“ކީއްވެތަ ތި ފޯނު ނިއްވާލީ؟” ޝަކީލާ އޭނަގެ ޒީލަގަދަ އަޑުން ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. މިކްޔާ ހުރީ މަންމަ ކުރި ސުވާލުން ހައިރާންވެ ދެލޯ ބޮޑުވެފައެވެ. “މަންމަ އަށް ކިހިނެއް އެނގުނީ އަޅުގަނޑު ފޯނު ނިއްވާލިކަން؟” މިކްޔާގެ ސުވާލުން ޝަކީލާ އަށް ކުރެވުނު ކަންތައް ރޭކާލުމާ އެކު މޫނު މައްޗަށް ހަމަ ޖެހުމުގެ ކުލަވަރު ގެންނަން މަސައްްކަތް ކުރި އެވެ. އޭރު މިކްޔާ ހުރީ އޭނާގެ މަންމަގެ މޫނު މަތިން ފެންނަމުންދާ ހާސް ކަމުގެ ސަބަބުން […]
ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުން މ.މަޑުއްވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާ ލޯންޗުގެ ފަސިންޖަރުންގެ ތެރޭގައި އަހަރެންވެސް އިނީމެވެ. ލޯންޗު ރަށާ ކައިރިވީވީހެން އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެހެން ނުވާނޭ ގޮތެއް ވެސް ނެތެވެ. ނުވައަހަރަށް ފަހު އަމިއްލަ ވަޒަނަށް އަނބުރާ އާދެވޭތީ އަހަރެންގެ ހިތް ދިޔައީ އުފަލުން ފޮޅެމުންނެވެ. ރަށަށް އާދެވުމާއެކު މަންމައާއި އާއިލާޔާ އެތަށް ދުވަހަކަށް ފަހު ބައްދަލުވުމުން އަހަރެންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ގުރޭޑު10 ރަށުން ނިންމުމަށް […]
“ކީއްވެތަ ރާހުލް؟ ކީއްވެތަ ރާހުލްއަށް އަންޖޫދާ ކަމުދިޔައީ؟ އަހަރެން ހުއްޓާ އަންޖޫދާގެ ފަރާތުންތަ ރާހުލް އުފާ ހޯދަނީ؟ އަހަރެންވެސް ރާހުލް ދެކެ ވަރަށް ލޯބިވެޔޭ…. ރާހުލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން ރާހުލް ބޭނުންވި… އަންޖޫދާ ގޮތަށް ލޫޅާފަތި ނުވިޔަސް އަހަރެންވެސް ހަމަ ރާހުލްއަށް ލޯބި ދެވޭނެއޭ…” ރާހުލް ގެ ތަނަވަސް މޭމަތީގައި ބޮސްދެމުން ޒުލޭހާ ވާހަކަ ދައްކަމުން ދިޔައިރު ރާހުލްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. ރާހުލް ލައިގެން ހުރި ޓީޝާޓުގެ އަޑިން އަތް ގެންދަމުން […]
ގޭތެރަށް ވަދެގެން އައި ހައްވަ އަށް މިކްޔާ ހުރިގޮތް ފެނިފަ ހިނިތުން ވެވުނެވެ. މިކްޔާ އަކީ ޝަމާންގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެންމެ އެކަށޭނެ ކުއްޖާ އެވެ. މިކްޔާގެ އެހުންނަ މަޑުމއިތިރި ކަމާހިތްތިރިކަމުގެ ސަބަބުން ހައްވަ އޭނަދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. މިކްޔާ ކައިރިއަށް ޖެހިލަމުން ހައްވަ ކަރުކެހިލި އެވެ. މިއަޑަށް ސިއްސައިގެން ގޮސް މިކްޔާ އަށް ތެޅިގަނެވުނެވެ. އަދިކުރިމަތީގައި ހުރި ހައްވަ ފެނިފަ ލަދުން އިސްޖަހާލެވުނީ އޭނާ އަށް ހުރެވުނު ގޮތް ހިތައް އެރުމުންނެވެ. […]
ޝަމާންގެ ހިތުގައި ވަނީ ބޮޑުހައިޖާނެއް އުފެދިފައެވެ.ރަހުމަތްތެރިންތަކަކާ ކުރެވުނު ބެޓެއްގެ ސަބަބުން އޭނަ މިހާރު ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެެއެވެ. ނޭނގުމެއްގެ ތެރޭގައި އޭނާ އަށް ވަނީ މިކްޔާގެ ރީތިކަމަށް ހިތް ލެނބިފައެވެ. މިކްޔާ ދެކެ އިންތިހާއަށް ލޯބި ވެވިފައިވީނަމަވެސް އެކަން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. އޭނާ އަށް މިކްޔާ އެންމެ ފުރަތަމަ ފެނުނީވެސް 2މަސް ދުވަސް ކުރިންނެވެ. އެދުވަހަކީ އޭނާ މާލޭގައި ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީ އަށް ރަށަށް އައި ދުވަހެވެ. ******** […]
ހަދާނެ ގޮތެއް ވިސްނަން އާޔާ އެނދުމަތީގައި އިނީ ދެފައި ވައް ކޮށްލައިގެންނެވެ. އަންޖޫދާއާ ރާހުލް ދުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ގޮވާލުމާއެކު އާޔާ ގެއިން ނިކުމެގެން މިސްރާބު ޖެހީ ޒުލޭހާމެން ގެއާ ދިމާއަށެވެ. އެގެއާ އަރާ ހަމަވުމާއެކު އޭނާ އެގެއަށް ވަނީ މަގުގެ ދެފަރާތުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. ދޮރުމައްޗަށް އަރައި ގޭތެރެއަށް ނަޒަރު ހިންގާލިއިރު ސިޓިންގރޫމް ސޯފާގައި ދެފައި ދަމައިގެން އޮތް ޒުލޭހާ ފެނުމުން […]
” މީހުންތައް ކުއްޖަކު ވެއްޓެއްޖޯއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. މީހުންތައް ހަޅޭއްލަވަން ފެށުމުން ޖަލީލުއަށް ވީތެއް ނޭނގި މޫދާއި ދިމާލަށް ނަގިލި އެއްލައިލެވުނު ވަގުތަކީ މުއާވިޔަތަށް ފަތައިގަނެފައި ނަގިލި ހޫރައިލި ދިމާލަށް ދެވުނު ވަގުތެވެ. ކުއްލިއަކަށް ބަންލާފައި އެނަގިލި ވެއްޓުނީ މުއާވިޔަތުގެ ބޮލަށްށެވެ. މަންޒަރު ބަލަން ތިބި އެންމެންނަށް ލޯ މަރައިލެވުނީއެވެ. ޖަލީލުއަށް މާޒީގެ ދޮރުން ނިކުމެވުނީ ހަމަ ކުއްލިއަކަށްށެވެ. އޭރު ދެލޯ މަރައި ބާރުކޮށްގެން ހުރިއިރު ގަނެފައި ހުރި ބިރު އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއް […]
ގަޑިން ބާރަ ޖެހި އިރުވެސް އަންޖޫދާއަކަށް ނުނިދުނެވެ. ރާހުލް އޭނާއަށް ނަފުރަތުކުރާކަން އެނގި ހުރެ ވެސް އަންޖޫދާ އިރުއިރުކޮޅާ ރާހުލްގެ ފޯނަށް ގުޅާލައެވެ. އިތުރަށް ކެތް ނުވުމުން އޭނާ ކޮޓަރިން ނިކުތީ ރާހުލްގެ ގާތަށް ދިއުމަށެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނިކުތުމާއެކު އެރުނީ އާމިނާގެ ކުރިމައްޗަށެވެ. އާމިނާގެ ދެބުމަ ގޮށް ޖެހިފައިވާއިރު އޭނާ އާ ދިމާއަށް ބަލަން ހުރި ގޮތުން އެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. “ކޮންތާކަށް؟” ޝައްކުން ފުރިފައި ހުރެ އާމިނާ އަހާލިއެވެ. އަންޖޫދާ […]
އެއްދުވަހަކު ލިޔާގަތުއާއި މުފީދާ ކުރުނބާ އަޅަން ދިއުމާއިއެކު ޖަލީލު ބޭރު ޖޯލިފަތީގައި އޮއްވައި މީހަކު އައިސް ސަލާމް ގޮވާލަމުން އިއްވަމުން ދިޔައެވެ. ” ޖަލީލުއަށް އައިސްފަ އޮތް ސިޓީއެއް.” ޖަލީލު ތެޅި ތެޅި އޮތް ހިތަކާއިއެކު އެމިހާ ދިން ސިޓީ ގަިއ ހިފައިލިއެވެ. ހަމަ ސިޓީގަިއ ހިފައިލުމާއިއެކު އެމީހާ ގެއިން ނިކުމެގެން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ޖަލީލު މަޑުމަޑުން ސިޓީ އުރަ ކަނޑައިލިއެވެ. ތެދެކެވެ. ސިޓީ އެޑްރެސް ކުރެވިފަިއ ވަނީ އޭނާއަށްށެވެ. ދެން ޖަލީލު […]