Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (20)

shafu
February 9, 2017
11 Mins Read
74 Views
11 Comments

ކުއްލިއަކަށް އޭނާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު ފިލަމުން ދިޔަވަރަކަށް، ފުސްވެފައިވާ މަންޒަރު މަޑުމަޑުން ސާފުވަމުން ދިޔައެވެ. އޭރު ދާދި ގާތުން އިވާން ގެ މޫނު ފެނެއެވެ. ދުރުދުރުން އިވާންގެ އަޑު އަންނަހެން ހީވެއެވެ. އޭނަ ގޮވަމުން ދަނީ މެހެކް ގެ ނަމުން ކަން އެނގުނެވެ. އޭރު މެހެކް އޮތީ ޑޮކްޓަރު ކޮޓަރި ތެރޭގައި ހުރި އެނދުމަތީގައެވެ.

ހޭވަރިކަން ވަމުން ދިޔަ ވަރަކަށް ސިކުނޑި ތެރޭގައި ދެންމެ ވީ ކަންތައް އެނބުރެން ފެށިއެވެ. ރިޕޯޓްތަކުގައި އޮތް އޭނަ ޤަބޫލުކުރަން ބޭނުން ނުވާ ކަޅު ހަޤީޤަތް ހަނދާނަށް އައުމާއެކު، މުޅި ހަށިގަނޑުގައި އަޅަންފެށީ ބަޔާންކުރަން ނޭނގޭ ކަހަލަ ވޭނެކެވެ. އެވޭންތައް ހޫނު ކަރުނައިގެ ސިފައިގައި އޭނަގެ ލޮލުން ބޭރުވަމުން ދިޔައެވެ. އެހުރިހާ ކަމެއް ޤަބޫލުކުރަން އޭނާގެ ސިކުނޑި ނުކުޅެދުނު ކަހަލައެވެ.

ފެންނަމުން މިދަނީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ މިއަދު އޭނައަށް އެވަނީ ދުނިޔޭގައި ބޮޑު އިމްތިޚާނަކާއި ކުރިމަތިލާން ޖެހިފައެވެ. މާތް ރަސްކަލާނގެއަށް ދުޢާ ކުރުމުގައި ދެމިހުރެގެން، އޭނަ ޖެހޭނީ ކެއްތެރިވާށެވެ.

އާހިލް އަކީ މިއަދު ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ގެއްލެމުން ދާ މީހެކެވެ. އާއެކެވެ. އޭނަ އަކީ އެއްކިޑްނީ ފެއިލްވެ އަނެއް ކިޑްނީއަށް އެކަން ވާރުތަކޮށް އެކިޑްނީވެސް ފެއިލްވަމުން އަންނަ ބަލި މީހެކެވެ. އާހިލް މެހެކް އަށް ފޮރުވަމުންދާ އެތައްކަމެއްގެ ފަހަތުގައިވާ ހަޤީޤަތަކީ އެއީއެވެ.

” މެހެކް އާރ ޔޫ އޯކޭ؟” އިވާން މަޑުމަޑުން މެހެކްގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. ނަމަވެސް މެހެކް އަކަށް އެކައްޗެއްވެސް ނުބުނެވުނެވެ. ހުއްޓުން އަރާފައި އޮވެގެން އޭނައަށް ރޮވެނީއެވެ. ހިތަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

” މެހެކް ޑޯންޓް ވޮރީ. އިރާދަކުރެއްވިއްޔަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަށް ގުޅައިފިން. އޭނަ މިހާރު އަންނާނެ”. އިވާން ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

އެނދުން ފައިބައިގެން މަޑު ހިނގުމެއްގައި މެހެކް ގޮސް އެތާހުރި ގޮނޑިއެއްގައި އިށީއިނދެލިއެެވެ. އޭނަ އިންނަނީ ގަބުވެފައެވެ. ދެން ވާނެ ގޮތަކާއި މެދު ޚިޔާލު ކުރެވެނީއެވެ.

ލޯ މަތީގައި ސިފަވަމުން ދިޔައީ އާހިލްގެ ރީތި ސޫރައެވެ. އެ ހިނިތުންވުނެވެ. އެފިރިހެންވަންތަ ރީތި ހަރަކާތްތަކެވެ. އާހިލް ބުނެލާފައި ހުރި ބަސްތަކެެވެ. އެދެމަފިރިންގެ އުފާވެރި ދިރިއުޅުމެވެ. ނަމަވެސް އެއުފާވެރިކަން އެފުއްމިފުށައް ޖެހިގެން އެދިޔައީ ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ.

އިވާން ވެސް އިސްޖަހައިގެން އެހުރިގޮތައް ހުރީއެވެ. މާޔޫސްވެ ދެރަވެފައެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލާފައި މީހަކު އެތެރެއަށް ވަނެވެ.

” ޑޮކްޓަރ އާރިފް. އިވާން ބުނެލިއެވެ. ދެން ލުއި ހިނިތުންވުމެއް ރައްދު ކުރަމުން އިށީއިނުމަށް ޑޮކްޓަރު ގާތުން އެދުނެވެ.

އިވާން ވަރަށް ތަފްސީލުކޮށް ޑޮކްޓަރަށް ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރު ޑޮކްޓަރު ދިޔައީ ރިޕޯޓްތައް ބަލަމުންނެވެ. އެމީހުން ދައްކާ ވާހަކައެއް މެހެކް އަށް ރަނގަޅަށް ނީވުނު ނަމަވެސް އެމީހުންގެ ހަރަކާތްތައް އޭނާއަށް ފެނެއެވެ.

” ދިމާވީ ދެރަގޮތެއް، ނަމަވެސް އަދި ކުޑަ އުންމީދެއް އެބައޮތް”. އެހެން ބުނެލުމާއެކު މެހެކް ޑޮކްޓަރގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ހެން ހީވިއެވެ.

” ޕޭޝެންޓްގެ އެއްކިޑްނީ މިވަނީ އެއްކޮށް ފެއިލްވެފައި އަދި އަނެއް ކިޑްނީއަށް އެކަން ވާރުތަކޮށް އެކިޑްނީގައި އަދި އެބަހުރި ފިފްޓީ އާ ކައިރިކުރާ ވަރަށް. ސޯ އަޅުގަނޑު ދޭނަން މަސްދުވަހުގެ ބޭސް. ވަރަށް ފަރުވާތެރިކަމާއެކު ބޭސް ބޭނުން ކޮށް ކެއުމަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ. ދެން ޑައިލެސަސް ޓްރީޓްމެންޓް ފައްޓަން ޖެހޭނެ މިއަށްވުރެ ބޮޑުވަރު ވެއްޖެނަމަ”.

“އެހެންވީމަ ވީހާވެސް އަވަހަށް ކިޑްނީ ބަދަލުކުރެވިގެން ޕޭސެންޓް ސަލާމަތް ކުރެވޭނީ”.

ޑޮކްޓަރު ބުނެލި ޖުމްލަ އާއި އެކު މެހެކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ އަށް ވިސްނާލެވުނެވެ. ކިޑްނީ ބަދަލު ކުރަން ދާން ޖެހޭނީ ރާއްޖެއިން ބޭރަށެވެ. އެއީ ބޮޑު އޮޕްރޭޝަނެކެވެ. އެތައް ލައްކަ ރުފިޔާއެއް ޚަރަދުވާނެއެވެ. ފުރަތަމަ ބޭނުންވާނީ ކިޑްނީއެކެވެ.

އަނެއްކާވެސް މެހެކް ވިސްނާލިއެވެ. އޭނާގެ ކިޑްނީ އާހިލް އަށް ދެވިދާނެ ނޫން ހެއްޔެވެ؟ އޭނާގެ ލޯބިވާ ފިރިމީހާ ގެ ހައްޤުގައި އެއީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އާހިލް މެހެކްގެ ކިޑްނީގެ އެހީގައި ދުނިޔޭގައި ހުންނަތަން ދުށުން އެއީ މެހެކް އެކަމަށް ޓަކައި ފަޚްރުވެރިވާނެ ކަމެކެވެ. ނަމަވެސް އޭނާގެ ކިޑްނީ މެޗް ނުވެއްޖެ ނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟

ހިތަށް ވަދެގެން ދިޔަ ހާސްކަމާއި ބިރުވެރިކަމާއި އެކު އޭނާގެ ނޭވާ ހަށިގަނޑިތެރޭގައި ހިފެހެއްޓިފައި ހުރި ކަހަލައެވެ.

“ޑައިލެސެސް ޓްރީޓްމެންޓް ނަގައިގެން ދުނިޔޭގަ ހުރެވޭނެ ކަމަށް މިލަފާ ކުރެވެނީ ފަސް އަހަރާއި ދިހަ އަހަރާއި ދެމެދު. އެކަމަކު އެއީވެސް ބައެއް މީހުން. އެހެންވީމަ އަވަސްކުރަންވީ. އެހެން ނޫންނަމަ…”.  ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ. ދެން އިވުނީ މެހެކް ބާރަށް ރޯންފެށި އަޑެވެ.

” ޑޮކްޓަރ ޕްލީޒް ހެޔޮނުވާނެ”. މެހެކް ގެ އަޑު އެއްކޮށް ބެދުމުން ރުއިމުގެ އަޑު ގަދަވިއެވެ.

އެވަގުތު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ.

” ސޮރީ ސާރ. ޕޭޝެންޓްގެ އެހީތެރިއާއަށް އޭނަ ވަރަށް ގޮވާއެބަ”. ނާރސް ކުއްޖެއް ދޮރު ހުޅުވާލާފައި އިޚްތިރާމާއެކު ބުނެލިއެވެ.

އެއަޑާ އެކު މެހެކް އިންތަނުން ތެދުވިއެވެ. ކަރުނަފޮހެމުން މޫނުމަތީގައި އަތް ހާކަމުން، އަވަސް ފިޔަވަޅުތަކުގައި ގޮސް އޭނާ ވަނީ އެމާރޖެންސީ ރޫމަށެވެ.

އާހިލް އޮތީ މެހެކްގެ އިންތިޒާރުގައެވެ. މޫނު މަތިން ކޮންމެވެސް ވަރަަކަށް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އެމޫނު ފެނުމާއެކު މެހެކް އަށް ބަލަން ހުރެވުނީއެވެ.

އާހިލްގެ ހަށިގަނޑުގައި ކިހާ ވޭނެއް އަޅާނެ ހެއްޔެވެ؟ އޭނަ ކިހާ ކެތްކޮއްފި ހެއްޔެވެ؟ އެހާ ހިތްވަރުގަދަ ނޫން ނަމަ އޭނަ ތަންމައްޗަށް ތިރިވާނެތާ ކިތަންމެ ދުވަހެއް ވީއެވެ.

އާހިލް ކެތްކުރަނީ މެހެކް އަށް ޓަކައިކަން އޭނާ އަށް އިނގެއެވެ. މެހެކްގެ ކުރިމަތީގައި ހިތްވަރުގަދަ ފިރިއަކަށް ވެގެން ހުންނަން އާހިލް  ބޭނުންވާތީއެވެ. ވާ ގޮތްތައް މެހެކް އަށް ކިޔާނުދީ ސިއްރުކުރީ މެހެކް ދެރަވާނެވަރު ހިތަށް އަރާފައި ކަން، މެހެކް އަށް ވިސްނުނެވެ.

” މެހެކް ދިޔަފަހުން މިހާރު ކޮން އިރެއް؟ ގަޑިއެއްގެ އިރުވަނީ މިއޮއް” ޝަކުވާ ކޮއްލި އިރު އާހިލްގެ މައުސޫމް މޫނުވަނީ އެއްކޮށް މިލާ މޯޅިވެފައެވެ.

” ސޮރީ ލޯބީ. ތަންކޮޅެއް ލަސްވީ ދޯ؟” މެހެކް ވަރަށް ލޯބިން އާހިލްގެ މޫނުގައި ފިރުމާލިއެވެ.

” ކީއްވެ މެހެކް ގެންދިޔައީ؟. އަހަރެންގެ ޓެސްޓް ތަކުގެ ނަތީޖާ އައީތަ؟” އާހިލް ހާސްވެފައި އޮވެގެން ސުވާލުތައް ކުރަމުން ދިޔައިރު ދޭނެ ޖަވާބެއް ނޭނގި ބަސްހުއްޓިފައި މެހެކް އަށް އިނދެވުނީއެވެ.

އޭނާ ކިޔާނީ ވެސް ފަހެ ކީކޭ ހެއްޔެވެ؟ ހަޤީޤަތް ހާމަކޮށް އާހިލްގެ އުންމީދުތަކާއި ހުވަފެންތައް ފުނޑު ފުނޑު ކޮއްލަންވީ ހެއްޔެވެ؟ އެލޮލުން އަބަދު ކަރުނަ އޮހޮރޭތަން ބަލަން އޭނާއަކަށް ކެތްވާނެ ހެއްޔެވެ؟. ނޫނެކެވެ. އޭނާ އެހެންވިޔަކަ ނުދޭނެއެވެ. ލޯބިވާ ފިރިމީހާ އަށް ޓަކައި އޭނާ ވާނީ ހިތްވަރުގަދަ އަންހެނަކަށެވެ. އެއްވެސް ގޮތެއް ނެތުމުން ނޫނީ އާހިލް ގާތުގައި އެވާހަކަ ދައްކަން އޭނާއަކަށް ނުކެރޭނެއެވެ.

” އާހިލް އަކަށް މާބޮޑު ކަމެއް ނުވެޔޭ”. ހަމަޖެހޭގޮތް ދައްކަމުން މެހެކް ހިނިތުންވެލިއެވެ. އޭރު އޭނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“ޑޮކްޓަރ ބުނީ އާހިލްގެ ލޭ ތަންކޮޅެއް މަތިވީ އޯ. އެހެންވެ އޯ އެހެން އެވަނީ. ދެން އާހިލް ޖެހޭނީ ވަރަށް ބަލައިގެން އުޅެން. ލޮނު މަދުން ބޭނުންކޮއްގެން ކާން ވެސް ޖެހޭނީ. ވަރަށް ރަނގަޅަށް ބޭސް ކާން ޖެހޭނެ”. މެހެކް އިސްޖަހައިގެން އިނދެ، އާހިލްގެ އަތުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. އާހިލް އާއި ހަތަރުކަޅި ހަމަކުރަން އެވަގުތު އޭނާ އަށް އިންތިހާއަށް އުނދަގޫވިއެވެ.

” އަހަރެން ވަރަށް ބަލި މީހަކަށް ދޯ މިވީ؟”. އިރުކޮޅަކު ވިސްނަން އޮވެފައި ފުންނޭވާއެއް ދޫކޮއްލަމުން އާހިލް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އިތުރަކަށް އެންމެ ޝަކުވާއެއްވެސް ނުކުރެއެވެ.

އާހިލްއަށް އޭނަގެ އަސްލު ބައްޔަކީ ކޮބައިކަން އެނގިއްޖެ ނަމަ އަދި ކިހާ ހިތާމައެއް ކުރާނެ ބާއޭ މެހެކް ހިތަށް އެރިއެވެ. ހިތްދަތިވެގެން ގޮސް އޭނާއަށް އެނދުގެ ބެޑްޝީޓްގައި ބާރުބާރަށް ހިފަހައްޓާލެވުނެވެ. ސަހަރޯއެވެ. މި ދުވަސް ނުދެއްކެވި ނަމަ ކޮން ފަދަ ހެއްޔެވެ؟ ނަމަވެސް ދެން ކުރާނީ ކީއް ހެއްޔެވެ؟ މީ އޭނާގެ ތަޤަދީރުގައި ލިޔެވިފައި ހުރިގޮތެވެ. ޝަކުވާ އަކާއި ނުލާ ކެތްކުރުން ނޫންގޮތެއް ނެތެވެ. އިރާދަކުރެއްވިޔާ ރަނގަޅު ގޮތްތައް މާތް ރަސްކަލާންގެ މެދުވެރި ކުރައްވާނެއެވެ.

” އެކްސްކިއުޒްމީ”. އެތެރެއަށް ވަދެގެން އައި އިވާން ފެނިފައި މެހެކްގެ ހިތުގެ ވިންދް އަވަސްވިއެވެ.

” މިއޮތީ ރިޕޯޓްތައް. އައި.ވީ ނިމުނުހާ އަވަހަށް އާހިލް ދޫކޮއްލެވޭނެ. ދެން އިތުރު ފަރުވާ މާލެއިން ކުރިއަށް ގެންދަންވީ ޑޮކްޓަރުންގެ ލަފަޔާއެކު”.

ހިނިތުންވެލަމުން އިވާން ދިއްކޮއްލި ރިޕޯޓްތައް އަޅާފައިވާ ބޮޑު ސިޓީ އުރާގައި މެހެކް ހިފާލިއެވެ.

” ތެންކްޔު” މެެހެކް މަޑުމަޑުން ބުނެލިއެވެ.

އާހިލް ހޮސްޕިޓަލުން ދޫކޮއްލިއިރު ބާރަ ޖަހަން ކައިރިވެއްޖެއެވެ. ފެރީޓާމިނަލަށް ދިއައީ ކާރެއްގައެވެ.

ދެމީހުން އެރީ ލޯންޗަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބި މެހެކް ހީކަރުވަން ފެށިއެވެ. އޭނާގެ ހަށިގަޑުވަނީ އެއްކޮށް ވަރުބަލިވެފައެވެ. ނަމަވެސް އާހިލްގެ ބައްޔަށް ފަރުވާއެއް ހޯދޭނެ މަގެއް ނުފެންނަހާ ހިނދަކު އެ ހަށިގަނޑަކަށް އަރާމެއް ނުލިބޭނެއެވެ.

ލޯންޗްގައި ތިބި ވަގުތުކޮޅު ދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ތިބެވެނީ ފިކުރުތަކަކަށް ގެއްލިފައެވެ. އެދެމެދަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ.

އަތުގައި އޮތް ބޮޑު ސިޓީއުރަ މޭގައި ޖައްސާލައިގެން އިން އިރު މެހެކް ވިސްނަމުން ދިޔައީ އާހިލްގެ ބޮޑު ބައްޔަށް ފަރުވާ ކުރުމަށް މަގެއް ހޯދޭނެ ގޮތަކާއި މެދުއެވެ. އޭނާ އެންމެ ކުޑަ ދުވަހުން ފެށިގެން ކޮންމެކަމެއްގައި ވެސް އެހީވެދިނީ ބޮޑުބޭބެ އެވެ. ނަމަވެސް މިއަދު އޭނާއަށް އެވަނީ ބޮޑުބޭބެ ގާތުން އެފަދަ ބޮޑު އެހީއަކަށް އެދެން ނުކެރޭވަރަށް ބޮޑުބޭބެ ގެ ޚާލަތު ދަށަށް ގޮސްފައެވެ. ދެން އޭނާ އެވަރުގެ ބޮޑު އެހީއަކަށް އެދެން ދާނީ ފަހެ ކާކުގެ ގާތައް ހެއްޔެވެ؟ ދެން ހުރީ އާހިލްގެ ކާފައެވެ. މެހެކް ވިސްނީ ކާފައާއި އެކަން ހިއްސާކުރާށެވެ. އެއީ ކާފަގެ ގާތް މުއްސަނދި ރަހުމަތްތެރިއާގެ ފަރާތުން ފަހަރުގައި އެހީއެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.

ފިކުރުތަކުގެ މެދާހަމައިން ލޯންޗް މާލޭ ޓާރމިނަލަށް ގާތްކޮއްލުމާއެކު މެހެކް ބަލާލީ އާހިލްއާއި ދިމާއަށެވެ. ދެމީހުން ލޯންޗުން ފޭބިއެވެ. ގެއަށް އައީވެސް ކާރުގައެވެ.

” އަހާ ދަރިފުޅުމެން އައީ ދޯތި؟” ދޮރު ހުޅުވާލުމާއެކު ސިޓިންގްރޫމް ސޯފާގައި އިނދެގައި ކާފަ ދުވަމުން ކަހަލަ ގޮތަކަށް އައިސް އެމީހުންގެ ގާތުގައި ހުއްޓިލިއެވެ.

އޭރު އެމޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ދެލޮލަށް ބަލާލުމުން ރޮއިފައި ހުރިވަރު ހާމައެެވެ.

” ދަރިފުޅާ”. އާހިލްގެ މޫނަށް ކާފަ ބަލާލިއިރު ރަތްވެފައިވާ ދެލޮލުން ކަރުނަތައް ވިދާލިއެވެ.

” ކިހިނެއްވީ ކާފާ؟”. އާހިލް ދެބޮމަ ކައިރިކޮއްލަމުން ކާފަގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އޭރު އިސްޖަހައިގެން ހުރެ ކާފަ ރޮނީއެވެ. އެފަކީރުގެ ހިތަށް ކޮއްފައިވާ އަސަރު އެގިސްލުމުގެ އަޑުން ދޭހަވެއެވެ.

” ކާފަ..ކާފަ ވަޒީފާއިން ކަނޑާލައިފި”. ކުއްލިއަކަށް ކާފަ ބުނެލި ޖުމްލައިން ދެމީހުންނަށް ލިބުނީ ޝޮކެކެވެ.

ކާފަގެ ކޮނޑުން ދޫކޮއްލަމުން އާހިލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ކާފަ ދެރަވާނެވަރު އާހިލް އަށް އިނގުނީއެވެ.

” އެއްވެސް ކުށެއް އޮވެގެނެއް ނޫން. ކާފަ މަސައްކަތުގައި ހުއްޓައި ކުއްލިއަކަށް ގޮވާލާފައި އެތެރެއަށް ގެންދިޔައީ. ދެންބުނީ މިހާރު އުމުރު ވަރަށް މަތިވެއްޖެ ނޫންހޭ. ދެން ގޭގަ ހުރެލާށޭ. އޭނަ އަކީ ކާފަ އެންމެ އިތުބާރު ކުރި އެންމެ ގާތް އެކުވެރިޔާ”. ކާފަ ރޮމުން ކިޔާދިނެވެ.

” އޭނަ ކާފަ އާއި ދިމާއަށް ބުނީ މިހާރު ހަތްދިހަ އަށްވުރެ މަތިވީ ނޫންހޭ. ތިހާ އުމުރުމަތި މީހުން މިހާރު ވަޒީފާ ތަކަކު މީހަކު ނުގެންގުޅެޔޭ”. ކާފަ ހިތުގައި ޖެހި ޖެހިފައި ރޯން ފެށިއެވެ. ދެން ކަރުނަ ފޮހެލިއެވެ.

” ކާފަ ދެން ދެރަނުވެބަ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.. އަހަރުމެން ދެމީހުން ވެސް މިތިބީނު.. އެކަމާ މާ ބޮޑަށް ނުވިސްނާ”.

މެހެކް އެހެން ބުނެލުމާއެކު ކާފަ މެހެކް އާއި ދިމާއަށް ބަލާލިއެވެ.

” މީ ކޮން އެއްޗެއް ދަރިފުޅާ؟” ސިޓީ އުރައަށް އިޝާރާތް ކުރަމުން ކާފަ އަހާލިއެވެ.

” އެއީ ދޯ.. އެއީ އަހަރެން ކުޑަކޮށް ބޮލުގައި ރިއްސާތީވެ އެރަށަށް ދައްކާލާފަ މިއައީ”. އާހިލް ދޮގުހެދިއެވެ.

” ދެން ޑޮކްޓަރ ކީކޭ ބުނީ؟” ކާފަ ހައިރާންވެފައި ސުވާލު ކުރިއެވެ.

” ކާފާ ދެރަނުވައްޗޭ އިނގޭ. ޑޮކްޓަރ ބުނީ އަހަރެން.. އަހަރެން ލޭ މަތިވެފަ ހުރީމަޔޯ ބޮލުގަ ރިއްސަނީ އަބަދު އަބަދު. އެކަމަކު ރަނގަޅަށް ބަލައިގެން އުޅޭނަމަ ބަރާބަރުވާނެ އޯ”. އާހިލް ކާފައަށް ކިޔާދިނެވެ. އެވާހަކަ ކާފަ ގާތުގައި ނުދައްކާ ނުވާނެކަން އެނގޭތީއެވެ. އާހިލްގެ ކެއުމަށް ގެންނަ ބަދަލުންވެސް ކާފަ ސުވާލު އުފައްދާނެ ކަން ޔަޤީނެވެ.

” މަގޭ ދަރިފުޅަކަށް ދެރަގޮތެއް ނުވާނެ އިރާދަކުރެއްވިއްޔަ”. ހިތުގައި އެހާވަރަށް ޖެހިފައި ހުއްޓައި އާހިލް އެޚަބަރު ދިނުމުން ކާފަ އާހިލްގެ ގައިބައި ބައްދައިގެން އެތައް އިރަކު ރުޔެވެ. ކާފަ އާއި އާހިލް އެކަކު އަނެކަކު ދެކެ ވާލޯބި ފެނި މެހެކް ހުރީ ފެންކަޅިވެފައެވެ.

” ދެން ދޭ އަވަހަށް ނިދަން ދެކުދިން”. ކަރުނަ ފޮހެލަމުން ކާފަ ބުނެލިއެވެ.

 

ކޮޓަރިއަށް ވަދެވުމާއެކު، ކޮޓަރީގައި ހިފާލާފައި ހުރި ހޫނުކަން ފިލުވާލުމަށްޓަކައި މިފަހަރު މެހެކް ޖެހީ ފަންކާއެވެ.

ކޮޓަރީގައި ޖައްސާފައި ހުންނަ އޭސީގެ ސަބަބުން އާހިލްގެ ބަލިކަށިވެފައިވާ ހަށިގަނޑަށް އިތުރު ވޭންތައް ލިބޭނެއެވެ. ކޮންމެ ރެއަކު މެހެކް ފިނީގައި ބާއްވާފައި އާހިލް ކޮޓަރިން ބޭރަށް ނުކުންނަ ސަބަބު މެހެކް އަށް މިހާރުވަނީ އެނގިފައެވެ.

” އޭސީ ޖައްސަންވީނު”. އާހިލް ފާހާނާއާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.

” ނޫން”.

މެހެކް އެހެން ބުނުމާއެކު އިތުރު ބަހެއް ނުބުނެ އާހިލް ފެންވަރަން ވަނެވެ.

ފެންވަރާލައިގެން އައިސް އެނދުގައި އާހިލް އޮށޯއޮވެލިއެވެ. ދެން މެހެކްގެ އަތުގައި ހިފާލާފައި، އެނދުމަތީގައި އޮށޯއޮވެލުމަށް ބޮލުން އިޝާރާތް ކޮއްލިއެވެ.

” އައި ލަވް ޔޫ މެހެކް، އައި ލަވް ޔޫ”. މެހެކް އޮށޯއޮވެލުމުން އާހިލް މެހެކްގެ ގައިގައި ބާރުބާރަށް ބައްދާލަމުން ބުނެލިއެވެ.

ދެން މަޑުމަޑުން އެ ދެލޯ މެރެމުން ގޮސް އާހިލް އަށް ނިދުނެވެ.

މެހެކް އާހިލްގެ ގައިގައި ފިރުމާލިއެވެ. ހިތްދަތިވެގެން ގޮސް ތުންފަތުގައި އޭނާ އަށް ދަތް އަޅާލެވުނެވެ. އޭނާގެ ލޯބިވާ ފިރިމީހާގެ ހާލު ހިތަށް އަރާފައެވެ.

އެނބުރެމުން ދިޔަ ފަންކާއަށް ބަލަން މެހެކް އެފިކުރުތަކަށް ގެއްލިފައި  އޮވެވުނީ ކިހާއިރެއް ވަންެދެން ކަމެއް ނޭނގެއެވެ. އޭނާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނުވެއެވެ. ނޭވާ ހާސްވާހެން ހީވުމުން ތެދުވެ އެނދުގެ ކޮޅުގައި ލައްވެލައިގެން އިށީއިނދެލިއެވެ. ދެން ކޮޅަށް ތެދުވެގެން އޭނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީއެވެ.

ވިސްނާ ވިސްނާ އޭނާ މޮޔަވާވަރު ވިއެވެ.

ޑައިލެސެސް ހަދަން ދާ ވަގުތު ޖެހުމުން އޭނާ އާހިލް ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ ކޮންމެ ގޮތެއްވި ނަމަވެސް އެދުވަހަކުން އޭނާ އަކަށް އެކަން ސިއްރެއް ނުކުރެވޭނެއެވެ.

މެހެކް އާހިލްގާތުގައި އެވާހަކަތައް ބުނަން ބޭނުމީ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހަމަ ޖައްސުމަށް ފަހުގައެވެ. އޭރުން އާހިލް ކިހާ އުފާ ވާނެ ހެއްޔެވެ؟ އެ ހިތަށް ކިހާ ހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟ އޭރުން ފިކުރުކޮށް ރޮއި ހަދާނެ ކަމެއް އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. ނަމަވެސް އެކަން ވާނީ ކިހިނަކުން ހެއްޔެވެ؟

އޭނާއަށް ވިސްނާލެވުނީ މަންމަ، ބޮޑުބޭބެ އަދި ކާފަ އާއި ދޭތެރޭގައެވެ. އެމީހުންގާތު އެވާހަކަ ބުނަންވީ ހެއްޔެވެ؟ އެހީއެއް ދެވެން ނެތް ތާނގައި އާހިލް އެފަދަ ހާލުގައި އުޅޭކަން އެނގިއްޖެނަމަ އެންމެން  ކިހާ ހިތާމަ ކުރާނެ ހެއްޔެވެ؟

ނަމަވެސް އެންމެނަށް އެކަން ސިއްރުކޮއްގެން އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ މަންމަ އާއި އެކަން ހިއްސާކުރަން އޭނާ ބޭނުމެވެ. މަންމައަށް ވެދެވޭނެ އެހީއެއް ނެތް ނަމަވެސް މަންމަ ދޭ ނަސޭހަތާއި ހިތްވަރަކީ އަބަދުވެސް އޭނާ އަށް ލިބޭ އުފަލެވެ.

ފިކުރުތައް ސިކުނޑީގައި ގިނަވެގެން ގޮސް ގައިން އެއްކޮށް ވަރުދޫވުމުން ހުރިތަނަށް އޭނަ ތިރިވިއެވެ. ދެން ފާރުގައި ބޯ ޖައްސާލަމުން ލޯ މަރާލުމާއެކު ލޮލުތެރޭގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ފައިބައިގަތެވެ.

މާދަމާ އޭނާ ފުރަތަަމަވެސް ބަލާނީ އޭނާ އާއި އާހިލްގެ ކިޑްނީ މެޗްވޭ ތޯ ހަދާ ލޭ ޓެސްޓްތައް ހެދޭތޯއެވެ. ހެޔޮ ރަހުމަތުން މެޗް ވެއްޖެ ނަމަ ކިޑްނީ އެލިބުނީއެވެ. ދެން އޮތީ އެބޮޑު އޮޕްރޭޝަނަށް ދާނެ ޚަރަދެވެ. އެފައިސާ އޭނާ ހަމަ ޖައްސާނީ ކިހިނެއް ހެއްޔެވެ؟

ބޮޑެތި ކުންފުނި ތަކަށް އެހީއަށް އެދި އޭނާ ސިޓީ ލިޔާނިއެވެ. އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ފަށާނީއެވެ. ލޯބިވާ ފިރިމީހާ އަށް ޓަކައި ސަލާން ޖަހަން ޖެހުނު ނަމަވެސް އޭނާ މިހާރު އެއްވެސް ފަރުވާލެއް ނެތެވެ.

ލޮލުން ފޭބި ކަރުނަަތައް އޭނާ ފޮހެލިއެވެ. ފޯން ނަގާފައި ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އޭރު އޭނަގެ މުޅި މޫނުމަތިން ދާހިތްލާފައި ހުއްޓެވެ. ހޫނުވާވަރުން ފެންވަރާލުމަށްޓަކައި އޭނާ ވަނީ ފާހާނާ އަށެވެ.

ފާހާނާއަށް ވަދެ މާގަނޑު ދޫކޮއްލުމާއެކު އޭނާއަށް ލޯމަރާލެވުނެވެ. މުޅި ހަށިގަނޑުގައި އެފިނިފެންތައް ޖެހުމާއެކު އޭނާގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އިޚްސާސްވިއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރިތެރެއިން އިވުނު އަޑަކާއި އެކުއެވެ. އަވަސް އަވަހަށް މާގަނޑު ބަންދުކޮށް އެއަޑަށް އޭނާ ސަމާލުކަން ދިނެވެ. އެއީ އާހިލްގެ އަޑެވެ. އާހިލް ކެއްސާ އަޑެވެ.

ތުވާލިގައިގައި އޮޅާލިއިރު އޭނާ ތުރުތުރު އަޅައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފާހާނާ ދޮރު ހުޅުވާލިއެވެ. އެއާއެކު ކޮޓަރިތެރެއިން ހޮޑުވަސް ދުވަން ފެށިއެވެ. އޭރު އެނދުގައި އަތް އަޅުވާލައިގެން އާހިލް އިސްޖަހައިގެން އިނެވެ. އެނދުކައިރީގައި ހުރީ ހޮޑެވެ. އާހިލް އަށް ހޮޑުލެވުނީއެވެ.

” އާހިލް. ލޯބީ؟”. މެހެކް ރޮއިގަނެފައި ދުވަމުން އައިސް އާހިލްގައިގައި އޮޅުލައިގަތެވެ. ދެން ވަރުދެރަވެފައިވާ އާހިލްގެ އަތް ގެނެސް އޭނާގެ ކޮނޑުގައި އަޅުވާލިއެވެ. މަޑުމަޑުން އާހިލް އެނދުގައި ބޭއްވުނު އިރު އޭނާއަށް މާނޭވާ ލެވެނީއެވެ. އޭރު އާހިލް އޮތީ ލޯމަރައިގެންނެވެ. މުޅި މޫނުމަތީގައި ދާތިކިތައް ވިދައެވެ. އެލޮލުން ފޭބި ކަރުނަ ބާލީސް ތެރެއަށް ފޭދިގެން ދިޔައެވެ.

މެހެކް އަވަސްވެގަތީ އާހިލްއަށް ފެންފޮދެއް ދިނުމަށެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ހުރި ފެންފުޅި އޭނާ އާހިލްގެ ތުންބުގައި ޖައްސާލިއެވެ. އެއިން ކުޑަ ފެންފޮދެއް ބޯލުމަށް ފަހު އަތުގެ އިޝާރާތުން ދެން އިތުރަށް ބޭނުން ނުވާ ކަމަށް އާހިލް ބުނެލިއެވެ.

” ހޮސްޕިޓަލަށް ދަމާ؟”

” ނޫން. އޯކޭ މިހާރު އިރާދަކުރެއްވިއްޔަ”. އާހިލްގެ އަޑުގައިވަނީ ކުރަކި ކަމެވެ.

އެހެން ވާނީ ކިހިނަކުން ހެއްޔެވެ؟ އާހިލް އޯކޭ ނޫން ކަން މެހެކް އަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އާހިލްގެ ބަލި ދެނެގަނެވި ފަރުވާ ފެށުނުލެއް ލަސްވީއެވެ. އާހިލްގެ ހާލު ދަށަށް އެދަނީ އެހެންވެގެންނެވެ. ބިރުވެރި އިޙްސާސްތައް މެހެކްގެ ހިތުގައި އުފެދެން ފެށިއެވެ.

އެމޫނުގައި ލޯބިން ފިރުމަމުން ދިޔައިރު މެހެކްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އާހިލްގެ ހަށިގަނޑުގެ އެތައްމިތާގައި މެހެކް ފިރުމިއެވެ. ފައިގައި ފިރުމާލުމާއެކު އޭނާ ސިހުނެވެ. ރަނގަޅަށް ދެފަޔަށް ބަލާލެވުނެވެ. އެދެފައިގައި ކޮންމެވެސް ވަރަކަށް ދުޅަކަން ހުއްޓެވެ. އެތަންފެނި ހިތްދަތިވެގެން ގޮސް އޭނާގެ މޭތެރޭގައި ހިތް ފިތެންފެށި ފަދަ އިޚްސާސެއް ކުރެވުނެވެ.

އިންތަނުން ތެދުވެ މުށިތައްމަތީގައި ހުރި ހޮޑުތައް އޭނާ ސާފުކޮއްލިއެވެ. ދެން އެނދަށް އަރައި އާހިލްގައިގައި ބައްދާލިއެވެ. އެހެން އޮއްވައި ލޯމެރުނު އިރެއް އޭނާއަކަށް ނޭނގުނެވެ.

އާ ދުވަހަކަށް އިރުއެރިއެެވެ. މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާލެވުނީ ކުޑަ ދޮރުން ކޮޓަރި ތެރެއަށް އެޅިފައި ހުރި އިރުގެ އަލި އޭނަގެ މޫނަށް އެޅުމުންނެވެ. ތެދުވެ އަވަސް އަވަހަށް ގަޑި ބަލާލިއިރު އަށެއް ޖެހީއެވެ. އޭނާގެ އޮތީ ދަންވަރު ޑިއުޓީ ކަން ނަސީބެކޭ ހިތަށް އެރިއެވެ. ނަމަވެސް އާހިލް ރަނގަޅުކަމަށް ވާނަމަ ހޮސްޕިޓަލަށް ދާން ޖެހޭނެއެވެ. މިއަދުން މިއަދަށް ލޭ ޓެސްޓް ތައް ހަދަން އޭނާ ބޭނުމެވެ.

 

މެންދުރު ދޭއް ޖެހިއިރު މެހެކް ހުރީ އާހިލް އާއި އެކު އައި.ޖީ.އެމް ހޮސްޕިޓަލުގައެވެ. ހެނދުނު ބޭސް ކެއިފަހުން އާހިލްގެ ހާލް ރަނގަޅު ވުމުން، ކޮންމެވެސް ޓެސްޓެއް ހަދާލަން ކަމަށް ބުނެ މެހެކް އާހިލް ގޮވައިގެން ހޮސްޕިޓަލަށް އައީއެވެ.

ލޭ ނެގި އިރުވެސް އާހިލް ނަސީބަކުން އިތުރު ސުވާލެއް ނުކުރެއެވެ. މެހެކްގެ އެދުމަށް މިވަގުތު އާހިލް އެހުރީ އޮފީހަށް ސަލާމް ބުނެގެންނެވެ. ދުވަސްކޮޅަކު ގޭގައި މަޑުކޮއްގެންނެވެ.

ނަތީޖާ ލިބޭނެ ކަމަށް ބުނީ ރޭގަނޑުއެވެ. އެރޭ ކޮންމެވެސް ބަހަނާއެއް ދައްކާފައި، އޭނާ އަވަސް އަވަހަށް ދިޔައީ ހޮސްޕިޓަލަށެވެ. ރިޕޯޓް އަތަށް ލިބުމާއެކު އޭނާގެ ހިތުގެ ވިންދް އަވަސްވާންފެށިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އޭނާ އެ ރިޕޯޓް ހުޅުވާލިއެވެ.

އެއާއެކު އޭނާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔަހެން ހީވިއެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވެގެން ދިޔަފަދަ އިޙްސާސެއް އެވަގުތު ކުރެވުނެވެ. މޫނުމަތި މާޔޫސްވެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ އާއި އާހިލްގެ ކިޑްނީ މެޗެއް ނުވެއެވެ. ލިބުނު ހިތްދަތި ކަމުގައި ލޯ މަރާލަމުން ފާރުގައި ބޯ ޖައްސާލެވުނެވެ. ހުރިހާ މަގެއް މިބަންދުވަނީ ކީއްވެބާއެވެ؟.

އެތައްއިރަކު ހުއްޓުން އަރާފައި ހުރެފައި އޭނާ ތިރިއަށް ފޭބިއެވެ. ހޮސްޕިޓަލުގެ އެމެޖެންސީ ފަޅިގައި އޮތް ހުސް ޖާގައިގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނާގެ ލޯވަނީ ކަރުނައިން ތެމިފައެވެ.

ކުއްލިއަކަށް އޭނާގެ ހަނދާނަށް އެހެން ކަމެއް އައެވެ. އެހީއެއް ލިބޭނެ މަގެއް އަދި އެބައޮތެވެ. ހިނގާލަ ހިނގާލަ ހުރެފައި އޭނާ  ހުއްޓުނެވެ. ނަސީރުބެއާއި ޝިޔާމައްތަ މަތިން ހަނދާންވުމުންނެވެ. އެހިނދު ހިތުގައި އުންމީދު އާލާވިއެވެ. އެއީ މުއްސަނދި ތަނަވަސް ދެމަފިރިންނެވެ. އޯގާތެރި ހިތްހެޔޮ ބައެކެވެ. އެމީހުންނަށް އޭނާއަށް އެހީއެއް ދެވިދާނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކު ޝިޔާމައްތަގެ ނަންބަރަށް މެހެކް ގުޅަން ފެށިއެވެ. ފުރަތަމަ ރިންގާއި އެކު ޝިޔާމައްތަގެ އަޑު މެހެކްގެ ކަންފަތުގައި ޖެހުނެވެ.

“ހެލޯ މެހެކް ދަރިފުޅާ، ހާދަ ދުވަހެއް ކޮއްފައޭ ޝިއާމައްތަ އަށް ގުޅާލީ. ކިހިނެއް ހާލު. ކޮބާ ފިރިމީހާ؟” ޝިއާމައްތަ އެކީއެއްފަހަރާ އަހާލިއެވެ.

” ޝިއާމައްތާ”. އިތުރު އެއްވެސް ބަހެއް ނުބުނެ މެހެކް މަޑުމަޑުން ގޮވާލިއެވެ.

” ކިހިނެއްވީ އަވަހަށް ބުނެބަލަ” މެހެކް ގެ އަޑުގައިވި ހިތާމަވެރިކަމާއި މާޔޫސްކަން ޝިޔާމައްތަ އަށް ވެސް ދެނެގަނެވުނީ  ކަންނޭނގެއެވެ.

” ޝިޔާމައްތާ އަހަރެނަށް އެހީއެއް ލިބިދާނެތަ؟ މިބުނީ ފައިސާގެ ގޮތުން” މެހެކް ޖެހިލުމެއްނެތި ހިތްވަރުކުރަމުން ބުނެލިއެވެ. އެހީއެއް ދެވޭވަރު މީހެއްގާތުގައި އެހީއަށް އެދެން އޭނާ މިހާރު ޖެހިލުން ނުވާ ކަހަލައެވެ.

“އެއީ ކިހިނެއްވީ އަނެއްކާ ދަރިފުޅާ؟” ޝިޔާމައްތަ ހާސްވެފައި އަހާލިއެވެ.

” އެއީ.. އަހަރެންގެ ފިރިމީހާ ވަރަށް ބަލިވެއްޖެ. ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ނެތެމުންދާ ބަލިމީހެއް އެއީ. ކިޑްނީ މައްސަލަ”. މެހެކް އަށް އެހިސާބަށް ބުނެވުނު އިރު އޭނާގެ އަޑު ބެދިއްޖެއެވެ. ނުރޮއިވޭތޯ އޭނާ ކުރި މަސައްކަތް ބޭކާރުވިއެވެ.

” ސުބްޚާނައްﷲ” ޝިޔާމައްތަ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. ދެން ޝިޔާމައްތަވެސް ރޮވިއްޖެކަން މެހެކް އަށް އިނގުނެވެ.

” ދަރިފުޅާ” ކުއްލިއަކަށް އިވުނީ ނަސީރުބޭ ގޮވާލި އަޑެވެ.

” ވަރަށް ދެރަކަމެއް ދިމާވެގެން ނަސީރުބޭ މެންވެސް މިއުޅެނީ…”. ނަސީރުބޭގެ އަޑުގައި އެކުލެވިގެންވަނީ ހިތާމައިގެ އަސަރުތަކެވެ.

” ދަރިފުޅު ގާތު ބުނީމެއްނު ދޯ ނަސީރުބޭ ވަރަށް ލޯބިވާ ދަރިއެއް ހުންނަ ވާހަކަ. އޭނަ އަށް ކުއްޖަކު ލިބިއްޖެ. އެކަމަކު.. ލިބުނު ތުއްތު ދަރިފުޅަށް ވަނީ ކެންސަރު ޖެހިފައި. އެމީހުން މިހާރު ތިބީ މިކޮޅުގައި. އެދަރިފުޅަށް ފަރުވާ ހޯދަން އައިސް. ހުރިހާ ޚަރަދެއް މި ބަލަަހައްޓަނީ ނަސީރުބޭމެން. އެކަމަކު.. ނަސީރުބޭ ފޮނުވާނަން ދަރިފުޅަށް ވެސް ފައިސާ. ދަރިފުޅަށް އެހީ ދޭން ވަރަށް ބޮޑަށް ބޭނުން”. ނަސީރުބޭ އަސަރާއެކު ވާހަކަ ދެއްކިއެވެ.

” އެންމެ ރަނގަޅު. ނަސީރުބެއަށް ދެވުނު އެހީއެއް އަޅުގަނޑު އުފަލުން ޤަބޫލު ކުރާނަން”. މެހެކް ކަރުނަ ފޮހެލަމުން ބުނެލިއެވެ.

” އެކަމަކު އަޅުގަނޑު މި ދެއްކި ވާހަކަ މީ ސިއްރެއް. މަންމަ ގާތުގައިވެސް ނުބުނާތި އިނގޭ”.

އެރޭ ދަންވަރު ޑިއުޓީގައި އިނދެ އެހީއަށް އެދި އަސަރުގަދަ ސިޓީއެއް އޭނާ ލިޔުނެވެ. އެކި ތަންތަނަށް އެސިޓީ ލުމަށްޓަކައި އޭނާ އޭގެ ކޮޕީނެގިއެވެ.

 

ޑިއުޓީ ނިންމާލުމަށް ފަހު މެހެކް ބޭރަށް ނުކުމެލިއެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖެހީއެވެ.

މެހެކް އަށް އަބަދުވެސް ވިސްނެނީ އާހިލްގެ ހާލާއި މެދުގައެވެ. އެއްވެސް މަސައްކަތެއް މިހާރު ރަނގަޅަކަށް އޭނާ އަކަށް ނުކުރެވެއެވެ. ޑިއުޓީއަށް އަންނަން ވެސް މަޖުބޫރެވެ. އާހިލްގެ ޚިދުމަތުގައި ހުންނަން އޭނާ ބޭނުމީ ވަޒީފާ ދޫކޮއްލާށެވެ. ނަމަވެސް އެކަން އެގޮތައް ވާކަށް ނެތެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މެހެކްގެ ލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ކަރުނައިގެ އަސަރު ފިލާ ނުދެއެވެ. އޭނާ ބޭނުންވަނީ އެހިތުގެ އުދާސްތައް މަންމަ ގާތުގައި އިނދެ ބޭރުކޮއްލާށެވެ.

އާހިލްއަށް ގުޅާލުމަށް ފަހު ބޮޑުބޭބެމެން ގެއަށް ގޮސްލާފައި އަންނާނެކަމަށް ބުނެ ކާރެއް ލިބޭތޯ މެހެކް މަޑުކޮއްލައިގެން ހުއްޓެވެ. އިރުކޮޅަކުން ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އޭނާގެ ގާތަށް މަޑުކޮއްލިއެވެ. ކާރުގެ ބިއްލޫރިގަނޑު އެމީހަކު ކަހާލިއެވެ. އެވަގުތު ފެނުނީ އިވްންގެ މޫނެވެ. އައިނު އަޅާލާފައި އިސްތަށިގަނޑު ސްޓައިލް ކޮއްލާފައި ހުރިގޮތުން އިވާން ފެންނަލެއް ވަރަށް ސްމާޓެވެ.

” މެހެކް އާދެބަލަ އަރަން. ގެއަށް ލައިދޭނަން”. އިވާން ހިނިތުންވަމުން މެހެކް އަށް ގޮވާލިއެވެ.

” ނޫން އަހަރެން ހިނގައިދާނަން ޓެކްސީގައި. ތޭންކްސް”. މެހެކް ވެސް ކުޑަކޮށް ހިނިތުންވެލިއެވެ.

ކުއްލިއަކަށް ކާރުތެރެއިން އިވާންގެ ކައިރީގައި އަންހެން ކުއްޖަކު އިންތަން މެހެކް އަށް ފެނުނެވެ. ފަރުވާތެރިކަމާއެކު މެހެކް އެކުއްޖާ އަށް ބަލާލުމާއެކު އޭނަ ހިނިތުންވެލިއެވެ.

އެއީ ރީތި ދޮން ކުއްޖެކެވެ. ފަން ދިގު އިސްތަށިގަނޑު މިނިވަން ކަމާއެކު ދޫކޮއްލެވިފައިވީއިރު އެކުއްޖާވެސް އިނީ އައިނެއް އަޅާލާފައެވެ.

” މެހެކް ދެން އަރާބަލަ”. އިވާން އަނެއްކާވެސް އެދުނެވެ.

އެއާއެކު މެހެކް މަޑު ހިނގުމެއްގައި އައިސް ކާރުގެ ފަހަތު ސީޓަށް އެރުމާއެކު އިވާން ދުއްވާލިއެވެ.

” މެހެކް ކޮންތާކަށް ދަނީ؟” އިވާން އަހާލިއެވެ.

“ބޮޑުބޭބެ މެން ގެއަށް”.

” ކޮބާ އާހިލް. މިހާރު ކިހިނެއް؟” އިވާން އަނެއްކާވެސް އަހާލިއެވެ.

” ދެން އޯކޭ”. މެހެކް ކުރުޖަވާބެއް ދިނެވެ.

“މާލޭގަތަ އުޅެނީ؟” އިރުކޮޅަކު އިނދެފައި މެހެކް އަހާލިއެވެ.

” ނޫން ހުޅުމާލޭގައި އުޅެނީ. މިކޮޅަށް މިއައީ މީނަ މަގޭ މަންމަ މެން ގެއަށް ލާން “. އިވާން އެ އަންހެން ކުއްޖާއަށް އިޝާރާތް ކޮއްލިއެވެ.

” އައި އައުމުގަ އައި.ޖީ އެމް.އެޗް މަގަށް އެޅުނުތަނުން މެހެކް ފެނިގެން ހިތަށް އެރި މެހެކް އަށް ގޮވާލާނީއޭ”.

” އަދި ތަޢާރަފް ވެސް ނުކޮއްދީ ދޯ މިއުޅެނީ؟” އިވާން ހިނިތުންވަމުން ބުނެލިއެވެ.

” މެހެކް މީ މަގޭ ވައިފް ނޫރީން. ނޫރީން އެއީ ޑޮކްޓަރު މެހެކް. މަގޭ ފްރެންޑެއް”. އިވާން ތަޢާރަފް ކޮއްދިނުމާއެކު ނޫރީން މެހެކް އަށް ބަލާލަމުން ހިނިތުންވެލިއެވެ.

” އަހަރެން ޑިއުޓީއަށް ދިޔާމަ ނޫރީން އިންނާނީ ގޭގަ އެކަނި. އެހެންވެ މަންމަމެން ގާތަށް ބައެއް ދުވަސް ދުވަހު އަންނަނީ ދޯ”. އިވާން ނޫރީން އަށް ހިނިތުންވެލުމާއެކު އާ އެކޭ ބުނުމުގެ ގޮތުން ނޫރީން ބޯޖަހާލިއެވެ.

އިރުކޮޅެއްނުވެ ބޮޑު ރީތި އިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮއްލިއެވެ. މެހެކް ވަރަށް ރަނގަޅަށް އެހިސާބު ގަނޑަށް ބަލާލިއެވެ.

“މ.ރިޝްތާ” ބޯޑެއްގައި ރަންއަކުރުން ފަވާފައިވާ ނަން މެހެކް މަޑުމަޑުން ކިޔާލިއެވެ. އިމާރާތުގެ ބޭރު ދޮރުކައިރީގައި ގާޑެއްވެސް ހުއްޓެވެ. ހަމައެކަނި ބޭރުން އެއިމާރާތަށް ނަޒަރު ހިންގާލި ނަމަވެސް އެމީހުންގެ ފެންވަރު ހާމަވެއެވެ.

” އަހަރެން ދަނީ. ބާއީ ލަވް”. ނޫރީން ކާރުން ފައިބައިގެން އެ އިމާރާތާ ދިމާއަށް ހިނގައިގަތެވެ.

” ކީއްވެ ހުޅުމާލޭގައި ދެމަފިރިން އެކަނި ދިރިއުޅެނީ؟”. އިވާން ކާރު ދުއްވާލުމާއެކު މެހެކްގެ ހިތުގައި އުފެދުނީ އެސުވާލެވެ.

” އެއީ ދޯ.. ހުޅުމާލެއަކީ ވަރަށް ހިތްގައިމު ރަށެއް. މާލޭގައި އުޅެން އަހަރެން އަބަދުވެސް ވަރަށް ފޫހިވޭ. އެހެންވެ”.

“އެހެންތަ؟”

ކުއްލިއަކަށް މެހެކް އަށް ވިސްނާލެވުނެވެ. އިވާންގެ ގާތުން އެހީއަކަށް އެދެންވީ ކަންނޭނގެއެވެ. އިވާން އަށް އޭނާއަށް އެހީއެއް ދެވިދާނެއެވެ. ނަމަވެސް ކުރީގައި ކަންތައް ވެފައި ހުރި ގޮތުން އޭނާ ލަދު ގަތެވެ.

އެހެން ނޫނަސް އިވާން ވެސް މިހާރު އެވަނީ ދިރިއުޅުމެއް ފަށާފައި ނޫން ހެއްޔެވެ؟ ކޮންމެ ކަމެއް ބޭނުންވި ނަމަވެސް އިވާން ގާތު އެދުމަށް ކުރިންވެސް އިވާން މެހެކް ގާތު ތަކުރާރުކޮށް ބުންޏެވެ. އެހެން ހިތަށް އެރުމުން އެހީއަށް އެދެން، އޭނާގެ ޒަމީރު ވިސްނަދެމުން ދިޔަވަރަކަށް ހިތް އެކަމަށް އެދެން ފެށިއެވެ.

” އިވާން. އަހަރެން..އަހަރެން ވާހަކައެއް ބުނަންތަ؟” އެވަގުތު މެހެކްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ.

(ނުނިމޭ)

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (16)

Next

ޢަޞްރު (ބަޔާޅީސްވަނަ ބައި)

Next
February 10, 2017

ޢަޞްރު (ބަޔާޅީސްވަނަ ބައި)

Previews
February 9, 2017

ކަލާޔާނުލާ ދިރުމެއްނެތެވެ. (16)

11 Comments

  1. Zoaeee says:
    February 9, 2017 at 7:00 pm

    Hehe me first dhw.. Eevan haadha avahakah myhaka iny.. Shafoo aahil maraa nulahchey plxx..

    1. shafu says:
      February 10, 2017 at 12:26 pm

      Mehek marry kuryma dhn ivaan ves nuhuhnaanethaa.. hehe.. thankx v bodah ?

  2. rain says:
    February 9, 2017 at 9:01 pm

    Mehek fakyr ehmenah salaan jahany dhw.. firisoruge hahguga

    1. shafu says:
      February 10, 2017 at 12:27 pm

      Dhw.. thankx v bodah rain

  3. Aiss says:
    February 9, 2017 at 9:48 pm

    Wow nice

  4. mmmm says:
    February 9, 2017 at 10:49 pm

    v nice

    1. shafu says:
      February 10, 2017 at 12:28 pm

      Thankx v bodah aiss and mmmm

  5. Nashaa says:
    February 10, 2017 at 7:15 am

    Alhey.. Kihineh mivy shafu aahil ah dheragotheh nahadhachey.haadha lahey up vaaleh shafoo thankolheh avas kohlaba. Vvvv kiyaalahiyy vaa story eh ,

    1. shafu says:
      February 10, 2017 at 12:24 pm

      Sorry inge las veema.. alhugand thankolheh bali veema las vee.. ehenve digukoh genesdiny.. in sha Allah kameh dima nuvaa nama de dvahun ehdvahu up kuraanan.. thankolheh buxi veema alhugand.. vv bodah thankx ?

  6. Wafrr says:
    February 10, 2017 at 6:46 pm

    Aahil Maraa Nulaathi Ngeyy… Waahaka Up Kohba Awahah… Wrh Reethi Ngeyyy Mi Waahaka.. No 1

  7. Nashaa says:
    February 11, 2017 at 6:58 pm

    Shafu gws

Comments are closed.

All Right Reserved!