އެހެނަސް މިދުވަސް މި ގޮތަށް އަންނާނެ ކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިޔެއް ނުކުރަމެވެ. ދަރިފުޅުގެ އެ އަމަލުން ނީޝާމް ވަރަށް ދެރަ ވިއެވެ. އެ ވަގުތު އަހަރެންނަށް ވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. ލިބުނު މާޔޫސް ކަމާ އެކު އަހަރެންނާ ދިމާލަށް ބަލައިލުމަށް ފަހު ނީޝާމު ހިނގައި ގަތީ ކޮޓަރިން ނުކުތުމަށެވެ. ވަގުތަކީ ޝާހިރު ވެސް އައިސް ގެޔަށް ވަތް ވަގުތެވެ. އެވަގުތު އަހަރެން ވަރަށް ހާސްވިއެވެ. ޝާހިރަށް ނީޝާމަކީ ކާކު ކަން ނޭންގި އޭނަޔަށް […]
އެވަގުތު ކާފަ ފާހާނާއިން ނުކުންނަ އަޑު އިވުމާއެކު މެހެކް އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އާހިލް ވެސް މެހެކް އަތުން މަޑުމަޑުން ދޫ ކޮއްލިއެވެ. ” އަހާ ދަރިފުޅަށް ހޭލެވުނީތަ؟ މިހާރު ކިހިނެއް ދަރިފުޅާ؟” ކާފަ އާހިލްގެ ބޮލުގައި ފިރުމާލިއެވެ. ” އަލްޚަމްދްﷲ ރަނގަޅު. އަދި އަމުދުން މިހާރު މާ ބޮޑަށް ރަނގަޅު ކާފާ ” އާހިލް މެހެކް އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “ކާފަ އަށް އެނގޭތަ އަހަރެން ގާތު މިހުރީ ކާކުކަން؟” އާހިލް އެހެން […]
އެވަގުތު އިމާއަށް ދެލޯމަރައިލެވުނެވެ. ލޯ މަރައިލުމާއި އެކު ކުރިމަތިން ޒޭން ސިފަވިއެވެ. ވަގުތުން އީމާ ނާހިލް އާ ދުރަށް ޖެހިލިއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ޒޭން އަށް ބޭވަފާތެރި ވެވުނީހެން އީމާ އަށް ހިވުނެވެ. ” އީމް ކިހިނެއްވީ؟…. ” އީމާގެ އަތުގައި ހިފައި ކައިރިއަށް ޖެހިލަމުން ނާހިލް އެހިއެވެ. އީމާ އަތް ފޮޅާލިއެވެ. އަދި ގޮސް އެނދުގައި އިށީނެެވެ. ” ކަމެއް ނުވޭ!..” ” އީމް މިހާރު ހާދަ ބަދަލުވެއްޖެއޭ!… ހީވަނީ މުޅިން އެހެން މީހެން […]
“ބައްޕަ އެހެން އެހެދީ ކީއްވެގެންކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އިނގޭ.. އެއީ ރިއުމާންއާއި އަޅުގަނޑު ގުޅިދާނެތީ..” އައްޔާދްއަށް ބޭއިޚްތިޔާރުގައި އެނަން ހާމަ ކުރެވުމުން ދޫ ބަންދުވިއެވެ. އޭނާ އަދި ރިއުމާންގެ ވާހަކަ މަންމެން ގާތު ދައްކާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ރިއުމާންގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްގެ ހަޤީޤަތް ހޯދާފައި ނޫނީ މާރިއާއަށް ރިއުމާން ތަޢާރަފް ނުކުރާން ނިންމީ އެހެންނޫނީ އާޒިމް އެކަން ހުއްޓުވަފާނެތީއެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އާޒިމް […]
ހެނދުނުގެ މާއިރާ ކަމުން ހޮސްޕިޓަލުގައި ގިނަ އިރު ހޭދަ ކުރާކަށް ނުޖެހުނެވެ. މީހުން ވެސް މަދުކަމާ އެކު ޑޮކުޓަރައް ދައްކައިލުމާ އެހެން ހުރިހާ ކަމެއް ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާ ލެވުނެވެ. އެހެން ކަމުން ހޮސްޕިޓަލުން ނުކުމެ ޑޮކުޓަރު ދީފަ އޮތް ބޭސް ސިޓީ ހިފައިގެން ގޮސް ކުރިމަތީ ހުރި ބޭސް ފިހާރަޔަށް ވަދެ ބޭސް ގަނެގެން ގެޔަށް ދިއުމަށް ޓަކައި ޖެހިގެން އޮތް ގޯޅި އަޅަން ވެގެން މަގު ހުރަސް ކޮށްލި ވަގުތު […]
“އާ އެކޭތަ ތިބުނީ”. މެހެކް ބޯ ޖަހާލުމާއެކު އިވާން އަހާލިއެވެ. “އަހަރެން އުފަލުން މަރު ވެދާނެ އިނގޭ”. މެހެކް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ. “ޔަޤީންކަން މިހާރުވެސް ދީފާނަން. ދުވަހަކުވެސް ހިތަކު ނުޖައްސާނަން. އަހަންނަށް ދެވޭވަރުގެ ހުރިހާ އުފަލެއް ދޭނަން. މީ ވަޢުދެއް”. އުފަލުން ފޮޅިފައިހުރެ އިވާން ބުނެލިއެވެ. މެހެކް ވެސް ގަދަކަމުން ހިނިތުންވެލިއެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. “މިހާރު ވާރޭ ތުނިކޮއްލައިފިއެއްނު. ހިނގާ ދެން ގެއަށް ދަމާ. މަތިބަލާލާފައި މެހެކް ބުނެލިއެވެ. ” މެހެކް […]
އެއީ ޖުމާނާގެ އުފަންދުވަހެއްގައި ނަނގާފައިވާ ފޮޓޯއެކެވެ. ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ ތަކުގެ ތެރެއިން ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގެ ކޮޕީއެއް ޖުމާނާ އޭރު ޝިޔާޒަށްވެސް ދިނެވެ. އަހަރެން މިހާރު ޝިޔާޒް މަތިން އެހާ ބޮޑަށް ހަނދާންވަނީ ކީއްވެ؟… ޖުމާނާ އަށް މަޑު މަޑުން ބުނެވުނެވެ. އަދި ފޮޓޯގައި ފިރުމައިލިއެވެ. ޝިޔާޒް އިނީ ކޮމްޕިއުޓަރ ރޫމްގައި މަސައްކަތެް ކުރާށެވެ. ސެކްޝަނުގެ އެހެން މުވައްޒަފުންވެސް ތިބީ މަސައްކަތުގައެވެ. މާހިން ގޮސް ޓީވީ ހުޅުވައިލިއެވެ. ޓީވީން […]
ކުއްލި އަކަށް ސިޓިންރޫމު ތެރޭގަ ކުޅެން އިން ލީޝް ރޮއެގަތް އަޑަށް ދަރިފުޅާ އޭ ކިޔާ ދުވެފާ ކަހަލަ ގޮތަކަށް ކާގެ ތެރެއިން އަވަހަށް ނިކުންނަން ހަދައިގެން އަހަރެންނަށް ފައި އެޅުނު ގޮތަކުން ކަހާލައިގެން މުށިތައް މައްޗަށް ވެއްޓެން ދާން ދިޔަ ބާރު މިނުގަ އަހަރެންގެ އަތުންޖެހި މޭޒުމަތީ ބަހައްޓައިފަ ހުރި ބިއްލޫރި ތަށިތައް ވެއްޓި ތަޅައިގެން ގޮސް މުޅި ތަނަށް ބިއްލޫރިތަށް ބުރައިގެން ދިޔަ އެވެ. އެ އަޑަށް މަންމަ ވެސް ދުވެފައި އައިސް ކާގެ […]
އިވާން އާއި ވާހަކަ ދައްކާ ހިތެއް އޭނާ އެއްގޮތަކައްވެސް ނުވިއެވެ. މަންމަ އެގޮތަށް އިވާން އާއި މެދު ދެކުނީމަ ހެއްޔެވެ؟ ނޫނީ އާހިލް ފިޔަވައި އެހެން މީހަކަށް އެހިތުން ލޯބި ލިބުމުގެ ފުރުސަތު ނެތީ ހެއްޔެވެ؟ އޭނާގެ ހިތް ވަނީ ޖަވާބު ނޭނގޭ ސުވާލުތަކުން ފުރިފައެވެ. ބޯ ހާސްވާ ކަހަލަ އިޚްސާސެއް ކުރެވެން ފެށުމުން، އަވަސް އަވަހަށް އަތުގައި އޮތް ފޯން އެނދުކައިރީ ހުރި ކުޑަ މޭޒު މަތީގައި ބާއްވާލުމަށް ފަހު، ނީދޭތޯ އޭނާ ދެލޯ މަރާލިއެވެ. […]