” އެއީ.. އެއީ.. އަހްްްހްހް.. އަހަންނަށް އައިޝާ ކަމުދާތީ..” އެތައް ހިތްވަރަކާ އެކު ހުޝާމަށް ބުނެވުނެެވެ. ހުޝާމް ގެ ޖުމްލައާއިއެކު އައިޝާ ކައިރިއަށް އައިސްފައިވާ ރުޅިއިތުރުވިއެވެ. ދަތްތަކަށް ބާރުކޮށްލަމުން އައިޝާ އެތަނުން ހިނގައިގަތީ ބުނަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީއެވެ. ނަމަވެސް އަނެއްކާވެސް ފަހަތުންގޮސް ހުޝާމް އައިޝާގެ އަތުގައި ހިފިއެވެ. މިފަހަރު އައިޝާއަށް އަތް ފޮޅުވާލަން ފުރުސަތު ނުދީ އަތުގައި ހިފައިގެން ހިނގައިގަތީ ސުކޫލުން ބޭރަށް ދިއުމަށެވެ. ޓީޗަރަކަށް ފެނިދާނެތީވެސް ހުޝާމް ބިރުނުގަންނަ ކަހަލައެވެ. އެއާ ހިލާފަށް އައިޝާ ދެކޮޅު ބަލަމުން އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ދިޔައީ މީހަކަށް ފެނިދާނެތީއެވެ. ހުޝާމް އައިޝާގެ އަތުން ދޫކޮށްލީ ސުކޫލުން ބޭރަށް ނިކުތުމަށްފަހުގައެވެ. އޭރު އައިޝާ ރުޅިގަނޑު މައިތިރި ކުރެވޭތޯ ބަލަމުން ދިޔައެވެ.
” އަހަންނަށް އެނގޭ އައިޝާއަށް އަހަރެން ކަމުނުދާކަން.. ބަޓް އެޓްލީސްޓް އަހަންނަށް ޗާންސެއް ދެވިދާނެއްނު” ހުޝާމްގެ މިޖުމްލައާއި އެކު އައިޝާ ހުޝާމް ކަންފަތްފިލާމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. މަގުމަތިންދާ ބަޔަކަށް ފަރުވާލެއް ނެތިއެވެ.
” ހަބަރުދާރު އަހަރެން ކައިރީގައި ތިކަހަލަ ވާހަކަ ދައްކައިގެން ނުވާނެ.. އެބަ އެނގޭތަ ތިކިޔޭ އެއްޗެއް.. ކައިވެނީ ކުރިން އެގޮތަށް ރައްޓެހިވެގެން އުޅުމަކީ ދީނީ ގޮތުން ބަލާއިރު ކިހާވަރެއްގެ ކަމެއްކަން އެނގޭތަ.. ކަލޭ މިވީހާއިރު ގަދަކަމުން އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ.. ” އެއް އަތުން އަނެއްއަތާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އައިޝާ ބުންޏެވެ. ހުޝާމް ފެންކަޅިވެފައި އައިޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
” އެއީ މުޅިންވެސް ހަރާމް ކަންތައް.. އިސްލާމްދީނާ ބެހޭ ގޮތުން އެވަރު ނޭނގޭ މީހަކާ އަހަރެން ވާހަކަ ދައްކާކަށްވެސް ބޭނުމެއްނޫން.. މީގެ ފަހުން ހުޝާމް ތީ އަހަރެން ނުދަންނަ މީހެއް.. ” މިހެން ބުނަމުން އައިޝާ ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓި އަދި އެއްފަހަރު ހުޝާމްއާ ދިމާއަށް ބަލާލިއެވެ.
” އަހަރެންގެ ފަހަތުން ނާންނާތި.. ދެން އަހަންނަށް އުނދަގުކޮށްފިއްޔާ ޕްރިންސިޕަލް ކައިރީ ކޮމްޕްލޭން ކުރާނަން” މިހެން ބުނުމަށްފަހު އައިޝާ އަވަހަށް ސުކޫލަށް ވަދެގެން ދިޔައެވެ.
ކުށްވެރިއެއް ފަދައިން އައިޝާ ދިޔަ ދިމާއަށް ހުޝާމް ބަލަހައްޓައިގެން ހުރީ ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވޭތީއެވެ. ކޯތާފަތް ހުރަސްކޮށް ފޭބި ކަރުނަތައް ފޮހެލަމުން ހުޝާމް ސުކޫލަށް ވަންނަން ހިނގައިގަތީ އާ އަޒުމެއް ހިތުގައި ކަނޑައަޅައިގެންނެވެ.
އެނދުމަތީގައި އިށީނދެލައިގެން އިން އައިޝާ ވިސްނަމުން ދިޔައީ މިއަދު ހިނގާދިޔަ ކަންތަކާމެދުގައެވެ. އައިޝާއަށް ކަންތައް ކުރެވުނީ މުޅިއަކުން ރަނގަޅަށް ނޫންކަން ވިސްނުނީ އައިސްފައިވާ ރުޅި މައިތިރި ވުމުންނެވެ. އަމިއްލަ އަތަށް ބަލާލެވުނީ ހުޝާމް ކޯމަތީގައި ޖެހި ހަނދާން ވުމުންނެވެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އައިޝާ ދުވަހަކުވެސް ހިތަށްވެސް ނާރާ ކަމެކެވެ. ނަމަވެސް އައި ރުޅީގައި މިއަދު އައިޝާއަތުން އެގޯސްވެސް ހެދިއްޖެއެވެ. އާލްއިމްރާން ސޫރަތުގެ 134 ވަނަ އާޔަތުގެ މާނަ ހިތަށް އެރުމާއެކު އައިޝާއަށް ދެލޯ މަރާލެވުނެވެ. އެހެނީ އެއާޔަތުގެ މާނައިގާ ވަނީ ރުޅި މަތަކޮށް ހިފަހައްޓާ މީހުންގެ ވާހަކައެވެ. އަދި މީސްތަކުންނަށް މާފުކުރާމީހުންގެ ވާހަކަ އާއި އިހްސާންތެރިވާ މީހުންދެކެ މާތްﷲ ލޯބިވެވޮޑިގެންވާ ވާހަކައެެވެ. ހުޝާމްއާއި ދޭތެރޭ ކަންތައްކުރެވުނު ގޮތުން އައިޝާ ވަރަށް ދެރަވިއެވެ. އެންމެންގެ ތެރޭގައި ލަދު ގަންނަވާލެވުނީތީ އެކަމާ ހުޝާމްގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ. ރުޅިނައިސް ރީތިކޮށް ވާހަކަ ދެއްކުމުން ހުޝާމްއަށް ވިސްނޭނެއެވެ. އެކަމަކު ދެން އައިޝާ ހުޝާމްއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ. ހުޝާމް މިހާރު އައިޝާދެކެ ވަރަށް ރުޅި އަންނާނެ ކަންނޭނގެއެވެ. އެރޭގެ ގިނަ ވަގުތުތައް އައިޝާއަށް ހޭދަކުރެވުނީ ހުޝާމްކައިރިން މާފަށް އެދޭނެ ގޮތަކާ ދޭތެރޭ ވިސްނުމުގައެވެ. އަނެއް ދުވަހު ހޭލެވުނު އިރު ހުރީވެސް ބޮލަށް ބަރުވެފައެެވެ. އަވަހަށް ނަމާދުކޮށްލައިގެން އީޝަލްއަށް ސައި ހެދުމަށްފަހު ސުކޫލަށް ދެވުނީވެސް ގަޑިޖެހުނު ފަހުންނެވެ.
ކުލާހަށް ވަންގޮތަށް އެންމެ ފުރަތަމަވެސް އައިޝާއަށް ބަލާލެވުނީ ހުޝާމްއަށެވެ. ނަމަވެސް ހުޝާމް އައިޝާއަށް ބަލާވެސް ނުލަން ހުވާކޮށްގެން އިންކަހަލައެވެ. މިއަދުވެސް ކްލާހުގަ ދައްކާ ވާހަކައަކަށް އައިޝާއަށް ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެެވެ. އިރުއިރުކޮޅާ ހުޝާމްއާއި ދިމާއަށް ބަލާލެވެނީ ބޭއިހްތިޔާރުގައެވެެ. އިންޓަވަލް ގަޑީގައިވެސް ހުޝާމްއާއި ވާހަކަ ދައްކާކަށް އައިޝާއަށް ނުކެރުނެވެ. އެންމެ ފަހުން ސެޝަން ނިމުނުގަޑީގައި ހުޝާމް ދަބަސް އަޅުވައިގެން ހިނގައިގަތް ވަގުތު އައިޝާ ހިތްވަރުކޮށްފައި ހުޝާމްއަށް ގޮވާލިއެވެ. އައިޝާގެ އަޑު އިވުމުން ހުޝާމްއަށް މަޑުނުކޮށް ނުކެރުނެެވެ. ހިތް ބާރަށް ތެޅިގަތް ނަމަވެސް ފަހަތް ބަލާނުލީ ހިތުގައި އަޒުމެއް ކަނޑައެޅިފައި އޮތީމައެވެ. އެހެން ކުދިންގެ ނަޒަރު އައިޝައާއި އަމާޒުވަމުން ދާތީ އައިޝާހުރީ ކުޑަކޮށް ލަދުގެންފައެވެ. ނަމަވެސް ހިތްވަރުކޮށްފައި ކުރިއަށް ޖެހިލާ ހުޝާމް އާއި ވާހަކަ ދައްކަންފެށިއެވެ.
” ހުޝާމް އަހަރެން،..” އައިޝާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
” އަހަރެންގެ ހިތުގަ އައިޝާއާއި ދޭތެރޭގައި އެއްވެސް ރުޅިވެރިކަމެއް ނެތް.. އަހަންނަށް އެނގޭ އަހަންނާ ދޭތެރޭގަ އެގޮތަށް ކަންތައްކުރެވުނީމަ އައިޝާ ތިއުޅެނީ އެކަމާ ދެރަވެގެންކަން.. އަދި އަހަންނަށް އެނގޭ އައިޝާ އިއްޔަގަ އެގޮތަށް ކަންތައްކުރީ އަހަރެންގެވެސް ކުށުންކަން… އެކަމަށް އަހަރެން އައިޝާ ކައިރީ މާފަށް އެދެން..” ހުޝާމްގެ ވާހަކައިން އައިޝާގެ ހިތުގައި ޖެހުނެވެ. ހުޝާމް ކަހަލަ ރަނގަޅު ކުއްޖަކާ ދޭތެރޭގައި އައިޝާއަށް ކަންތައް މިކުރެވުނީ ވަރަށް ގޯސްކޮށެވެެ.
” އަހަންނަށް މާފުކުރޭ ހުޝާމް” އައިޝާއަށް ބުނެވުނެވެ.
” އައިޝާ ތީ ވަރަށް ރަނގަޅު ކުއްޖެއް… ތިކަހަލަ ކުއްޖެއް ލިބޭނީ ނަސީބުވެރިޔަކަށް.. އެ ނަސީބުވެރިޔާއަށް ވުމަށް އަހަރެންގެ ހިތުގަ އަޒުމް ކަނޑައަޅައިފިން.. ” ހުޝާމްގެ ޖުމްލައާއިއެކު އައިޝާއަށް އިސްއުފުލާ ބަލާލެވުނެވެ.
” މީގެ ފަހުން އަހަރެންގެ ފަރާތުން އައިޝާއަށް އެއްވެސް އުނދަގުލެއް ނުވާނެ.. އިންޝާﷲ އަހަރެން އައިޝާ ހިތްއެދޭ ކަހަލަ ދީންވެރި ހެޔޮލަފާ މީހަކަށް ވާނަން.. އެކަމަކު އެއީ އަހަރެން އައިޝާއަށްޓަކާ ކުރާ ކަމެއް ނޫން.. އަހަރެންގެ ހެއްދެވި ފަރާތުގެ ރުހުން ހޯދަން ބޭނުންވެގެން.. އެފަރާތުގެ ރުހުން ހޯދައިގެން މެނުވީ އަހަރެންގެ ހަޔާތަށް ހެޔޮލަފާ ބައިވެރިއަކު ލިބޭކަށް ނެތް.. ” ހުޝާމް މިހެން ބުނުމަށް ފަހު ކުލާހުން ނިކުމެގެން ދިޔައިރުވެސް އައިޝާއަށް ހުރިތާ ހުއްޓިގެން ހުރެވުނީއެވެ.
“އެދުވަހަށް ފަހު އަހަންނަށް ފެންނަންފެށީ މުޅިން އެހެން ހުޝާމެއް.. ކޮންމެހެން ދައްކަން ޖެހިގެން ނޫނީ އަންހެން ކުއްޖަކާ ވާހަކަ ދައްކާތަނެއްވެސް ނުފެނޭ.. އަހަރެންގެ ހިތުންވެސް ހުޝާމް އަށް ޖާގައެއްދެވުނީ ނުވެސް އެނގި.. ” އެއަށް ފަހު އައިޝާ އީޝަލްއަށް ހުޝާމް ބޭރަށް ފުރައިގެން ދިޔަދުވަހު ކަންތައްވީގޮތް ކިޔައިދިނެވެ.
“ދޮން.. ދެން ކީއްވެތަ ހުޝާމް އެހެން މީހަކާ މެރީ ކުރަން އެއުޅެނީ.. ހުޝާމްއަށްވެސް މިހާރު އެނގޭނެއްނު ދޮން މެރީ ކުރަންވެގެން އުޅޭ މީހާ ދޮންއާ ދޭތެރޭގައި ކަންތައް ކުރި ގޮތް” އީޝަލް ބުނެލިއެވެ.
” ނޭނގެ ދޯ.. ވެދާނެއްނު ހުޝާމްއަށް އަހަންނަށް ވުރެ ރަނގަޅު ކުއްޖަކު ލިބުނީ ކަމަށްވެސް..” އައިޝާ ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. އީޝަލްވެސް އައިޝާ ގައިގާ ބައްދާލަމުން މާޔޫސްނުވުމަށް ބުންޏެވެ.
…………………….
ހުޝާމްއާއި ލޫޝާގެ ކައިވެނީގެ ރަންކިޔުމުގެ ހަފްލާ އޮތީ ހުޝާމް ގެ ގޭގައެވެ. ހުޝާމްގެ އެދުމާއެކު އެހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާމީހުން އެކަންޏެވެ. ހަބީބާ އާއި ހަބްޝާ ހީވަނީ އުފަލުން އެހެންފަދަ ކަމެއް ހެންނެވެ. ސާމީ އާއި ލޫޝާގެ ބަައްޕަ ހާމިދު އެއްކަނެއްގައި ވާހަކަ ދައްކަން ތިއްބެވެ. ހެކިވެރިން އައުމުން އެމީހުންނަށް އިށީންނަންވީ ތަންދެއްކުމަށްފަހު ހަބީބާ ލޫޝާގެނެސް ކުރިމަތީ ހުރި ގޮނޑީގައި ބޭންދިއެވެ. ލޫޝާއަށް ހާއްސަ ކުރެވިފައިވާ ހެދުން ލައިގެން އިންއިރު ލޫޝާ ޕަރީއެއްފަދައެވެ. މޫނުގައި އެވަރަށް މޭކަޕްކޮށްފައި ނެތްނަމަ ލޫޝާގެ މާޔޫސްވެފައިވާ މޫނު އެންމެނަށް ފެންނާނެއެވެ. ހުޝާމް ޓެރަސްގައި އެކަނިމާ އެކަނި އިށީނދެގެން އިނީ އެކަމުގައި ބައިވެރިވެ މަޖާ ނަގާހިތް ނުވަތީއެވެ. ރަންކިޔާ ނިމުމުން ދެން އޮތީ އާއިލީ ޑިނަރ އެކެވެ. ހަބީބާ ހީކުރީ ގޮތާ ހިލާފަށް ހުޝާމް ކެއުމުގައިވެސް ބައިވެރިއެއް ނުވެއެވެ. އެހެން ކަމުން ހަބީބާ ލޫޝާ ކައިރީ އެދުނީ ހުޝާމްގެ ކޮޓަރިއަށްގޮސް ހުޝާމް އަށް ގޮވުމަށެވެ.
” ބޮއްތާ އެކަމަކު އަދި ކައިވެނި ނުކުރެވެނީސް..” ލޫޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ.
” މިހާރު ދެން ރަންވެސްކިޔައިފީމެއްނު.. ދެން ރަނގަޅުވާނޭ” ހިބާ ގަދަކަމުން ލޫޝާގެ އަތުގައި ހިފައިގެންގޮސް ހުޝާމްގެ ކޮޓަރިއަށް ވެއްދިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ލޫޝާ ނަޒަރު ހިންގާލިއެވެ. ލުއި ލުއި މީރު ވަހެއް ހުރުމުން ލޫޝާ ނޭފަތް އެތެރެއަށް ދަމާލިއެވެ.
“ހު..ހު..ޝ..ހުޝާމް..” ލޫޝާ މަަޑުމަޑުން ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުންވެސް ހަބަރު ނުވުމުން ލޫޝާ ފާރު ގައި އަތްކާތަމުން ގޮސް ކޮޓަރީގެ ލައިޓު ޖައްސާލިއެެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަނބުރާލާފައި ދާން ހިނގައިގަތް ވަގުުތު އެނދުކައިރިން ތިރިއަށް ވެއްޓިފައި އޮތް ފައިލެއް ފެނުމުން އޭތި ނަގާ އެނދުމަތީ ބާއްވަން އުޅުނެވެ. ނަމަވެސް އެވަގުތު އެފައިލު ހުޅުވާލަން ހިތަށް އެރީ ކީއްވެ ކަމެއް ނޭނގުނެވެ. ފައިލު ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ލޫޝާއަށް ފެނުނީ ނުފުށައް ޖަހާފައިވާ ގަނޑެކެެވެ. ކޯއްޗެއްތޯ ބަލާލަން އަނެއްފުށައް ޖެހިއިރު އެގަނޑުގައިވަނީ ރިތިގޮތަކަށް “އައިޝާ” ޖަހާލެވިފައެވެ. އެއާއެކު ލޫޝާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މީހަކު އައުމުގެ ކުރިން އަވަހަށް ފައިލު ބާއްވާފައި ދާން ހިނގައިގަތް ވަގުތު ދޮރުހުޅުވާލާފައި ވަނީ ހުޝާމްއެެވެ. ހުޝާމް ފެނުމާއެކު ލޫޝާއަށް އިސްޖަހާލެވުނެވެ.ލޫޝާ އަތުގައި އޮތް ގަނޑު ފެނުމުން ހުޝާމްއަށް ލުޝާއަށް އޭތި ފެނުނީކަން އެނގުނެވެ. ބަހެއް ބުނާންވެސް ނުކެރިފަހުރީ ލޫޝާ ހީކުރާނެ ގޮތެއް ނޭނގޭތިއެވެ.
“މީ..މީ.. ބޮއްތަ ބުނެގެން ކާން .. ބަލާ އައީ” ލޫޝާ ބުންޏެވެ. އަދި ފައިލު ތެރެއަށް އެގަނޑުލާފައި ދާން ހިނގައިގަތްވަގުތު އަނެއްކާވެސް ހުއްޓެން ޖެހުނީ ހުޝާމް ގޮވާލުމުންނެވެ.
” އަހަންނަށް އެނގޭ މިވަގުތު ހުޝާމްގެ ހިތުގައި އެތައް ސުވާލެއް އުފެދިފައި ވާނެކަން.. މިހާރު މިރެއިން ފެށިގެން ލޫޝާ އަކީ އަހަރެންގެ ވާންއުޅޭ އަންހެނުން.. އެއްވެސް އޮޅުވާލުމެއްގެ މަތީ އަހަރެން ޒަވާޖީ ހަޔާތެއް ބިނާކުރާކަށް ބޭނުމެއް ނޫން” ހުޝާމް ލޫޝާއާއި ހަތަރުކަޅި ހަމަނުކޮށް ހުރެ ވާހަކަ ދެއްކިއެވެ.
” ނާހާނަންތަ އައިޝާ އަކީ ކާކުތޯ” ހުޝާމް ސުވާލުކޮށްލިއެވެ. ނަމަވެސް ލޫޝާ ބަހެއް ނުބުނެ އިސްޖަހާލައިގެން ހުރީއެވެ.
” އައިޝާ އަކީ އަސްލު އަހަރެން ކައިވެނި ކުރަން ބޭނުންވި ކުއްޖާ… ” ހުޝާމްގެ ޖުމްލައާއި އެކު ލޫޝާއަށް އިސް އުފުލާ ބަލާލެވުނެވެ. ހުޝާމް އެހެން ކުއްޖަކާ ކައިވެނި ކުރަން ބޭނުންވިއިރު ލޫޝާއާއި ކައިވެނި ކުރަން އެއްބަސްވީ ކީއްވެގެން ބާވާއޭ ލޫޝާގެ ހިތަށް އެރިއެވެ.
” އަހަރެން ލޫޝާއާއި ކައިވެނިކުރަން އެއްބަސްވީ މަންމަގެ އެދުމުގަ ކޮޅުފައިން ނުޖަހަންވެގެން.. ލޫޝާ ހީނުުކުރާތި ލޫޝާއާއި އިނދެގެން އަހަރެން ލޫޝާއަށް ގޮތެއް ހަދާފާނެއޭ.. އެހެންނޫނީ އަހަރެން ލޫޝާއަށް ބޭވަފާތެރި ވާނޭ.. އަންބަކަށް ހައްޤުވެގެންވާ ލޯތްބާއި އަޅާލުން އަހަރެން ލޫޝާއަށް ދޭނަން.. ހަޤީޤީ ލޯތްބަކީ ކައިވެނީގެ ފަހުންވާއެއްޗެއް.. އެހެންވީމާ ލޫޝާ އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތް..” ހުޝާމް ވާހަކަ ދައްކާ އެއްޗެއް ބުނަން ލޫޝާ އަނގަ ހުޅުވާލި ވަގުތު ދޮރު ހުޅުވާލާފައި ހިބާ އެތެރެއަށް ވަނެވެ.
” ދޮންބެމެން ނައިސްގެން އެންމެން އެބަތިބި ނުކައި.. ” ކަރުކެހިލަމުން ހިބާ ބުނެލިއެެވެ. ހުޝާމް ލޫޝާއަށް ބަލާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ހުޝާމް ދިއުމުން ހިބާ ލޫޝާ ކައިރިއަށް ޖެހިލާ ލޫޝާއާއި ޖެއްސެވެން ފެށުމުން ލޫޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ހިބާ ގޮވައިގެން ކޮޓަރިން ނިކުތެވެ.
……………………………………
ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ ގުދަށްކަހަަލަ ގޮތަކަށް އޮވެގެނެވެ. ފާހަނަ ކުރުމަށްފަހު ފްލަޝްކޮށްލަން ދިމާކޮށްލި ވަގުތު ފާހާނަ ތަށީތެރެއިން ފެނުނު ލެއިން ލޫޝާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




Assalaam alaikum hurihaa kudhin kihinehtha ? v bodah maafah edhen ehaa lahun up kurevunyma ? heekuran mi baives kamudhaane kamah.. Kiyaalafa comment kohlevun edhen.. Luv u fillah ??
Vrh salhi ingey??… ekm thankolheh kury.. next part dhigukohlah chey…
Pis pis pis den haaadha haadha kurey hayyyuuuu….,
Varah reethi vaahakayeh. Ekam maa lahee up kuraa leh adi eha kuru.
kuruveema … 🙁
Looshaa ah kihinehbaa mivany???
kazaakallah khair…
reethi vaahaka eh mee
Jazaakallah Khair***
Haadha kurey dhw waiting for the next episode
Warahrithi laswaath dherawee
Looshaage badah konhaa thadeh tha mi arany ingey kujjeh bunebaa.. get nuvegen miulheny..
assalamu alaikum…..MASHA ALLAH mi part ves varah rythi…….hayyu…..avahah next part up koh dhevviyya varah ufaavaane……waiting…….:D
masha allah varah reethi
keep it up
V reethi maa sha ALLAH
mi part vs varah reethi masha allah… 🙂
hey hayyu. finally kiyaalan libijje. but maa maa kuree ingey. next part thankolheh dhigukohlahche. and plx avahah up kohdheeba. but this part vex hama superb. Masha allah. God bless u Hayyu <3
Haadha kurey… next part pls dhigukoh genesdhechey.. vvvv.intresting koh vaahaka midhany.. anehkaa loosha ah mivany kihineh baa?? ?
nice….
Kiyaa nimunu part handhaan nethey iru vex upload eh nukurevey hayyu aka
Haadha kiyaa hithunney miulheny
up kuraaleh las veema haadha kamunudheyey
alhey Loosha ah anehkaa kihineh vy??? ???