭނުންވީ އަހަރެންގެ ކައިރީގައި މަޑުކުރާށެވެ. *** މަންމަ އެތައް އެއްޗެއް ކިޔައިގެން އާއިޝް އެއްބަސް ވިއެވެ. އަހަރެންވެސް އިތުރަށް މަޑުނުކޮށް ކޮޓަރިއައް ވަނީ ތާޒާ ވެލަން ބޭނުންވެފައި ހުރި ވަރުންނެވެ. ދޮރުލައްޕާފައި ހޫނުކަމުން އަހަރެން އެނބުރުނީ އޭސީ ޖައްސާލާށެވެ. އެގަޑި އަހަރެންގެ ނަޒަރު އެބޮޑު ކޮޓަރިތެރެއަށް ހިންގާލެވުނެވެ. މުޅި ކޮޓަރީގެ ހަތަރުފާރު ފަޅު ފިލިވާލާފައި ވަނީ ފެހިކުލައިގެ އެކި ޝޭޑް ތަކުންނެވެ. ކިންގް ސައިޒް […]
ޔަޤީނެވެ. އެވާނީ އަހަރެންގެ މަންމަ އަށެވެ. ދޮރު ހުޅުވަން ދާން އުޅުނީ ސަމިއްތަ އެވެ. އޭގެ ކުރިން ބައްޕަ ގޮސް ދޮރު ހުޅުވާލިއެވެ. *** އާނއެކެވެ. އެއީ އަހަރެންގެ މަންމަ އެވެ. މަންމަ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދޮން އަލި ހަންގަނޑެވެ. ބޯއެސްފިޔަ ތަކުގެ ދަށުގައި ހިޔާވެފައި އިން މަންމަގެ ރީތިކަން އިތުރުކޮށްދޭ އަޅި ކުލައިގެ ކަޅި އެވެ . އެއީ އަހަރެންގެ ވެސް އެއްމެ އަޅައިގަންނަ އެއްކަމެވެ. އަހަރެންގެ އަޅިކުލައިގެ ކަޅިއެވެ. މަންމަ […]