Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 6

ShaiShy
October 14, 2016
8 Mins Read
74 Views
21 Comments

ހިތް ފުރޭވަރު ވުމުން ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު އެތާހުރި ފިހިގަނޑު ފެނިފަ އަތައް ހެޔޮވަރުކޮށްލާފައި މިކްޔާ އާއި ދިމާއަށް އެނބުރުނެވެ. އަދި އަތުގައި ހުރި ބާރެއްލާފަ މިކްޔާގެ ފައިމަތީގައި ފިހިގަނޑުން ޖެހިއެވެ. އެވަގުތު މިކްޔާގެ އަނގައިން މަޑު އާހެއް ނިކުތެވެ. އަދި އެސްފިޔަތައް ފޫއްދުވާލައިފައި ކަރުނައިގެ ރޮނގެއް ފޭބިއެވެ.
” މީގެ ފަހުން މިގެއިން ނިކުމެވޭނީ އަހަރެންގެ ބުނީމަ އެކަނި…އަދި ބުނަން ތި ވަޒީފާ އަކަށްވެސް ދެން ނުދެވޭނެ…އަހަރެން މި ބުނިގޮތައް ކަންތައް ނުކޮށްފިއްޔާ ތި ދެފައިން ނުހިނގޭވަރު ކޮށްލާނަން..އަޑުއިވިއްޖެތަ؟” ޝަކީލާ އޭނާގެ ފަހުބަސް އިއްވާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ މިކްޔާ އާއި ދިމާއަށް ފިހިގަނޑު ހޫރުވާލާފައެވެ.

ބޮލަށް އެނބުރުންއަރާފަ އޮތް މިކްޔާ އަށް އިވުނީ ޝަކީލާ ފަހުން ބުނި ޖުމްލަ އެކަންޏެވެ. އޭގެ ކުރިން ވާހަކަ ދެއްކިކަން އެނގުނަސް އޭނާ ދެއްކިވާހަކަތައް މާ ސާފުކޮށެއް ނީވެއެވެ. މިކްޔާ އަދިވެސް އޮތީ ވާނުވާ ނޭނގޭފަދަ ހާލަތެއްގައެވެ. އޭރު އޭނާގެ ބޮލާ ފައިގަ ރިއްސަމުންދަނީ ކެތް ނުކުރެވޭހާ ބޮޑަށެވެ.
“މިނޫން ދުވަހެއް އަހަންނަށް ފެންނާނެބާ؟..މިވަރުން ކިހިނެތް ދިރިއުޅޭނީ؟ ..ދޮންމަންމަ އަހަންނަށް އެހާ ނަފްރަތު ކުރަނީ ކީއްވެތަ؟ ދޮންދަރިއަކަށްވީ ނަމަވެސް މަންމަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެން.. ދެން ކީއްވެ؟..ގައިމު އަހަރެން މަންމަ ހިތްހަމަ ނުޖެހޭފަދަ ކަމެއް ނުކުރަން” ޝަކީލާ އެގޮތައް ކަންތައް ކުރީ ކީއްވެ ކަމެއް މިކްޔާ އަށް ނުވިސްނުނެވެ. އާންމުކޮށް އޭނާ އަނިޔާ ކުރާނީ ވަރަށް ރުޅިގަދަ ވުމުންނެވެ. ނަމަވެސް މިއަދު އެފަދަ ކަމެއް އަދި ނުވެއެވެ. މިކްޔާ އަދިވެސް ޓައިލްސް މަތީގައި އޮތީ ތެދުވާނެހިތްވަރެއް ނެތީމައެވެ.
ޝަކީލާ އަކީ މިކްޔާގެ އުމުރުން އެންމެ 7 އަހަރުގަ އޭނާގެ ދިރިއުޅުމަށް އެޅުނު ކަޅު ހިޔަންޏެކެވެ. އޭރު އުމުރުން ހަނގުވީމަ މަންމަ އާއި ބައްޕަ ވަކިވީ ކީއްވެ ކަމެއް ނޭނގެއެވެ. މަންމަ ނެތް ކަން މިކްޔާ އަށް އެނގުނީވެސް ގެއަށް އާ މަންމަ އެއް އައި ދުވަހުއެވެ. މިކްޔާ ކައިރީގަ އޭނަގެ ބައްޕަ އެދުވަހު ބުނެފައި ވަނީ އެމީހަކީ އޭނާގެ މަންމަ ކަމުގައި ބަލައިގެން އުޅުމަށެވެ. މިކްޔާ އޭނަގެ މަންމަ ދެކެ އިންތިހާ އަށް ލޯބިވީ ނަމަވެސް ބައްޕަގެ ނަސޭހަތް ޤަބޫލު ކުރީ ހިތާ ދެކޮޅަށެވެ. މިކްޔާ ގެ އުމުރުން 10 އަހަރުވީތަނާ އޭނާގެ ބައްޕަ އަށް ހާރޓް އެޓޭކެއް ޖެހި މިދުނިޔެ ދޫކުރުމުން ޝަކީލާ އޭނާގެ އަސްލު ކުލަވަރު ދައްކަން ފެށިއެވެ. މިކްޔާ އަށް އަނިޔާ ކޮށް ހަޅޭލެވުމަކީ އޭނާގެ އާދަ އަކަށް ވިއެވެ. އަދި ދުވަސްތައް މާޒީ ވަމުން މިހާރު މިކްޔާގެ އުމުރުން 17 އަހަރު ވީ އިރު ޝަކީލާގެ އަމަލުތައް ވަނީ ހައްދުފަހަނާ އަޅާ ގޮއްސައެވެ. ނަމަވެސް މިކްޔާ އުއްމީދު ކުރަނީ އޭނާގެ މަންމަ އަދި އަންނާނެ ކަމަށެވެ. އަދި މި ނަރަކައިން ސަލާމަތް ކުރާނެ ކަމަށެވެ. ވޭތުވެ ދިޔަ 10 އަހަރު އޭނާ ވަނީ އެތައް ކަމެއް ތަޖުރިބާކޮށްފައެވެ. ހިތާމަ އާއި ކަރުނަ އަކީ އޭނާގެ އެކުވެރިންނެވެ. މިކްޔާގެ ދިރިއުޅުމުގައި ލޯބި އެއީ ނެތް އެއްޗެކެވެ. ނަމަވެސް ފުރާވަރަށް އެޅުނު އިރު އޭނާގެ ހިތުގައިވެސް ތަފާތު ވިންދެއް ޖަހައިލިއެވެ. އެހިތުން ޖާގަ ދެވުނު ފަރާތައްވެސް ހިލަމެއް ނުވާނެހެން ސިއްރުވެރި ކަމާއެކު ލޯބިވަމުން އައީ އެ ލޯބި ބީވުމަށް ނޭދޭތީއެވެ. ނަމަވެސް ތަޤްދީރުގައިވާންހުރި ކަމެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. ޝަމާން އަށް އޭނާގެ ހިތުގެ ގޮވުމުގެ އަޑުއެއިވުނީ އެގޮތަށް އެކަންވާން އޮތުމުންނެވެ. މިކަމުންވެސް މިކްޔާ އަށް ލިބިދޭ ހިތްހަމަޖެހުމެއްނެތެވެ. މިކްޔާގެ ދިރިއުޅުމުގެ އެއްވެސް ހައްޤެއް އޭނާއަށް ލިބިފައި ނެތެވެ. ހުރިހާވެސް ނިންމުމެއް ނިންމަނީ ޝަކީލާއެވެ.
ވަމުންދާ ތަދުތަކަށް ކެތް ކުރަމުން މިކްޔާ ތެދުވެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އަދި މަޑުމަޑުން އެނދުގައި ހިފަހައްޓައިގެން ތެދުވެ އެނދުގައި ލެނގިލައިގެން ޓައިލްސްމަތީގައި އިނީ ކޮޅައް ތެދުވާނެ ވަރެއް ނެތުމުންނެވެ. ލައިގެން ހުރި ހަރުވާޅު ކުޑަކޮށް މައްޗަށް ހިއްލާލުމަށްފަހު ބަލާލީ ފައިގަ ރިއްސާވަރުންނެވެ. އޭރު ޝަކީލާ ފިހިގަނޑުންޖެހި ތަން ވަނީ ދުޅަވެފައެވެ.”އިޒް ދެޓް ބްލަޑް..” އެވަގުތު ޓައިލްސް މަތީގައި ހުރި ލޭކޮޅެއް ފެނުމުން ނިތް ކުރީގައި އަތްކާތާލިއެވެ. އޭރު ވެއްޓުނު އިރުގަ ޖެހުނު ގޮތުން ނިތްކުރި އާއި ތުންފަތް ވަނީ ދުޅަވެ ފަޅައިގެންގޮއްސައެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން އެނދުމަތީގައި އޮތް ބާލިސް ނެގިވަގުތު ތިރިއަށް ވެއްޓުނުފޮތް މިކްޔާގެ ލޮލުގައި އަޅައިގަތެވެ.
“މީކާކު ގެނައި ފޮތެއްތަ؟ އަނެއްކާ އަހަންނަށް ނިދިފަ އޮށްވަ މީހަކު ވަނީބާ…އެކަމަކު ބޭރު ދޮރުވެސް ހުންނާނީ ތަޅުލާފަ..ދެން ކިހިނެއް؟.އަނެއްކާ ޝަމާން….” ހިތައް އެރި އެއަޗެއްގެ ސަބަބުން މިކްޔާ ހިސާބަކަށް ޖެހިލުންވިނަމަވެސް އަވަސް އަވަހާ އެ ފޮތް ނެގިއެވެ. ދަނބު ކުލައިގައި އެ ކުޑަ ނޯޓް ފޮތުގެ ބޭރު ހުރީ ހަމަ އެކުލައިގެ ހިތްތަކެއް ކުރަހާފަ ޖަރީ ކޮށްފައެވެ. މިކްޔާ އަވަސް ހިތަކާއެކު އެފޮތް ހުޅުވާލިއެވެ. “މިޝާން” ވަރަށް ރީތި ޑިޒައިނަކަށް ލިޔެލާފަ އިން ނަން ފެނުމުން މިކްޔާ އަށް ހިނިތުން ވެވުނެވެ. އަދި އެނަމުގެ ތިރީގައި އާދައިގެ ގޮތަކަށް މިކްޔާގެ ނަމާ ޝަމާންގެ ނަން ލިޔެލާފަ އިނެވެ. އެވަގުތު އެއީ ޝަމާން ކުރިކަމެއްކަން ޔަޤީން ވުމުން މިކްޔާގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ދާދި ދެންމެއަކު ހިނގާދިޔަ ކަންތައް ހަނަދާންވުމުންނެވެ.

” ޝަމާން އަހަރެންވެސް ބޭނުން އުފާވެރި ދިރިއުޅުމެއް އުޅެން..ޝަމާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ހިތް ފުރެންދެން ރޯލަން..އެކަނި ވާހަކަ ދައްކާ އަހަރެން ވަރުބަލި ވެއްޖެ.. އަހަރެންގެ ހިތުގެ އަޑު އަހާނެ މީހަކު ބޭނުންވޭ..ލޯބިވާ އަޅާލާނެ މީހަކު އަހަރެންގެ ނަސީބުގައި ލެއްވި ވަގުތު އަހަރެންނަށް މިއަދު މަޖުބޫރުވެއްޖެ އެލޯބި ކަފުން ކުރަން.. “މިކްޔާ އެފޮތް އޭނާގެ މޭމަތީގައި ބާއްވައިގެން ލޯމަރާލުމާއެކު ޝަމާންގެ މޫނު ސިފަވެގެން ދިޔައެވެ. ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކެވެ. ކޮންމެ ދުވަހެއް ނިމގެންދަނީ އެއްބަޔަކަށް އުފާވެރިކަންގެނުވަމުން އަދި އަނެއް ބަޔަކަށް ހިތާމަ ދެމުންނެވެ. ނަމަވެސް މިކްޔާގެ ދިރިއުޅުމުގައި އުފާވެރިކަމުގެ އެއްވެސް ކުލައެއްނެތެވެ. ހިތާމައިގެ ސާލެއް ވަނީ އޭނާގެ ދިރިއުޅުމުގައި ލެވިފައެވެ.އެހެންނަމަވެސް މިކްޔާވަނީ ކެތްތެރިވުމަށް ދަސްކޮށްފައެވެ. އެތައް އިރަކު އެހެން އިނުމަށްފަހު ތެދުވެ ނަމާދުކޮށްލުމުން ހިތައް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ ދުޢާއަކީ މިނޫން ދުވަހެއް ދެއްކެވުމެވެ
.
ހެނދުނުގެ ވަގުތެވެ. ޝަމާން މިކްޔާގެ ފޯނަށް ގުޅީ ރޭގަ ނުސީދާ ގޮތަކަށް އޭނާ މިކްޔާ އަށް ލޯބި ހުށައަޅާފއި ވުމާއެކު މިކްޔާގެ ހިތް އޭނަ އާއިމެދު ދެކެނީ ކިހިނެއްތޯބަލާލުމަށެވެ. މިކްޔާ އޭނާ ދެކެ ލޯބިވާކަން އެނގުނަސް އޭނާގެ ލޯބި ގަބޫލު ކުރިކަން އެނގެން ބޭނުމެވެ. ޝަމާން ބޭނުން ވަނީ ކިޔަވައި ނިމިގެން އެންމެ ފުރަތަމަވެސް މިކްޔާ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމެވެ. ނަމަވެސް އަދި އެކަމަށް ވަރަށް ދުވަސް އެބައޮތެވެ. އެކަމަކުވެސް އޭނާ މިކްޔާ އަށް ފުރިހަމަ އިތުބާރު ކުރެއެވެ. މިހާ ދުވަހުވެސް މިކްޔާ އެހުރީ ހަމަ އޭނާގެ އިންތިޒާރުގައެވެ. އެހެންވީމަ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އިންތިޒާރު ކުރާނެ ކަމާމެދުގަ އޭނަ ޝައްކެއް ނުކުރެއެވެ.
“ހަލޯ މިކީ…ކީއްވެތަ އަހަންނާ ދުރުން ތިއުޅެނީ.. މިކް އަހަރެން ދެކެ ލޯބިވާނަމަ ތިގޮތައް އަހަރެން ދެރަ ނުކުރާނެ..އިނގޭނު މިކް ޓޯކް ނުކުރަންޏާ އަހަރެން ދެރަވާނެވަރު…” އެކޮޅުން ފޯނު ނެގުމާއެކު ޝަމާން ބުންޏެވެ. ނަމަވެސް މިކްޔާގެ އަޑެއް ނީވެއެވެ. ” މިކް ޕްލީސް ޓޯކް ޓް މީ..ވައި އާރ ޔޫ އިގްނޯރިންގް މީ..ޔޫ ނޯއައި އޯލްސޯ ލަވް ޔޫ ދެން ވައި އާރ ޔޫ ރަނިންގް އަވޭ” ޝަމާން ހުރީ މިކްޔާ ވާހަކަ ނުދެއްކުމުން އިންތިހާއަށް ދެރަވެފައެވެ. ހަޔާތުގަ ފުރަތަމަ ފަހަރަށް ލޯބިވެވުމުން އެ ލޯބި ހާސިލް ކުރުމަށް ނުހަނު ބޭނުންވެފައި ހުރެ މިކްޔާ ކައިރީގައި އާދޭސް ކުރަމުން ޝަމާން ވާހަކަ ދެއްކޭތޯ ބެލިއެވެ. ” ފައިން މިކް…އެމް ކަމިންގް ޓު ޔޯ ހައުސް..” މިހެން ބުނުމަށްފަހު ފޯނު ކަންފަތާ ދުރުކޮށްލުމާއެކު މިކްޔާގެ އަޑު އިވުނެވެ. ” ނޫން…ނާންނާތި…ޕްލީޒް..” މިކްޔާގެ އަޑު އިވުނީ ކެނޑި ކެނޑިގެންނެވެ. އެއަޑުން ހީވަނީ ރޯގާ ޖެހިފަ ހުރިހެންނެވެ.
” މިކް ރޯގާ ޖެހުނީތަ..އަޑު ހާދަ ތަފާތޭ” ޝަމާން ހުރީ މިކްޔާ ބަލިވީކަމަށްހީކޮށް އެކަމާ ކަންބޮޑުވެފައެވެ. ” އެމް ފައިން..އެކަމަކު އަހަރެން އެބައޮތް ޝަމާން ކައިރީގައި ވަރަށް ބޮޑު ކަމަކު އެދެންވެފަ..އެންމެ ފުރަތަމަ ޕްރޮމިސްވޭ އެކަން ކޮށްދޭނެކަމަށް..ޕްލީޒް..ޕްލީޒް..”
“އައި ޕޮރޮމިސް” މިކްޔާގެ ޖުމްލަ ނުނިމެނިސް ޝާމާން ޖަވާބުދިނީ ވިސްނާލުމެއް ނެތިއެވެ. އެވަގުތު އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވީ ކީއްވެކަމެއް ނޭނުގެނެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެޔޭ ހިތް ބުނާކަހަލައެވެ.
” އަހަރެން އެދެނީ ޝަމާން އަހަރެންނާ ދުރުވުމަށް.. މި ގުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ..އަހަރެންވެސް ޝަމާން ދެކެ ލޯބިވޭ..ވަރަށް ބޮޑަށް ލޯބިވޭ..މިހާރުއެއް ނޫން ލޯބި ވެވުނީވެސް ވަރަށް ކުރިންސުރެ ޝަމާންގެ ލޯބި މިހިތުގަ ވަނީ ފަވާލެވިފަ..” މިކްޔާ އަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަރުތެރެ ވަނީ ބެދިފައެވެ. ތުންފަތުގައި މަޑު ތުރުތުރެއް ވީ އިރުގަ ލޮލުގައި ވަނީ ކަރުނައެވެ.
ޝަމާން އަށް ހުރެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާގެ ލޯބި ބީވާ ކަމުގެ އިހްސާސް ކުރެވެމުން ދާއިރުގަ ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެއް ވަމުން ދިޔައެވެ. މީ އޭނާ އެއްވެސް ގޮތަކަށް އުއްމީދު ކުރި ކަމެއް ނޫނެވެ. މިކްޔާ އޭނާ ދެކެ އެހާ ލޯބިވާ އިރުގަ އޭނާގެ ލޯބީ ޤަބޫލު ނުކުރަންވީ ސަބަބެއް ޝަމާން އަކަށް ނުވިސްނުނެވެ. އޭނާގެ ސިކުނޑި ވަނީ އެކަމާ ވިސްނުމަށް ނުކުޅެދިފައެވެ.
ހަމަހިމޭންކަމުގެ ކުޑަވަގުތުކޮޅަކަށްފަހު އަނެއްކާވެސް މިކްޔާ ވާހަކަ ދެއްކިއެވެ.” ޝަމާން އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ މީގެފަހުން ދެން ނުގުޅާތި..އަދި މިގެއަށް އަހަރެން ހޯދަންވެސް ނާންނާތި..މީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް..ހީކުރަން މިކަންތައް ކޮށްދޭނެ ކަމަށް..ޝަމާންގެ ފަރާތުން އަހަރެން ނަށް ލިބުނު ކުޑަ ކުޑަ ހަދިޔާ އަށް ވަރަށް ބޮޑަށް ތޭންކްސް..އިޓް މީންސް އަލޮޓް ޓު މީ..އެން އައި ވިލް ކީޕް ދެޓް ފޯ އެވާ..” އިތުރަށް ވާހަކަ އެއް ދައްކާނެ ފުރުސަތެއް ނުދީ މިކްޔާ ފޯނު ކަނޑާލުމަށް ފަހު ފޯނު އޮފް ކޮށްލިއެވެ. އެވަގުތު އޭނާގެ ލޯ ފުރިގެން ބަންޑުންވީ ތާޒާ ކަރުނައެވެ. އަދި ފޯނު ގެނެސް ތުންފަތުގަ ޖައްސާލީ އެއީ އޭނާ އަށް ޝަމާންގެ އަޑު އިވޭނެ މީ އެންމެ ފަހު ފަހަރަށްވީމައެވެ.
މިކްޔާ ފޯނު ކަނޑާލިއިރުގަވެސް ޝަމާން އަށް އެހުރި ގޮތައް ހުރެވުނީ އެވެ. އަދި ކުއްލި އަކަށް ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު މިކްޔާގެ ނަމްބަރަށް ޑަޔަލް ކޮށްލިއެވެ. އެނަމްބަރަށް އެތައް ފަހަރަކު ގުޅުމުންވެސް އޮތީ ނިއްވާލާފައެވެ. މާޔޫސް ކަމާއެކު ޝަމާން އަށް އެނދުމަތީގައި އިށީދެވުނެވެ. އަދި މޫނު މަށްޗަށް ހިއްލާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއިން ގޮތައް އިނދެ ލޯމަރާލުމާއެކު ކަރުނައިގެ ހިމަ ރޮނގެއް ފޭބިއެވެ. ކިތައްމެ ހިތްވަރު ކުރަން މަސައްކަތް ކުރަމުން ދިޔަސް ޝަމާން އަށް އެކަން ނުކުރެވުނެވެ. ލޯބީގައި ނަކާމިޔާބުވުމުން އޭނާ މުޅިން މާޔޫސް ކޮށްލައިފިއެވެ. މީ ޢެނާ ކުރިން އުޅުނު ގޮތެއްވެސް ނޫނެވެ. ނަމަވެސް މިއަދު އަންހެން ކުއްޖަކަށްޓަކައި އޭނަގެ ލޮލުން ކަރުނަވެސް އަތުވެއްޖެ އެވެ. އަލަތު ލޯބީގެ ފޮނިމީރުކަން ނުލިބެނިސް ޝަމާން އެވަނީ އެލޯބިން މަހްރޫމް ވެފައެވެ. އޭނަ ޖެހޭނީ އެހިތި ހަޤީގަތް ޤަބޫލު ކުރާށެވެ.
2 ހަފްތާ ފަސް..
މިކްޔާ ވަކިވުމުން ޝަމާން އަށް ވަރަށް އަސަރު ކުރިއެވެ. އެތައް ގޮތަކުން މިކްޔާ އާއި ގުޅޭތޯ ކުރަމުން ދިޔަ މަސައްކަތް ވަނީ ބޭކާރުވެފައެވެ. އޮފީހުންވެސް މިކްޔާ ކެނޑުމުން ޝަމާން އަށް ހުރިހާ ދޮރެއް ބަންދުވިއެވެ. އެގޭ ކައިރިން ވެސް ދިމާވޭތޯ ވަރަށް ބެލިއެވެ. ޝަމާން ގެ މިބަދަލުތައް އޭނާގެ ކާފަ އާއި މާމަ އަށް ފާހަގަވެ އެކަމާ އެތައް ފަހަރަކު ސުވާލު ކުރުމުންވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. މިކްޔާވެސް މިހާރު އެގެއަށް ނާންނާތީވެ އެދެކުދިން ކޮންމެސް މައްސަލައެއް ޖެހުނީކަމަށް ނިންމާ އިތުރަކަށް އެދެމަފިރިން ސުވާލެއް ނުކުރެއެވެ.
ޝަމާން ފުރާދުވަސް ކައިރި ވުމާއެކު އޭނާ އެހުންނަނީ މިކްޔާ އާއި ބައްދަލުކޮށްލަން ނުހަނު ބޭނުންވެފައެވެ. މިކްޔާގެ ރަހުމަތްތެރި ނިޒްމާ އާއި ދިމާވޭތޯ ކުރި މަސައްކަތުން އެނގުނީ އޭނާ ވީ އޮފީސް ދަތުރެއްގައި ކަމެވެ. އެހެން ކަމުން އޭނާގެ ނަމްބަރު ހޯދައިގެން ގުޅިއެވެ. އަދި އެތައް ވާހަކަތަކެއް ދެއްކުމަށްފަހު މިކްޔާ ޝަމާން އާއި ބައްދަލު ކުރެވޭނެ ގޮތެއް ހަދާ ދިނުމަށް ނިޒްމާ އެއްބަސް ވިއެވެ. ރަށަށް އެނބުރި ދެވޭ ދުވަހުގަ އެކަން ކޮށްދޭނެ ކަމުގެ ޔަޤީން ކަން ނިޒްމާ ދިނެވެ.
މިއަދަކީ ޝަމާންގެ އިންތިޒާރުގެ ނިމުން އަންނަ ދުވަހެވެ. ނިޒްމާ ވަނީ މިރޭގެ ވަގުތެއްގައި މިކްޔާ އާއި ދެމީހުން ބައްދަލު ކޮށްދޭނެ ކަމަށް ވައުދުވެފައެވެ. އެހެން ކަމުން އޭނާ އެހުރީ ނުހަނު ލިތްހަމަ ޖެހިފައެވެ. އަދި ހިތުގައި އެތައް ކަމެއް ރާވަމުން ދިޔައެވެ. މިކްޔާ އާއި ދައްކާނެ ވާހަކަ ތަކާ ކުރާނެ ޝަކުވާ ތަކެވެ. އަދި އޭނާގެ ލޮތްބަށް އެދި އާދޭސް ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރަން ޝަމާން އޭހުރީ ތައްޔާރުވެގެންނެވެ.

ރޭގަނޑުގެ ވަގުތެވެ. ޝަކީލާ އިނީ ސިޓިން ރޫމް ސޯފާގައި ޓީވީ ބަލާށެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބޮޑު ތައްޓަކު ފުރާ ހެދިކާ އަޅާފައި ހުއްޓެވެ. އަދި އެތަނުން ބަޖިޔަލެއް ނަގައިން ކަމުން ދިޔައިރު ޓީވީ އާ ނަޒަރު ވަކިކޮށް ނުލައެވެ.
“އައްސަލާމް އަލައިކުމް” ނިޒްމާ އެގެއަށް ވަދެފަ ސަލާމް ގޮވާލިއެވެ.” ވަދެބަލަ..ދޮރު ތިހުރީ ހުޅުވާފައެއްނު..” ސަލާމުގެ ޖަވާބެއް ނެތި ރުންކުރުކަމާއެކު ޝަކީލާ ބުނެލިއެވެ. ޖެހިލުންވެ ހުރެވެސް ނިޒްމާ އެތެރެަށް ވަނެވެ. އަދި މިކްޔާގެ ކޮޓަރިއަށް ވަނެވެ. އޭރު މިކްޔާ އިނީ ފެންވަރައިގެން ނިކުމެ ރީތިވާށެވެ.
” ސާބަސް އިނގޭ..ފޯނު ނިވާލާފަ..އަންގާވެސް ނުލާ އޮފީހުން ކެނޑިގެން..މަށަށް މިކް އޮފީހުން ކެނޑުނުކަން އެނގެނީވެސް އެހެން މީހުންގެ ފަރާތުން..ތީދެން ކޮންކަހަލަގެ އެކުވެރިއެއް..؟ މިކަމުގެ އަދަބެއްގެ ގޮތުން މިރޭ މަށާ އެކީ ޖެހޭނީ ބޭރަށް ނިކުމެލަން..ދެން އަބަދު ގޭގަ ތިހެން އިންނާނީތަ؟ މީ އަޅެ ފޫހިވާ މީހެއްވެސް ނޫނޭ..” މިކްޔާ ފެނުމާއެކު ނިޒްމާ ޝަކުވާ ކުރަން ފެއްޓިއެވެ.
މިކްޔާ ހުރީ ހިނިތުން ވެލައިގެންނެވެ. ފާއިތުވި 2 ހަފްތާތެރޭ މިކްޔާގެ މޫނުމަތިން ފެނުނު ހަމަ އެކަނި ހިނިތުންވުމަކީ މީއެވެ ވޭތުވި ދުވަސް ތަކުގައި އޭނާގެ ކަމަކީ ރެއާ ދުވާލު ކަރުނަ އޮއްސުމެވެ. ޝަމާން މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޝަމާންގެ ހިޔާލުތަކުގަ އާވާރާ ވެފަ އިނދެވެނީ ދެން އިތުރަށް އެ ލޯބި ނުލިބޭނެކަން އިނގޭތީވެއެވެ. ޝަކީލާ އަށް މިކްޔާގެ މި ބަދަލުވި މިޒާޖުން ނުހަނު ހިތްހަމަޖެހުން ލިބުނެވެ.
” ދެން ހީނގަނެގެން ނީނދެ އަވަހަށް ތައްޔާރުވެބަލަ…އަވަސް ކުރޭ ނެތް ޓައިމެއް..” ނިޒްމާ މިހެން ބުނުމަށް ފަހު އެނދުމަތީގައި އިށީނެވެ. އޭނާ ފަރުވާތެރި ކަމާއެކު މިކްޔާގެ މޫނުމަތި ދިރާސާ ކުރަމުން ދިޔައެވެ. އޭނާފެނުމުން މިކްޔާ ހިނިތުންވީ ނަމަވެސް އެ މިލާފައިވާ މޫނުމަތިން ކަމަކާ ހިތާމަ ކުރާކަން އެނެގެއެވެ.
މިކްޔާވެސް އިނީ އެފަދަ ފުރުސަތަކަށް ނުހަނު ބޭނުންވެފައި ކަމުން އެކަމާ އެއްބަސް ވެލިއެވެ. ގޭގައި އިނދެ ކަންތަކާ ވިސްނާ ވިސްނާ އޭނާ ބޯ ގޮވާވަރުވެއްޖެއެވެ. ދުވަސް ކޮޅަކުން މޮޔަވެދާނެއެވެ. ނަމަވެސް ޝަކީލާ ހުއްދަ ދޭނެބާއޭ މިކްޔާގެ ހިތައް އަރަމުންދިޔައެވެ.
މިކްޔާ ހީކުރި ގޮތާ ހިލާފަށް ޝަކީލާގެ ރުހުން ލިބުމުންއެކަމާ ނުހަނު ހިތްހަމަޖެހުނެވެ. ގެއިން ނިކުމެ އެންމެ ފުރަތަމެސް ބަލާލީ ޝަމާންމެންގެ ގެއާ ދިމާއަށެވެ. މިމަންޒަރު ނިޒްމާއަށް ފެނުމުން ސުވާލު ކޮށްނުލައި ނުހުރެވުނެވެ. ” ކާކުތަ މާ ވަރަކަށް ތި ހޯދަނީ؟” ނިޒްމާގެ ސުވާލުން މިކްޔާ އަށް ހިސާބަކަށް ނުތަނަވަސްކަން ވެރިވިނަމަވެސް ހަމަޖެހިލަމުން ބުނެލީ މީހަކު ނުހޯދާ ކަމުގައެވެ.
ދެއެކުވެރިން ތަފާތު އެތައް ވާހަކަތަކެއް ދައްކަމުން ފުދޭވަރަކަށް ދުރައް ހިނގިއްޖެއެވެ. ” ހިނގާ މިތާ އިށީންނަން..” ދެފައި ވާޅުވެފައި ހުރުމުގެ ސަބަބުން މިކްޔާ ބޭނުންވީ އެތާހުރި ގާގަނޑެއްގައި އިށީނުމަށެވެ. އެވަގުތު ނިޒްމާ ފޯނުން ޝަމާން އަށް އެމީހުން ތިބިތަން މެސެޖް ކޮށްލުމަށްފަހު މިކްޔާ ކައިރީގައި އިށީނދެއްޖެއެވެ.

ކުޑައިރުކޮޅެއްފަހެވެ. މިކްޔާމެން އިށީނދެގެން ތިބި ގާގަޑާ ކައިރީގައި ހުރި ގެއަކުން ނިކުތް އާރިފް އާއި ބަކުރަށް މިކްޔާމެން ފެނުނެވެ. އާރިފް ގެ މޫނުމަތިން ވިހަހިނިތުންވުމެއް ފެނުނު އިރުގަ ބަކުރުގެ ކަޅި އަމާޒުވެފްއި ވަނީ ނިޒްމާގެ ހަށިގަނޑަށެވެ. ދެމީހުން ސިއްރު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް މިކްޔާމެންގެ ފަހަތުގައި ހުއްޓުނެވެ. އޭރުގަ މިކްޔާމެން ތިބީ އޮލަ ވާހަކައެއްގައެވެ. އިތުރަށް ބަލާކަށް ނުހުރެ އާރިފް މިކްޔާގެ ފަހަތުން އަނގަމަތީގައި އަތް އެޅިއެވެ. ހަމަ އެގޮތައް ބަކުރު އަތް އެޅީ ނިޒްމާގެ އަނގަމަތީގައި އެވެ.
މިކްޔާ އާއި ނިޒްމާ ގަދަ ހަދަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. އާރިފް އާއި ބަކުރު އެދެމީހުން ގަދަހަދަމުން ދަނިކޮށް ދަމާފަ ކަހަލަ ގޮތަކަށް އެ ގޭތެރަށް ވެއްދިއެވެ. އެވަގުތު މިކްޔާ އާއި ނިޒްމާގެ ލޮލުންވެސް ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ.
ގޭތެރެއަށް ވެއްދުމަށްފަހު ބަކުރު ނިޒްމާ ކޮށްޕާލީ އެތާހުރި ސޯފާ މައްޗަށެވެ. އަދި ނިޒްމާގެ ގައިމައްޗަށް ޖެހިގަނެގެން އިނދެ އޭނާލައިގެން ހުރި ޓޮޕްކޮޅުގެ މޭމަތިން ހިފާފަ ދެފަރާތައް އިރާލިއެވެ. “ނޫން..ނޫން..ތިހެން ނުހަދާ…މީހެކޭ ސަލާމަތްކުރޭ..” އޭރު ނިޒްމާ ކަރުބުޑުން ހަޅޭލަވަމުން ގެންދިޔައެވެ. ބަކުރު އަވަސް ހަރަކާތަކާއެކު ނިޒްމާގެ ހަށިގަނޑާ އަންނައުނުތައް ވަކިކޮށްލިއެވެ. އަދި އެ ޓޮޕްކޮޅުން އަނގަމަތީގައި އެއްސިއެވެ.
ކުރިމަތީގައި ނިއުޅެމުންދާ މަންޒަރު ފެނިފަ މިކްޔާ ހުރީ ބިރުން ހަލާކުވާވަރުވެފައެވެ. އަދި ލޯމަރާ ފިއްތާލީ މިއީ ބިރުވެރި ހުވަފެނަކަށް ވުމަށް އެދި އެވެ. އެއަށްފަހު މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލިއިރުގަ ފެނުނު މަންޒަރުން ދެލޯބޮޑުކޮށްލެވުނެވެ.
ބަކުރުގެ ހަށިގަނޑުގައިވެސް އަންނައުނެއް ނެތެވެ. ޖަނަވާރެއްފަދައިން ނިޒްމާގެ އިތްފަތްތެރިކަން ވެއްޔާމޮޑެމުން ދާއިރުގަ އެމޫނުމަތީގައި ވަނީ ޝައިތޯނީ ހިނިތުންވުމެކެވެ. އެ އިބިލީސް ނިޒްމާގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔައިރުގަ މިކްޔާ ހުރީ އެކުވެރިޔާއަށް ލިބެމުން އެދާ އަނިޔާ ތަކުން ސަލާމަތް ކުރަން ބޭނުން ވެފައެވެ. އެހެންނަމަވެސް އާރިފް އަދިވެސް އެހުރި ގޮތައްހުރީ މިކްޔާގެ އަނގަމަތީ އަތް އަޅައިގެންނެވެ. އޭރު މިކްޔާ އަށް ރޮވެމުން ދިޔަ ނަމަވެސް އަޑެއް ބޭރު ނުވެއެވެ.

ކުއްލިއަކަށް މިކްޔާ ތެޅިގަތެވެ. އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން އާރިފްގެ އަތުން މިކްޔާ ވީއްލިގެން ނިޒްމާ އާއި ދިމާއަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އާރިފް އެއްލި އަތުން މިކްޔާގެ ބުރުގަލުގައި ހިފުމާއެކު ބުރުގާ ބޮލާ ވަކިވިއެވެ. އާރިފް މިކްޔާގެ މެދުހަށީގައި ހިފާފާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަދި މިކްޔާގެ މޫނުގަޔާއި ކަނދުރާގައި ބޮސްދޭން ފެއްޓިއެވެ. އެވަގުތު އޭނާ އަށް މިކްޔާ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި އިން ޒިބް ފެނިފަ ތިރިއަށް ދަމާލުމާއެކު މިކްޔާގެ މޭމަތިން ބޮޑު ބައެއް ހާމަވިއެވެ. އާރިފް އޭނާގެ އަތުން މިކްޔާގެ މޭމަތީގައި އަތް ހިންގާލުމަށްފަހު ތުންފަތުގައި ބޮސްދިނީ ލޭރަހަލަ ވަރަށެވެ.

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ތި ލޯބި އެދިގެން.. ފަހުބައި

Next

ލިންކު ރޯޑު

Next
October 14, 2016

ލިންކު ރޯޑު

Previews
October 13, 2016

ތި ލޯބި އެދިގެން.. ފަހުބައި

21 Comments

  1. kayashandy says:
    October 14, 2016 at 12:54 am

    enjoy..n thank u all for ur support..

  2. huvaa mibuny says:
    October 14, 2016 at 12:59 am

    wow so nice and heat touching… you have talent.. masha allah.. I love this story alot.. gud luk…

    1. kayashandy says:
      October 14, 2016 at 1:13 am

      thank u so much..

  3. Inthizaaru says:
    October 14, 2016 at 1:30 am

    V rythi. Dhn kon dhuvahaku update kuranee?

    1. kayashandy says:
      October 14, 2016 at 6:10 pm

      thank you…insha allah i try to up ASAP…

  4. aika says:
    October 14, 2016 at 6:40 am

    V reethi. V kiyaa hithun mihury. Avahah up kohdhehchay

    1. kayashandy says:
      October 14, 2016 at 6:11 pm

      insha allah

  5. Shafy says:
    October 14, 2016 at 10:21 am

    Hey.. Plxx aneh part vx today up kodhy… Plxx. Plxxx. V vvvvvvvvvvvvv nice.. Keep it up.. ?????

    1. kayashandy says:
      October 14, 2016 at 6:12 pm

      tnkz alot..i ll try

  6. yaana says:
    October 14, 2016 at 11:24 am

    vvv reethi

    1. kayashandy says:
      October 14, 2016 at 6:12 pm

      thank you

  7. Kind says:
    October 14, 2016 at 11:34 am

    Asluves v reethi mi vaahaka

    1. kayashandy says:
      October 14, 2016 at 6:13 pm

      thnk u

  8. Zaee says:
    October 14, 2016 at 1:16 pm

    V nice Avahan up kohla dhey thi. Pls pls pls ???

    1. kayashandy says:
      October 14, 2016 at 6:14 pm

      thank u…i ll try to up ASAP

  9. ?‍?‍? says:
    October 14, 2016 at 1:19 pm

    vvvvvvvvvvv reethi

    1. kayashandy says:
      October 14, 2016 at 6:14 pm

      tnk you

  10. fasaanaa says:
    October 14, 2016 at 7:38 pm

    Rovijje:'(

  11. Samsam says:
    October 15, 2016 at 8:07 pm

    Haadha molhey..clap clap…kithah episode ge stry eh mee..I love dis stry alooot…

  12. Zee says:
    October 20, 2016 at 7:07 pm

    Alhey mio hurihaa dhuvahu mikiyenee nizaam eyyy.. Topkolhey otheema mi balanee, ekam vs hama nizaam eyy feununee. Writer ah olhigen type kurevunee kama balaafa kiyanikn mi fenunee nizmaa eyy.. Poor me… Pis pis pis

    1. tara says:
      November 8, 2016 at 4:37 am

      hahahaha hama hevenee mi comment kiyaafa 😀

Comments are closed.

All Right Reserved!