Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (32ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
December 3, 2016 7 Mins Read
38 Comments

“އިންސްޕެކްޓަރ! ކަލޭ ތިބުނީ ރަނގަޅަށް. އަހަރެން ޖެއިލަރ މަރާލީ.” އަރުޖުން ސިންގ ދާން ހިނގައިގަނެފައިވެސް ރިޔާޝާ އެހެން ބުނެލުމާއެކު އެނބުރި ބަލާލިއެވެ. “އެކަމަކު ކަލޭއަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަހަރެންގެ ފިރިމީހާގެ ޤާތިލަކީ އަޙްމަދު އަޔާޒްކަން އެދުވަހު އަހަންނަށް ސާބިތުކޮށް ނުދެވުނުގޮތަށް، މިއަދު ކަލޭއަކަށްވެސް ސާބިތެއް ނުކޮށްދެވޭނެ ޖެއިލަރ މަރާލީ އަހަރެން ކަމަކަށް. އަރުޖުން ސިންގ! ކޮމިޝަނަރ ސާބް ކަލެއަށް އެބަ އިންތިޒާރުކުރޭ. އަވަހަށް ދޭ.” ރިޔާޝާ އެހެން ބުނެލުމުން އަރުޖުން ސިންގ ނުކުމެގެން ދިޔައީ ރުޅިއައިސް ރަތްވެގެންނެވެ.

ވަގުތުން ޖެއިލަރގެ މަރާއި ގުޅޭ ތަޙުގީގުތައް ފެށުނެވެ. ނަމަވެސް ޖެއިލަރގެ މަރާއި ގުޅިގެން އެއްވެސް ހެއްކެއް ނުފެނުނެވެ. އެކަން ކުރީ ރިޔާޝާ ކަމަށް އަރުޖުން ސިންގ ކިތަންމެ ފަހަރަކު ބުނެފިއެވެ. ނަމަވެސް ޝަރީއަތުން ހެއްކެއް ދައްކަން ބުނުމުން އަރުޖުންއަކަށް އެކަމެއް ނުވިއެވެ. ގައިދީންވެސް ތިބީ ރިޔާޝާއާ އެއްކޮޅަށެވެ. އެމީހުން ބުނާ ގޮތުން ރިޔާޝާ އެރޭ އެއްގޮތަކަށްވެސް އެމީހުންނަކާ ވަތްކެއް ނުވެއެވެ. ރިޔާޝާ ޖެއިލަރގެ ކެބިންއަށް ފޮނުވި މުއައްޒަފުވެސް އޭނާ ރިޔާޝާ ގާތުގައި ދާން ބުނުމުންވެސް ނުދިޔަ ކަމަށް ބުންޏެވެ. އޭނާ އެހެން ބުނީ ޖަލުގެ ތެރޭގައި ޖެއިލަރ އެހިންގާ ނުބައި ޖަރީމާއާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭތީއެވެ. އޭނާ ހުރީ އެކަން ހުއްޓުވާނެ ފުރުސަތެއް ލިބޭތޯ ބަލަބަލައެވެ. އެހެންކަމުން އެފުރުސަތުގެ ބޭނުން އޭނާ ހިފާލީ ހިތުން ރުހުމުންނެވެ. އެންމެފަހުން ރިޔާޝާއަކީ ޖެއިލަރގެ ޤާތިލު ނޫންކަމަށް ޝަރީއަތުން ނިންމިއެވެ.

ޖަލު ބެލެހެއްޓުމާ އަލަށް ހަވާލުވީ ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރުގެ ޒުވާން އަންހެނެކެވެ. އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެކެވެ. އޭނާގެ ހެޔޮކަމުން ޖަލުގައި އުޅޭ ގައިދީންނަކީ ކުށްވެރިންނެކޭ އިހުސާސްވިޔަކަ ނުދެއެވެ. އެމީހުންނަށް ރަނގަޅު ނަސޭޙަތްދީ ކަމޭހިތައެވެ. ކިތަންމެ މަތީ މަޤާމެއް އަދާކުރަމުން ދިޔަ ނަމަވެސް އެއްވެސް ބޮޑާކަމެއް ނެތް ހިތްތިރި އަންހެނެކެވެ. ޖަލުގެ ތެރޭގައި ހިންގަމުންދިޔަ ފާހިޝް ޢަމަލުތައް މުޅިން ހުއްޓުނެވެ. އެކަމުގެ ސަބަބުން ގައިދީންތައް ތިބެނީ އުފަލުން ފުރިފައެވެ. އެމީހުންގެ ޢިއްޒަތާއި އަބުރު ރައްކާތެރި ކުރެވޭނެ މާހައުލެއް ޤާއިމުވުމުން ހިތާހިތުން ޝުކުރުކުރެއެވެ. އެމީހުންގެ އެންމެ ބޮޑު ތަޢުރީފެއް އޮހެމުން ދިޔައީ ރިޔާޝާއަށެވެ. ޤައުމުން ބޭރު އަދި އެހާ ޒުވާން އަންހެންކުއްޖަކު އެފަދަ ހިތްވަރެއް ކުރީތީއެވެ.

**********

ކައިވެންޏަށް ފަސް މަސް ފުރުނުއިރު ޢައިޝާ އިނީ ބަލިވެއެވެ. ޢައިޝާ ބަލިވެ އިނުމާއެކު އައިންތު ޢައިޝާއާމެދު ވަކިން ޚާއްސަ ގޮތެއް ބެހެއްޓިއެވެ. ޢައިޝާއަށް ކަމެއް ބޭނުންވޭތޯ އަބަދުވެސް އަހާ އޮޅުންފިލުވައެވެ. ޝިފާންއާއި އޭނާގެ އާއިލާވެސް ހަމަ އެފަދައެވެ. އެމީހުން އުޅޭ ގޮތުން ޢައިޝާއަށް ހީވަނީ އޭނާއަކީ ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްހެންނެވެ. އެކަމާ އޭނާ އައިންތު ގާތު ޝަކުވާކުރިއެވެ. އައިންތު އެކަމަކާ އަޅައެއްނުލިއެވެ. އޭނާ ހަމަ ކުރީގެ އާދަ ފަދައިން ޢައިޝާއަށް ޚިދުމަތް ކުރުމުގައި ދެގޮތެއްނުވެ ދެމިހުއްޓެވެ. މާގިނަ ދުވަހެއްނުވެ އޭނާއަށްވެސް މަންމަ ކިޔައިފާނެއެވެ. އޭނާގެ ބަނޑުން އުފަންނުވި ކަމުގައިވިޔަސް އޭނާ އެދަރިފުޅަށް މަންމައެއްގެ ލޯބި އެންމެ ފުރިހަމައަށް ދޭނެއެވެ. ދެއަނބިން އެހާ ގުޅިގެން އުޅޭތަން ފެނުމުން ޝިފާނަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެވެ. އޭނާގެ ނަސީބާމެދު ތާއަބަދު ﷲއަށް ޝުކުރުކުރެއެވެ.

ޢައިޝާގެ ބަނޑަށް ދޮޅުމަސް ވީތަނާ އައިންތުއަށް ތަފާތުކަމެއް އަންނަންފެށިއެވެ. ގަދަ ވަސްތަކަށް ބޯ އަނބުރާ ގޮތްވެ ހޮޑުލަވަނީއެވެ. އޭރު އޭނާގެ މަސްވަރުކަންތަކުގެ ދުވަސްވަރު ފާއިތުވެ ގޮސްފައިވުމާއެކު، އޭނާގެ ހިތުގައި އުފާވެރި ޝުޢޫރުތަކެއް ހިނގައިގަތެވެ. އެކަން އެގޮތަށް ހިނގާތާ ދެދުވަހެއް ވުމުން އޭނާ ނިކަން ސިއްރިއްޔާތުގައި ހޮސްޕިޓަލަށް ދިޔައެވެ. “މަރުޙަބާ! ފަސް ހަފްތާ.” ޑޮކްޓަރ ނަސީމާ ބުނެލި ވާހަކައިން އައިންތުއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އިސާހިތަކު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. މާތް ﷲއަށް ޙަމްދުކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ޝިފާންއަށް އެޚަބަރު ލިބުމުން އޭނާ އުފާވާނެވަރު އައިންތުއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާއަށް ދެޢީދު އެއްފަހަރާ ލައިގަންނާނެކަން ގައިމެވެ. އައިންތު ހޮސްޕިޓަލުން ނުކުމެ ޓެކްސީއެއް ހުއްޓުވީ އަވަހަށް ގެއަށް ދިއުމަށެވެ.

އައިންތު ގެއަށް ދިޔައިރު ޝިފާންއެއް ގެއަކު ނެތެވެ. އޭނާ ޝިފާންއަށް ގުޅަން އުޅެފައިވެސް އެޚިޔާލު ދޫކޮށްލީ ޝިފާންގެ މޫނަށް އެވަގުތު އަރާ ކުލަވަރުތައް ބަލާލަން ބޭނުންވުމުންނެވެ. ނަމަވެސް އޭނާއަށް މިހާރު އެވާހަކަ ބުނާހިތުން ހުރެވެނީއެއްވެސް ނޫނެވެ. އޭނާ ސިޓިންގރޫމް ސޯފާގައި އިނީ ޝިފާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޝިފާން އައީ އޭނާ އެހެން އިންނަތާ ބައި ގަޑިއިރު ފަހުންނެވެ. “ޝިފާން! މިހާރު ކޮންއިރެއް އަހަރެން މިތާ ޝިފާން ގެއަށް ނައިސްގެން އިންނަތާ؟ ބޭރުގައި އުޅުނަސް ތިދެން ބޮޑުވަރު.” އައިންތު ކުއްލިއަކަށް ސޯފާއިން ތެދުވަމުން ވަރަށް ބާރަށް ބުނެލިއެވެ. މޫނުމަތިން ރުޅިވެރިކަން ދައްކައިގެން ހުރިނަމަވެސް އައިންތު ހުރީ އެތެރެއިން ހީލަހީލައެވެ. ޝިފާންއަށް ލިބުނު ހައިރާންކަމުގައި އަނގަ ހުޅުވިފައި ހުރީއެވެ. މިނޫނީ ދުވަހަކުވެސް އައިންތު އޭނާއާއި އެގޮތަކަށް ވާހަކައެއް ނުދައްކައެވެ. ޝިފާންއަށް ވީގޮތް ފެނިފައި އައިންތުއަށް ބާރަށް ހެވިއްޖެއެވެ. “ކޮބާ ލަނޑެއް ލިބިއްޖެއެއްނު.” އައިންތު އެކުރީ ސަމާސާއެއްކަން އެނގުމުން ޝިފާން ހަމަޖެހުމުގެ ނޭވައެއްލިއެވެ.

“މީ ހާދަ ނޯޓީ ވައިފްއެކޭ. ހުރެބަލަ ނިކަން.” ޝިފާން އައިންތުއާ ދިމާއަށް އަންނަން ފެށުމުން އައިންތު އަވަސްއަވަހަށް އޭނާގެ ކޮޓަރި ތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ. އެވަގުތު ޝިފާން ހަޅޭއްލަވައިގަތުމުން އައިންތު ކުއްލިއަކަށް ދޮރު ހުޅުވިއެވެ. އެއާއެކު ޝިފާން ކޮޓަރި ތެރެއަށް ދެމިގަތެވެ. “ކޮބާ މަށަށް އެކަނިތަ ލަނޑު ލިބުނީ؟” ޝިފާން އައިންތުއަށް މަލާމާތްކޮށްލާފައި ދޮރު ތަޅުލިއެވެ. “ޝިފާން! އަހަރެން އެބައޮތް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި.” ޝިފާން ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުން އައިންތު ބުނެލިއެވެ. “ހޫމް ބުނެބަލަ.” “އަހަރެން ބަނޑުބޮޑު.” އައިންތު އެހެން ބުނެލުމާއެކު ޝިފާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ވަޓް؟ އާރ ޔޫ ސީރިއަސް؟” ޝިފާން އަހާލުމުން އައިންތު ބޯޖަހާލިއެވެ. “އަލްޙަމްދުﷲ. ހާދަ އުފާވެއްޖޭ.” އައިންތު ބަލާލިއިރު ޝިފާންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލާފައި ހުއްޓާ ފެނުމުން ވަރަށް ލޯބިން ލޯ ފޮހެލައިދިނެވެ.

“ހިނގާބަލަ މިއުފާވެރި ވަގުތުކޮޅު އިތުރަށް އުފާކޮށްލަން.” ޝިފާން އެހެން ބުނެފައި އައިންތުގެ ތުންފަތުގައި ބޮސްދިނެވެ. ޝިފާންގެ ބޮސްދިނުންތަކާއި ބީހުންތަކުގެ ސަބަބުން ދެމީހުންގެ ހިއްސުތަކުގައި ހުޅު ރޯވެ އަނދަންފެށީ ބަސްބުނާހާ ހިނދުކޮޅުންނެވެ. އިސާހިތަކު ދެމީހުންގެ އަންނައުނުތައް ހުރީ ތަށިމުށިތައް މައްޗަށް އުކާލެވިފައެވެ. ދެމީހުންވެސް ކަރު ހިއްކުން ފިލުވާލުމަށް އަވަސްވެގަތެވެ. ޖަޒުބާތުތައް އެންމެ ވަރުގަދަވީ ވަގުތު ޝިފާންގެ ފޯނު ރިންގުވާން ފެށިއެވެ. ނަމަވެސް އެއިން އެކަކަށްވެސް އެކަން ރޭކާނުލީ ވަގުތުގެ ގޮތުންނެވެ. ލޯބީގެ ފޮނި އަރާމަށްފަހު ހަށިގަނޑަށް ލިބުނު ލޮޑުކަމުގައި ދެމީހުންނަށްވެސް ނިދުނީއެވެ.

މެންދުރުގެ ކެއުމުގެ ވަގުތުގައި ޝިފާން ވާހަކައެއް ބުނަން ބޭނުންކަމަށް ބުނުމުން އެންމެން އެކަމަށް ސަމާލުކަންދިނެވެ. “އަހަރެން އަނެއްކާވެސް ބައްޕައަކަށް ވަނީ.” ޝިފާން އެހެން ބުނެލުމުން އެންމެންވެސް އޭނާއާއި އައިންތުއަށް މަރުޙަބާ ކިޔާ އުފާ ފާޅުކުރިއެވެ. “އަލްޙަމްދުﷲ. އިރާދަކުރެއްވިއްޔާ އަހަރެމެންނަށް އެއްފަހަރާ ދެ މާމަ ދަރިން ލިބެނީ.” އާމިރު އުފަލުން ފުރިފައި އިނދެ ބުނެލިއެވެ. “އިރާދަކުރެއްވިއްޔާ މި ގޭތެރޭގެ އުފާވެރިކަން އަނބުރާ ލިބޭކަށް ދެން ގިނަ ދުވަހެއް ނެތް.” ޚާލިދާވެސް އުފަލުން އިނދެ ބުނެލިއެވެ. “ދަރިފުޅާ ޢައިޝާ! މަންމަ ގާތު ބުނައްޗޭ މިރޭ މިގެއަށް ކާން އަންނަން.” ޚާލިދާ ބުނެލިއެވެ. ޢައިޝާ ބޯ ޖަހާލުމާއެކު ޝިފާން ވާހަކަދެއްކިއެވެ. “ނޫން. އަޅުގަނޑު ދާނީ މަންމަ ބަލާ.” ޢައިޝާ ޝިފާންއަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. މިވީ ތިން މަސް ދުވަސް ތެރޭ ޢައިޝާއަށް ޝިފާންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އޭނާގެ ހިތްވަނީ ޝިފާންގެ މައްޗަށް ލެނބެން ފަށާފައެވެ. އޭނާއަށް އައިންތު ދެކެވެނީ ޝިފާންގެ ދޮށީ އަނބީގެ ގޮތުގައެއް ނޫނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޮތުގައެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ގޮސް ޢައިޝާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. ޢައިޝާގެ ބަނޑުގައި ކުޑަކޮށް ރިއްސާ ވާހަކަ އެދުވަހު ހަވީރު ޝިފާން ގާތުގައި ބުންޏެވެ. އެހެންކަމުން ޝިފާން އެރޭ ނިދަން އޮތީ ޢައިޝާގެ ގާތުގައެވެ. ދަންވަރު ގަޑީގައިވެސް ޢައިޝާއަށް ކަމެއް ދިމާވެދާނެތީއެވެ. ޝިފާން ނޯންނަ ރޭރޭވެސް ޢައިޝާ އެކަނި އޮތަކަ ނުދެއެވެ. ޝިފާން އައިންތުގެ ކޮޓަރިއަށް ނިދަންދާ ރޭރޭ ދަނީ ޚާލިދާ ޢައިޝާގެ ކޮޓަރިއަށް ލާފައެވެ. ދަންވަރު ޢައިޝާއަށް ހޭލެވުނީ އޭނާގެ ބަނޑުގައި ރިއްސާތީއެވެ. “ޝިފާން! ޝިފާން!” ދެފަހަރަކު ކޮއްޓާލާފައި ގޮވާލިއިރަށް ޝިފާން ހޭލައިފިއެވެ. “ބަނޑުގައި ރިއްސަނީތަ؟” ޝިފާން އެހެން ބުނެލުމާއެކު ޢައިޝާ ބޯޖަހާލިއެވެ. އޭނާ ގޮސް ޚާލިދާއަށް ދެފަހަރަކު ގޮވާލުމުން ޚާލިދާ ނުކުތެވެ. ޝިފާންގެ މޫނުމަތީގައިވާ ހާސްކަމުން އޭނާއަށް ވީގޮތް އެނގުނެވެ. އޭނާ ޝިފާން ގާތު މިދަނީ ކަމަށް ބުނެފައި ކޮޓަރިއަށް ވަނެވެ.

ޚާލިދާ އާމިރުއަށް ގޮވާފައި ޢައިޝާ ބަނޑުގައި ރިއްސަނީކަމާއި ވަރަށް އަވަހަށް ކާރު ގަރާޖުން ނެރެ ތައްޔާރުކުރުމަށް ބުންޏެވެ. އަދި ގޮސް އައިންތުއަށް ގޮވާފައި އެވާހަކަ ބުންޏެވެ. ޝިފާން ކިތަންމެ ބޮޑަށް ފާޚާނާއަށް ދާން ޖެހިފައި އިންނަމަވެސް ޢައިޝާ އެކަނި ބައިންދާފައި ވަންނާކަށް ނުކެރުނެވެ. އޭނާ އެހެން އިންދާ ޚާލިދާ އައުމުން އޭނާ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. އޭނާ ވަނުމާއެކު ނުކުމެއްޖެއެވެ. ހާސްވެފައި ހުރިވަރުން އޭނާގެ ހަރަކާތް ވަނީ ނުހަނު އަވަސްވެފައެވެ. އޭނާ އަވަސްއަވަހަށް ލައިގެންހުރި ސޯޓު މަތިން ފަޓުލޫނެއް ލީތަނާ އާމިރު އައިސް ކާރު ތައްޔާރުވެއްޖެ ކަމަށް ބުންޏެވެ. އޭރު ޢައިޝާ އިނީ އަޅަމުންދާ ވޭނަށް ކެތްނުކުރެވިފައެވެ. ޝިފާން ބަލާކަށް ނުހުރެ ޢައިޝާ އަތްދަނޑިމައްޗަށް ލައިގެން ނުކުތެވެ. ކަންބޮޑުވެފައި ހުރިވަރުން އެބޮޑު ބަނޑާއެކު އެބަރު ހަށިގަނޑުވެސް ޝިފާންއަށް ހީވީ ލުއި ފަތެއްހެންނެވެ.

ޝިފާންގެ ކުރިން އާމިރު ނުކުމެ ކާރުގެ ފަހަތު ސީޓު ދޮރު ހުޅުވައިދިނެވެ. ޢައިޝާ ކާރަށް ލާފައި ޝިފާން އަރާ ހަމަޖެހިލުމުން އާމިރު ގޭތެރެއަށް ބޯދިއްކޮށް އަވަސްކޮށްގެން އައުމަށާއި އެމީހުން މިދަނީ ކަމަށް ބުނެފައި ކާރަށް އަރާ ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ. ބާރު ސްޕީޑްގައި ހޮސްޕިޓަލަށް ދެވުނީ ދިހަ މިނެޓުންނެވެ. ހޮސްޕިޓަލަށް ވެއްދުމާއެކު ވިއްސާ ކޮޓަރިއަށް ވެއްދުނެވެ. ޝިފާން ހުރީ ކަންބޮޑުވެގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. “ދަރިފުޅާ! ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އާމިރު ޝިފާންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. އެވަގުތު އައިންތުއާއި ޚާލިދާ އައިސް ވަނެވެ. އެމީހުންވެސް ކަންބޮޑުވުމާއެކު އެތާ ގޮނޑިބަރީގައި ތިއްބާ ވިއްސާ ކޮޓަރިން ނަރުސް ކުއްޖަކު ނުކުތީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. “މަރުޙަބާ! ފިރިހެން ކުއްޖެއް.” ނަރުސް ކުއްޖާ ބުންޏެވެ. “ޢައިޝާގެ ޙާލު ކިހިނެއް؟” “އިރާދަކުރެއްވީތީ ރަނގަޅު.” ނަރުސް ކުއްޖާ އެހެން ބުނެލުމުން ޝިފާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ދެތިން ފަހަރު ﷲއަށް ޙަމްދު އެޅިއެވެ.

ހޮސްޕިޓަލުގައި ދެދުވަސް ވަންދެން މަޑުކުރުމަށްފަހު ޢައިޝާއާއި ކުޑަ ދަރިފުޅު ގޮވައިގެން ޝިފާންއާއި އައިންތު ގެއަށް އައިއިރު ޚާލިދާއާއި އާމިރު ސިޓިންގރޫމްގައި ތިބީ އަލަތު ކާފަ ދަރިފުޅަށް މަރުޙަބާ ކިޔާށެވެ. އެމީހުން އައުމާއެކު ޚާލިދާ ގޮސް ޢައިޝާގެ އަތުން ކުޑަ ދަރިފުޅު އަތުލައިގެން ލޯބިކުރަން ފެށިއެވެ. އެމަންޒަރު ބަލަން ޝިފާންއާއި ޢައިޝާގެ އިތުރުން އައިންތުއާއި އާމިރު ތިބީ ހެވިފައެވެ. ޚާލިދާ އެލޯބިލޯބި ދަރިފުޅު މޮޑެމޮޑެފައި އާމިރުގެ އަތަށް ދިނުމުން އާމިރުވެސް އެދަރިފުޅުގެ މޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ. “ދަރިފުޅުމެން މިހާރު ނަމެއް ހޯދައިފިންތަ؟” ޚާލިދާ އެހެން ބުނުމުން ޝިފާން ހޫމްއެކޭ ބުނެލިއެވެ. “ޝިޔާން!” ޢައިޝާ ބުނެލިއެވެ. “ވަރަށް ރީތި ނަމެއް.” އައިންތު ބުނެލިއެވެ. “ނަން އެކަނި ރީތިވެގެން ކަމަކު ނުދާނެ. މާނަވެސް ރަނގަޅު ވާންވާނެ.” އާމިރު އެހެން ބުނެލުމުން އެއަށް ޖަވާބުދިނީ ޝިފާންއެވެ. “ބައްޕާ! އޭގެ މާނަވެސް ރަނގަޅު. އެކަމު މިހާރު މާނަ ހަނދާނެއް ނެތް.”

ހަފްތާއެއް ފަހެވެ. އައިންތު ދުވަސްފުރާ ވިހެއީ ލޯބިލޯބި އަންހެންކުއްޖެކެވެ. ޝިފާންއަށް އެދުވަހުވެސް އުފަލުން ރޮވުނެވެ. އޭނާއަށް މިލިބުނީ އޭނާ އެންމެ އުންމީދުކުރި ގޮތަށެވެ. ދެވައްތަރު ދެކުދިން ލިބުނީއެވެ. ދެން އިތުރަށް ކުއްޖަކު ނުލިބުނަސް އޭނާ ހިތްހަމަޖެހޭނެއެވެ. މިފަހަރު ގެއިން މަރުޙަބާ ކީ ޢައިޝާއާއި ކުޑަ ދަރިފުޅު ޝިޔާންއެވެ. “ދަރިފުޅާ! މިއޮތީ ދަރިފުޅުގެ ކޮއްކޮ!” ޝިޔާންގެ ކުޑަކުޑަ އަތްތިލަ އަންހެންކުއްޖާގެ މޫނުގައި ޖައްސާލަމުން ޢައިޝާ ބުނެލިއެވެ. އެއާއެކު ޝިޔާންއާއި އެތުއްތު އަންހެންކުއްޖާ އެއްފަހަރާ ހީލިއެވެ. ހީވަނީ އެދެކުދިންނަށްވެސް އެކަން އެނގުމުން އުފާވީހެންނެވެ. “ކޮބާ ދޮންބެކަން އެނގިގެންނޭ އެހީލީ.” އައިންތު ބުނެލިއެވެ. “އައިންތު! ބޭބީއަށް ކިޔާނެ ނަމެއް ހޯދައިފިންތަ؟” “އާނ. ޝިޔާނާ.” ޚާލިދާގެ އަޑަށް އެންމެންވެސް ބަލާލިއެވެ. “މަންމައަށް ކިހިނެއް އެނގުނީ؟” ހައިރާންވެފައި އައިންތު އަހާލިއެވެ. “ކޯއްޗެއް؟” ޚާލިދާގެ ހައިރާންކަން އަދި މާބޮޑެވެ. “މަންމަ ތިބުނީ ހަމަ އަހަރެމެން ކިޔަން ނިންމި ނަން ދޯ ޝިފާން.” އައިންތު ބުނެލިއެވެ. ޝިފާން ބޯ ޖަހާލުމުން ޚާލިދާ ބުނެލިއެވެ. “އެހެންތަ؟ މަންމައަކަށް ނޭނގެ ތިކަމެއް. މަންމަ މިނަން ނިންމީ ޝިފާނާއާއި ގުޅުވާލަންވެގެން.” “ކިހާ ބޮޑު އިއްތިފާޤެއް. އަހަރެމެންވެސް ހަމަ އެގޮތަށް ބަލާފަ މިނަން ނިންމީ.” ޝިފާން އެހެން ބުނެލުމުން އެންމެން އެއްފަހަރާ ހޭން ފެށިއެވެ.

ޢައިޝާ ކޮޓަރިއަށް ވަނީ ކުޑަ ސޮރު ރޯން ފެށުމުން ބުއްދޭށެވެ. ޝިފާންވެސް ފަހަތުން ވަނެވެ. ޢައިޝާ ވަދެ ކުޑަ ސޮރަށް ބުއް ޖެއްސިއިރު ޝިފާން އިނީ ޢައިޝާއާ ވާހަކަދައްކާލަން ބޭނުންވެފައެވެ. އިރުކޮޅަކު ޢައިޝާއަށް ބަލަން އިނދެފައި ގޮސް ޢައިޝާގެ ގާތުގައި އިށީނެވެ. އަދި ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. “ދޫންޏާ! އަވަހަށް ބޯލާ.” ޢައިޝާ ބުނެލިއެވެ. “ނުބޮއިތަ؟” ޝިފާން ކަންބޮޑުވެފައި އަހާލިއެވެ. “ހޫމް. ނުބޮއި އެއްވެސް ވަރަކަށް.” ޢައިޝާވެސް ކަންބޮޑުވެފައި ބުނެލިއެވެ. “ބޮވޭ ވަރަށް ނެތީ ކަންނޭނގެ.” ޝިފާން އެހެން ބުނެފައި ކޮށްލި ކަމަކުން ޢައިޝާއަށް އަވަސްއަވަހަށް ބަލާލެވުނީ ދޮރާއި ދިމާއަށެވެ. އެވަގުތު އޭނާއަށް ދޮރު ދަށުން މީހަކު އެދިމާއަށް އަންނަނިކޮށް ފެނުނެވެ. “ޝިފާން!” ޝިފާން ތެދުވެ ހަމަޖެހިލާފައި ބުނެލިއެވެ. “ދެން ބަލާބަލަ ބޮވޭތޯ.” ޝިފާން އެހެން ބުނެލުމުން ޢައިޝާ އަނެއްކާވެސް ކުޑަ ސޮރަށް ބުއް ޖެއްސިއެވެ. ހަމަ ޖެއްސުމާއެކު ބޯން ފަށައިފިއެވެ. ދޮރުގައި ޓަކި ޖަހާލުމުން ޝިފާން ގޮސް ދޮރު ހުޅުވާލިއެވެ. “މިދަނީ.” އެހެން ބުނެފައި ޝިފާން ވަނީ އެތެރެއަށެވެ. ވަދެ އެނދުމަތީގައި އޮތް އޭނާގެ ފޯނު ހިފައިގެން ބޭރަށް ނުކުތީ އެބަ އަންނަމޭ ބުނެފައެވެ.

ޝިފާން ގޮސް އައިންތުގެ ކޮޓަރިއަށް ވަތްއިރު އައިންތު އުޅެނީ ކުޑަ މަންޖެ މަސަލަސް ނުކުރެވިގެންނެވެ. “ކީއްވެތަ އެހާ ވަރަށް އެރޮނީ؟” ޚާލިދާ އައިސް ވަންނަމުން އެހިއެވެ. “ނޭނގެ މަންމާ! މަށަށް ހީވަނީ ކޮންމެވެސް ތަނަކަށް ތަދުވަނީހެން.” އައިންތު ކަންބޮޑުވެފައި ބުންޏެވެ. “ބަނޑުހައިވީ ކަންނޭނގެ.” ޝިފާން ބުނެލިއެވެ. “ދެންމެގަ މި ބޯންދިނީ.” އައިންތު ބުނެލިއެވެ. އޭނާ އިނީ ކުޑަ މަންޖެ އެހާ ވަރަށް ރޯތީ ކަންބޮޑުވެފައެވެ. “އަޅެ ހާދަ ވަރަކަށޭ! މިއޮއްގެން ހިނދެނީ މިހާރު.” ޚާލިދާ ކުޑަ މަންޖެ އުރާލާ ނާނާއެއް އަޅުވާލަމުން ބުނެލިއެވެ. ޢައިޝާ ޝިޔާން ނިންދަވާފައި ނުކުތް ވަގުތު ކުޑަ މަންޖެ ރޯއަޑު އިވިފައި ބާރު ހިނގުމެއްގައި ގޮސް އެކޮޓަރިއަށް ވަނެވެ. “ކިހިނެއްވީ؟” ކަންބޮޑުވެފައި ޢައިޝާ އެހިއެވެ. އެކުޑަކުޑަ ކުއްޖާގެ ހަށިގަނޑުގައި އަޅާ ވޭން، އެކުއްޖާގެ ރުއިމުގެ އަޑު އިވޭ ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. “ނޭނގެ މިވެގެން އުޅޭ ގޮތެއް. ހަމަ ރޮވެނީ. މަށަށް ހީވަނީ ކޮންމެވެސް ތަނަކަށް ތަދުވަނީހެން.” އައިންތު އޭނާއަށް ހީވާ ގޮތް ބުންޏެވެ. “ވެދާނެ. އެކަމަކު ކީއްވެބާ ތަދުވާންވީ؟” ޢައިޝާވެސް އެކަމާ އެއްބަސްވިއެވެ.

**********

އަމާންކަމާއި އޮމާންކަމާއެކު ދުވަސްތައް އޭގެ ހަލުވި މިނުގައި ގޮސް ރިޔާޝާގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނީއެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭ ހަފްތާއަކު މަދެވެގެން ދެފަހަރު ރަތީބާ ފިޔާޒާ ގޮވައިގެން އޭނާއާއި ބައްދަލުކުރަން އާދެއެވެ. ތިން އަހަރު ފަހުން މިއަދަކީ އޭނާ އާއިލާއާއި ވަކިން އުޅޭނެ އެންމެ ފަހު ދުވަހެވެ. ދެން އޭނާ އަބަދުވެސް އުޅޭނީ ލޯބިވާ ދަރިފުޅާއި މައިދައިތައާ އެކީގައެވެ. “ރިޔާޝާ! މިއަދު މީ ރިޔާޝާ މިނިވަންވާ ދުވަހެއްނު. ރިޔާޝާ ކޮންތާކަށް ދާނީ؟” ނިޝާ އަހާލިއެވެ. އޭނާ ހުރީ ރިޔާޝާއާއި ވަކިވާން ޖެހޭތީ ވަރަށް ދެރަވެފައެވެ. މިވީ ތިން އަހަރު ތެރޭ އެދެމީހުންގެ ގުޅުންވަނީ އަޚްވަންތަކަމުގެ ގުޅުމެއް ފަދައިންވެފައެވެ. “އެންމެ ފުރަތަމަ އަހަރެން ދާނީ އަހަންނަށް މި އަނިޔާ ދިން މީހާއާއި ބައްދަލުކުރަން.” ރިޔާޝާ ބުނެލިއެވެ. އޭގެ އިރުކޮޅެއް ފަހުން ޖެއިލަރގެ އައިސް ރިޔާޝާ ގޮވައިގެން ގޮސް ވަރަށް ނަސޭޙަތް ދީފައި އޭނާ ދޫކޮށްލިއެވެ. އޭނާގެ އަތުގައި ލާނެ ހެދުމެއް ނެތުމުން ޖެއިލަރގެ އަމުރަށް އެތަނުން މުއައްޒަފަކު ގޮސް ރިޔާޝާއަށް ހެދުމެއް ހޯދައިގެން ގެނެސްދިނެވެ. އެއީ އެއްވެސް ޑިޒައިނެއް، ކުރެހުމެއް ނެތް ކަޅު ކުލައިގެ ދޯޕައްޓާ ހެދުމެކެވެ. ރިޔާޝާ އެހެދުން ލައިގެން އެންމެނާ ސަލާންކޮށްލާފައި އެނބުރި ދިޔައީ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައަޅައިގެންނެވެ.

ޖެއިލަރގެ އެދުމަށް ރިޔާޝާ ގެއަށް ލައިދޭން ދިޔައީ ޖަލުގައި މަސައްކަތްކުރާ މުއައްޒަފެކެވެ. ރިޔާޝާގެ އެދުމުގެ މަތިން ދަތުރުގެ ވަކި ހިސާބަކުން ފަޔާޒް ވަޅުލާފައިވާ ސަހަރާއަށް ދިޔުމަށް މިސްރާބުޖެހިއެވެ. އޭނާ ކާރުން ފައިބާ އެމީހާއަށް ޝުކުރު އަދާކޮށްފައި ދެން ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުނުމުން އެމީހާ ހީލާފައި ދިޔައެވެ. އޭނާ ސަހަރާއަށް ވަނުމުގެ ކުރިން ދިޔައީ ޖުމާންގެ ގެއަށެވެ. އޭނާ ފެނުމާއެކު ޖުމާންއަށް ލިބުނީ ހައިރާންކަމެވެ. ތިން އަހަރު ފަހުން ފެނުނުއިރު ރިޔާޝާ ވަނީ ވަރަށް ބަދަލުވެފައެވެ. ކުރީގައި ހުންނަ ތާޒާކަމެއް އެމޫނަކު ނުވެއެވެ. ކުރިއަށްވުރެ ހަށިގަނޑު ހިކިފައިވާކަން ޖުމާން ފާހަގަކުރިއެވެ. “އާދޭ އެތެރެއަށް. ދެން ދާންވާނީ ކައިގެން.” ޖުމާން ބުނެލިއެވެ. ރިޔާޝާވެސް ދެބަހެއްނެތި އެއްބަސްވިއެވެ. “ޒީ! އާދެބަލަ ވަރަށް އަވަހަށް.” ޖުމާން އޭނާގެ އަންހެނުން ޒީނާއަށް ގޮވާލާފައި ބުނެލިއެވެ. “ރިޔާ! ކޮންއިރަކު އައީ؟” ޒީނާއަށް ރިޔާޝާ ފެނުމާއެކު އައިސް އޮޅުލައިގަތެވެ. “ހަމަ ދެންމެ.” “ހިނގާ ކާން.” ރިޔާޝާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ބަދިގެއާއި ދިމާއަށް ދަމުން ޒީނާ ޖުމާނަށް ބުންޏެވެ.

އެތައް އިރަކު އެގޭގައި ވާހަކަދައްކަން އިނދެފައި ރިޔާޝާ އެގެއިން ނުކުތީ އެރޭ ނުވައެއް ޖެހި ފަހުންނެވެ. ޖުމާން އޭނާ ގެއަށް ލައިދޭން ދާން އުޅެން ފެށުމުން އޭނާ ދެކޮޅު ހެދީ އޭނާ އަދި ވަރަށް މުހިންމު ކަމަކު ތަނަކަށް ދާން އެބައޮތް ކަމަށް ބުނެއެވެ. ރިޔާޝާ ގޮސްވަނީ ޖުމާންގެ ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަހަރާ ތެރެއަށެވެ. އެތާގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އޭނާ ގޮސް ފަޔާޒްގެ މަހާނަ ކައިރީ އެއްފައިމަތީ އިށީނެވެ. އޭނާ އެމަހާނައިގެ ވެލިތައް އޮމާންކޮށްލިއެވެ. އަދި މަތީގައި ހުރި ގާކޮޅުތައް ހޮވާލާފައި އެއްލާލިއެވެ. އޭނާ އަނެއްކާވެސް ވެލިގަނޑު އޮމާންކޮށްލާފައި ވެލިމުށެއް ނެގިތަނާ އޭނާގެ އަތްތިލައަށް މީހަކު ފައިން އެރިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އައިޝާ 13

Next

ޝެލީން 16

Next
December 3, 2016

ޝެލީން 16

Previews
December 2, 2016

އައިޝާ 13

38 Comments!

  1. Shaayan says:
    December 3, 2016 at 10:07 am

    V salhi. Waiting for next part

    1. Saandy says:
      December 3, 2016 at 6:02 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 33ވަނަ ބައި އަޕްކޮށްލާނަން

  2. Ana says:
    December 3, 2016 at 10:17 am

    V v reethi mi bai ves!waiting for the next ,nd appriciate u’re hard work…thanx..

    1. Saandy says:
      December 3, 2016 at 6:03 pm

      ޝުކުރިއްޔާ އަނާ! އިރާދަކުރެއްވިއްޔާ މާދަމާ 33ވަނަ ބައި އަޕްކޮށްލާނަން

  3. Aisha says:
    December 3, 2016 at 10:23 am

    Me third.. v salhi.. Shifaan keehtha ekury Aishaa ah ? waiting for the next part.. maadhamaa next part up kolladhehchey

    1. Emneez says:
      December 3, 2016 at 11:44 am

      Dw aisha shifaan kurikameh balan eba gehey hehehe ?

    2. Mary says:
      December 3, 2016 at 1:56 pm

      Shifan buh buee dhw ?

    3. Saandy says:
      December 3, 2016 at 6:04 pm

      ޝުކުރިއްްޔާ އައިޝާ! އިރާދަކުރެއްވިއްޔާ މާދަމާ 33ވަނަ ބައި އަޕްކޮށްލާނަން

    4. Saandy says:
      December 3, 2016 at 6:05 pm

      ހެހެހެ… މަރީގެ ކޮމެންޓް ކިޔާފަ ވަރަށް ހެވިއްޖެ

    5. Saandy says:
      December 3, 2016 at 6:14 pm

      :pއައިޝާ & އެމްނީޒް! ޝިފާން އެކުރި ކަމެއް ޖެހޭނީ ޝިފާން ގާތު އަހާލަން

  4. Kiyaa Meehaa says:
    December 3, 2016 at 10:26 am

    WOW!! u’re great Saandy!! Finally Riyaashaa jalun salaamaiy v dhw… naseebeh fahun rangalhu jailer eh aikan… next part ah eba v inthizaaru kurevey… next part avahah up kolladhehchey… pls

    1. Saandy says:
      December 3, 2016 at 6:06 pm

      ޝުކުރިއްޔާ ކިޔާމީހާ! އިރާދަކުރެއްވިއްޔާ މާދަމާ 33ވަނަ ބައި އަޕްކޮށްލަދޭނަން

  5. Booooo says:
    December 3, 2016 at 11:11 am

    Bandu boduvee hisaabun vaahaka heevanee haadhisaaeh hen. But ehen baithah Salhi.

    1. Saandy says:
      December 3, 2016 at 6:07 pm

      ޝުކުރިއްޔާ ބޫގެ ޚިޔާލަށް… ވަރަށް އުފާވެއްޖެ އެހެން ބައިތައް ކަމުދިޔައިމަ

  6. Navya says:
    December 3, 2016 at 11:31 am

    Vvv reethi mibaives…thnx?

    1. Saandy says:
      December 3, 2016 at 6:07 pm

      ޝުކުރިއްޔާ ނަވްޔާ

  7. nashfa says:
    December 3, 2016 at 11:46 am

    E ayaax gandu noon myhakah nuvaane…

    1. Saandy says:
      December 3, 2016 at 6:09 pm

      ޝުކުރިއްޔާ ނަޝްފާ! އަސްލުވެސް ވަރަށް ފޫހިވޭ ދޯ އެ އަޔާޒްގަނޑު ދެކެ… ދެން އޮތް ބައިގަ އިނގޭނެ ކާކުކަން އެއީ

  8. Ami says:
    December 3, 2016 at 11:51 am

    V salhi.waiting 4 next part

    1. Saandy says:
      December 3, 2016 at 6:09 pm

      ޝުކުރިއްޔާ އަމީ! އިރާދަކުރެއްވިއްޔާ މާދަމާ 33ވަނަ ބައި އަޕްކޮށްލާނަން

  9. Ba says:
    December 3, 2016 at 12:00 pm

    Hiyeh nuwey fayaz maruviheneh. ?

    1. Saandy says:
      December 3, 2016 at 6:10 pm

      ނޫނޭ ބާ… ފަޔާޒް މަރުވެއްޖެ ހަމަ

  10. ?mixoo says:
    December 3, 2016 at 12:24 pm

    salhi varah…
    riyaashaage athah ery kaakakubaa.
    next part avahah genesdhehchey

    1. Saandy says:
      December 3, 2016 at 6:11 pm

      ޝުކުރިއްޔާ މިޒޫ! ދެންއޮތް ބައިގަ އިނގޭނެ އެއީ ކާކުކަން… އިރާދަކުރެއްވިއްޔާ މާދަމާ އާބައި ގެނެސްދޭނަން

  11. ### says:
    December 3, 2016 at 1:01 pm

    riyaashaa ge athah e aree arujun sing

    1. Saandy says:
      December 3, 2016 at 6:12 pm

      ޝުކުރިއްޔާ ޓްރިޕްލް ހޭޝް

  12. Xoon says:
    December 3, 2016 at 2:40 pm

    31 nudheken up kuri thaneh kihine hedhee ma fehnaani

    1. Saandy says:
      December 3, 2016 at 6:02 pm

      ޝުކުރިއްޔާ! ސާންޑީއަށް ކްލިކް ކޮށްލީމަ މިވާހަކައިގެ ހުރިހާ ބައެއް ފެންނާނެ

  13. Anonymous says:
    December 3, 2016 at 5:32 pm

    V reethi Saandy ah fithaalaa eyrun fennaane

    1. Saandy says:
      December 3, 2016 at 6:12 pm

      ޝުކުރިއްޔާ އެނޮނީމަސް

  14. Juvz says:
    December 3, 2016 at 9:26 pm

    V reethi mi bai ves ? Saandy haadha molhey dhoa ?

    1. Saandy says:
      December 4, 2016 at 1:20 am

      ޝުކުރިއްޔާ ވަރަށް ބޮޑަށް

  15. Naadhee says:
    December 3, 2016 at 11:17 pm

    Hahahaa v majaa but v reethi mi vaahaka

    1. Saandy says:
      December 4, 2016 at 1:21 am

      ޝުކުރިއްޔާ ނާދީ

  16. raasi says:
    December 4, 2016 at 11:52 am

    modem halaakuveema raasi ah comMent nukurevunee
    reethi
    waiting for next part

    1. Saandy says:
      December 5, 2016 at 1:36 am

      ޝުކުރިއްޔާ ރާސި! އިރާދަކުރެއްވިއްޔާ ހެނދުނު އަޕްކޮށްލާނަން

  17. raf says:
    December 9, 2016 at 1:05 pm

    Thee ha ma v molhu writer e v furiha ma mi part rangalha viyaa riyaa aymacha fain erii ayaz dhw

    1. Saandy says:
      December 9, 2016 at 10:59 pm

      ޝުކުރިއްޔާ ރަފް! ބާކީ އިން ދެބައި ކިޔާލާ… އޭރުން އިނގޭނެ ކާކުކަން… މިހާރު ވާޙަކަ ނިމިއްޖެ

Comments are closed.


All Right Reserved!