” ތިހެން ވެއްޖިއްޔާ ވަރަށް ރަނގަޅު. އަހަންނަށްވެސް އެނގޭ ސާއިމް އީނޫދެކެ ލޯބިވާވަރު. އެކަމް އީނޫއަށް ސާއިމްދެކެ ލޯބިވެވިދާނެކަމާއިމެދު ޝައްކު. އިންޝާ ﷲ ޔޫ ކޭން ޑޫ ދެޓް. ” ކުޑަކޮށް ކަންބޮޑުވެ ހުރެ ފަހުމާ ބުންޏެވެ. އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިއެވެ. ފަހުމާއާއި އީނާޝް އާއި ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނު އިރު ނަޝާޔާއެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅު ވޭވޭ ހުރި ނުތަނަވަސްކަމެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ހެއްޔެވެ؟ މިޔޮއް ހުރިހާ […]
ކޮމްޕިއުޓަރގެ ސްކްރީނަށް ޝައުގުވެރިކަމާއިއެކު ނަޒަރު ހުއްޓާލައިގެން އިނދެ ކީބޯޑުގެ ފިއްތަކަށް ނުހަނު ފަރިތަކަމާއިއެކު ފިއްތަމުންދިޔަ މަލްހާގެ ނަޒަރު ކޮމްޕިއުޓަރުން ވަކިވީ ކެބިންގެ ދޮރު ހުޅުވިގެންދިޔަ އަޑަށެވެ. ހެވެން އުޅުނުނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރަމުން ކޮމްޕިއުޓަރުގެ އެއްފަރާތުން ބޯދިއްކޮއްލި މަލްހާ އަނގަމަތީ އަތްއަޅަމުން އަނެއްކާވެސް ކޮމްޕިއްޓަރަށް ނަޒަރު ހުއްޓާލިއެވެ. “ޔެސް މައި ޑިއަރ..” ކޮމްޕިއުޓަރުގެ އެއްފަޅީގައި މަޑުކޮއްލި ރިވާގެ މޫނަށް އަވަސް ނަޒަރެއް ދެމުން މަލްހާ ކޮމްޕިއުޓަރަށް ސަމާލުކަން ދިނީ ރިވާގެ މޫނުގެ ކުލަވަރު ހުރިގޮތުން […]
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އޭނާ ގެ އެންމެ ފަހު ބަސް ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ޝިކާ ގިސްލަމުން އެނދުމަތީގައި އޮށޯވެލިއެވެ. އޭނާ އަށް ވަށައިގެން ވާ ތަނުގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ. ބޮލަށް އެނބުރުން އަރަން ފެށުމުން އޭނާ ދެލޯ މަރާލިއެވެ. ދެން ވީ ނުވީއެއް އޭނާ އަކަށް ނޭނގުނެވެ. ***************** ތާމިން އިނީ އޭނާގެ ކޮޓަރީގައެވެ. ތަޅުންގަނޑު މަތީގައި އިށީންދެގެން އެނދުގައި ބޯޖަހައިގެންނެވެ. މުޅި ކޮޓަރި ތެރޭގައި […]
ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ. ޝިކާ ރޮކެޓް ނިއުޅާލާފައި އެތެރެ ބެލިއިރު އޭނާ ހީކުރި ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކައިރީގައި ހުރި މޭޒުމަތީގައި ކަރުދާސްގަނޑު ބާއްވައިފައި އޭނާގެ މަސައްކަތާއިގެން […]
“އަހުސަނުގަނޑާ ހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ. ************ އެރޭ ޝިކާ އަކަށް ނުވެސް ނިދުނެވެ. ތަފާތު އެހެން ސްކޫލަކަށް ދާންޖެހޭތީ ޖެހިލުންވަނީއެވެ. އޭނާ އެންމެ ބިރުގަންނަނީ އޭނާއަށް ކުލާހުން ރަހުމަތްތެރިއަކު ނުލިބިދާނެތީއެވެ. ފުރޮޅި ފުރޮޅި އޮއްވައި ކުއްލިއަކަށް މީހެއް ދޮރުހުޅުވާލި އަޑަށް އޭނާ ދިއައީ ސިއްސައިގެންނެވެ. ބޯހިއްލާ ބަލާލިއިރު ނިދާ ބޮކީގެ […]
ރަށުގެ ފަސްގަނޑުގައި ފައިއަޅާލުމާއިއެެކު އަރީން އަށް ތަފާތު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެއީ މީގެ 4 އަހަރު ކުރިން އޭނާ ދޫކޮށް ދިޔަ ފަސްގަނޑެވެ. ކުރީގައި ރައްޓެހިންނާއިއެކު މަޖާނެގި ދުވަސްވަރާއި މަންމަ އާއި ދޮންބެ އާއި އެކު ހޭދަވި އުފާވެރި ދުވަސްތައް ހަނދާން އާވުމުން އާރީންގެ ދެލޯ ކަރުނުން ތެއްމާލިއެވެ. ނަމަވެސް އަވަސް އަވަހަށް ލޮލުގައިވި ކަރުނަތަށް ހިންދާލަމުން އަރީން ހިފާފާވާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ އޭނާއަކީ މިހާރު އެހެން މީހެއްކަމާއި އެ ފަސްގަނޑަކީ އޭނައަށް ބީރައްޓެހި […]
” ލާމީ. ޕްލީޒް. އަހަރެން ގޮވައިގެންދޭ. އަހަރެން މިޔޮއް ހުރިހާ ދުވަހު އުޅުނު ހާލު ނޭނގެނީ ކީއްވެތަ؟ ޕްލީޒް ލާމީ. ” ލާމިއުގެ އަތުގައި ހިފައިލައި އާދޭސް ކުރަމުން ފަހުމާ ދިޔައެވެ. ” އަމް ސޮރީ ފަހޫ. ” ފަހުމާގެ އަތް އޭނާގެ އަތުން ނައްޓަމުން ލާމިއު މިހެން ބުނެފައި ކުޑަދޮރުން ފުންމާލިއެވެ. ފަހުމާއަށް ރޮއެ ގަނެވުނެވެ. އަދި ލާމީ އޭ ކިޔައި ހަޅޭއްލަވަމުން ކުޑަދޮރު ކައިރީގައި ހުއްޓިލައި އެކޮޅު މިކޮޅު ބަލަން ފެށިއެވެ. ނަމަވެސް މިހާރު […]
އުނޫޝް ހުރިހައި އެއްޗެއް ކީ އިރުވެސް ގިސްލަ ގިސްލައި ނާޝް ހުރީއެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އުނޫޝްވެސް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޯވެސް ކަރުނުން ދެމެއްޖެއެވެ. ކޮންމެހެނެއް ވިޔަސް ނާޝްގެ ގިސްލުމުގެ އަޑު އަހާކަށް އޭނާޔަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނާޝްއަކީ ބޭވަފާތެރިއެކެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާކަށް އޭނާ ބޭނުމެއް ނޫނެވެ. އީނާޝްއަށް ހުރިތަނުގެ ބިންމަތީގައި އިށީނދެލެވުނީ ފައިގެ ވަރު ހުސްވެގެންނެވެ. 8 އަހަރު ދުވަހުގެ އިންތިޒާރު މިހާ […]