Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 5

ShaiShy
October 12, 2016
6 Mins Read
70 Views
6 Comments

ދެހިތުގެ ހިނގުންވެސް ވަނީ އަވަސް ވެފައެވެ. މިކްޔާގެ އަތްފައި ފިނިވަމުންދަނީ ޝަމާން އާއި އެހާ ކައިރީ ގައި ހުންނަން ޖެހުމުންނެވެ. އޭނާ ދެންމެ އެ ދެއްކި ވާހަކަ ތައް ޝަމާން އަށް އަޑު އިވުނުކަން އެނގުމުން ލަދުންގޮސް ލޯމަރާލިއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު ޝަމާން މަޑުމަޑުން މިކްޔާގެ އުނަގަނޑުން އަތް ނެގުމަށްފަހު ކޮނޑުގަ ހިފާފަ އޭނަ އާއި ވީ ފަރާތައް އަނބުރާލިއެވެ. އޭރުވެސް މިކްޔާ ހުރީ ލޯމަރާލައިގެންނެވެ. ޝަމާން އަށް މިކްޔާ ހުރި ގޮތުން ހިނި އަންނަގޮތްވިއެވެ. އެވަގުތު ޢޭނާގެ ނަޒަރު ހުރީ މިކްޔާގެ އެތުނި ތުންފަތަށެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އެތުންފަތުގަ ބޮސް ދިނީ ހިތް އޭގެ މަގާމުން ދޫވެދާނެހެން ހީވާވަރަށް އެހިތުގެ ތެޅުން އަވަސް ވެލުމުންނެވެ. ޝަމާން ކުރިކަމުން ހައިރާންވެ މިކްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ހަމަ އެސިކުންތުގަ އަނެއްކާވެސް ލޯ މަރާލެވުނީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.

އެގޮތުގައި މިނެއްޓެއް ހޭދަވީރު ދެމީހުން ތިބީ ނޭވާ ހުސްވާ ހިސާބުގައެވެ. ކުއްލިއަކަށް ދެމީހުން ދުރައް ޖެހިލުމަށްފަހު ނޭވާ ހަމަ އަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. މިކްޔާ ގޮސް ދޮރު ހުޅުވާލީ ޝަމާން ކުރިމަތީގައި ހުރުރުމުން އިތުރަށް ލަދު ގަތުންނޫން ކަމެއް ނުވާނެތީވެ އެތަނުން ނިކުމެގެން ދިއުމަށެވެ. މިކްޔާ އެގޮތަށްނިކުމެގެން ދިއުމުން ޝަމާން ހީކުރީ ހިތްހަމަ ނުޖެހުނީ ކަމަށެވެ. ޝަމާން ހުރީ އޭނާ އަށް ކުރެވުނު ކަންތަކަށް މާފަށް އެދެން ބޭނުން ވެފައެވެ. އެނދުމަތީގައި އޮށޯވެލުމަށްފަހު ލޯ މަރާލުމާ އެކީ ދެންމެ ހިނގި ކަންތައް ސިފަވުމާއެކު ބޭއިޚްތިޔާރުގައި ޝަމާން އަށް ހިނިތުން ވެލެވުނެއެވެ. މިކްޔާގެ އެހުންނަ މަޑުމައިތިރި ކަމާ ލަދުވެތި ކަމުން ޝަމާންގެ ހިތުން ޚާއްސް މަޤާމެއް ދެވިއްޖެއެވެ.”އޯހް މިކް!..ޔޫ އާރ ޑްރައިވިން މީ ކްރޭޒީ..ސޫން ޔޫ ވިލްބީ މައި ގާލްފްރެންޑް..އެން އައި ނޯ ޔޫ އޯލްސޯ ލަވްމީ ސޯ އިޓް ވިލްބީ އަ ޔެސް ފްރޮމް ޔޫ” އެވަގުތު އޭނާ ނިންމީ މިކްޔާ އަށް ލޯބި ހުށަ އެޅުމަށެވެ. ނަމަވެސް ހިތާމަ އަކީ މިކްޔާ އާއި އަނެއްކާވެސް ދުރައްދާން ޖެހިފައި ވުމެވެ. މިހާރު ފުރަން ޖެހިފައިވާ ދުވަސް ވަނީ އަވަސް ވެފައެވެ. ކިޔަވަން ފުރުމުގެ ކުރިން ނިންމަންޖެހޭ މުހިއްމު ބައެއް ކަންކަން ނިންމުމަށްޓަކާ މަސް ދުވަސް ފަހުން މާލެ ދާން ޖެހެއެވެ. އެހެން ކަމުން ބާކީ އޮތީ 3 ހަފްތާއެވެ. ކިތައްމެ ދާން ބޭނުން ނުވިޔަސް ޝަމާން ޖެހޭނީ ދާށެވެ.

މިކްޔާ ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމައްޗައް އެރުމަށްފަހު ތުންފަތުގައި އަތް ޖައްސާލިއެވެ. ޝަމާން އާ އެކު ހޭދަކުރެވުނު އެ މަދު ވަގުތު ކޮޅުން ޢެނާގެ ހިތުގައި ފޮނި ރާގެއް ކުޅެޥެމުން ދިޔައެވެ. އެފަދަ ގޮތަކަށް ފިރިހެން ކުއްޖަކާ ކައިރިވި މީ ފުރަތަމަ ފަހަރު ކަމުން މިކްޔާގެ ހިތްވަނީ އަވަސްވެފައެވެ. “ޝަމާން ވެސް ލޯބިވާތީ އެގޮތަށް ކަންތައް ކުރާނީ..އެހެންނޫންނަމަ ކީއްކުރަން އެގޮތަށް އުޅެންވީ….އެކަމަކު ޝަމާންގެ ދުލުން އެންމެ ފަހަރަކުވެސް ލައިކްވެޔޭ ނުބުނޭ..އަދި އެފަދަ ގޮތަކަށް އަމަލެއްވެސް ކޮށްފައި ނެތް…ދެން މިއަދު ކުއްލި އަކަށް ކީއްވެބާ އެހާ ބޮޑު ބަދަލެއް އައީ…ހިތައް އަރާ އަޅެ ވަރަށް ރޮމޭންޓިކް ގޮތަކަށް ޕްރޮޕޯސް ކުރާނެ ނަމައޭ..” ޝަމާން ގެ އެމަލުން އޭނާ މިކްޔާ ދެކެ ލޯބިވާ ކަމަށް ހިތް ބުނަން ފެށިއެވެ.
ހަވީރުގެ ވަގުތެވެ. މިކްޔާ މިއަދު ނިޒްމާ އާއި ބައްދަލު ކުރާނަމޭ ބުނެފަ އޮތުމުން ފޯނު ހޯދާލީ ނިޒްމާ ކައިރީގައި އެގެއަށް އަންނަން ބުނުމަށެވެ. ޝަކީލާ ވެސް އަންނާނީ މިރޭކަމުން އެގޭގައި ދެ އެކުވެރިންނަށް ހިތްހަމަ ޖެހިގެން ވަގުތުކޮޅެއް ހޭދަކޮށް ކޮށްލެވޭނެތީއެވެ. ނިވިފައި ފޯނު ފެނުމާ އެކު މިކްޔާގެ ހަނދާނަށް އައީ އޭރުގަ ފޯނު އޮފް ކުރިގޮތައް އޮން ނުކުރެވޭ ކަމެވެ. ޝަމާންވެސް ގުޅާނެ ކަން އެނގުމުން އަވަހާ ފޯނު އޮން ކޮށްލި އިރުގަ ޝަމާން ގެ މިސްޑް ކޯލް އެލާރޓް ތަކެއް ލިބުނެވެ. އަދި މިއަދު ފޮނުވާފައިން މެސެޖެއް އިނުމުން އެބަލާލިއެވެ.”ސޮރީ މިކް…ދެޓް ވޯސް އަ މިސްޓޭކް.. އާރ ޔޫ އެންގްރީ ވިތް މީ..؟ މިކްޔާ އެމެސެޖަށް ރިޕްލައި ކޮށްލުމަށްފަހު ނިޒްމާގެ ނަމްބަރަށް ޑަޔަލް ކޮށްލިއެވެ. ” ހޭ ނިޒް މިއަދު ހަވީރު އާދެބަ މިގެއަށް…މަންމަ ވެސް ނެތް…” އެކޮޅުން ފޯނު ނެގުމާއެކު މިކްޔާ އެދުނީ އެގެޔަށް އައުމަށެވެ. “މިކް…އައި ކާންޓް…ވަރަށް ބިޒީ ކޮށް މިއުޅެނީ…ވިލް ސީ ޔޫ އޮން ސަންޑޭ..” ނިޒްމާ ފޯނުކަނޑާލުމުން މިކްޔާ އެނދުމަތީގައި އޮށޯތީ ފޫހިވާވަރުންނެވެ.

ސިޓިންރޫމްގަ ޓީވީ ބަލަން އިން ޝަމާން ފޯނަށް މެސެޖެއް އައުމުން ބަލާލިއިރު މިކްޔާގެ މެސެޖަކަށް ވުމުން އަވަސްވެފައިވާ ހިތަކާއެކު ބަލާލި އެވެ. “ނޯ ދެޓް ވޮޒްންޓް..” ހަމަ އެކަނި އެހެން ލިޔެލާފަ ހެޕީ ފޭސް ކޮޅަކާ އެކު އިން މެސެޖު ފެނިފަ ޝަމާން އަށް ހިނިތުން ވެވުނެވެ. އަދި މިކްޔާ ރުޅިނާންނަކަން އެނގުމުން އެކަމާ ނުހަނު ހިތްހަމަ ޖެހުނެވެ. ހަޔާތުގަ ފުރަތަމަ ފަހަރަށް ލޯބިވާ އަންހެއް ކުއްޖަކު ލިބުމުން ޝަމާން ޝުކުރު ކުރިއެވެ. މާލޭގައި ކިޔަވަން އުޅުނު އިރުގަ ތަފާތު އެތައް ކުދިންނެތް ލޯބި ހުށަ އެޅުމުންވެސް އެކުދިންނަށް ބީރު ކަންފަތެއް ދިނީ އެއިން ކޮންމެ މީހަކީ ސިފަ އަށް ނުވަތަ މުއްސަނދި ކަމަށް ބަލާފަ ޝަމާން އާއި ގުޅެން ބޭނުންވާ ކުދިންނަށް ވީތީއެވެ. އެމީހުންނަށް ހީކުރެވިފައި އޮތީ ބޮޑުދައިތަ އާއި ބޮޑުބެ އަކީ ޝަމާންގެ މައިންބަފައިން ކަމަށެވެ.

ބޮޑުދައިތަގެ ކައިވެންޏަށް 10 އަހަރު ވީއިރުވެސް ދަރިޔަކު ނުލިބެއެވެ. އެތައް ޑޮކްޓަރުންގެ މަސައްކަތުންވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބޮޑުބެއަކީ ޑޮކްޓަރަކަށް ވެފައި އޭނާ ދަންނަ އެތައް މީހަކު ކައިރިއަށް ދިއުމުންވެސް ލިބުނީ ހަމަ އެއް ޖަވާބެކެވެ. މައްސަލަ އުޅެނީ ބޮޑުދައިތަގެއެވެ. ކުދިން ލިބުމުން މަހުރޫމް ވުމުން ބޮޑުދައިތަ ވަރަށް ހިތާމަ ކުރިއެވެ. އެހެން ނަމަވެސް ޝަމާން އެގެއަށް ދިޔަ ދުވަހުން ފެށިގެން އެއްވެސް ކަމެއް އުނި ނުކޮށް ޝަމާންގެ ކަންތައް ކޮށްދެނީ މަޔަކު ދަރިއަކަށް ކޮށްދޭހާ ފުރިހަމަ އަށެވެ. ބޮޑުބެވެސް ހަމަ އެހާ ރަނގަޅެވެ. ޑޮކްޓަރެއްގެ އިތުރަށް ބޮޑުބެއަކީ 2 ރިޒޯޓެއްވެސް ހިންގަމުންދާ ފަރާތެކެވެ. ބޮޑުބެ ބޭނުންނަމަ ދެވަނަ ކައިވެންޏެއް ކުރުމަށް ބޮޑުދައިތަ އެދުނު ނަމަވެސް ބޮޑުދައިތަ ދެކެ ވާ ލޮއެއްބެއްގެ ސަބަބުން އިތުރު ކައިވެންޏެއް ނުކުރަނީ ބޮޑުދައިތަ އަށް އެކަމުން އެއްވެސް ހިތާމައެއް ލިބުނަ ނުދިނުމަށްޓަކައެވެ. ޝަމާން ދެކެނީ އެ ދެމަފިރިން ނަކީ އޭނާގެ ދެވަނަ މައިންބަފައިންގެ ގޮތުގައެވެ. އެހާވެސް އެދެމީހުންދެކެ އޭނާ ލޯބިވެއެވެ.

ރޭގަނޑުގެ ވަގުތެވެ. މިކްޔާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދޭތީވެ ޝަމާން ނިންމީ އެގެއަށް ދިޔުމަށެވެ. ނަމަވެސް ބޭރު ދޮރު ހުރީ ތަޅުލާފަ ކަމުން މާޔޫސް ކަމާ އެކު އެނބުރި ގެއަށް ވަންނަން އުޅެނިކޮށް ފޯނު ރިންގް ވިއެވެ. އެވަގުތު ގުޅަނީ އާރިފް ކަން އެނގުމުން ފޫހިވެފަ ހުރެ ފޯނު ނަގާ ކަންފަތުގަ ޖައްސާލިއެވެ. ” ހޭ އާދެބަ އެއްކަލަ ގެއަށް…ކޮފީއެއް ޖަހާލަން…މަށާ ބަކޭ އާއި މިތިބީ އެގޭގަ…” އާރިފް އެދުނީ އެމީހުން އާންމުކޮށް ބައްދަލު ކުރާގެއަށް އައުމަށެވެ. ” މަ މިގަޑީގަ ކުޑަކޮށް ބިޒީ…ގޭގަ ކުޑަ ކަމެއްގައި އުޅޭތީވެ..” ޝަމާން ބަހަނާއެއް ދައްކާލުމަށްފަހު ފޯނު ކަނޑާލީ މިކްޔާ އާއި ބައްދަލު ކޮށްލަން ބޭނުންވެފައި ހުރުމުން ނެވެ. އާރިފް މެންނާއެކު ހިނގައްޖެ ނަމަ އަވަހަކާ ސަލާމަތެއް ނުވާނެ ކަން އެނގުމުން ނުދާން ނިންމީ އެވެ. އެހެން ނޫނަސް އޭނާ މިހާރު ވީހާވެސް ގިނަ ވަގުތެއް ހޭދަ ކުރަން ބޭނުން ވަނީ މިކްޔާގެ މޫނު ފެންނަ ހިސާބުގައެވެ.
އެގެއާ މާދުރުނޫން ހިސާބެއްގައި ހުރި އާރިފް އަށް މިކްޔާމެންގޭ ދޮރުމަތީގައި ހުރި ޝަމާން ރީތިކޮށް ފެނުނެވެ. “އަހަރެން ބަލާނަން ޝަމާން އަށްވެސް މިކްޔާ ސަލާމަތް ކުރެވޭތޯ.. މިކްޔާ އަހަރެންގެ ލޯބި ޤަބޫލު ނުކޮށް އެހެން މީހަކާއެކު އުފަލުގަ އެއް ނޫޅެވޭނެ…ކުރިން އަހަރެން މިކްޔާ ދެކެ ކިތައްމެ ލޯބިވިޔަސް މިހާރު އަހަރެން ބޭނުން ވަނީ މިކްޔާ ހުރިހާ އުފަލަކުން މަހުރޫމް ކުރަން…އަހަރެންގެ މަންމަގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ މިކްޔާ…އެދުވަސް އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ….އަދި އެ ޝަކީލާ އަށްވެސް ރަނގަޅު ފިލާވަޅެއް ދޭނަން…އޭނަގެ ނުބައިކަމުން ހުރިހާ ކަމެއްވީ…އެކަމުގެ ބަދަލު އެދެމީހުންގެ ކިބައިން ހިފުމުން ނޫނީ އަހަރެންނަށް ހިތް ހަމަ ޖެހުމެއް ނުލިބޭނެ…އަދި ކުޑަ ދުވަސްކޮޅުގަ މިކްޔާ އަށް ހަމަޖެހިގެން އުޅެވުނަސް ދެން އޮތީ އަހަރެންގެ ޕްލޭން ކުރިއަށް ގެންދިއުން…ދުވަހަކުވެސް ހިތުން ނައްތާނުލެވޭ ވަރުގެ ލަނޑެއް ދޭނަން..” އާރިފް މޫނު މަތިން ފެންނަމުން ދަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އޭނާ އަކީ ކިހާވަރެއްގެ މީހެއްކަން މިފަހަރު އެ ޝަކީލާ އަށް އަންގަން ބޭނުންވެއެވެ. ޝަމާން ރަށަށް އައުމުން އޭނަ އާއި ގުޅުން ބަދަހި ކުރުމުގެ ބޭނުމަކީވެސް އޭނަގެ ޕްލޭންގެ ބައެކެވެ. އޭނާއަށް މާ ކުރިންވެސް މިކްޔާ ޝަމާން ދެކެ ލޯބިވަކަން އެނގެއެވެ. އެހެންކަމުން ޝަމާން ގެ އެހީތެރިކަމުގައި އޭނާ ބޭނުންވީ މިކްޔާގެ ހިތް ހަލާކު ކޮށްލުމަށެވެ. ނަމަވެސް އޭނާގެ ޕްލޭން ފޮލޮޕްވީ ޝަމާންގެ ޚިޔާލު ބަދަލުވުމުންނެވެ. އެކަމާ ކިތައްމެ ރުޅިގަދަވިޔަސް ކެތްކޮށްލައިގެން އެ ހުންނަނީ އޭނާގެ ކުޅިގަނޑުގެ އެއްވެސް ހަބަރެއް އިތުރު ފަރާތަކަށް އިނގެން ބޭނުން ނުވާތީއެވެ. އާރިފް މަޑު ހިނގުމެއްގައި ކުރިއަށް ހިނގައިގަންނަމުންވެސް އެނބުރި ބަލާލި އިރުގަ ޝަމާން އެހުރި ގޮތަށް ހުރީ ފޯނު ކަންފަތު ޖަހައިގެންނެވެ. ހީވާގޮތުން ކޮންމެސް މީހަކަށް ގުޅޭތޯ ބަލަނީ އެވެ.

ގަޑިން 8.30 ވަނީ އެވެ. ކާމެޒުކައިރީގައ އިން ޝަމާން އިނީ އަދިވެސް މިކްޔާ އާއި ގުޅެތޯ ބަލަން ށެވެ. ފޯން ޑަޔަލްކޮށްލުމަށްފަހު މޭޒުމަތީ ބާއްވާއިގެން އެއަށް އިރުކޮޅަކާ ބަލާލަނީ ކެތްމަދުވެ އިނދެއެވެ. ޝަމާން ގެ ހަރަކާތް ތަކަށް ބަލަން އޭނަގެ މާމަ އާއި ކާފަ ތިބީ ހިނިތުންވެފައެވެ. މިހާރު ޝަމާން އެމީހަކަށް ނުގުޅިގެން އުޅޭތާ ވަރަށް އިރުވެއްޖެކަން އެދެމީހުންނަށްވެސް އިނގެއެވެ. ހައްވަ ހިތް ބުނަމުން ދިޔައީ އެމީހަކު ވާނީ މިކްޔާ ކަމުގައި ކަމެވެ. އެހެން ނޫނީ ޝަމާން އެވަރަށް ގުޅާނެ މީހަކު ނުހުންނާނެއެވެ. މި ވޭތުވި ދުވަސް ތަކުގައި އޭނާ އަށް ވަނީ އެ ދެކުދިންގެ ފަރާތުން އެތަކެއް ބަދަލުތަކެއް ފެނިގެން ގޮއްސަ އެވެ. އެބަދަލުތަކަކީ ހައްވަ ނުހަނު ހިތް ހަމަ ޖެހޭ ކަމެކެވެ. މިކްޔާ އާއި ޝަމާން ގުޅުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. ޝަކީލާގެ ސަބަބުން މިކްޔާ އަށް ލިބޭ އަނިޔާ ތަކާ އެކަމުގެ ސަބަބުން އޭނާ ކުރާ ހިތާމައަކީ ހައްވަ އަށް ވަންހަނާ ވެފައިވާ ކަންތައްތަކެއް ނޫނެވެ. އެކަންތަކުން މިކްޔާ ސަލާމަތްވާނީ ޒަވާޖީ ހަޔާތެއް ފެށުން ކަމަށް ހައްވަ ދެކެއެވެ. މިކްޔާގެ ހުންނަ މިޒާޖުގެ ސަބަބުން އޭނާ ދުވަހަކުވެސް ޝަކީލާގެ ނުބައި ވާހަކަ އެއްވެސް މީހެއްކައިރީގައި ނުދައްކައެވެ. ނަމަވެސް އަވައްޓެރި ގިނަ މީހުންނަށް ޝަކީލާގެ ގޮތްގަނޑު އިނގެއެވެ. އޭނާގެ އެހުންނަ ރުންކުރު ބޮޑާ ގޮތްގަނޑުގެ ސަބަބުން އެހިސާބުގަނޑު ގިނަ މީހުންނާ ވާހަކަދައްކައެއް ނޫޅެއެވެ.

” ދަރިފުޅާ ކާފަ މިދަނީ ނިދަން އޮންނަން…މަހަށްދާން ހޭލަންވެސް ޖެހޭނެ… ތި ކުއްޖަކު ފޯނު ނުނަގަނީތަ…ވަރަށް ގިނައިން ގުޅިއްޖެދޯ…ކާފަ ހިތައް އަރަނީ ކޮންކުއްޖެއްބާ އޭ ދަރިފުޅަށް މާ ޚާއްސަވެގެން ތިއުޅެނީ…ދެން ދަރިފުޅުވެސް މާ ލަސް ނުކޮށް ނިދާތި” ކައި ނިމިގެން ހަސަނު އޭނާގެ ކާފަ ދަރިއަށް ބަލާލަމުން އެހެން ބުނެލުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. އެވަގުތު ޝަމާން ހަމަ އެކަނި ހިނިތުން ވެލުމަށްފަހު އަނެއްކާވެސް މިކްޔާގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ކާފަ އާއި މާމަ ނިދުމުން ޝަމާން ވަރަށް ސިއްރުން ނިކުމެ އެގޭ ފަރުމަތިން މިކްޔާމެންގޭ ތެރެއަށް ފުންމާލިއެވެ. އަދި އެހާމެ ސިއްރުވެރިކޮށް އެގޭތެރަށް ވަދެއްޖެއެވެ. ޝަމާންގެ ހިތް އާދަޔާ ހިލާފަށް ތެޅެމުންދަނީ ބިރުން ހުރިވަރުންނެވެ. އެވަގުތު އޭނާ ވިސްނަމުން ދިޔައީ އެތާހުރި 2 ކޮޓަރި ތެރޭން މިކްޔާގެ ކޮޓަރި އަކީ ކޮބާތޯކަމާ މެދުގައެވެ. ޖެހިލުންވެ ހުރެ ފުރަތަމަ ކޮޓަރި ދޮރުގަ ހިފިއިރު ހުރީ ތަޅުލާފަ ކަމުން ދެން ޖެހިގެން ހުރި ކޮޓަރީ ދޮރުގެ ތަޅުގަ ހިފި އިރުގަ އެކޮޓަރި ހުރީ ހުޅުވާފައެވެ. ވަރަށް މަޑުމަޑުން ދޮރު ހުޅުވާލިއިރުގަ އެނދުމަތީ ނިދިފަ އޮތް މިކްޔާ ފެނުމުން އެތެރެއަށްވަދެ އަވަސް އަވަހާ ދޮރުލައްޕާލިއެވެ.
އެކޮޓަރި އަކީ ކިތައްމެ ކުޑަ ކޮޓަރިއަކަށް ވީ ނަމަވެސް ވަރަށް ހިތްގައިމެވެ. ކޮޓަރި މެދެއްހާ ހިސާބުގައި ކުޑަ ސިންގަލް ބެޑެއް ބަހައްޓާފައި ހުރި އިރުގަ އެތާ ކައިރީ ދަމާވަތްގަނޑެއް ލާފަހުރި ކުޑަ ސައިޑް ޓޭބަލް އެއް ހުއްޓެވެ. އަދި އެއާ ގުޅޭ އަލަމާރިއެއްވެސް ހުއްޓެވެ. އަލަމާރި ބަހައްޓާފައި ހުރީ ބޭރާވީ ފަރާތުގަ ހުރި ކުޑަދޮރުތައް ކައިރީގައިއެވެ. މިކަމުގެ ސަބަބުން ކޮޓަރި ތެރޭން ފެންނަން ހުރީ އެންމެ ކުޑަ ދޮރެކެވެ. ޝަމާން އަށް އެވަގުތު ނަޒަރު ހިންގާލެވުނީ މައުސޫމް ގޮތަކަށް ނިދާފައޮތް މިކްޔާ އަށެވެ. މި އަންހެން ކުއްޖާ އޭނާގެ ހިތާ ކުޅެލީ އޭނާ އަށްވެސް ސިއްރުން ނެވެ. މި ހަނދެއްފަދަ ކުއްޖާ އޭނާގެ ދިރި އުޅުމަށް ބަހާރު މޫސުން ގެނުވައިފި އެވެ.
ޝަމާން އެނދުކައިރިއަށް ޖެހިލުމަށްފަހު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ކުޑަ ކުޑަ ފޮތެއް ނެގިއެވެ. އެއީ އޭނާ މިކްޔާ އަށް ހަދިޔާ އަކަށް ގަތް ފޮތެކެވެ. ކިތައްމެ ކުޑަ ފޮތަކަސް ވަރަށް ރީތިފޮތެކެވެ. އެފޮތް ނެގުމަށް ފަހު މިކްޔާ ކައިރީގައި އޮތް ބާލިސް ދަށުގައި ބޭއްވިއެވެ. އަދި މިކްޔާގެ މޫނަށް ބަލާލުމަށްފަހު ވަރަށް ލޯބިން ބޮލުގަ ފިރުމާލާފަ ކޮޓަރިން ނިކުމެގެން ދިޔައީ އެހާމެ ސިއްރުންނެވެ. ހަލުވިކަމާއެކު ގޭތެރެއިން ނިކުމެ އެގޭ ފާރުމަތިން ޝަމާން މެންގެ ގެއަށް ފުންމާލީ އިތުރުމީހަކަށް ފެނިދާނެތީއެވެ.

ހަމަ އެވަގުތު ގޭތެރެއަށް ވަތް ޝަކީލާ އަށް އެގޭ ފާރުމަތިން ފުންމާލި ޝަމާން ފެނިފަ ދެލޯ ބޮޑުވެގެން ދިޔައެވެ. “އެވަރަށް ފިރިހެނުންނާ އަވަ ނުލާށޭ ބުނީމަވެސް އަނެއްކާ ކުޅިގަނޑެއް ފެއްޓީއޭދޯ…މި ކުއްޖާގަނޑު މިރޭ މަގޭ އަތުން ރީތި ބޮނޑިއެއް ބޯނެ..” ހަރު ފިޔަވަޅު ތަކެއްގަ އެތެރެއަށް ވަދެގެން ދިޔަ ޝަކީލާގެ ރުޅިވެރި މޫނު ފެނިފަ މީހުން ބިރުން ފިއްކަނޑައިގެން ދާހާ ވާނެއެވެ. އަދި އެދިޔަ ގޮތަށް ގޮސް މިކްޔާ ކޮޓަރިއަށް ވަދެ ބުރުގަލުގަ ދަމާފަ ޓައިލްސް މައްޗަށް ވައްޓާލިއެވެ. ކުއްލިއަކަށް ބޮލަށް ތަދެއް އެރުމުން މިކްޔާ އަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް އަނެއްކާވެސް ލޯ މަރާލެވުނީ ބޮލަށް އެނބުރުން އަރާފައި ހުރުމުންނެވެ. އެވަގުތު މޫނުމަތިން ތެތްފިނި ކަމެއްވެސް އިހުސާސް ކުރެވުނެވެ. ” ކަލޭ ތިއުޅެނީ ކިހިނެއް ވެގެންތަ…ކިތައް ފަހަރު ބުނާނީ ފިރިހެނުންނާ ވާހަކަ ނުދައްކާށޭ..ކަލޭ އިންނާނެ މީހުން ހޯދާ ވަރެއް ނުވެޔޭ…އެވަރުވީމަ މަށަށް އިނގޭނީ އިންނާނެ މީހުން…ހަމަ އަމާ އުޅޭގޮތައް އުޅޭ ސުންޕާގަނޑެއްތީ…ކަލޭގެ ބަފާވެސް މަރުވެގެން ދިޔައިރު މަށަށް ޖެއްސި ބޮޑު ބަލާއެއްތީ…މަގޭ ހިތައް އަރާ ކަލޭގެ އަމާ ދިޔަ ތާކަށް ކަލޭ ނުގެން ދިޔައީ ކީއްވެބާއޭ..އެކަމަކު ދެން ޖެހޭނީ އަހަރެން 10 އަހަރު ވަންދެން ކުރި މަސައްކަތުގެ އަގު ދޭން…އެ އަގު އަހަރެން ހޯދާނަން..އެކަމަށްޓަކައި ކަލޭގެ ފުރާނަ ޤުރުބާން ކުރަން ޖެހުނަސް ހެޔޮ…” ޝަކީލާ ހުރީ ދުނިޔެއިން މޮޔަވެފަ ހުރި މީހަކު ފަދައިން އޭނާގެ ބޮޑު ދެލޯ ވަށްކޮށްލައިގެންނެވެ. ރުޅިގަދަ ވެފައި ހުރިވަރުން ހަށިގަނޑުގައި މަޑު ތުރު ތުރުލުމެއްވެސް ހުއްޓެވެ. މިކްޔާ އާއި ދިމާއަށް ކަރުބުޑުން ހަޅޭލަވަމުން ދިޔައިރުގަ އޭނާ ހުރީ ހަމައެއްގައެއް ނޫނެވެ. ހިތް ފުރޭވަރު ވުމުން ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު އެތާހުރި ފިހިގަނޑު ފެނިފަ އަތައް ހެޔޮވަރުކޮށްލާފައި މިކްޔާ އާއި ދިމާއަށް އެނބުރުނެވެ.

32
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ތި ލޯބި އެދިގެން… 10

Next

މިހިތަށް ލޯބިދޭށޭ… 1

Next
October 12, 2016

މިހިތަށް ލޯބިދޭށޭ… 1

Previews
October 12, 2016

ތި ލޯބި އެދިގެން… 10

6 Comments

  1. shara says:
    October 12, 2016 at 9:40 pm

    nice……………………

    1. kayashandy says:
      October 12, 2016 at 9:50 pm

      tnkx…..

  2. yaana says:
    October 12, 2016 at 10:04 pm

    vvv reethi

  3. khajja says:
    October 13, 2016 at 1:03 am

    V rythi mi stry avahah up kolladhybala pls pls pls

  4. ?? says:
    October 13, 2016 at 9:54 pm

    vvvvv reethi vaahakaeh mee kobaatha mi Vaahakaige 6 vanabai

  5. frnd says:
    October 15, 2016 at 8:55 am

    Kaafa midhany nidhan ohnan..asl eyga ragalhu gothakii nidhan oshonnan dhw..aneh hen vaahaka vrh salhi…kiyamun dhiya iruga kusheh inyma bunela dhiny..hope u dnt mind it…

Comments are closed.

All Right Reserved!