“ޔެއާ… އިޒިންޓް ޝީ ހޮޓް؟” އަމީން ރީނާ އަށް އިށާރާތްކޮށް ހީގަންނަމުން ބުނެލިއެެވެ. އެއާއެކު ރީނާއަށް ހީވީ މީހަކު އޭނާގެ މެއަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރީގެ ހިތްހެޔޮ ރަނގަޅު އަމީން އެއް ނޫނެވެ. މިއީ ކޮންތަނެއް ބާވައެވެ؟ އަމީން އަށް މިތަން އެނގެނީ ކިހިނަކުން ބާވައެވެ؟ އަމީން އޭނާ މިތަނަށް ގެންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމުން ބޮލުގައި ކުޑަ ރިހުމެއް […]
އެވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ލިބުނު ހައިރާންކަމާއި ހިތަށްކުރި އަސަރުން މުޅިމީހާ ހުއްޓުން އެރިއެވެ. ވަށައިގެންވާ މާހައުލު ހުއްޓި ހިމޭންވިއެވެ. “ޒޭބާ… ޒޭބާ..” ޝާން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ޝާންގެ މޫނަށްބަލަންހުރެ އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އޭރު ޝާންވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެންގެ ލޮލުން އޮހިގަތްކަރުނަތަށް ދެކެން ޝާންއަކަށް ކެތެއްނުވިއެވެ. ޝާންގެ މެޔާލައި އަހަރެން ބޮނޑިކޮށްލިއިރު އޭނާއަށްވެސް ބާރަށް ރޮވިއްޖެއެވެ. އިންތިޒާރު ކޮށްލައްވާ….
” ވާ. ވާ . ވާ. ބަފައިބޭ ޕިސް. ޕިސް.” ދޮރު ކުރިމަތިގައި ހުރެ މީހަކު އަތްބަޑި ތަޅާތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނީއެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތުގައި ލާމިއުއެވެ. އަނެއް ގޮތަށް ބުނަނީނަމަ އީލާމްއެވެ. އީލާމް ވަތް ގޮތަށް އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓެލިއެވެ. އެންމެނަށް ހައިރާންވެފައި ތިބެވުނީ ލާމިއުއާއި އީލާމްއާއި ދިމާލަށް ބަލާންށެވެ. ދެންމެ ވަދެގެން އެއައީ ލާމިއު ކަމަށް ވާނަމަ ޝާންއަކީ ކާކު ހެއްޔެވެ؟ ” ހެހެހެ.. ހާދަ ހެއްވަޔޭ ދޯ. […]
ކޮޓަރިއަށް ވަދެވުމާއެކު ޝިކާގެ ބޮލަށް ވެފައިވާ އުނދަގުލާއެކު ނިދިއަންނަން ފެށިއެވެ. އަދި އެވާހަކަ މާދަމާ ކިޔައިދޭންޖެހޭނެ އޭ ބުނެ ފެންވަރައިގެން އައިސް ޖައްސާލިތަނާހެން އޭނާއަށް ނިދިއްޖެއެވެ. ރީނާވެސް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދައް އަރާ އޮށޯވެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި އެވަގުތު ކަރުނަ ފައިބަން ފެށީ މާޒީގެ ހަނދާންތައް އާ ވާން ފެށުމުންނެވެ. *********** ހެނދުނު ހޭލެވުނު އިރުވެސް ޝިކާ ގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިފައިވެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ޕެނެޑޯލް ގުޅައެއް ކައިލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން […]
އިރުއޮއްސެމުންދާ މަންޒަރު ބަލައިލުމަށްޓަކައި އާދައިގެމަތިން ޔަޝްފާ އޭނާގެ އެކުވެރި އިފާޝާއާއި އެކު ރަށުގެ މައިމަގުން ހިނގާފައި ދިޔައީ ތުނޑީ ކޮޅާއި ދިމާއަށް ދިއުމަށެވެ. ސްކޫލް ދައުރުން ފެށިގެން އެކުވެރިކަން ބަދަހިވަމުންގޮސް މިހާރު އެދެކުދިންގެ ގުޅުމަށް ފަސް އަހަރަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެއެވެ. ދެކުދިން އެކުގައި ގޮސް ތުނޑިމަށްޗަށް ނިކުތްއިރު ހަވީރު ފިންޏަށް ކުދިވެރިން ގޮވައިގެން އައިސްތިބި މީހުންތަށްވެސް ގެއާއި ދިމާއަށް ދިއުމަށް މިސްރާބުޖަހައިފިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމެވެ. ޖެހެމުންދާ ވައިރޯޅިތަކުންނާއި އެއްގަމަށް ބީއްސާމުންދާ ރާޅުތަކުގެ އަޑުފިޔަވައި އިތުރު […]
” އަޑު އަހާ. އަޑު އަހާ. އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމެޔޭ. އަހަރެން އަހަރެންގެ ދަރިންނަށްޓަކައި ހޯދީ އިތުބާރު ކުރެވޭ ތިން މީހުން. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މާޒީ ތަކުރާރެއް ނުވާނެ. މިފަހަރުގެ އިތުބާރު ހުރި އަދި ނަސީބުވެރި ތިން ފަރާތަކީ… އުނޫޝް ސާއިމް އަދި.. ” މިހެން ބުނަމުން ނަޝީދުގެ ފިޔަވަޅު އަވަސްވެގެން ދިޔައީ ލާމިއުމެން ތިބި މޭޒާއި ދިމާލަށްށެވެ. ލާމިއުއަށް އުފަލުން ގޮސް ނަށައިގަނެވުނެވެ. އަނެއްކާ ނަޝީދު އެއުޅެނީ އޭނައާއި ފަހުމާ ގުޅުވަން […]
” އިބްރާހީމްފުޅުބޭ ކަމެއް ކޮއްފައި މި ދޭނަން…. މި ބަލާ އާދޭ ތިންދުވަސް ފަހުން.. އޭރަށް ނިންމާލާނަން… ދެން ބުނަން.. މި ދޭން ޖެހޭނީ އެކުއްޖާގެ ވާއަތަށް… ވިސްނާތި މިބުނި ތަންކޮޅަށް…” އިބްރާހީމްފުޅު އެ ޗޮކުލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހުސައިނު އިބްރާހީމްފުޅަށް ޝުކުރު އަދާކޮށްފައި އެގެއިން ނިކުންނަން ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އަހުލާވެސް ހުރީ ނިކަން އުފަލުންނެވެ. މީހަކަށް ބޮޑު ދެރައެއް ދެވެން އުޅޭ އިރުވެސް އެދެމީހުންގެ ހިތަށް އެއްވެސް އެއްޗެއް […]
“ޔަޝް ބޯޓު ދިޔަވަނީ ބޯޓުގެ ފަހަތުން ބޮޑުބައެއް އޮތީ ހަލާކުވެސްވެފަ” ދެލޯބޮޑުކޮށްގެންހުރެ އެދިމާއަށްބަލަމުން އަޔާން އެހެންބުނިއިރު މީހާ ހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ. “އަޔާން ސަކަރާތް ނުޖަހާ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ ކަންނޭނގެ، އެގޭތަ ތިކިޔޭ އެއްޗެއް” މިފަހަރުވެސް ޔަޝްފާ ރުޅިއައީ އަޔާން ސަމާސާކުރަނީ ކަމަށްހީކޮށެވެ. “ކޮއްކޯ މި ލައިފްޖެކެޓް އަޅައިގެން އާދޭ ބޯޓުގެ ކުރީކޮޅަށް، ބޯޓުގެ ކައްޕި މިހާރު ކޯސްޓް ގާރޑަށްވެސް އަންގައިފި” ޔަޝްފާ އެހެންބުނިތަނާ އަޔާން ކައިރީގައި މީހަކު އެހެންބުނިއަޑު އިވުނެވެ. ކަމެއް […]
“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ. ********** އެދުވަހު ޝިކާ ގެއަށް އައިސް ވަތް އިރު ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެންނެވެ. އޭނާ ހުރީ އެހާ ވެސް އުފާވެފައެވެ. ގެއަށް އައިސް އޭނާ އެންމެ ފުރަތަމަވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ޝިކާ އަށް މަތީ މާކްސް ލިބުމުން ސަމީރު ވަރަށް އުފާވިއެވެ. […]