” މިކްޔާ! މާދަމާ ޝަމާންގެ ފަރާތުން އަންނާނެ ރަންކިޔަން…ނެކްސްޓް ވީކްގަ އޮންނާނެ ވެޑިން…ސޯ ބީ ރެޑީ ފޯ އިޓް…މޯމް މެންނަށްވެސް އިނގޭ ތި ދެމީހުންގެ ލަވް ސްޓޯރީ…ސޯ ނޮ ވޮރީސް އެޓް އެބައުޓް ދެމް..” ހަށިގަނޑު ތެދުކޮށްލަމުން އެއްވެސް އަސަރެއް ނެތި އައުފް އިއްވާލި ބަސްތަކުން މިކްޔާ ހައިރާންވީވަރުން އަނގަހުޅުވިގެން ދިޔައެވެ. ސިކުނޑިތެރޭގައި ބޮޑު ހައިޖާނެއް އުފެދި ކިޔާނެ ބަހެއް ނޭނގިފައި އައުފާއި ދިމާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.
” އުފާވެރި ކައިވެންޏަކަށް އެދެން..” މިކްޔާ އާއި ދިމާއަށް ބަލާލުމެއްނެތި ކުރިއަށް ހިނގައިގަންނަމުން އައުފް ބުނެލިއެވެ.
މިކްޔާއަށް ހަމަހޭވެރިކަންވީއިރު އައުފްގެ ފިޔަވަޅުތަކުގެ ނިޝާންތައް ފިޔަވާ އެއްވެސް އެއްޗެއް ފެންނާނަކަށް ނެތެވެ. ކަރުނައިގެ ރޮނގެއް އެ ކޯތާފަތުގައި ބީހިލީ މިކްޔާގެ އިޚުތިޔާރުން ބޭރުގައިއެވެ. އައުފް އެކުރީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ މިއީ މިކްޔާ އަށް ފެންނަމުންދާ ބިރުވެރި ހުވަފެނެއްހެއްޔެވެ؟
މިކްޔާ އާއި އައުފްގެ ވާހަކަތައް އަޑުއަހަން ހުރި ޒީޝާގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” އައި ވިލް މޭކް ޔުއަރ ލައިފް ލައިކް އަ ހެލް.. ބި*…” މިކްޔާގެ ނަން ހިތައް އެރުމާއި އެކު ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވާން އުޅެފައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް ވާނެ ގޮތް ހިޔާލުކޮށްލުމާއިއެކު ޒީޝާގެ ހިތައް ހަމަޖެހުމެއް ގެނުވިއެވެ. މިރޭ ލިބުނު ހަބަރަކުން އަރާމުކޮށް ނިދާލެވޭނެއެވެ. ޒީޝާ ސިއްރު ފިޔަވަޅުތަކެއްގައި ގަސްތަކުގެތެރޭން ނިކުމެ ކޮޓަރި ތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. ތުނބުން މަޑު ރާގެއް ލައްވަމުން ދިޔައިރު އެމޫނުމަތި ވަނީ އުޖާލާ ވެފައިއެވެ.
**
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒީޝާ މާލެ ދިޔައީ އިކުރާމާއި ބައްދަލު ކުރުމަށެވެ. ފަރި ހިނގުމެއްގައި ހިނގާފައި ދިޔަ ޒީޝާ އާއި ދިމާއަށް ބަލާލި ކޮންމެ މީހަކު ދެވަނަ ފަހަރަށްވެސް ބަލާލަން މަޖުބޫރު ކުރުވާހާ ވަރަށް އޭނާހުރީ ނަލަ ވެލައިގެންނެވެ. އިކުރާމުގެ ކްލިނިކްއަށް ވަތް ޒީޝާ ކެބިންތެރެއަށް ވަނީ އިކުރާމްގެ ފޯނުކޯލެއް އައުމުންނެވެ.
“ދެން އޯކޭ މިރޭ ޑިޔުޓީއަށް ނިކުތަސް..މީ އެންމެ ފަހު ޕޭޝަންޓެއްނު..” މޭޒުކައިރީގައި އިން އަންހެން ކުއްޖާއާއި މުޚާތަބުކޮށް އިކުރާމް ބުނެލިއެވެ. އެކުއްޖާ ޒީޝާ އަށް ހިނިތުން ވެލަމުން އެކޮޓަރިން ނިކުމެގެން ދިޔަ ގޮތުން ހީވަނީ މާކުރިންވެސް އެގޮތަށް ކަންތައް ވާނޭކަން އެނގޭހެންނެވެ.
އިކުރާމް ގޮނޑިން ތެދުވެ ޒީޝާއާއި ދިމާއަށް ހިނގައިގަތީ އެ މޫނުން ނަޒަރު ވަކި ކޮށްނުލައެވެ. ޒީޝާ ރަކި ގޮތަކަށް ހީލަމުން އިސްޖަހާލީ އިކުރާމަށް ފުރުސަތު ދެމޭ ބުނާ ފަދައިންނެވެ. އިކުރާމްގެ ދަހިވެތި ނަޒަރު ވަނީ ޒީޝާގެ ހަށިގަނޑަށެވެ. ޒީޝާގެ ކަނދުރާއަށް އިކުރާމްގެ ހޫނު ނޭވާތައް އެޅޭހާކައިރި ވެލަމުން ޒީޝާލައިގެން ހުރި ނިވާކަން ކުޑާ ހެދުން ގަޔާވަކިކޮށްލީ ވަގުތު ބޭކާރު ކޮށްގެން ވާނެ ފައިދާއެއް ނެތީމައެވެ. ޒީޝާގެ ހަށިގަނޑުގެ ވަނާތައް ފާޅުވި ހިނދު އިކުރާމަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެހިމަ އަތްތިލައިގައި ހިފާލަމުން ކުރިއަށް ހިނގައިގަތީ އެ ކެބިންއިން އެތެރެއަށް ވަދެވޭގޮތަށް އިންނަ ކުޑަ ކޮޓަރިއަކާއި ދިމާއަށެވެ. ހަމަ އެވަގުތު އެކޮޓަރިން ދެންމެ ނިކުތް އަންހެން ކުއްޖާ އެތެރެއަށް ވަދެގެން އައީ ހަނދާން ނެތި ބާއްވާފައި ދެވުނު އޭނާގެ ފޯނު ބަލައެވެ. އިކުރާމްގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެންދިޔަ ޒީޝާ ހުރި ގޮތް ފެނުމުން ހިނދުކޮޅަކަށް ހުއްޓުން އެރި ނަމަވެސް ދެވަނަ ސިކުންތުގައި ފޯނު ހިފައިގެން ނިކުމެގެން ދިޔައީ އެކަމަކީ އޭނާވެސް ތަޖުރިބާ ކޮށްފައިވާ ކަމަކަށް ވީތީވެއެވެ. އިކުރާމްގެ ކްލިނިކުގައި އޭނާ މަސައްކަތް ކުރުމުން ލިބޭ މުސާރައަށް ވުރެ މާ ގިނަ “ހަދިޔާ” އޭނައަށް ލިބޭ ގޮތާމެދު މައިންބަފައިވެސް ސުވާލުކުރެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ދޭ ޖަވާބަކީ ބޮސް ގެ “ހިތްހެޔޮކަމުން” ދޭ އެއްޗެއް ކަމެވެ.
**
” މިހާ ސިމްޕަލް ކަމެއްނު އެބޯޝަން ހެދުމަކީ..ދެ ވައި ޑިޑް ޔޫ އަންޑްރެސްޑް މީ؟” ޒީޝާ ތުއިވެލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ އިކުރާމްގެ ދުލުން ތައުރީފުގެ ބަހެއް އަޑު އަހާލުމަށެވެ.
” އައި ނޯ ދެޓް ސްވީޓީ…ބަޓް ޔޫ އާރ ސޯ ބިއުޓިފުލް.. އެން އައި ކާންޓް ސްޓޮޕް ތިންކިން އެބައުޓް ޔޫ …” ޒީޝާގެ ބަނޑުގައި އަތް ހާކާލަމުން އިކުރާމް ބުނެލި ފަށުވި އިބާރާތްތަކުން ޒީޝާގެ މޫނުމަތިން ފާޅުވީ ފުޅާ ހިނިތުންވުމެކެވެ. ޒީޝާ އަކީ އަބަދުވެސް އޭނާގެ ރީތި ކަމާމެދު ފަޚުރުވެރިވާ މީހެކެވެ. އަދި ހާއްސަކޮށް ފިރިހެނުންގެ ފަރާތުން ލިބޭ އެފަދަ ބަސްތަކުން އޭނާގެ ރޫހަށް ފިނިކަމެއް ލިއްބައިދެއެވެ.
ނަމަވެސް ޒީޝާއަށް ނޭނގުނުކަމަކީ މިކަމުގެ ސަބަބުން އޭނާގެ އާޚިރަތް ބަރުބާދުވެފައިވާ ކަމެވެ. އަންހެނާގެ އެންމެ އަގުބޮޑު ޖަވާހިރުވެސް ނީލަން ކިޔައިފައިވަނީ ހިލޭ ފިރިހެނަކަށެވެ. އަދިއެކަމުގެ ސަބަބުން ލިބުނު ދަރިފުޅުވެސް އެއްވެސް ރަހުމެއްނެތި އޭނާ މަރާލައިފިއެވެ. މިހާރުވެސް ހިލޭ ފިހިރެހެނެއްގެ ކުރިމަތީގައި އަމިއްލަ ހަށިގަނޑު އިޝްތިހާރުކޮށްގެން އެއިނީ އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ. ދުނިޔެމަތީގައި ތިބާ އުޅޭ ގޮތާއި ބެހޭގޮތުން ޖަބާދުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން ޒީޝާ ހަނދާން ހުރިނަމަ ހަމަ ޔަޤީނުންވެސް މިފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަން ޖެހިލުންވާނެއެވެ.
**
ހެނދުނު ހޭލެވުމާއިއެކު މިކްޔާ އަވަސްވެލީ ސޮފިއްޔާ އާއި ބައްދަލު ކުރުމަށެވެ. ރޭގައި އައުފް ދިން ހަބަރަކުން ހަމަ ނިދި ލިބޭގޮތެއްވެސް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި ހުރި ސޮފިއްޔާ ފެނި މިކްޔާ ކުޑަކޮށް ސިހިގެންދިޔައެވެ.
“މަންމާ!” އަކުރުތަކަށް ދަމާލަމުން މިކްޔާ ގޮވާލިއެވެ. ހިނިތުންވެލައިގެން ހުރި ސޮފިއްޔާގެ ލޮލުގައިވި ހިތާމަ މިކްޔާއަށް ނުފެނެއެވެ.
“ދެން މަންމަ ކިޔާފަ ގޮވާކަށް ކައިރީގައެއް ނުހުންނާނެ..މަންމަ ވަރަށް އުފާވޭ ދަރިފުޅުގެ ތިނިންމުމާއިމެދުގައި..އެންމެ ފަހުން ދަރިފުޅުގެ ލޯބި ކާމިޔާބުވަނީ ދޯ…އައުފް ބުނި ދަރިފުޅު ކައިވެންޏާ ޤަބޫލޭ..އައުފް ވަނީ މަންމަމެންނަށް ހުރިހާ ވާހަކަތެއް ކިޔައިދީފައި..އަދި ބުނި މިކްޔާއަށް ސަޕްރައިޒެއް ދޭނީއޭ..އެހެން ކިޔާފައި މިދަތުރު ރޭވީވެސް އޭނަ…” ސޮފިއްޔާ މިއަދު އޭނާގެ ދަރިފުޅުގެ އުފަލުގައި ބައިވެރިވިޔަސް ހިތުގެ ކަނަކުން މިއީ އެންމެ ރަނގަޅުގޮތެއް ނޫނޭވެސް ގޮވަމުން ދިޔައެވެ.
“ދެންވެސް ހުރީތަ؟ އަވަހަށް ރީތިވޭ އިނގޭ…އަން މިއޮތީ ހެނދުން….ރަންކިޔާއިރު ވާނެ ނިކަން ރީތިވެލަން…މި ހެނދުންވެސް ދިނީ އައުފް…ދަރިފުޅަށް ހެޔޮވަރުވާނެތަ؟ ދެމީހުން ވެގެން ގަތް ހެދުމެއްދޯ މިއީ؟..11 ޖަހާއިރު އަންނާނެ އެމީހުން…ތައްޔާރުވެލައިގެން ނިކުމޭ އިނގޭ..” މިކްޔާއަށް ބަހެއް ބުނާނެ ފުރުސަތެއް ނުދީ ސޮފިއްޔާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
” އައުފް…!!! ކީއްވެ؟ އަހަރެން ގާތުގައި ބުނެވެސް ނުލާ މިވަރުގެ ކަމެއް ނިންމީ ކީއްވެ؟ އެންމެ ފަހަރަކުވެސް އަހަރެން ކައިރީގައި އަހާލިނަމަ ގައިމު އޭރުން އިނގޭނެ އަހަރެން ބޭނުންވާ ގޮތަކީ ކޮބައިކަން…އަހަރެންނަށް އިނގޭ އައުފް އަހަރެންދެކެ ލޯބިވާކަން…ދެން ކީއްވެތަ ތިގޮތަށް ކަންތައް ކުރަނީ؟” މިކްޔާ އަމިއްލަ ނަފުސާ ވާހަކަދައްކަމުން އަތުގައި އޮތް މަޑު ނޫކުލައިގެ ދިގު މެކްސީ އަށް ބަލާލިއެވެ.
“އަހަރެން ބަލާނަން އައުފަށް ކެތްވަނީ ކިހާވަރަކަށްތޯ ..މި ހެދުން ލައިގެން އެހެން މީހަކާ އިންނަން ރަންކިޔަން އަހަރެން މިދަނީ…” ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް އެތެރެއަށް ހިންދާލަމުން މިކްޔާ ފާހާނާއަށް ވަނީ ތައްޠާރުވެލުމަށެވެ.
**
ހެކިވެރިންގެ ގޮތުގައި އައި މީހުންނަށާއި ޝަމާންގެ ބައެއް އެކުވެރިން ބައިވެރިވި ކުޑަ ހަފުލާ ނިމިގެން ދިޔައިރުވެސް މިކްޔާއަށް އައުފެއް ނުފެނެއެވެ.
” މަންމާ…މި….އައުފް ހޭނުލަނީތަ؟” ނުހަނު އުނދަގުލުން މިކްޔާ ސުވާލުކޮށލިއެވެ.
“އައުފް ހިނގައްޖެ ސްވިޒްލޭންޑަށް…މިއަދު ފަތިހު އެފުރީވެސް…ވަރަށް ދެރަވެފަ ހުރީ މަޑު ނުކުރެވުނީމަ…ބުނި ނޭނގެޔޯ ވެޑިންގ އަށްވެސް އާދެވޭނެކަމެއް..އެކަމަކު އެބައޮތް ގިފްޓެއް ދީފައި..އޮންނާނެ މަންމަގެ ރޫމްގައި..” މައިކަލް ހުރި ދިމާއަށް ހިނގައިގަންނަމުން ސޮފިއްޔާ ބުނެލިއެވެ.
މިކްޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ޝަމާންގެ ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައިއެވެ. ޝަމާން ދެކެން ބޭނުންވި އުފާވެރިކަން އެމޫނުމަތިން ނުފެނެއެވެ. މިކްޔާގެ ދެލޯ ހޯދަމުން އެދަނީ އައުފް ކަމާމެދު ޝަމާންގެ ހިތުގައި ކުޑަނަމަވެސް ޝައްކެތް ނެތެވެ. އެހިނދު އޭނާއަށް ނެގުނު ފިޔަވަޅަވަޅަކީ ރަނގަޅު ފިޔަވަޅެއްތޯ އަމިއްލަ ނަފުސާއި ސުވާލު ކުރެވުނެވެ.
ޝަމާން ބޭނުންވީ ލިބުނު ފުރުސަތުގައި މިކްޔާއާއި ވާހަކަ ދައްކާލުމަށެވެ.
“އެހެމް..އެހެމް..” ދާދި ކައިރިން މީހަކު ކަރުކެހިލިއަޑަށް މިކްޔާގެ ޚިޔާލީ ވާފަށް ކެނޑިގެން ދިޔައެވެ. ހަމަހޭވެރިކަންވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ޝަމާން ހުރީ މިކްޔާގެ ފަރާތުން ފެންނަމުންދާ ތަފާތު މިޒާޖުގެ ސަބަބުން ވިސްނަންވީ ކީކޭ ކަމެއް ނޭނގިފައެވެ.
“މިކީ!..” ޝަމާން މިކްޔާއަށް ގޮވާލިގޮތުންވެސް އެހިތުގައިވާ ފުންލޯބި ހާމަވެގެން ދެއެވެ. މިކްޔާ އިސްއުފުލާ ޝަމާން އާއި ދިމާއަށް ބަލާލި އިރު ދެލޮލުގައި ވިދަމުން ދަނީ ތާޒާ ކަރުނައެވެ. އުފާވެރިކަމުން ނުވަތަ ލިބުނު ހިތާމައަކުން ކަމެއް ޚުދު މިކްޔާއަށްވެސް ނޭނގެއެވެ. ޝަމާން އާއި އައުފާއި ދެމެދުގައި އޭނާ އެވަނީ ތާށިވެފައިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި މިކްޔާއަށް ޝަމާން އާއި ދިމާއަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ސީމާގެ މޭގައި ވަނި ދިލަ ހޫނެއް އުފެދިފައިއެވެ. މިއަދު މި ބޭއްވުނު ކުޑަ ހަފްލާއާއި ގުޅޭ ގޮތުން މާބޮޑު ކަމެއް އޮޅުންފިލާފައި ނެތުމަކީ އޭނާގެ ބަދުނަސީބެވެ. އެހެން ނޫންނަމަ ކޮންމެވެސް އުޒުރެއް ދައްކާފައި ނަމަވެސް މިކަމުގައި ބައިވެރިއެއް ނުވާނެއެވެ. ސީމާއަށް ވަނީ ފުރަތަމަ ނަޒަރުންވެސް ޝާމާން ކަމުގޮސްފައިއެވެ. އެކުގައި މަސައްކަތް ކޮށް ގިނަ ވަގުތު ހޭދަކުރެވުމުން ޝަމާންއަށްޓަކައި އެހިތުގައި ފުންލޯތްބެއް އުފަންވެފައި ވެއެވެ.
ނިއުޅެމުންދާ ލޯބީގެ ވާހަކަތަކުގެ ބާބަށް އާސަފުހާއެއް އިތުރުވެގެން ހިނގައްޖެ ކަން ސޮފިއްޔާއަށް ވިސްނުނީ ކަރުނަ ފޮހެމުން ނިކުމެގެން ދިޔަ ސީމާ ފެނިއެވެ. ސީމާގެ ނަޒަރު ސީދާވެފައިވީ ދިމާއަށް ސޮފިއްޔާ ބަލާލިހިނދު އެހިތުގައިވި ސުވާލުފައްޗައް ބޮޅެއް އިތުރުވުން ނޫން ގޮތެއް ނުވިއެވެ. މިކަމުގައި އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ ސިގުނަލްތައް ސޮފިއްޔާއަށް ފެންނަމުންދިޔައެވެ
3215 Comments
Comments are closed.
hurihaa comment akah reply nukurevunas i do read all of’em..thank u u all for de support..☺ ?
i cnt make all de readers satisfied…sorry abt dat…story liyamun midhanee kurinves plan kurevifai in gothah so i juz hope you all will keep supporting me until de end…✌
love all de readers to de max??? keep waiting for next part…☺
Haadha kurey story ????
Ekamaku kuriyah dhaa goi varah reethi dhen auf ah dw libeynee mikyaa yeah
Next part kon irakun tha waiting ??
hheeh..i knw its kurukan..? thanku for de comment ☺ insha allah tonyt i ll upload ?
Aaaaaaaaaaaaaaaaaaaaaaaa……sujy ow first…yeah….v vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv vvvvvvvvvvv salhiiiiiiii love it
Hws u? Hop u r fine☺☺.. ….waitin waitin waitin…..ekm mikyaa jeheyny aufah liben egey…??…
alhamdhulillaahi ☺ m feeling good…☺
thankz for ur lovely comment ? letsc dhw dn vaane gothei…keep waiting ☺ ❤
Reethi varah furihama waiting for the next part
thanks alot for ur comment ☺ ? ? ❤
varah dhera vejje… mikya hama shamaan akah nulibeyne tha??? 🙁
shmaaan aaaa mikya gulhyvaakah nufeneyy….aufff loves her
wowow.. varah habeys ?
habeys…???
2 part upload kuraanamey kiyaa bahattaafa bahabaru.. nuvaa varu kanthah kohdhdheynamey nubunebala kokko ???? VERY DISAPPOINTED!
Very seydu lifu….
Vvv .nice