” ސާއިމް. އޭނަ އަހަރެން ދޫކޮށްފަ އެހެން މީހަކާއިއެކު އުޅެން ނިންމައިފި. އަހަރެންގެ ހިތް ފުނޑު ފުނޑު ކޮށްލައިފި. އަހަރެންގެ ދިރިއުޅުން ޖަހަންނަމަޔަކަށް ހަދައިފި. އެހެން މީހެއްގެ ހައްގަކަށް ވެއްޖެ. އަހަރެން ކިހިނެއް ހަދާނީ؟ އޭނަ.. އޭނަ.. އޭނަ.” އީނާޝްގެ ގަޔަކު އިތުރު އެއްޗެއް ބުނާނެހާ ވަރެއް ނެތެވެ. އޭނާޔަށް ބާރަކަށް ގޮސް ސާއިމްގެ ގައިގާ އޮޅުލައިގަނެވުނެވެ. ސާއިމްއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އީނާޝްގެ އެންމެ އަމަލެއް އޭނާގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރުވައެވެ. އޭނާގެ ލޮލުން […]
” އީނޫ. ޑޯންޓް ޔޫ ލަވް މީ؟ އީނޫ އަހަރެންދެކެ ލޯބިނުވަންޏާ ބުނެބަލަ. އޭރުން އޯކޭޔޭ އަހަންނަށް. ” އީނާޝްއަށް ހަމަހޭވީ ސާއިމްގެ އަޑަށްށެވެ. ނަމަވެސް މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އީނާޝްއަށް ދުއްވައިގަނެވުނީއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުނު އެންމެންގެ ނަޒަރުގައިވަނީ ހަމައެކަނި އީނާޝްއެވެ. އެހެނަސް އުނޫޝްއާއި ނަޝާޔާއަކަށް އީނާޝްއެއް ނުފެނެއެވެ. މޫނުގައި އަތް އަޅައި ރޮމުން ދުވަމުން ދިޔަ އީނާޝްއަކަށް އެހެން މީހުންގެ ނަޒަރުތަކަކުން މާ ބޮޑު އަސަރެއް […]
“މަންމާ..!! މި ދަނީ ފުޓުބޯޅަ މެޗް ކުޅެން..” ތާމިން ބާރަކަށް އެހެން ގޮވައިލުމަށްފަހު އަވަސް އަވަހަށް ބައިސްކަލަށް އަރައިފައި ދުއްވާލިއެވެ. ގައިގަ ހުރި ފާރުގަނޑު ތަކުގައި ކިތަންމެ ވޭނެއް އެޅިޔަސް އޭނާ ފުޓުބޯޅަކުޅެން ނުގޮސްފިނަމަ ޓީމު ކުދިން ރުޅިއަންނާނެކަން އެނގޭތީވެ ދަނީއެވެ. އޭނާ އުޅެނީ ވަރަށް ލަސްވެގެންކަން އޭނާ ގެ ހަރަކާތްތަކަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާ ބައިސްކަލުގައި އަތިރިފަރާތުންލާފައި ދަނޑަށް ދާން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާ ކުއްލިއަކަށް […]
އޮއްސިގެން ދިޔަ އިރާއެކު ސްވަނާ ފްލައިޓުން ބޭރުބަލާލިއެވެ. އެތައް ދުވަހެއް ފަހުން އަމިއްލަ ވަޒަނަށް އާދެވުމުން ހިތްހަމަޖެހުނެވެ. ސިކުނޑީގައި އެކިއެކި ޙިޔާލްތައް އެބުރެން ފެށިއެވެ. އެންމެ ފަހުން ބައްޕަ ކައިރިޔަށް އައްޑުއަށް އައީ ދޮންބެއާއި އެކީގައެވެ. އެއީ މީގެ ދެއަހަރުު ކުރީގައެވެ. މަންމަ ނިޔާވިފަހުން ބައްޕަޔަށް ސިހުމެއް ލިބުނު ކަހަލައެވެ. ފްލައިޓުން ފޭބުމާއިއެކު ސްވަނާ ވަށައިގެން ތަންތަން ހޯދާލިއެވެ. މާޒީގެ ޙިޔާލަށް ގެއްލުނު ކަހަލައެވެ. ހަމަހޭވެރިކަންވީ ކޮއްކޮ ސްވީކް އަތުގައި ހިފައި ބާރަށް ފިއްތާލުމުންނެވެ. ސްވީކް އަބަދުވެސް […]
ބާރު ހިގުމެއްގައި ކޮޓަރިއަށްވަދެ ތަޅުލެވުނީ ހިތުގެ ހާލު އެކަކަށްވެސް ނޭންގުމަށެވެ. އެދަށްވެއްޓިގަތުމާއެކު އެރީތި ދެލޯ ފެންކަޅިވިއެވެ. އިސާހިތަކު އެދެ ކޯތާފަތް ތެމެންފެށިއެވެ. ” ކިހިނެތް މިހިތަށް ކެތްވާނީ ހުވަފެންތައް ކުދިކުދި ވީމާ އުފަލެއް ދުނިޔޭގައި ދެން ނެތީ ފުން ހިތާމައިން ހިތް ރޮވިއްޖޭ އަދު ކަލާ ބީވުމުން ކިހިނެތްމަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން” ޝާޔާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ނޭގޭ ބާރުމިނެއްގައެވެ. އިރުއޮއްސެން ކައިރިވުމުން ޝާޔާ ބެލްކަންޏަށް ނުކުތީ ހިތްހަމަ ޖައްސާލުމަށެވެ. އިރުއޮއްސޭ މަންޒަރަކީ […]
ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އީނާޝް ބޭނުން ވިގޮތަށްށެވެ. ނާޝްއާއި ރުޅި ވުމަށްފަހު އުނޫޝްވެސް ނަޝާޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނާޝްއާއި ދޭތެރޭ ގެންގުޅޭ ބީރައްޓެހި ގޮތެވެ. އީނާޝްގެ ހިތަށް ކިތަންމެ ވަރެއް ވިޔަސް ކެތްކޮށްލައިގެން ހުންނަން އޭނާޔަށްވަނީ މަޖްބޫރުވެފައެވެ. މިހެންކަމުން އުނޫޝް ދުރަށް ދިއުމަށްޓަކައި ނާޝް މާލެއ ބަދަލުވީއެވެ. މާލެ ބަދަލުވިފަހުން އަމީނާވެސް ވަރަށް ބޮޑަށް ބަލިވެ އޭނާވެސް އޭނާގެ ކުށަށް ﷲ ގެ ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި އޭނާގެ […]
“މަންމާ.. އަހަރެން ނުދާނަން އެތަނަކަށް..” އުމުރުން 16 އަހަރުގެ ޝިކާ އޭނާގެ މަންމަގެ ހެދުމުގެ ފަސްބައަށް ދަމަމުން ރޮމުން ގެންދިއައީ ކުޑަކުއްޖެއް ފަދައިންނެވެ. “މަންމާ ޕްލީސް… އަހަންނަކަށް ނޭންގެ މަންމަ އާ ވަކިން އުޅޭކަށް.. ” “ހޫން.. އަނެއްކާ ވެސް އެއްކަލަ ބޮޑާ ހާކަން ފެށީ ދޯ!” ޝިކާ ގެ މަންމަ، ރަހީމާ ހުރީ ރުޅި އައިސްފައެވެ. “އަދިވެސް އުޅެން އެނގެނީ ކުޑަ ކުއްޖެއް ހެން ވިއްޔަ.. އެހެން ވެގެންނޭ މިތަނުން ފޮނުވާލަންވީ ވެސް.. އުނދަގޫ ބޮޑު […]
މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ދިމާވެފައިވާ ހާދިސާއެކެވެ. މިހާދިސާ ވާހަކައެއްގެ ސިފައިގައި ކިޔުންތެރިންނާ ހިއްސާކޮއްލީމެވެ. ލިޔުމުގައި ކުށެއްވާނަމަ އެކަން ފާހަގަ ކޮއްލަދޭނެކަމަށް އުންމީދުކުރަމެވެ. ——————————————— އަހަރެން މިއަދު ވަރަށް ވަރަށް ދެރަވެއްޖެއެވެ. ދިރިއުޅުމާ މެދު ކުރަމުން އައި ހުރިހާ އުންމީދެއް ބޭކަރުވީތީއެވެ. އެހެންމީހުންނެކޭ އެއްފަދައިން އަހަރެންވެސް ދިރިއުޅުމުގެ މިދަތުރު ފެށީ ނުހަނު ބޮޑު އުންމީދަކާއިއެކުއެވެ. އެހެންނަމަވެސް މިއަދު…. އަހަރެންމިވަނީ ބާކީވެފައެވެ. ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ… އަހަރެންވެސް އަހަރެންގެ އަލަތު ފިރިމީހާ، އާދެ އަފްޒަލް އާއި އެކު ދިރިއުޅުމެއްފެށީ ލޯބިވެރިންގެ […]
އެހެން އިނދެފައި އުނޫޝް ދިއްކޮއްލީ ކުޑަކުޑަ ނޯޓް ކޮޅެކެވެ. ” ނާޝް. އެންމެ ފުރަތަމަ ނާޝް ފެނިލުމާއިއެކުވެސް އަހަރެންގެ ހިތުގައި ނާޝްއަށްޓަކައި ލޯބި އުފަންވި. އައި ލަވް ޔޫ. އެދުވަހުން ފެށިގެން އަހަރެން ނާޝްދެކެ އިންތިހާއަށް ލޯބިވެވިއްޖެ. އަހަރެންނަށް ހީވާގޮތުގަ ނާޝްވެސް އަހަރެން ދެކެ ލޯބިވޭ. އެހެން ނޫންތަ؟” ނޯޓް ކޮޅު ކިޔައިލުމާއިއެކު އީނާޝް ހާސްވާން ފެށިއެވެ. އޭނާވެސް އުނޫޝްދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާޔަކީ ބައްޕަމެންގެ އުންމީދެވެ. ބައްޕަމެން ބޭނުންވަނީ އޭނާޔަކީ […]