އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހުރޫމްވެފައެވެ.އެއީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟.އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީ މެވެ. އެކަމަކު ބޭރަށް ނިކުމެއްޖިއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ.އަހަރެން ވެސް އެހެން ކުދިންހެން އުޅެން ބޭނުން ވެއެވެ.އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތި ބެއެވެ.ހޯދަން ބޭނުން ނުވަނީ އެއް ނޫނެވެ. ނުލިބެނީ އެވެ.އަހަންނަކީ އެހާ ރީތި […]
“އޭނ… ދޫކޮށްލާ އަހަރެން ގައިން، ތީކާކުތަ މަގޭ ގައިގަ ހިފައިގަންނަށް..” ލޯ މަރައި ތަގުޅި ކޮށްގެން ހުރެ ސިމަން އަށް ލެވުނުހާ ބާރަކަށް ހަޅޭލަވަމުން ދިއަ އިރު ކައިރީގައި ހުރި ޒުވާނާގެ ރުޅިވެރި ނަޒަރު ސިމަރުގެ މޫނަށް އަމާޒުވެފައިހުއްޓެވެ. ކުއްލިއަކަށް ޖަހާލި ލައްކާއި އެކު ސިމަން އައިސް ތަތްވީ އެޒުވާނާގެ ފުޅާ މޭގައެވެ. އެއާއި އެކު ސިމަން ސިހިފައި ފަހަތްބަލާލިގޮތުން ހީވި ވިހަގަދަ އެއްޗެއް ކަށިޖެހި ހެންނެވެ. ” ހައު ޑޭއަރ ޔޫ… ކޮންހައިސިއްޔަތަކުން ކައެ އަހަރެންގެ […]
މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޚަބާ ކިޔަމެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން ކޮވެއްޔާއި ސޫފިސޫފީގެ އަޑުފިޔަވާ އިތުރު އަޑެއް ނީވެއެވެ. އާދައިގެ މަތިން މިއަދުވެސް ހާޖީތުއްތު އެ ނުކުތީ މަހަށް ދިއުމަށެވެ. ކަތްދަވެސް ފަތިސް ނަމާދުކޮށްގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތާއި ގެންނެވެ. ތުއްތު މަހަށްގޮސްގެން ލިބޭ މަދު އެތިކޮޅުން ހަތަރު ކުދިންގެ ހަރަދުތައް ބަލަހައްޓަމުން ގޭތެރޭގެ ކަންތައްތައް ފުއްދާލެވެނީ ކަތްދަގެ ކުޅަދާނަ ކަމުންނޭ […]
އެވަގުތު ހަސީނާ ކޮލަށް އެރީ ޝިރުހަތްގެ ހޫނު އެތިފަހަރެކެވެ. “އޭތް! މަގޭ ގަޔަށް ބޮލަށް ތިއަރަނީއްޔޯ” ހަސީނާ ވެސް ޝިރުހަތް ގައިގަ ޖަހަން އަތް މަޅާލިއެވެ. “ގޮތް ކުޑަ އަންހެނާ!!! އެއީ ކުޑި ކުއްޖެކޭ… އޭނަ އަށް އަދި އެންމެ ބާރަ އަހަރޭ.. ކަލޭ ގަޔަށް ބޮލަށް މީހަކު އެރީމަ އެއީ މައްސަލަ އެއް. އެކަމަކު އެ ކުއްޖާ ގަޔަށް ބޮލަށް ކަލޭ އެރީމަ މައްސަލަ އެއް ނޫން… އޭނ!” ޝިރުހަތް އިޝާރާތް ކުރީ ކަޔާލް އަށެވެ. […]
މެންދަމުން އަލިވެ 2 ޖެހީއެވެ. މުޅިރަށައް ވަނީ ހަމަހިމޭން ކަން ވެރިވެފައެވެ. ދޫނިސޫފާސޫފިތައް ވެސް މެންދަމުގެ ރާނީއަށް މިނިވަންކަން ދީފައި ހަމަހިމޭން ވެއްޖެއެވެ. ބައެއްމީހުން މިހަމަހިމޭންކަމުގެ އުފާ ލިބިގަންނަމުން ދާއިރު އަނެއްބައި މީހުންގެ ހާލަކީ ކޮބައިތޯއެވެ. އަހަރެން އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތީ ލޮލަށް ނިދި ނައިސްގެންނެވެ. އަހަރެންގެ ސިކުނޑީގައި އެކި ހިޔާލުތައް އެނބުރެމުން ދިޔައެވެ. މާދަމާ ކަންތައް ވާނީ ކިހިނެއް ބާއެވެ. މާދަމާ އަކީ އަހަރެން ށ އަތޮޅު ފުނަދޫ ސުކޫލަށް އަލައް ކިޔަވަންދާ […]
ޝިރުހަތް މެން ގާތު ބުނިއެއްޗަކުން ކުރަންވީ އުފާކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭގޭފަދައެވެ. އެންމެންވެސް ތިބީ ޖެހީ ބުދެއް ފަދައިން ތިބިތާގައެވެ. އެ އެންމެނަނާ ވަކިން ދުރުގައި ހުރި ހަސީނާ ލޮލުން ކަރުނަ ތިއްކެއް ފާއްދައިލިއެވެ. ކީކުރާނީ ހެއްޔެވެ. އޭނ އުޅުނީ ކަޔާލްގެ ވަސް މި ދުނިޔެއިން ވެސް ފޮހެލާށެވެ. ބުޅަލަށް އެރަށު މުސްތަފާބެއްޔާ އަތުން ފަންޑިތަ އެއް ހަދައިފައި ބުޅަލުގެ ކަރުގައި އެޅުވީއެވެ. އެހެން އެންމެން އުފާ ކުރާއިރު ހަސީނާ ހުރީ މަޑުންނެވެ. “ހަސީ… ބަލީތަ؟” […]
އެ ލޮލުގައިވަނީ ހަމަ އެންމެ މެސެޖެކެވެ. ކަޔާލް ރައްކާތެރިވާށެވެ. ކަޔާލް މިދުނިޔެއާއި ދެން އަލްވަދާއު ކިޔާކަށް މާގިނަ އިރު ނެތެވެ. ކަޔާލް ހިތަށް ބިރުވެރިކަން ވަނެވެ. ހޫދުވެސް ހުރީ އެހާލެއްގައެވެ. ކޮންމެވެސް ކަމެއް ވާން އެބަ އުޅެޔޭ އޭނާ ހިތް ބުނަމުން ދިޔައެވެ. ހޫދު މިހެން ހުއްޓާ ފޯނު ރިންގު ވިއެވެ. ޖީބުން ފޯނު ނަގާ ގުޅަނީ ކާކުތޯ ބެލިއިރު ގުޅަނީ ޝިރުހަތް އެވެ. “ހަލޯ.. ޔެސް ޝިރޫ” ހޫދު ވަރަށް މަޑުން ވާހަކަ ދެއްކިއެވެ. ހަސީނާ […]
އަހަރެންގެ އުމުރުން މިހާރު 23 އަހަރެވެ. އަދި މިހުރީ ހުސްހަށިބަޔަށްށެވެ. އެކުގައި އުޅުނު ގިނަ ކުދިން މިހާރު މިހުންނާއި އިނދެ ދަރިން އެބަ ތިބެއެވެ. މީހަކާ އިންނަން ބޭނުމެވެ. އެކަމަކު އިންނަން ބޭނުން ވާ މީހާ ލިބެންނެތީއެވެ. އަހަރެންނާއި އޭނަ އާއި ދިމާވީ މީގެ ގާތް ގަޑަކަށް 6 ވަރަކަށް އަހަރު ކުރިން މިގް33 އިންނެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. މިގް33 ޒަރިއްޔާއިން އޭނަ އާއި ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރީމެވެ. އޭގެ […]
ކަޔާލް ބިރުން ހުރެ ފަހަތަށް ބެލި އިރު ހިޔަންޏެއް ޖޭމް ވަލު ކައިރިން ހުރަސް ކުރި ހެން ހީވިއެވެ. އެވަގުތު ދުވި ފަރުހިކި ވަހުން ކަޔާލް އަށް ހޮޑު ނުލެވުނީ ކިރިޔާ އެވެ. ދެފައި ރޫރޫ އަޅާވަރުން ބިންމަތީގައި ހަރުނުލައެވެ. ގައިގައި ހުރި ބާރެއް ލާފައި ދޮރުގައި ތަޅަން ފެއްޓިއެވެ. އެވަގުތު އާލިޔާ ގޭތެރޭ ހުރެފައި ލަވަ ޖަހާ އަޑު އިވެ އެވެ. ރަނގަޅަށް ވިއްޔާ އެ ލަވަ ޖެހީ ކަޔާލް ދޮރު ތަޅާ އަޑު އިވިގެންނެވެ. […]