ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ޖައުފަރުމެން ދިއުމާއިއެކު އަހަރެންނަށް އިތުރަށް އެތާނގައި ނުހުރެވިގެން ބެލްކަންޏަށް ނިކުތީމެވެ. ވައި ޖައްސާލާށެވެ. އޭރު ސިކުނޑީތެރޭގައި […]
އައްސަލާމް އަލައިކުމް (: މިދުވަސްކޮޅު ރީންގެ ކިޔެވުމުގެ ކަންތަކާއި ރީން ވަރަށް ބުރަކޮށް އުޅޭތީވެ ވާހަކަ އަވަސް އަވަހަށް އަޕް ނުކުރެވެނީ.. ވަރަށް ދެރަވެ އެހެން ވާތީވެސް. ވާހަކަ އަޕް ވުން ލަސް ވާތީ ވެ ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން P:… ރީން މި ވިސްނަނީ ވާހަކަ އެއްކޮށް ލިޔެ ނިންމާފަ އަޕްކުރަން ފަށަން.. އޭރުން ޑެއިލީކޮށް އަޕް ކުރެވޭނެ އިން ޝާ ﷲ.. ކިޔުންތެރިންނަށް ރީންގެ މި ނިންމުން އޯކޭ […]
ސިޓީއުރަ ކަނޑާލުމަށްފަހު ރާޝިދު އަޑުހަރުކޮށް ކިޔަން ފެށިއެވެ. ”އަހަރެންގެ ނަމަކީ ނަތާޝާއެވެ. ރުޝްދާއަށް ފަހަރުގައި އަހަރެން އެނގިދާނެއެވެ. ނޭނގިދާނެ ކަމަށް ލަފާކޮށް އިތުރަށް ކިޔައި ދޭނަމެވެ. އަހަރެންނަކީ މީގެ 20 އަހަރު ކުރިން، އިޒްކާ ބަނޑުން ނަގައިގެން ރުޝްދާއަށް ދައްކަން އައި ނަރުސް މީހާއެވެ. ބުރުގައި ނާޅާ އޭރު ހުރި ހަމަ އެކަނި ނަރުސް މީހާއެވެ. ރުޝްދާ އެޑްމިޓް ކުރީއްސުރެ ގާތުގައި އުޅުނު ހަމައެކަނި ނަރުސް މީހާއެވެ. މިހާވަރަށް ބުނީމައި ރުޝްދާ އަށް އެނގޭނެ ކަމަށް ހީކުރަމެވެ. […]
“ދަރިފުޅާ ތިހެން ހުއްޓައި ގަޑި ޖެހިދާނެ.” “އާނ. މާމް މި ނިންމައިލަނީއޭ.” ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ. ނާޞިރާ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ހިނިއައިސްފައެވެ. ޖުނައިދު ރީތިވާމޭޒު ކައިރިއަށް ގުދުވެލައި ކަނާއަތުން ފަންފަން އިލި އިސްތަށިގަނޑު ނިތްކުރި މައްޗަށް ވައްޓައިލިއެވެ. “ތިތަ މީހުން ފުނާ އަޅައިގޮތަކީ؟ ކުލާހަށް ދާތައި ތިން ދުވަސްވީ އިރުވެސް ހީވަނީ ފުރަތަމަ ދުވަހުހެން. ހިއްހިއް…” “ޔޭސް މާމް. ދަނީއޭ. ލަވް ޔޫ […]
” ކޮބާ ޒުހޭރުބެ؟ ” މާޔާ މަލީހާގެ މޫނަށް ބަލާލީ ސީރިޔަސްކަމާއެކުގައެވެ. މާޔާގެ ސުވާލުން މަލީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް މާޔާ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. ” ޒު..ޒު… ޒުހޭ.. ޒުހޭރުބެ އުޅޭނެ އެއްނު. ދުވަސްކޮޅެއް ވެއްޖެ މަންމައާ ދިމާނުވާތާ ” ތުރު ތުރު އަޅަމުން މަލީހާ ޖަވާބު ދިންއިރު މާޔާގެ މޫނަށް ބަލާވެސްނުލާ ދާންވެގެން އެބުރިލިއެވެ. ” ކިހާ ދުވަހެއް ވަންދެން އަހަންނަށް ދޮގު ހަދާނީ މަންމާ؟ އަހަންނަށް އެނގޭ ޒުހޭރުބެ މަރުވެއްޖެކަން.. […]
ޘަނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ އަރައި އިސްތަށިގަނޑުންނެވެ. “ޘަނާ… ޘަނާ…” ޘަނާގެ ކުރިމަތީގައި ހުރެ ޢާމިލް ދެފަހަރު ގޮވައިލިއެވެ. ޘަނާގެ ބޮޑު ދެލޮލުގެ ކަޅި ދެފަރާތް ދެފަތާރަށް […]
މިއަދުވެސް އިރު އޮއްސިގެން އެދިޔައީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެ އިންތިޒާރު ނިމޭނީ ކޮން ދުވަހަކުން ބާއެވެ. ނިއުޝާ އިންތިޒާރު އެކުރަނީ ކާކައްހެއްޔެވެ؟ އެއީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ކޮންތާކު އުޅޭ ކޮން އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމެއްވެސް ނިއުޝާއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ނިއުޝާގެ ހިތުގައި ރަސްކަން ކުރަމުން އެދާ ޒުވާނާގެ ސިފަވެސް ނޭނގެއެވެ. ނިއުޝާ އިންތިޒާރު ކުރާ އެ ޒުވާނާގެ ފައިގައި އަޅާގަނެފަ ވެއްޓުނަސް ނޭނގޭނއެވެ. އެކަމުވެސް އިންތިޒާރު ކުރެއެވެ. ނިއުޝާ […]
”އޯކޭ! އިޒޫ ވަރުބަލި ފިލުވައިލައިގެން މި ރެއަށް ތައްޔާރު ވައްޗޭ.. ބައްޕަ އާއި މަންމަ ކައިރި ވެސް ބުނައްޗޭ، މިރޭ އަހަރެން ދާނެ ވާހަކަ. ދާއިރު ބޮޑުބެ ވެސް ގޮވައިގެން ދާން މި ވިސްނަނީ.. އޭރުން ދެ ފަރާތު އާއިލާ ވެސް ބައްދަލު ވީނު.” އިޒްކާގެ ގޭ ދޮރުމައްޗާއި އަރާ ހަމަވުމުން އައިމަން ބުންޏެވެ. ”ހުމްމްމް… ބޮޑުބެ ވެސް ގެނޭ.. އާދެވެންޏާ ފަހަރިވެސް ގޮވައިގެން އާދޭ..” އިޒްކާ ޝައުޤުވެރިކަމާއި އެކު ޖަވާބު ދިނެވެ. ” އިޒޫ! އިޒޫ! […]
އަހަރެންނަށް އުފަލުން ރޮވުނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްވެސް އަންނާނެކަން އަހަރެން ހަނދާން ނެތުނީއެވެ.. ޝާ؟؟ މިސާލަކަށް އަހަރެެމެންނަށް ލިބުނީޔޯ ބޭބީ އެއް. ގާލް އެއް.. ކޮންނަމެއް ކިޔާނީ؟؟” ” އުމްމްމްމް.. އައިޒާ ޝާހާން… ސަޅިތަ؟” “ހުމްމް ސަޅި އެކަމު ކޮންތާކުން ތިނަން ލިބުނީ” “ވާހަކައަކައަކުން” ” އޯވް.. ޝާހާން ހަނދާން ނެތުނީއޭ. ޝާ މެން ކަހަލަ މޮޅު ވާާހަކަ ލިޔާ ކުދިން ދެން ވާހަކައިންތާ ދޯ ނަންވެސް ހޯދާނީ” “ހެހެހެހެ” އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ވަރަށް […]