އާއެކެވެ! އެއީ އަހަރެންގެ ކުށެކެވެ. ފަހުދު ގާތުގައި ފާޑުފާޑުގެ އަންހެންކުދިންނައި ވާހަކަ ނުދައްކާށޭ ބުނެވޭކަށެއް ނޯންނާނެއެވެ. ބުނެގެން ނުވެސް ވާނެއެވެ. ކުށްވެރިވާނީ އަހަރެންނެވެ. އެހެންނަމަވެސް އަހަރެން އެންމެ ފިރިހެން ކުއްޖަކާ އަނގައިން ބުނެލިޔަސް އަހަރެންގެ ހިތް ފަޅައިގެންދާހާވަރަށް އޭނާ އިހާނެތިކުރާނެއެވެ. އެއްޗެހި ކިޔައިނެއެވެ. އެއީ ހަމަ ލޯބިންނެވެ. ފަހުދު ދެރަވަނީއެވެ. ދެރަވެގެން ރުޅި އަންނަނީއެވެ. ނޫނެކެވެ. ރުޅި އާދެވެނީއެވެ. ރުޅި އާދެވުނަސް އަތް އިސްކުރުމަކީ ފަހުދުގެ އާދައެއްނޫނެވެ. އަތް އިސްކުރުމަށްވުރެއް އަހަރެމެން ދެމީހުންގެ ލޯބި އޭނާއަށް އަބުރުވެރިއެވެ. […]
”މިއީތަ ދޭން ބުނި ސަޕްރައިޒަކީ؟؟” އިޒްކާގެ މޫނު ވަނީ މިލާފައެވެ. އިޒްކާގެ މޫނަށް ވެރިވި ކުލަވަރު ފެނި އައިމަން ގެ ގާތަށް ހިނި އައެވެ. ”އަޅެ އިޒޫއަށް ހާދަ ނުވިސްނެޔޭ ދޯ! އަހަރެން މި ބުނީ ދެނެއް އިޒޫ އާ ރައްޓެހި ވެގެން އުޅޭކަށެއް ބޭނުމެއް ނޫނޭ. ބޭނުމީ އިޒޫ އާ މެރީ ކުރަން..” އައިމަން އިޒްކާ އާ ދިމާއަށް ބަލާލިއިރު އިޒްކާގެ މޫނުވަނީ އުޖާލާވެފައެވެ. ނަމަވެސް އެކަމުން ވެސް އައިމަން އަށް އެއްޗެއް ދޭހަ ނުވިކަމަށް […]
ކުއްލިއަކަށް އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. “ކުޅިދައްކާލާނަން”. އައީ އަހުމާންގެ މެސެޖެކެވެ. “އެއަށްވުރެ ދެގުނަ ހަސްކަ ދައްކާލާނަން. މަމީ ކާކުކަން ނޭނގެނެ އަދިވެސް.. ހުރިހާ އަންހެނުންނެއް ބަލިކަށްޓެއް ނުވާނެ. ކަލޭ ހެދިގޮތެއް ބަލަން ހުންނަން މަމީ ކަލޭގެ އެކްސް އެއް ނޫނޭ..” އަހަރެން ރިޕްލައި ކޮށްލީމެވެ. “އާޗާ.. ތިބުނީ އެއްޗެކޭ އިނގޭ ހަނދާން ބަހައްޓާތި.. މާދަމާ ސުކޫލު ނިންމާފަ ބައްދަލު ކުރާނަން” އަހަރެން ކައިރިއަށް އައި ރުޅީގައި މަންމައަށް ގުޅީމެވެ. އަދި މަންމައަށް ވެސް ރުޅިބޭލުނެވެ. “ދަރިފުޅާ..! […]
އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ. އަހުމާން އަށް ބޭރުފުށުން އަނިޔާ ލިބިފައި ހުއްޓަސް އެތެރެ ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތެވެ. އެކަމާ އަހަރެން މާތް ﷲ އަށް ހަމްދު ކުރީމެވެ. ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާފައި ހުރި އިރުވެސް އޭނަ މިއަދުވެސް ސުކޫލު ނިމޭ ގަޑިއަށް ސުކޫލް ދޮށަށް އެ އައީއެވެ. އޭނާ ފެނުމާއިއެކު ލޭ ކެކޭ ގޮތް ވިއެވެ. އޭނާ އާއި ހެދި ޝާހާން ނުލިބުނީމައެވެ. އަހަރެން ކިހާ މޮޔަ […]
އެ ލޯބި މަޢުސޫމް މޫނު ފެނުމާއެކު އަހަރެންގެ ލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކެތްތެރިކަން ކޮޅުންލައިގަތެވެ. ހިތައް ފުން އަސަރުތަކެއް ކުރުވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަޑު ބެދުނެވެ. އެދިމާއަށް އަތް ދިއްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމައާއި، ޒަހީނާއި، އާއިލާގެ ބައެއް އެހެން މެންބަރުންވެސް އެތަނުގައި ތިއްބެވެ. ރޮވިފައެވެ. ހިތާމައިގައެވެ. އަހަރެން ގޮސް އެ މަޑުމަޑު ފުށްގަނޑެއްފަދަ ދަރިފުޅުގެ ގައިގާ، ވަރަށް ބާރަށް ބައްދާލީމެވެ. ލޯ މަރާލެވުނެވެ. އަޑުން އަޑުލާ ރޮވެން ފެށިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭ […]
“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ […]
”ލައްބަ! އަޅުގަނޑު އެއްބަސް” އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރެ އައްފާނު ބުންޏެވެ. އެރޭ އައްފާނު ޒަކަރިއްޔާގެ ގޭދޮށަށް ގޮސް އޭނާ ދިން އެގްރީމެންޓްގައި ސޮއި ކުރިއެވެ. މާދަމާ ކިޑްނީ ހަދިޔާ ކުރަން ހޮސްޕިޓަލަށް ދާނެ ކަމަށް ބުނެ، އައްފާނު މިސްރާބް ޖެހީ ގެއަށް ދިއުމަށެވެ. އައްފާނަށް ގެއަށް ދެވުނުއިރު، ސާޖިދާ ކުކުރަނީއެވެ. ބޮލުގައްޔާއި މޭގައި އަތުން ފިރުމާލަ ފިރުމާލަ އޮތް ސާޖިދާ, އޭނާގެ ބައްޕަ ފެނުމުން ރުއިން ބާރުކޮށްލިއެވެ. އިސާހިތަކު އައްފާނަށް އެ ހަރަކާތްތައް ނަގައިގަނެވިއްޖެއެވެ. […]
” ކުއްލި ގޮތަކަށް މުޅި ޙަޔާތުގެ ކުލަ ބަދަލުވެ ހިނގައްޖެޔޭ.. ޔާ އިލާހީ އަޅުގެ މި ހިތަށް ކެތްނުވާވަރު ވެއްޖެޔޭ.. ލޯބި ތިޔަ އެސްފިޔަ ތަކާއި އެކު…” އިޒްކާގެ މޯބައިލް ފޯނު ދިޔައީ ރިންގްވަމުންނެވެ. ހެދުން ތަކެއް އިސްތިރި ކުރުމުގައި އަވަދިނެތި މަސްޢޫލުވެ އުޅެމުންދިޔަ އިޒްކާއަށް އޭނާގެ ފޯނު ރިންގްވާކަމެއް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެންތާއެވެ. އިޒްކާގެ ފޯނު ވީތަނެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރޭގަ ގެއަށް އައިސް، ފޯނު ކޮޓަރި އަށް އެއްލާލި ގޮތަށް […]
އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ދޮރުމަތީގައި އައްފާނު ހުރީ ހިނގާލަ ހިނގާލައެވެ. ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ. އޭނާގެ މަންމަ ރަމީޒާއާ އެކުގައެވެ. އޭނާ ވަނީ ތަޤްދީރުގެ ނިޔާ ކަނޑައެޅޭނެ ގޮތް ބެލުމަށް ކެތް މަދު ވެފައެވެ. އޭނާގެ ދަރިފުޅު ސާޖިދާގެ އޮޕަރޭޝަނަށް ވާނެ ގޮތަކާމެދު ހިތްއަވަސް ވެފައެވެ. އޮޕަރޭޝަން ކުރެވެމުން އެދާ ސާޖިދާއަކީ އައްފާނުގެ ދެލޮލުގެ ނޫރެވެ. ދިރިހުރުމުގެ އަސްލާއި ބާރެވެ. އުންމީދުގެ ހުޅު ކޮޅެވެ. ސާޖިދާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން […]