“މިއީ ގޯސްކަމަކަސް ރަނގަޅު ކަމަކަސް އަހަރެން ޖެހޭނީ ހަމަ މިކަން ކުރާށޭ ލަވް.. އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ.. ސޯ އަހަރެން ހަމަ ބަލާނީ މިއީ ބޮޑުބޭބެއަށްޓަކާ ކޮށްދެވޭ ރަނގަޅުކަމެއް ކަމަށް.. ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް މީ ލަވް.. އަހަރެން ހީކުރީ ލަވްއަށް އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް..” ޝާކިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެެވެ. އެ ދެލޮލުގައިވާ ރިހުން އަހަންނަށް ނަގައިގަނެވުނެވެ. ނަަމަވެސް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ […]
ފޯނު ބޭއްވުމަށްފަހު އަހަރެން ސޯފާގައި އޮށޯވެލީ ކާޓޫނެއް ބަލާލާށެވެ. ހުރިހާ ފިލާވަޅެއްހަދާ ނިމިފައި ހުރުމުން ކުރާނެ އިތުރު ކަމެއް ނެތީމައެވެ. އިރުކޮޅަކުން ނިޒާންބެ ވެސް އައެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި އަހަރެން ގެ ފައި ނިޒާޏްބެ އުނގަށް ލުމަށްފަހު ސޯފާގައި އިށީންދުނެވެ. އަހަރެންވެސް ހީލައިފައި ކާޓޫނު ބަލަން އޮތީއެވެ. އިރުކޮޅެއްނުވެ އަހަރެންގެ ފައިގައި ނިޒާންބެ ފިރުމަންފެށިއެވެ. އެއީ ނިޒާންބެ ވަރަށް ގިނައިން ކުރާކަމެކެވެ. އެއީ އަހަރެމެން މަސާޖު ކުރާ ހޮސްޕިޓަލް […]
މެހެކް އަވަސް އަވަހަށް އަތްދަބަހުން އޭނާގެ ފޯން ނެގިއެވެ. ނަމަވެސް ގުޅަމުން ދިޔައީ އިވާން އެވެ. އެ ނަން ފެނުމާއެކު މެހެކްގެ މޫނު މައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ވީ ދެރައިން ފޯން ކެނޑެންދެން ބަލަން އޭނާއަށް ހުރެވުނީއެވެ. ދެން ފޯން “ސައިލެންޓަށް” ލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި ބާއްވާލިއެވެ. އަނެއްކާވެސް އޭނާ ގޮސް އެނދުމަތީގައި އޮށޯއޮވެލިއެވެ. އިވާން އެ ގުޅަނީ ވީ ގޮތެއް ބަލަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ފޯން ނަގައިގެން އޭނާ ކިޔާނީ […]
ނަމަވެސް އޮފީހުން ލިބުނު ކޯ ހެއްގައި ދެ އަހަރު ދުވަހަށް އަޔާނީ އާ ދުރައް ދާން ޖެހުމުން އަހަރެން ވެސް ވަރަށް ދެރަ ވި އެވެ. އަޔާނީ ރުޔެވެ. އަހަރެން އޭނަގެ އޮމާން ޖަންބެއް ފަދަ ރީތި ކޯތާ ފަތް ތެތް މަމުން ދިޔަ ކަރުނަ ތައް އަމިއްލަ އަތުން ފޮހެ ދެމުން އަހަރެންގެ ގަޔާލައި ބޮނޑި ކޮށް ލީމެވެ. ދެރަ ނުވުމަށް ބުނަމުން ނެވެ. ދެ މީހުން ކިތައްމެ ދުރުގައި ތިބެން ޖެހުނު ކަމުގައި ވިޔަސް […]
ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..” އޮފީހަށް ދިޔުމުން އެންމެ ފުރަތަމަވެސް ފަރްހީންއަށް ކުރިމަތިލާން ޖެހުނީ ޝަމްހާންއާއެވެ. އެއްފަހަރާ އެތައްސުވާލެއް އޭނާ ކުރިނަމަވެސް ފަރްހީން ހިނިތުން ވުމަކުން ފުއްދާލީއެވެ. އަދި ކުރަންއައި މަސައްކަތް އަވަސްކަމާއެކު ކުރަމުން ދިޔައެވެ. އެފޮތް ކިޔުމަށް ކެތްމަދުވެފައިވާ ހާލުއެވެ. […]
“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ […]
ފުލައިޓަށް އެރުމާ އެކު އަހަރެން ހިނގައި ގަތީ އަތުގައި އޮތް ބޯރޑިން ޕާހު ގައި ޖަހާފައި އޮތް ނަންބަރު އިން ޝީޓާ ދިމާލަށެވެ. ޝީޓާ ހަމަޔަށް ދެވުމާ އެކު އަހަރެންގެ ކޮނޑު ގައި އޮތް ބެގު ޕެކު ބާލާ ކެބިނަށް ލުމަށް ފަހު އައި ޕެޑަށް ޖަހައި ފައިވާ ހެޑު ސެޓު ނަގައި ކަންފަތައް ޖަހައި ލަމުން ޝީޓު ގައި އިށީނދެ ރަނގަޅަށް ހަމަ ޖެހިލީމެވެ. އެހެނަސް ހެޑު ސެޓު ކަންފަތު ގައި ޖަހައިގެން އިން ނަމަވެސް […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުމުރުން ނަވާރަ އަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮށްފައިވާ ފަރްހީންގެ ދުނިޔެ އަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ވހުރިހާ ވިސްނުމާ ފިކުރުތަށް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީންގެ […]
މަޑުމަޑުން ކޮޓަރިތެރެއަށް ވަން އިރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ފެންނަމުން ދިޔަ މަންޒަރުން، ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެނދުކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެގެން އިން އާހިލް އަށެވެ. މެހެކް އަށް ފުރަގަހަށް ވާ ގޮތަށް އިންއިރު ކައިރީގައި ކުޑަ ދަބަހެއް ބަހައްޓާލާފައި ހުއްޓެވެ. އެވަގުތު މެހެކްގެ ހިތުގައި އުފެދުނު ހާސްކަމާއި އެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ. މުޅި ކޮޓަރިތެރޭގެ ރީތި […]