“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އޭނާ ގެ އެންމެ ފަހު ބަސް ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ޝިކާ ގިސްލަމުން އެނދުމަތީގައި އޮށޯވެލިއެވެ. އޭނާ އަށް ވަށައިގެން ވާ ތަނުގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ. ބޮލަށް އެނބުރުން އަރަން ފެށުމުން އޭނާ ދެލޯ މަރާލިއެވެ. ދެން ވީ ނުވީއެއް އޭނާ އަކަށް ނޭނގުނެވެ.
*****************
ތާމިން އިނީ އޭނާގެ ކޮޓަރީގައެވެ. ތަޅުންގަނޑު މަތީގައި އިށީންދެގެން އެނދުގައި ބޯޖަހައިގެންނެވެ. މުޅި ކޮޓަރި ތެރޭގައި ވަނީ އޭނާގެ ގިސްލުމުގެ އަޑު ހިފާފައެވެ. ރޮމުން ގެންދިއައިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. އޭނާ އަށް އެ ކަންތަށް ކުރެވުނީ ރަނގަޅަށް ބާއެވެ؟ އޭނާ ޝިކާ އަށް އެދިނީ ހާދަ ބޮޑު ދެރައެކެވެ. އޭނާ ޝިކާ ގާތު ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނެ ވަޢުދު ވެފައި އެހެން ހަދަން ވާނެބާއެވެ؟ އެހެން އޮއްވައި މީހަކު އައިސް ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުމުން އޭނާ އަވަސް އަވަހަށް ރުއިން ހުއްޓާލައި ކަރުނަތަށް ފުހެލިއެވެ. މޫނުމަތީގައި މިހާރު ދެރަވެފައިވާ ކަމުގެ އެންމެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. އޭނާ ފަހަތަށް އެނބުރި ބަލާލިއިރު އޭނާގެ ދޮންތަ، ސަނާ ކޮޓަރި ދޮރު ހުޅުވާލާފައި ވަންނަނީއެވެ. ސަނާގެ މޫނުމަތިން ފާޅުވަނީ ނުރުހުމުގެ އަސަރެވެ.
“ތާމިން… ކިހިނެއްތަ މިހާރު ތިއުޅެނީ؟ އަހަރެން ލަދުން ބޯ ހަލާކު ވާވަރުވޭ…. ނުހާ އާ އެކީގަ ތި އުޅެނީ މާ ރަނގަޅަކަށް ނޫން.. މީހުން ކިހާ އެއްޗެހި ކިޔާ އެބަ… ޝިކާ ވެސް ހިތްހަމަ ނުޖެހޭނެ ތާމިން ތިހެން އުޅޭކަށް….” ސަނާ އައިސް ތާމިން ގެ އެނދުގައި އިށީންނަމުން ރުޅިއައިސްފައި ހުރެ ބުނެލިއެވެ.
“އަހަންނާ ޝިކާ އާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތް… އަހަރެން ޝިކާ އާ ރުޅިވެފިން..” ތާމިން ހަރުކަށި ރާގަކަށް ބުނެލިއެވެ. ތާމިން އެހެން ބުނުމުން ސަނާ އަށް ލިބުނީ ހައިރާން ކަމެވެ. ތާމިން ޝިކާ ދެކެ ވާ ލޯބި ސަނާ އަށް ހަމަރަނގަޅަށް އެނގެއެވެ.
“ކީއްވެ؟” ސަނާ ހައިރާންވެފައި ހުރެ އަހާލިއެވެ
“އަހަރެން މިހާރު ލޯބިވަނީ ނުހާ ދެކެ… ޝިކާ ދެކެ ފޫހިވެއްޖެ..” ތާމިން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. ސަނާ ތާމިން ގެ ލޮލަށް ވަރަށް ފުންކޮށް ބަލާލިއެވެ. ތާމިން ކިތަންމެ ފޮރުވަން މަސައްކަތް ކުރިއަސް އެ ދެލޮލުގައިވާ ހިތާމަ ސަނާ އަށް ވަގުތުން ދެނެގަނެވުނެވެ. އޭނާ ގެ ކޮއްކޮ ޝިކާ ދެކެ އެހާ ލޯބިވާއިރުވެސް އެ ކުއްޖާ ދޫކޮށްލީ ކީއްވެބާއެވެ؟ ސަނާ ގެ ހިތުގައި ތަފާތު ސުވާލުތަށް އުފެދެމުން ދިއައެވެ.
“ތާމިން ޝިކާ ދެކެ ވަރަށް ލޯބިވޭ… ކީއްވެ ދޮންތައަށް އޮޅުވާލަން ތި އުޅެނީ؟” ސަނާ ސީދާ ތާމިންގެ ލޮލަށް ބަލަން ހުރެ އަހާލިއެވެ.
“ނޫން… ނުވޭ މިހާރެއް..” ތާމިން އަނެއް ފަރާތަށް މޫނު އަނބުރާލާފައި ބުނެލި ގޮތުން ވެސް އޭނާ އެހަދަނީ ދޮގެއްކަން ސަނާއަށް ނަގައިގަނެވުނެވެ. ސަނާ ކުއްލިއަކަށް ތެދުވެގެން ގޮސް ތާމިން ގެ ފޮތްތަށް ހާވަން ފެށިއެވެ. ތާމިން ވާނުވާ ނޭނގި އޭނާ ގެ ދޮންތަ އާ ދިމާއަށް ބަލަން ހުއްޓެވެ. ސަނާ ފޮތްތަށް ހާވަ ހާވާފައި އެތަނުން ތާމިންގެ ހިސާބު ފޮތް ނެގިއެވެ. އެއީ ކުރިންވެސް ތާމިން ޝިކާގެ ފޮޓޯ ލައިގެން ގެންގުޅުނު ފޮތެވެ. ސަނާ އެފޮތުގެ ގަނޑުތަށް އުކާލިތަނާ އޭނާގެ ލޮލުގައި އެ ފޮޓޯ އަޅައިގަތެވެ. އަވަސް އަވަހަށް އެ ފޮޓޯ ފޮތުން ނެގުމަށްފަހު އެނބުރި ތާމިން އާ ދިމާއަށް ހިނގައިގަތެވެ. އެނދުގައި އިށީންދެ ހަމަޖެހިލުމަށްފަހު ސަނާ އެފޮޓޯގަނޑު ތާމިން އާ ދިމާއަށް ދިއްކޮށްލިއެވެ.
“ތާމިނޫ.. މި ފޮޓޯ އަހަރެން ކުރިމަތީގަ ވީދާލަބަލަ… އޭރަށް ޤަބޫލުކުރެވޭނީ ޝިކާ ދެކެ ލޯބި ނުވާކަމަށް..” ސަނާ ތާމިން އާ ދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ތާމިން ޖެހިލުންވެ އިނދެ އެ ފޮޓޯގައި ހިފިއެވެ. އޭނާ އަށް އެ ފޮޓޯ ވީދާލެވޭނެ ބާއެވެ؟ އޭނާ އެ ފޮޓޯގައިވާ ޝިކާގެ މައުސޫމު މޫނާ ދިމާއަށް ބަލާލިއެވެ. އޭނާ ޝިކާ ވަރަށް ދެރަކޮށްލާފިއެވެ. މިހާރު އެފަކީރު އުޅޭނެ ހާލެއް ވެސް ނޭނގެއެވެ. ނަމަވެސް ތާމިން ދެރަނުވާކަމަށް ހަދާފައި އެފޮޓޯގަނޑު ވީދާލަން ހިފާލިއެވެ. ސަނާ ބަލަހައްޓައިގެން ހުރިތަން ފެނުމުން އެއްވެސް ކަމެއް ނުވާކަމަށް ހަދާފައި އޭނާ އެ ފޮޓޯ ވީދާލިއެވެ. ނަމަވެސް އޭނާ އަށް ކެއްކުރެވުނީ ވަކި ވަރަކަށެވެ. ފޮޓޯ ވީދާލުމާ އެކީ އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ސަނާ ގައިގައި ބައްދާލައިގެން ހުރެ އޭނާ ހިތް ފުރޭވަރަށް ރުޔެވެ.
“ދެން ބުނެބަލަ ދޮންތަ ކައިރީ… ކީއްވެތަ ޝިކާ ދޫކޮއްލީ؟” ތާމިން ކުޑަކޮށް ހަމަޖެހިލުމުން ސަނާ އަހާލިއެވެ. ނަމަވެސް ތާމިން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ވީދިފައިވާ ޝިކާގެ ފޮޓޯއަށް ބަލަހައްޓައިގެން އިނީއެވެ.
*******************
ޝިކާއަށް ހޭވެރިކަމެއް ވީއިރު ހަލީމާ އޭނާގެ ގާތުގައި އިނދެގެން އޭނާގެ ކަރުދޮށުގައާއި ނިތްކުރިމަތީގައި ފެން ފޮތިލަނީއެވެ. ރަނާވެސް ކައިރީގައި ކަންބޮޑުވެފައި ބަލަހައްޓައިގެން އިނެވެ. ޝިކާ ލޯހުޅުވާލުމުން ހަލީމާ ކަައިރީގައި ހުރި މޭޒުގައި ބަހައްޓާފައި ހުރި ޖޫސްތަށި ނަގާ ޝިކާއަށް ދިއްކޮށްލިއެވެ.
“އަވަހަށް ތެދުވެ މި ޖޫސް ތަށި ބޯލަބަލަ… އޭރުން ގައިގަ ވަރު ޖެހޭނީ… ހާދަ ހުން ވެސް ގަދައޭ…” ހަލީމާ އެހެން ބުނެލުމުން ޝިކާ ތެދުވެ ޖޫސްތަށި ބޯލިއެވެ. އަދި ހުން ހުރިތޯ ބަލައިލަން އަމިއްލަ ކަރުގައި އަތްޖައްސާލިއެވެ. ހުން ވަރަށް ގަދައެވެ. ޝިކާ ހުސް ތަށި ހަލީމާ އަތަށް ދިނުމުން އަރާމުކޮށްލާށޭ ބުނެފައި ހަލީމާ އެތަށި ހިފައިގެން ބޭރަށް ދިއައެވެ. ރަނާވެސް ޝިކާ ގެ ބޮލުގައި ފިރުމާލުމަށްފަހު ތެދުވެގެން ގޮސް މޭޒު ދޮށުގައި ފިލާވަޅެއް ހަދަން އިށީނެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ޝިކާ ގެ ބޮލަށް ބަރުވާހެން ހީވަން ފެށުމުން އަވަސް އަވަހަށް އޮށޯވެލައި ދެލޯ މަރާލިއެވެ. އޭނާ އަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ކުރިން ވަރަށް ބޮޑުކަމެއް އޭނާ އަށް ވެއްޖެކަމުގެ އިހުސާސް ކުރެވެމުން ދިއައެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އޭނާގެ ހަނދާނަކަށް އެއްގޮތަކަށް ވެސް ނުގެނެވުނެވެ. އެހެން އޮއްވާ އަނެއްކާވެސް އޭނާއަށް ނިދުނެވެ.
***********
ހަލީމާ ޖޫސް ހުސްކުރި ތައްޓާއި، ފެން ފޮތި ލީ ތަށި ހިފައިގެން އަންހެން ކުދިން ކޮޓަރިން ބޭރަށް ނިކުންނަތަން ފެނުމުން ލިވާން ހަލީމާގެ ފަހަތުން ބަދިގެއަށް ހިނގައިގަތެވެ.
“ހަލީމައްތާ… ކިހިނެއްވީ؟ ކުއްޖަކު ބަލީތަ؟” ލިވާން އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުން އަހާލިއެވެ.
“އާ… ޝިކާ ބަލިކަމުން މިއުޅެނީ.. ވަރަށް ހުން ގަދަ….” ހަލީމާ ފެން އިސްކޫރު ދޫކޮއް ތަށިތަށް ސިންކަށް ލަމުން ބުނެލިއެވެ. އެވަގުތު ލިވާން އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމުނުހެންނެވެ. ނަަމަވެސް އޭނާ އަށް ހަލީމާ ގާތު އިތުރު އެއްޗެއް އަހާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ފެންފޮދެއް ބޯލުމަށް ފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީ މާޔޫސްކަމާ އެކީގައެވެ. އޭނާ ކޮޓަރިއަށް ވަދެވުމާ އެކީ އެނދުމަތީގައި ޖައްސާލިއެވެ. މީހަކު ބަލިވިޔަސް އޭނާ ދުވަހަކުވެސް މިވަރަށް ދެރައެއް ނުވެއެވެ. އެއްފަހަރުވެސް ޝިކާ ދެކިލަން އޭނާ ބޭނުމެވެ. ނަމަވެސް އަންހެން ކުދިން ކޮޓަރިއަށް ވަންނާކަށް އޭނާ އަކަށް ނުކުރޭނެއެވެ. ބޮލުގައި އަތް އަޅާލައިގެން އޭނާ އިން ގޮތުން އަހުސަން ގާތަށް ހިނި އައެވެ.
“ކީއްވެފަ؟” އަހުސަން އައިސް ލިވާން ގާތު ޖައްސާލަމުން އަހާލިއެވެ. ނަމަވެސް ލިވާން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ބޮލުގައި ބާލީސް އަޅައިގެން އެނދުމައްޗަށް ވެއްޓިގަތީއެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައީ އަމީން އެވެ. އޭނާގެ މޫނު މަތީގައި ވަނީ ހާސްކަމެވެ.
“އޭތް… އެނގޭތަ… ޝިކާ ބަލިކަމުން އެބަ ގެންދެ ހޮސްޕިޓަލަށް.. އެންބިއުލޭންސް އެބޮތް ދޮރު މަތީގަ..” އަމީން އެހެން ބުނި އަޑު އިވުމުން ލިވާން ފުންމައިގެން ތެދުވެ ބޭރަށް ދާން ދުއްވައިގަތެވެ. އޭނާ ގެ ފަހަތުން އަމީން އާއި އަހުސަން ވެސް ދިއައެވެ. ލިވާން އަށް ދެވުނު އިރު ޝިކާ އެންބިއުލޭންސަށް އަރުވަނީއެވެ. އޭނާ ގެ ދެލޯ ވަނީ މެރިފައެވެ. އެ ކަފަކޮޅެއްހާ ހުދު މޫނުމަތި ފެނުމުން ލިވާންގެ ހިތުގައި ކުޑަ ރިހުމެއް އުފެދުނެވެ. ޝިކާ އާ އެކު އެންބިއުލޭންސަށް ހަލީމާގެ އިތުރުން ރަނާ ވެސް އެރިއެވެ. ލިވާން ވެސް ޝިކާ އާ އެކު ކިތަންމެ ދާން ބޭނުންވި ނަމަވެސް ހަލީމާ ހިތަށް އަރާފާނެ އެއްޗަކާމެދު ވިސްނާލަމުން މަޑުކުރިއެވެ. އެންބިޔުލޭންސް ނައްޓާލުމާއެކީ އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތީ ދެލޯފެންކަޅިވެފައިވާ ހާލުގައެވެ.
“އޭތް.. ހިނގާ ކޮފީ އަކަށް ދާން..” އެވަގުތު އަހުސަނު އަމީންގެ ކޮނޑުގައި އަތް އަޅާލަމުން ބުނެލިއެވެ.
“އާން.. ލިވާން ވެސް ގޮވައިގެންނު ދާންވާނީ…؟” އަމީން އަހުސަނު ގެ ބަހަށް އެއްބަސްވެލަމުން ބުނެލިއެވެ.
“އޭނާ ހިޔެއް ނުވޭ ދާނެހެން… މިޔަދު ވަރަށް ކަޓާފަ ހުރީ..” ގޭތެރެއަށް ވަދެގެން ދިޔަ ލިވާން އަށް ބަލަން ހުރެ އަހުސަނު ބުނެލިއެވެ. ދެމީހުން ހިނގާފައި ގޮސް “ގްރީން ވެލީ” ރެސްޓޯރެންޓަށް ވަދެގެން ދިއައެވެ. ދެމީހުންވެސް ކޮފީއަކަށް އޯޑަރު ދީފައި އޮލަ ވާހަކައާގެން ކުރިއަށް ދިއައެވެ.
“އޭތް.. ޝިކާ އަށް އަސްލު ކިހިނެއްވީތަ؟ ވަރަށް ސީރިއަސްހެން މަށަށް ހީވަނީ..” އަމީން އެއްބުމަ އުފުލާލަމުން އަހާލިއެވެ.
“ނޭނގެ.. މަށަށް ހީވަނީ މާ ގަދައަށް ހުން އައީހެން..” އަހުސަނު ބުނެލިއެވެ. “އޭތް؟ ކައެ އަނެއްކާ އެމަންޖެއަށް ހިތް ކީތަ ؟ ވަރަށް ވިސްނާހެން މަށަށް ހީވަނީ ކައެ އެމަންޖެއާ މެދު..” އަހުސަނު ލާނެއް ފާޑަކަށް ބުނެލިއެވެ.
“ވަޓް؟ ނޯ ވޭ.. ޝީ އިޒް ނޮޓް މައި ޓައިޕް… މަށަށް ހީވަނީ އަހުސަނުހެން އެ މަންޖެއަށް ހިތް ކިޔައިގެން ތި އުޅެނީ… އަބަދު އެމަންޖެއާ ބެހޭ ތަން މަށަށް ފެންނަނީ…” އަމީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ނޫނޭ.. ދެން މަ ހަމަ ބެހޭ ހިތް ވަނީ … އޭނަ މާ މަޑުން ހުންނާތީވެ ބެހޭ ހިތްވަނީ..” އަހުސަނު ހެމުން ހެމުން ބުނެލިއެވެ.
ކޮފީ ބޮއެ ނިންމައިގެން ދެމީހުންވެސް ގަސްތުކުރީ ޝިކާ އަށް ގޮވާލަން ހޮސްޕިޓަލަށް ދާށެވެ. ރެސްޓޯރެންޓުން ނިކުމެފައި އަހުސަނު ލިވާން އަށް ގުޅައި ހޮސްޕިޓަލަށް ދަންޏާ އަންނާށޭ ބުނެލިއެވެ. އަދި ލިވާން އަންނަން ދެން އެތާ ބޭރުގައި މަޑުކޮށްލިއެވެ. މާގިނައިރުތަކެއް ނުވެ ލިވާން އައެވެ. އޭނާ އަތުގައި ޖޫސް ޕެކެޓެއް އޮތެވެ. ތިން މީހުން އެކުގައި ހިނގަމުން ގޮސް ހޮސްޕިޓަލު ވާޑަށް ވަނެވެ. އެތަނުގައި މާ ގިނަ ބަލިމީހުން ބާއްވާފައެއް ނެތެވެ. ޝިކާ ބާއްވާފައި އޮތް އެނދު ކައިރީ ރަނާ އާ ހަލީމާ ތިބިތަން އެމީހުންނަށް ފެނުނެވެ. މަޑު ހިނގުމެއްގައި ގޮސް ޝިކާގެ އެނދު ކައިރީގައި ތިން މީހުންވެސް ހުއްޓެލިއެވެ.
ލިވާން ނިދިފައިވާ ޝިކާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިވަނީ މިލާފައެވެ. ދެއަތަށް ދެ އައިވީ ފުޅި ގުޅާފައިވާއިރު އޭނާގެ ހާލު ފެންނަނީ ނުލާހިކު ދަށްކޮށެވެ. ލިވާން ގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެއް އިހުސާސް ވެގެން ދިއައެވެ.
“ކޮބާ ހަލީމައްތާ.. މިހާރު ޝިކާ ކިހިނެއް؟” އަމީން އަހާލިއެވެ.
“މިހާރު ކުރިއަށް ވުރެ ރަނގަޅު…” ހަލީމާ ހީލަމުން ބުނެލިއެވެ. ލިވާން އަތުގައި އޮތް ޕެކެޓް ދިއްކޮއްލުމުން ހަލީމާ އޭގައި ހިފައި ކައިރީގައި ހުރި ކަބަޑު މަތީގައި ބެހެއްޓިއެވެ.
*********
ޝިކާ ބަލި ހަބަރު ސަމީރަށް ލިބުމުން އޭނާ ވަގުތުން ލޯންޗެއް ހިފައިގެން މަނަދޫއަށް އައެވެ. އަދި ޝިކާ ހޮސްޕިޓަލުން ދޫކޮށްލަންދެން އޭނާ އެރަށުގައި ހުއްޓެވެ. ޝިކާ ދޫކޮށްލެވޭ ވަރުވީ އޭގެ ތިން ހަފްތާ ފަހުންނެވެ. ހޮސްޕިޓަލުން ދޫކޮއްލި ނަމަވެސް ޝިކާ އެހެން މީހުންނާ މާ ގިނައިން ވާހަކަ ދައްކައެއް ނޫޅެއެވެ. އޭނާ މިހާރު އުޅެނީ އަބަދު ފޮތެއް ހިފައިގެންނެވެ. އޭނާގެ ހުރިހާ ޚިޔާލުތަކެއް އެފޮތުގެ ތެރޭގައިވާ ކަހަލައެވެ. އެހެން އެއްވެސް ކަމަކާ ވިސްނަން ބޭނުން ނުވާ ކަހަލައެވެ. ކާން ދިޔައަސް ތަށީގައިވާ އެއްޗެހި ހާވާލަ ހާވާލަ އިންނަނީއެވެ. ބަނޑުހައިވެސް ނުވާކަހަލައެވެ. މި މަންޒަރު ފެނުމުން އެންމެ ދެރަވަނީ ލިވާން އެވެ. އޭނާ ޝިކާ އާ ވާހަކަ ދައްކަން އުޅުނަސް ޝިކާ އަނގައިން ވެސް ނުބުނެއެވެ. އަހުސަނު ޖެއްސުން ކުރިއަސް އޭނާ މިހާރު އަޅާވެސް ނުލައެވެ. ރަނާ ހީކުރީ ޔުނިޓް ޓެސްޓު ގާތްވެފައި ވުމުން ޝިކާ ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވަނީ ކަމަށެވެ. ނަމަވެސް ޝިކާ ނުކާންވީ ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.
*********
ދުވަސްތަށް ފާއިތުވަމުން ގޮސް ޔުނިޓު ޓެސްޓު ވެސް ނަގާ ނިމިއްޖެއެވެ. އެއް މާއްދާ ފިޔަވާ އެހެން ހުރިހާ މާއްދާއަކުން ޝިކާއަށް އެންމެ މަތި ލިބުނެވެ. އެހެންވެ ޝިކާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ ހިތާމަތަށް ވެސް އެއްކޮށް ފިލާ ދިޔަ ކަހަލައެވެ. ޝިކާއަށް މަތި ލިބުމުން އެކަމާ އެންމެ ރުޅި އައީ އަހުލާއެވެ. އޭނާ އަށް ވުރެ މަތި ހޯދާ ކުއްޖަކު އެ ކުލާހުގައިވެސް އިންނަން އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އަހުލާ އެ ރުޅިވެރިކަން ޝިކާއަކަށް ނުދައްކައެވެ. އެދުވަހު އަހުލާ ގެއަށް ގޮސް ރުޅިއައިސްގެން ގޭގައި ހުރި ބައެއް ސާމާނުވެސް ހަލާކު ކުރިއެވެ. އެހެން އުޅެނިކޮށް އޭނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. އަދި ނުލަފާ ފާޑަކަށް ހީލާފައި އޭނާ ދިއައީ އޭނާ ގެ ބައްޕަ ހުސައިން ގާތަށެވެ. އަހުލާ ދިއައިރު ހުސައިން އުޅެނީ އޭނާގެ ވަޑާންގޭގައި ވަަރަށް ބުރަކޮށެވެ. ނަމަވެސް އޭނާގެ ލޯބިވާ ދަރިފުޅު އައިސް ވާހަކަދައްކާލަން ބޭނުންކަމަށް ބުނުމުން އަވަސް އަވަހަށް ކުރަން ހުރި ކަންތަށް ދޫކޮށްލާފައި އަހުލާގެ ގާތަށް އައެވެ. ބައްޕަ އައުމުން އޭނާ ޝިކާގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
“ދެން ބައްޕަ ކިހިނެއް ހަދައިދޭންވީ؟” ހުސައިން ލޯބިން ފުރިގެންވާ ރާގެއްގައި އަހާލިއެވެ.
“އަޅުގަނޑު ވަރަށް ރުޅި އާދޭ އޭނާ ދެކެ… އަޅުގަނޑަށް ވުރެ މަތިން މާކްސް ހޯދާތީވެ..” އަހުލާ ބުނެލިއެވެ. ” ބައްޕަ އިބުރާހީމްފުޅުބޭ ލައްވާ އޭނައަށް ކަމެއް ކުރުވަންވީ ނޫންތޯ؟ އައިކާ އަށް ހެދިހެން…” އަހުލާ ވަރަށް ދެރަވެލާފައި ބުނެލިެއެވެ. އައިކާ އަކީ ތަންކޮޅެއް ކުރިން އަހުލާ އާ އެއް ކުލާހެއްގައި އުޅުނު ކުއްޖެކެވެ. އެ ކުއްޖާއަށް ވެސް އޭނާ އަށް ވުރެ މަތިން މާކްސް ލިބޭތީވެ އަހުލާ ރޯވަރުން އޭނާގެ ބައްޕަ ވަނީ އައިކާއަށް އެރަށުގައި އުޅޭ އެންމެ މަޝްހޫރު ފަންޑިތަވެރިޔާ ކަމުގައިވާ އިބުރާހީމްފުޅުބޭ ލައްވާ ފަންޑިއްތަ ހަދާފައެވެ. އެންމެ ފަހުން އައިކާ ވަނީ އެކަމާ ހެދި އެރަށުގައި ކިޔަވަން ނުހުރެވިގެން އެހެން ރަށަކަށް ބަދަލުވެފައެވެ. ހުސައިނަށް ހީވެފައި އޮންނަނީ އަހުލާ ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮއްދިނުމަކީ ވާޖިބެއް ކަމުގައެެވެ. އަހުލާ އަކީ ހުސައިންގެ ހުންނަ ހަމަ އެކަނި ދަރިފުޅަށް ވުމުން އޭނާގެ އެދުންތަކަށް ފުރަގަސްދޭން ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ.
“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.







hii.. Mi part ves reethi vaane kamah ummeedhu kuran… 🙂
feel free to leave ur comments ingey 🙂
Vvvvvvvvvv rythi. Alhe shika fonuva nulahche
Thanks shaai
Ajaaabu kurukamun mi kiyey tha kiha dhera kameh thr??????????????????????
Thihaa rulhi gada vanyaa avahah muskulhi vaane ☺☺??
Ey! mi story nulaahiku reeethi.. thihaa rulhi gadhavegen noolhey ingey.. mee roadha mahey kokkoa! ehen meehunnah ihuthiraam kurah dhaskobbala… eyrun thibaa ah dhe dhuniyeyge baajjaverikan libeyny ?
V reethi ekam
Sikaa ah abadhu dheragoiy vaathy vvv foohi
Thanks jenny
Mi stry kiyan feyty miadhu…huriha part thakevx v nice ?…next part vx rythivaane kamah unmeedhu kuran…good luck liaaa ????????
Thank u rafa 🙂
v nice
thank u same..
Alhey shika ah dhera gotheh nahadhahchey…..story v nyc…bt than kolheh kuru….waiting for the next part..?
Thank u someone 🙂
v v v v v rythi mi part vex..hama v furihama..saabahey liaa..kuriyah oie baivex ahvahah up kurahchey ingeyy..kiyaa hithun kehmadhu vefa mihunnanii..liaa thii vaahaka liyan hama v v molhu kuhjehh..unmiidhu kuranii mi vaahaka ninmaa fa ehen vaahaka thah kurimaguga fennaanekameh..witing liaa..ahavahah up kohlahchey ingey liaa..
owh .. so sweet .. 🙂 thank u ihoo
Alhea.. shika ah hus dhetagoih dhimaabaathy v dherave
E fakeerah ehen nahadhaa liaa. Anyways mi prt ves varah salhi ekam thankolheh kury. NXt lrt avahah dhogu koh nehllacheay
Good Luck Liaa. V v v reethi
Thankss pinky 🙂
Shikaa ah dera goteh nahadahche
Awesome…alhey liaa,shikaa ah dhera gotheh nahadhahchey…btw stry vvv nice keep it up liaa??
Thank u youme 🙂
Wow mibaivx vv nyc v intrstin story eh baraabarah up koh dhehchey liaa ??
Thanks Arw 🙂
Alhe shikaa ah fanditha nuhadhahchey. Loabivaa meehaanulibey iru molhah kiyeviyadhee emanje
Vvvv reethi
v v nice mi prt vx .. nxt prt avahah up kohlahchey…
Thank u Moed
Thank u kudu
Lia thy kon rasheh tha? Story vrh salhi
Thnkolhedhigukolaaaaa maaginameehun ulhenyaam hadhivedhaane. …….
V v v nice story eh……
What? ?? Fanditha nahadhahchey shika ahhhh ….story v rythi gl ?
Thaku @Shika @ny @cham @App 🙂 i really appreciate all ur support
Mi hyvanani 123 ge kudhin nah liyefa oiii ehcheh hen…vaahaka liyan neygenya nuliyaaaniii…anrhka thi kuda kuhjehtha…aha kuru kohves thi liyaniiii….mithi vvvvv?vvvvvvvvvvvvvvvv??vvvvv?vvvvv??vvvvvv?vvvvvvv hadi….ugh..pppffuu….boring???
Ey u! mi story hiyeh nuwey ingey 123 ge kudhin nah liyefa in story eh henneh.. Thi ulheny mi liyun reethikamun ekamaa jey vegennennu.. alhe molhy yaa liyebala miyah vureh reethi story eh u.. Mee mihaaru mi site ah up kuraa emme reethi story ey bunyas dhogakah nuwaane..
vaahaka hadiyaa nukiyai bala.v nice mi vaahaka.eam fanditha hediya nudhehchey ingey???
Thanks nn
Liaa.. Mi story ge hurihaa part thah ves v reethi v v interesting.. ehen meehun kiyaa ehchehi ah alhaa nulaa.. i lov this story <3 gud luck!
Thank u harry 🙂
Mi story ge hurihaa part eh ves vvv reethi.
Thank u Axoo 🙂
Vvv reethi?
Thankss mary 🙂
🙂
ahulaa haadha goahey dhw.. i hate her..