” ދައްތާ. ކޮންތާކަށް ތިދަނީ؟ އަނެއްކާ ކިހިނެއްވީ؟ ދައްތާ.” ޖަލީލުއަށް ކުއްލިއަކަށް ހޭލެވުނީ މިފަދަ އަޑުތަކެއްގެ ސަބަބުންނެވެ. ނިދިވެސް ފިލައިގެން ގޮސް އަވަސް އަވަހަށް އެނދުން ތެދުވެ ބޭރަށް ހިނގައިގަތެވެ. އޭރު ފޮއްޓަށް އެއްޗެހި އަޅައިގެން ގޭގެ ދޮރުމަތީގަިއ ހުރި ނިއުމާ ފެނިފަިއ ޖަލީލުއަށް ހައިރާން ކަމާއިިއެކު ބަލަން ހުރެވުނީއެވެ. ކަިއރީގަިއ މުފީދާ ކޮންތާކަށް ދަނީހޭ އަހަމުން ދިޔައިރު ލިޔާގަތު ފެންނަން ނެތުމުން ވަޑާން ގެޔަށް ދިޔައީކަން ޖަލީލުއަށް ޔަގީން ވެއްޖެއެވެ. ” ކާފަ. ބަލާބަލަ. ދައްތަ […]
ލިޔާގަތަށް އޭނާގެ ދޮންމަންމަ ނިއުމާ އާއި ދިމާލަށް ބަލައިލެވުނީ ހަމަ އެވަގުތުގައެވެ. މިހާރު ހަމައެކަނި މައްސަލައަކީ އެއީއެވެ. ކުއްލިއަކަށް ނިއުމާވެސް ހިނިތުންވެލައިފިއެވެ. އެންމެނަށްވެސް ގަބޫލްކުރަން ދަތި ވެގެން ދިޔައެވެ. ” މާފްކުރޭ މަންމަޔަށް ދަރިފުޅާ. މާފްކުރޭ. މަންމަޔަށް މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމަ ހީއްކުރީ ދޮންމަންމަޔަކު ދޮންދަރިއަކަސް ރަނގަޅުވުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް. އެކަމް މަންމަމެން އުމުރުގެ މީހުން އެމީހުންގެ މާމަ ދަރިން ގޮވައިގެން އުޅޭ އިރު ވަަރަށް […]
އަތުން ބޮޑު ދެ ކޮތަޅު ހިފައިގެން އައި ޒުލޭހާގެ މޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ އެއަންނަނީ މިޔަދު އޭނާގެ ދައްތަމެން މާލެއިން ފޮނުވި ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ. ހީކުރިވަރަށް ވުރެ ވެސް އެއެއްޗެހި ބަރުވުމުން އޭނާ އުޅުނީ އެއެއްޗެހި ނުހިފިގެންނެވެ. މާ ބޮޑަށް ބަރުވާން ފެށުމުން އޭނާ ކައިރީގައި ހުރި ގޭގެ ތިރިކޮށް ރާނާފައިވާ ވަށާފާރު މަތީގައި އެދެކޮތަޅު ބަހައްޓާލަމުން ހިންދެެމެލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލަމުން އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް އަތްކޮށްޕާލަމުން ބިލަތްގަނޑަކާ ދެތިން […]
މިއީ މިފަދަ ސައިޓެއްގައި އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. މިއީ ތަފާތު އެތަށް ރަހައެއް ލިބިގެންދާނެ ވާހަކައެކެވެ. މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އަދި ހިންދީ ފިލްމެއް އަސްލަކަށް ބަލައިގެން، އަމިއްލަ ޚިޔާލު ހިމަނައިގެން ލިޔެފައިވާ ތްރިލާ ވާހަކައެކެވެ. ފާޑުކިޔުމަކީ ކިޔުންތެރިންނަށް ލިބިފައިވާ ޙައްޤެކެވެ. ބިނާކުރަނިވި ކޮންމެ ފާޑު ކިޔުމަކަށް ހެޔޮހިތުން މަރުޙަބާ ކިޔާނަމެވެ. ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކޮށްލައްވާ!
އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ ކަޅުފޮއި ރެއެވެ. އަހަރެންގެ ވަށައިގެންވި އަނދިރިކަން އަހަރެންގެ އެކަނިވެރިކަމުގެ ފައިދާ ނެގުމަށް އެހެން ފަރާތަކަށް ހިތްވަރުދިން ރެއެވެ. ބާރަށް ރޮއިހަޅޭއް ލަވަމުން ސަލާމަތަށްއެދި ކުރި އާދެސް އަހާނޭ ފަރާތެއްނެތި އަހަރެން މުޅި ދުނިޔެއަށް ގިނަވި ރެއެވެ. މުޅިއުމުރުގައި އެރޭގައި އެލިބުނު ވޭނީ އަނިޔާގެ ހިތާމަ އުފުލަން ޖެހިދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އަހަރެންގެ ތަގުދީރެވެ. އިންތިޒާރު ކޮށްލައްވާ…. (މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް […]
" ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . . ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . . މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. " ނޫސްތައް ހުޅުވާލުމާއެކު ކޮންމެ ނޫހެއްގެފަލަސުރުހީން ވެސް ފެނިގެން ދިޔައީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި ހުރިނަމަވެސް […]
އިރުއަރައިގެންއައީ ވަރަށްވެސް ހިތްގައިމު ދުވަހެއްގެ ގޮތުގައިއެވެ. ނަމަވެސް މިއަދު ބިންވަޅުނަގަން އެ އުޅޭ މުސީބާތަކީ ކޮބައި ކަން އެކަކަށްވެސް ހަމަނޭންގެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަސައްކަތާއިގެން އެ އުޅެނީއެވެ. ދެން ވާނީ ކޮން ކަމެއްކަންވެސް ނޭނގި ތިއްބާ އެ ބިންދައިލީ ބޮޑެތި ބިޔަ ރާޅު ތަކެކެވެ. މުޅިރަށް ގެނބިގެން ދިޔަފަދައެވެ. މި ރާޅުތައް ރަށަށް ބިނަދައިލީ ހުރިހާ އެންމެންވެސް އެބައެއްގެ މަސައްކަތުގައި މަސްއޫލުވެގެން ތިއްބައެވެ. ހަލީނާއާއި އަރަޝްއަށް ތިބެވުނީ ވަރަށްވެސް ނުރައްކާތެރި ހިސާބެއްގައި އެވެ. ރަށުގެ ގޮނޑުދޮށުގައި […]
” އަަހަންނަށް އެނގެއްޖި މިހާރު ވީގޮތް. ލިޔާގަތުބެ ވީ ވަރަށް ގޯސް މީހަކަށް ދޯ. ބަލަ. މިހާރުވެސް އޭނަ އުޅޭ ގޮތް. އަބަދު ރާ ބޮއެބޮއެ ފައި ދައްތަޔަށް އަނިޔާ ކުރަނީ ވިއްޔަ. އަނެއްކާ ދައްތަގެ ތިޔޮއް ލުފްޝާން ދަރިފުޅެއް. ހަމަ ޑަބަލް ބައްޕަ އެއީ. އެކަމް ދެން ދައްތަ ފަޔަށް ކިހިނެއްވީ؟” ވާހަކަ އަޑު އަހަން އިނދެފައި ޔާޝާ އޭނާގެ ހިތުގަިއ އުފެދުނު ސުވާލު ކޮށްލިއެވެ. ” ނޫން. ތީ އަދި ކަންތައް ވީ ގޮތެއް […]
އިރުކޮޅެއް ފަހުން އަންޖޫދާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ދިއައެވެ. އޭރުވެސް އާޔާ ދިއައީ ޖޯލީގައި އިނދެ އަންޖޫދާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް ކުރާނެ ކަމަކާ މެދު ވިސްނަމުންނެވެ. ނަމަވެސް އަންޖޫދާ ގާތު އެއްވެސް އެއްޗެއް ކިޔަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ. އަންޖޫދާގެ ބޯހަރުކަމާ ގޮތް ދޫނުކުރުން އޭނާއަށް އޮޅިފަކާ ނެތެވެ. ކުއްލިއަކަށް އެ ހިތަށް ވެރިވި މޮޅު ހިޔާލެއްގެ ސަބަބުން އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ […]