“ޝްޝްޝް.. އައި ނޯ ދެޓް ޔޫ ލަވް މީ..” ޝާކިން އެބުނި އެއްޗަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޖައްސާފައިވާ އޭނާގެ އިނގިލި ދުރުކޮށްލަމުން އޭނާ އަހަންނަށް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ދެފައި ވިރިގެން ދިޔަ ފަދައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން އަހަރެން އިސްޖަހާލީމެވެ. ޝާކިންއަށް އަހަރެން އޭނާ ދެކެ ލޯބިވާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޢަމަލުތަކުން ހެއްޔެވެ؟ “ވަޓް؟ އަހަރެން؟ ހަހަހަ.. އަހަރެން ނުވޭ…” އަހަރެން […]
“އަރޫން… އަރޫން… ވަރަށް ތަދުވޭތަ؟” އަހަރެން އަރޫންއަށް ގޮވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ލޯ ހުޅުވާލެވޭ ވަރަށްވުރެ ވެސް ބޮޑަށް އެތަނަށް ތަދުވަނީ ކަންނޭނގެއެވެ. އަހަރެން ތެދުވެގެން ދުވެފައި އެތަނުން ނިކުންނަން ދިޔައީ އާރިފް ސާރ މެން މީހަކަށް މިކަން އަންގާށެވެ. ނަމަވެސް އަހަރެން އެތަނުގެ ދޮރާ ހަމައަށް އެރިތަނާ ބާރުއަޑެއް އިވުމުން އަހަރެން ކަންބޮޑުވެފައިހުރެ އެނބުރި ބަލާލީމެވެ. ތަޅުންގަނޑު މައްޗަށް އަރޫން ވެއްޓިފައި އޮތްތަން ފެނުމުން އަހަރެންގެ ޙަރަކާތް ހުސްވިއެވެ. އަރޫން […]
” އާހިލް އަ..އަހަރެން ވެސް ވަރަށް ލޯބިވޭ އާހިލް ދެކެ. އަހަންނަކަށް ވެސް އާހިލް އާއި ނުލާ ކެތެއް ނުވާނެ. މެހެކް ފެންކަޅިވެފައި ހުރެ ބުނެލިއެެވެ. “ތި ދުވަސް ދެކެން އަހަރެން ވެސް ވަރަށް ބޭނުން”. އެކަމަކު.. މެހެކް ލޯމަރާލިއެވެ. އަހަރެން..އަހަރެން ބޭނުން މަންމަ މެންނާ އިހަށް ވާހަކަ ދައްކާލަން” ބުނާނެ އިތުރު އެއްޗެއް މެހެކް އަކަށް ނުވިސްނުނެވެ. އާހިލްގެ ހާލާއި މެދު ވިސްނާފައި އިވާން ގެ ވާހަކަ ބުނާކަށް މެހެކް ގެ ހިތެއް ނޭދުނެވެ. ” […]
“އެބައޮތްތަ ކަޅު ގަލަމެއް؟ އަހަރެން ހަނދާނެއް ނެތް މިޔަދު ގެންނާކަށް…” އަހަރެން ޖެހިލުންވެ ހުރެ އެހެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަހަންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ކަޅުކަންގަދަ ދެލޮލުގެ ތެރެއަށް ގެނބިގެންދާން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. އެކަހަލަ އަސަރުގަދަ ދެލޮލެއް އަދި އަހަރެން ހަޔާތުގައިވެސް ނުދެކެމެވެ. އޭނާވެސް އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި […]
“އާޒިމް!” މާރިއާގެ އަޑު އިވުނު ކަމަށް ވެސް ހަދާ ނުލާ އާޒިމް ނިދަން އޮށޯތެވެ. ޖަހައިފައި ހުރި ފަންކާގެ އަޑު އިވެމުން ދިޔައިރު މާރިއާ ހުރީ އެނދުގެ ބޯލާ ކޮޅުގައި އާޒިމް ފަރާތުން ޖަވާބެއްގެ އިންތިޒާރުގައެވެ. އާޒިމް ގެއަށް އައިންސުރެ އައްޔާދް ދެއްކި ވާހަކަތަކުގެ ހަޤީޤަތް އެހުމުން ވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. “އާޒިމް ކީއްވެގެންހޭ އައްޔާދްގެ ނުރުހުމުގައި މިކައިވެނި ހަމަޖެއްސީ. އަހަންނަށް އިނގޭ ހުރިހާ ކަމެއް ވެސް.” މާރިއާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ކޯއްޗެއް […]
އޭނާ ބޯ އަރިކޮށް އަހަންނާ ދިމާއަށް ބަލާލި ގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަހަންނަށް އޭނާގެ އަތުންވެސް ދޫކޮށްލެވުނެވެ. އެއްއަތުން އޭނާގެ މާސްކު ހިފައިގެން ދެލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުއްޓާ އޭނާ އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިއެވެ. އޭރުވެސް އަހަންނަށް ހުރީ ކުރިމަތީގައި އެހުރީ ކާކުކަން ޤަބޫލުކުރަން ދަތިވެފައެވެ. ޝާކިން ތެދުވެ އަަހަންނާ ދިމާއަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީކަން އެނގުމުން އޭނާ ހުރީ […]
އިވާން ގުޅާތަން ފެނުމުން މެހެކް ހާސްވާގޮތް ވިއެވެ. ޔަޤީނުން ވެސް އިވާން އެ ގުޅަނީ އޭނާ ނުގުޅައިގެން ލަސްވެގެންނެވެ. ” އެ..އެއީ ޑޮކްޓަރެއް” މެހެކް ބުނެލިއެވެ. އާހިލް ގާތު ސީދާ ތެދު ބުނަން އޭނާ ފަސްޖެހުނެވެ. އާހިލް ދެރަވާނެވަރު ހިތަށް އަރާފައެވެ. އާހިލްގެ ބަލިހާލު ހުރިގޮތުން އެފަދަ ވާހަކައެއް ދެއްކުން ރަނގަޅު ނުވާނެ ކަމަށް މެހެކް އަށް ވިސްނުނެވެ. ތުރުތުރު އަޅާ ހާލް އޭނާ ފޯން ނެގިއެވެ. ” އަދިވެސް ބިޒީތަ؟ އިވާން ލޯތްބާއެކު އަހާލިއެވެ. އިވާން […]
“އަހަރެން މި ދަނީ އެތެރެއަށް.. ލައިބާ އައިސް ވަކި ގޮތެއް ނިންމާ. އައި އެމް ސޮރީ އަގައިން. އެކަމު މިހިތުން ލައިބާއަށް ޖާގައެއް ނުދެވުމަކީ އަހަރެންގެ ކުށެއް ނޫން. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ.” އައްޔާދް މިހެން ބުނެފައި އެތެރެއަށް ވަނުމުން ލައިބާ ދެލޯ މަރާލިއިރު ކަރުތެރެއިން ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އައްޔާދް އައިސް ސޯފާގައި އިށީނދެލައި ނިއްކުރީގައި އިނގިލިތައް ހާކާލަމުން ފުންނޭވާއެއްލިއެވެ. ބޮލު ތެރޭގައި އުދާސްކަން ފެތުރިފައި ވީއިރު މާރިއާ އަދިވެސް އިނީ ފާޑަކަށް އައްޔާދަށް ނަޒަރު […]
ސުނޭގެ ޙަޔާތުން. އަހަރެންގެ ނަޒަރުގައި ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އެއް ފަހަރު ނޫނަސް ލޯބި ވެވިދާނެއެވެ. ލޯބިވީ މީހާދެކެ ފަހުން ފޫހިވެސް ވެދާނެއެވެ. އަދި ލޯބި ވިޔަސް ވަކިވާންވެސް ޖެހިދާނެއެވެ. އަހަރެންގެ ނަމަކީ އަހުމަދު ސުނާނެވެ. އަހަރެންގެ އުމުރުން މިހާރު 20 އަހަރު ވެއްޖެއެވެ. ހިއްސާ ކުރަން ގަސްތު މިކުރަނީ މީގެ ގާތް ގަނޑަކަށް 2 އަހަރުން ކުރިން އަހަންނާ ދިމާވި، އަހަރެއްވީ ލޯބީގެ ކުޅިސަމާގަނޑެއްގެ ވާހަކައެވެ. އޭރު އަހަރެންގެ އުމުރުން ކިރިޔާ 18 އަހަރު ވާނީއެވެ. […]