“ޕިސް ޕިސް ޕިސް… އަބަދު ރޯންތަ ކަލެއަށް އެނގެނީ؟ ރޯކާޅެއްދޯ ތީ؟” ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލިއެވެ. ރީނާ އެހެން ބުނުމުން ޝިކާ އިތުރަށް ދެރަވިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. މި މީހުންނަކީ މީހުން ދެރަކުރަން ވާހަކަ ދައްކާ ބައެއް ހެއްޔެވެ؟ މީހުން ދެރަވީމަ އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީބާއެވެ؟ ނޫނީ އެމީހުންގެ ހިތެއް ނެތީބާއެވެ. ނޫނީ ޝިކާއަށް އެމީހުންނާ އެކުވެގެން އުޅެން ނޭނގޭތީ ވާގޮތެއް ބާއެވެ؟ މިއީ އޭނާ އަމިއްލައަށް އުޅޭ […]
އީނާޝް ފަހަތަށް ބަލައިލި އިރު ހުރީ ސާއިމްއެވެ. އޭރު އީނާޝްގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ސާއިމްއަށް ފެނިއްޖެއެވެ. ” އީނޫ. ކިތައް ދުވަސް ވަންދެން ތިގޮތަށް އެދެމީހުން އުޅޭނެހާ ގޮތެއް އުޅޭ އިރުވެސް ބަލަހައްޓައިގެން ހުންނާނީ؟” ސާއިމް އަހައިލިއެވެ. ” އީނާޝް ހަމައެކަނި އިސްޖަހައިލައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ” އީނޫ. އަހަރެން ބުނީމެއްނު އަހަރެން އީނޫއަށް އީނޫގެ ލޯބި ހޯދައިދޭނަމޭ. އެކަމް އެކަން ކާމިޔާބު ވާނީ އީނޫގެ ވެސް ހިތްވަރުން. ގޮސް […]
“އަދި އެބަ ރޮޔެއްނު!! ހުރެބަލަ ނިކަން!!” ރީނާ ހަޅޭއްލަވައިގަތެެވެ. އަދި ޝިކާ އާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. ބިރުން ފިތް ކަނޑައިގެން ދާ ވަރުވެފައި ޝިކާ ހުރީ އޭނާ ހިނގާފައި އެދިމާއަށް އަންނަތަން ބަލާށެވެ. އެއައިގޮތަށް އައިސް ރީނާ އުޅުނީ ޝިކާގެ ގައިގައި ޖަހާށެވެ. ޖަހަން އަތް ހިތްލާލިތަނާ ރީނާގެ ހަރަކާތަށް ހުއްޓުން އެރީ ރަނާ އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އޭރު ޝިކާ ހުރީ ދެލޯމަރައި ތަގުޅިކޮށްގެނެވެ. “ތިއްތާ! ތަންކޮޅެއް ބޮޑުވަރު ތީ…” ރަނާ ރީނާގެ […]
” ޝުކުރިއްޔާ ޑޮކްޓަރ. އަޅުގަނޑު މިގޭގަ ހުރެފަ މީތި ބޯލާނަން.” މިހެން ބުނެލަމުން އީލާމް އެފުޅީގެ މަތި ނަގައި ލިއެވެ. އެވަގުތު ފޯނެއް އައުމުން ބަލައިލި އިރު ކިޔާންއެވެ. އީލާމް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ކޮން ހަލޯ ދެލޯ އެއްތަ؟ ކަލޭއަށް އިނގޭތަ ވާ ގޮތް؟ ކަލޭއަކަށްވެސް ނޭނގޭނެ ތަނަކަށް ގޮއްސިއްޔާ އަންނާކަށް. މި ލާމިއު މިތަނުން ފޮނުވާ ނުލެވިގެން މިއުޅެނީ ކަލޭ ނައިސްގެން ފަހޫއަށް ލޭވެސް އެލިއްޖެ. އެކަމް ކައޭ […]
” ހަހަހަހަ… މީހެއްގެ ރޭވުންގަނޑެއްގައޭ.. ހަހަހަހ. ކަލޭ ތިއުޅެނީ މަގޭ ރޭވުންގަނޑެއްގެ ތެރެއަށް ވަދެވެގެން. ” ނުލަފާ ހިނިތުންވުމަކާއިއެކު ކިޔާން ބުނަމުން ދިޔަ ބަސްތައް ދިޔައީ ލާމިއުގެ ހިތަށް ތީރު ހޮރަމުންނެވެ. ” ވަޓް؟ ވަޓް ޑޫ ޔޫ ނީޑް؟ ޕްލީޒް ކަލޭ ބޭނުން ވަރަކަށް އަހަރެން ފައިސާވެސް ދީފާނަން. ” ގަބޫލް ނުކުރެވި ހުރެ ލާމިއު އާދޭސް ކުރަން ފެށިއެވެ ” އައި ވޯންޓް ފަ ފަ ހޫ… ” ލަސްލަހުން ކިޔާންގެ ދުލުން ބޭރުވި […]
ނޯޓް: މިބައިގައި އުޅޭ މޫނު ނުފެންނަ ދެމީހަކަށް ” ޑެވިލް” އަދި ” އެލޯން” މިދެނަން ބޭނުން ކުރެވިފައިވާނެއެވެ. 6 މަސް ފަސް ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނެމުން އައި އަލިން ހެނދުނުގެ ހިތްގައިމުކަން އިހްސާސްކުރެވެން ފެށިއެވެ. ނަމަވެސް މިހިތްގައިމު ވަގުތުގައިވެސް ނިދާ މީހުން ނިދަނީއެވެ. ބަދިގޭ ތެރޭ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަނީއެވެ. ކުނި ކަހާ މީހުން ކުނި ކަހަނީއެވެ. ބަނޑުވަތަށް އޮށޯއްވެގެން އޮތް އީނާޝްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. އާފުރިލައި ކަންނެތް ގޮތަކަށް […]
އަދި އުނޫޝް އެއްލުމާއިއެކު އޭނާގެ ސީދާ އަތަށް ވެއްޓުނު ބުރުގާ އަޅާލައި ރީތި ކޮށްލަމުން ފަތައިލާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އުނޫޝްވެސް އޭރު ފަތާފައި ތަންކޮޅެއް ދުރަށް ގޮއްސިއެވެ. ނާޝް ދެން ބަލައިލީ ފަހުމާމެންނާއި ދިމާލަށްށެވެ. އޭރު ފަހުމާޔާއި ލާމިއު ސަކަރާތް ޖަހަމުން ދިޔައެވެ. ލައިޝަމް ކައިރީގައި ނެތުމުން އީނާޝް ދެކޮޅު ބަލައިލިއެވެ. އޭރު ވަރަށް ދުރުގާ ގެނބެމުން ދިޔަ ލައިޝަމް ފެނުމާއިއެކު ” ލައި” އޭ ކިޔައި ގޮވާ ލެވުނެވެ. ފަހުމާޔާއި ލާމިއުވެސް ސިހިފައި […]
ލައިޝަމްއާއި ދިމާލަށް ބަލައިލާ ނިދާފައި އޮތުމުން ނަޝާޔާ ނިކުމެގެން ދިޔައެވެ. އޭރުވެސް އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ބޮނޑިވެއްޖެއެވެ. ސާއިމްއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެ އޭނާގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހިތް އާދޔާ ހިލާފަށް ތެޅެނީ ކީއްވެ ހެއްޔެވެ. އުމުރުން 24 އަހަރު ވީއިރު މިފަދަ އިހްސާސެއް އޭނާޔަކަށް ނުކުރެވެއެވެ. ހަމަ މިހެން ހިތަށް އެރުމާއިއެކު ނަޝާޔާއަށް ހަނދާންވީ އޭނާގެ ފޯނުގައި ޗާރޖު ނެތް ކަމެވެ. އަދި އަނެއްކާވެސް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. […]
” ޑޮކްޓަރ. ވަރަށް އަވަހަށް.” އީނާޝް ސިއްސައިގެން ދިޔައީ ދޮރުމަތީ ހުއްޓެލައި ނަރުސް ކުއްޖެއް ގޮވައިލުމުންނެވެ. އޭރު ބޭރުން މީހުން ހަޅޭއްލަވާ އަޑު އިވެއެވެ. އީނާޝް ބޭރަށް ނިކުމެލުމާއިއެކު ލެއިން ޗަސް ތެޅިގެން އޮތް އުނޫޝް ފެނުމާއިއެކު އޭނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުވެފައި ގޮސް އުނޫޝް ބޭވިފައި އޮތް ފޮރޮލި އެނދާއި ހަމަޔަށް ނުދެވުނީ ނަޝާޔާގެ ސަބަބުންނެވެ. އެއަށްވުރެ ކުރިން ނަޝާޔާ ގޮސް އުނޫޝްގެ ގައިގާ ބައްދަން ފެށިއެވެ. އީނާޝްއަށް ދުރަށް ޖެހިލެވުނީއެވެ. އަދި ކަރުނަތަށް […]