މީ މި ސައިޓަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ އެވެ. އަދި އަޅުގަނޑު ލިޔުނު ފުރަތަމަ ވާހަކަ ވެސް މެއެވެ. ފާޑު ކިޔުމަކީ އަޅުގަނޑު ގެ ކުރި އެރުމެވެ. އެހެން ކަމުން ބިނާ ކުރަނިވި ފާޑު ކިޔުން ތައް އުފަލާއި އެކު އަޅުގަނޑު ބަލައި ގަންނާ ނަމެވެ. ޝުކުރިއްޔާ. ގަޑިން ބާރަ ޖަހަން ދެން އިނީ އެންމެ ފަސް މިނެޓެވެ. އުނޫޝާގެ އަސަރު ގަދަ އަޑުން ކިޔައި ފައިވާ މީ ލޯބި ވެރިންގެ ރެޔޭ، މީ އިޝްޤު […]
އިރު ފެނުން ތޮޅެލިއިރު މުޅި ޖައްވު އާދުވަހަކަށް މަރުޚަބާ ކިޔަމުން ދިޔައެވެ. ކޮވެލީގެ ހިތްގައިމު ރާގު އެކި ކޮޅުކޮޅުން އިވެމުން ދިޔައިރު ހެނދުނުގެ އަރާމު އަވި މަގުތަކަށް އެޅިފައިވިއެވެ. ގޭދޮރުމަތީ ކުނިކަހަން އޮތް ހާޖަރާ އިލޮށިފަތިން ފަތްތަށް އެއްތަން ކުރަމުން ދިޔައެވެ. އޭރު ކައިރި ގޯތީގެ މީހުން ވެސް ހެނދުނަށް މަގުމަތި ކަހަމުން ދިޔައިރު ކުދި ދަރިންތައް ބޯޅަ ކުޅެ ރަށުތެރޭގައި ހޭލަމޭލަވެ އުޅެއެވެ. ގޯންޏަކަށް ފަތްތަށް އެއްކޮށްލުމަށްފަހު އަޅާލަމުން ހާޖަރާ ތެދުވެ ހިންދެމިލިއެވެ. ނިއްކުރީގައި ހިއްލާފައިވާ […]
ޖެހިގެން އައި ދުވަހުގެ ހެނދުނު ޑިއުޓީއަށް ގޮސް މެހެކް މަސައްކަތް ކުރަމުން ދިޔައީ ކިޑްނީ ބަދަލުކުރުމާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ. އެފަރުވާއަށް އެންމެ އެކަށޭނެ ތަންތަން އޭނާ ބެލިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ރަނގަޅަށް ބަލާ ޔަޤީންކުރިއެވެ. މުޅި ޝައުގުވެރިކަން ކުރިމަތީގައި ހުރި ލެޕްޓޮޕަށް ގެއްލުވާ ލައިގެން އޭނާ އިނީ ޑިއުޓީގައެވެ. ހުރިހާ ތައްޔާރީތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަމުން ދާ ކަމުގެ އުފާވެރި އިޚްސާސް އޭނާގެ ހިތުތެރޭގައި ހިނގަމުން ދިޔައެވެ. އެކަމުގައި ވެވުނުހާ ޤުރުބާނީއެއް […]
ހާދަހާ ލޯބިވޭ 2 ”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ . ”ދަރިފުޅާ އާދު..“ އާދުގެ މަންމަ އުއްމިއްޔާ […]
ހާދަހާ ލޯބިވޭ 1 މަޖީދީ މަގުން މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ އާދު ސައިކަލު މަޑުކޮށްލީ ފޯނެއް އައުމުންނެވެ. މޮބައިލް ނަގާ ”ހަލޯ “ އޭ ބުނެލަމުން އާދު މަގުގެ ދެކޮޅު ބަލާލިއެވެ. ފޯނުގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި މޫނުމަތީގައިވާ ދާތިކި ތަކުން ސަލާމަތް ވުމަށް އިރިއިރުކޮޅާ ނިތްކުރިމަތީގައި އަތް ހިންގާލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ވަރުބަލި ކަމާއިއެކުވެސް އެ ޒުވާން މޫނުމަތީގެ ރީތިކަން ކުޑަ މިންވަރަކަށްވެސް ގެއްލިގެން ނުދެއެވެ. ކަޅު، ފަން […]
“އަވަހަށް ބުނެބަލަ”. ކާރު ދުއްވަމުން ފަހަތަށް އެނބުރި ބަލާލަމުން އިވާން ހިނިތުންވެލިއެވެ. ” އިވާން.. އަ..އަހަރެން ވަރަށް ބޮޑު ކަމަކަށް އެދެން މިއުޅެނީ”. މެހެކް ލަދުން އިސްޖަހައިގެން އިނދެ އަޅައި ގަންނަމުން ބުނެލިއެވެ. ދެން އޭނާ ދެލޯ މަރާބާރުކޮއްލިއެވެ. ” އާހިލްގެ ބައްޔަށް ފަރުވާ ކުރުމަށް ޓަކައި އަހަންނަށް އެހީއެއް ދީފާނަންތަ؟” ” ތި ވާހަކަ ދައްކާލަން ކޮންމެވެސް ތަނެއްގަ މަޑުކޮއްލަމާ ދޯ” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އިވާން ބުނެލިއެވެ. އޭރު ކާރު އޮތީ ސަލްޓަންޕާރކް ހުންނަ […]
“ބައްޕަ ކިޔާ އެއްޗަކާއި ދޭތެރޭ ނުވިސްނަބަލަ.. އަހަރެން ދޯ މިއުޅެނީ ރިއުއާއި އިންނަން. ބައްޕައެއް ނޫން ކަންނޭގެ. ބައްޕަ ނުޤަބޫލުގައި ވެސް އެކަން ކުރެވޭނެ..” ރިއުމާންގެ އަތުގައި ހިފާލައިގެން ހުރެ އައްޔާދް ވާހަކަ ދައްކަމުން ދިޔައިރު ރިއުމާން ހުރީ ތިރިން ފެންނަން އޮތް މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަވީރުގެ ހިޔާ ޖެހިފައިވީ އިރު ސުނާމީބިނާގައި އެތަށް ބަޔަކު އެމީހުންގެ ކުދި ދަރިންތައް ގޮވައިގެން އައިސް އުޅެއެވެ. ލަކުޑިން ހަދާފައި ހުރި ފެންސުގައި އަތް އަޅުވާލައިގެން ރިއުމާން […]
ކުއްލިއަކަށް އޭނާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު ފިލަމުން ދިޔަވަރަކަށް، ފުސްވެފައިވާ މަންޒަރު މަޑުމަޑުން ސާފުވަމުން ދިޔައެވެ. އޭރު ދާދި ގާތުން އިވާން ގެ މޫނު ފެނެއެވެ. ދުރުދުރުން އިވާންގެ އަޑު އަންނަހެން ހީވެއެވެ. އޭނަ ގޮވަމުން ދަނީ މެހެކް ގެ ނަމުން ކަން އެނގުނެވެ. އޭރު މެހެކް އޮތީ ޑޮކްޓަރު ކޮޓަރި ތެރޭގައި ހުރި އެނދުމަތީގައެވެ. ހޭވަރިކަން ވަމުން ދިޔަ ވަރަކަށް ސިކުނޑި ތެރޭގައި ދެންމެ ވީ ކަންތައް އެނބުރެން ފެށިއެވެ. […]