“ނޫނޭ. އަސްލު މަށަށް ހެވުނީ އަޔާ އަދިވެސް އެއްބަސްނުވާތީ.” ޝިފާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮންކަމަކާތަ މަ އެއްބަސްނުވެގެން ތިއުޅެނީ؟” އަޔާޒް ރުންކުރު ގޮތަކަށް އަހާލިއެވެ. “އޭނަދެކެ ހޫމްހޫމް ވާކަމަށް.” “އަޅެ ކަލެއަށް ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭތަ؟ ދާންއުޅޭ މިތަނުން. މަ ބޭނުމީ އެކަނިވެލަން.” އަޔާޒް ހަޅޭއްލަވައިގަތެވެ. “އޯކޭ އޯކޭ. މަމިދަނީ. ފަހުން އަންނާނަން އިނގޭ ތިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތްކޮށްލާފަ. އެހެން ކުއްޖަކު ހޯދައިގެން.” ޝިފާން ދޮރު ލައްޕަމުން ބުނެލި ޖުމްލައިން އަޔާޒްގެ ލޭ […]
ކުއްލިއަކަށް މިކްޔާ ތެޅިގަތެވެ. އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން އާރިފްގެ އަތުން މިކްޔާ ވީއްލިގެން ނިޒްމާ އާއި ދިމާއަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އާރިފް އެއްލި އަތުން މިކްޔާގެ ބުރުގަލުގައި ހިފުމާއެކު ބުރުގާ ބޮލާ ވަކިވިއެވެ. އާރިފް މިކްޔާގެ މެދުހަށީގައި ހިފާފާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަދި މިކްޔާގެ މޫނުގަޔާއި ކަނދުރާގައި ބޮސްދޭން ފެއްޓިއެވެ. އެވަގުތު އޭނާ އަށް މިކްޔާ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި އިން ޒިބް ފެނިފަ ތިރިއަށް ދަމާލުމާއެކު މިކްޔާގެ މޭމަތިން ބޮޑު […]
އަޔާޒް ގޮސް ރިޔާޝާގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. ފިކުރެއް ޚިޔާލެއްނެތި ހިނގަމުންދިޔަ ރިޔާޝާ ސިހުނުވަރުން އަތުގައި އޮތް ކޮތަޅުވެސް އަތުން ދޫނުވީ ކިރިޔާއެވެ. ލާނެތް ގޮތަކަށް ހީލައިގެން ސައިކަލުގައި އިން އަޔާޒް ފެނުމުން ތުން އަނބުރާލާފައި ދާން ހިނގައިގަތްއިރު، މިރޭގެ ހަތަރެސްކަން ހަމަވީއޭ އޭނާގެ ހިތަށް އެރިއެވެ. ރިޔާޝާގެ މިހަރަކާތް އަޔާޒަށްވީ ވަރަށް މަޖާ ކަމަކަށެވެ. އެހެންކަމުން އޭނާ ސައިކަލު ބަހައްޓާފައި ހިނގާފައި ގޮސް ރިޔާޝާއާ އަރާ ހަމަކުރިއެވެ. މީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ […]
“ކަލޭ ތި ދޮރުން އެންމެ ފިޔަވަޅެއް އެޅިޔަސް ކަލެއަށް މަހަދާލާނެ ގޮތް އިނގޭނެ… ކަލެއަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެ މަށަށް ކުރެވޭނެ ކަންކަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިއައެވެ. އާޔާ ފަހަތަށް އެނބުރި ބަލާލިއިރު ޒުލޭހާ އުނަގަނޑުގައި އަތް އަޅައިގެން ހުރެ ތެދުވަނީއެވެ. މި ޒުލޭހާ ކައިރިން ފަސޭހައިން ސަލާމަތް ނުވެވޭނެއޭ ހިތަށް އެރުމުން އާޔާގެ ދަތްކުނޑި ވިކިގެން ދިއައެވެ. “ދެން މިހާރު މަ […]
“ނޫން!” ކުއްލިއަކަށް ނަޝްފާ ދުވަމުން އައިސް ރާހުލްގެ ކުރިމައްޗަށް އަރަމުން އެހެން ބުނެލި ވަގުތު ރާހުލް ނަޝްފާއަށް ބަލާލިއެވެ. ހަށިފާރަވެރިއެއް ފަދައިން ރާހުލްގެ ކުރިމަތީގައި ހުއްޓިގެން ހުރި އިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ. “ރާހުލް އެހެނެއް ނަހަދާނެ! އަހަންނަށް ރާހުލް ވަރަށް ރަނގަޅަށް އެނގޭ! ރާހުލް އެކަހަލަ ކަމެއް ނުކުރާނެ! ” އެންެމެނަށް އަޑު އިވޭނެހެން ނަޝްފާ ބުނެލި ބަސްތަކުގެ ސަބަބުން މީހުން ތިބީ ހައިރާންވެފައެވެ. ޞާބިރާ ލަދުން ގޮސް އޭނާގެ މޫނު ފޮރުވާލީ ނަޝްފާ […]
ހަނދާން ހުންނަން ފެށި އިރުވެސް ރިޔާޝާގެ ދިރިއުޅުން ވަރަށް ނިކަމެއްޗެވެ. ދިރިއުޅެމުން ދިޔައީ މާލޭގައި ހުންނަ ރިޔާޝާގެ ބައްޕަ ހަމީދުގެ ގޭގައެވެ. ނަމަވެސް ރިޔާޝާގެ އުމުރުން އެންމެ 7 އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ދެން ހުރީ އޭނާގެ މަންމަ އަމީނާއެވެ. އަމީނާ ފިޔަވައި އޭނާގެ އެކަކުވެސް މިދުނިޔެއަކު ނެތެވެ. ނަމަވެސް އަމީނާއަށްވެސް ރިޔާޝާ ވެފައިވަނީ ބޮޑު ބުރައަކަށެވެ. އޭނާ އަބަދުވެސް އުޅެމުންދަނީ އޭނާގެ އަމިއްލަ އުފާތަކައިގެންނެވެ. ހަމީދު ނިޔާވި ފަހުން އެއްވެސް އިރެއްގައި ރިޔާޝާއަކާއި […]
މުސައްނިފާ ރޯޒީ ޝަރީފް 13/10/2016 ލިންކުރޯޑަކީ އައްޑުގެ ވަށައިގެން ލެވިފައިވާ ތާރަ މަގެވެ. މަޝްހޫރުގޮތުންނަމަ ލިންކުރޯޑެވެ. އެމަގު ހެދުނުފަހުން ކިތަންމެ މަރެއްގެ އަސްލަކީ އެމަގު ކަމުގައިވަނީވެފައެވެ. އެހެނަސް އެއީ ރަށަށް އަރާ ބީރައްޓެހިންނާ އާންމުން ފިނިކުރަންށާ މަޖާ ކުރަން ރޭސްޖަހަން އޮންނަ މަގު ކަމުގައިވަނީ ވެނިމިފައެވެ. ވަކިހިސާބަކުންފެށިގެން އެމަގުންދާނަމަ ހެލްމެޓްއަޅަން ޖެހެއެވެ އެހެނަސް ބައެއްމީހުން މިކަންވެސް ކުރަނީސިފައިންނަށްދައްކާ ކަމެއްގެ ގޮތުގައިއެވެ. ސޭފްޓީއަކަށް ވިސްނާފައެއްނޫނެވެ. ގިނަފަހަރު މީހުން ނިޔާވަނީ އެކްސިޑެންޓުގައި ވެއްޓި ބޯފަޅައިގެންދިޔުމުގެ ސަބަބުންނެވެ. ހެލްމެޓް އެޅުމުން ބޮލަށްލިބޭ ގެއްލުން ކުޑަކަމަށް […]
ހިތް ފުރޭވަރު ވުމުން ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު އެތާހުރި ފިހިގަނޑު ފެނިފަ އަތައް ހެޔޮވަރުކޮށްލާފައި މިކްޔާ އާއި ދިމާއަށް އެނބުރުނެވެ. އަދި އަތުގައި ހުރި ބާރެއްލާފަ މިކްޔާގެ ފައިމަތީގައި ފިހިގަނޑުން ޖެހިއެވެ. އެވަގުތު މިކްޔާގެ އަނގައިން މަޑު އާހެއް ނިކުތެވެ. އަދި އެސްފިޔަތައް ފޫއްދުވާލައިފައި ކަރުނައިގެ ރޮނގެއް ފޭބިއެވެ. ” މީގެ ފަހުން މިގެއިން ނިކުމެވޭނީ އަހަރެންގެ ބުނީމަ އެކަނި…އަދި ބުނަން ތި ވަޒީފާ އަކަށްވެސް ދެން ނުދެވޭނެ…އަހަރެން މި ބުނިގޮތައް ކަންތައް ނުކޮށްފިއްޔާ ތި […]
ދެހިތުގެ ހިނގުންވެސް ވަނީ އަވަސް ވެފައެވެ. މިކްޔާގެ އަތްފައި ފިނިވަމުންދަނީ ޝަމާން އާއި އެހާ ކައިރީ ގައި ހުންނަން ޖެހުމުންނެވެ. އޭނާ ދެންމެ އެ ދެއްކި ވާހަކަ ތައް ޝަމާން އަށް އަޑު އިވުނުކަން އެނގުމުން ލަދުންގޮސް ލޯމަރާލިއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު ޝަމާން މަޑުމަޑުން މިކްޔާގެ އުނަގަނޑުން އަތް ނެގުމަށްފަހު ކޮނޑުގަ ހިފާފަ އޭނަ އާއި ވީ ފަރާތައް އަނބުރާލިއެވެ. އޭރުވެސް މިކްޔާ ހުރީ ލޯމަރާލައިގެންނެވެ. ޝަމާން އަށް މިކްޔާ ހުރި ގޮތުން ހިނި […]