
ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ. ޝިކާ ރޮކެޓް ނިއުޅާލާފައި އެތެރެ ބެލިއިރު އޭނާ ހީކުރި ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކައިރީގައި ހުރި މޭޒުމަތީގައި ކަރުދާސްގަނޑު ބާއްވައިފައި އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިއައެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް އެހެން ރޮކެޓެއް އައިސް އޭނާގެ ގައިގައި ޖެހުނެވެ. މިފަހަރުވެސް އޭނާގެ ސަމާލުކަން ހުރީ ކަވަރު ލެއްވުމަށް ކަމުން އޭނާއަށް އޭތި އައި ދިމާއެއް ނޭނގުނެވެ. މިފަހަރުވެސް “ލުކް އިންސައިޑް ” އޭ ޖަހާފައި އޮތެވެ. ޝިކާ އަވަސް އަވަހަށް އެ ހުޅުވާލިއިރު އެތެރޭގައި ކުރަހާފައި އިނީ ޓޮމް އެންޑް ޖެރީ އެވެ. ހިނިއައިސްފައި އެ ގަނޑުކޮޅު ވެސް މޭޒުގައި ބާއްވަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާ އަށް ސިޓިންގރޫމް ގައި ހުންނަ ފޮތް ހަރުގަނޑުގެ ފަހަތުން ނޫ ކުލައިގެ ގަމީހެއްގެ ތަންކޮޅެއް ފެންނަން ހުއްޓެވެ. ޝިކާ އެއްވެސް އަޑެއް ނުލައްވާ މަޑުމަޑުން ހިނގަމުން ގޮސް ފޮތް ހަރުގަނޑުގެ ފަހަތަށް ބޯދިއްކޮށްލައި ބަލާލިއިރު އަހުސަނު އެތަނުގައި ހުރެގެން ބިނދި ބިނދިފައި ހެނީއެވެ. ނަމަވެސް އޭނާ ހުރީ ޝިކާއަށް އަޑުއިވިދާނެތީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އޭރުވެސް އެތާ ކައިރީގައި ހުރި ޝިކާއެއް އޭނާ އަކަށް ނުފެނެއެވެ. ޝިކާއަށް އެމަންޒަރު ފެނުމުން ހިތަށް އެރިއެވެ. ‘މި އަހުސަނު އަކީ ވަރުގަދަ މީހެއް…’ އަހުސަނު ޝިކާ މިހާރު ސޯފާގައި އިނދެގެން ކީއްކުރަނީތޯ ބަލާލަން އެނބުރެލި ވަގުތު އޭނާ ދިއައީ ސިއްސައިގެންނެވެ. ކައިރީގައި ރުޅި މޫނު ހަދައިގެން މިހުރީ ޝިކާއެވެ. ލިބުނު ސިހުމާއެކު އޭނާއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.
“ޝިކާ… މިތަނުގަ ކީއްކުރަނީ؟” އަހުސަނު ހަމަޖެހިލާ ގޮތް ދައްކާލަމުން އަހާލިއެވެ.
“ތީ ކަންތައް ބޮޑު މީހެއް އިނގޭ..” ޝިކާ އެހެން ބުނެލުމަށްފަހު ސޯފާއާ ދިމާއަށް ހިނގައިގަތީ ކުރަން ހުރި މަސައްކަތް ނިންމުމަށެވެ. އަހުސަނުވެސް ހެމުން ހެމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
**************
ދުވަސްތަށް ފާއިތުވަމުން ދިއަ ވަރަކަށް ޝިކާ އާ އަމީން ގެ ގުޅުން ދިއައީ ބަދަހިވަމުންނެވެ. އަދި ލިވާން އާ ވެސް މިހާރު ޝިކާ ވާހަކަ ދައްކާ އުޅެއެވެ. އަހުސަނު ގެންދިއައީ ތަފާތު ގޮތްގޮތުން ޝިކާއަށް އުނދަގޫ ކޮށް ހަދަމުންނެވެ. ބައެއް ފަހަރު އޭނާ ޝިކާ ގެ އެއްޗެހި ފޮރުވާ ވެސް ހަދައެވެ. ޝިކާ އަހުސަނު ދެކެ ރުޅި އަންނަނީ އިންތިހާ އަށެވެ. އަހުސަނު ބައެއް ފަހަރު އުޅޭ ގޮތުން އޭނާ އަހުސަނު ދެކެ ވަރަށް ފޫހިވެސް ވެއެވެ.
************
އެއްދުވަހެއްގެ ހެނދުނެވެ. ޝިކާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ހީވަނީ ކަމަކާ ވަރަށް ދެރަވެފައި އޮތްހެންނެވެ. ދުވަހަކީ ހޮނިހިރު ދުވަސް ކަމުން ސްކޫލަށް ދާކަށްވެސް ނުޖެހެއެވެ. ރަނާ އާއި ރީނާ ވެސް އޮތީ ގަދަ ނިދީގައެވެ. ޝިކާ އެހެން އޮވެފައި ފޯނު ނަގައި ތާމިން ގެ ނަންބަރަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. ރޭ ހަތަރުދަމުވެސް ތާމިން ފޯނު ނުނަގައެވެ. އިއްޔެ ވެސް އެއްވެސް ހަބަރެއް ނުވެއެވެ. އެންމެ ކުޑަމިނުން މެސެޖެއްވެސް ނުކޮށްލައެވެ. ތާމިން މިފަހަރުވެސް ފޯނު ނުނެގުމުން ޝިކާ އިތުރަށް ނުތަނަވަސް ވިއެވެ. ހަދާނެގޮތެއް ނޭނގިފައި އޭނާ އެނދުމަތީގައި އޮތެވެ. ކުރިން ރޭ ވެސް ތާމިން އޭނާ އަށް ގުޅާފައި ނުލާހިކު ލޯބިން ވާހަކަ ދެއްކިއެވެ. މިހާރު ފޯނު ނުނަގަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ތާމިން އަށް ކަމެއް ވީ ބާއެވެ؟ ޝިކާގެ ހިތަށް ތަފާތު އެއްޗެހި ހިތަށް އަރަމުން ދިއައެވެ. އެތަނުގައި ނޯވެވިގެން އޭނާ ތެދުވެ ކުޑަ ދޮރު ކައިރިއަށް ގޮސް ބޭރު ބަލާލިއެވެ. ބޭރު އެހާ އައްޔެއް ނޫނެވެ. ޝިކާ ގަޑި ބަލާލިއިރު އަދި ކިރިޔާ ފަހެއް ޖެހީއެވެ. ނިދަން ލާ ޓީޝާޓު މަތިން ހެދުމެއް ލައި ބުރުގަލެއް އަޅާލުމަށް ފަހު އޭނާ މިސްރާބު ޖެހީ ކޮޓަރި ދޮރާ ދިމާއަށެވެ. މަޑުމަޑުން ދޮރު ހުޅުވާލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޭރަށް ނިކުމެގެން ގޮސް އޭނާ މަޑު ކޮށްލީ ސިޓިންގރޫމުން އެގޭ ގޯތި ތެރެއަށް ވަދެވޭ ގޮތަށް ހަދާފައި ހުންނަ ބިއްލޫރި ދޮރު ގެ ކައިރީގައެވެ. ދޮރު ފޮތިގަނޑު ކަހާލިތަނާ އޭނާއަށް ލިބުނީ ސިހުމެކެވެ. އެދޮރުގެ ކައިރީގައި އިށީންދެލައިގެން ބޭރުބަލަން މި އިނީ ލިވާން އެވެ. މިގަޑީގައި އެތަނުން ޝިކާ ފެނުމުން އޭނާ އަށް ފުދޭ ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ.
“އަހާ.. ޝިކާ ކީއްކުރަނީ މިތަނުގަ… މިގަޑީގަ؟” ގޭގެ އެހެން މީހަކަށް ހޭލެވިދާނެތީ ލިވާން ވާހަކަ ދެއްކީ ވައި އަޑުންނެވެ.
“ކަމެއް ނުވޭ… މި.. މި ދެން ނުނިދެގެން…. ލިވާން ކީއްކުރަނީ؟” ޝިކާ ވެސް އެތަނުގައި އިށީންދެލަމުން ބުނެލިއެވެ. ލިވާން ހުރީ ސީދާ ޝިކާގެ މޫނަށް ބަލަހައްޓައިގެންނެވެ.
“އަހަރެންވެސް ނުނިދެގެން.. ތި ކުއްޖާގެ ހިޔާލުތަކުން ނުނިދެނީ… ލޯމަރާލާ އިރަށް ފެންނަނީ ތި ސޫރަ…” ލިވާން އެހެން ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ދުލުގައި ތަޅެއް ލެވިފައި ވާކަހަލައެވެ. އެބަސްތަށް ބުނާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ.
“ނުނިދެގެން…” ލިވާން ޝިކާ އާ ދުރަށް މޫނު އަނބުރާލަމުން ބުނެލިއެވެ.
“ވާއޮ… ވަރަށް ރީތި ދޯ ދައްތަ ހައްދާފައި ހުންނަ ބަގީޗާ މިގަޑީގަ…” ޝިކާ ބޭރު ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ހިނދުކޮޅަކަށް އޭނާގެ ސިކުނޑިން ތާމިން ފޮހެވުނު ކަހަލައެވެ. ޝިކާ އެހެން ބުނުމުން ލިވާން ގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ތެދެކެވެ. މާގަސްތަކަށް ފަނޑު އަލިކަމެއް އެޅިފައިވާއިރު އެގަސްތަށް ފެންނަލެއް ވަރަށް ހިތްގައިމެވެ. އިރު އިރު ކޮޅާ ކާޅެއް ނުވަތަ ކޮވެއްޔެއް ގޮވާލާ އަޑު އެހިސާބަށް އިވެމުން ދިއައެވެ. ލިވާން އަށް އެތަނުގެ ހިތްގައިމުކަން އިހުސާސްވީ ޝިކާ އެހެން ބުނުމުންނެވެ.
“އާ… ވަރަށް ހިތްގައިމު..” ލިވާން ބަގީޗާއާ ދިމާއަށް ބަލަހަށްޓައިގެން އިނދެ ބުނެލިއެވެ. ދެމީހުން ވާހަކަ ދައްކަން ހުއްޓައި ފަތިސް ނަމާދުގެ ބަންްގީގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގެން ދިއައެވެ. އެއާއެކު ލިވާން އަވަސް އަވަހަށް ތެދުވެ މިސްކިތަށް ދަނީ ކަމަށް ބުނެފައި ބޭރަށް ދާން ހިނގައިގަތެވެ. ލިވާން ދިއުމުން ޝިކާވެސް ކުޑަ އިރުކޮޅަކު އެތާ އިނދެލާފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު ތާމިން ގެ ހިޔާލުތަކުން އޭނާގެ ސިކުނޑިއަށް އުނދަގޫކަން ވެރިވާން ފަށައިފިއެވެ. އަވަސް އަވަހަށް ވުޟޫކޮށް ނަމާދުކޮށްލައިގެން އަނެއްކާވެސް އޭނާ ބެލީ ތާމިން އަށް ގުޅޭތޯއެވެ. މިފަހަރުވެސް ފޯނެއްނުނެގިއެވެ. އެނދުގައި އޮވެލައިގެން އޮއްވައި އޭނާގެ ބޮލަށް ނިދި ސަވާރުވާން ފެށިއެވެ. ދެން އޭނާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ނިދީގައި ހުރެ ފޯނު ކަންފަތުގައި ޖައްސައި ހެލޯ އޭ ބުނެލީ އެގުޅަނީ ކާކުތޯވެސް ބަލާނުލައެވެ.
“ހަލޯ… ޝިކާ…؟” އެކޮޅުން ވާހަކަ ދެއްކި މީހަކީ އާޒިމްކަން ޝިކާއަށް އޭނާގެ އަޑުން ރަނގަޅަށްވެސް އެނގުނެވެ.
“ހޫމް.. އާޒިމްބޭ..” ޝިކާ ނިދިއައިސްފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
“އޭތް… މަ މިހުރީ ވަރަށް ރުޅި އައިސްފަ އެ ތާމިން އުޅޭގޮތުން….” އާޒިމް ތާމިން ގެ ނަން ކިޔާލިތަނާ ޝިކާގެ ނިދިވެސް އެއްކޮށް ފިލައިގެން ދިއައެވެ.
“އޭން؟ ތާމިންއޭ؟ ތާމިން ކިހިނެއްވީ؟” ޝިކާ ހާސްވެފައި އަހާލިއެވެ.
“ޝިކާ އަކަށް ނޭނގޭތަ؟ އޭނާ އުޅޭ ވައްތަރެއް؟” އާޒިމް ގެ އަޑުގައި ވަނީ ހައިރާންކަމެވެ. ތާމިން ކޮށްގެން އުޅޭ ކަންތަށް ޝިކާއަށް ނޭންގޭތީއެވެ.
“އާން… ނޭނގެ.. ބުނެބަ.. ކިހިނެއްވީތަ؟” ޝިކާ އަވަސް އަރުވާލާފައި އަހާލިއެވެ.
“ތާމިން އުޅެނީ މިރަށު ނުހާ އާ އެކީ… ވަރަށް ގިނައިން ދެކެން އެދެމީހުން ވާހަކަ ދައްކަން ހުންނަތަން… މީހުން ކިޔާ އެބަ އެދެމީހުން އުޅެނީ ރައްޓެހިވެގެންނޭ ވެސް…” އާޒިމް ކިޔާދިނެވެ.
އާޒިމް ދެއްކި ކޮންމެ ވާހަކައަކުން ޝިކާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިއައެވެ. ނުހާ އަކީ އެރަށުގައި އުޅޭ އެންމެ ރީތި އަދި އެންމެ ބަޑި ކުދިންގެ ތެރެއިން އެކަކެވެ. އަނެއްކާ ތާމިން ނުހާގެ ދަލުގައި ޖެހުނީބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ނަމަވެސް އޭނާ ހުރީ އެވާހަކަ ޤަބޫލުކުރަންވެސް ދަތިވެފައެވެ. އޭނާ ތާމިން އަށް ނުލާހިކު އިތުބާރު ކުރެއެވެ. އެހެން ނަމަވެސް އޭނާގެ އާޒިމްބޭ އޭނާއަށް މިވަރުގެ ދޮގެއް ނަހަދާނެކަންވެސް އޭނާ އަށް އެނގެއެވެ.
“އޭން؟ ނުވާނެ އެހެނެއް.. ތިވާނީ ކޮންމެވެސް ބަޔަކު ހަދަ ހަދައިގެން ދެއްކި ވާހަކަ އަކަށް..” ޝިކާ ގެ އަޑުގައި ވަނީ މަޑު ތުރުތުރު އެޅުމެކެވެ.
“ނޫނެކޭ ޝިކާ… މަ ދެލޮލުން ދެކެމޭ އެދެމީހުން އުޅޭ ގޮތް..” އާޒިމް ކިޔައިދިނެވެ.
“އާ… އަހަރެން ތާމިން ގާތު އަހާލާނަން..” ޝިކާ މަޑުމަޑުން އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. އަދި އަވަސް އަވަހަށް ތާމިންގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ފޯނެއް ނުނެގިއެވެ. ޝިކާ ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަދި އިރުކޮޅެއް ފަހުން ތާމިން އަށް މެސެޖެއް ފޮނުވާލިއެވެ.
“ތާމް…ތާމް އާ ނުހާ އާ ހުރީ ކޮންގުޅުމެއް؟” ޝިކާ މެސެޖުގައި ލިޔެފައި ފޮނުވާލިއެވެ. ޝިކާ ހީކުރި ގޮތާ ޚިލާފަށް ތާމިން ވަރަށް އަވަހަށް ރިޕްލައިކުރިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ މެސެޖް ހުޅުވާލައި ކިޔާލިއެވެ.
“ނުހާ އިޒް މައި ނިޔު ގާލް ފްރެންޑް..” ތާމިން ގެ ރިޕްލައި ފެމުނާއެކު ޝިކާ އަށް ހީވީ މީހަކު މެޔަށް ހޫނުފެން އެއްޗެއް ޖެހިހެންނެވެ. މަޑުމަޑުން އޭނާ އެނދުގައި އިށީންދެލީ ދެފައިން ވާގިދާ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައެވެ. ތާމިން އޭނާއަށް އެހެން އެހެދީ ކީއްވެބާއެވެ؟ ދުވަހަކުވެސް ވަކިނުވާނަމޭ ބުނެފައި އޭނާއަށް އެހެން ހެދީ ކީއްވެބާއެވެ؟
“ތާމް.. ޑޫ ޔޫ ލަވް މީ؟” ޝިކާ ތުރުތުރު އަޅާ ހާލު މެސެޖްގައި ލިޔެފައި ފޮނުވާލިއެވެ.
“ނޯ.. ނުވޭ ލޯތްބެއް.. ފޫހިވެއްޖެ މިހާރު.. ބޭނުމީ ރުޅިވާން..” އިރުކޮޅެއް ނުވެ ތާމިން ފޮނުވިއެވެ. ޝިކާ އަށް އެ މެސެޖް ގައި އޮތް އެއްޗެއް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ދެތިން ފަހަރު އެ މެސެޖު ކިޔާލުމާއެކީ އޭނާގެ ބަޑި ފަޅައިގެން ގޮސް އަޑުން އަޑު ނަގާ ރޮވެން ފެށުނެވެ. ތާމިން އަކީ މިހާ ރަހުމު ކުޑަ މީހެއް ކަމަށް އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އޭނާ ގާތު ދުވަހަކުވެސް ދުލެއް ނުކޮށްލާނަމޭ ކިޔާފަ ތާމިން އެހެދީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އޭނާގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ ތާމިން އެވެ. އޭނާ މިއޮށްހާ އިރު ގުޅީމަ ފޯނު ނުނަގާފަ މިހާރު އެބަ ގުޅައެއް ނޫންހެއްޔެވެ؟ ނުނަގަން ހުރެފަ ވެސް އޭނާ ފޯނު ނެގީ ތާމިން އޭނާ ދެކެ ފޫހިވާންވީ ސަބަބު ހޯދުމުގެ ބޭނުމުގައެވެ.
“ހަލޯ… ޝިކް…” ތާމިން ގެ އަޑު ޖެހުމުން ވެސް ޝިކާގެ ހިތަށްވީ އުނދަގުލެވެ.
“ޝިކް… އަހަރެންނަށް މިހާރު ޝިކާއެއް ކަމަކު ނުދޭ.. ޝިކާ އަށް އަހަރެންނާ ވާހަކަ ދައްކާލަން މަގުމަތީގައި ހުރެވެނީކީ ނޫން… ޝިކާގެ މަންމަ ގާތު އަހަރެންގެ ވާހަކަ ބުނެވުނީކީ ނޫން.. އަހަންނަށް ވެސް ކެއްކުރެވޭނީ ވަަކި ވަރަކަށް… އަހަރެން މިހާރު ފޫހިވެއްޖެ.. ” ތާމިން ބުނި ކޮންމެ ބަހެއް ޝިކާގެ ހިތަށް ތީރެއް ފަދައިން ހެރެމުން ދިއައެވެ. އޭނާ ގެ ލޮލުން އެއްވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިއައެވެ.
“ތާމް.. އަހަންނަށް ތިހެން ނުހަދާ..” ޝިކާ އަށް ބުނެވުނެވެ.
“އަހަރެން ނަހަދަން ގޮތެއް ޝިކާ އަކަށް.. އަހަންނަށް ނުހާ މާ ކަމުދޭ.. ޝިކާއަށް ވުރެ އޭނާ މާ ރީތި… މާ ފުރިހަމަ..” ތާމިން ބުނެލިއެވެ. ޝިކާ އަށް މުޅިތަން އެނބުރޭހެން ހީވަން ފެށިއެވެ. އޭނާ ކުރެހިފައިވާ އަޑަކުން ރޮމުން ގެންދިއައެވެ. މިކަމުން ތާމިން ގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އޭނާ ގެ އެންމެ ފަހު ބަސް ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ޝިކާ ގިސްލަމުން އެނދުމަތީގައި އޮށޯވެލިއެވެ. އޭނާ އަށް ވަށައިގެން ވާ ތަނުގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ. ބޮލަށް އެނބުރުން އަރަން ފެށުމުން އޭނާ ދެލޯ މަރާލިއެވެ.
(ނުނިމޭ)
52 Comments!
Comments are closed.
Hii.. heekuran mi part ves reethi vaanekamah.. 🙂 feel free to leave ur comments… ☺
wow rovihje.. reethi …keep it up ☺☺
Thank u aff ☺
V reethi .shikaa haada daravaaneyaa ne yaa dhw.dhe livaan aa gulhuvaa
Thanks angel 🙂
Varah reethi mi part ves.. ☺
Thank u MalMal 🙂
varah reethi mi part ves.. keep up the good work
Thankss sana 🙂
wow so nice i love this story.
Thank u mariyam 🙂
v reethi.
Thanks same 🙂
WHAT??? Hw cud thaamin… 🙁 he brokshiks heart but stry hama fabb!!! Varah varah reethi.. Just luv this 🙂
Thank u meesha 🙂
Varah reethi mi prt ves. Next prt kon irakun? Keep it up. Thaamin adhi ahnaane dhw sikaa kaari ah.??
Thank u pretty 🙂
V rythi. Shika dhera nuve livaan ebahurinun .
thanks shaai 🙂
Hmm! Nice? Miharu Koba vaanehey duniyeyga lovely.
V v reethi
thanks anonymous and aru
Vvvvv reethi
thank u Moed 🙂
shikaa, Aharen mihuree shikaa ah takai gurubaan vaan thahyaarah. Dheranuvey ekahala beyvafaatheriakaa hedhi
Vv reethi….thnks avahah up kohdhinyma
Thank u Youme 🙂
faahaga vi kamakee “isheeneve” liyan vee than thanuga “isheedhuneve” liyefahurikan. otherwise story varah reethi. keep up the good work. and ethankolhu rangalhu kohlahchey 😉
thanks narash.. dhen rangalhu kuraanan 🙂
Hyviey thaamin n shika rulhi vaanehen ..dhn liyaane aa shikaa gulhuvahchey eyrun rythi vaane
**Livaan ****
App.. faharehga hama shikaa n livaan ves gulhidhaane thaa dhw 🙂 kiyaalahchey story nimendhen
Vv reethi i love this story
Thanks lai 🙂
V reethi,aneh part ves avahah up kurahchey
thanks mimmy 🙂 hama liaa veehaaves avahah up kuraanan
Wow… vv reethi. Hamavrovijje. Haadha goahey thaain. Thaamin alhea thihen nahadhaa… vv salhi liaa
Thank u blueish 🙂
nice.avaha vaahaka up koh dheefiyaa v rangalhu
thanks Nnn 🙂 Liaa ah liyevunu haa avaha up kuraanan insha allah
Love this story… V interesting
Mi story v kiyaa hiveyy
I think shikaa ge thaamin ah kameh v ma nuvatha majubooree eh veema ehen v hen…
Anyways bst stry
Dhen v avahah aneh bai up koh dhechey…ily
Oh poor shikaa ?? i hate yuh thermin gandaaa.. Story vv nyc v avahah up kohdhdhehchey…
Miii story assu vrh babish..
Kids ah liyaaaa kahala story eh. Ragalhu kohlaaba dhw. Kuda kudhineh noon moi site inn vaahaka kiyrneeee eh.. Good luck
Meem thihaa molhiyaa amilla vaahaka eh upp kohbala……mi stry evves babish eh noon….thee bodu muskulhi eh viyya kiyaairu babish vaan….
I love this story .. Mee hama Sam Gé age kudhin ulhey waahaka eh whence aslu miwaahaka kiyaa hih wany Wes …warah interesting ?
Ebunaahen meem maa molhu nuveba ingey!adhi babish oaa!ur da babish one hera
Story hama publish kuraa varu vey
Thank u all fr the lovly comments 🙂 <3
Beethaaa ar e myhaku beynun comment eh kureveyne. Kevigen noolhebaala
Beethaaa ar e myhaku beynun comment eh kureveyne. Kevigen noolhebalaa.. BTW not hera. Its here
mi part vex hama v rythi..keep it up liaa..next part vex ahvahah up kohlahchey ingeyy..:)